Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (23)

Dheem&Eekku Level 410 Stories100 Login500 Login
April 23, 2021 4 Mins Read
2 Comments

މުހައްމަދު ކައިރީ ހޮސްޕިޓަލުގައި އިންދެފައި ވަލީދު ގެޔަށް އައީ ނަމާދު ވަގުތު ޖެހުމުން މިސްކިތަށް ދާށެވެ. ޓެކްސީއެއް ނުލިބި ލަސްވުމުން ވަލީދުއަށް ގެޔަށް އާދެވުނު އިރު މަގްރިބު ނަމާދު ބަންގިވެސް ގޮވާފިޔެވެ. ޓެކްސީއިން ފޭބުމަށް ފަހު ވަލީދު ގޭގެ ދޮރާ ދިމާއަށް ހިނގާގަތެވެ. ދޮރާށި ހުޅުވާލާފައި އެތެރެއަށް ފިޔަވަޅެއް އަޅާލި ވަގުތު މީހަކު ގަޔާ ދިމާއަށް އައިހެން ހީވިއެވެ. ސިހިފައި ވަލީދުއަށް ދެތިން ފިޔަވަޅު ފަަަހަތަށް ޖެހިލެވުނެވެ. ކުރިމަތިން މީހަކު ނުފެނުނު ކަމުގައިވިއަސް ވަލީދުއަށް އެތަނުގައި މީހަކު ހުރިކަން އިހްސާސް ކުރެވުނީ އޭނާއާ ނުހަނު ކައިރިން ވައި އަޅުވާލާފައި ދިޔުމުންނެވެ.

****

ވަގުތުގެ ގޮތުން އިތުރަށް އެތަނުގައި ހުންނާކަށް ވަލީދުއަކަށް ނުކެރުނެވެ. އަވަހަށް އޭނާ އުޅޭ ކޮޓަރިއަށް ވަދެ ދޮރު ތަންޑު އެޅުވިއެވެ. މޭޒުމަތީ ހުރި ފެންޖަގުން ފެންފޮދެއް ބޯލުމަށް ފަހު ކޮޓަރީގެ އެއްފަރާތެއްގައި ހުރި އަނދަރާދު ގޮނޑީގައި އިށީނެވެ. ބޮލުގައި އޮތް ތާކިހާ ބޭލުމަށްފަހު ވަލީދު އޭނާގެ ތަލައިގައި އަތް ހާކާލިއެވެ. އޭރު މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. ވަލީދުއަށް ވިސްނާލެވުނެވެ.

މިގެއަށް އައި ފުރަތަމަ ދުވަހުން ފެށިގެން ވަލީދުއަށް މިފަދަ އެތައްކަމެއް ފާހަގަ ކުރެވިފައި ވެއެވެ. ހިޔަނި ފެނުމާ ފާޑުފާޑުގެ އަޑުތަށް އިވުމަކީ މިހާރަކަށް އައިސް އެގޭތެރޭ އާންމު ކަމެކެވެ. އެހެން މީހުނަށް އެކަންތައް ފާހަގަ ނުވިނަމަވެސް މިފަދަ ރޫހާނީ ކަންކަން ބަލާ އުޅޭ ވަލީދުއަށް މިކަންކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މީގެ ކުރިން ވަލީދު އެކަމަކަށް މާބޮޑު ފަރުވާލެއް ނުބެހެއްޓީ މީހުން އުޅޭ ގެދޮރު ތަކުގައިވެސް ޖިންނީން ދިރިއުޅުމަކީ އާންމުކަމަކަށް ވާތީއެވެ. މީހުންގެ ގެދޮރު ތަކުގައި އެމީހުން އުޅޭނަމަ ހަގީގަތުގައި އިންސާނުންނަކަށް އެކަމުގައި ބިރުވެރިކަމެއް ނެތެވެ. އެ މީހުން އުޅޭކަމެއްވެސް ގިނަފަހަރަށް އިންސީންނަކަށް ނޭނގޭނެއެވެ. ނަމަވެސް މިގޭތެރެއިން ވަލީދުއަށް އެމީހުން ފެނެއެވެ. ބައެއްފަހަރު މިގޭގައި އުޅޭ މީހުންގެ ސިފައިގަޔާ ހިޔަނިހެނެވެ. މިގޭގައި އުޅޭ މީހުންގެ ސިފައިން އެއެއްޗެހިން ފެންނާތީ ވަލީދު ހާސްވިއެވެ. މިއީ އަޅާނުލާ ދޫކޮއްލާ ވަރަށް ވުރެ މާ ބޮޑު ކަމެއްކަމަށް ވަލީދުގެ ހިތް ބުނަމުން ދިޔައެވެ. އަނެއްކާ މިގޭ މީހެއްގެ ފަރާތުން އެ ޖިންނިއަށް އުދަގުލެއް ވީހެއްޔެވެ. އޭތީގެ ނުރުހުން އެގޮތަށް ފާޅު ކުރަނީ ކަމުގައިވެސް ވެދާނެއެވެ.

