Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (17)

zaisha Level 210 Stories
July 10, 2015 5 Mins Read
48 Comments

ފާރުކައިރީގައި އިނާރާ ހުރީ ގުޑިލަންވެސް ނޭނގި ގަބުވެފައެވެ. އިރުކޮޅަކުން މާކިން ނިކުމެގެން ގޮސް ދުރުގައި އޮތް އޭނާގެ ކާރަށް އަރައި އެތަނުން ދިޔައެވެ. ނަމަވެސް މާކިންއަކަށް ވެސް އެތަނުގައި އިނާރާ ހުރިކަމެއް ނޭނގެއެވެ. މާކިން އެއްފަހަރުވެސް ފަސްއެނބުރި ބަލައިލިނަމަ ހުރިހާ ކަމެއް ބޭޒާރުވާނެކަން ޔަޤީނެވެ. މާކިން ދިއުމުން އިނާރާ ދުވެފައި ކަހަލަ ގޮތަކަށްގޮސް ލިފްޓަށް އެރިއެވެ.

ކޮޓަރިއަށް ވެދެވުމާއިއެކީ އޭނާ ބާލީހެއް ނަގައި އަނގަމަތީގައި އެޅުމަށްފަހު އަޑުގެ ކޮޅަށް ހަޅޭލަވަންފެށިއެވެ. އެއަޑު ބޭރަށް ނުއިވުނު ކަމުގައިވިޔަސް އިނާރާ ދިޔައީ ރޮވިފައި އިނދެ ހަޅޭލަވަމުންނެވެ. ހޫނު ކަރުނަތަކުން ބާލިސް ތެމުނުއިރު އިނާރާ ބާލިސް ދުރުކޮއްލާފައި އެނދުގައި އޮށޯވެލިއެވެ. އެހާ ބާރަށް ހަޅޭލެވުމުން ކަރުން ދިލަނަގަމުން ދިޔައިރު އެ ހިތްހީވީ އަނދަމުން ދިޔަހެންނެވެ.

މާކިން ހަމަ އެއްވެސް ވަރަކަށް އިނާރާއާއި ދޭތެރޭ ވިސްނާނުލީބާއެވެ. އެވަގުތު އެތަނަށް ނާދެވުނުނަމަ މި ސިއްރު އޭނާއަށް ފަޅައެއްނޭރީހެވެ. އިނާރާ ވަރަށް ކެތްކޮއްފިއެވެ. މާކިންގެ އަނިޔާތަކަށާއި ހަރުކަށި ބަސްތަކަށް ކެއްކުރި ނަމަވެސް މިއަދު އޭނާ މުޅިން ހިތްވަރު އެލިއްޖެއެވެ. ދެލޯ މަރައިގެން އޮވެ ރޮމުން ދިޔައިރު އިނާރާގެ ޚީޔާލުގައި ވަނީ ޒެރީންގެ ބަސްތަކެވެ.

ސުނާމީ ބިނާ ކައިރީގައި ކާރު ޕާކުކޮއްލައިގެން އިން މާކިން ދިޔައީ ހަދާނެގޮތަކާއި މެދު ވިސްނަމުންނެވެ. މިވާހަކަ ރާހިލް ކައިރީގަވެސް ހިއްސާ ކުރެވެން ނެތުމުން ގޮތެއް ނިންމަން މި ޖެހެނީ އޭނާއެވެ. އެތަށް އިރަކު ކާރުތެރޭގައި އެކަނި ޚިޔާލަށް ގެއްލިފައި އިނދެ ފޯނު ނެގީ އޭނާ މުޅި ދިރިއުޅުން މިވަގުތު ބިނާވެފައި އޮތް ނިންމުން ހާމަކުރުމަށްށެވެ. އޮއްސެމުން ދިޔަ އިރަށް ނަޒަރު ހުއްޓާލައިގެން އިންއިރު ފޯނު ރިންގުވަމުން ދިޔަ އަޑުއިވެއެވެ.

“ހަލޯ..” ޒެރީން ބުނެލި އަޑުއިވުމުން މާކިންގެ ހިތުގެ ތެޅުން ދެގުނައަށް އިތުރުވިއެވެ. “ޒެރީން.. އަހަރެން ގޮތެއް ނިންމާފިން.” މާކިން ބުނެލިއެވެ. “ކޮންގޮތެއް ނިންމީ..” ޒެރީން އަވަހަށް ބުނެލިއެވެ. މާކިން ފުންނޭވާއެއް ލުމަށްފަހު ދެލޯ މަރާލިއެވެ. “އަހަރެން ޒެރީންއާއި ދެއަތްބަށް އިންނަން…… ތައްޔާރު” މާކިން މިހެން ބުނިއިރު އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.

