Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންމަޖާ

ކޮމެޑީ ލޭންޑް 9

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
May 20, 2021 9 Mins Read
10 Comments

އަހުޝަމް – (ރީޝާ މެން ގޭ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވުމުން) “އައްސަލާމު އަލައިކުމް… ވަސިއްތަ… ކޮބާ ކިހިނެއް…”

ރީޝާގެ މަންމަ – “އަހާ އަހުޝަމް ދޯ… ރަނގަޅު ހަމަ… ރީޝާ އަދިވެސް ނުހޭލާ… އަންނާނަން ގޮވާލާފަ”

ރީޝާގެ މަންމަ – (ރީޝާ އަށް ގޮވާފައި އައިސް) “ވަސިއްތަ ގޮވާ ގޮވާ ވެސް ނުހޭލި… އަޅެ އަހުޝަމް ގޮއްސަ ކޮންމެސް ގޮތަކުން އެ ކުއްޖާ ނަގާބަލަ”

އަހުޝަމް – (ރީޝާ ކައިރިއަށް ގޮސް) “ނިދި ކޫޑި އޭ ތެދުވަން ވީ.. މިހާރު އަސުރަށް ގޮވަނީ އޭ… (ރީޝާ ނުހޭލުމުން ރީޝާގެ މަންމަ ކައިރިއަށް ގޮސް)ވަސިއްތަ ދީބަލަ ދެ ސްޓީލް ތެލި…( ރީޝާގެ ކަންފަތް ބުޑުގައި ދެ ތެލިން ޖަހައި އަޑު ގަދަ ކުރަމުން)އޭ ތެދުވަންވީ ކަންނެތް ފޮޑަރާ… (އެވަރުން ވެސް ނުހޭލުމުން އިސްތިރި ކުރަން ގެންގުޅޭ ފެންޖަހާ ފުޅި ހިފައިގެން އައިސް އެއިން ރީޝާގެ މޫނަށާއި ކަންފަތަށް ފެން ޖަހަމުން) ކޮޔާ އޭ މި ގޭގަ އަލިފާން ރޯ ވެއްޖޭ… (ދެން ވެސް ނުހޭލުމުން ދެކޮޅަށް ހިނގަމުން) މީނަ ނަގާނަން ކޮންމެ ގޮތެއް ހަދާފައި ވެސް… (ކުއްލިއަކަށް މޮޅު ޚިޔާލެއް އައުމުން ރީޝާ ގައިގައި ހިފައި ގަންނަމުން) އޭ ރީސާ ކަޕޫރޫ… އެ އޮއް އަންނަނީ ޕްރީޝާ ”

ރީޝާ – (ފުންމައިގެން ތެދުވެ އެނދު މައްޗަށް ކޮޅަށް އަރަމުން)” ހުވާ ؟؟؟؟.. (ޓީވީ ޖައްސަމުން ސްޓާ ޕްލަސް އަށް ލަމުން) “ކޮބާ ކޮބާ… ކީއްވެ ތަ ކުރިން ނުގޮވީ (އެހެން ޑްރަމާ އެއް އަންނަތަން ފެނި)” ކޮބާ… ކޮންތާކު… އަނޫޕަމާ އެ އަންނަނީ… ޕިސް ޕިސް ޕިސް (ފިހިގަނޑު ނަގާ އަހުޝަމް ގައިގައި ޖަހަން ދުއްވައިގަންނަމުން) ދޮގު ކަރާނި މީހެއްގެ ނިދި އިނގޭ ތި ނަގާލީ ”

އަހުޝަމް -(ރީޝާގެ އަތު ނުޖެހެން އެ ކޮޓަރިން ނުކުންނަން ދުއްވައިގަންނަމުން)” މަށެއް ނޫން މަށެއް ނޫން ”

ރީޝާ – (ދޮރު ތަޅު ލާފައި އައިސް ފާޚާނާ އަށް ވަންނަމުން) ” ހުވާ މި ބުނީ… މީހަކަށް ހަމަ ނިދި ނިދާނުލެވޭ… އެއޮއް ސަޅި ހުވަފެން ބަލަން އޮއްވާ އޭ އެ ނެގީ… ޕިސް ޕިސް ޕިސް ހިތަށް އަރާ އަންނަ ރުޅީގައި އަތު ކޮޅަށް ހޫރާލަފާނަމޭ ވެސް ”

އަހުޝަމް – ( ކަޅު ފުއްޕި ހަރުވާޅަކާއި ރީނދޫ ކުރުތާ އެއް ލައިގެން އިސްތަށިގަނޑު ރޫޅާލައިގެން ރީޝާ އައި ތަން ފެނި)” އައްދޭ… ރީޝާ ކަޕޫރު ގޮތުގައި …. ކޮބާ ލޯޕައްޓާ ގަނޑު… އެ އެޅީމަ އެއްނު ބުރިސާ އާ ވައްތަރު ވާނީ ”

ރީޝާ – (މޫނު ކުނިކޮށްގެން ހުރެ)” … ބަސް…ލޯޕައްޓާ ނެހީ… ދޯޕައްޓާ ހޭ… އޯރް ބުރިސާ ނުކިޔާތި އިނގޭ… މީސް މީހުންނަށް ނަން ކިޔަނީ ކަމަކު ދޯ…. މަށަށް ރީޝާ ކަޕޫރު ކިޔަސް ޕްރީޝާ އަށް ނަން ނަމުން ނު ގޮވާތި (މަންމަ އަށް ގޮވަމުން) މަންމާ.. އާދޭ ގަތަން ”

އަހުޝަމް -” އަމައްޔާއި… އުމުރުން އަށާރަ އަހަރު ވީއިރު ވެސް ފުނާއަޅަން ޖައްސަނީ މަންމަ އަށް ”

ރީޝާ -” ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އަކު ނެތޭ ބައްޕަ ލައްވާ ފުނާ އަޅުވާށެކޭ ލިޔެފަ އެއް ”

