Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އަބަދުވެސް ލޯބިވާނަން 8

crazy idiot Level 210 Stories
May 5, 2021 One Min Read
0 Comments

އަލްޔާ ވެސް ރުޅިއައިސްފައި ދޮރާ ދިމާއަށް ބަލާލިތަނާ ފެނުނު މީހަކުން އަލްޔާގެ ރުޅިފިލައި އަލްޔާ އެއްކޮށް ހާސްވިއެވެ.

ދޮރުން ވަދެގެން އެއަންނަނީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޒަކްވާން އެވެ. ޒަކްވާން އައިސް މަޑުކޮށްލީ އަލްޔާމެން ތިބި މޭޒު ކައިރީގައެވެ.

މޯމް ބުނީ އަލް ކައިރީ ބުނާށޭ ގެއައް ދާށޭ…. އަލް ބަލާ އައިސް އެބައިން މީކާއިލް… ދެން އިންޝާ ގެ ކާރު އޮންނާނެ ބޭރުގަ….ބެލެކް ކުލައިގެ ކާރެއް އިނގޭ… ދޮންބެ ދާނަން އަލްމެން އައި ކާރުގަ… ކޮބާ ތަޅުދަނޑި؟. ޒަކްވާން ވާހަކަ ދައްކާ ނިމުމުން އިންޝާ ތެދުވެ އޭނަގެ ޖީބުގަ އޮތް ތަޅުގަނޑި ޒަކްވާން އައް ދިނެވެ. އަދި އަވަހަށް އެތަނުން ބޭރަށް ނިކުންނަން ދިޔައެވެ. އިންޝާގެ ފަހަތުން ޒަކްވާން އާއި އަލްޔާ ވެސް އައެވެ. އިންޝާ ނިކުމެ ކާރު ހޯދަން ފެށުމުން ޒަކްވާން އިންޝާ ކައިރި އައް އައިސް ކާރު ދައްކާ ލިއެވެ.

އެއޮތީ ތި ބަކަށިގެ ކާރު… އޭދެން ހާދަ އޮޑް ނޭމް އެކޭ ބަކަށި… ޔޫއާ މާގުޅޭނެ…. އަމްމް… އަމްމް… އަމްމްމް….. މޮންސްޓާ… ޔާހް މޮންސްޓާ ވިލްބީ ފައިން… ކޯޒް ޔޫ ލުކް ލައިކް އަ މޮންސްޓާ އެންޑް ބިހޭވް ހައިކް އަ މޮންސްޓާ….. އޭއަދި މަޑު ކާރުގަ އިންނާނެ ތަޅުދަނޑި ދާންވީ ތަނުގެ އެޑްރެސް އިންނާނެ ފާހަގަ ކޮއްފަ. ޒަކްވާން އެހެން ބުނެ އަވަހަށް އޭނަގެ ކާރުގައި ނައްޓައިލިއެވެ.

*********

ޒަކްވާން ބުނި ލޮކޭޝަން އައް އާދެވުނު އިރު އިންޝާ އައް ހުރެވުނީ ބޮޑު ގެއެއްގެ ކުރިމަތީއެވެ.  އިންޝާ އެތަނަށް ދިޔައިރު އެތާ ކައިރީ ޒަކްވާން ވެސް ހުއްޓެވެ. އިންޝާ ގޮސް ޒަކްވާން ކައިރީ ހުއްޓުމުން ޒަކްވާން ބުނީ އޭނައާއެކު އައުމަށެވެ.އިންޝާ ކިތަންމެ ފޫހިވެފައި ހުއްޓަސް ޒަކްވާން ފަހަތުން ދިޔައީ އެނޫން ގޮތެއް ނެތުމުންނެވެ. ޒަކްވާން އާއެކު އިންޝާ ހިނގާލާފައި ގޮސް ވަނީ ބޮޑު ކޮޓަރި އަކަށެވެ. އެތާންގައި އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް އިންޝާ ހައިރާންވީ އެކޮޓަރީގައި ތިބި ކައިރާ އާއި އެލީޝާ ފެނިފައެވެ. އިންޝާ ގޮސް ވަނުމާއެކު އެލީޝާ ވަހާކަ ދައްކަން ފެއްޓިއެވެ.

އިންޝާ… ޒަކްވާން…. މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުނަން…. އިތުރުށް ވާހަކަ ގިނަ ނުކޮށް މައުލޫއައް މިދަނީ…. ތިދެކުދިންނަށް ވެސް އިންގޭނެ ތިދެކުދިންނަކީ ވެސް ބާރުތަކެއް ލިބިގެންވާ ކުދިން ތަކެއް ކަން. އެލީޝާ ވާހަކައިގެ ސީދާ މައުލޫއައް ދިއައެވެ.

Share Article

Follow Me Written By

crazy idiot

Level 210 Stories

Other Articles

Previous

ކަޅުވިޔަސް ރީތި

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (25)

Next
May 5, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (25)

Previews
May 4, 2021

ކަޅުވިޔަސް ރީތި



All Right Reserved!