Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (4)

maasham Level 110 Stories
July 12, 2015 3 Mins Read
14 Comments

އެއީ ހަމަ އެގެއަށް ދާ ކޮންމެ ދުވަހަކު ކޮންމެވެސް ގޮތަކުން ޖެއްސުންކުރާ ޔާއްކޮ ހެއްޔެވެ؟ މިޚިޔާލުތަކުން އޭނާ ހަމަބިމަށްއައީ ލުޔާ އޭނާއަށް ހަނާ އެޅުމުންނެވެ. އޭރުވެސް ލިއުޒާއަކަށް އަރީފެއް ނުފެނެއެވެ.

“ދެން އަރީ ވެސް ދޯ” ފަހަތުން އައިސް ލިއުޒާގެ ލޮލުގައި އަތްއެޅުމުން އޭނާ ކުރުކަނޑާލިއެވެ.

“މަގޭ މަސްކަރައޭ އެޔޮއް ހަޑިވީ..” ލިއުޒާ މިހެން ބުނުމުން މޭޒުދޮށުގައި ތިބި އެންމެނަށް ހެވުނެވެ.

ކެއުމާއިގެން ކުރިއަށް ދިޔައިރު އެކި އެކި ވާހަކަތައް އެމީހުންގެ މެދުގައި ދެކެވުނެވެ. އިރުއިރުކޮޅުން ލުޔާގެ ކަންފަތް ދޮށުގައި “ޕިޔާރާ”އޭ ކިޔައި ޔިވާމް ގޮވާލައެވެ. ހަމަ ބުނެލާ ކޮނަމެ ފަހަރަކު ލުޔާ ލަދުން އިސްޖަހާލައެވެ. ލިއުޒާ އަށް މި މަންޒަރު ފެނިފައި އަރީފާއި ދިމާލަށް ހީލައެވެ. ބަލާބެލުމަށް ޔިވާމްއާއި ލުޔާ ވަރަށް ގުޅެއެވެ. އެދެމީހުންގެ ހަރަކާތްތަކުން ދެމީހުންވެސް ގަޔާވާހެން ހީވެއެވެ. ނަމަވެސް އެތަނުގައި ފާހަގަ ކުރެވޭ ޖޯޑަކީ އަރީފުއާއި ލިއުޒާއެވެ. ލިއުޒާ އިންނަނީ އަރީފާއި ޖެހި ފިތިގެންނެވެ. ހިނދުކޮޅަކަށްވެސް އެކަކު އަނެއްކެއްގެ އަތުން ދުލެއް ނުކުރެއެވެ. އެއްލިކަޅިއަކުން ލުޔާގެ ލޮލުގައި އަޅައިގަތީ އަރީފުގެ އަތެވެ. އޭރު އޭނާގެ އިނގިލިތައްވަނީ ލިއުޒާގެ އިނގިލިތަކާ އެކު ގަތާލެވިފައެވެ. އެ މަންޒަރު ފެނިފައި ހިނިތުންވެލަމުން ލުޔާ އަރީފުގެ މޫނަށް ބަލާލިއެވެ. އެވަގުތުވީ އަރީފަށްވެސް ލުޔާއާއި ދިމާލަށް ބަލާލެވުނު ވަގުތަށެވެ. ލުޔާ ހީލުމުން އަރީފުވެސް ހިނިތުންވެލިއެވެ. ނަމަވެސް ލިއުޒާގެ އަތުން އަތްދޫކޮށްލުމަށްފަހު އޭނާގެ ޖީބުން ފޯނު ނެގިއެވެ. އަރީފަށް ނޭނގުނު ކަމުގައިވިޔަސް ލުޔާ މިކަން ފާހަނގަ ކުރިއެވެ. އޭނާ ގަބޫލުކުރިގޮތުގައި ލުޔާ ބަލަހައްޓައިގެން ހުރުމުން އަރީފަށް އުނދަގޫވީއެވެ.

“ދޮންތާ، ކާރެއްގައެއް ނުދެވޭނެ.. ހިނގާލާފަ ދާން އޯކޭ ދޯ؟ ގެ ވަރަށް ކައިރިއެއްނު…” ކައި ނިމިގެން ނިކުމެ ލުޔާ ބުންޏެވެ. ހަގީގަތުގައި ލުޔާއަކީ ކާރަށް އެރުމުން ވަރަށް މޭނުބައި ކުރާ ކުއްޖެކެވެ. އެހެންކަމުން ކައިގެން އަރައިފިނަމަ ހޮޑުލެވިދާނެކަން އޭނާއަށް އެނގެއެވެ.

