Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (5)

maasham Level 110 Stories
July 13, 2015 3 Mins Read
15 Comments

“ވަރަށް ބޮޑާ ހާކާ ދޯ؟! ހަމަ ލިއު ގެ ސްޓައިލް” ދެމީހުން އެކަނި ވުމުން އަހުނަފް ލިއުޒާއާ ވާހަކަ ދެއްކިއެވެ.

“ކޮންތާކު، އަހަންނަށްވުރެ ހާސް ބައި ބޯހަރުވާނެ..” ހިނިގަނޑެއް ޖަހާލަމުން ލިއުޒާ ބުންޏެވެ. “އޭ، އަރީފުގެ ޓީޝާޓަކާއި ސޯޓެއް އޮވެދާނެ.. މިއަންނަނީ އިނގޭ ހިފައިގެން…” އަހުނަފްގެ ޖަވާބަކަށް މަޑު ނުކޮށް ލިއުޒާ އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

ޓީޝާޓާއި ސޯޓު ހިފައިގެން ލިއުޒާ އެނބުރި އައުމުން ހުސް ޖޯޑު އަހުނަފް ދިއްކޮއްލިއެވެ. އަދި ލިއުޒާ ބޮލުގެ އިޝާރާތުން އޭނާގެ ކޮޓަރި ދެއްކުމުން އެ ދިމާލަށް ހިނގައިގަތެވެ. ޖޯޑު ބަދިގޭގައި ބެހެއްޓުމަށްފަހު އިރުކޮޅެއްވަންދެން ލިއުޒާ ސިޓިންގރޫމުގައި މަޑުކޮއްލިއެވެ. އަހުނަފް އެނބުރި ނާންނާތީ އޭނާ ތެދުވީ ކޮޓަރިއަށް ދިޔުމަށެވެ. އޭރުވެސް ވިދާ ގުގުރައެވެ. އިހުނަށްވުރެ ވާރޭ ބޯވެސް ކޮއްލައިފިއެވެ. އޭނާއަށް ކޮޓަރި ދޮރު ހުޅުވާލެވުނު ވަގުތުވީ ބާރު ގުގުރިއަކާއެކު މުޅި ގެއިން ކަރަންޓު ކެނޑުނު ވަގުތަށެވެ. ބޭއިޚްތިޔާރުގައި ހަޅޭއްލަވައި ގަތުމަށް ފަހު ލިއުޒާ ދުއްވައިގަތެވެ. ކުއްލި އަކަށް ވިދާލި ވިދުމާއެކު އަހުނަފަށް ފެނުނީ ލިއުޒާ ވެއްޓެން ދިޔަތަނެވެ. ނަމަވެސް ހުށިޔާރުކަމާއެކު އޭނާ ލިއުޒާގެ ގައިގައި ހިފެހެއްޓިއެވެ. ހިނދުކޮޅެއްވަންދެން ގުޑިނުލައި ދެމީހުންނަށްވެސް ތިބެވުނެވެ. އޭރުވެސް ލިއުޒާގެ ހިތް ބާރުބާރަށް ނެގިނެގިފައި ޖެހެއެވެ.

“ސާބަހޭ ލިއު…” ލިއުޒާ ދެފައިމައްޗަށް ތެދުކޮށްލަމުން އަހުނަފް ދިމާކޮށްލިއެވެ.

“އަހުނަފް އަކަށްވެސް… ނޭނގުނުވިއްޔަ.. މިތަނަށް ވަނުމަށް ފަހު ނިކުންނާކަށް..” ހުއްޓި ހުއްޓިފައި ލިއުޒާ ވާހަކަ ދެއްކިއެވެ. އޭރުވެސް އޭނާގެ ހިތް މަތައެއް ނުވެއެވެ. މުޅި ކޮޓަރިއަނދިރިވެފައި ވުމާއިއެކު ގުގުރީގެ އަޑު ނުކެނޑޭތީ އޭނާ އަދިވެސް ބިރު ގަންނަނީއެވެ.

“ނެތްތަ އުއްބައްތިއެއް؟” އަހުނަފް ސުވާލުކޮށްލަމުން ޑްރެސިނގް ޓޭބަލްގެ ވަތްގަނޑު ހުޅުވާލިއެވެ. ކޮޓަރީގެ ކުޑަދޮރުން ފުދޭވަރަކަށް އަލިވެއެވެ. މަގުމަތީގެ ހޮޅުބުރިތަކުގެ އަލި ވާރޭގެ ތެރެއިން ފުރޭނިގެން އައިސް ކޮޓަރިއަށްވަނީ އެޅިފައެވެ.