“އަސްލުތަ؟؟ އައި އެމް ސޯ ހެޕީ.. ތޭންކްސް މާކިން.”ޒެރީން އުފަލުން ހުރެ ބުނެލިއެވެ. “އެކަމަކު އަދި ބައްޕަމެން ގާތު ބުނަން ޖެހޭނެ. އަހަރެން ނެތިން އެއްވެސް ކަމެއް ފޮރުވާކަށް..” މާކިން މިހެން ބުނެފައި ފޯނު ބޭއްވިއެވެ. އޭނާ ނާޒިމްއާއި ކުރިމަތީލާނީ ކިހިނެއް ހެއްޔެވެ؟ ނާޒިމް ޤަބޫލުވިޔަސް ނުވިއަސް މާކިންއަށް އަލަތު ދަރިފުޅުގެ ހައްޤުޤުގައި މިކަން ކުރަން އެބަޖެހެއެވެ. އިރުއޮއްސި އަނދިރިވާން ކައިރިވުމުން މާކިން މިސްރާބުޖެހީ ގެއަށް ދިއުމަށްށެވެ. އިނާރާއާއި ނާޒިމްމެންގެ ކުރިމަތީގައި މިކަން ހާމަކުރުމަށް ނިންމައިގެންނެވެ.

އެނދުގައި ނިދިފައި އޮތް އިނާރާއަށް ހޭލެވުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ސިއްސައިގެން ގޮސް ތެދުވެ ފޯނު ނެގިއިރު އެއީ މާކިންގެ މެސެޖެކެވެ. ތިރިއަށް ދިއުމަށް ބުނެފައިވާއިރު އިނާރާއަށް މާކިން އެ ދައްކަން އެ އުޅެނީ ކޮންވާހަކައެއްކަން މާކުރިން މިވަނީ ހާމަވެފައެވެ. ނަމަވެސް އޭނާއަށް ނޭނގޭކަމަކީ މާކިން ދެއަތްބަށް ޒެރީންއާއި އިންނަން އުޅޭކަމެވެ. ތެދުވެ މޫނު ދޮވެލައިގެން ތިރިއަށް ދާން ނިކުންއިރު އެހިތް ނެގިނެގިފައި ޖެހެއެވެ. އަދިވެސް ލޮލުގައި ރަތްކަން ހުރިއިރު އޭނާ ހުރީ ކަންތަން ކުރަންވީ ގޮތް ނޭނގިފައެވެ.

ނާޒިމް ސޯފާގައި އިށީދެގެން އިންއިރު މާކިން އިނީ ދުރުގައި އިން ގޮނޑިއެއްގައެވެ. އޭރު އާޝިޔާވެސް ސިޓިން ރޫމަށް ނިކުންއިރު އިނާރާ ދޮރު ހުޅުވާލާފައި ވަންނަނީއެވެ. އެންމެން އައުމުން މާކިން ކޮޅަށް ތެދުވެ ސޯފާކައިރިއަށް ޖެހިލިއެވެ. “އެންމެން އައީ އެއްނުން މި. ދެން ދައްކަބަލަ ތި ވާހަކައެއް؟” ނާޒިމް އިނީ މާކިންގެ ވާހަކައެހުމަށް ކެތްމަދުވެފައެވެ.

“ބައްޕާ.. އަޅުގަނޑު ކަމެއް ކުރަން ނިންމައިފިން…” މާކިން ހުރީ އެ ވާހަކަ ބުނަންވީ ގޮތެއް ނޭނގިފައެވެ. މާ ދުރުދުރުން ނުފަށަ ސީދާ އެ ވާހަކަ ބުނުމުން މާކިން ނިންމިއެވެ. “އަޅުގަނޑު އިތުރު ކައިވެންޏެއް ކުރަން ނިންމައިފިން.. ދެއަތްބަށް.” މާކިން ލޯ މަރާލާފައި މިހެން ބުނިއިރު އޭނާ ހުރީ އިސްޖެހިފައެވެ.

