Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ތިންވަނަ ބައި)

Flame Gurl Level 210 Stories
April 27, 2021 5 Mins Read
0 Comments

“ޒަޖާ! ކީތްވެތަ އަހަރެންކުރާ ސުވާލުގެ ޖަވާބުނުދެވިގެން ރިއުޅެނީ؟” ޖީޒާން ރުޅި ކޮންޓްރޯލްކުރަމުން އެއްސެވެ.

“އާނ! އިނގިއްޖެ! އަހަރެންގެ ލޯބިވާ ކުއްޖަކު ހުންނާތީ އެކަމާ ނުރުހެނީދޯ؟” ޖީޒާން އެހެން ބުނުމާއިއެކު ޒަޖާގެ މޫނުމަތީގައިވި މަލާމާތުގެ ހިނިތުންފިލައި ސީރިއަސްކަން އެމޫނު މައްޗަށް ވެރިވިއެވެ.

“އަހަރެންނަށް ކިހިނެތް އިނގެނީ ޖީޒާންގެ ލޯބިވާ ކުއްޖަކު ހުންނަކަމެއް؟ ޑޫ ޔޫ މީން އައި އޭމް ޖެލަސް؟” ޒަޖާ ދެލޯ ބޮށޑުކޮށްލިއެވެ.

“ޔެސް..” ޖީޒާން ބޯޖަހައިލުމާއިއެކު ޒަޖާ ދެބުމަގޮއް ޖަހައިލިއެވެ.

“އޮހް! ކަމޯން ޖީޒާން! އައި ހޭޓް ޔޫ! ހައު ކޭން އައި ބީ ޖެލަސް؟؟؟” ޒަޖާ ބުންޏެވެ.

“ދޮންބޭ! ބައްޕަ އެބަ ގޮވާ!” ޖީޒާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޖަޝަމް ބެލްކަންޏަށް ވަދެފައި ބުންޏެވެ.

“މިދަނީ…” ޖީޒާން މިހެން ބުނުމާއިއެކު ޖަޝަމް އެތަނުން ދިޔައެވެ.

“ތޭންކް ގޯޑް!” ޒަޖާ މިހެން ބުނީ ކިތަންމެ މަޑުން ކަމުގައިވިއަސް ޖީޒާންގެ ކަންފަތާއި ހަމައަށް މިބަސްތައް ފޯރއެވެ.

“ހީނުކުރާތި އަހަރެންގެ ކިބައިން އެހާ ފަސޭހައިން ސަލާމަތްވެވޭނެއޭ!” ޖީޒާން ޒަޖާގެ ކަންފަތްދޮށަށް ގުދުވަމުން މިހެން ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ޒަޖާވެސް ޖީޒާންގެ ފަހަތުން ނިކުމެގޮސް ސިޑިން ފައިބައި ސިޓިން ރޫމަށް ދިޔައެވެ.

“ކޮބާ ދަރިފުޅުމެން ވާހަކަ ދައްކައިފިންތަ؟ ޒަޖާއަށް ކަމުދޭތަ ޖީޒާން؟” ޖުމްނާ އެދެމީހުނަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލުމަށްފަހު އެއްސެވެ.

“ލައްބަ ދައްތާ!” ޒަޖާ ‘ފޭކު’ ހިނިތުންވުމަކާއިއެކު މަޑުމަޑުން ބުންޏެވެ.

“އަހަރެން ދެން ދަނީއޭ ޖުމް..” ޒާހިޔާ ސޯފާއިން ތެދުވެލަމުން ޖުމްނާއަށް ހިނިތުންވެލަމުން ބުންޏެވެ. ޖުމްނާވެސް ހިނިތުންވެލުމަށްފަހު ބޯޖަހައިލިއެވެ.

“ޒަޖާ ހިނގާ ދާން!” ޒާހިޔާ ޒަޖާދެކެ މާލޯބިވާ ކަމަށް ހެދިގެން ޒަޖާގެ އަތުގައި ހިފައިލަމުން ގެއިން ނިކުންނަން ދިޔައެވެ. ޒާހިޔާގެ މިކުޑަކުޑަ ޢަމަލުންވެސް ޒަޖާގެ ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ. ޖުމްނާމެންނަށް ދައްކަންކުރި ކަމެއް ކަމުގައިވިއަސްމެއެވެ. ޒަޖާމެން ގެއަށް ވަތްއިރު ސިޓިންރޫމް ސޯފާގައި ޒިޔާދު އިށީނދެއިނެވެ.

