ހިތް ވިންދާނުލައި… (16)
ރޭގަނޑުގެ އަނދިރިކަން ވަށާލިއިރު އޭ.ޑީކޭގެ އައި.ސީޔޫގެ ބޭރުގައި މާކިންގެ އިތުރުން އިނާރާއިނެވެ. މެންދުރު ހޮސްޕިޓަލަށް އައިގޮތަށް ރާހިލްގެ ހާލު ނުބަލައި ގެޔަށް ދާކަށް މާކިން ބޭނުމެއްނުވިއެވެ. ނާޒިމްއަށް މިޚަބަރު ދިނުމުން އޭނާ ހޮސްޕިޓަލަށް ވަދެގެންއައީ އެވަގުތުއެވެ.
“މާކިން.. ކޮބާ ރާހިލް ކިހިނެތް މިހާރު” ނާޒިމް އައިސް މާކިންގެ ކައިރީ މަޑުކޮއްލަމުން ބުނެލިއެވެ. “އިރުކޮޅަކުން އިނގޭނީ..” މާކިން މިހެން ބުނިތަނާ ޑޮކްޓަރ ނިކުތެވެ. “ރާހިލް މިހާރު ރަނގަޅުވަމުން ދަނީ. ނަސީބަކުން ސިކުނޑިއަށް ލޭ އެޅިފައެއް ނުވޭ.. އެކަމަކު އަދި ދުވަސްކޮޅަކު މިތަނުގައި ބާއްވާ ލާފައި ރޫމްއަށް ބަދަލުކުރާނީ.” ޑޮކްޓަރ މިހެން ބުނެފައި އެތަނުން ދިޔައެވެ.
“ކޮބާތަ ފުލުހުން؟ މިކަން ތަހުޤީޤު ކުރާކަށް ނާދޭތަ؟” ނާޒިމް ސުވާލުކުރިއެވެ. “ނޫނޭ އެމީހުން އައިސްފައި އެ ދިޔައީ. ރާހިލް ހޭ އެރީމަ އިތުރަށް މިކަން ބެލެން އޮތީ.” ރާހިލްގެ ބޭބެ ބުނެލިއެވެ. އިރުކޮޅަކު އެތަނުގައި މަޑުކޮއްލުމަށްފަހު މާކިން އިނާރާ ގޮވައިގެން އެތަނުން ނިކުތެވެ. ކާރުގައި ގެއަށް ދިޔަ މަގުމަތީގައި ވެސް މާކިން ވާހަކައެއް ނުދައްކައެވެ. މި ވަގުތު އޭނާ ހުރީ ދިމާވި ކަންތަކާއި ހެދި ބޯ ހާސްވެފައެވެ.
“މާކިން..” އިނާރާ ވާހަކަނުދައްކަން އިނދެފައި ވެސް ގޮވާލިއެވެ. “ހޫމް..” ކާރު ދުއްވަން އިން މާކިން ބުނެލީ ހަމައެކަނި މިހެންނެވެ. “އަނެއް.. އެބަހުރި ބައެއް އެއްޗެހި ގަންނަންވެފަ..” އިނާރާ އިސްޖެހިފައި އިނދެ ބުނެލިއެވެ. އޭރުވެސް ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އޭނާ ހުރީ މިވަގުތު އެކަހަލަ ވާހަކައެއް ބުނުމުން މާކިން ހިތްހަމަ ނުޖެހިދާނެތީ ހާސްވެފައެވެ. “ކޮން އެއްޗެއް ގަންނަނީ.” މާކިންބުނެލިއެވެ. “ރީތިވާ ބައެއް ސާމާނު ހުސްވެފައި ހުރީމަ.. ދެން ތަރުކާރީ ކޮޅެއްވެސް ގަނެލަން ކަމަށް.” އިނާރާ އަދިވެސް އިނީ މާކިންއާއި ދިމާއަށް ބަލައިލަން ނުކެރިފައެވެ.
