Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (6)

maasham Level 110 Stories
July 14, 2015 4 Mins Read
15 Comments

“ޕްރޭންކެއް ކަމަށް ވެދާނެ!” ލުޔާ މިހެން ބުނުމުން ވަރަށް ފަސްޖެހިފައި ނަމަވެސް އެ ފޮށި ލިއުޒާ ހުޅުވާލިއެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗައް ވެރިވެގެން ދިޔައީ ހިނިތުން ވުމެކެވެ.

“އޫ، ސްނޯގްލޯބް އެއްތަ؟” ސޯފާގެ ފަހަތުގައި ހުރެގެން ލިއުޒާގެ އަތުގައި އޮތް ފޮއްޓާ ދިމާލަށް ބަލާލުމަށްފަހު ލުޔާ ބުންޏެވެ.

“އާނ… ލަންޑަންގެ… އަހަރެން އެންމެ ދާހިތްވާ ގައުމު.. ” ސްނޯގްލޯބް ހިއްލާލަމުން ލިއުޒާ ބުންޏެވެ. އޭނާ އޭތި ތަޅުވާލުމުން މުޅި ލަންޑަނަށް ސްނޯ ވެހޭ މަންޒަރު ފެނިގެންދެއެވެ. ތިންވަނަ ފަހަރަށް އޭތި ތަޅުވާލުމުން އޭގެ އެތެރޭގައި ލިޔެވިފައިވާ ލިޔުންކޮޅެއް ލިއުޒާއަށް ފެނުނެވެ. އެކި ކުލަ ކުލައިގެ ދަޅަ އަޅާ ލިޔުންކޮޅުގައި ވަނީ ‘ލަވް’ މި ލަފްޒެވެ. ލިއުޒާ އޭނާގެ ހަދިޔާ ހިފައިގެން ވަނީ ކޮޓަރިއަށެވެ. އޭރުވެސް އެއީ ކާކު ދިންއެއްޗެއްކަމެއް އޭނާއަކަށް ޔަގީނެއް ނުވެއެވެ. ނަމަވެސް އޭނާގެ ހިތުގައި ޝައްކެއް އުފެދުނެވެ.

“ދޮންތާ، އަރީފު އެބަހުރި ސައިބޯން އައިއްސަ…” ލިއުޒާގެ ކޮޓަރި ދޮރުގައި ޓަކިޖަހާލުމަށް ފަހު ދޮރު ހުޅުވަމުން ލުޔާ ބުންޏެވެ.

“މިދަނީ.. މަލީކާ ގަތު ބުނެބަލަ ސައި ގިރައި ދޭށޭ..” ލިއުޒާ ޖަވާބު ދިނުމުން ލުޔާ ހިނގައި ގަތީ ބަދިގެއާ ދިމާލަށެވެ. އޭރު ކާމޭޒު ދޮށުގައި އަރީފު އިށީނދެއްޖެއެވެ. އޭނާ އަކީ އެގެއަށް އައު މީހެއް ނޫނެވެ. އަމިއްލަ ގޭގައި ހޭދަ ކުރެވޭ ވަގުތަށްވުރެ އެގޭގައި ހޭދަ ކުރާ ވަގުތު މާ ގިނަވެސް މެއެވެ. އެހެންކަމުން ލުޔާ އާއި އަރީފުގެ ރަހުމަތްތެރިކަންވެސް ވަނީ ވަރަށް ބަދަހި ވެފައެވެ. ނަމަވެސް އެދެމީހުންގެ ކަމަކަށް އޮންނަނީ ތޮޅުމެވެ. އަރީފު ލުޔާއަށް ލަނޑެއްދީފިނަމަ އެއަށް ވުރެ ބޮޑު ލަނޑެއް ލުޔާ ދޭނެއެވެ. ލުޔާ އަރީފު އާއި ދިމާ ކޮއްފިނަމަ އެކަމުގެ ބަދަލު އަރީފު ހިފާނެއެވެ. އެހެނަސް އެ ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްޓަކައި ބުރަކަމެއްނޯވެއެވެ.

ލުޔާ ބަދިގެއަށް ވަތް އިރު މަލީކާ ފެންނަ ހިސާބަކު ނެތެވެ. އޭނާ ހޯދަން ދިޔުމުގެ ބަދަލުގައި ލުޔާ ދެ ސައި ޖޯޑު ނެގިއެވެ. އަރީފަށާއިލިއުޒާއަށް ސައި ހެދުމައްޓަކައެވެ.