“ބައްޕާ!!!” ޒިޔާދު ފެނުމާއިއެކު ޒަޖާ އުފަލުންގޮސް ޒިޔާދު ކައިރީގައި އިށީނދެ ކުޑަކޮށް ބައްދައިލިއެެވެ.

“ބައްޕަ ކޮންއިރަކު އައީ؟” ޒަޖާ ޒިޔާދު އާއި ދުރުވެލުމަށްފަހު އަހައިލިއެވެ.

“އަށްގަޑި ބައިހާއިރު އައީ.. ސުލައިމާންގެއަށް ގޮސް ދޯ ދެމައިން ތިއައީ؟ ދަރިފުޅަށް ކަމުދޭތަ ސުލައިމާންގެ ދޮށީ ދަރި؟” ޒިޔާދު ޒަޖާގެ ބޮލުގައި ފިރުމައިލަމުން އެއްސެވެ.

“ލައް.. ލައް… ލައްބަ ބައްޕާ!” ޒަޖާގެ މޫނުމަތި ވަގުތުން މިލައިގެން ދިޔައެވެ.

“ޒިޔާދޫ… އަހަރެން ވަރަށް ވަރުބަލި. އަހަރެން ދަނީ އިނގޭ ކޮޓަރިއަށް ރެސްޓްކޮށްލަން.” ޒިޔާދު އާއި ޒަޖާ ވާހަކަ ދައްކަންހުރިތަން އަނގައޮރިކޮށްގެން ބަލަންހުރުމަށްފަހު ޒާހިޔާ މިހެން ބުނުމަށްފަހު ކޮޓަރިއަށްވަނެވެ.

“ދަރިފުޅާ! ބައްޕަ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް…” ޒާހިޔާ ވަނުމާއިއެކު ޒިޔާދު ޒަޖާ އާއި ދިމާއަށް ބުނެލިއެވެ.

“އަނެއްކާ ކޮން ވާހަކައެއް ބައްޕާ؟ އަވަހަށް ބުނޭ.” ޒަޖާ ހިނިތުންވެލަމުން ބުނެލިއެވެ.

“މީ… ދަރިފުޅާ! މަންމަ މިދުވަސްކޮޅު އުޅެނީ ވަރަށް ބަލިކޮށްކަން ދަރިފުޅަށް ވަރަށް ރަނގަޅަށް އިނގޭނެ. ފަރުވާ ހޯދަންވެގެން ބައްޕަ އާއި މަންމަ މާދަން މިއުޅެނީ އިންޑިއާއަށް ދާން. މިވަގުތު ރުފިޔާހުރިވަރުން ނެގުނީ ދެޓިކެޓު. ދަރިފުޅަށް ޓިކެޓެއް ނުނެގުނު…” ޒިޔާދު އިސްޖަހައިލަމުން ބުންޏެވެ.

“ބައްޕާ! އެއޯކޭވާނެ އޭ! އެކަމަކު ބައްޕާ! އަޅުގަނޑު ހުންނާނީ ކޮންތާކު؟ މިގޭގަ އެކަނިތަ ހުންނަންވީ؟” ޒަޖާ ޒިޔާތުގެ އަތުގައި ހިފައިލިއެވެ.

“ތިހުރިހާ ކަމެއް ބައްޕަ ހަމަޖައްސަދީފިން. ދަރިފުޅު ބައްޕަމެން އަންނަންދެން ހުންނާނީ ޖީޒާންމެން ގޭގަ. އެކަކު އަނެކަކު ދަސްވުމަށްވެސް ފުރުސަތު ލިބޭނެ.” ޒިޔާދު ދެން ބުނެލި ވާހަކައިން ޒަޖާ ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. އޭނާ އަދި ވިސްނައިގެންހުރީ ކައިވެނިކުރެވޭ ދުވަހާއި ޖެހެންދެން ޖީޒާންއަށް ފިލައިގެން ހުރުމަށެވެ.

“ދަރިފުޅާ! އޯކޭތަ؟ އެއްވެސް މައްސަލައެއް ނެތްދޯ؟” ޒިޔާދު އެއްސެވެ. ޒަޖާ ބޯ ޖަހައިލިއެވެ.