ފުން ވިސްނުމެއްގައި އިން ވަލީދު ސިހުނީ މިސްކިތުގައި ނަމާދު ކުރަން ފެށި އަޑަށެވެ. ވަގުތު ޖެހުނުއިިރު މިސްކިތަށްވެސް ނުދެވުމުން ވަލީދުގެ ތަބީއަތު އިތުރަށް ގޯސްވިއެވެ. އަވަހަށް ގަމިހާ މުންޑު ބަދަލު ކޮއްލައިގެން މިސްކިތަށް ދިޔުމަށް ހިނގާގަތެވެ.

ވަލީދު މިސްކިތުން އައީ އިޝާ ނަމާދުވެސް ކޮށްގެނެވެ. ގޭގެ ދޮރާށިން ވަތް އިރު ވަލީދުއަށް ފަރާތް ފަރާތް ބަލާލެވުނެވެ. ނަމަވެސް އެއްވެސް އާދަޔާ ހިލާފުކަމެއް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ. ގޭގެ ފުޅަފު ތެރެއަށް ވަދެ ވަލީދު އަނެއްކާވެސް ވަށައިގެން ބަލާލިއެވެ. ސިޑިއާ ދިމާއަށް ހިނގާގަތުމުގެ ބަދަލުގައި ވަލީދުގެ މިސްރާބު ހުރީ ގޭގެ ބިއްދަށު ފަރާތަށެވެ. ގޭގެ ބިއްދަށުގައި އިންދާފައި ހުރި ބޮޑެތި ގަސްތަކުތެރެއަށް ވަލީދު ނަޒަރެއް ހިނގާލިއެވެ. ރޫހާނީ އެއްވެސް ކަމެއްގެ އިހްސާސެއް އޭނާއަށް ނުކުރެވުނުމުން ވަލީދު އެނބުރި އޭނާގެ ކޮޓަރިއަށް ދިޔުމަށް ހިނގާގަތެވެ. ނަމަވެސް ވަލީދުގެ ފިޔަވަޅު ހުއްޓުނީ ދާނިޝްމެން ކޮޓަރިއާ ދިމާގައި ހުރި ބޮޑު ގަސް ކައިރީ ހުރި އެއްޗެއް ފެނުމުންނެވެ.

ވަލީދު އޭނާގެ ލޮލުގެ ހިމަކޮޅުން އެގަހާ ދިމާއަށް ބަލާލިއެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ނޫންކަން ޔަގީންވިއެވެ. ގަސްދަށުގައި ހަތަރު މޮށްގަނޑު ޖަހައިގެން ހުރި މާރިދު ފެނިފައި ވަލީދު ހުރިތަނަށް ދެކަމު ނުދެވުނީ ކިރިޔާއެވެ. މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ.

