Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

އަބަދުވެސް ލޯބިވާނަން 7

crazy idiot Level 210 Stories
April 22, 2021 3 Mins Read
4 Comments

އޯކޭ… އަހަރެން މީ އަލްޔާ… އެއީ އަހަރެންގެ ދޮންބެ ޒަކްވާން…. މަންމަ އަކީ އެލީޝާ. އަލްޔާ އެހެން ބުނުމުން އިންޝާ އައް ވެސް ލޯ ބޮޑު ކޮއްލެވުނެވެ.

 

ވާޓް…. އެލީ ދައްތަ އައް އޭލިޔަން އެއްތަ ލިބުނީ؟ބޯއީ އޭލިއަން އެއް…ނަސީބެއްނު އަލްޔާ އޭލިއަން އަކަށް ނުވިކަން.އިންޝާ ހައިރާންވެ ހުރެ އަނެއްކާވެސް މޮޔަ އެއްޗެއް ބުނެލިއެވެ. އިންޝާ އެހެން ބުނުމުން އަލްޔާ އަދި މީކާއިލް ހޭން ފެށި އިރު ޒަކްވާން ދެލޯ ބޮޑު ކޮއްލިއެެވެ. އަދި މޫނައް ވައްތަރެއް ޖައްސާލިއެވެ.

 

ނޭންގޭތަ އެކަމެއް… އަހަރެންމީ އޭލިޔަން އެކޭ…. އެކަމު ތީ ބަކައްޓެއް… ކައި ދައްތަ އައް ލިބިފައި ހުރި އަންހެން ބަކަށި… ނަސީބެއްނު ދޯ ކުއްތާ އަކައް ނުވިކަން… އެހެން ނޫންނަމަ އަހަރެމެންނަށް މިކާރުގަވެސް ނުތިބެވޭނެ…ބަކަށި.ޒަކްވާން އައް ކިޔުނު އެއްޗިހި ވިސްނާލެވުނީ މާފަހުނަނެވެ. އޭރު އަލްޔާ އާއު މީކާއިލް ތިބެގެން ހެނީއެވެ. އިންޝާ ކާރު ދުއްވަ އިނދެފައި އެއްއަތުން ޒަކްވާންގެ ކޮންޑާ ހަމައައް ދިގުކޮއްފައި ހުރި ފަން އިސްތަށިގަނޑައް ދަމާލިއެވެ. ޒަކްވާން ވެސް އިންޝާގެ އިސްތަށި ގަނޑައް ދަމާލިއެވެ. އެގޮތައް ދެމީހުން އެކަކު އަނެކަކާ ޒުވާބު ކުރަމުން އަލްޔާ ކިޔައިދިން މަގުތަކުން ކާރު ދުއްވަމުން ގެއާއި ހަމައައް އާދެވުނެވެ.އިންޝާ އަވަހަށް އޭންގެ ފޮށި ހިފައިގެން ގެއައް ވަންނަން ދިޔައެވެ. އޭރު ގޭތެރޭގައި ކައިރާ އާއި އެލީޝާ ތިއްބެވެ.

 

މޯމް… އަޅުގަނޑު ހުންނަން ޖެހެނީ ކޮން ކޮޓަރި އެއްގަ؟އިންޝާ ކައިރާ އާއި ފްރާންސް ބަހުން ސުވާލު ކޮއްލުމުން އެބުނި އެއްޗެއް ނޭންގުނީ ހަމައެކަނި މީކާއިލް އަށެވެ.

 

އެންމެ މަތީ ބައިގަ… ޒަކޫގެ ކޮޓަރި ވެސް ހުންނާނީ އެތާ… އެއީ 5 ވަނަ ބުރި… ދެން މީކާއިލް ހުންނާނީ 4 ވަނަ ބުރީގަ… އެއީ އަލްޔާ ހުންނަ ބުރި.. ކޮންމެ ބުރިއެއްގަ 2 ރޫމް. ކައިރާ އެެހެން ބުނުމުން އަލްޔާ އާއި މީކާއިލް ހޭން ފެށިއިރު ޒަކްވާން އާއި އިންޝާ ހުރީ ރުޅިއައިސް ފައެވެ.ނަމަވެސް ދެމީހުން ކޮޓަރި އައް ދިޔައީ މަންމަ މެން ތިއްބާ އެއްޗެކޭ ނުބުނާށެވެ.