“ދަރިފުޅު ދެން ދޭ އަވަހަށް ނިދަން. މިހާރު އެއޮތް ދިހައެއް ޖެހީ. މާދަމާ އެގާރަ ޖަހާއިރު ބައްޕަމެން އިންޑިއާއަށް ފުރަނީ. ބައްޕަވެސް މިދަނީ ނިދަން އިނގޭ.” ޒިޔާދު މިހެން ބުނުމަށްފަހު އޭނާގެ ކޮޓަރިއަށްވަނެވެ.

ޒަޖާވެސް ލަސްކުރަން ނުހަދައި ކޮޓަރިއަށްވަނެވެ. އަނެއް ދުވަހުގެ އިރު އަރައިފިއެވެ. ޒަޖާ ފަތިސް ނަމާދުކޮށްގެން ފޮއްޓަށް އެއްޗެހި އެޅުމަށްފަހު އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން ކޮޓަރިން ނިކުމެ ބަދިގެއަށްވަނީ ހެނދުނުގެ ސައި ހަދާށެވެ. ރޮށި ފިހެ ކުޅިމަސް ހަދައިނިމުނުއިރު އޭނާގެ މޫނުމަތީގައި ދާތިކިތައް ވިދަވިދާ ހުއްޓެވެ. ޒާހިޔާ އާއި ޒިޔާދު ނިކުންނަންވާއިރަށް ޒަޖާ ކޮޓަރިއަށްވަދެ ފާޚާނާއަށްވަނީ ފެންވަރާލުމަށެވެ. ފެންވަރައިލައިގެން އާދައިގެ އަތްދިގު ޓީޝާޓްއަކާއި ހަރުވާޅެއް ލައިގެން އަނެއްކާވެސް ކޮޓަރިންނިކުމެ ގޮސް ބަދިގޭގައިހުރި ތަށިތައް މޭޒު މަތީގައި އަތުރައިލިއެވެ. އެއަށްފަހު ޒާހިޔާމެންގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލުމަށްފަހު ކާން އައުމަށް އެދިފައި މޭޒު ކައިރީގައި އިށީނެވެ. ޒިޔާދު އިރުކޮޅަކުން އައިސް ޒަޖާގެ ކުރިމަތީގައިހުރި ގޮނޑީގައި އިށީނެވެ. ޒާހިޔާވެސް ފާޑަކަށް މޫނު ހަދައިގެން އައިސް ޒިޔާދުގެ ކައިރީގައިހުރި ގޮނޑީގައި އިށީނެވެ. ހެނދުނުގެ ސައި ހިމޭން ކަމާއިއެކު ކުރިއަށްދިޔައިރު ތިން މީހުންކުރެ އެކަކުވެސް އަނގައިން ބުނާ ޚިޔާލެއް ނުކުރެއެވެ.ޒިޔާދު ހަމަ ކައި ނިމުނުތަނާހެން ފޯނެއްއައެވެ. ޒިޔާދު ފޯނުން ވާހަކަ ދައްކައިލުމަށްފަހު ދެމައިންގެ ކައިރީ އަންނާނެކަމަށްބުނެ ގެއިން ނިކުމެގެން ދިޔައެވެ. ޒިޔާދު ދިއުމާއިއެކު ޒަޖާ މޭޒުމަތީގައި ހުރި ތަށިތައްނަގައި ދޮވުނެވެ. ތަށިތައް ދޮވެފައި ސިޓިންރޫމަށް ނިކުތްއިރު ޒާހިޔާ ސިޓިންރޫމްގެ ސޯފާގައި އިށީނދެއިނެެވެ. ޒަޖާ ދާންނުދާން ހުރެފައި އެންމެ ފަހުން ޒާހިޔާގެ ކުރިމަތީގައިހުރި ސޯފާގައި އިށީނެވެ.

“މަންމާ.. މީ… އަ.. އަޅުގަނޑަށް ރު.. ރު..ފިޔާއެއް ނުދޭނަންތަ؟” ޒަޖާ ބިރުންހުރެ މިހެން ބުނުމާއިއެކު ޒާހިޔާ ޒަޖާއަށް ވައްކަޅިން ބަލައިލުމަށްފަހު ކޮޓަރިއަށްވަނެވެ. އިރުކޮޅަކުން ކޮޓަރުން ނިކުމެފައި އައިސް ޒަޖާގެ ގަޔާއި ދިމާއަށް ފަސްސަތޭކަ ރުފިޔާއެއް އެއްލިއެވެ.

