Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި…..އަށްވަނަބައި

Princess Level 210 Stories100 Comments
April 29, 2021 3 Mins Read
3 Comments

އަހަރެން ނަމާދުކޮށްލައިގެން އަނބިމީހާ އާއެކު ދިޔައީ ކުޑަކޮށް ރަށުތެރެ ބަލާލުމަށް ޓަކައެވެ. ރަށުތެރެ ގައި ހިނގަމުން ދިޔައިރު ވަރަށް ގިނައިން ބަނބުކެޔޮ ގަސް ފެނެއެވެ. ބަނބުކެޔޮލަކީ އަހަރެންނަށް އަހަރެންގެ އާއިލާ އަށް ވަރަށް މީރު އެއްޗެކެވެ. އަހަރެންގެ ކެންދޫ އަށް ދިޔަފަހުން ބަނބުކެޔޮލަށް ކުރަނީ ކެންދޫ ބަނބުކެޔޮލެވެ. އެއީ ކެންދޫގައި ގިނައީ ބަނބުކެޔޮ ގަސް ކަމަށްވާތީއެވެ. ހަމައެކަނި ކެންދޫ އެއް ނޫނެވެ. އެހެން ރަށެއްގައި ވެސް ބަނބުކެޔޮ ގަސް ގިނަ ނަމަ ކިޔާނީ އެރަށެއްގެ ނަމާއެކު ބަނބުކެޔޮލެވެ.

އަހަރެމެން ރަށު ތެރެ ބަލާލައިފައި އައީ މަޣްރިބު ނަމާދު ބަންގި ގޮވަނިކޮށެވެ.  އަހަރެމެން ދެމަފިރިކަނބަލުން އަވަސްވެގަތީ އަވަހަށް ނަމާދުކޮށްލުމަށްށެވެ. ނަމާދުކޮށް އަވަދިވެގެން އަނބިމީހާ އާއެކު ބޭރަށް ނުކުތީމެވެ. އޭރު މަންމަމެން ބަދިގޭގައި އުޅެއެވެ. އަހަރެން ބަނޑުހައި ވެފައި ހުރުމުން އަނބިމީހާ އާއެކު ކާން އެރީމެވެ. އޭރު އަހުމަދުބެވެސް ކާން އިނެވެ. އަހުމަދުބެ އަހަރެން ގާތު އަނބިމީހާ ތަޢާރަފު ކޮށްދޭން ބުންޏެވެ. އަހަރެން ފަސް ޖެހުމެއް ނެތި އަހަރެންގެ ލޯބިވާ އަނބިމީހާ ތަޢާރަފު ކޮށްދިނީމެވެ. އަދި ކެއުން ދޭން ޖެހޭނެކަމަށް ވެސް އަހުމަދުބެ ބުންޏެވެ. އަހަރެން އެކަމަށް ވެސް އެއްބަސް ވީމެވެ. އަހަރެންނަކީ ކުޑައިރުންސުރެ ވެސް ވަރަށް ހިތްވަރު ގަދަ ކުއްޖެކެވެ. އަހަރެން ކައި ނިމިގެން ސިޓިންރޫމްގައި ހުރީ ސޯފައިގައި އިށީނީމެވެ. އަދި އެ ގެއަށް ނަޒަރު ހިންގާލީމެވެ.

އެ ގެއަކީ ވަރަށް ރީތި ގެއެކެވެ. ހުރިހާ ތަނެއްވެސް ހުރީ ޒަމާނާ އެއްގޮތަށް ހަދާފައިވާ. ސިޓިންރޫމް ވެސް ފުދޭ ވަރަކަށް ބޮޑެވެ. ސޯފާ ކުރިމަތީގައި ކުޑަވަރެއްގެ މޭޒެއް ހުއްޓެވެ. އެ ގޭގައި 10 ކޮޓަރި ހުރެއެވެ. މިކަމުންވެސް އަންގައިދެނީ އަހުމަދުބެ އަކީ މުއްސަނދި އަދި ހީވާގި މީހެއް ކަމެވެ. ކާގެ އާ ބަދިގެވަކި ކުރުމަށްޓަކައި މިހާރު ގެ ފެންވަރަށް ފާރެއް ރާނާ ފައި ހުއްޓެވެ. އެއީ ވަރަށް ބޮޑު ގެއެކެވެ.