އަހުޝަމް – (ރީޝާގެ މަންމަ އައުމުން މަޑުން ހުންނަން ވެގެން)” ވަސިއްތާ… ރީޝާ އަދި ވެސް ފުނާ އަޅަނީ ވަސިއްތަ ލައްވާ ތަ؟”

ރީޝާގެ މަންމަ – “އާން އެކޭ… ދެން މިއޮއް ބޮޑު އިސްތަށިގަނޑު ކޮންމެ ފަހަރަކު ގަތަން ވީމަ މަންމަ އަށް ވެސް އުނދަގުލޭ… ރީޝާ ގާތު އެތަށް ފަހަރަކު ކިޔައިފިން އިސްތަށިގަނޑު ބުރިކޮށްލަން އުޅޭށޭ”

ރީޝާ – “ނޯވޭ… މަންމަ ވެސް އަދި ހުންނާނީ އަހުޝަމް މެން ކޮޅަށް… މީ އަޅުގަގެ ޒިންދަގީ އޭ…. ދެން ކޮބާ ތަ މައްސަލަ އެއް އިސްތަށިގަނޑު ދިގު ވުމުން… ޤިޔާމަތް ދުވަހު މީހާގެ ޢައުރަ ފޮރުވަން ޖެހޭނީ އިސްތަށިގަނޑުންނޭ… އަޅުގަ ނޫޅެން އަހުޝަމް ހެން ބޯ ތަލަ ކޮށްގެން އުޅޭކަށް”

އަހުޝަމް – “އެބުނީ އެއްކަލަ… އުނދަގުލެއް ވެސް ނުވޭތަ”

ރީޝާ – “އަޅެ މުސްކުޅި ވީ ތަ؟ އެހެންޏާ ފަހެ.. ރޭގަ ވެސް ބުނިން އުނދަގުލެއް ނުވެޔޭ”

އަހުޝަމް – (ރީޝާގެ މަންމަ ހުރުމުން ޒުވާބު ނުކުރަން ވެގެން) “އާން އޯކޭ އޭ.. އަވަސް ކުރޭ”

ރީޝާގެ މަންމަ – (ރީޝާ އާއި އަހުޝަމް ނުކުންނަން ދިއުމުން) “ދަރިފުޅާ އަވަހަށް ގެއަށް އަންނާތި… އަހުޝަމް ރީޝާ އަށް ބަލައްޗޭ”

އަހުޝަމް ، ރީޝާ-“ލައްބަ ”

ރީޝާ – (އަހުޝަމް މާ ވަރަކަށް ބަލާތީ)” ކީއްވެ މާ ވަރަކަށް ތި ބަލަނީ ”

އަހުޝަމް -” މަންޖެ މަންމަ ބުނީ ރީޝާ އަށް ބަލައްޗޭ… އެހެން ވެގެން ”

ރީޝާ -” އަރޭ ބައްޗީ… މަގޭ މަންމަ ބުނީ އެހެން ބަލާށެކޭ ނޫނޭ… ގަޅި ބޯ ”

އަހުޝަމް -” ދެން ކިހިނެއް ބަލާށޭ ބުނީ ގަޅި ފައި ”

ރީޝާ -” ރީއްޗަށް ހުރެބަަލަ… އިނގޭނެ ކިހިނެއް ބަލާށޭ ކަން އެ ބުނީ… ހިނގާ އައިސް ކޯނެއް ބޯލަން ”

އަހުޝަމް -” ހޫމްމްމްމް ކޭ މާޓު…. ނަސީބެއް މަންޖެ ކަން ވެސް… އެ އުޅޭ ނަޔާ ވެއްޖިއްޔާ މަގޭ އެކައުންޓު ހުސް ވާނެ”

ރީޝާ – “އޭ.. އެ ކިހިނެއް އިނގުނީ ނަޔާ އެ ވަރަށް ކާ ކަމެއް…. ނަޔާ އަށް ކާން ދިނީ ؟؟؟؟؟އޭންންން ބަލާބަލަ… މަށަށް ނުދީ ކަނީ… ހުރެބަަލަ ކުޅި ދަށްކާލާނަން”

އަހުޝަމް – “މަންޖެ ނައީނު”

ރީޝާ – “މަ ކައިރިއަކު ނުބުނޭ”

އަހުޝަމް – (ސްޓޫޑިއޯ ތެރެއަށް ވަންނަމުން) “އެހެންތަ؟ ނުބުނެވޭ ތަ؟ އެ ވެދާނެ އާޝް ބްރޯ ހަނދާން ނެތުނީ ކަމަށް”

ރިއާޝް – “އޭން؟ މަ ކޯއްޗެއް ހަނދާން ނެތުނީ؟”

ރީޝާ – “ތެދެއް އާޝް ބްރޯ ނަޔާ އަށް ކާންދިނިން ރޭގަ؟”

ރިއާޝް – “އާން އަހޫ ފޮނުވިން ރީޝް ބަލައި… އަހޫ ބުނީ ރީޝް ބުންޏޯ ވަރަށް ބިޒީ އޭ ނާދެވޭ ނޭ”

ރީޝާ – (އަހުޝަމް ދުލު ކުރީގައި ދަތް އަޅާލިތަން ފެނި) “ލާ…….. ނުވެސް ބުނޭ… ރޭގަ ފަހުން މަ ގެއަށް ނުވެސް އާދޭ”

ރިއާޝް – “ހުވާ….. އަހޫ މީހަކާ ތި ބެހެލީ… ދެން ނުތޮޅޭތި…. މިރޭ ހަމައެކަނި ރީޝް އަށް އާޝް ބްރޯ ކަންދޭނަން… އޯކޭ؟”

ރީޝާ – “އޯވްވްވްންންން… އަސްލުތަ؟؟؟ އާޝް ބްރޯ ޔޫ އާރ ދި ބެސްޓް”