“އެ..އެންމެ ފަސްސަތޭކަ…؟” “އާނ! ތިވަރުވެސް މަ މަންޖެއަށް ދިނީތީ ޝުކުރުކޮށްބަލަ!” ޒަޖާ ވާހަކަ ދައްކަން ފުރުސަތެއް ނުދީ ކޮޓަރިއަށްވަނެވެ. ޒަޖާ ޒާހިޔާ ދިޔަ ދިމާއަށް ހިތްދަތިގޮތަކަށް ބަލަންހުރުމަށްފަހު ފޯނުން ގަޑި ބަލައިލިއެވެ.

އެއިރު ގަޑިން ނުވަގަޑި ފަންސާސް ނުވައެކެވެ. ޒަޖާ ދެލޯ ބޮޑުކޮށްލުމަށްފަހު އަވަހަށް ސޯފާއިން ތެދުވެ ހިނގައިފައިގޮސް ކޮޓަރިއަށްވަނެވެ. ދިހަ ގަޑި ބައިގައި ޒަޖާ ރީތިވެގެން ނިކުތީ ފޮށި ހިފައިގެންނެވެ. އެއިރު ޒިޔާދު އާއި ޒާހިޔާވެސް ސޯފާގައި ތިއްބެވެ. ޒިޔާދު ޒަޖާ އާއި ޒާހިޔާ ގޮވައިގެން ގެއިން ނިކުމެ ޓެކްސީއަކަށް ގުޅިއެވެ. ދިހަ މިނެޓު ތެރޭގައި ޓެކްސީއައެވެ.

“ދަރިފުޅާ ބައްޕަމެން ދަނީ. ވަރަށް ސަލާމް.” ޒިޔާދު މިހެން ބުނަމުން ފެންކަޅިވެފައިހުރި ޒަޖާގެ ބޮލުގައި ފިރުމައިލުމަށްފަހު ކާރަށް އެރިއެވެ.

ޒާހިޔާވެސް ޒަޖާއަށް ރުޅިވެރި ނަޒަރަކުން ޒަޖާއަށް ބަލައިލުމަށްފަހު ޓެކްސީ އެރިއެވެ. ޒިޔާދުމެން އެރި ޓެކްސީދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ޒަޖާ ޖީޒާންމެންގެ ގެ ހުންނަ ދިމާއަށް މިސްރާބުޖެހިއެވެ. އެގެ އާއި ހިސާބަށްގޮސް އެގޭތެރެއަށް ވަތްއިރު ޖުމްނާ އާއި ސުލައިމާން ސޯފާގައި އިށީނދެ ޓީ.ވީ ބަލަން ތިއްބެވެ.

“އައްސަލާމު ޢަލައިކުމް..” ޓީ.ވީ ބަލަންތިބި ޖުމްނާ އާއި ސުލައިމާން ދޮރާއި ދިމާއަށް ބަލައިލީ ކުއްޖަކު ސަލާމް ގޮވައިލި އަޑަށެވެ. ދޮރު ކުރިމަތީގައިހުރި ޒަޖާ ފެނުމާއިއެކު ދެމީހުންގެ ތުންފަތުގައިވެސް ދުވެލީ ރީތި ހިނިތުންވުމެކެވެ.

“ވަޢަލައިކުމުއްސަލާމް.. އަނހަ! ދަރިފުޅާ ޒަޖާ! އައީދޯ؟” ޖުމްނާ ޒަޖާ ކައިރިއަށްގޮސް ޒަޖާގެ އަތުގައި ހިފައިލަމުން ބުންޏެވެ. ޖުމްނާގެ އަނގައިން ‘ދަރިފުޅާ’ އޭ ބުނެ ޒަޖާ އާއި މުޚާތަބުކުރުމާއިއެކު ދެރަވީ ‘އަމިއްލަ މަންމަ’ އަށްވުރެ ޖުމްނާވެސް ޒަޖާދެކެ ލޯބިވާތީއެވެ.