އަހަރެންނަށް ހޭވެރިކަންވީ އަހުމަދުބެގެ އަންހެނުން އަހަރެން ގާތު އިށީނދެފައި މި ގެ ރަނގަޅުހޭ އެހުމުންނެވެ. އަހަރެން އާއެކޭ ބުނީމެވެ. އަދި މި ގެ ވަރަށް ރީތި ކަމަށް ބުނީމެވެ. އަހަރެން އެހެން ބުނުމުން އަހުމަދުބެގެ އަންހެނުން ހިނިތުންވެލާފައި އެތަނުން ތެދުވި އެވެ. އަހަރެން ވެސް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދުނީމެވެ. އޭރު އަހަރެންގެ އަންހެނުން ކޮޓަރީގައި ނިދިފައި އޮތެވެ. މާ ގިނައިން ހިނގުމުން ވަރުބަލި ވީ ކަމަށްވެސް ވެދާނެވެ. ކޮންމެ އަކަސް އަހަރެންގެ އަންހެނުންނަށް ބަންގި ގޮވުމުން ގޮވީމެވެ. އަހަރެން އަންހެނުން ނަށް ގޮވާފައި އަހުމަދުބެ އާއެކު ދިޔައީ މިސްކިތަށެވެ. މިސްކިތުން އައިސް އަހަރެން ބޭނުންވީ އަވަހަށް ނިދާލާށެވެ. އަހަރެން މަންމަ ގާތު ނިދަން ދަނީއޭ ބުނެ ކޮޓަރިއަށް ވަދުނީމެވެ. އަނބިމީހާ އަހރެންގެ އިންތިޒާރު ގައި އިނެވެ. އަހަރެން ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން އެނދުގައި ނިދަން ޖައްސާލީމެވެ. އަހަރެންގެ އަންހެނުން ވެސް އަހަރެންނާއެކު ނިދަން ޖައްސާލިއެވެ. އަހަރެން އަނބިމީހާގެ ގައިގައި ބައްދައަލއިގެން އޮވެ ނުދިނެވެ. އަނބިމީހާ ވެސް އަހަރެންގެ ގައިގައި ބައްދާލައިގެން އޮވެ ނިދިއެވެ. އަހަރެންނަށް ފަތިހު ހޭލެވުނީ އަނބިމީހާ އަހަރެންނަށް ފަތިސް ނަމާދު ކުރަން ގޮވުމުންނެވެ. އަހަރެން ތެދުވެ ވުޟޫ ކޮށްލައިގެން އައިސް އަހަރެންގެ އަންހެނުންނާއެކު ފަތިސް ނަމާދު ކޮށލީމެވެ. ނަމާދުކޮށް ނިމުމުން އަނބިމީހާ އަހަރެން ގާތު ހިނގާލަން ދާން ބުންޏެވެ. އަހަރެން އެކަމަށް އެއްބަސް ވީމެވެ. އަދި ކުޑަކޮށް ފްރެޝް ވެލައިގެން އައިސް ރީތިވެލިމެވެ. އަނބިމީހާ ވެސް ކުޑަކޮށް ފްރެޝް ވެލައިގެން  އައިސް ކުޑަކޮށް ރީތިވެލިމެވެ. އަދި ދެމަފިރިން ކޮޓަރިން ނުކުތުމަށްފަހު މަންމަމެން ހޭލާ އުޅޭތޯ ބެލިއިރު ބަދިގޭގައި ރޮށި ފިހުމަށްޓަކާ މަންމަ އާއި އަހުމަދުބެގެ އަންހެނުން އުޅެއެވެ. އަހަރުމެން ދެމީހުން ހިނގާލަން ދަނީ ކަމަށް މަންމަ ގާތު ބުނުމަށްފަހު ގެއިން ނުކުތީމެވެ. އަހަރެމެން ހިނގާލަން ދިޔައީ ރަށުގެ ތުނޑިއަށެވެ. ކެންދޫގެ ތުނޑި ވަރަށް ރީއްޗެވެ. އަދި ތުނޑިއަށް ދަތުރު އަންނަންވާނެ ކަމަށް އަންހެނުން ބުންޏެވެ. އަހަރެން ހިނިތުންވެލާފައި އާއެކޭ ބުނީމެވެ. އަދި އަންހެނުން ގެ އުނަގަނޑުގައި އަތް ވަށާލީމެވެ އަދި އަންހެނުން ވެސް އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެންގެ އަންހެނުން މިހާރު ލަދު ނުގަންނާތީއެވެ. އަދި އެކަމަށް މާތް ﷲ އަށް ޝުކުރު ކުރީމެވެ. އަހަރެންނަށް މި ކަހަލަ އަންބެތް ދެއްވީތީ އެވެ. އަހަރެން ދެކެނީ އަހަރެންގެ އަންހެނުންނަކީ އަހަރެންނަށް ދެއްވި ނިޢުމަތެއް ކަމުގައެވެ. އެކަމާވެސް އަހަރެން މާތް ﷲ އަށް ފަށްފަށުން ށުކުރު އަދާކުރަމެވެ.