ދުރުގައި ހުރި އިނާރާއަށް މިބަސްތަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.  މާކިން ޒެރީންއާއި އިންނަން ނިންމަފާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހީކޮއްފައެއްނުވެއެވެ. މިހާ ދުވަސް ވަންދެން އޭނާ މި ކެތްކުރީ މި ދުވަސް ދެކެންބާއޭ އިނާރާ ހިތަށް އެރިއެވެ.

“ކައިވެންޏޭ؟؟ ދެއަތްބަށްށޭ؟؟ އަދި އެއްފަހަރު ބުނެބަލަ ނިކަން” ނާޒިމް ދެ ބުމަ ގޮއްޖެހިފައި އިނދެ ބުނެލިއެވެ. އޭރު އާޝިޔާ ވެސް އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ. “ލައްބަ.. އޭނާ އަޅުގަނޑުގެ ދަރިއަކަށް ބަލިވެއިނީ..” މާކިން އަނެއްކާވެސް ދެލޯމަރާލާފައި މިހެން ބުނީ އޭނާ ހިތުގައި ހިލަގަނޑެއް ބާއްވާފައެވެ. މި ވާހަކަތައް ބުނާކަށް އޭނާއަށް ވެސް ވަކި ފަސޭހައެއްނޫނެވެ.

“ބަލިވެއިނިއްޔޭ؟؟! މާކިން ހަމައިގަތަ ތިހިރީ؟؟” ނާޒިމް ހުރީ ވާނުވާ ނޭނގިފައެވެ. “ލައްބަ.. މިހެންވެ އޭނާއާއި ދެއަތްބަށް އިންނަން ނިންމީ..” މާކިން މިހެން ބުނި ތަނާހެން އޭނާގެ ކޯތާފަތަށް ހޫނު އެތިފަހަރެއް އެރިއެވެ. އިސްޖެހިފައި ހުރެ ކޮލުގައި އަތްލިއިރު އާޝިޔާ ވެސް އިންތަނުން ތެދުވިއެވެ. އޭރު އިނާރާއަށް ބޭ އިޚްތިޔާރުގައި އަނގަމަތީގައި އަތް އެޅުނެވެ.

“ނާޒިމް!” އާޝިޔާ ތަންކޮޅެއް ބާރަށް މިހެން ބުނުމުން ނާޒިމް އޭނާ ހުއްޓުވިއެވެ. “އާޝިޔާ މަޑުން ހުރޭ! މިހެންނޭ ވާނީ އޭނާ ހިތުހުރިހާ ގޮތަކަށް އުޅެން ދޫކޮއްލީމަ.. ބަލަ މާކިންގެ ލަދުކޮބާ ތި ހުރިހާ ވާހަކައެއް އަހަރެމެން ކުރިމަތީގައި ދައްކާއިރު.” ނާޒިމް ރުޅިއައިސްގެން ހަޅޭލަވަންފެށިއެވެ. އިނާރާވެސް ބިރުން ދެފިޔަވަޅު ފަހަތަށް އެޅުނުއިރު އޭނާ ދުވަހަކުވެސް ނާޒިމް މިހާ ރުޅިއައިސްފައި ހުއްޓައެއް ނުދެކެއެވެ.

“މީތަ މާކިން އަހަރެންމެން މުސްކުޅީވާ ދުވަހު ދޭންވީ ހަދިޔާއަކީ.. ކޮބާ ދިން ތަރުބިއްޔަތު؟؟ ކޮބާ ކޮއްދެވުނުހާއި ކަންތައް؟؟ އެންމެ ފަހަރަކުވެސް ހިތަށް އެރިތަ އަހަރެމެންނަށް ކުރާނެ އަސަރެއް؟؟ އަހަރެން އެންމެން  ކުރިމަތީގައި ލަދު ގަންނާނެވަރެއް؟؟ އިނގޭތަ އިނާރާ ފަކީރަށް ވާނެގޮތް؟؟ ނުބުނަންތަ ތި އުޅޭ ގޮތް ހުއްޓާށެކޭ؟ އަނގައިން ބުނެބަލަ!” ނާޒިމް ހަޅޭލަވަމުން ދިޔައިރު މާކިން ކުއްވެރިއެއްހެން އިސްޖެހިފައި ހުރިއިރު ދިފާޢުގައި ބުނާނެ އެއްވެސް އެއްޗެއް މިއަދަކު ނެތެވެ.