“ލައްބަ! ދައްތައާ ބޭބެގެ ޙާލު ކިހިނެތްތޯ؟” ޒަޖާ ސުލައިމާންއަށާއި ޖުމްނާއަށް ބަލައިލަމުން އެއްސެވެ.

“ދައްތަ އާ ބޭބެ ޙާލު ރަނގަޅު. ދަރިފުޅުގެ ޙާލު ކިހިނެތް؟” ސުލައިމާން ހިނިތުންވެލަމުން އެއްސެވެ.

“އަލްޙަމްދުﷲ. އަޅުގަނޑުގެ ޙާލު ރަނގަޅު.” ޒަޖާ ބުންޏެވެ.

“ދައްތައާ ބޭބެގެ ޙާލު ކިހިނެތްތޯ؟” ޒަޖާ އަހައިލިއެވެ.

“ދަރިފުޅު ދާންވީއެއްނު ދަރިފުޅުގެ ރޫމްއަށް. ޖަޝޫ ދަރިފުޅާ އާދެބަލަ.” ޖުމްނާ ޖަޝަމްއަށް ގޮވައުލިއެވެ.

“ލައްބަ މޯމް. ކިހިނެތްވީ؟” ޖަޝަމް ސުލައިމާންގެ ކައިރީގައި މަޑުކޮށްލަމުން އެއްސެވެ.

“ޒަޖާ ދައްތައަށް ދައްކަދީބަ ރޫމް.” ޖުމްނާ ބުންޏެވެ. ޖަޝަމް ބޯޖަހައިލިއެވެ.

“ޒަޖާ އަންނައްޗޭ ބާރަގަޑި ސާޅީސްފަހެއްގައި ތިރިއަށް ކާން. އަދި އެއްކަން. މިއީ ހަމަ ޒަޖާގެވެސް ގެ ކަމުގައި ބަލައިގެން އުޅޭތި!” ޒަޖާ ޖަޝަމްގެ ފަހަތުން ދާން ފެށުމާއިއެކު ސުލައިމާން ބުނި އަޑު އިވުނެވެ. ޒަޖާ ފަހަތަށް އެނބުރުމަށްފަހު ބޯ ޖަހައިލިއެވެ.

“ޒަޖާ ދައްތަ! އެހާ ރީއްޗެއް އެހެން ކިޔާއިރު . ނަމެއް ހަދާދެންތަ ޖަޝޫ؟” ޖަޝަމް ޒަޖާ އާއިއެކު ސިޑިން މައްޗަށް އަރަމުން އެއްސެވެ.

“ލައްބަ.. ލައްބަ.. ހަދާދިބަ.” ޒަޖާ ޖަޝަމްގެ މޫނަށް ބަލައިލަމުން ބުންޏެވެ.

“އޯކޭ… އަމްމްމްމްމްމްމްމް….. ޒަޖައްތަ..؟ ނޫން.. އެއަށްވުރެ މާ ރަނގަޅުވާނެ ތޫ ކިޔަސް. އޯކޭތަ؟” ޖަޝަމް ކުޑަ އިރުކޮޅަކު ވިސްނައިލަން ހުރެފައި އެއްސެވެ. އެއިރުހުރީ ޒަޖާ އެގޭގައި ހުރުމަށް ހަމަޖެހިފައިވާ ކޮޓަރިއާއ ހަމައަށްވެސް އާދެވިފައެވެ.

“ލައްބަ ޖަޝަމް. ޔުއަރ ޗޮއިސް..” ޒަޖާ ޖަޝަމްގެ ކޮލުގައި މަޑުމަޑުން ހިފައިލަމުން ބުންޏެވެ.

“ޖަޝަމް ނުކިޔާބަ ތޫ! ޖަޝޫ ކިޔާ..!” ޖަޝަމް ބޮޑާހާކާ ކަހަލަ ރާގެއްގައި ބުނެލިއެވެ.

