Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 1

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
May 9, 2021 5 Mins Read
25 Comments

އިރުގެ ގަދަ ހޫނުން ދުނިޔެމަތި ފިއްސަމުން ދިޔައިރުވެސް މާލޭގެ މަގުތައް މަތީގައި ވަނީ އާދަޔާޚިލާފު ހަލަބޮލިކަމެކެވެ. ކޮންމެ މީހަކުވެސް އަވަސްވެ ގަންނަނީ އެމީހަކު ބޭނުންވާ މަންޒިލަށް ދިޔުމަށެވެ. އެ ހޫނުގަދަ ވަގުތުވެސް މަގުމަތީގައި ހިނގާލާފައި އައި ޝިމާން ގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ގިނަ މީހުންގެ ނަޒަރު ޝިމާންއަށް ހުއްޓިފައި ވީއިރު އެ ކަމުން އޭނާއަށް ވެސް އުނދަގޫވަމުން ދިޔައެވެ. ރީތި ހަށިގަނޑެއް ލިބިފައިވާއިރު ގަވައިދުން ކަސްރަތު ކުރާކަން ހާމަވެގެން ދެއެވެ. އާދަޔާޚިލާފު ދޮންކަމެއް ލިބިފައި ވާއިރު ލައިފައި ހުރި ކަނޑު ނޫ ކުލައިގެ އަތްދިގު ގަމީހާއި އަޅި ކުލައަކަށް ދާ ޖިންސުން އަންހެން ކުދިން ފިދާވާނެކަން ގައިމެވެ. ރީތިގޮތަކަށް ބޯ ހަދާލައިފައި ވާއިރު ވަރަށްވެސް ހިއްގައިމެވެ. ޝިމާން ބާރު ހިނގުމެއްގައި އައިސް ގެއަށް ވަނީ މީހުންގެ ތޫނު ބެލުންތަކުން ސަލާމަތްވުމަށްޓަކައެވެ. 

********

އަރާމު ނިންޖަކުން ނިދާފައި އޮތް މިޝްޔާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. ކަންނެތް ކަމާއެކު މިޝްޔާ އެނދުން ތެދުވެ ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ. “ހަލޯ”  ފޯނު ނެގުމަށްފަހު ނިދިއަޑަކުން މިޝްޔާ އެހެން ބުނެލިއެވެ. “އެއްކަލަ މިޝީ.. ނިދަނީ ދޯ.. ހަމަ މިހާރު ތެދުވަންވީ.. ރަސްފަންނަށް ދާނަމޭ ކިޔާފައި މިކަމަނާފުޅު މި ނިދަނީއޭ.. ތެދުވޭ.. ބީ ރެޑީ އެޓް 4:30” އެއް ނޭވާއިން ހުރިހާ އެއްޗެއް ކިޔުމަށްފަހު އީނާ ފޯނު ކަނޑާލި އެވެ. ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު މިޝްޔާ އަވަސް އަވަހަށް ފާހަނާއާ ދިމާލަށް ހިނގައިގަތީ އީނާ އަންނަންވާއިރަށް ތައްޔާރު ނުވެ ހުރިއްޔާ ރުޅިއަންނާނެ ވަރު އިނގޭތީއެވެ.  

********

ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި ރީޝަމް ގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ލޯގަނޑަށެވެ. ފުން ވިސްނުމެއްގައި ހުރެ ރީތިވަމުން ދިޔަ ކުއްޖާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ދޮރުގައި މީހަކު ޖަހާލުމުންނެވެ. ދުވެފައި ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރި އީނާ ފެނި ބޯ ހޫރުވާލުމަށްފަހު އަނެއްކާ ވެސް ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.