“ސޮރީ ބައްޕާ..” މާކިން ދެރަވެފައިހުރެ ބުނެލިއެވެ. “ކޮން ބައްޕައެއް؟؟! މާކިންގެ ނުހުންނާނެ ބައްޕައެއް. ނިމުނި މީގެފަހުން އަހަރެންނާއި ދިމާއަށް ބައްޕައޭ ކިޔާ ގޮވާލިޔަސް. އަހަރެންގެ ނުހުންނާ މާކިން ކިޔާ ދަރިއެއްވެސް..” ނާޒިމް މިހެން ބުނުމުން އާޝީޔާ ރޮވިފައި ހުރެ އައިސް ނާޒިމްގެ އަތުގައި ހިފާލިއެވެ.

“ނާޒިމް ތިހެން ނުބުނޭ.. ނުބުނޭ ތިހެން.” އާޝީޔާ ރޮމުން މިހެން ބުނުމުން ނާޒިމް އޭނާގެ އަތް ފޮޅުވާލިއެވެ. “ބުނާނަން! އަހަރެންނާއި މާކިންއާއި ދޭތެރޭ މީގެފަހުން އެއްވެސް ގުޅުމެއް ނޯންނާނެ. ލަދުން ބޯ ހަލާކުވާވަރުވޭ..” ނާޒިމް އެއަށް ވުރެން ބާރަށް ހަޅޭލަވައިގަތެވެ.

ގޭތެރޭގައި އަޑުގަދަވެގެން ކޮޓަރިން ނިކުން މަލަކް ހުރީ ވާނުވާ ނޭނގިފައެވެ. ނާޒިމް ރުޅިއައިސްފައި ހުރިވަރު ފެނުމުން އޭނާވެސް ސިހުނެވެ. އާޝިޔާ ރޮވިފައި ހުރިއިރު އިނާރާ ދުރުގައި ބަހެއްވެސް ނުބުނެ ގަބުވެފައި ހުއްޓެވެ. މަލަކް ގޮސް މާކިން ކައިރީގައި މަޑުކޮއްލިއެވެ. “ބައްޕާ.. ކިހިނެތް ވެގެން މިއުޅެނީ.. މަންމާ..” މަލަކް ވާނުވާ އޮޅުން ފިލުވަން އުޅުނެވެ.

“އަހާބަލަ މިހިރަ މީހާ ކައިރި. ބުނަން.. މާކިން ހަދާގޮތެއް ހަދައި. އިތުރަށް ގޮތެއް ނިންމަން ހުރީ އިނާރާ. އިނާރާ ކޮންމެ ގޮތެއް ނިންމިއަސް ބައްޕަ ހެޔޮ..” ނާޒިމް މިހެން ބުނެފައި އެތަނުގައި އިތުރަށް މަޑުނުކޮށް ގެއިން ނިކުމެގެން ދިޔައެވެ. އޭރު އާޝީޔާއަށް ހީވީ އޭނާގެ މުޅި ދުނިޔެ ވިރިގެން ދިޔަހެންނެވެ. ނާޒިމް އެގޮތަށް މާކިންއާއި ގުޅުން ކަނޑާލާފައި ދިޔައިރު ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

އާޝިޔާ ރޯތަން ފެނި މާކިންއަށް ކެތެއް ނުކުރެވުނެވެ. އޭނާ ގޮސް އާޝިޔާ ކައިރީގައި ހުއްޓިލުމަށްފަހު އަތުގައި ހިފާލިއެވެ. “މަންމާ..” މާކިންއަށް ބުނެވުނީ މިހިސާބަށްށެވެ. ކުއްލިއަކަށް އާޝިޔާ އަތްފޮޅުވާލިއިރު މާކިންއަށް އަނެއްކާވެސް އޭނާގެ ކޯތަފަތަށް ހޫނު އިހުސާސްވެގެން ދިޔައެވެ. މާކިން އިސްޖެހިފައި ހުރެ އޭނާގެ މަންމައާއި ދިމާއަށް ބަލައިލިއިރު އާޝިޔާގެ ލޮލުން ފާޅުވަމުން ދިޔައީ ރުޅިވެރިކަމެވެ. “މަންމައަށް ގޮވާނެކަމެއް ނެތް.. އަހަރެން ލަދުގަނެ މިއަދު މާކިންގެ މަންމައަށް ވީތީވެސް..” އާޝިޔާ މިހެން ބުނެފައި އެތަނުން ދާން ހެދުމުން މަލަކް އޭނަގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.