“އޯކޭ.. ހިނގާ ދާން.” މާކިން ހިނިތުންވެލަމުން އިނާރާގެ އަތުގައި ހިފާލިއެވެ. އިރުކޮޅަކު ދުއްވުމަށްފަހު ދެމީހުން އެކުގައި ގޮސް އެސް.ޓީ.އޯއަށް ވަނެވެ. މާކިން ބާސްކެޓެއް ނަގައިގެން އިނާރާ އަތުގައި ހިފައިގެން ހިނގަމުން ދިޔައެވެ. “ބަމްބީ.. ތިހެން މަޑުން ނުހުރެބެ.” އިނާރާ ވާހަކަނުދައްކައި މަޑުންހުރުމުން މާކިންއަށް އުނދަގޫވާންފެށިއެވެ. ހިތަށް އެރުމުން އިނާރާ ރޮއްވާލިޔަސް މިހާރު އެ ހިތަށް ހަމަޖެހުން ނުލިބޭ ކަހަލައެވެ.
އިނާރާ އަދިވެސް އެއްޗެކޭ ނުބުނެ ލޯޝަން ފުލިތަކެއް ހާވަމުން ދިޔައެވެ. އޭނާވެސް މާކިންއާއި ވާހަކަދައްކަން ބޭނުންވެއެވެ. އެކަމަކު ދައްކަން އޮތީ ކޮންވާހަކައެއް ހެއްޔެވެ؟ އިނާރާއަށް އެވަރަށް އަނިޔާ ކުރާއިރު ކޮންމެ ފަހަރަކު މާކިންއަށް އުފާވެރި މޫނެއް ނުދެއްކޭނެއެވެ. “އިނާރާ. ވާހަކަ ދައްކަމޭއެބަ..” އިނާރާގެ އަތުގައި ހިފާލަމުން މަކިން ބުނެލިއެވެ.
މާކިންއާއި ހަތަރުކަޅި ހަމަކުރަމުން އިނާރާ އެވަގުތު ހިތުގައިވާ ހުރިހާ ޝަކުވާއެއް ބޭރުކޮއްލަން ބޭނުންވިއެވެ. އިތުރަށް އޭނާ ކެތްކުރެވޭނެބާއޭ އިނާރާ ހިތަށްއެރިއެވެ. ނަމަވެސް މާކިންގެ ދެރަވެފައިވާ މޫނުފެނުމުން އޭނާ ފަސްޖެހުނެވެ. ރާހިލްއަށް މި ދިމާވި ކަމަކުން އޭނާ އެހާ ހާސްވެފައި ހުއްޓައި އިތުރަށް އިނާރާގެ ބަސްތަކުން މައްސަލަތަކެއް ކުރިމަތިވާކަށް އޭނާ ނޭދެއެވެ. އިނާރާ ގަދަކަމުން ހީލިއެވެ. “ކޯއްޗެއް ކައްކަންވީ މިރޭ؟.. ސްޕެގެޓީ ކިހިނެތް ވާނީ؟” އިނާރާ ހިތުގައިވީ އުދާސްތަށް ފޮރުވަމުން ވާހަކަދެއްކިއެވެ.
“އޯކޭ ވާނެ.” އިނާރާގެ ފަން އިސްތަށިކޮޅުގައި އަތްލަމުން މިހެން ބުނެލިއިރު އެ ހިތުގައި ރިއްސާލިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެ އިސްތަށިގަނޑު ކޮށާލީ ހަމަ އެ ދެއަތުންނެވެ. ނަމަވެސް މިހާރު އެކަމާއި މި ދެރަވަނީ ކީއްވެގެން ހެއްޔެވެ؟ މާކިން އެ އިހުސާސްތަށް ފޮރުވަމުން އިނާރާގެ ނިއްކުރީގައި ބޮސްދިނެވެ. ދެ މީހުން ހިނިތުން ވެލާފައި ސްޕެގެޓީ ޕެކެޓްތަށް ހުރިދިމާއަށް ދިޔައެވެ. އިނާރާ ގުދުވެފައި ޕެކެޓެއް ނެގިތަނުން ފަހަތުން އަންހެން ކުއްޖަކު މާކިންއަށް ގޮވާލިއަޑު އިވުނެވެ.
“ހޭއި މާކިން.. މިތާނގައި ކީއްކުރަނީ..” ޒެރީން އައިސް މާކިންގެ ގައިގައި ކުޑަކޮން ބައްދާލަމުން މިހެން ބުނިއިރު އިނާރާ ފަސްއެނބުރި ބަލާލިއެވެ. މާކިން ކުޑަކޮން ޒެރީންއާއި ދުރަށް ޖެހިލަމުން އިނާރާއަށް ބަލާލިއެވެ. ޒެރީންވެސް މާކިންގެ ނަޒަރު ހުއްޓިފައި ހުރި އިނާރާއަށް ރަނގަޅަށް ބަލައިލިއެވެ.