 

**********

 

އެރެއެވެ. އިންޝާ ފެންވަރައިގެން ކަޅު ކުކައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކްނީއެއް ލައިގެން އިސްތަށިގަނޑު ހިއްކަން ހުއްޓާ މީހަަކު ދޮރުގައި ޓަކި ޖަހަން ފެށުމުން އަވަހަށް ގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ އަލްޔާއެވެ.

 

އަދި ވެސް އަލް ނުނުދަންތަ؟އިންޝާ އިސްތަށިގަނޑު ގައި ފުނާ އަޅަމުން އަހާލިއެވެ.

 

ޔާހް… އިން އާދެބަ އަލް އާއެކު ތަނަކަށް ދާން… އިން އައް އިނގެ އެއްނު ކާރު ދުއްވަން. އަލްޔާ އެހެން ބުނެ އިންޝާ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ.އަދި ކާރު ތަޅުދަނޑި ހިފައިގެން އައިސް އިންޝާ އަތައްދީ އަލްޔާ ގޮސް ކުރީ ސީޓުގައި އިށީނުމާއެކު އިންޝާ ވެސް ގޮސް ދުއަވާ ސީޓުގައި އިށީންދެ ކާރު އިސްޓާޓު ކޮއްލުމަށްފަހު ކާރު ދުއްވާލައެވެ.

 

15 މިނެޓްގެ ދަތުރަކަށް ފަހު އިންޝާ މެން އައް އަލްޔާ ބުނި ތަނަައް އާދެވުނެވެ. އެތަނަކީ ރެސްޓޯރެންޓެކެވެ. އަލްޔާ އެތަނަށް ވަންނަން ދިއުމުން އިންޝާ ވެސް ގޮސް އެތަނަށް ވަނެވެ. އިންޝާ މެން އެތަނަށް ވަނުމުން އެތާ ތިބި ހުރިހާ އެންމެންގެ ނަޒަރު އެމީހުންނަށް ހުއްޓުނެވެ. ނަމަވެސް އެދެމީހުން އެކަމާ އަޅާއި ނުލާ އެތާހުރި ބޮޑު މޭޒެއް ކައިރިއައް ދިއައެވެ. އޭރު އެމޭޒު ކައިރީ ބައިވަރު ކުދިން އިިށީންދެގެނަ ތިއްބެވެ. އަންހެން ކުދިންނާއި ފިރިހެނަ ކުދިންނެވެ. އަލްޔާ ގޮސް އެތަނުގައި ހުރި ގޮނޑިއެއް ގައި އިށީނުމުން އިންޝާ ވެސް ގޮސް އަލްޔާ ކައިރީ ހުރި ގޮނޑީގައި އިށީނެވެ.

 