ދެން މާކިންގެ ނަޒަރު ހުއްޓުނީ އިނާރާއަށްށެވެ. އޭނާ އެއްޗެކޭ ނުބުނެ ހުރިއިރު އެ ކޯތާފަތްވަނީ ކަރުނުން ތެމިފައެވެ. މާކިން އެއްފިޔަވަޅު ކުރިއަށް އަޅާލުމުން އިނާރާ ފަހަތަށް ޖެހުނެވެ. މާކިން އެއްޗެކޭ ބުނުމުގެ ކުރިން އޭނާ އެތަނުން ނިކުމެގެން ގޮސް ލިފްޓަށްއެރިއެވެ. މާކިން މުޅިން އެކަނިވެރިވީއެވެ.

އަލަމާރި ހުޅުވާލުމަށްފަހު ހެދުންތައްނަގައި ފޮއްޓަށް އަޅަމުން ދިޔަ އިނާރާއަށް ހުއްޓުމެއް ނެތި ރޮވެމުން ދިޔައެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލީއްޔެވެ. މާކިން ހިތުހުރިހާ ގޮތެއް ހަދާކަށް އޭނާވެސް މިއީކީ ހިއްސުނެތް ބުދެއްނޫނެވެ. ފޮށީގެ ޒިބު ދަމާލިތަނާ މާކިން އައިސް ކޮޓަރިއަށްވަނެވެ. “ކޮންތާކަށް ދަނީ..” މާކިން ހުރީ އިނާރާ އެއްޗެހި ޕެކްކުރިތަން ފެނުމުން ވާނުވާ ނޭނގިފައެވެ. ނަމަވެސް އިނާރާ އެއްވެސް ވާހަކައެއް ބުނުމެއްނެތި ފޮށި ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ.

“އިނާރާ.. ކޮންތާކަށް ހެއްޔޭ ތިދަނީ..” އިނާރާގެ އަތުގައި ހިފާއްޓަމުން މާކިން ހަރުކަށިކޮން ބުނެލިއެވެ. “ދޫކުރެ އަތުން..” އިނާރާ މިހެން ބުނިއިރުވެސް އެ ބޮޑުދެލޮލުން މުތީޔަކެއް ފަދައިން ކަރުނަ ވިދަމުން ދިޔައެވެ. “ނުކުރާނަން ދުލެއް.. އެއްވެސް ތާކަށް ނުދެވޭނެ!” މާކިން އައިސްފައި ހުރި ހުރިހާ ރުޅިއެއް ބޭލީ އިނާރާއަށްށެވެ. އޭނާ ހީކުރީ އެހެން ފަހަރުތަކޭ އެއްގޮތަށް އިނާރާ ރޮއެފައި އާދޭސް ކުރާނި ކަމަށެވެ.

“ދާނަން! ދޫކުރެ އަތުން.. ވަރަށް ދުވަސްވެއްޖެ ތި އަނިޔާތަކަށް ކެތް ކުރާތާ! ފުދިއްޖެ ދެން. މާކިން އިންނަން ބޭނުން މީހަކާއި އިނދޭ. އަހަރެން މާދަން ވަރިވާން ފޯމު ލާނަން.” އިނާރާ އަޑުގެ ކޮޅަށް ހަޅޭލަވައިގަތުމުން މާކިންއަށް ބޭއިޚްތިޔާރުގައި އިނާރާގެ އަތުން ދޫކޮއްލެވުނެވެ. އިނާރާ އިތުރަށް އެންމެ ބަހެއްވެސް ނުބުނެ އެތަނުން ނިކުންއިރު މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމާއި ހިތާމަ އެކުލެވިފައިވާ އިހުސާސްތަކެވެ. އިނާރާ ދަމުން ބޭރު ދޮރުޖެހުނު އަޑުއިވުނު އިރުވެސް މާކިން ހުރިތާނގައި ހުރީއެވެ.