“މިއީ ވައިފްތަ؟” ޒެރީން ސުވާލުކުރީ މާކިން އާއިއެވެ. މާކިން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “ހާއި.. އައި އެމް ޒެރީން.” ޒެރީން އަމިއްލައަށް ތަޢާރަފް ވަމުން ސަލާމް ކޮއްލުމަށް އަތް ދިއްކޮއްލިއެވެ. އިނާރާއަށް ޒެރީންގެ ނަން އިވުމާއިއެކީ މިއީ މާކިން އިއްޔެ އެއާޕޯޓުން ގުޅި އަންހެން ކުއްޖާކަށް އިނގުނެވެ.
އިނާރާވެސް ހީލަމުން ސަލާމް ކޮއްލިއިރު އޭނާ ޒެރީންއަށް ރަނގަޅަށް ބަލައިލިއެވެ. ހަމުގެ ކުލަ އެހާ ދޮން ނޫންނަސް އޭނާގެ ލޯފެނި އިނާރާ ހައިރާންވިއެވެ. ލައިގެން ހުރި ބާރު ޓީޝާޓާއި ޖިންސުގެ ސަބަބަން އޭނާގެ ވަނާތަށް ވަނީ ހާމައަށްށެވެ. މާކިން މިވަރުގެ އަންހެން ކުއްޖަކާއި އެކީ ރަޚުމަތްތެރި ކަމުގެ ގުޅުން ނޯންނާނެކަން އޭނާއަށް ޔަޤީނެވެ.
“ޒެރީން މިތާ އެކަނިތަ؟” މާކިން ދުރަށްޖެހިލަމުން ބުނެލިއެވެ. މާކިންގެ މި ޢަމަލުން ޒެރީންއަށް އޭނާ އެކުރަނީ ކީއްކަން ނަގައިގަނެވުނެވެ. އިނާރާގެ ކުރިމަތީގައި އެދެމެދުގައި އެކަހަލަ ގުޅުމެއް ނެތްކަން ހާމަކުރުމަށްޓަކައި އޭނާއާއި ދުރައްޖެހުނީކަން އިނގުނެވެ. “މިއައީ ކުޑަކޮން ޝޮޕިން ކޮއްލަން..” ޒެރީން މިހެން ބުނަމުން އިތުރަށް މާކިން އާއި ކައިރިވެލުމުން އިނާރާބެލީ އެހެންތަނަކަށް ނަޒަރު ހުއްޓޭތޯއެވެ.
“ދެން ދަނީ އިނގޭ.. ކޯލް މީ..” ޒެރީން ހަމަ އިނާރާއަށް ދައްކަން މިހެން ބުނުމަށްފަހު އެއްލޯ މަރާލިއެވެ. ނަމަވެސް މާކިން ދެ ޖީބަށް އަތްޖަހައިގެން ހުރިގޮތަށް ހުރީއެވެ. “ބައި ދަ ވޭ.. ވަރަށް ރީތި ވައިފް..” ދަމުން އިނާރާއާއި ދިމާއަށް ބަލައިލަމުން ފާޑަކަށް ހީލާފައި ދިޔައެވެ. އިނާރާއަށް ޒެރީން އެހެން އެ ބުނީވެސް މާކިންއާއި އޭނައާއި އޮތް ގުޅުން ހާމަކުރަން ކަން އިނގުނެވެ. އޭނާ ހިތުގައި ޒެރީންއަށްޓަކައި ނަފްރަތުގެ ހުޅު ރޯވި ނަމަވެސް އެއްޗެކޭ ނުބުނެ ހުރީއެވެ.
ކައިރީގައި ހުރި މާކިން ކުއްވެރިއެއް ފަދައިން އިސްޖެހިފައި ހުރިއިރު އިނާރާ އެކަމާއި ގުޅޭގޮތުން ސުވާލުވެސް ނުކޮށް ހިނގައިގަތެވެ. “ބަމްބީ މަޑުކޮއްބަލަ.. ޝީ އިޒް އަ ފްރެންޑް..” މާކިން ބުނެލިއެވެ. “އަހަރެން ނާހަން މާކިންއާއި އޭނައާއި އޮތީ ކޮން ގުޅުމެއްތޯއެއް..” އިނާރާ މިހެން ބުނެފައި އިތުރަށް އެތަނުގައި މަޑު ނުކޮށްދިޔައެވެ. ތެދެކެވެ. އިނާރާ އެކަހަލަ އެއްވެސް ސުވާލެއް ނުކުރިއިރު މާކިން އެކަން އޮޅުން ފިލުވާންދެވުނީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. ކުރީގައި އިނާރާގެ ކުރިމަތީގައި އަންހެން ކުދިންނަށް ގުޅައިގެން އޮންނައިރު އެ ހިތަށް އެއްވެސް އަސަރެއް ނުކުރިއިރު މިއަދު ޒެރީން އެހެން ހެދުމުން މާކިން ހިތް ނުތަނަވަސް ވީ ކީއްވެގެން ބާއްވައެވެ.