އަހުޝަމް – “ހޫމް އޯކޭ އޭ ދެން… އާދޭ އަވަހަށް ސާފު ކުރަން… ރީސާ މަންމަ ބުންޏެއްނު އަވަހަށް ގެއަށް އަންނައްޗޭ”

ރީޝާ – (ސްޓޫޑިއޯ ތެރެ ސާފުކޮށް ނިންމުމަށް ފަހު) “އަހުއްޓި އާދޭ ގެއަށް ވައްޓާ…. މި މި މިބުނީ ގެއަށް ލައިދޭން”

އަހުޝަމް – “ހަހަހަހަހަހަހަހަހަ ހިނގާ”

ރީޝާ – (ވަކި ހިސާބަކަށް ގޮސްފައި) “އާން އޯކޭ ދެން އަހޫ ދިޔަޔަސް… ރީޝް ދާނަން ދެން އެކަނި… އާން ރަންނު ގުޅާފަ ބުނީ ފަހުން ވަރަށް ހުން ގަދަ ވެގެން މިރޭ އާދެވޭނެ ހެނެއް ހިއެއް ނުވެޔޯ.. އޭރު ރީޝް އަށް ގުޅީރު ހޮސްޕިޓަަލަށް ގޮސްގެން އުޅެނީ”

އަހުޝަމް – “އެހެންތަ؟ ފަހަކުން ނުގުޅާ؟… އާން އޯކޭ… ދާ ގޮތަށް ގެއަށް އިނގޭ ދާނީ… އޯކޭ ބާއި… ރީޝް ގެއަށް ގޮސް ގުޅާތި”

ރީޝާ – “ޔާ ބާއި”

އަހުޝަމް – (އަފްރާ މެން ގެއަށް ދިޔައިރު އެ ގޭގައި ރީޝާ އިން ތަން ފެނި) “ތީ ގެއަށް ދިޔަ މީހާ… ނޫނޭ ވާ ރަނގަޅު”

އަފްރާ – “އަހަހަ ރީޝްގެ ގެ އެކޭ މި ވެސް”

ރީޝާ – “އޭ ގެއަކު މީހުންނެއް ނޫޅެޔޭ… އެހެންވެ އޭ މިތާ މި އެނބުރެނީ….ތީ ކާކު ވަކި އަހަންނާ ދިމާއަށް އެއްޗެހި ކިޔަން…. ފެންވަޅުން ދިޔަ ހިއްކަން އުޅުނު މީހާ މިތާ ބޯ ގާނަނީ”

އަފްރާ – (ކައިރީގައި ތިބި ރިހުލާ އަދި ޒާނާ އާއި ވާހަކަ ދަށްކަމުން) “އޯހް ނޯ.. ވޯލްޑް ވާރ ފެށުނީ ބާ”

ޒާނާ – “ޔާ އަފޫ ވޯލްޑް ވާރ ފެށުނީ ކަންނޭންގެ ދޯ އަހޫ އެންޑް ރީޝް”

ރީޝާ – “ހަތިޔާރު ކުކުޅަށް ކައްކަކާ…”

އަހުޝަމް – “އޭ ދޭ ޓެލިކިލާސް ބަލަން”

ރީޝާ – “ކޮން ތެލި ކިލާހެއް ތަވާ ކިލާހެއް ކިޔާކަށް… އަހަރުން ތެލިކިލާސް ބަލަނީ ޕީ އެސް އެމް ކަނެކްޓުންނޭ އިނގިއްޖޭ”

ރިހުލާ – “ހަހަހަ ސާބަހޭ ރީޝް”

އަހުޝަމް – “މަޑުން ހުރޭ ދެން”

ރީޝާ – “ކޮން މަޑެއް ކިޔާކަށް ތަކުރުފާނު… މަޑު އެއީ ހުންނަ އެއްޗެއް ނޫން އިނގޭ… މަޑު އެއީ ކޮށްްޓާ އެއްޗެއް އިނގިއްޖޭ”

އަހުޝަމް – (އެ ގެއިން ނުކުންނަމުން) “ހޫންންންންންން… މަންޖެ އަމާ ކައިރީ ބުނާނަމޭ”

ރީޝާ – (އަހުޝަމް ފަހަތުން ދުއްވައިގަންނަމުން) “އޭ އުހޫން މަންމަ ކައިރީ ނުބުނައްޗޭ”

 

 

********************

 

އަހުޝަމް – (ރޭގަނޑު ޝޯވ ފަށަން ވެގެން ސްޓޫޑިއޯ އަށް އައިސް ) “ކޮބާ”

ރިއާޝް – ‘ކޮބާހޭ ކޮބާހޭ މަގޭ ލޯބި ރީޝާ… ކޮބާހޭ ކޮބާހޭ މަގޭ ލޯބި ރީޝާ ”

ރީޝާ – (ސްޓޫޑިއޯ ތެރެއަށް ވަންނަމުން)” މާ ދުރުގައި ވާ ފަޅޯ ދަނޑެއްގައި ”

އަހުޝަމް -” އޭއްއްއް އާރސެނަލް މޮޅު ވީ ”

ރީޝާ -” ހަހް… ކިހިނެއް ޖެހީ… ޓްރަންޕު ޓްރަމްޕެޓު ގޮއްވާ ހެން އެ ވަނީ ވެސް ”

އަހުޝަމް -” އައްޗީ ސޮލާހު އަށް އެންމެ ލަނޑެއް ޖެހުނީ ވެސް… ”

ރީޝާ -” އާރސެނަލް އިން ޖެހި ދޭތި ވެސް ވަނީ ނޭވާ ކޮޅަށް ދިޔައީމަ ”

ނަޔާ – (ސްޓޫޑިއޯ ތެރެއަށް ވަންނަމުން)” އޭ ރީޝޫ……… މި ރޭގެ ޝަރަފުވެރި މެހެމާނެއް އެބަ ހުއްޓޭ… ބޭނުންތަ ކާކު ތޯ ބަލަން ”