“ލުޔާ އަށް އިނގޭތަ ސައި ގިރަންވެސް… ހާދަ ގެވެހި އަންބަކަށް ވާނެ ކުއްޖެކޭ ދޯ… ޔިވާމް ވަރަށް ލަކީ..” ލުޔާ ސައިހަދާ މަންޒަރު ބަލަން އިނުމަށްފަހު އަރީފު އޭނާ އާއި ދިމާ ކޮއްލިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ލުޔަ ވައްކަޅިން އަރީފުއާ ދިމާލަށް ބަލާލިއެވެ. އެ މަންޒަރު ފެނިފައި އަރީފުގެ ގާތަށް އައީ ހިންޏެވެ. އޭނާ އާއި ދިމާކުރުމުން ވަރުގަދަ ލަނޑެއް ދޭނަމޭ ލުޔާ ހިތުއެޅިއެވެ. އަދި ސައިތައްޓަށް ހަކުރު އެޅުމުގެ ބަދަލުގައި ލޮނު ފުޅި ނަގައި ދެ ސަމުސާ ލޮނު އަޅާފައި ރަނގަޅަށް ގިރާލިއެވެ. ޖެހިގެން ހުރި ތައްޓަށް ހަކުރު އަޅާފައި ގިރާލުމަށްފަހު ދެ ސައި ތަށި ގެންގޮސް ކާމޭޒު މަތީގައި ބެހެއްޓިއެވެ. އަދި ލޮނު ސައި ތަށި އަރީފުއާއި ގާތް ކޮއްލަމުން ދެންހުރި ތަށި އެވަގުތު ކާގެއަށް ވަދެގެން އައި ލިއުޒާއަށް ދިއްކޮއްލިއެވެ.

“ޔާއްކޮ ސައެއް ނުބޮންތަ؟” އަރީފު އާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ލިއުޒާ އަހާލިއެވެ.

“އަހަރެން ސައި ބޮއެފިން.” ޖަވާބު ދިނުމަށްފަހުވެސް ލުޔާ މޭޒު ދޮށަކުން ނުތެދުވެއެވެ. އަރީފު ސައި ތަށި ބޯލުމުން އޭނާއަށް ވާނެ ގޮތެއް ބެލުމައްޓަކައި ލުޔާ އިނީއެވެ. އެކި އެކި ވާހަކަތައް ދައްކަމުން ދިޔަ އިރު ލުޔާ ސަމާލުވެގެން ހުރީ އަރީފަށެވެ. ނަމަވެސް ކަން ވެގެންޔައީ ލުޔާ ހީކުރި ގޮތަކަށް ނުނެވެ. ސައި ތަށި އަރީފު ހުސްކޮށްލީ އެއް ކޯވަރުންނެވެ. އެއަށްފަހުވެސް އޭނާގެ މުނުމައްޗަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މި މަންޒަރު ބަލަން ހުރި ލުޔާ ހުރީ ހަމަ ކޮސްވެފައެވެ. ލިއުޒާގެ ސައިތައްޓާއި އަރީފުގެ ސައިތަށި އޮޅުނީ ބާއޭ ލުޔާގެ ހިތަށް އެރިއެވެ. ނަމަވެސް ލިއުޒާ ސައިތަށި ހުސްކޮށްލިއިރުވެސް އެފަދަ އެއްވެސް އިޝާރާތެއް ނުކުރާތީ ލުޔާ އަނގައިން ނުބުނެ އިނެވެ. ސައި ބޮއެ ނިމިގެން ތިން މީހުން ސިޓިންގރޫމަށް ދިޔައިރުވެސް ލުޔާ ހުރީ އެކަމާ ފިކުރުކުރާށެވެ. އަނެއްކާ އޮޅުނީ އޭނާއަށް ބާވައެވެ؟