“ތިތާކު ނޮންނާނެ.. ހިނގާ ބޭރަށް..” ކޮޓަރިން ނިކުންނަމުން ލިއުޒާ ވާހަކަ ދެއްކިއެވެ. ދެމީހުން ސިޓިންގ ރޫމަށް ނިކުތްއިރު އެތަނުގައި އުއްބައްތިއެއް ރޯ ކުރުމުގެ މަސައްކަތް މަލީކާ ކުރަމުން ދިޔައެވެ. ލިއުޒާމެން ފެނުމުން ހީލުމަށްފަހު ކުޑަކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތެވެ.

“ލިއު އޯކޭތަ މިހާރު؟” ސޯފާގައި އިށީންނަމުން އަހުނަފް އަހާލިއެވެ.

“ހްމމމ، ސިއްސައިގެން ދިޔައީއޭ..” ލިއުޒާވެސް އަހުނަފް ގާތުގައި އިށީނެވެ.

“އަހަންނަށް އެނގޭ އަނދިރިވީމަ ލިއު ވަރަށް ބިރުގަންނަކަން..” އަހުނަފް މިހެން ބުނުމުން ލިއުޒާ ހީލިއެވެ. ނަމަވެސް އޭނާ ހުރި އެ ވާހަކަ ކުރިއަށް ގެންދާ މޫޑެއްގައެއް ނޫނެވެ. އެހެންކަމުން އޭނާ މައުޟޫއު ބަދަލުކޮށްލިއެވެ.

“މިރޭ މަޑުކުރާނީ ދޯ މިގޭގަ… ނުވާނެ މިހާ ވިއްސާރައިރު ނިކުންނާކަށް.. ވައިޓް އެލާރޓްވެސް ނެރެފައެންނު އޮތީ..”

“ލިއުގެ މަންމަ އާ ބައްޕަ އޯކޭ އެއްނުވާނެއްނު… ތަންކޮޅެއް ތުނި ކޮށްލީމަ މަ ދާނީ…” އަހުނަފް ވިސްނާލުމަށްފަހު ޖަވާބުދިނެވެ.

” ނޯ.. މަންމަ ވީ ބައްޕަގެ ރިސޯޓަށްގޮސް… ދެމީހުންވެސް މިހާ ވިއްސާރައިރަކު މާލެ އެއް ނާންނާނެ.. ދެން ލުޔާ އަދި މަލީކާ އެއްވެސް މައްސަލަ އެއް ނުޖައްސާނެ… އެހެންނޫނަސް މިއޮތް ވިއްސާރަ އިރު މަންމަވެސް ބޭނުންވާނެ އަހުނަފް މަޑުކުރަން..” ލިއުޒާ ބުންޏެވެ.

“އޯކޭ އޯކޭ… އައި ސަރެންޑާ…” މިހެންބުނެފައި އަހުންފް ހީލިއެވެ.

“ގުޑް.. ޔު ކޭން ސްޓޭ އިން ދަ ގެސްޓް ރޫމް.. ލުޔާގެ ކޮޓަރިއާއި ޖެހިގެން ހުރި ހުސް ކޮޓަރިއަށް އިޝާރާތް ކުރަމުން ލިއުޒާ ބުންޏެވެ.

****

ހެނދުނުގެ އިރު ފަޒާ އަލިކޮށްލީ ނުހަނު އުފާވެރިކަމާއެކުގައެވެ. ރޭގައި އެއައި ކޮޅިގަނޑުގެ އެއްވެސް އަސަރެއް އުޑުމަތިން ފެންނާކަށް ނެތެވެ. ނަމަވެސް އެ ގުގުރިތަކާއި ހޮނުން ވަނީ ފިލާ ނުދާނެ ނިޝާންތަކެއް ހިތެއްގައި އަޅުވާފައެވެ. މަގުމަތީގައިވާ ފެންގަނޑުތައް ހިކި ވާރޭގެ ހެކި މުޅިން ފިލައި ދިޔަޔަސް އެ ހިތަކުން އެރޭގެ ހަނދާންތައް ފިލައި ނުދާނެކަން ކަށަވަރެވެ. ރޭގައި ހިނގާދިޔަ ކަންތަކަށްފަހު ވާރެއަށް އެ ހިތުން ޚާއްސަ ޖާގައެއްވެސް ދެވިއްޖެއެވެ.