“ކިހިނެއްވީ މިހާރު” ރީޝަމް އަށް އަވަސް ނަޒަރެއް ދެމުން އީނާ ބުނެލިއެވެ. “ކަމެއް ނުވޭ.. ކޮބާތަ މަލް. ގުޅީމަ ފޯނެއް ވެސް ނުނެގި” ގަޔަށް ސެންޓްކޮޅެއް ޖަހަން ހުރެ ރީޝަމް ބުނެލިއެވެ. “މަލް ބުނި މިޝްމެން ގެއަށް ދާނަމޭ. އެހެންވެ އޭނާ ނުލާ މިއައީ. ތިއެއް ނޫނޭ. ރީޝް ހާދަ ރީއްޗޭ މިއަދު. ރީޝް ފެނި މިއަދު މި މާލޭގައި އުޅޭ ހުރިހާ ފިރިހެން ކުދިންނެއް ހޭނެތޭނެކަން ގައިމު” ކަޅި ޖަހާނުލާ ރީޝަމް އާއި ދިމާލަށް ބަލަން އިނުމަށްފަހު، އީނާ ހޭން ފެށިއެވެ. ރީޝަމް މިއަދު ލާފައި ހުރީ ކަނޑު ނޫކުލައިގެ ދިގު ހެދުމެކެވެ. އަޅާފައި ހުރި އަޅިކުލައިގެ ޝޯލް އެ ދޮން މޫނާ ނުހަނު ގުޅެއެވެ. “ހުއް އީން މަށަށް ވުރެ މާ ރީތި” ތުން ކޮޅު އޫކޮށްލަމުން ރީޝަމް ބުނެލިއެވެ. އިނާވެސް ލާފައި ހުރީ ދިގު ހެދުމެކެވެ. ކަޅުކުލައިގެ އަބާޔާ ހެދުމުގައި ރަތްކުލައިގެ އެސްތަކެއް ޖަހާފައި ހުރިއިރު އީނާ ރީތިކަމުގެ އިންތިހާއެވެ. ރަތް ކުލައިގެ ޝޯލްއެއް އަޅާފައި ވީއިރު އީނާގެ ހިމަ ދިގު މޫނާ ވަރަށް ވެސް ގުޅެއެވެ. ކޮށްފައި ހުރި ލުއި މޭކަޕުން އެ މޫނު އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. “ދެންވެސް ތި ވާހަކަ ގިނަ ނުކޮށް ހިނގާބަ ދާން..”އީނާ އެހެން ބުނުމުން ރީޝަމްވެސް ދާން ހިނގައިގަތެވެ. ރީޝަމް ތިރިއަށް ފޭބުމަށްފަހު އޭނާގެ މަންމަ ކޮބައިތޯ ބަލާލި ދިއުމުގެ ކުރިން މަންމަ ގާތުން ހުއްދަ ހޯދުމަށެވެ. “މަންމާ ދަނީ އިނގޭ” ބަދިގޭގައި ކައްކަން ހުރި ފަރީޝާ ގާތުން ހުއްދަ ހޯދުމަށްފަހު ހެދުމާއި ގުޅޭގޮތަށް ނޫކުލައިގެ އުސް ބޫޓެއް ނަގެމަށްފަހު، ބޫޓަށް އަރައިގެން ގެއިން ނިކުންނަން ދާން ހިނގައިގަތެވެ.

ރީޝަމްއަށް މަގުމަށްޗަށް ނިކުމެވުނުއިރު އީނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. “ސާބަސް ހަމަ ރީޝްއަށް.. މި ރީޝް ތަތްކަމުން މީނާއާ އިންނަމީހަކުވެސް ހުންނާނީ އަބަދު ރުޅިއައިއްސަ ކަންނޭގެ..”އީނާ ރީޝަމް އާއި ދިމާކޮށްލީ ރީޝަމް އުޅޭލޭ ތަތްކަމުންނެވެ.”ހޫން ދެން ހެވޭ. ހިނގާބަލަ ދެންވެސް އަވަހަށް ދެވޭތޯ ބަލަން.” ރީޝަމް އީނާ ކިޔާ އެއްޗަކަށް އަޅާލުމެއް ނެތި ޓެކްސީއެއް ލިބޭތޯ އުޅެންފެށީ އެއީ އަބަދުވެސް އީނާގެ އާދައަށް ވާތީއެވެ.