ރީޝާ -” ކާކު؟: ސަލާން ވެސް ނުކޮށް ދޯ ޝޯވ ފެށީ ”

ރިއާޝް -” އަހަހަ އައްސަލާމު… އަހުޓްސް ފެށީ އޭ ”

އަހުޝަމް -” ޔާ މާ ބޮޑަށް ގަޑި ގޮއްސަ އޮތީމަ ފެށީ އޭ ”

ނަޔާ -” ކާކު ހޭ؟ ނަޔާ މިހިރީނު… ނަޔާ ފިޓެއް ނޫންތަ؟ ހެހެ… ޖަސްޓް ޖޯކިން އިނގޭ… އައިމް ކިޑިން.. ދެއާރ އިޒް ނޯ ވަން ”

އައިކާ – (އިންސްޓާގްރާމް އިން ކޮމެންޓެއްގެ ގޮތުގައި)” ކޮބާ ފެށުނީ ދޯ ”

ރިހުލާ -” ތެދެއް ފެށުނީ ތަ؟”

ރިއާޝް – “ޔެސްސް ސަލާން ސަލާން”

ރީޝާ – “މި ރޭގެ ޝަރަފުވެރި މެހެމާންންން… އަލްފާޟިލް ނަޔާ ބޮޑުދައިތަ!!” ??????????????????????????????????

ނަޔާ – ” އޭއްއްއްއްއް ރީޝޫ….. އެއީ މަޖަލޭ… އެކަމު ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ….. ބައްލަވާ އަޅުގަނޑު މީ އަންހެން ކުއްޖެއް އިނގޭތޯ.. އެހެންވީމާ އަޅުގަނޑަށް ކިޔަން ޖެހޭނީ އަލްފާޟިލާ އެއް ނޫން ތޯ”

ރީޝާ – “މާފް… އަލްފާޟިލާ…”

އަހުޝަމް – “އަމައްޔާއި އޭ…. ލިވަޕޫލް ގޯލް ޖެހި އިރު ކްލޮޕް ހުރީ ސެލްފީ ތަޅަން…”

ރީޝާ – “އާރޓެޓާ ހުރީ ވާނުވާ ގަ…  ބުނީމެއްނު ޕެޕޭ ބިޓަށް ގުޅައިގެންނޭ ހުރީ!! ދޮގެއް އައިންންންން؟؟؟؟ ދިޔަ އިރު ވެސް އޭނަ ހުރީ ފޯނާ ކުޅެން”

އަހުޝަމް – “އައްޗީ ކްލޮޕް އައިނު ވެއްޓުނީ އޮޒިލް ގޯލު ޖެހީމަ”

ރީޝާ – “އޯހް ގޯޑް އޮޒިލް ފައިގަ ހާދަ ބާރު ހުރެޔޭ ދޯ”

އަހުޝަމް – “ސަލާ ގައިގަ ނުހުރެޔޭ ވަރެއް ވެސް”

ރީޝާ – “އައްޗީޑި… އަށް ޕެކު ހުންނާނެ ސަލާ ގައިގަ”

ރިއާޝް – “އާދެ މިހާރު ތިޔަ ފެނި ވަޑައިގަންނަވަނީ ހަތަރުވަނަ ބޮޑުހަނގުރާމައިގެ ނުވަ ވަނަ ރާޅު… ކަނާތް ފަރާތުން ރަތް ދިދަ ނަގައިގެން ދަތް ގޯނި ހިފައިގެން އެ ތިއްބެވީ ސަންތިމަރިޔަނބުގެ ޤައުމު… ވާތް ފަރާތުގައި މުޤުރިހަ ތެލި ތަށް ހިފައިގެން ރީނދޫ ކުލައިގެ ދިދަ އާއި އެކީ ތިޔަ ފެނިފަޑައިގަންނަވަނީ ތަކުރުފާނުގެ ޤައުމު ”

ނަޔާ – (ކަރުދާސް ކޮޅު ކޮޅު ބަހަމުން) ” އެހެމް އެހެމް… އާދެ މިހާރު ފުޓްބޯޅަ މެޗުގެ މެދުތެރެއިން އަޅުގަނޑު ޝަރަފުވެރި މެހެމާނު އަލްފާޟިލާ ނަޔާގެ ފަރާތުން ހުރިހާ ބެލުން ތެރިންނަށާއި ހޯސްޓުންނަށް ދޭ ބިލެއް މީރު ކޮށްލުމެއް… ކަމުދާނެ ކަމަށް އުންމީދު ކުރަން”

އަހުޝަމް -” ރަހަތަށް ހަމަ އެއް ވަނަ އިނގޭ… ވަރަށް ބޮޑަށް ޝުކުރިއްޔާ އަލްފާޟިލާ ނަޔާ ”

ރިއާޝް -” ވަރަށް ކަމުދޭ… ޝުކުރު ޝަރަފުވެރި މެހެމާނާ ”

ރީޝާ -” ޏަމްމްމްމް….. އާންޓީ ދެން ފަހަރަކުން ރީޝް އަށް ޕާނީ ޕޫރީ އެއް ގެނެސް ދެއްޗޭ ”

ނަޔާ -” ސާބަހޭ ކޮޔާ…. މިވަރު ދިން ކަމަށްޓަކައި ވެސް ޝުކުރު ކޮށް ބަލަ… ވެލްކަމް އިނގޭ ކުދިންނޭ ”

އަހުޝަމް – (ތުން ގޮއްވާލަމުން)” އެނބުރި ކުޅުމުގެ ތެރެއަށް… އައްތޭ މަންޖެ ތައްޕަޅޭ ކިޔާ…. އޮޒިލް ގައިގައި ބާރަ ޕެކު ހުންނާނެ ”

