Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

އެ ހަނދާންތައް

Aakko
Aakko
June 24, 2023 2 Mins Read
0 Comments

ކަނޑުމައްޗަށް އަރާ ކޮންމެ ފަހަރަކު ސިކުނޑީގައި އެނބުރެމުން ދަނީ އެ ޚިޔާލުތަކެވެ. އެ ހަނދާންތަކެވެ. ހަމަ މިކަހަލަ މަޑު ވައިރޯޅި ޖެހޭ ދުވަހެކެވެ. އަހަރެމެން ރ.ވާދޫ އަށް ކުރި ދަތުރެކެވެ. ދަތުރުގައި ބައިވެރިވީ އަހަރެންނާއި ކޮއްކޮއާއި މަންމަ އަދި ބައްޕައެވެ. ދަތުރުކުރީ ހަމަ މިކަހަލަ ބޮޑު ލޯންޗެއްގައެވެ. އަހަރެންގެ ކައިރީގައި ހަމަ މިއަދެކޭވެސް އެއްގޮތަށް އަހަރެންގެ ލޯބިވާ ކޮއްކޮ ރަޒާން އިނެވެ. ނަމަވެސް އަހަރެންނަށް މިއަދު އިޙްސާސްވަމުން މިދަނީ ފަޅުކަމެވެ. އަހަރެންގެ ސިކުނޑި މަސައްކަތް ނުކުރާ ކަހަލައެވެ. ސަބަބަކީ އެބަޔަކާ ނުލައި ، އަހަރެން މި ދުނިޔެއަށް ނާންނާނެ ދެމީހުން މި ދުނިޔެއަށް މުޅި އުމުރަށް އަލްވަދާޢު ކީމައެވެ. އަހަރެންގެ ލޯބިވާ މަންމަ އާއި ބައްޕައެވެ.

އެއީ މީގެ 3 މަސް ކުރިއެވެ. އަހަރުމެން އެންމެން ދިޔައީ އެ ރަށުގައި އުޅޭ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ކައިވެނީގެ ހަފްލާއަކަށެވެ. އަހަރުމެން ދަތުރުކުރަމުން ދިޔައީ ބޮޑު ލޯންޗެއްގައިކަމުން އެކަކުވެސް ލައިފް ޖެކެޓް މަތިން ހަނދާނެއް ނެތެވެ. އަހަރުމެން އުޅޭ ރަށާއި މާ ދުރު ނޫން ރަށެއް ކަމުގައިވާ ނެލާ ހިސާބަށް ދިޔަ ތަނާއި މޫސުން ގޯސްވެ ރާޅު ނަގަން ފަށައިފިއެވެ. އަހަރެން މަންމަ ގާތު އަނބުރާ ރަށަށް ދާން އެދުނީމެވެ. ނަމަވެސް މަންމަ ބުނީ މިހާ ތައްޔާރުވެގެން އައިސް އަނބުރާ ނުދެވޭނެ ކަމަށެވެ. އެހެންކަމުން އަހަރެން ރީއްޗަށް މަޑުމަޑުން އިނީމެވެ.

އުނގޫފާރާއި ތަންކޮޅެއް ކައިރިއަށް ދިޔަތަނާއި ނެގި ބޮޑު ރާޅަކާއެކު ލޯންޗު އަރިއަޅާލައި ބަންޑުން ޖަހާލިއެވެ. އަހަރެންނަށް ވީނުވީއެއް ނޭނގުނެވެ. ހޭ އެރިއިރު އޮވެވުނީ ޔޫ.އާރް.އެޗް ގައެވެ.

އަހަރެން އެންމެ ފުރަތަމަވެސް އެތާހުރި ނަރުސް ގާތު މަންމަ ކޮބައިތޯ ސުވާލުކޮށްލީމެވެ. އެ ދައްތަ ޖަވާބެއް ނުދިނެވެ. ދެން އަހަރެން ބައްޕަ ކޮބައިތޯ އަހާލީމެވެ. މިފަހަރުވެސް އޭނާ ދިނީ ބީރު ކަންފަތެކެވެ. އެންމެފަހުން އަހަރެން ތަންކޮޅެއް ބާރަށް އަހަރެންގެ ކޮއްކޮ ކޮބައިތޯ ސުވާލުކޮށްލީމެވެ. އެހެން ބުނެލިތަނާއި އެ ނަރުސް އިސް އުފުލައިލިއެވެ. ޖަވާބެއް ދޭން ހިތަށް އެރީ ކަންނޭނގެއެވެ. އެހެން އިރުކޮޅަކު ހުރެފައި ކޮއްކޮ ވީ އެމަރޖެންސީ ރޫމަށް ވައްދާފައި ކަމަށް ބުންޏެވެ. ވަގުތުން އަހަރެން އައިވީ ނައްޓުވާލާ ދުއްވައިގަތީ ކޮއްކޮގެ ހާލެއް ބަލާށެވެ.

އަހަރެން ދުއްވައިގަތް ގަޑީގައި ނަރުސް ވަރަށް ބާރަށް ގޮވިއެވެ. ނަމަވެސް އަހަރެން އެ އަޑު އަހާނެހެއްޔެވެ؟ އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ކޮއްކޮ ވިއްޔާއެވެ.

އަހަރެން ދިޔައިރު އެތާގައި ފުލުސް އޮފިސަރެއް ހުއްޓެވެ. އަދި ހިތްވަރު ކުރަން ބުންޏެވެ. އޭގެ އިތުރަށް ބުނީ އަހަރެންގެ ހިތް ހުއްޓޭ ކަހަލަ ވާހަކައެކެވެ. އަހަރެންގެ ލޯބިވާ މައިންބަފައިން ނުފެނުނު ވާހަކައެވެ. އަދި ކޮއްކޮގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް ބުންޏެވެ.

މއަހަރެން ސީޓުގައި ބޯ ޖައްސާލީމެވެ. އަދި އެއީ އަނބުރާ ނާންނާނެ ކަމެއް ކަމުގައި ހިތަށް ވިސްނައިދީ ލޯބިވާ ކޮއްކޮގެ މަޑުމަޑު އަތްތިލައިގައި ހިފާލީމެވެ.

ނިމުނީ

Share Article

Aakko
Follow Me Written By

Aakko

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 12

Next

ލޯތްބަކުންދިން-29

Next
June 24, 2023

ލޯތްބަކުންދިން-29

Previews
June 23, 2023

ދިރުމެއްނެތް ދިރިއުޅުން 12



All Right Reserved!