އަހަރެމެން އެތާ ތިބެ ތިބެފައި ގެއަށް ދިޔައީ ހެނދުނު 7 ވެސް ޖެހިފަހުންނެވެ. އަހަރެމެން ދެމަފިރިކަނބަލުން ގެއަށް ދިޔައިރު މަންމަމެންނާ އަހުމަދުބެއާއި އަހުމަދުބެގެ އަންހެނުންނާ ކޮންމެސް ތާކަށް ދާން ރެޑީ ވާން އުޅެއެވެ. އަހަރެން މަންމަ ގާތު ސުވާލު ކުރުމުން މަންމަ ދިން ޖަވާބަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

އޭނާ ސިއްސައިގެން ދިޔައީ ކީއްވެބާ؟ އަދި އޭނާގެ މަންމަމެން އެ ރެޑީ ވަނީ ކޮންތާކަށް ދާން ބާވައެވެ؟ މި ސުވާލުތަކުގެ ޖަވާބާ މެދު ވިސްނާލާށެވެ. އަދި އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ……..

ލިޔުންތެރިޔާގެ ބަސް: މިއީ މި ވާހަކައިގެ އަށްވަނަ ބައެވެ. މި ބައިވެސް ރީތި ވާނެ ކަމަށް އުއްމީދުކުރަމެވެ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އަނެއް ބައި ގެނެސްދެވޭތޯ ބަލާނަމެވެ. އިންޝާ ﷲ އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ…….

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 26

Next

ހިތުގެ ވެރިޔާ

Next
April 29, 2021

ހިތުގެ ވެރިޔާ

Previews
April 29, 2021

ތިޔަ ލޯތްބަށް އެދެމޭ – 26

3 Comments!

  1. Princess says:
    April 29, 2021 at 7:27 pm

    Mee mi vhk ge 8 vana Bai mi bavex reethi vaane kamah comment kohlahchey hurihaa kudhinvex mi Bai kiyaafa v avahah anehnpart vex genesdheveytho balaanan iraadhakurevviyyaa Insha Allah stay safe and love you all reader???????????

  2. Nayaa Nayaa says:
    April 30, 2021 at 1:48 pm

    vvvvvvvvv reethi mi prt vx my lovely kudahthaaa… dhen oi part ah waiting ingey… and once again congra ingey ekkala iyye ge kamah.. dhen u know dhw what 😉 ur readers will be so proud of u when they get to know abt ur success dhw… hehe…miadhu dhaanan ingey roadha veellan… haveerun dhaanan.. dhen gossa aharun dhemeehun vegen ekkala oreo milkshake giraanee dhw… lysssssssssssmm nd myssssssmm… see u soon madamoooooooo

  3. Lailac Baby says:
    April 30, 2021 at 3:01 pm

    Nice???

Comments are closed.

Next Episodeލޯބި…..ނުވަވަނަބައި←


All Right Reserved!