ރީޝާ -” ތައްޕަޅޭ… އާންންން…. ބާރަ ޕެކު އެއީ ނަމަކަށް… އެކަމު ވާ ކަމެއް ހަރާން… އެ އުޅޭ ޕެޕޭ ވެސް ވަކި ހިސާބަކަށް މެޗު ދިޔަތަނާ ބިޓު ގުޅައިގެން ދިޔައީ އެސްޓީއޯ އަށް ފުށް ބަސްތާ އެއް ގަންނަން… ހޭންންންން… ތަހުރައްޕާނޭ ކިޔާ ”

އަހުޝަމް -” އޭ މަންޖެ މާ ފޮނި ވާހަކަ ދަށްކާނެ ކަމެއް ނެތް އިނގޭ… ބޯޅަ އައި ގޮތަށް އައިސް ސަލާ ގައިގަ ޖެހުން ތަނާ އެ ގޮލާ ބަނބުކޭލެއް ހެން ބިމަށް ޗަސް އެރީ ”

ރީޝާ -” އޭ ޗަމް ޗަމް ގުޕްތާ ކޮން ބަނބުކޭލެއް ކިޔާކަށް… ކަލޯ ގޮސް ބަނބުކޭލެއް ހެން ބިމަށް ޗަސް ވާނީ… ”

އަހުޝަމް – “އައްޗި މަށެއް ނޫން… މަންޖެގެ ފަލަ ކަމުން މަންޖެ ގޮސް ބިމަށް ޗަސް ވާނީ”

ރީޝާ – “ލާ……… އަޅެ މަ ފަލަ ތަ؟”

އަހުޝަމް – “އާން ހީވަނީ ބޮޑު ފަލަ ގެރިއެއް ހެން”

ރީޝާ – “އޭ…. ކަލޯ ހީވަނީ ސާޅީހަށް ފެން ނާޅާ ހުރި ފަލަ ކުކުޅެއް ހެން”

އަހުޝަމް – “މަންޖެ ހީވަނީ ސިންދްރެއްލާ އަރާ ކަހަލަ ބޮޑު ބަރަބޮލެއް ހެން”

ރީޝާ – (އަކުރު ތަކަށް ދަމާލަމުން) “އޭ…. މަންމަ ކައިރީ ބުނާނަންންންންން”

އަހުޝަމް – (ތުއި ވެލަމުން) “އޭ…… މަންމަ ކައިރީ ބަނާނާ”

ރީޝާ – “ދޭންންންންން އަހުޗަމޫ…. މަންމަ ކައިރީ ހަމަ ބުނާނަން އަހުޗަމް ބަސް ނާހާ ވާހަކަ”

އަހުޝަމް – “ދޭންންންންން ރީޗޫ….. ބައްޕަ ކައިރީ ހަމަ ބުނާނަން ރީޗާ ބަސްނާހާ ވާހަކަ”

ރީޝާ – “އައްޅެ…. މާމަ ކައިރީ ބުނާނަން ޗަމް ޗަމް ރީޝް އާ ދިމާއަށް ނަން ނަމުން ގޮވާ ވާހަކަ”

އަހުޝަމް – “އައްޅެ…. ކާފަ ކައިރީ ބުނާނަން ޗާޗާ އަހޫ އާ ދިމާއަށް ބަސް ބަހުން ގޮވާ ވާހަކަ”

ރީޝާ – “ދޭންންންންން….. ނަޔާ އާންޓީ ބަލާ އަހުޗަމޭއްއްއް”

އަހުޝަމް – “ދޭންންންންން…. އާޝް ބްރޯ ބަލާ ރީޗާ އޭއްއްއް”

ނަޔާ – “ހަހަހަ އޯ ގޯޑް… ނައު ދޭއާރ ޓާރނިންގ ޓު ބޭބީސް… އާން ހަމަ އަހުޗަމް އަށް އައްދޮ ކޮށްލާނަން…. އަވަހަށް ހުއްޓާލާ ދައްފޫ”

އަހުޝަމް – “ހަހަހަހަހަހަހަހަހަ ކްރައި ބޭބީ އެންމެ ފަހުން ކާކު މޮޅުވީ؟؟؟…. ހަހަހ ކޮއްކީ ޗާޗާ ޕެކެޓެއް ދޭން ވީ ތަ؟ ދެން ވެސް ބަސް އަހާ ލައިގެން ނިދާލާ”

ރީޝާ – “ހުއް ފޮނި ކުޅި ހުތް އަހުއްޓި ބަހުއްޓި ތަހުއްޓި”

އަހުޝަމް – “އޭތްތްތތް ޕޮހް”

ރިއާޝް – “އޭ ގޭމް އޮފް…. އާދެ މީހާ ހިސާބުން މި ރޭގެ މޫސުން ގޯސް ވަމުން ދާތީ އާއި އެކު އަޅުގަނޑު މެން މި ރޭގެ ޝޯވ ނިންމާލާފައި ވަކި ވެލާނަން… ބާއްޖަވެރި އަމާން ރޭގަނޑަކަށް ހުރިހާ ބޭފުޅުންނަށް ވެސް އެދެމުން އަޅުގަނޑު މި ނައްޓާލަނީ ރީޝް ގޮވައިގެން ޑައިނަމޯ އަށް… ވައްސަލާމު ޢަލައިކުމް ”

ރީޝާ – (ރިއާޝް ފަހަތުން ދުއްވައިގަންނަމުން)” ޔޭ…. އައިމް ގޮއިން ޓު ޑައިނަމޯ….  އައިމް ގޮއިން ޓު ޑައިނަމޯ…..  އައިމް ގޮއިން ޓު ޑައިނަމޯ”

ޒާނާ – “އޭ ރީޝޫ… ޒާނު އަށް އެތި ކޮޅެއް ހިފައިގެން އަންނައްޗޭ”

ރިހުލާ ، ޒައިޝާ – “އައި މެންނަށް ވެސް”

ނަޔާ – “ދެން ތި މީހުންނަށް ރޭގަ ވާވަރަށް ކާން ދިނެއްނު… މިރޭ ރީޝް އަށް އެކަނި”

ރީޝާ – “އޯވްނ ތެންކްޔޫ އާންޓީ… އެކަމު ބާކީ ހުރިއްޔާ ގެނެސްދޭނަން އިނގޭ”