“ލުޔާ ޔިވާމްގެ ސައިކަލަށް އަރަން ބޭނުން ނޫނިއްޔާ އަރީފު އާ އެއްކޮށް ދޭބަލަ… އަހަރެން ގޮސްފާނަމޭ ޔިވާމްއާއެކު..” އެ ދެމީހުން ވާހަކަ ދެއްކީ އެކަކު އަނެކަކަށް ކިރިޔާ އިވޭވަރަށް ކަމުގައިވިޔަސް ޔިވާމްއަށް ލިއުޒާ މިހެން ބުނިއަޑު އިވުނެވެ.

“އޯ ނޯ… ޕިޔާރާ އަހަރެންދެކެ ބިރުގަންނަނީތަ..” ލުޔާއާއި ގާތްވެލާފައި އޭނާގެ އަތުގައި ހިފާލަމުން ޔިވާމް އަހާލިއެވެ.

“ތީ މީހަކު ބިރުގަންނަވަރު މީހެއްތަ؟” ލުޔާ ޔިވާމަށް ރައްދުދިނެވެ.

“އެހެންވީރުން ޕިޔާރާ ދާނީ މަށާއެކު… ތި ދެމީހުން މާ ފޮޅުވަން ދޭ… ދޯ ޕިޔާރާ..” ޔިވާމްއަށް މިހެން ބުނެވުނު ވަގުތަކީ އަރީފު އޭނާގެ ސައިކަލު ޕާރކުޒޯނުން ނަގައިގެން އައިސް އެމީހުންގެ ކުރިމައްޗަށް ހުއްޓި ވަގުތެވެ.

“ތިބުނީ ތި ދެމީހުން މާފޮޅުވާ ވާހަކަތަ؟ މިރޭ މުޅި މާލޭގަވެސް އޮންނާނީ މާކަންނޭނގެ ތިހެންވީރުން…” އަރީފު ލުޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ދިމާކޮށްލިއެވެ. ލިއުޒާ އޭނާގެ ސައިކަލު ފަހަތަށް އަރައި ހަމޖެހިލުމުން އަރީފު ސުވާލުކޮށްލީ އިތުރުމީހަކަށް އަޑު ނީވޭހާ ސިއްރުންނެވެ.

“އައި ތޯޓް ލުޔާ ބޭނުން ނުވާކަމަށް ޔިވާމް އާއެކު އެކަނި ދާން…؟”

“މޭބީ ޝީ ޗޭންޖްޑް ހާ މައިންޑް..” ލިއުޒާގެ ޖަވާބުވެސް އައީ އެހާ ސިއްރުންނެވެ. ހަގީގަތުގައިވެސް ޔިވާމްއާއެކު ދާކަށް އޭނާ މިހާރަކު ފަހެއް ނުޖެހެއެވެ. އެއީ ދޮންތަގެ ރައްޓެއްސަކަށް ވީމައި އެކަންޏެއްނޫނެވެ. ޔިވާމްއާއި ވާހަކަދައްކައި ހެދުމުން އޭނާ ހަގީގަތުގައިވެސް ލުޔާއާއި ގަޔާވާކަން ގަބޫލުކުރެވޭތީއެވެ.

****

ޖުލައިމަހުގެ މެދުތެރެ ކަމުން ދޭތެރެ ދޭތެރެއިން ވަރަށް ބޯކޮށް ވާރޭވެހެއެވެ. މިރެއަކީވެސް އެފަދައިން ވިއްސާރަ ރެއެކެވެ. ބޯކޮށް ވާރޭވެހެމުން ދިޔައިރު ވައިރޯޅިތައް ހީވަނީ ގޭގެ ފުރާޅު އެއްލާލަފާނެހެންނެވެ. ދޭތެރެއަކުން އަލިގަދަ ވިދުމަކުން މުޅި ރަށް އަލިކޮށްލާއިރު ގުގުރުމުގެ އަޑު މެދު ނުކެނޑެއެވެ. ގައިގައި ކުއިލްޓް އޮޅާލައިގެން ސިޓިންގރޫމުގެ ސޯފާގައި ލުޔާ އިނެވެ. ފަންކާ އާއި އޭސީވެސް ނިއްވާފައި ވީނަމަވެސް މުޅި ގޭތެރޭގައި ފިނިކަމެއް ހިފާލާފައި ވެއެވެ. އާންމުކޮށް ފޮތެއް އޮންނަ ލުޔާގެ އަތުގައި މިއަދަކު ފޮތެއްނެތެވެ. އޭގެ ބަދަލުގައި އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނާ ދިމާލަށެވެ. އިރު އިރު ކޮޅުން އެއަށް ބެލުމްށްފަހު ހިނިގަނޑެއް ޖަހާލައެވެ.

