Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިމްހާ-1

Ekkala manje Level 1
May 17, 2021 3 Mins Read
2 Comments

އޮއްސެމުން ދިޔަ އިރުގެ ދޯދި ތަކަށް ބަލަހައްޓައިގެން އިން އަންހެން ކުއްޖާގެ ލޮލުގައި ކަރުނައިގެ ތިކިތަށް ބަބުޅަން ހުއްޓެވެ.ފާލަން ކޮޅުގައި މޫދަށް ވާގޮތަށް ފައި ބާލައިގެން އިން އެކުއްޖާ ދިޔައީ ފުން ޚިޔާލެއްގެ ކަނޑަކަށް އަރަގުވަމުންނެވެ.ދެލޯ ކައިރި ދުޅަވެ ލޯ ރަތްވެފައި ހުރުމުން އޭނާ ވަރަށް ހިތާމަ ކޮށްފައިވާކަން އެނގެއެވެ.އެ މައުސޫމް ދެލޯ ފެންނަ ކޮންމެ މީހެއްގެ ހިތް ހަމްދަރުދީ އިން ފުރޭނެއެވެ.އޭނާގެ ހިތުގައި ވަނީ ޝަކުވާެއެވެ.އޭނާ އަޝް އެލިބެމުންދާ އަނިޔާ އޭނާ އަށް ހައްގު ހެއްޔެވެ؟އޭނާ އަކީ ހަމަ އެހާ ނުބައި މީހަކީ ހެއްޔެވެ؟އޭނާ ކުރީ ކީއްހެއްޔެވެ؟ހައްތަހާވެސް ޖަވާބު ނުލިބޭނެ ސުވާލެވެ.އެގޮތުގައި އެތަށް އިރަކު ރުއިމަށްފަހު އޭނާ ގެ އަތުގައި އޮތަ ބައްތި ފޯނު ނަގާ ގަޑި ބަލާލިއެވެ.އެއާއެކު އޭނާގެ ލޮލުން ބިރުވެރިކަން ފެނިލުމާއެކު އަވަސް އަރުވާލާފައި އެތަނުން ދިޔުމަށް ހިނގައިގަތެވެ.
*******
“އޭ،ކަލޭ އަޅެ ކީކޭ ހިތަށް އަރައިގެންތަ ބޭރަށް ގޮސް ތިއައީ.ކަލޭތިހެން ފިރެހެނުންނަށް ތުއި ދެއްކެން އުޅުނަސް މީހަކު ނޫޅެއޭ ތި ބަލާކަށް.ހުރެބަލަ މި ފަހަރު،ކުޅި ދައްކާލާނަން”. ގެއަށް ވަންނަން އައި ކުއްޖާ ހުއްޓުނީ އޭނާގެ މަންމަގެ ރަހުމުު ކުޑަ ބަސްތަކުންނެވެ.އެހެން ބުނެފައި އޭނާގެ މަންމަ ދިޔައީ ކޮޓަރި ތެރެއަށެވެ.އަދި އެނބުރި އައިއިރު އެމީހާގެ އަތުގައި ހޫނު ކޮށްފައިވާ އިސްތިރި އެއް އޮތެވެ.އެމަންޒަރު ފެނިލުމާއެކު އެކުއްޖާގެ ލޮލުން ކަރުނަ ހިލުނެވެ.ބޭއިޚްތިޔާރުގައި އޭނާ އަށް ގިސްލެވެން ފެށުނެވެ. “މަންމާ ހެޔޮނުވާނެ.އަހަންނަށް ތހެން ނުހަދަބަލ….” “ކޮން ހެޔޮނުވާނެއެކޭ ކިޔާކަށްތަ،މަ މިހާރު ކަލޭ ކައިރީ މީހުންނަށް ތުއި ދެއްކެން ބޭރަށް ނުދުވާށޭ ބުނެވުނު އަދަދުވެސް ނޭނގެއޭ.ދެން ވެސް ފޮނި ނުވެ އަތް ކުރި އޮޅާ”. އެކުއްޖާ ގެ ޖުމަލަ ފުރިހަމަ ނުވަނީސް އެމީހާ ހަޅޭއްލަވައިގަތެވެ.އެއާއެކު އެކުއްޖާ ހިން ދިރުވާލައިފައި އޭނާ ލައިގެން ހުރި ބައު ހެދުމުގެ އަތްކުރި އުޅަނބޮއްޓާ ހަމައަށް އޮޅާލިއެވެ.ދެން އިވުނީ އެކުއްޖާގެ ވޭނީ ހަޅޭކުގެ އަޑެވެ.އެމީހާ ހިތް ފުރޭވަރުވުމުން އިސްތިރި ބެހެއްޓިއެވެ. “ދޭބަލަ ނިކަން އަވަހަށް މިހިރަ ފިހާރައަށޤ ގޮސް މަށަށް ކޯކު ފުޅިއަކާ ބިސްކޯދު ޕެކެޓެއްހިފައިގެން އަންނަން”. އެކުއަޖާއަށް އެވަރަށް އަނިޔާ ކޮށްފައި ދަމުން 30 ރުފިޔާ އެއްލާލަމުން އެމީހާ ބުނެލިއެވެ.އެ މަންމަ އޭނާގެ އަމިއްލަ ދަރިޔާ މެދުގައި ހަމަ އެއްވެސް ކުލުނެއް ނެތީބާއެވެ؟