ގާއިސް… މިޓް މައި ނިއު ކަޒިން އިންޝާ…ގާއިސް އިންޝާ އެއީ ހާފް މޯލްޑިވްސް އެން ހާފް ފްރާންސް.. އިންޝާ މީޓް މައި ފްރެންޑްސް… މީ އަޒްރާ….. އެން ޔޫނޯ… އަޒްރާ އަކީ މިތާއެންމެ އެކްސް ގިނަ ކުއްޖާ… އެން މިއީ އަޒްރާގެ މިހާރުގެ ބޯއީ ފްރެންޑް… އާއިމް..އެން މިއީ އަޒްރާގެ ބެސްޓީ ރީނާ….. އެން ސީޒް ގޮނަ މެރީ އިން ނެކްސްޓް މަންތަ… ހޭ ދެން މީ ނަޒްހާ…..އެން އެއީ ހާރް ބޯއީ ފްރެންޑް ރައްޔާން…. އެން މީޓް ޝިއަރާ..މައި ބެސްޓީ އެން އެއީ ނަޒްހާގެ ކަޒިން އެއް… އެން ޑޯންޓް އާސްކް މީ އެބައުޓް ހާރް ބޯއީ ފްރެންޑް… ސީޒް އޯލްވެސް ސިންގަލް… އެން ހުރިހާ ފެރެންޑްސް ތަކުގެ ތެރެއިންވެސް އެންމެ މަޑުން އިންނަ މީހާ.. ބަލާބަ މިހާރު ވެސް އޭނީ ފޯނު ކުޅޭށެއްނު.. އެން މީއީ ޝައިފާ… އެން އެއީ ހާރް ބޯއީ ފްރެންޑް މިޝާލް…. މިހުރިހާ އެންމެން ވެސް ފްރާންސް ބަޓް ޝިއަރާ އަކީ ހާފް މެލޭ. އަލްޔާ ހުރިހާ އެންމެންގެ ތައާރަފެއް ދިނެވެ. އަދި އެއެންމެންގެ މޫނުމައްޗައް ބަލާލީ އެކަކުވެސް ވާހަކަ ނުދައްކާތީ އެވެ. ނަމަވެސް އަލްޔާއައް ލޯ ބޮޑު ކޮއްލެވުނީ ކޮއްލެވުނީ އެމީހުންގެ މޫނު ފެނުމުންނެވެ.ހުރިހާ އެންމެން ތިބީ ހިނިގަނޑު ހިފަހައްޓައިގެ ކަން އެހުރިހާ އެންމެންގެ މޫނުމަތިން އެނގެއެވެ.ހާއްސަ ކޮއް އަލްޔާ އައް ބަލާލެވުނީ އިންޝަގެ މޫނަށެވެ. ނަމަވެސް ކަންވީ އަލްޔާ ހިކުރި ގޮތާ ހިލާފަށެވެ. އަލްޔާ ހީކުރީ ހުރިހާ އެންމެން ނަށް ހެވެންޔާ އިންޝާއައް ވެސް ހެވޭނެ ކަމަށެވެ.ނަމަވެސް އިންޝާ އިނީ އޭނަގެ ފޯނަށް ގެއްލި ހުސްވެފަ އެވެ. އަލްޔާ އައް އަދި މިވީ 19 ވަރަކަށް ގަޑިއިރު ތެރޭ އިންޝާ ހެވިފަ ހުއްޓަކާ ނުފެނެއެވެ. އަލްޔާ އައް ނުހުރެވިގެން ވާހަކަ ދައްކަން ފެއްޓިއެވެ.

ކީއްވެ އެންމެ ނުހޭން ތިތިބެނީ… ހުރިހާ އެންމެންގެ މޫނައް ބަލާފަ އެބަ އިނގޭ ހިނިގަނޑު ހިފަހައްޓައިގެން ތިބިކަން. އަލްޔާ ބުނެލިއެވެ.އަލްޔާ އެހެން ހަމަ ބުނުމާއެކު އިންޝާ ފިޔަވާ އެންމެން ހޭން ފެށިއެވެ.

އަލް މާ މޮޅީ މީހުންގެ އިންޓްރޯ ދޭން… މިޝާލް ހެމުން ބުނެލިއެވެ.

އަލްޔާ ވެސް ރުޅިއައިސްފައި ދޮރާ ދިމާއަށް ބަލާލިތަނާ ފެނުނު މީހަކުން އަލްޔާގެ ރުޅިފިލައި އަލްޔާ އެއްކޮށް ހާސްވިއެވެ.

ނުނިމެ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

crazy idiot

Level 210 Stories

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 22

Next

? ރަމަޟާން މުބާރިކް އެކުވެރިން?

Next
April 22, 2021

? ރަމަޟާން މުބާރިކް އެކުވެރިން?

Previews
April 22, 2021

ތިޔަ ލޯތްބަށް އެދެމޭ – 22

4 Comments!

  1. qu een says:
    April 22, 2021 at 10:47 pm

    Salhi vaahaka eh ?

  2. crazy idiot says:
    April 23, 2021 at 11:26 am

    in replay to qu een
    thankss

  3. Lailac Baby says:
    April 23, 2021 at 4:01 pm

    The stry is very beautiful ??? curiously waiting for next part ❤️❤️❤️❤️❤️

  4. crazy idiot says:
    April 23, 2021 at 10:51 pm

    In replay to Lailac baby
    Thanks ❤️❤️❤️☺️☺️… Tc.. Lysm

Comments are closed.

Next Episodeއަބަދުވެސް ލޯބިވާނަން 8←


All Right Reserved!