“މާ މަޖާ އެއްޗަކަށް ކޯއްޗެއްތަ ތިފޯނުގަ އޮތީ؟” އެސޯފާގެ އަނެއް ކޮޅުގައި އިށީނދެގެން އިނދެ ޓީ.ވީ ބަލަން އިން ލިއުޒާ އަހާލިއެވެ.

“އެއްކަލަ ޔިވާމް.. މިހާރު އެބަ އުޅޭ ޕިޔާރާއޭ ކިޔައިގެން ލަވައެއް ހަދައިގެން… ” ހެމުން ހެމުން ލުޔާ ޖަވާބު ދިނެވެ.

“އެހެންނުވާނީ.. ލޯބިން ދީވާނާވެފަ ވިއްޔަ… މަހެއްވީއިރުވެސް އަދިވެސް ސައެއް ނުދެމެންނު..” ލިއުޒާ އޭނާގެ ކޮއްކޮއާއި ދިމާކޮއްލިއެވެ.

“އަހަރުމެން ރިލޭޝަންޝިޕްއެއްގައެއް ނޫނޭ މިއުޅެނީކީ.. އޭނައަކީ އެއްވެސް މީހަކާ ސީރިއަސް ވާ މީހެއްނުނޭ ބުނީވެސް ދޮންތަ އެއްނު”

“ތި ކަމެއް ނޭނގެ، ހަތަރު ދަމު ފޯނުގަ! އަރީފުވެސް ޝަކުވާކުރޭ… ޔިވާމް މިހާރު އަބަދު އަންއެވެއިލަބަލް އޯ ކިޔާފަ..” ލިއުޒާ ހިނިގަނޑެއް ޖަހާލިއެވެ.

“ބަޓް ރިއަލީ…. ވީ އާރ ނޮޓް އިން އަ ރިލޭޝަންޝިޕް…” މިފަހަރު ލުޔާ ވާހަކަ ދެއްކީ ވަރަށް ސީރިއަސްކޮށެވެ.

“އާނ.. އޯކޭ އޭ… ކާމް ޑައު-” ލިއުޒާގެ ވާހަކައަށް ހުއްޓުމެއް އައީ މީހަކު ގޭގެ ބެލް އެޅުމުންނެވެ. އޭރުވެސް ބޯކޮށް ވާރޭވެހެއެވެ. ގުގުރާ ވިދާވެސް މެއެވެ.

“މިއޮތް ވިއްސާރައިގަ…. އަނެއްކާ ކާކު؟” ސޯފާއިން ތެދުވަމުން ލިއުޒާ ސުވާލުކުރިއެވެ.

“ޖިންނި އެއް ތޯއްޗެއް..” ލުޔާ މިހެން ބުނުމުން އޭނާއާ ދިމާލަށް ލޯ އަޅާލުމަށްފަހު ގޮސް ލިއުޒާ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި އަހުނަފް ހުރީ ވާރެއާ ތެމި ފޯވެފައެވެ. އޭނާގެ އިސްތަށިގަނޑުން ފެންތިކި ބިންމައްޗައް ޖަހަމުން ދިޔައިރު ލައިގެން ހުރި ޓީޝާޓުވަނި ގައިގައި ތަތް ވެފައެވެ. ދެ ޖީބަށް އަތް ޖަހައިގެން ހުރި އިރު ތުރުވެސް އަޅައެވެ.

“އޯ މައި ގޯޑް! އަހުނަފް!” ލިއުޒާ އަވަސް ވެގަތީ އަހުނަފް ގޭތެރެއަށް ވެއްދުމަށެވެ.

“ސް-ސް-ސޮރީ އިންގް-ގޭ!.. އަ-އަ-” ތުރުތުރު އަޅާވަރުން އޭނާއަކަށް ވާހަކައެއްވެސް ނުދެއްކެއެވެ.

“މަލީކާ! ހޫނު ސައިތައްޓެއް ގެނެސްދީބަލަ!” ލިއުޒާ ބަދިގެއާއި ދިމާލަށް އެނބުރިފައި ގޮވާލިއެވެ. އޭރު ލުޔާ ތުވާއްޔެއް ހިފައިގެން އައިސް އަހުންފް އަށް ދިއްކޮއްލިއެވެ.