ދުވަސްތަށް މާޒީވެ ދަމުންގޮސް މަހެއް ފާއިތުވިއިރު ރާހިލްގެ ހާލު ވަނީ ރަނގަޅުވެފައެވެ. ފުލުހުން ކުރި ދިރާސާތަކުން އެކަން ކުރިބައެއްވަނީ އަދިވެސް ނުހޯދިފައެވެ. އެމީހުން މާވަރަކުން އެއީ ކޮންބައެއްތޯ ބަލާކަށް މަސައްކަތެއް ނުކުރިއެވެ. މިއީ މިއަދުގެ ފުލުހުންގެ ހާލަތެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި މަލަކް އޭނާއަށް ގޮވާލަން އައިސް އުޅުމުން އެ ދެމެދުގައި ވީ ގުޅުންވަނީ އިތުރަށް ބަދަހިވެފައެވެ. ފުރަތަމަ ކޮޅު ރާހިލްއަށް އެހީތެރިވުމަށް މަލަކް އައިސްދިނީ އާޝިޔާގެ އެދުމުގެ މަތިންނެވެ. ރާހިލް އެހާއި ދުވަސް ވަންދެން މަލަކްއަށް އެހީތެރި ވެދިނީތީ އޭގެ ބަދަލުގައި މިއަދު ރާހިލްއަށް އަޅާލަން ވާނެކަމަށް ބުނުމުންނެވެ. ނަމަވެސް ދުވަސްތަށް ވޭތުވެގެން ދިޔަ ވަރަކަށް މަލަކް ރާހިލް ކައިރިއަށް އަންނަނީ އަންނަން ބޭނުން ވެގެންނެވެ. އޭނާގެ ހާލުނުބެލޭ ނަމަ މަލަކް ހިތްހަމައެއް ނުޖެހެއެވެ. ދޭތަރެއަކުން ސިޑޭމެން ކައިރިއަށް ގޮސްލިއަސް ގިނަވަގުތު ވިސްނެނީ ރާހިލްއާއި ދޭތެރެއެވެ.
“ހޭއި.. ގެއަށް ދަނީ ދޯ މިއަދު.” ރާހިލް ހޮސްޕިޓަލުން ދޫ ކޮއްލައި ދުވަސްކަމުން މަލަކް އެތެރެއަށް ވަދެ ބުނެލިއެވެ. އެވަގުތު އެތަނުގައި ތިބީ އެ ދެމީހުން އެކަންޏެވެ. “ޔަޕް..” ރާހިލް އައިސް އެނދުގައި އިށީދެލަމުން ބުނެލިއެވެ. ކައިރީގައި ހުރި މަލަކް ރާހިލްގެ ނިތްކުރީގައި އިން ނިޝާނުގައި އަތް ލަމުން އެތަނުގައި ފިރުމާލިއެވެ. “އަދިވެސް ތަދުވޭތަ؟” މަލަކް އަށް މިކުރެވެނީ ކީއްކަމެއް އަދި ނޭނގެއެވެ. “ހޫމް.. މަލަކް ތިހެން އަތްލީމަ ރަނގަޅުވެއްޖެ..” ރާހިލް މިހެން ބުނެ މަލަކްއާއި އިތުރަށް ކައިރިވެލުމުން މަލަކް ކުއްލިއަކަށް ފަހަތަށް ޖެހުނެވެ. “ރާހިލް.. ނޫން.. ވީ ކާންޓް.” މަލަކްގެ ހިތުގައިވީ އެދުން ފޮރުވަމުން ބުނެލިއެވެ.