އިނާވެސް އަވަސްވެގަތީ ޓެކްސީއެއް ލިބޭތޯ ބެލުމަށެވެ. ގިނައިރެއް ނުވެ ޓެކްސީއެއް ލިބުމުން ރީޝަމް އާއި އީނާ މިސްރާބުޖެހީ މިޝްޔާމެން ގެއަށް ދިއުމަށެވެ. 

*******

ޝިމާން ގެއިން ނިކުތީ އޭނާގެ އެކުވެރިން އައުމުންނެވެ. ރީތި ހިނިތުންވުމަކާއުކު ހުރި އައިދަން ހުރިގޮތް ފެނި ޝިމާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޝިމާންގެ އެ އަމަލުން ކައިރީގައި ހުރި އައިޒަން  އާއި މާއިން ވެސް ހިނިތުންވެލިއެވެ. ރުޅި މޫނު ހަދައިގެން ހުރީ އައިދަންއެވެ. “ކީއްވެތަ ތި ހެނީ. އަހަރެން ހުރިލޭ ހަމަ އެހާ މަޖާތަ” ތުންކޮޅު އޫ ކޮށްލަމުން އައިދަން ބުނެލިއެވެ. “ހެވޭނެއެއްނު. ހީވަނީ  އަންހެނެއްހެން ވިއްޔަ. ތިއެއް ނޫނޭ. ހިނގާ ދާން.” މޫނު މައްޗަށް ސީރިއަސްކަން ވެރިކުރުވަމުން ޝިމާން ބުންޏެވެ. ހަަަަަތަރުު ޒުވާނުން ވާހަކައިގައި ހުރެ ދާން ހިނގައިގަތެވެ. ފިރިހެންވަންތަ ހިނގުމެއްގައި ހަަަަަތަަރު ޒުވާނުން ވެސް ހިނގަމުން ދިޔައިރު ގިނަ އަންހެން ކުދިންގެ ކަތި ނަޒަރު ވަނީ އެ ހަތަރު ކުދިންނަށް ހުއްޓިފައެވެ. ވާނީވެސް އެހެންތާއެވެ. މީހަކަށް ދޫ ކުރާ ވަރުގެ ކުއްޖެއް އެތާކު ނެތެވެ. ކޮންމެ މީހަކުވެސް ހުރީ އެ މީހަކަށް ރީތިވެވުނު އެންމެ ރީއްޗެއްވެފައެވެ.

*******

ހަވީރުގެ ހިތްގައިމު ވަގުތު ރަސްފަންނަށް ވަދެގެން އައި ހަތަރު ކުދީންގެ ނަޒަރު ވަނީ ދުވެދުވެ އުޅޭ ކުޑަކުދިންތަކަށް ހުއްޓިފައެވެ. އެ ހަތަރު ކުދިންވެސް ލާފައި ހުރީ ދިގު ހެދުމެކެވެ. ހުރިހާ ކުދިންވެސް ހުރީ ބުރުގާއަޅާފައެވެ. އެކަމުންވެސް އެކުދިންނަކީ ދީނަށް ލޯބިކުރާ ކުދިންތަކެއްކަން ހާމަވެގެން ދެއެވެ. “އޭ ހިނގާބަ އައިސް ކްރީމް ބޯން ދާން” މަލްޝާ އެހެން ބުނުމުން އިނާ، ރީޝަމް އަދި މިޝްޔާ ފެށީ ހޭށެވެ. “މި މަލް އުޅޭ ގޮތުން ހީވަނީ ބޭބީއެއް ހެން. ތި ގޮތަށް އުޅެންޏާ އިންނާނެ މީހަކުވެސް ނުވާނެ.” ލާނެއް ހިނިތުން ވުމަކާއެކު ރީޝަމް ބުނެލިއެވެ. “ހުއް މަ އެބަ އުޅެންތަ މީހަކާ އިންނަން. އިރާދަކުރެއްވިޔާ އަހަރެން ދުވަހަކު ވެސް މީހަކާ ނީނާނަން”

މޫނު މައްޗަށް ރުޅިވެރިކަން ވެރިކުރުވަމުން މަލްޝާ އެހެން ބުނެލުމުން އެތާ ގުގުމާލީ އެހަތަރު ކުދިންގެ ހުނުމުގެ އަޑެވެ. 