ލިއުޒާ ލޯ ހުޅުވާލިއެވެ. ވަށައިގެންވާ މާހައުލާމެދު ވިސްނާލުމުން ރޭގެ ހަނދާންތައް އާވިއެވެ. އޭނާއާއި އަހުނަފް އެކި އެކި ވާހަކަތައް ދެއްކުމުގައި ހޭލާ ތިބި ހަނދާނެވެ. އަދި ސޯފާގައި ލެނގިލައިގެން ކުއިލްޓު އަޅައިގެން އޮތްއިރު އޭނާގެ ލޮލަށް ނިދި ސަވާރު ވަމުން ދިޔަ ހަނދާނެވެ. ސިޓިންގ ރޫމް ވަށާ ހޯދާލުމުންވެސް އަހުނަފް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ހޭލައިގެން ގެއަށް ދިޔައީ ކަމަށް ލިއުޒާ ނިންމިއެވެ. ސޯފާގައިވާ ބާލީސްތައް ނަގައި ކުއިލްޓު ފަތްޖަހަން އުޅެނިކޮށް ދޮރުން ވަދެގެން އައީ އަރީފެވެ.

“އަރީ، މިގަޑީގަ؟” ލިއުޒާ ކުރީ ސުވާލެކެވެ.

“އަހުނަފް ގުޅާފަ ބަލާއަންނަން ބުނީމަ… ރޭގަ މިގޭގަޔޯ މަޑުކުރީ…” ސޯފާގައި އިށީންނަމުން އަރީފު ވާހަކަ ދެއްކިއެވެ.

“އަހުނަފް އަދި ނުދޭތަ…؟ އާނ.. އަދި ފުރަތަމަ އުޅުނީ ވާރޭތެރޭގަ ގެއަށް ދާން.. ލިއު ބުނީ ނުވާނެއޭ ގޮސްގެން.. ހީވަނީ ގެސްޓް ރޫމްގަ ހެން ވީ..” ރޭގައި ކަން ހިނގާ ދިޔަގޮތް އޮޅުން ފިލުވައިދެމުން ލިއުޒާ ބުންޏެވެ. ހަމައެވަގުތު އަހުނަފް ގެސްޓް ރޫމުން ނިކުތެވެ. އޭނާ ހުރީ ރޭގައި އޭނާ ލައިގެން ހުރި ޓީޝާޓާއި ޖީންސުގައެވެ. ހިކިފައި ވީ ނަމަވެސް އިސްތިރި ނުކޮށް އޮތުމުގެ ސަބަބުން މުޅި މޭމަތީގައި އޮތީ ހުސް ރުލެވެ.

“މަލީކާ އަތަށް ޓީޝާޓު ދިންނަމަ އިސްތިރިކޮށްދޭނެއޭ..” އަހުނަފް އައިސް އެމީހުންނާ އަރާ ހަމަވުމުން ލިއުޒާ ބުންޏެވެ.

“ސައިކަލުގަ ދާއިރު ކާކަށް ފެންނާނީ… އެހެންނޫނަސް ލިއު ވަރަށް ހެލްޕް ވެދީފީމެއްނު.. އެގެއިން، ތޭންކްސް އިނގޭ.. ފޯރ ލާސްޓް ނައިޓް..” އަހުނަފް މިހެންބުނެފައި ނިކުތީ ފެންޑާ އާއި ދިމާލަށެވެ. ސައިބޯން މި އަންނަނީއޭ ބުނުމަށް ފަހު އަރީފުވެސް އަހުނަފްގެ ފަހަތުން ހިނގައިގަތެވެ.

“އައްސަލާމު އަލައިކުމް.” އަރީފުމެން ގެއިން ނިކުތްތާ މާގިނައިރުތަކެއް ނުވަނީސް މީހަކު ސަލާން ގޮވި އަޑު އިވުނެވެ. އޭރު ކުއިލްޓާއި ބާލީސްތައް ކޮޓަރިއަށް ލާފައި މޫނު ދޮވެލައިގެން ލިއުޒާ ކޮޓަރިން ނިކުންނަނީއެވެ.

“ވައަލައިކުމުއް ސަލާމް..” ސަލާމް ބަލައިގަތުމަށް ފަހު ލިއުޒާ އެއީ ކާކުތޯ ބެލުމަށް ދިޔައެވެ.

“ފާތިމަތު ލިއުޒާ ނަސީރަށް…” ދޮރުމަތީގައި ހުރީ ދެބައި އުމުރުގެ ފިރިހެނެކެވެ. އޭނާ ޕާރުސަލެއް ލިއުޒާއަށް ދިއްކޮއްލަމުން ބުންޏެވެ.

“ކާކުގެ ފަރާތުން..؟” އޭގައި ހިފަމުން ލިއުޒާ އަހާލިއެވެ.

“އެ ބޭފުޅާ ބޭނުންފުޅެއް ނުވޭ އެ މައުލޫމާތު ހިއްސާ ކުރައްވާކަށް……. މި ގަނޑުގައި ސޮއިކޮއްލައްވާ…” ލިއުޒާއަށް ގަލަމަކާއި ގަނޑެއް ދިއްކޮއްލަމުން އެމީހާ ބުންޏެވެ.