މަޑުމަޑުން ޓައިލްސްތަކުގެ މަތީގައި އިށީދެވުނުއިރު މާކިންހުރީ މުޅިން ގޮތް ހުސްވެފައެވެ. އެންމެން އެއްފަހަރާއި މާކިންއާއި ދުރަށް ދިޔުމުން އޭނާ މުޅިން އެކަނިވެރިވިއެވެ. އިނާރާ އޭނާ ވަރިވާން ބޭނުންކަމަށް ބުނުމުން ހިވީ އެހިތް މުޅިން ފަޅުވިހެންނެވެ.

ސިޓިން ރޫމުގައި ޤުރުއާން ކިޔަވަން އިން ޝީލާ ގޭގެ ބެލްޖެހި އަޑަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އިނާރާފެނި އޭނާއަށް ހީވީ މެއަށް ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. އޭނާގެ ލޯބިވާ ދަރިފުޅު ފޮށި ހިފައިގެން އައިސް ހުރިއިރު ރޮވިފައިވާ ދެލޯވަނީ ދުޅަވެފައެވެ. “ދަރިފުޅާ… ޔާމިން! ޔާމިން..” ޝީލާ އަވަހަށް އިނާރާ ގޭތެރެއަށް ވަށްދަމުން ޔާމިންއަށް ގޮވިއެވެ. އިނާރާ ވަގުތުން އޭނާގެ މަންމަގެ ގައިގައި އޮޅުލައި ގަތުމަށްފަހު ބަޑިފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ޔާމިންއަށް އެތަނަށް އާދެވުނީ އެވަގުތުއެވެ.

“އަސްތާ.. ކިހިނެތް ވެގެން މިއުޅޭނީ؟” ޔާމިން އައިސް އިނާރާގެ ފޮށި އެތެރެއަށް ލަމުން ބުނެލިއެވެ. ނަމަވެސް އޭރު އިނާރާއަށް ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. އޭނާ ބޭނުންވީ ޝީލާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ މިހާދުވަސް ވަންދެން ރޯން ބޭނުންވި ވަރަށް ރޯލާށެވެ. ޝީލާވެސް ހުރީ އިނާރާ އެހާ ދެރަވެފައި އެވަރަށް ރޯތީ ހާސްވެފައެވެ. ދެމައިން ސޯފައިގައި ތިބިއިރު ޝީލާ ދިޔައީ އިނާރާގެ ބުރަކަށީގައި ފިރުމަމުންނެވެ.

“ޝޫޝް.. ހުއްޓާލާދެން..” ޝީލާ ދެރަވެފައި އިނދެ ބުނެލިއެވެ. “ކިހިނެތްތަ މި ވަނީ. އަހަރެން މި ގުޅަނީ މާކިންއަށް..” ޔާމިން މިހެން ބުނުމުން އިނާރާ ބޯ ހޫރުވަން ފެށިއެވެ. “ނޫން… ނު.. ނޫން.” އިނާރާ ގިސްލަމުން މިހެން ބުނުމުން ޔާމިންވެސް އައިސް އިނާރާގެ ބޮލުގައި ފިރުމާލިއެވެ.”އެހަށް މަޑުކުރޭ.. އިނާރާ ހަމައަކަށް އެޅުނީމަ ވީ ގޮތް އޮޅުން ފިލުވާނީ.. ދޭބަލަ ފެން ތައްޓެއް ހިފައިގެން އަންނަން.” ޝީލާ މިހެން ބުނުމުން ޔާމިން ތެދުވިއެވެ.

“އައި ލަވް ޔޫ ޑާލިން.. އަހަރެން ކިހިނެތް މި ކަންތަން ކާމިޔާބު ކުރާނީ ޒެރީން ނެތްނަމަ.” ބައްސާމް އުފަލުން އިނދެ ޒެރީންގެ ނިއްކުރީގައި ބޮސްދިނެވެ. “އެ މާކިން ރިޕޯޓު ދައްކާއިރަށް ޤަބޫލު ކޮއްފި ވިއްޔަ.” ޒެރީން ހިނިތުންވެ އިނދެ ބުނެލިއެވެ. “ދެން މާގިނަ ދުވަހެއް ނުވެ އަހަރެންގެ ހުރިހާ އެދުމެއް ފުރިހަމަވާނެ.. އަހަރެން.. ޒެރީން.. އަދި އަހަރެމެންގެ މި ދަރިފުޅު.” ޒެރީންގެ ބަނޑުގައި އަތްލަމުން ބައްސާމް ހީލިއެވެ. ދެމީހުން އުފާ ފާޅުކުރަމުން ދިޔައިރު މާކިންގެ ދިރިއުޅުމަށް އަންނަން އޮތް ވަރުގަދަ ތޫފާނުގެ ކޮޅުމަތި ފެންނަން ފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހަތަރު އުދަރެސް (2)