“އިނގޭ ތިކަން… އެކަމަކު ވަރަށް ދުވަސް ވެއްޖެ ކެތްކުރާތަ.. މަލަކް އައި ލަވް ޔޫ.. އިނގޭ މި ގުޅުން ކުރިޔަށް ނުދާނެކަންވެސް.. އެކަމަކު އިތުރަށް މި ވާހަކަ ހިތުގައި ފޮރުވައިގެންނެތް ނުހުރެވޭނެ.” ރާހިލް ތެދުވެ މަލަކްއަށް ފުރަގަސް ދެމުން ބުނެލިއެވެ. އޭނާގެ ކިބައިގައި މަލަކްއާއި ކުރިމަތި ލަނެހާއި ހިތްވަރެއް ނެތެވެ.
ރާހިލްގެ ބަސްތަށް އިވުމުން މަލަކްގެ ހިތް އުފަލުން ފޮޅެލިއެވެ. އެކަމަކު ނޫނެވެ. އޭނާއަށް ރާހިލްދެކެ ލޯތްބެއް ނުވެވޭނެއެވެ. މާކިން ދުވަހަކުވެސް އެ ގުޅުމަކަށް ޤަބޫލެއްނުވާނެއެވެ. އަނެއްކާއި ސިޑޭއަށް އިނގިއްޖެއްޔާ އޭނާ ރާހިލް މަރާލަން ވެސް ފަސްނުޖެހޭނެކަން އިނގެއެވެ. މަލަކްއަށް އިތުރަށް އެތަނުގައި ހުންނަން ނުކެރިގެން ދެލޮލަށް ކަރުނަ ޖަމާވުމުން ބުނެވެސް ނުލައި ނިކުމެގެން ދިޔައެވެ. ރާހިލްއަށް މަލަކްގެ ފަރާތުން ޖަވާބެއް ނުލިބުމުން ފަސްއެނބުރި ބަލާލިއިރު އެތަނުގައި މަލަކްއެއް ނެތެވެ. ހިތަށް ވީތަދުން ރާހިލްއަށް އެނދުގައި އިށީދެވުނެވެ. އެ ދެމެދުގައި އެފަދަ ގުޅުމެއް ބާއްވަން ވެސް ހިތަށް އަރުވައިގެން ނުވާނެކަން ރާހިލްއަށް އިހުސާސްވީ ދެނެވެ.
ވޭތުވެގެން ދިޔަ ދުވަސްތަކުގައި މާކިންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަށްވަނީ މަދުވެފައެވެ. ބައެއްފަހަރު ރުޅިއައުމުން ހަޅޭލެވި ނަމަވެސް ކުރިން އެ ހުންނަ ހަރުކަށި ގޮތްގަނޑުވަނީ ގޮސްފައެވެ. އިނާރާ ވެސް މަޑުމަޑުން މާކިންއާއި ގާތްވަމުން ދިޔައިރު އެދެމެދުގައި އޮތް ގުޅުންވަނީ ފުދޭވަރަކަށް ރަނގަޅުވެފައެވެ. އިނާރާ އުއްމީދުކުރީ މާކިންއަށް މިއަންނަންފެށި ބަދަލު އިތުރުވެ މުޅިން ބަދަލުވެދާނެކަމަށެވެ. އުފާވެރި ދިރިއުޅުމެއްގެ މަލަމަތި ފެންނަމުން ދިޔަކަމުގެ އިހުސާސްވުމުން އިނާރާ ހުންނަނީ ހިތްހަމަޖެހިފައެވެ. އޭނާގެ ހުވަފެންތައް ހަޤީޤަތަކަށް ވާން ކައިރިވެއްޖެކަން އެ ހިތް ބުނަމުން ދިޔައެވެ.
ހަވީރުގެ ވަގުތު ޝީލާ ކައިރިއަށް ގޮސްލާފައި ގެއަށް ވައިން އިނާރާހުރީ ވަރުބަލިވެފައެވެ. އަވަސް ހިނގުމެއްގައި ލިފްޓާއި ދިމާއަށް ދިޔަ ވަގުތު ކުއްލިއަކަށް ލިފްޓު ތެރެއިން ނިކުން މާކިންގެ ފަހަތުގައި ހުރި ޒެރީން ފެނި ހީވީ ފައިގައި ކަސްތޮޅު އެޅުނުހެންނެވެ. އަވަސް ހަރަކާތަކާއިއެކީ އިނާރާ ބޭރު ފާރުގެ ފުރަގަހަށް ވައިން އިރު އެ ހިތުގައި އެތަށް ސުވާލެއް އުތުރި އަރަމުން ދިޔައެވެ. ޒެރީން އެގޭގައި މާކިންއާއި އެކީ އެކުރަނީ ކީއްކަމެއް އޭނާއަކަށް ނޭނގުނެވެ. އަނެއްކާވެސް މާކިން އެ ކަންތައް ފެށީ ނޫންބާއޭ ހިތަށް އަރާފައި އޭނާ މޭގައި އަތް އަޅާލިއެވެ.