ޕާރުސަލް ހިފައިގެން އައިސް ލިއުޒާ އިށީނީ ސޯފާގައެވެ. ކޮޅުކޮޅަށް އޭތި އަނބުރަމުން އޭނާ ބެލީ މީހެއްގެ ނަމެއް ޖަހާފައި ވޭތޯއެވެ. ނަމަވެސް ކުޑަފޮއްޓެއްގެ ބައްޓަމަށްވާ އެ ޕާރުސަލްގައި އެއީ ކާކުގެ ފަރާތުން ކޮންކަމަކާ ގުޅިގެން ލިބުން އެއްޗެއްތޯއެއް ނެތެވެ.

“ތީ ކޮންކަމެއް؟ އަނެއްކާ އެނިވާރސަރީ އެއްތަ؟” ކާގެއިން ނިކުމެގެން އައި ލުޔާއަށް ލިއުޒާގެ އަތުގައި އޮތް ޕާރުސަލް ފެނި ސުވާލުކޮއްލިއެވެ.

“ނޭނގެ.. ނޫން… ހިއެއް ނުވޭ އަރީ ދިން އެއްޗެއްހެނެއް… ނަމެއް ނެތް…” ލިއުޒާ ވާހަކަ ދައްކަމުން ޕާރުސަލް ކަނޑާލިއެވެ.

“ޕްރޭންކެއް ކަމަށް ވެދާނެ!” ލުޔާ މިހެން ބުނުމުން ވަރަށް ފަސްޖެހިފައި ނަމަވެސް އެ ފޮށި ލިއުޒާ ހުޅުވާލިއެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗައް ވެރިވެގެން ދިޔައީ ހިނިތުން ވުމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ކުށަކާ ނުލާ….2

Next

ހިތް ވިންދާނުލައި… (20)

Next
July 13, 2015

ހިތް ވިންދާނުލައި… (20)

Previews
July 13, 2015

ކުށަކާ ނުލާ….2

15 Comments!

  1. kivi says:
    July 13, 2015 at 5:51 am

    Hey … me first. .. ehen v ma Ahunaf dhw mivee vilan ah .. e vissaara rey liu mn geyah aee liu rape kuran vgn plan kh gn dhw…v reethi…keep it up

    1. maasham says:
      July 13, 2015 at 6:01 am

      Hehe, dhen neynge dho vaane gotheh ;).. thanks for the support 😀
      and sorry in advance mi part ves thankolheh kuru veema… i hope you guys understand that kuruvany daily koh ip kuran veema kan.. In sha Allah next part will be up around this time tomorrow, hope you all like this part as well. Cheers

  2. Xuu says:
    July 13, 2015 at 6:19 am

    Interesting. Keep it up. 🙂

  3. nathoo says:
    July 13, 2015 at 8:39 am

    Salhi

  4. aish says:
    July 13, 2015 at 11:02 am

    Varah reethi vaahaka

  5. shiyaa says:
    July 13, 2015 at 11:36 am

    not bad.. heevanee varah reethi vaanehen. and dialogue thah genesdhey iru thankolheh hamajahsaalahchey.. KEEP IT UP.. 😛

  6. nukko says:
    July 13, 2015 at 1:08 pm

    V reethi..waiting 4 the next part 🙂

  7. brogunda says:
    July 13, 2015 at 1:13 pm

    Reethi dhivehi bahuge badhaluga engereysi bas beynun nukaravva. Dhivehi bas beynun kureema maa reethivaane

  8. luilui says:
    July 13, 2015 at 2:45 pm

    Liusa ufa vanevev… foshygai othy liusa emme beynunvi hadia eve. Ene kuda duwahun sure liu beynunvi hadia libumun eyna moyavi kahalaeve.

  9. naj says:
    July 13, 2015 at 2:59 pm

    Vv salhi maasham..hama best..kuda kon kurey..but okay 🙂

  10. kivi says:
    July 13, 2015 at 3:39 pm

    Kivi foohi vgn dhevana faharah mi kiyaaly….hyvany Ahunaf aa maleeka aa dhemyhunge kameh hen…he he he

  11. Shara. .... says:
    July 13, 2015 at 4:52 pm

    V v nice

  12. nihaa says:
    July 13, 2015 at 5:02 pm

    Nice dhen kon irakun up vaany…

  13. Shabee says:
    July 13, 2015 at 5:33 pm

    V reethi mibaivex maasham… 😉 thank u maasham…

  14. Anonymous says:
    July 13, 2015 at 9:38 pm

    Reeethi☺

Comments are closed.

Next Episodeހަތަރު އުދަރެސް (6)←


All Right Reserved!