******
“އިމްހާ ކޮންތާކަށް ތިދަނީ؟” ލަޔާން،އޭނާގެ އެންމެ ގާތް އެކުވެރިޔާ މަގުމަތިން ފެނުމުން ދުވަމުން ކަހަލަ ގޮތަކަށް އައިސް އޭނާގެ ގާތު އަހާލިއެވެ. “މިދަނީ އެހެރަ ފިހާރައަށް.މަނމްަ ބުނެގެން އެއްްޗެއް ގަންނަން ވެގެން،ލަޔާ ކީއްތިކޮށްލަނީ؟”. ހިތުގައިވާ ހުރިހާ އުދާހެއް އެކުވެރިޔާ އަށް ވަންހަނާ ކުރެވޭތޯ ބަލަމުން އިމްހާ ބުނެލިއެވެ. “ހޭ. ކިހިނެއް ވެފަ މިއޮތީ އަތަށް؟” އިމްހާ އެވަރަށް އެކަން ފޮރުވަން މަސައްކަތް ކުރުމުންވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ.”ކަމެއްނުވެ…ވެ..ވެއ.ވެއްޓުނީ”. އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް އިމްހާ ބުނެލިއެވެ. “އިމްހާ އަހަރެންގާތު ދޮގު ހަދަންވެސް ފެށީތަ؟މީ ވެއްޓިގެން ވެފަ ހުރި ގޮތެއް ނޫންކަން ހަމަ ރީއްޗައް އެބަ އިނގޭ!މިތަން މިއޮތީ އެކަށް ފިއްސާލާފައެއްނު.ދެން ބުނެބަލަ، އަސްލު ކިހިނެއްތަ ވީ؟” ލަޔާން ކުރު ނުކޮށް ކިޔަންފެށުމުން އެންމެ ފަހުން އިމްހާ އަށް ޖެހުނީ ވީ ހުރިހާ ކަމެއް އަލިފުން ޔާ އަށް ކިޔައިދޭށެވެ. “ސުބުހާނަﷲ. އެއީ އަޅެ އިންސާނެއްތަ؟އަހަރެން ހަމަ ހިތަށް އަރާ….” ރުޅި އައިސް އަތް މުއްކަވާލަމުން ލަޔާން އެހެން ބުނެލިއިރު އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.ނަމަވެސް އޭނާ ބުނަން އުޅުން ޖުމްލަ ހުއްޓުވީ އިމްހާ އެވެ. “ދެން ދަނީ އިނގޭ.ފަހުން ދިމާވާނެ” .އެހެންބުނެ އޭނާ އަވަސް އަރުވާލައިފައި ދިޔައީ މީހަކު އޭނާގެ މަންމަ އަށް ދެރަބަހެއް ބުނާ އަޑު އަހަން އޭނާގެ ހިތަށް ކެތް ނުވާނޭތީއެވެ.އިމްހާ ހަނދާން ވާން ފެށިއިރުންސުރެ އޭނާ ގެންގުޅެނީ އޭނާގެ މަންމަ އަޔަނާއެވެ.އޭނާ އަށް ހަމަހުގައި ބައްޕަ ވީ ނިޔާވެފައި ކަމަށް އޭނާގެ މަންމަ ބުނެއެވެ.އަދި އޭނާގެ ބައްޕަ މަރުވީ ހަރޓް އެޓޭކެއް ޖެހިގެން ކަމަށް މީހުން ބުނެއުޅެއެވެ.އޭނާގެ މަންމަ ބުނާގޮތުގައި އެކަން މެދުވެރިވީ ހަމަ އިމްހާ އާއި ހެދިއެވެ. “ކަލެޔާ ހެދި ކަލޭ ބަފާ ވެސް މަރުވީ.ކަލޭ މި ދުނިޔެއަށް ނައިނަމަ އަދިވެސް މަގޭ ފިރި މީހާމަގޭ ގާތު ހުންނާނެ.ކަލެޔާހެދި މަގޭ މުޅި ދިރިއުޅުން ހަލާކުވީ!