“އޯކޭ އޯކޭ. ތިއެއް ބަލާނަމޭ. އެންމެ ފުރަތަމަވެސް މީހަކާ އިންނާނީ މަލް ކަންނޭގެ” ލުއި ހިނިތުންވުމަކާއުކު މިޝްޔާ އެހެން ބުނުމުން އީނާ އާއި ރީޝަމް ވެސް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. “ހޫމް ދެން އޯކޭއޭ. ތި ވާހަކަ ގިނަ ނުކޮށް ހިނގާބަ ދާން” އެހެން ބުނެ މަލްޝާ ދާން ހިނގައިގަތެވެ.

ހެނުން ހުއްޓާލުމަށް ފަހު ތިން ކުދިންވެސް މަލްޝާ ފަހަތުން ހިނގައިގަތީ ކައިރީގައި ހުރި އައިސް ކްރީމް ވިއްކާ ތަނަށް ދާންށެވެ. އައިސް ކްރީމް ގަނެގެން ހަތަރު ކުދިން ވެސް މިސްރާބު ޖެހީ ގޮނޑުދޮށުގައި ހިނގާލަން ދިއުމަށެވެ. އެކި ވާހަކަތައް ދައްކަމުން ދަނިކޮށް ސިއްސައިގެން ދިޔައީ މިޝްޔާ ގެ ދަބަހުން ފޯނު ރިންގުވާން ފެށުމުންނެވެ. ދަބަހުން ފޯނު ނަގައި ބަލައިލިއިރު ގުޅަނީ އޭނާގެ މަންމައެވެ. އެބަ އަންނަން ކަމަށް ބުނެ މިޝްޔާ އެއްކައިރި އަކަށް ޖެހިލުމުން ދެން ހުރި ކުދިން އެކުދިންގެ އަމިއްލަ ވާހަކައަށް ގެއްލުނެވެ. 

ފޯނުން ވާހަކަ ދައްކާ ނިންމާލުމަށްފަހު މިޝްޔާ ހިނގައިގަތީ އޭނާގެ އެކުވެރިން ކައިރިއަށް ދިއުމަށެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ފޯނަށް ކަމަށް ވުމާއިއެކު ކުރިމަތިން  އަންނަ ޒުވާނާއެއް ނުފެނެއެވެ. 

ފޯނާ ކުޅެމުން އައި ޝިމާން ސިއްސައިގެން ދިޔައީ ގައިގައި މީހަކު  ޖެހިގަތުމުުންނެވެ. އަވަސް އަވަހަށް ކުރިއަށް ބަލާލިއިރު ހުރީ ހަމުގެ ކުލަ ދޮން ރީތި އަންހެން ކުއްޖެކެވެ. އެ ރީތި ކުއްޖާގެ ޖާދޫގައި ޖެހިފައި ހުރި ޝިމާން އަށް ހަމަބިމަށް އާދެވުނީ އެކުވެރިން ހޭން ފެށި އަޑު އިވިފައެވެ. ދެވަނަ ސިކުންތުގައި އެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ. އޭރު ޝިމާން ގެ މުޅި ގަމީހުގައި ވަނީ އެ އަންހެން ކުއްޖާގެ އަތުގައި އޮތް އައިސް ކޯން ހޭކިފައެވެ.

ކުރިމަތީގައި ހުރި ރީތި ޒުވާނާގެ ފުން ކަނޑެއް ފަދަ ދެލޮލަށް ގެއްލިފައި ހުރި މިޝްޔާ ސިއްސައިގެން ދިޔައީ އެ ޒުވާނާގެ ރުޅިވެރި ބަސްތައް އަޑު އިވުމުންނެވެ. އެވަގުތު މިޝްޔާ ބިރުގަތީ އެ ޒުވާނާ ހުރިގޮތުންނެވެ. އެ ޒުވާނާގެ ފުން ކަނޑެއް ފަދަ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައިރު މިޝްޔާ އެ ދެލޮލުން ފިއްސާލާފަދައެވެ. އަވަހަށް އެ ޒުވާނާގެ ގާތުން މައާފަށް އެދުމަށްފަހު އެކުވެރިން ކައިރިއަށް ދިއުމަށް މިޝްޔާ ދުއްވައިގަތެވެ. 