އަހުޝަމް – “މަންޖޭ މަށަށް ވެސް… މަ މީ މަންޖެ ކޮންމެ ދުވަހަކު މިތަނަށް ގެނެސްދޭ މީހާ… އެހެންވީމަ ލިބެން ޖެހޭނެއްނު މަށަށް ވެސް”

ރީޝާ – “ޗީޑި ނުދޭނަން”

 

*********************

 

(އަނެއް ދުވަހު ރިއާޝް، ރީޝާ، އަހުޝަމް ރަނާ އަށް ގޮވާލާން ރަނާމެން ގެއަށް އައިސް ”

 

ރީޝާ – (ރަނާގެ ކޮއްކޮ ފެނުމުން)” ހާއި ކޮއްކީ… ހައު އާރ ޔޫ… މީ ރީޝް ދައްތަ އިނގޭ… ދޮންތިގެ ބެސްޓް ފްރެންޑް ”

ރަނާގެ ކޮއްކޮ -” ހާއި ރީޝް ދައްތީ… އައިމް ފައިން ތެންކްޔޫ… ދޮންތިގެ ބެސްޓް ފްރެންދް ތީ؟”

ރީޝާ – “ލައްބަ… ދޮންތިގެ އެންމެ ގާތް އެކުވެރިޔާ…(އަހުޝަމް އާއި ނިސްބަތް ކޮށް) ދެން މީނީ ޗަމްބެ… ދެން އެ އިނީ އާޝް ބެ”

ރަނާގެ ކޮއްކޮ – ” ތަންބެ އާ އާޝްބެ ކީއްވެ ވައިޓް ކުލާގެ ގަމީސް ލަނީ”

ރީޝާ – “ކޮއްކީ ވައިޓް ކުލަ އެއް ނޫނެއްނު ދިވެހިން ކިޔަނީ… ކޮން ނަމެއްތަ ވައިޓް ކުލައަށް ދިވެހިން ކިޔަނީ”

ރަނާގެ ކޮއްކޮ – “އެއީ އިންގްލިޝް ނޭމް އޭ”

ރީޝާ – “އެހެންތަ ވީ؟ ރީޝް ދައްތި އަށް ވެސް އިނގެޔޭ… ދިވެހިން ކޮން ނަމެއް ތަ ކިޔަނީ”

ރަނާގެ ކޮއްކޮ – “ދިވެއިން ވެސް… އިންގްލިޝް އިން ވެސް ކޮއްކި އަށް ކިޔަނީ ކޮއްކި”

(އަހުޝަމް، ރިއާޝް އަދި ރަނާގެ ހިނިގަނޑު ފަޅައިގެން)

ރީޝާ – (ހެވިފައި) “އޯހް ރީޝް ދައްތި މި ބުނީ ވައިޓް ކުލައަށް ދިވެހިން ކިޔަނީ ކޮން ނަމެއް ހޭ”

ރަނާގެ ކޮއްކޮ – (ޓީވީ އިން ކާރޓޫނެއް އަންނަ ތަން ފެނި  ފެންޑާއަށް ދުއްވައިގަންނަމުން)”ކަދްލީސްސްސް…. ޔޭ…. ”

ރީޝާ – (ރަނާގެ ކޮއްކޮ ދިޔަ ދިމާއަށް ބަލަން އިނދެ ހިތް ހަމަ ނުޖެހި ފައި)” ޕިސް ޕިސް ޕިސް ހުވާ މި ބުނީ… މިހާރުގެ ކުޑަކުދީންނަށް ދިވެހީން އެންމެ ޖުމްލަ އެއް ވެސް ބުނެވޭ ކަމަކަށް ނުވޭ އިނގިރޭސި ބަސް އެއަށް މައްސުނި ކޮށްގެން ނޫނީ…. (ރަނާ އާއި ދިމާއަށް އެނބުރިފައި) ކަލޭމެންގެ ކަންތަކޭ މީ… މަގޭ އަތަށް ދީބަލަ އެ ކުއްޖާ ބަލަން… ހަރާން އެންމެ ޖުމްލަ އެއް ވެސް ދެ ބަސް މައްސުނި ކޮށްގެން ކިޔަން… ތަޅާ މަރާނަން ”

އަހުޝަމް -” އޭ އޭ އޭ ހަމަޖެހޭ ހަމަޖެހޭ… ބަލި މީހުން ކައިރީ އަޑުގަދަ ކުރާ ކަށް ނުވާނެ ”

ރިއާޝް -” ހާދަ މޮޅު އެދުރެއް ހެން ހީވެއޭ… އަޅެ އަހަރުމެންނަށް ގޭތެރޭގެ އަދަބު ތަށް ކިޔައިދޭންވީނު ”

ރީޝާ -” ނަންބަރު އެކެއް… ދިވެއްސެއް ދިވެއްސަކާ ވާހަކަ ދައްކަން ޖެހޭނީ ދިވެހިން… ދެން އާޝް ބްރޯ ފާހާނައިގެ އަދަބު ތަށް ކިޔައިދޭންވީނު ”

ރިއާޝް -” ހަހަ ފާހާނަ ދޯ… ފުރަތަމަ ބޮކި ދިއްލާފައި ދުޢާ ކިޔާނީ.. ދެން ދޮރު ހުޅުވާފައި އެތެރެއަށް ވަންނާނީ ”

ރީޝާ -” މަޑު ކޮށްބަލަ މަޑު ކޮށްބަލަ… ކޮން އަތަކުން ދޮރު ހުޅުވަނީ… ކޮން ފަޔަކުން ވަންނަނީ ”