އަހަރެން އަބަދުވެސް ކަލެއަށް ނަފްރަތުކުރަން”. އެތަށް ފަހަރެއްގެ މަތިން އެ ވިހަބަސްތަށް އަޔާނީ އިމްހާ އަށް އަމާޒު ކުރެއެވެ.ނަމަވެސް އިމްހާ އަށް ނޭނގެނީ އެކަމުގެ ހަގީގަތެވެ.އަޔާނީ ގާތު އެހިޔަސް އަންނާނީ ރުޅިއެވެ.ރަށު މީހެއް ކައިރީ އެހިޔަސް އެމީހުންވެސް ބުނަނީ ވީ ގޮތެއް ނޭނގޭ ކަމަށެވެ.ހަމަ ހުރެފައި ހަރޓް އެޓޭކެއް ޖެހުނީ ކަމަށެވެ.އޭނާ އެންމެ ކުޑައިރުއްސުރެ އޭނާގެ އުުުމުރުން 17 އަހަރުވީ އިރުވެސް ކޮންމެ ހާލެއްގައިވެސް އޭނާ އެ ގެންގުޅުނީ އޭނާގެ މަންމައެވެ.އެހެން ކަމުން އޭނާ އެކަމަށް ޝުކުރުވެރިވެއެވެ.އަދި އޭނާ އާއި މެދު އަޔާނީ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އޭނާގެ ހިތުގައ އަޔާނީ އަށްޓަކައި މައިވަންތަކަމުގެ ލޯތްބައް އެއްވެސް ބަދަލެއް ނާދެއެވެ.ނަމަވެސް އޭނާގެ ހިތުގައި ވަނީ ޝަކުވާއެވެ.ޖަވާބު ނުލިބޭ ސުވާލުތަކެވެ.އޭނާ އަބަދުވެސް ދުއާ ކުރަނީ އޭނާ އަށް އެޔަށްް ވުރެ ރަނގަޅު ދުވަހެއް ދައްކަވާތޯއެވެ.އަދި އޭނާގެ ހިތުގައި ޖަވާބު ނުލިބި ފުނި ޖެހިފައިވާ ސުވާލު ތަކަށް ޖަވާބުލިބި ހިތަށް ތަސައްލީ އެއް ދެއްވުމަށް އެދިއެވެ.ނަމަވެސް އެ ދުއާ އިޖާބަ ކުރައްވާނެބާއެވެ؟އާނއެކެވެ.އޭނާ އަށް ޔަގީންކަން އެބަ އޮތެވެ.ހަމަ ކަށަވަރުން އެއްވެސް އަޅަކަށް ގޯސް ގޮތެއް އެކަލާނގެ މެދުވެރިއެއް ނުކުރައްވާނެއެވެ.އަދި ކެތް ތެރިކަމާއެކު ދުއާ ކުރާ އަޅަކަށް ނޫނީ ކާމިޔާބެއް ނުވެއެވެ.އޭނާ ދިރި ހުރިހާ ހިނދަކު ހިތްވަރު އެލުވައެއް ނުލާނެއެވެ

Share Article

Follow Me Written By

Ekkala manje

Level 1

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 20

Next

އަލުކަން-1

Next
May 17, 2021

އަލުކަން-1

Previews
May 17, 2021

ނަފްރަތުން ވެވުނު ލޯބި 20

2 Comments!

  1. imkko says:
    May 17, 2021 at 9:35 pm

    Maasha allah .. v reethi vaahaka eh .. btw my name is aslo imha hama ? this story attracted my attention ehn ve .. but im glad i clicked it v reethi .. i hope adhivx v reethi stories kiyan libeyne kamah ??

    1. Ekkala manje says:
      May 18, 2021 at 5:47 pm

      Thankyou so muchh immko <3 alhey hehe.glad you liked this part.insha allah kuriyah huri baithah ves reethi vaane kamah hope kuran.

Comments are closed.



All Right Reserved!