“އަދި ތިކުރި ކަމުގެ ހަޓުކާ ދައްކާލާނަން!” ލުޔާ ސިއްސައިގެން ދިޔައީ އޭނާގެ ކަންފަތް ދޮށުގައި މީހަކު އިންޒާރު ދިނުމުންނެވެ. އޭނާގެ ގާތުގައި އިށީނދެގެން އަރީފު އިންތަން ފެނުމުން ލުޔާގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނާގެ ރޭވުން ކާމިޔާބު ވީ ކަން އެނގުމުން ވަރަށް ފަޚުރުވެރިވިއެވެ. އަދިޖަވާބެއްގެ ގޮތުން އަރީފަށް ބަލާލުމަށްފަހު އެއް ލޯ މަރާލިއެވެ. ލުޔާގެ މިހަރަކާތުން އަރީފަށް ހެވުނެވެ. އާންމުކޮށް ޖެއްސުން ކުރުމަށްފަހު އެއްލޯ މަރަނީ އަރީފެވެ ޖަވާބުގައި ލުޔާގެ ކަމަކީ ތުންއެނބުރުމެވެ. ލުޔާ ހުރީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ކަން އަރީފަށް އެނގެއެވެ. އެހެންކަމުން ޓީ.ވީ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އޭނާ ތުން އަނބުރާލިއެވެ. އެ މަންޒަރު ފެނިފައި ލުޔާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެއަޑަށް ލިއުޒާ ދިޔައީ ސިއްސައިގެންނެވެ.

“ސާބަހޭ ޔާއްކޮއަށް… ކިރިޔާނު ހާޓެޓޭކެއް ނުޖެހުނީ.. ކޯއްޗެއްތަ މާ މަޖާވީ…” މޭގައި އަތް އަޅާލަމުން ލިއުޒާ ވާހަކަ ދެއްކިއެވެ.

“އެއްޗެއް… ހަނދާންވީ…” މިހެން ބުނުމަށްފަހު ލުޔާ ސޯފާއިން ތެދުވިއެވެ. އަދި ހަލުވި ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“އަދި ހަނދާންނެތިފަ މިހިރީ… އަރީ މިގެއަށް ގިފްޓެއް ފޮނުވިންތަ؟” ސްނޯ ގްލޯބްގެ މަތިން ކުއްލިއަކަށް ހަނދާން ވުމުން ލިއުޒާ އަހާލިއެވެ.

“ކޮން ގިފްޓެއް؟ އަހަންނެއް ނުފޮނުވަން..” ނިތްކުރި މައްޗަށް ރޫއަރުވާލަމުން އަރީފް ޖަވާބު ދިނެވެ. އޭނާގެ މި ޖަވަބާއެކު ލިއުޒާގެ ޝައްކު ޔަގިންވީއެވެ. އެއީ އޭނާ އެންމެ ދާހިތްވާ ގައުމަކީ ލަންޑަން ކަން އެނގޭނީ އަރީފުގެ އިތުރުން ހަމަ އެންމެ މީހަކަށް ކަމަށް ވާތީއެވެ.

“ކުޑަ ސްނޯ ގްލޯބެއް.. ނޭނގެ ކާކު ފޮނުވި އެއްޗެއްކަމެއް.. ވެދާނެ އޮޅިގެން ކަމަށް ވެސް.. ދެން އަޅާނުލާ… ” ލިއުޒާ މިހެން ބުނީ ގަސްތުގައި އެވާހަކަ ކުރިއަށް ގެންދަން ބޭނުން ނުވާތީއެވެ. އެހެންކަމުން އަރީފުވެސް އެކަމަކާ އަޅައެއް ނުލައެވެ.

****

*ރުޅިއައިއްސަތަ؟* ލުޔާ އޭނާގެ ފޯނަށް އައި މެސެޖު ކިޔާލިއެވެ. އެއީ ޔިވާމްގެ މެސެޖެކެވެ. ދެތިން ހަތަރު ފަހަރު ގުޅުމަށްފަހު ލުޔާ ފޯނު ނުނެގުމުން މެސެޖު ކުރީ އެވެ.

*ނޯ.. ފޯނު ޗާރޖައް ޖަހާފަ ބޭރުގަ މިއުޅުނީ.. އެހެންވެ ކޯލް މިސްވީ.. ކަމަކުތަ ގުޅީ؟* ޖަވާބު ލިޔެލަމުން ލުޔާ އޭނާގެ އެނދުގައި ހަމަޖެހިލިއެވެ.

*ހަމަ މިސް ވީ.. ބިޒީތަ؟*

*ކީއއްވެގެންނޯ މިސްވީ؟ ކޮބާ އިއްޔެ ގެންގުޅުނު މަންޖެ؟* ޔިވާމްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލުޔާވެސް ކުރީ ސުވާލެވެ.