“އޯކޭ ޖަޝޫ..” ޒަޖާ ހީލިއެވެ. އެވަގުތު ޒަޖާގެ ކޮލަށް އެޅުނު އަޑިކޮޅު ފެނިފައި ޖަޝަމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“އޯ.އެމް.ޖީ! ޔޫ ހޭވް ޑިމްޕަލްސް.. އޯވްސަމް! އެނީވޭސް… މިއީ ތޫގެ ރޫމް. އެއީ ދޮންބެގެ ރޫމް. ދެން ކަމެއް ބޭނުންވެއްޖެޔާ ތިރީގައި ބަދިގެއިން ފެށިގެން ތިންވަނައަށް އިންނަ ޖަޝޫގެ ރޫމްއަށް އާދޭ. އެންޑް އަންނަން ނުކެރެންޏާ ނޫނީ އަންނަން ނޭނގެންޏާ މިއޮތީ ޖަޝޫގެ ނަމްބަރ.. އެންޑް ލައިކް މައި މޯމް އެން ޑޭޑް ސެޑް… ވަން އޯ ކްލޮކްގަ ބަދިގެ އާއި ޖެހިގެންހުރި ކާގެއަށް އަންނައްޗޭ…!” ޖަޝަމް އެއްނޭވާއިން ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު ޒަޖާގެ އަތުތެރެއަށް ހުދު ކުލައިގެ ގަނޑުކޮޅެއް ލައިދިނެވެ.

“އޯކޭ ޖަޝޫ. ދަނީ އިނގޭ ރޫމްއަށް…” ޒަޖާ ހިނިތުންވެލަމުން އެގަނޑުކޮޅަށް ބަލައިލުމަށްފަހު ކޮޓަރިއަށްވަނެވެ.

ޖަޝަމް ޒަޖާ ކޮޓަރިއަށް ވަނުމާއިއެކު ޒަޖާގެ ކޮޓަރީގެ ކުރިމައްޗަށް ވާގޮތަށްހުރި ޖީޒާންގެ ކޮޓަރީގައި ޓަކި ޖެހިއެވެ. އިރުކޮޅަކުން ޖީޒާން ކޮޓަރީގެ ދޮރު ހޫޅުވައިލުމަށްފަހު ކުރިމަތީގައިހުރި ޖަޝަމްއަށް ބަލައިލިއެވެ. ކުރިމަތީގައި ރީތި ހިނިތުންވުމަކާއިއެކު ހުރި ޖަޝަމް ފެނިފައި ޖީޒާންއަށްވެސް ހިނިތުންވެވުނެެވެ.

“ކިހިނެތްވީ ޖަޝޫ؟” ޖީޒާން ކޮޓަރިން ނިކުމެ ދޮރު ލައްޕަމުން އަހައިލިއެވެ.

“ގެސް ވަޓް ދޮންބޭ! ތޫ އިޒް ސްޓެޔިން ހިޔަރ ފޯރ އަ ކަޕްލް އޮފް ޑޭޒް..” ޖަޝަމް ކުޑަކޮށް ފުންމައިލަމުން ބުންޏެވެ.

“ހޫ އިޒް ތޫ؟” ޖީޒާން ދެބުމަ ކައިރިކޮށްލަމުން އަދިވެސް އެހިނިތުންވުމުގައިހުރެ އަހައިލިއެވެ.

“އެއީ ޖަޝޫގެ ވާންއުޅޭ ފަހަރިއެއްނު.. ޒަޖާ!” ޖަޝަމް މިހެން ބުނުމާއިއެކު ހިނިތުންވެލައިގެންހުރި ޖީޒާންގެ ހިނިތުންވުން މުޅިންފިލިއެވެ.

ޖަޝަމްއަށް އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ޖީޒާން ސިޑިން ފައިބައިގެން ދިޔައެވެ. މިތަން ބަލަން ހުރި ޖަޝަމް ހުރީ އޭނާގެ ދޮންބެގެ ޢަމަލުތައް ހުރިގޮތުން ޙައިރާންވެފައެވެ. ޒަޖާ ކޮޓަރިއަށް ވަދެ ދޮރުޖަހައި ރަނގަޅަށް ކޮޓަރިތެރެ ބަލައިލުމާއެކު ދެލޯ ބޮޑުކޮށްލެވުނީ ކޮޓަރިހުރި ގޮތް ފެނިފައެވެ. އޭނާހުރީ އަނގަ މަތީގައި އަތްވެސް އަޅައިގެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

އުމުރަށް އެކީގައި ވާނަމޭ

Next

ހިތުގެ ޝަކުވާ… އަށްވަނަ ބައި

Next
April 27, 2021

ހިތުގެ ޝަކުވާ… އަށްވަނަ ބައި

Previews
April 27, 2021

އުމުރަށް އެކީގައި ވާނަމޭ



All Right Reserved!