“ބޭރުގަ އުޅެނިކޮށް ވިއްސާރައިގަ ޖެހުނީ.. ދެން އަދި ފޯނުވެސް ނިވިއްޖެ.. އެވަރުން ނުވެގެން ސައިކަލުގެ ޕެޓްރޯލު ހުސްވެއްޖެ.. މަ ހުރީ ބަގީޗާ ކައިރީގަ.. ދެން އެންމެ ކައިރިވާނީ މިގެ އެއްނު.. އެހެންވެ މި އައީ… ސޮރީ ގުޅާނުލާ އާދެވުނީމަ..” ފެން ހިއްކާލުމަށްފަހު ހަމައަކަށް އެޅުމުން އަހުނަފް ކިޔައިދިނެވެ.

“ސާބަހޭ! ތީދެން މީހުން ސޮރީ ބުނާވަރުގެ ކަންތައްތަ؟ މަމީ ދުރުހިލޭ މީހެއް ނޫނިއްޔަ..” ލިއުޒާ ޗޮސް ކަނޑާލުމަށްފަހު ބުންޏެވެ.

މަލީކާ ސައިތަށި ހިފައިގެން އައުމުން އޭގައި ހިފީ ލުޔާއެވެ. އޭނާ އެ ތަށި އަހުނަފްއަށް ދިއްކޮއްލިއެވެ.

“ތޭންކްސް ޕިޔާރާ!” ލުޔާ އާ ދިމާލަށް އެއްލޯ މަރާލުމަށްފަހު އަހުނަފް ބުންޏެވެ. އެންމެން ވެގެން އެނަން ރަނގަޅަށްވެސް ލުޔާއަށް ހަރުކޮއްފިއެވެ. ޖަވާބުގައި ތުންއަނބުރާލުމަށް ފަހު “ތިހެން ނުކިޔާށޭ” ބުނެފައި ގޮސް ލުޔާ ވަނީ ކޮޓަރިއަށެވެ.

“ވަރަށް ބޮޑާ ހާކާ ދޯ؟! ހަމަ ލިއު ގެ ސްޓައިލް” ދެމީހުން އެކަނި ވުމުން އަހުނަފް ލިއުޒާއާ ވާހަކަ ދެއްކިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

އިންތިޒާރު 37

Next

ހިތަކުން ނުފިލާނެ 26

Next
July 12, 2015

ހިތަކުން ނުފިލާނެ 26

Previews
July 12, 2015

އިންތިޒާރު 37

14 Comments!

  1. iraa says:
    July 12, 2015 at 7:44 am

    Vvvvvvv Salhi…Bt haadha kurey. .dhn kn irakun up kohdheyny Nxt part. .

  2. iraa says:
    July 12, 2015 at 7:46 am

    Vvvvvvv Salhi. .Bt haadha kurey. .kn irakun Nxt party up kohdheyny

  3. iraa says:
    July 12, 2015 at 7:47 am

    *part

  4. shaisha says:
    July 12, 2015 at 9:48 am

    Me second !! Yayy stry is habeys

  5. nihaa says:
    July 12, 2015 at 10:11 am

    Vrh reethi… When will be next part…

  6. nathoo says:
    July 12, 2015 at 10:31 am

    Varah reethi.avahah up kohdhehchey

  7. MadhY says:
    July 12, 2015 at 11:07 am

    V. rythi. kiyaa hithun kehmadhuvefa…

  8. shaai says:
    July 12, 2015 at 11:41 am

    v nice.. when next part waitiinnnnnnnnn

  9. naj says:
    July 12, 2015 at 1:26 pm

    Vvvv nice

  10. sama says:
    July 12, 2015 at 1:28 pm

    wow

  11. Jennifer says:
    July 12, 2015 at 7:54 pm

    V reethi ekam thankolheh kury.. v hope kuran next part thankolheh dhigu koh genes dheyne kamah..;)

  12. Crazi says:
    July 12, 2015 at 11:56 pm

    Mihar hurihaa kudin ehbas kiyaafatha…vahaka kurukoh genes dhenee

  13. maasham says:
    July 13, 2015 at 3:55 am

    Varah bodah sorry hurihaakudhinnah story kuruveema, but dhigu kuran ulhenyaa daily koh up nuvaanethy kurukoh liyeveny… But will try to make it longer…

  14. Mary says:
    July 23, 2015 at 10:07 am

    Nice story

Comments are closed.

Next Episodeހަތަރު އުދަރެސް (5)←


All Right Reserved!