*ހެހެހެ، އެއީ ދެން އެކަހަލަ ކަމެއް ނޫނޭ.. ތީ އެންނު މަގޭ ހިތުގެ ޕިޔާރާ.. ގުޅާލިޔަސް އޯކޭތަ؟* މެސެޖު ކިޔާލުމަށް ފަހު ލުޔާ ހީލިއެވެ. ޔިވާމްގެ ކަމަކީ ފޮނި ވާހަކަ ދެއްކުމެވެ. ކިތަންމެ ވަރަކަށް ޕިޔާރާއޭ ކިޔަސް އެ ގުޅުން އިތުރަށް ކުރިއަރުވާކަށް ޔިވާމް މަސައްކަތެއް ނުކުރެއެވެ. ރޭގަނޑު ހަތަރުދަމު ފޯނު ކޮއްގެން އޮތަސް ދައްކަނީ ހުސް ކޫސަނި ވާހަކަ ތަކެވެ. ދުވަހަކުވެސް ލޯބީގެ އިޝްގީ ވާހަކައެއް ނުދައްކައެވެ. ވައުދު ތަކާއި އަހުދު ތަކެއް ނުވެއެވެ. ކުޑަމިނުން ‘ލޯބިވޭ’ އޭ ވެސް ބުނެފައެއް ނުވެއެވެ. ދެމީހުންގެ ހަރަކާތްތަކާއި ވާހަކަތައް ހުންނަ ގޮތުން އެހެންމީހުންނަކީ ލޯބިވެރިންނޭ ހީވި ކަމުގައި ވިޔަސް އެދެމެދުގައި ރަހުމަތްތެރިކަން ނޫން އިތުރު ގުޅުމެއް ނުވެއެވެ.

*ވެއިޓް. މި ޗެޕްޓާރ ނިމުނީމަ ކޯލް މީ ބެކް އެއް ފޮނުވާނަން!* މެސެޖު ފޮނުވާލުމަށްފަހު ލުޔާ ރޭގައި ކިޔަން އިން ފޮތް ނެގިއެވެ. ވަހަކަ ކިޔަން ފެށުމާއެކު އެ ދުނިޔެއަށް އޭނާ ގެނބިގެން ދާކަށް މާކަ ގިން އިރުތަކެއް ނުނަގައެވެ.

****

ހުކުރު ދުވަހަކި އާންމުކޮށް ހ.ރިދުވަރުގޭގެ ކާމޭޒުމަތި ވަރަށް ތަނަވަސް ދުވަހެކެވެ. އާއިލާގެ އެންމެން އެއްކޮށް މެންދުރުގެ ނާސްތާ ނެގުމަކި އަބަދުގެވެސް އާދައެވެ. ނަސީރުވެސް ކޮންމެ ހުކުރުދުވަހަކަށް މާލެ އާދެއެވެ. ހުކުރު ނަމާދަށް ފަހު އާއިލާއާއި އެއްކޮށް ވަގުތު ހޭދަކުރުމަކީ އޭނާ ދެކޭގޮތުގައި ވަރަށް މުހިންމު ކަމެކެވެ. ކާމޭޒު ދޮށުގައި އެކި އެކި ވާހަކަ ދެކެވެމުން ދިޔައެވެ.

“ލުޔާ ވަޒީފާ އަށް ނިކުންނަން ވާނެ މިއަންނަ ހަފްތާއިން ފެށިގެން..” ލުޔާ ގެއިން ނުނިކުމެ އަބަދު ގޭތެރޭގައި އިންނަ ވާހަކަ ލިއުޒާ ބުނުމާއެކު ނަސީރު ބުންޏެވެ.

“އަޅުގަނޑުގެ ސެކްޝަނަށް ދޯ ޖޮއިން ކުރަނީ..؟” ލިއުޒާ ވަރަށް އުފާވެފައި ވަހަކަދެއްކިއެވެ.

“ތި ދެކުދިން އެއްތަން ވެއްޖެއްޔާ އޮންނާނީ ބައްޕަގެ ވިޔަފާރި ކުރިއަށް ނުގޮސް.. މަސައްކަތް ނުކޮށް ސަކަރާތް ޖެހުން ދޯ އޭރުން އޮންނާނީ..” ހައުފާ ވާހަކަ ދެއްކީ މަޖާވެލާފައެވެ.

