ކަނޑުމައްޗަށް އަރާ ކޮންމެ ފަހަރަކު ސިކުނޑީގައި އެނބުރެމުން ދަނީ އެ ޚިޔާލުތަކެވެ. އެ ހަނދާންތަކެވެ. ހަމަ މިކަހަލަ މަޑު ވައިރޯޅި ޖެހޭ ދުވަހެކެވެ. އަހަރެމެން ރ.ވާދޫ އަށް ކުރި ދަތުރެކެވެ. ދަތުރުގައި ބައިވެރިވީ އަހަރެންނާއި ކޮއްކޮއާއި މަންމަ އަދި ބައްޕައެވެ. ދަތުރުކުރީ ހަމަ މިކަހަލަ ބޮޑު ލޯންޗެއްގައެވެ. އަހަރެންގެ ކައިރީގައި ހަމަ މިއަދެކޭވެސް އެއްގޮތަށް އަހަރެންގެ ލޯބިވާ ކޮއްކޮ ރަޒާން އިނެވެ. ނަމަވެސް އަހަރެންނަށް މިއަދު އިޙްސާސްވަމުން މިދަނީ ފަޅުކަމެވެ. އަހަރެންގެ ސިކުނޑި މަސައްކަތް ނުކުރާ ކަހަލައެވެ. […]