މިޝްޔާ ދުއްވައިގަތުމުން ފަސްއެބުރި މިޝްޔާ ދިޔަދިމާލަށް ބަލަންހުރި ޝިމާންއަށް ހަމަ ބިމަށް އާދެވުނީ އެކުވެރިންގެ ހުނުމުގެ އަޑުއިވިފައެވެ. “ސާބަސް ހަމަ މާނައަށް.. އެހާ އަވަހަށް އެ މަންމައަށް ހިތްކީ ދޯ..” މާއިން ޝިމާން ގައިގައި ޖަހާލަމުން ބުނެލިއެވެ. “ހިތް ކީ ކަންނޭގެ.. ނަސީބެއްނު ހިތްކީ ކަންވެސް.. އުމުރުން 22އަހަރު ވީއިރުވެސް މި ސޮރަށް ކަމުދާ ކަހަލަ އަންހެން ކުއްޖެއް ނުފެނޭ ވިއްޔަ.” އައިދަންވެސް މާއިން އާއި އެއްބައިވުމުގެ ގޮތުން ޝިމާން އާއި ދިމާކުރުން ފެށިއެވެ. އައިޒަން ވެސް ޝިމާން އާއި ދިމާކުރުމުގެ ގޮތުން މާއިން އާއި އައިދަން ދައްކަމުން ދިޔަ ވާހަކައަށް ބޯޖަހަމުން ދިޔައެވެ. “މަ އެބަ އުޅެންތަ އެ މަންޖެ އާ ހެދި.. އެންމެ ފުރަތަމަވެސް މަގޭ ގަޔަށް އެއެޅީ އައިސްކްރީމް ވިއްޔަ..” ޝިމާން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. “ހޫމް ދެން ހެވޭ ހިނގާ ދާން” ދިމާކުރުންތައް ނުހުއްޓޭނެކަން ޔަގީންވާތީ އެންމެފަހުން އައިޒަން ދާން ހިނގައިގަތެވެ. އޭރު އިރު އޭގެ ވާޖިބު އަދާ ކުރުމަށް ފަހު އޮއްސެން ދަނީއެވެ.

ދުވެފައި ގޮސް އެކުވެރިން ކައިރިއަށް ހުއްޓުނު މިޝްޔާ ހީވަނީ ރޭހެއް ނިންމާލާފައި އައިސް ހުރި މީހެއް ހެންނެވެ. މިޝްޔާ އަށް އޭރު ދިޔައީ އަވަސްއަވަހަށް ނޭވާ ލެވެމުންނެވެ. މިޝްޔާ އެހުރީ ވަރަށް ވަރުބަލި ވެފައިކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އީނާ މިޝްޔާގެ ގާތުން ސުވާލުތައް ކުރަން ފެށިއެވެ. ނަމަވެސް މިޝްޔާ އަތުން އިޝާރާތްކޮށްލީ މަޑުކޮށްލުމަށް ބުނެއެވެ. މިޝްޔާ ވަށައިގެން އޭނާގެ އެކުވެރިން މަޑުކޮށްލީ މިޝްޔާ ހަމައަކަށް އެޅިލަން ދެންނެވެ.  “މިހާރު އޯކޭ ދޯ.. ދެން ބުނެބަ ވަޓް ހެޕެންޑް” މަލްޝާ ކެއްތެރިކަން ކުޑަ ގޮތަކަށް މިޝްޔާ ކައިރިން ވީގޮތް އެހީ ކިހިނެއްތޯ ވީ ބަލަން ޝައުގުވެރިވެފައި ހުރިލޭ ބޮޑުކަމުންނެވެ. “ދެންމެ މަންމަގެ ކޯލް ނިންމާލާފައި އަންނަނިކޮން މީހަކު ގައިގައި ޖެހުނީ.. އިނގޭތަ ހާދަ ސަޅި އޭ އޭނަ.. “މިޝްޔާ ހުވެފެނީ ގޮތަކަށް އެހެން ބުނެލުމުން އޭނާގެ ރަހްމަތްތެރިން ހޭންފެށިއެވެ. “ވާވް އަހަރެމެންގެ މިޝޫއަށް ވެސް މީހަކު ކަމުގޮއްސި ވިއްޔަ..” އިނާ މިޝްޔާގެ ގައިގައި ޖަހާލަމުން އެހެން ބުނެލީ ހިނިއައިސްފަ ހުރެއެވެ. ނަމަވެސް މިޝްޔާގެ މޫނުމައްޗަށް ވެރިވި ހިތާމައިގެ އަސަރުން ރީޝަމް އަވަހަށް ވާހަކަ ބަދަލުކޮށްލިއެވެ. “އޭ ހިނގާ ދާން ދެން.. މިހާރު އެއޮތް ހައެއް  ޖެހީ” ރީޝަމް ވާހަކަ މެދު ކަނޑައިލަމުން ބުނެލިއެވެ. ދެން ތިބި ކުދިން ވެސް ބޯޖަހާލުމަށްފަހު ގެއަށް ދާން ހިނގައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ފަސްވަނަ ބައި)