ލިފްޓުން ނިކުމެގެންއައި މާކިން މަޑުކޮއްލީ އެތެރެއަށް ވަންނަން ހުރި ފާރު ކައިރީގައެވެ. އޭރު އޭނާގެ އަތުގައި ކަނޑާފައި އޮތް ސިޓީ އުރައެއް އޮތެވެ. ޒެރީން އައިސް އޭނާގެ ފަހަތުގައި ހުއްޓިލަމުން މާކިންގެ އަތުގައި ހިފާލިއެވެ. “ޤަބޫލި ކުރެވިއްޖެތަ މިހާރު؟ ތި އޮއްތީ ރިޕޯޓުވެސް. އައި އެމް ޕްރެގްނަންޓް.” ޒެރީން މިހެން ބުނެލިއިރު އެ ލޮލަށް ކަރުނަ ޖަމާވިއެވެ.
ފާރުގެ އަނެއްފަރާތުގައި ހުރި އިނާރާއަށް މި ބަސްތައް އަޑުއިވި ހީވީ ފައި ދަށުން ބިންގަނޑު ދެމިގެން ހެންނެވެ. އެހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ދެ ކަންފަތުގައި އިނާރާ އަތް އެޅިއެވެ. ނޫނެކެވެ. ނޫނެކެވެ. އެއީ ދޮގެކެވެ. އިނާރާގެ ވިސްނުމުގައި މި ބަސްތައް އެނބުރެމުން ދިޔައިރު މުޅި މީހާ ހުރީ ހާސްވެފައެވެ. އޭނާ ދެކުނުހައި ހުވަފެންތައް އަވާމެންދުރަށް ވެގެން ދިޔައީއެވެ.
“އެކަމަކު އަހަރެން..” މާކިން ވާހަކަދައްކަން ފެށުމުން ޒެރީން އޭނާ ހުއްޓުވިއެވެ. “އިނގޭ ހަމަ ކުރިން ދެއްކި ވާހަކަކަން ބުނާނީ. ޕްލީސް މާކިން. މިއީ މާކިންގެ ދަރިއޭ. ތިހެން ނަހަދާ. ހެލްޕް މީ.. އަޅެ ޤަބޫލު ނުކުރަންތަ މިއީ މާކިންގެ ދަރިއެއް ކަމަކަށް.. ބުނެބަލަ.” ޒެރީން ރޮވިފައި ހުރެ ވާހަކަދެއްކިއެވެ.
“ޤަބޫލު ކުރަމޭ.. އެހަކަށް ދޭ މިތަނުން.. ޖަސްޓް ގޯ.” މާކިން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އެކަމަކު..” ޒެރީން އިތުރަށް ވާހަކަދައްކަން މަސައްކަތްކުރިއެވެ. “މި ބުނީއެއްނުން ދާށޭ. މީހަކަށް ފެނުނީމަ މާކަށް ރީއްޗެއް ނުވާނެ. ގުޅާނަން ފަހުން. ޕްލީސް ގޯ.” މާކިން ރުޅި މައިތިރި ކުރަމުން ބުނެލިއެވެ. ޒެރީން އިތުރަށް އެއްޗެކޭ ނުބުނެ ރޮވިފައި ހުރެ އެތަނުން ނިކުމެގެން ދިޔައެވެ. މާކިންއަށް ފުރަގަސްދެމުން ނިކުމެގެން ދިޔައިރު ފަހަތުގައި ފިލައި ހުރި އިނާރާއެއް އޭނާއަކަށް ނުފެނުވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއިރު ޒެރީންގެ ތުންފަތަށް ވެރިވެގެން ދިޔައީ ވިހަ ހިނިތުން ވުމެކެވެ.