ރިއާޝް -” ދެއަތުން ދޮރު ހުޅުވާނީ… ދެން ކަނާތު ފައިން ވަންނާނީ… (ރާގު އަޅުވާލާ ފައި) އެއަށްފަހު ޝަވަރުން މުށި ތަކު މައްޗަށާއި ފާހާނަ ތަށި އަދި ފަޔަށް ސަތޭކަ މޭލު ބާރު މިނުގައި ފެން ޖަހާނީ… އެއަށްފަހު ފާހާނަ ތަށީގައި އިށީންދެ ކަންކަމާއި ވިސްނާނީ ”

ރީޝާ -” އޭ މަޑުކޮށްބަލަ… ދޮރު ތަޅު ވެސް ނުލަން ތަ؟ ކުޑަމިނުން ދޮރު ނުވެސް ޖަހާ… ދެން ސޯޓާ ބޮކްސާ ވެސް ނުބާލައި ތަށި މަތީ އިށީންނަނީ… މީ ދޯ ފަހާނައިގަ މީނަ މާ ގިނަ އިރު ނަގާ ކަމަކީ.. ؟؟”

ރިއާޝް – “އޭ އުހޫންންން… ދެން މަންޖެ ކައިރީ މީހަކަށް ވާހަކަ ދެއްކޭތަ؟”

އަހުޝަމް – (ރީޝާ އާއި ދިމާއަށް) “ތީ ދެން މާ ރަނގަޅު މީހެއް ނޫނޭ އެހެން މީހުންގެ ވާހަކަ ދަށްކަން… ތިވެސް ފާޚާނާގައި އެހާ ގިނަ އިރު ނަގާ މީހެއް”

ރީޝާ – “މަށަށް ވެސް އާޝް ބްރޯ ކައިރިން ވާރުތަ ވީއޭ… ހެހެ”

ރަނާ – (ހެމުން) “އޭ ދެން ތި ވަރަށް ނުހެއްވަބަލަ… ރޭގަ ޝޯވ ބެލީރު ވެސް މަ އޮތީ ހީ ހީ ބިނދިފަ”

ރީޝާ – “ހީހީ ބިނދިފަ އޭ ؟؟ ދެން ހޮސްޕިޓަލަށް ދިޔައިންތަ؟ މިހާރު ރަނގަޅުތަ؟”

އަހުޝަމް – “އެއްކަލަ ސުވާލު ގޯނި…. ހިނގާ ދާން ދެން… ދަނީ އައިމިނާ”

ރަނާ – “އޯކޭ ބާއީ”

ރިއާޝް – “އަލް ވަދާޢު ޢައިމިނަތް… ވަޢަލައިކުމުއް ސަލާމް”

ރީޝާ – “ބާއި ބާއި… އާޖް ކޭ ލީ އަލްވިދާ”

ރަނާ – “ހެހެ ހޫމް ބާއި ރީޝާ ކަޕޫރޫ”

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

އިންތިޒާރު-2 ވަނަބައި.

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 2

Next
May 21, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 2

Previews
May 20, 2021

އިންތިޒާރު-2 ވަނަބައި.

10 Comments!

  1. Nayaa Nayaa says:
    May 20, 2021 at 11:01 pm

    klw gayaaaaa… ma erey kaalin ingey varakah.. ekam enme ginain kaifa hunnaanii mi liyam men card beynun koggen… ahu brw mn magey keumah thi spend kuraa varu nuvaane adhi ehchakah vx… miliyam haa rangalhu miihaku nuhunnaane kaan dhey iakah.. buni ehcheh buni gothakah buni gadi yakah dheyne… e soru ehn huttas varah hih madey asluga… ahu brww adhi 1 rey vaane ingey ma govaigen chily chicken biryani kaan dhaan… brw ah ingeynu mashah enme miirii biriyani kan… dhen boa vanilla milkshake.. dessert akah pirinii… ok dhw? mee dhen ehaa gina eh vx noonennu dhw… emme 7 thashi biryiani ey… mi liyam mn kaan dheyne dhiha baara thashi vx… adhi dhaan vaane majaa kaan vx ingey… annaathi eh reyakun ma govaigen bureh jahaalan dhaan.. reeshaa ma vx license negiiima nujeheyne ahu brw aa aash brw kairi thanthanah buru jahan dhaan kiyaakah dhw… eyrun ma dhaanii konme reyaku manje govaigen magey kereynuga raajje vashaa buru jahan…
    manjeyyy magey isthashigandu vx hama thi goiyy… vrh fahun ma vx funaa alhan dhaskurii… eyy ingeythr mi ril sis aa shif aa dhemiihun erashun mashah biteh setu kohdheniinu… adhi ingeythr? e liyam gandu bunyoa magey pic dhekkiima ma jahanii kaashi kiba eh vahtharey… e golaa jahanii bakatteh vahtharey ma bunin… aan ehaa fala viyya… hahahaha…
    shukuru shukuru sharafveri mehemaan ge faraathun…
    eyy reesh vrh salh ingey… mi cmnt dhigu V thii vvvvvvvvvvvv bodah sorry.. mashah hama kuru koh nuliye veyey… dhen konme faharaku lhemeh nuhedheyne dhw ma fakiirakah vx… eyy luhoo buni manje ulheniiyyoa e rashun soreh setu kohgen… eii ekkala CL 8 ga manje lam kairi buni soru thrr?? mashah ingey nan vx… adhi mi shif ahanii ma kairi e soru mashah setu kohdheyn V hoa… ma bunin noonekey.. ma manje ah dhookohlii ey 😉 hahahahahaha
    ok bye lwbiiiiiiiiiiiiiiiii
    eyy rannu kairi buney e goathu chuppudi ah dhivehi dhaskohdheyshey… huvaa ma haadha natta ey.. reesh aharun vxxne 18 aharu furuniima raajje vashaa burun jahan dhaan.. dharinnah dhivehi bas dhaskohdheyn…
    bye byeee
    lyssssssssssssssssssssssssmmmmmm

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 21, 2021 at 7:55 pm

      MOIH KHUTHUBAA EH ?????????