Next

އެކުއްޖާ 2 – 31

Next
May 9, 2021

އެކުއްޖާ 2 – 31

Previews
May 9, 2021

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ފަސްވަނަ ބައި)

25 Comments!

  1. Nayaa Nayaa says:
    May 9, 2021 at 1:41 pm

    wowww… magey loabi lampuriii… vvvvv salhi ingey first prt… hama speechless… haadha molhey dhw… adhi neynge mihaa molhah vhk liyaa kameh. hehe… lilly sis vx bunii vrh reeehchoa… adhi ingeytha lilly sis bunaaa ehcheh? kalen comedy land ge enmen vegen thi ulheny mulhi site hifaigen heyyoa? reesh aa lam aa luhoo aa nayaa emmen vx mihaaru famous vaniiyoa site thereyga… hehe… mihaaru mii aharemenge thanekey dhw lamoo… eyy vhk hama habbu ingey… waiting for the nxt prt.. alheyy mishya kiivvetha ehaa dheravii? curious to kow… 4 couples ge love story effaharaa dhw miiga mi inii… hehe… vrh loabi ingey mashah allah… keep it up.. will always support u dhooni… u r so talented masha allah… proud of u… lysssssssmm.. mysssmm… shif mennah salaam bunahche ingey… bye mi dhanii quran claahah dhaan… mi cmmnt ah reply eh dhehche thankolheh avahah… lilly sis salaam buni enmennah… bye bye…

    1. 🌻LamHaa🌻 LamHaa says:
      May 10, 2021 at 3:17 pm

      Thank u Naayoo dhooni kolhoo.. ???hehe aslu lam ekanyeh nooney liyunee shif aa dhemeehun.. lilly sis kairee bune thank you ey.. ♥️Aan dhw comedy land ge hurihaa enmen story liyanee vihyaa.. ?ehnu vanee comment nukurevenyaa.. foohi vanyaa meedhw kureveyne kamakee vx.. yageenehnu Mee abadhu vx aharemen thaneh dhw Naayoo.. ?♥️♥️♥️nxt part Wednesday ga liyeveythw balaanan.. kuriah huri part thah kiyaaleema ingeynee dhw mishoo keevekan dhera vee.. ?thank u so much loabi kolhoooo.. ??????yhh bunaan shif men kairee.. lilly sis kaireega vx buney ingey lam ge salaam ey lilly sis ah???
      Lyyysssmm n Myyysssmmm ♥️♥️♥️♥️
      Stay safe and Tc

  2. 🌻LamHaa🌻 LamHaa says:
    May 9, 2021 at 2:09 pm

    ?Hellow readers?
    Hiyy beynumey dhulun mi vaahaka ??kiyuntherinah kamudhaane kamah unmeedhu kuran???
    ?Nxt part ISA Wednesday ga kiyaalan libeyne??
    Stay safe n Tc?