ޒެރީން ދާތަން ބަލަން ހުރި މާކިން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ އިނާރާއާއި ދޭތެރޭ ދެކެމުންއައި ގޮތް ބަދަލުވަމުން ދިޔައިރު މި ކުރިމަތިވީ ކޮންފަދަ އިމްތިހާނަކާއި ހެއްޔެވެ. އޭނާ ޒެރީންއާއި އެފަދަ ގުޅުމެއް ވޭތުވެ ދިޔަ ދުވަސް ތަކުގައި ނުވެސް ބާއްވައެވެ. ބައެއްފަހަރު ދިމާވި ނަމަވެސް އެ ހިތަށް އިނާރާގެ ޚިޔާލުތަށް އަންނަވަރުން ޒެރީންއާއި އުޅުނީވެސް ދުރުންނެވެ.
ފުރަތަމަ ޒެރީން އެވާހަކަ ބުނުމުން ޤަބޫލު ނުކުރިނަމަވެސް އަތުގައި އޮތް ރިޕޯޓަކީ ތެދު ހަޤީޤަތެވެ. އެއީ އޭނާގެ ދަރިއެކެވެ. އޭނާގެ އަމިއްލަ ލެއެވެ. ޒެރީން ބުނިހެން އެނާއަށް ކުރިންވަނީ އެއްފަހަރު ނަމަވެސް އެފަދަ ގުޅުމެއް ހިންގިފައެވެ. މި ރިޕޯޓުތަކުން އެއީ އޭނާގެ ދަރިކަން ޔަޤީންވެއެވެ. ޒެރީން އެދުނުގޮތަށް އޭނައާއި ދެއަތްބަށް އިންނަންވީބައެވެ. ލިބެން އުޅޭ ދަރިފުޅަކީ ބައްޕައެއް ނެތި ބޮޑުވާ ކުއްޖަކަށް ވުމަށް އޭނާ ނޭދެއެވެ. އިނާރާދެކެ ލޯބި ނުވިއެއްކަމަކު އެ ހިތުގައި އިނާރާއަށް ވަނީ ނޭނގި ނަމަވެސް ޖާގައެއް ދެވިފައެވެ.މާކިން ހުރީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އެއްކޮޅުން އިނާރާއެވެ. އަނެއްކޮޅުން އަދި އުފަންވެސް ނުވާ އޭނާގެ އަލަތު ދަރިފުޅެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.


Owww thank u dear.. avahah up koh dhini ma 🙂 🙂 🙂
ummi, mi happy face kurahanee kihineh thr?
i just dont know…
hope u would tell me…..
hey guyz sorry its short but i have been really buxy today. mirey up kohadheyn vegen mi varah ves mi kuri. hope u guyz understand. enjoy 🙂 insha allah tmrw evening ga next part.
Kithah episode ge story eh?? V salhiii aslu keep it upp
maashaa allah…………
yup understand vey….
Thanks Zai. We do understand. This part is as awesome as the other parts. Impatiently waiting for tomorrows one. Keep it up.
Thankx zai…v reethi mibaivexx… 😀
varasalhimivaahaka
nice … v rythi…….
v nice
Vrh nice. . Waiting for next part
Thanks zaisha…vv reethi mi story 🙂
Zai v nice mi part ves..mi v gothun mi story v salhi varne..I can’t wait..
vvvvv reethi zerin ge makaruveri hinithun vun inaara ya fenunutha zai
v salhi mi partvx…..
vv salhi mipart vex
As usual, AMAZING. 😀 looking forward for the next part. i hope he gets married to Zeryn. Then he can finally appriciate Inaaraa 😀
As usual, varah reethi. i hope that he gets married to zeryn. Eyrun he might be able to appriciate inaaraa dho. Efakyru eulhey haalun haadha dhera veyey, Cannot wait to read more 🙂
Ya long koh genesdhy ehgey
V v v reethi, keep it up.
Wow.. Mi part ves v nice.
ya we will. ….vvvvvv vvvvvv salhi…..keep it up. ..
great work zai.. kep it up 🙂
AAmazing…u r one of my favourite♡♡♡
mi story vvvv reethi. bt story ah ga hurihaa taste ah hunnan vaane dhw. abadhu inaraa ves loabi vegen halaaku v ma hadi vaane. foohi ves vaan vaane . inaraa foohi vaane v gina kan kan mi story ga vegen hingajje. insany thobyathuga kithame loabi vias mivaru v ma foohi nuvun a ee nuvaane kameh. hope zai will think this too
Zeryn haadha makaru veriey dho.. Alhe Markun egeyne nama. Inara ves haadha dhera vaane ey dho. 🙁
Aslu Zereen preg eh noon hen heevany eyna maakin hahdhany
Of course!☺
Varivey dhn