Next

ހިތަކުން ނުފިލާނެ 24

Next
July 10, 2015

ހިތަކުން ނުފިލާނެ 24

Previews
July 10, 2015

ހަތަރު އުދަރެސް (2)

48 Comments!

  1. zaisha says:
    July 10, 2015 at 3:28 pm

    here is the new part. hopw u guyz like it.. enjoy 🙂

    1. kanbulo says:
      July 10, 2015 at 4:28 pm

      Salhi salhi v salhi

    2. aisha says:
      July 10, 2015 at 5:38 pm

      Story v reethi ekamaku ma kuru

  2. Meesh says:
    July 10, 2015 at 3:28 pm

    Vvv vvv reethi… hama habeys

  3. Meesh says:
    July 10, 2015 at 3:29 pm

    Mihiree up veytho balabalaa…. and me 1st dhaw

  4. shyn says:
    July 10, 2015 at 3:32 pm

    Hama habeys… Ekam kuruhen hyvey mi prt..

  5. naaxy says:
    July 10, 2015 at 3:36 pm

    Nice me 2nd

  6. aish says:
    July 10, 2015 at 3:39 pm

    Wow varah reethi mi bai ves. Avahah up kohdhineema thanks

  7. hajj says:
    July 10, 2015 at 4:06 pm

    varah reethi mibai vesss…. kon iraku aneh bai…

  8. Lali says:
    July 10, 2015 at 4:07 pm

    Vvv salhi….mivaahaka up kuraane irakah mihunnany keh madhu vefa

  9. maf says:
    July 10, 2015 at 4:08 pm

    best story vv salhi

  10. seen says:
    July 10, 2015 at 4:12 pm

    Vvvvvvvvvvvcreethi teethi

  11. finni says:
    July 10, 2015 at 4:14 pm

    Haadha kurey konirakun dhigu kurany….mi part ves vvvvvv nice. .

  12. Crazi says:
    July 10, 2015 at 4:19 pm

    Dhigu kurey

  13. dhunna says:
    July 10, 2015 at 4:21 pm

    aslu vaahaka maa rythi vyma kuruhen e heevany

  14. Imattey says:
    July 10, 2015 at 4:33 pm

    V salhi miyadhuge part ves
    i love it

  15. maai says:
    July 10, 2015 at 4:42 pm

    Alun inaaraa aai maakin gulhuvaanan dhoa.v rh reethi

  16. Xinaan says:
    July 10, 2015 at 4:45 pm

    Vrh vrh reethi.. Ekam maa kuru…

  17. Rishme says:
    July 10, 2015 at 4:46 pm

    V v nice mi part vex…… waiting 4 the next part

  18. anth says:
    July 10, 2015 at 4:57 pm

    Varah salhi.

  19. jui says:
    July 10, 2015 at 5:05 pm

    inaara kyvvetha kurin nugos hury. ma nama hama huvaa mibuny mihaaru hunnai maakin kairin vari vgn gos. e hurihaa aniyaa akah mashah ketheh nukureveyne. serious kow. ma kithanmme lwbi viyas masheh nuhunnanan eyna kairy madu kowggen ma dhaany vari vgn… heheh… anyways vaahaka varah rythi… waitiiing for the next part….. 🙂

  20. nihaa says:
    July 10, 2015 at 5:10 pm

    Vrh habeysss… Can’t wait…avahah up kohdhybaa aneh part…

  21. Jam says:
    July 10, 2015 at 5:34 pm

    v v v v salhi mi part ves

  22. Ruhu says:
    July 10, 2015 at 5:36 pm

    Vvv salhi mivaahaka v kiyaahiyvey konme dhuvahaku up kuraathy

  23. sadh says:
    July 10, 2015 at 5:52 pm

    Zai thanks for the beautiful story. Assu Maakin ah e v vaan v goiy. Dhen visnigen rangalhu vejjeya v rangalhu.