“އެއް ސެކްޝަނެއް ކީއްކުރަން، އެއް އޮފީހަކަށްވެސް ނުލާނަން..” ނަސީރުވެސް ސަމާސާގައި ބައިވެރިވެލިއެވެ.

“ދެން ބައްޕާ!” ތުން އަނބުރާލަމުން ލިއުޒާ ބުންޏެވެ.

“ލުޔާ ކިޔެވީ މާރކެޓިންގެ ދާއިރާ އިންނެއްނު، އެހެންވީމަ ދަރިފުޅުގެ ވަޒީފާއަކަށް ހަމަޖެއްސީ މާކެޓިންގ މެނޭޖާރ… ދަރިފުޅަށް އޮތީ ބައްޕަގެ ރިސޯޓުތައް.. ލިއުޒާއަށް އޮތީ ހުރިހާ ރީޓެއިލް ވިޔަފާރިތައް… ދުވަސްކޮޅަކުން ބައްޕަ ނުޖެހޭނެ އެއްވެސް މަސައްކަތެއް ކުރާކަށް… ދޯ ހައުފާ” ނަސީރުގެ ވާހަކަތަކާއި އެއްބައި ވެލަމުން ހައުފާ ބޯ ޖަހާލިއެވެ.

“ދެން ދަރިފުޅު އެކަންޏެއް ނުވާނޭ.. އެ އޮފީހުގަ އަރީފުވެސް އުޅެނީ.. އެހެންވީމަ ވާހަކަ ދައްކައި ހަދާނެ މީހަކުވެސް ހުންނާނެއްނު..” ހައުފާ މިހެން ބުނީ ލިއުޒާގެ އޮފީހަށް ނުދެވުމުން ލުޔާ ދެރަވެދާނެތީއެވެ.

“ޔާއްކޮވާނީ އަރީގެ ބޮސްއަށް ދޯ…!” ހިނިގަނޑެއް ޖަހާލަމުން ލިއުޒާ ބުންޏެވެ. މި ހުރިހާ ވާހަކައެއް ދެއްކިއިރު ލުޔާ އަނގައިންވެސް ބުނެނުލައެވެ. ނަމަވެސް ކޮންމެފަހަރަކުވެސް ހީލާފައި ބޯޖަހާލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 29

Next

ކަޅުބުޅާ… (ފަހުބައި)

Next
July 14, 2015

ކަޅުބުޅާ… (ފަހުބައި)

Previews
July 14, 2015

ހިތަކުން ނުފިލާނެ 29

15 Comments!

  1. maasham says:
    July 14, 2015 at 4:51 pm

    Sorry guys thankolheh las veema, but i hope you like it! 😀
    Cheers

  2. kitty says:
    July 14, 2015 at 4:58 pm

    V reethi

  3. Suma says:
    July 14, 2015 at 5:31 pm

    Vvv reethi.. gud luck 4 nxt part.. waiting 4 nxt part 🙂 🙂

    1. gggg says:
      July 15, 2015 at 12:03 am

      tru

  4. Shabee says:
    July 14, 2015 at 5:34 pm

    Hama ehvana mibaivexx…. maasham ur a grt writer… v salhi…dhen anna bai dhigu khdhehchey …. nd avahah up khdhehchey.. 😛

  5. nihaa says:
    July 14, 2015 at 5:44 pm

    Reethi…

  6. thanky says:
    July 14, 2015 at 6:10 pm

    Reethi…abaduves reethi…

  7. anee says:
    July 14, 2015 at 6:51 pm

    V reethi

  8. iraa says:
    July 14, 2015 at 7:08 pm

    Vvvvvvv Salhi..

  9. nuzoo says:
    July 14, 2015 at 7:10 pm

    Varah reethi… waiting for the next part..

  10. Crazi says:
    July 14, 2015 at 7:16 pm

    Vrh shalhi

  11. naj says:
    July 14, 2015 at 7:58 pm

    Cheers maasham for the newest story of urs…vara reethi..:-)

  12. Anonymous says:
    July 14, 2015 at 9:44 pm

    V reethi

  13. shiu says:
    July 14, 2015 at 9:45 pm

    V reethi

  14. aatha says:
    July 15, 2015 at 1:29 pm

    varah reethi. komme dhuvahaku up nukoh dhe dhuvahun ehdhuvahu up kuran veenun thankolheh dhigukoh…

Comments are closed.

Next Episodeހަތަރު އުދަރެސް (7)←


All Right Reserved!