    2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 21, 2021 at 8:27 pm

      Ehem Ehem… Aadhe Aadhe.. Amayyaaaaaiiiiiiii??????manje ah haadha heyo fulhey esoru ?????????magey bunaa kameh neynge meen dhuvahaku kuri kameh vxxx????ma bunin eyna enme furathama dhuhu kuri suvaalah javaabu dhiniima Messi ge autograph hoadha dheyshey… Adhi vx nuvey ekameh.. Neynge mihaaru handhaan huri kameh vx ???ehentheyyyyy ???Ahu brw bunee Ahu brw manje ah kaandhinumah salaamo ????Reesh ah ekangno kaan dheynee… Reesh ah haradhah balan engeyo ?????Nayaa govaigen majaa kaakah vx nudhaanamo… Dhen Ma ehii Ma govaigen dhaanan hey… Buneema bunee yageenehnoonho ??????beynun vahthareh bunaashw… Beynun thanakah gengos dheynamo… Beynun gadi ehgge dhaanamo ???Eyyy pohh… Mashah Ahu brw varuge meeheh nei ???????????he’s mine (I mean my best friend ?)
      Ann dhen thikamaa ulhen V… Ekamu Ma biru ganeyey saikalaa pikapaa kereynaa kaaraa loree aa eythi meethi dhuhvan… Mashah kerenee hama ekani baiskalu dhuhvvan ?ma mee thimaaveshi kuhjjekey… Hmm vaane vaane… Haahahhaha manje mashah photo fonuvabala…. Manje Num EH vx adhi mashakah nudhemehnnu… Mail EH kohllabala koyaaaa????mashakah neynge manje hunna sifa eh vx… Hmm e liyahtte moyahtte ah magey photo dhehkkeema vx aduge neh thanah heysho feshee ?????eyna fenna dhuvahakun aharumwn dhemeehun ehvanaiga dhimaa kohllan vaane dhw manjeyyy… Hmm m koyaa ??????Huvaa ingeynu ma goiy… Thaaku huri fireheneh vehjjehyya ma vaahaka dhahkkaa hiy vaanehnnu ???????Ril šis ah vx gulhaa konme faharaku mashah eheyne golayaku nei thw fenna hidaabehgga anga thalhaalan ???dhw Rilooo
      Nooney ma jahssaneekee noon… Dhen Ma varah firehenunnaa dhoalhu kan ingeynu thee ey handhakee keema vx…. Ma mee firehenekey… Firehenunnaa varah anga thalhaa hiy vey??
      Kon soreh thibunee?.. Aann Lam kairy dhekkee esoru vaahaka ey???eii gulhaa ninmmaafa erey…
      Huvaa Mi bunee furathama aiminabee ah dhivehi ingigennehnu emanje ah dhaskohdheveynee… Koya rangalhu kameh Thee… Ma V kuran beynunvaa kameh…
      Hmm magey Razeenaa ehnnu eii????Razeenaa aa jahssaalan V dhw ????Lam ulhey mi kamaa ey Nayaa binthu ahanmadhu koachehthr? Varihama konme ehchekas… Manje mashah numbaru fonuvaa?????amuru ingey mi kuree ☝️☝️☝️☝️☝️???
      Bye bye ?
      Lyssssssssssssssssssssssssssssssssmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

  2. 🌻LamHaa🌻 LamHaa says:
    May 21, 2021 at 9:49 am

    Reeshoo e soru bunee v foni dhw o Reesh.. e soru hini gandu falhaigeno dhiyaee reesh lava kaiyan fesheema.. majalo.. miadhu vx vaane dhw o gulhan.. ??Hama ehaa reethitha e soruge adu..

    1. 🌻LamHaa🌻 LamHaa says:
      May 21, 2021 at 11:34 am

      Anehkaa e sorah hiyy keetha.. bunahchey hit kiyaa.. eyrunu —- kohdheveynee vx????

    2. Nayaa Nayaa says:
      May 21, 2021 at 2:49 pm

      eyyy… thi kiyaa sorakii shif ge dhonbe dhw… shif nd luhoo bunyey… reeshoo saabas vaa manje ah… enme fahun athu alhuvaalii dhw… shif buni mashah vx e rashun setu kohdheynamoa… dhen ma vx 10 aharu fahun nattaalaanan e rashah… hahahaha 😉

    3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 21, 2021 at 7:54 pm

      LAAAAAAAAAAA…. ????????MA? REESH? REESHA CORONA???? FONI.? DHEN MANJE MEN BUNY KEEKEY?? HAHAHAHAHA???. LAAAAAAAAAAA ??????MA LAVA KIYAN FESHEEMA?? ???AAAN KLW MAJAA KAMEH ???ANN GULHAABALA KOYA.. MI ULHEY DHONBE GANDŲ PHN ATHULAIGEN ULHUNEEMA MIADHU VX NUGULHUNEE????ANN KLW HAMA HEEVANEE FUREYNGNEHGGE FULUGA GAS GAANAA FEERAKUN HAIY HILA KOLHU GAANAA LAA HEN…. HAMA BUL BUL GE ADU ????????E MAJAA NGEY…

      NOONEY LAMOOOO.. MA HIY KIYAIGWN MI ULHENEE RUDRA AKAH NU ???ANN MI BUNEE MIHAARU VX… DHEN REESH AH PREESHA GE LIFE HOADHA DHEEBA ????

    4. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 21, 2021 at 8:35 pm

      Koya liyatte ah kihineh thr V evaahak buneema????ey egolaa photo eh fonuvabala???Eyrah Reesh ge Reesha Corona ge performance fonuvaanan… Mibunee comedy idol ga kiyaafa huri lava thah

    5. 🌻LamHaa🌻 LamHaa says:
      May 22, 2021 at 1:46 pm

      Nukereyne fonuvaakah.. jahaafaane gaiga

  3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 22, 2021 at 7:44 pm

    Buney Reesh gaiga jahangnaa jahashey

    This reply is for Lam

Comments are closed.

Next Episodeކޮމެޑީ ލޭންޑް 10←


All Right Reserved!