  24. Shabee says:
    July 10, 2015 at 6:00 pm

    Vrh reethi mibaivex zai… 😀 nd maakin dhiriulhun egothah halaaku nukurey shabee v dheravey… aslu bahssaam maraalan v.. i hate him… dhen zery hama asluvex bandu bodytha?? Bahssam ah dhw… hahaha… dhen adhi maakin aa inaaraa gulhuvaafa happy laife eh dhehchey… 🙂 nd nxt prt v v dhigu khdhehchey…. 😛 n thank u

  25. Faryluvs says:
    July 10, 2015 at 6:11 pm

    V v v salhi mi part ves, waiting for another part. It really nice..

  26. zee says:
    July 10, 2015 at 6:17 pm

    Vvv rythi. Thankolheh kury ekam. Dhen part dhigu kuraane kamah unmeedhu kuran

  27. naj says:
    July 10, 2015 at 6:38 pm

    Vvv salhi I just love it

  28. mimmy says:
    July 10, 2015 at 7:09 pm

    V salhi… Thank u

  29. kivi says:
    July 10, 2015 at 7:27 pm

    Zai dhoonya…dhen inara vx preg kh bala. ..eyrun markin ah jeheyny halal dhari accept kuraakah nu…zeryn aa kuran ulhey kaiveni huhtaalafaane maybe. ..

  30. rish says:
    July 10, 2015 at 7:43 pm

    Vvv salhi mi part vx

  31. me says:
    July 10, 2015 at 8:52 pm

    v salhi…. waiting for the next part….

  32. AR says:
    July 10, 2015 at 9:02 pm

    V salhi than kolheh kuree

  33. Z says:
    July 10, 2015 at 9:40 pm

    no bassam kanthah e kurany hama ragalhah.. inara dhen nufonuvaathi maakin fahathun aadheys kuran.. eyna ah vaavarah kei kure vihje. ma nama maakin beyzaaru kohlaanan maakin bappamen kurimathy ga.. firimeehaa ah viyas hithu hurihaa gotheh nehedheyne.. abimeehaa aky beynun veema kulhelaafa beynun veema ehlaalan boalha eh noon.

  34. comment says:
    July 10, 2015 at 9:42 pm

    v ufaa vehje maakin ehaa dhera veema.. maakin dhera vaa varakah ma ufaa vany.

  35. Anonymous says:
    July 10, 2015 at 9:44 pm

    ey keehvethA bassam kon kamakaa tha maakin kibain badhalu e hifany?

  36. nazi says:
    July 10, 2015 at 10:11 pm

    zai haadha goahey maakin rangalhuvaan feshima thihedhee kihiney vvvvv ves reethi k it up♥

  37. fath says:
    July 11, 2015 at 3:23 am

    VVVVVV REETHI

  38. maya says:
    July 11, 2015 at 4:13 am

    vvv reethi.. waiting for next part

  39. Zila says:
    July 11, 2015 at 4:41 am

    love it. beautiful story

  40. YAANN says:
    July 11, 2015 at 7:20 am

    nxt prt avahah up kohdhehchey………… i luv this stry……

  41. shaa says:
    July 11, 2015 at 9:20 am

    Vvvv nice waiting for the next part. Bassam weds zeryn dhen inaaraa pregnant . a run Varah rythi vaane dhow.

  42. Azki says:
    July 11, 2015 at 2:48 pm

    Dhen inaraa fahathun aadheys kuramun dhuvaany maakin 🙂
    Yei! inaarage loaibba edhi salaan jahaane. Edhuvahakun maakin ah kudakoh namaves ihusaas kureveyne inaara ufuli veyn

  43. cute says:
    July 11, 2015 at 3:19 pm

    when is the next?????

  44. Azu says:
    July 11, 2015 at 3:44 pm

    vvvvv nice 😉

  45. saima says:
    July 11, 2015 at 3:54 pm

    v.v.v.v nice!!!!!!

  46. nysh says:
    July 11, 2015 at 4:08 pm

    at this point of time, markin deserves that .. hama rangalhu maakin ah ehen vyyma… eyrun rangalhu filaa valheh dhasvaanyy .. ekkam vaahaka nimeyiru inaara aa maakin gulhuvah cheyy .. eyrun mi storyy v v v salhi vaane … varh reethi mi part vesss .. ❤ ❤ ❤ ♥ ♥ ♥ ♡ ♡ ♡ ♡ ❦ ☺☻ 🙂

Comments are closed.

Next Episodeހިތް ވިންދާނުލައި… (18)←


All Right Reserved!