    1. ReeshA CoronA ReeshA CoronA says:
      May 9, 2021 at 7:56 pm

      Eyy eyy brw.. Manje series ah vx liyan feshee thr ???gadha ingey Lam dhooniii… Kiyaalafa cmnt eh kohllanan ngey.. But ahaanan beynun Mee comedy land ge kudhinnaa gulhuvaigen Liyaa stry eh thw

    2. Princess says:
      May 9, 2021 at 9:11 pm

      Hello lamhaa v reethi ingey mi story I am waiting for next part v avahah genesdhehchey ingey statu safe miss you and love you so much lamhaa ???????

    3. Princess says:
      May 9, 2021 at 9:12 pm

      Hello lamhaa v reethi ingey mi story I am waiting for next part v avahah genesdhehchey ingey stay safe miss you and love you so much lamhaa ???????

    4. 🌻LamHaa🌻 LamHaa says:
      May 10, 2021 at 3:20 pm

      Yhh series kon liyan feshee.. comedy land eh noon ekam freind kudhin kolhehge nan himanaigen

    5. 🌻LamHaa🌻 LamHaa says:
      May 10, 2021 at 3:22 pm

      Thank u princess ?????
      Yhh ISA Wednesday ga liyeveythw balaanan
      Stay safe n Tc
      Lyyysssmm ♥️♥️♥️♥️♥️♥️♥️?

  3. StoryyQuyyn says:
    May 9, 2021 at 3:03 pm

    v ryhti feshifa in goiy.. waiting for next part

    1. 🌻LamHaa🌻 LamHaa says:
      May 10, 2021 at 3:24 pm

      Thank you storyy Quyyn?

  4. ahul says:
    May 9, 2021 at 3:19 pm

    Wow lammm I’m very surprised
    Heevey veg reethi vaane hn
    Alhey shimaan gayah dhw hurihaa ehcheh verunee mishy boane ehcheh vx nethehnu shimaan aa hedhi
    Eena and maain dhw wow hehe salhi gulhey ingey vrh
    Btw curiously waiting for text part
    Lyssmmmmm sis ?????
    Tc n be safe ❤️❤️

    1. 🌻LamHaa🌻 LamHaa says:
      May 10, 2021 at 3:29 pm

      Thank you..??? dhw mishoo vx vehje vihyaa dhw nubalaa annan.. mishoo eyoh meeru kon bomun ai ice cream vihyaa dhw maain mulhi gameehuga e heykunee..♥️
      Eena aa maain aa lee anehkaa thiheekuraa kahala kameh vegen eh noon ingey..???hama maain nan reethi kamun lee?
      Lyyyyyysssssmmm fhri???
      Stay safe n Tc

  5. ?Ril? says:
    May 9, 2021 at 4:47 pm

    Heiiii lam ❤️❤️
    Kihineh tha ❤️❤️❤️
    Vrh miss vey ingey ❤️❤️❤️
    Btw stry vrh Sali ingey ❤️❤️❤️
    Masha Allah❤️❤️❤️
    Keep it up ❤️❤️❤️❤️
    Vrh interesting ingey aslu vxxx stry.❤️❤️❤️❤️❤️❤️ I love all the characters mi stry gaa uley vrh fun Hama .❤️❤️❤️❤️❤️
    Vrh happy vehje lam ge digu vaahaka eh ❤️❤️❤️❤️❤️❤️❤️fenuny maaa . ❤️❤️❤️❤️
    Dhn in part ah waiting❤️❤️
    Stay safe ❤️❤️and tvgc❤️❤️
    Lysssmmm❤️❤️
    Myssssmm❤️❤️❤️

