Skip to content
އެސްފިޔަ

ކަތްދާތާ… އަހަރެން ދަންނަންތަ؟

މުޅި ކޯޓުތެރެ އޮތީ ފުރިބާރުވެފަ އެވެ. ދުވަހަށް ކަނޑައަޅާފައި އޮތް ޝަރީއަތެއްގެ ސަބަބުންނެވެ. އެޖެންޑާގައި އެއީ ހެކިން ހާޒިރުކޮށް ސުވާލުކުރަން ހަމަޖެހިފައި އޮތް ދުވަހެވެ.

ފަނޑިޔާރު ވަޑައިގެން އިށީންނެވި އެވެ. އަދި މަރުހަލާ ފެށުމަށް އިޝާރާތްކުރެއްވި އެވެ.

ދިފާއީ ވަކީލު ތެދުވެ ހެކިން ހާޒިރުކުރަން އިޝާރާތްކުރި އެވެ. މުސްކުޅި އެހެނަސް ފިސާރި ހިތްވަރެއް ހުރި އަންހެނަކު ފުލުހުންގެ ހިމާޔަތުގައި ކޯޓަށް ވަނެވެ. އެއީ މުޅި އަވަށަށް މަޝްހޫރު ކަތްދާތަ އެވެ. ބުނެވޭ ގޮތުގައި ކަތްދާތަ އަކީ ތެދުވެރި، ބުނާ ބަހުގައި އިތުބާރު ހުންނަ އަންހެނެކެވެ.

ކަތްދާތަ ކައިރިއަށް ވަކީލު ޖެހިލި އެވެ.

“އަޅުގަނޑު ދަންނަންތޯ؟” ވަކީލު އެހި އެވެ.

“ގައިމެއްނު،” ކަތްދާތަ ބުންޏެވެ. “ކުޑައިރު ވެސް ދަންނަން. ބޮޑުވަމުން އައިއިރު ވެސް ދަންނަން… މިހާރު ވެސް ދަންނަން. މަދަރުސާ އަށް ފޮނުވީމަ ކުދިންގެ ގައިގައި ތަޅާ އަނިޔާކޮށް އެކުދިންގެ އަތުގައި އޮންނަ ކާއެތިކޮޅު އަތުލާ އުޅުނު. ކޮންމެ ދުވަހަކު މަދަރުސާގައި އަދަބު ލިބިގެން ކޮޅަށް ބަހައްޓާފައި ހުންނަތަން ދެކެން. ބޮޑުވެ މީހަކާ އިންނަވަރު ވެފައި ހުއްޓައި ކަންމަތީ ފިހާރައިން ވައްކަންކޮށްގެން ދެ އަހަރަށް އަރުވާލި ހަނދާން ވެސް ކުލަގަދަކޮށް އެބަހުރި.”

“އެންމެ ރަނގަޅު،” ވަކީލު ބުންޏެވެ. “އޭނދަ މީހާ ދަންނަންތަ؟” އެއްވެ ތިބި ތަނުން މީހަކަށް އިޝާރާތްކޮށްފައި ވަކީލު އެހި އެވެ.

“އެއީ އާދަނެއްނު؟” ކަތްދާތަ ބުންޏެވެ. “ކާކު އޭނަ ނުދަންނާނީ؟ ކިޔަވަން ފޮނުވީމަ މީހަކާ ހިތާވެ އެންމެ ފަހުން ފާސްނުވެގެން ކޯހުން ކަނޑާލީމަ އައިސް އެއުޅެނީ. މި އަވަށުގައި ކުރާހައި ވައްކަމެއްގެ ފަހަތުގައި ހުރީ އޭނާ. އިހަކަށް ރޭ ކަރަންޓް ކަނޑައިގެން ދިޔަ ވަގުތު ބަލާފަ ކަލޭގެ އަންހެނުން ގޮވައިގެން ގޭ ބިތްދޮށުގައި ހުރި ޖިފުޓިއަކަށް ވަންތަން ވެސް ކަތްދާތަ ދެ ލޮލުން ދުށިން.”

އެ ހިސާބަށް ކަންތައް ދިޔަ ތަނާ ފަނޑިޔާރު ވަކީލަށް ގޮވާލި އެވެ. އަދި ކަންފަތްބުޑުގައި ސިއްރެއް ބުންޏެވެ.

“އަހަރެން ދަންނަންތޯ އޭނާ ކުރެން އަހައިފިއްޔަ ނިމުނީ… ކަލޭގެ ސަނަދު ހިފަހައްޓާނަން!”

Comments (19)

  1. nishan

    ހެހެހެ.. ސަޅި

  2. ޒާރާ

    ހީ ހީ ހަލާކު. އަނެއްކާ ކަތްދާތައަށް މަވެސް އެގޭނެ……………

  3. xee

    ހައްހައްހައްހާ………….ހީހީ ހަލާކު………

  4. Milli Adam

    ރަނގަޅު ޖޯކެއް

  5. ދަލޭކަ

    ހަހަ ހަބޭސް…

  6. azra aishath

    ހެހެހެހެހެހެހެ…..ފަނޑިޔާރު ބިރު ގަތީ ދޯ…..

  7. މީ

    މީ ހަމަ ހަބޭސް

  8. .......

    ވަރަށް ރީތި…..

  9. ހާފްމޫން

    ވަރަށް މަޖާ..

  10. ލލލލ

    މމ

  11. ަަަަަަަަަަަސސ

    ވަރަށް މަޖާ………

  12. kamana

    ekahala anheneh neiy rasheh madhuvaaane hama 😛

  13. princess

    hahaha she knows me too dw 😛

  14. mysterious girl

    kahdha akee me

  15. xam

    hee hee halaak. kaidhaithaa i love u…

  16. Ayya ayya

    thi hama eh vana

  17. Naash

    Varah salhi

  18. yax

    hehehehe
    a walking encyclopydia????

  19. ?

    Kaidhaithaa!!!!!!a dhannantha????

Comments are closed.