  6. ReeshA CoronA ReeshA CoronA says:
    May 9, 2021 at 8:15 pm

    Nan thakaa dialog thah kiyaafa Reesham hee vanee Reesh hen ???Eena Heevanee Lam hen ???Malsha Heevanee shif hehn???Dhen ulhey kuhjja ??Kon nameh thr kiyanee…. Aan Mishya dhw… E manje vahtharee Nayaa noony Ahul aaa ???rangalhu guess eh baa mi dhevunee ?
    Btw vvv reethi feshumeh ngey.. N Mishya ge past aaa dheytherey v curious.. Heevanee konmes kameh vefa oiy hen… Dharifulhaa dhoongnaa sifa kurun thah hama keekey bunaanee.. Heevanee ran gandeh hen;-) ✨✨ehaa vx furihama… Dhen v salaamey ngey… Kithah roadha hifihje thr… Ulhebala ehkala hen thanakhah gos anga thalhaalan

    1. 🌻LamHaa🌻 LamHaa says:
      May 10, 2021 at 3:43 pm

      Hehe Eena n malsha rangalhu.. ekam reesham n Mishya nubai
      Mishya ge past vx adhi ingeyne.. aslu vx tha.. thank u Reesh dhooni.. Reesh ah vx v v v salaam ingey.. konthaakah dhw dhaanee vx.. mihaaru neiy vihyaa thanakah filan dhevykah vx.. aarifu aa hedhi.. Reesh vissnaalaafa bubeba dhaane thaneh
      Lyyysssmm n Myyysssmmm ?♥️?♥️
      Stay safe and Tc ???♥️

    2. ReeshA CoronA ReeshA CoronA says:
      May 10, 2021 at 7:46 pm

      Oh nubai thr.. Thi Rashu kudhin dhw mi ulhenee ??hehe.. Ulhey Anehkka vx Ye hai chahatein ge 10 may bayah dhaan… Koba thirahsu Galhi group meehun… E meehunnah vx salaamaa Reesh ge Heyo edhun thah fonuvaa lahchey… V lwbi vey ngey Lam puriiiii

    3. 🌻LamHaa🌻 LamHaa says:
      May 11, 2021 at 12:29 pm

      No mirashu kudhineh vx hama amihla kudhin thakeh

  7. ?Zai? says:
    May 9, 2021 at 10:31 pm

    Nice?????keep up the gud work ??????

    1. 🌻LamHaa🌻 LamHaa says:
      May 11, 2021 at 12:27 pm

      Thank u zai?

  8. ?Ril? says:
    May 9, 2021 at 11:02 pm

    Mihaaru mioleny comedy land kudhiney site hifaagen lilly sis bunihen dhw heheh
    Sali eh nu vrh happy to see that hurihaa frnds stry liyaathee ❤️❤️❤️
    Mysssmmmm hurihaa frnds,❤️❤️

    1. Nayaa Nayaa says:
      May 11, 2021 at 5:01 am

      dhwww… asluvx

  9. 🌻LamHaa🌻 LamHaa says:
    May 10, 2021 at 3:34 pm

    Heii riloo.. dhn hama ok.. ril kihinehtha.. Thank u.. ??hehe.. thanks loabi kolhoooo ♥️♥️♥️?liyam buni dhw photo fonuvaanamey vx.. adhi nufaonuvigen miulheny.. ekam fonuvaanan vagutheh veema ingey
    Lyyyssssm n Myyysssmmm ???
    Stay safe and Tc ??

    1. Nayaa Nayaa says:
      May 11, 2021 at 5:03 am

      brooo mashah vx dhakkaalabala e soru ge photo.. photo dhakkalaashey buniima huree 4 aharuge photo eh thwcheh fonuvaafa.. klw ma heehee halaaku.. bodu bandeh vx oveyey dhww… hahaha yess lamoo mii hama aharumenge thanekey dhww… wlcm dhooniii… yess bunaanan ingey.. galhi thakaholhi liyam ah vx aharun dhemiiihunge salaam ingey… mi bunii mashaa lilihtha yaa ge salaam eyyy… rahdhu kohladhehche ingey lwbiii.. yhhh ril sisoooo nayaa vx vrh happy asluvx

    2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 11, 2021 at 11:22 am

      Ey Kon photo eh… Reesh ah vx fonuvaa ?
      Ey Lamooo keehvve thr Viber in Msg nukuranee

    3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 11, 2021 at 11:44 am

      Ey lwbs yeh hai chahatein ge 10 may bayah dhaan V nu

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 2←


All Right Reserved!