ގަންފައިވާ ބިރެއްގެ ސަބަބުން ވަލީދުއަށް ކުރިއެއް އެންމެ ފިޔަވަޅެއްވެސް އަޅައެއް ނުލެވުނެވެ. އެ މަޙްލޫގު ހުރިދިމާ ބަލަން ބޭނުން ނުވިނަމަވެސް އެހެން ދިމާއަކަށް ކަޅި ގެންދަން ވަލީދުއަށް ނުކުޅެދުނެވެ. އެހެން ހުއްޓާ ވަލީދު ސިހިގެން ދިޔައީ އޭނާގެ ނަމުން މީހަކު ގޮވާލީމައެވެ. އެއަޑަށް ޔީޝާގެ ކޮޓަރިއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޒަބޫރިޝްވެސް އެދިމާއަށް އެނބުރުނެވެ.

“އަހަން ނާޒިޔާ.. ކީއް މިތާ ތިކުރަނީ؟” އެދިމާއަށް އަންނަ ނާޒިޔާ ފެނިފައި ވަލީދުއަށް އަހާލެވުނެވެ.

“އަހަރެންވެސް ހަމަ އެހެން އަހަން މިއުޅެނީ… ގޭގެ ބިއްދަށު ފަރާތުގަ މީހަކު އުޅޭހެން ހީވެގެން ބަލާލަން މިއައީ..” ނާޒިޔާ ބުނެލިއެވެ.

“މިދެން ހަމަ ބަލާލީ.. ހާދަ ގަސްބޮލޭ ދޯ ބިއްދަށު ފަރާތުގަ” ނާޒިޔާ އެދިމާއާ އަންނަން ވާއިރަށް ވަލީދު އަވަހަށް ހިނގާގަތެވެ. ނާޒިޔާއަށް އެބިރުވެރި މަހްލޫގު ފެންނާކަށް ވަލީދު ބޭނުމެއް ނުވިއެވެ. އަދި ވަލީދުއަށް އެ މަހްލޫގު ފެނުނުކަން އެއެއްޗަށް އަންގަންވެސް ބޭނުން ނުވީއެވެ.

“އާން.. ޖަނބުރޯލު ގަހާ ބަނބުކެޔޮ ގަސް ހުންނާތީ ވަރަށް ވާކޮށް އޮންނަނީ.. އެކަމު އަހަރެމެނަށް ފައިދާއެއް ކުރާ ގަހަކަށް ވާތީ ކަނޑާނުލެވިފަ އެހުރީ.. ގަންނަން ވެއްޖެއްޔާ ނުލާހިކު އަގު ބޮޑު އެއްޗެހި ވިއްޔާ އެއީ” އެތެރެއަށް ވަންނަން ދަމުން ނާޒިޔާ ބުނެލިއެވެ.

“ރަނގަޅު ވާހަކައެއް.. ނާޒިޔާ.. ބޭބެ ވާހަކައެއް ބުނަންތަ” ވަލީދު އެހެން ބުނުމުން ނާޒިޔާ ހުއްޓުނެވެ.

“ރޭގަނޑު އަދިރިވުމަށްފަހު ގޭގެ ބިއްދަށު ފަރާތަށް ނުދައްޗޭ.. އަދި ބޭބެ ބޭނުން މިގެޔަށް ފެން ކިޔަވަން..” ވަލީދު އެހެން ބުނެލީ ވަރަށް މަޑުންނެވެ.

“އަނެއްކާ ކިހިނެއްވީ.. ކަމެއް ގޯސްކޮށް އުޅެނީތަ” ނާޒިޔާ ވަރަށް ހާސްވެފައި ބުނެލިއެވެ.

“ނޫނޭ.. އެކަހަލަ ކަމެއް ނޫން.. ފެން ކިޔެވުމަކީ ހަމައެކަނި ކަމެއް ގޯސްވީމާ ކުރާ ކަމެއް ނޫނެއްނު.. މިއީ ހަމަ ބޭބެ ތިކުދިންނަށް ރަނގަޅަކަށް ކޮއްލާ ކަމެއް.. މައްސަލައެއް ނެތްދޯ” ވަލީދު ކުޑަޮށް ހީލަމުން ބުނެލިއެވެ.

“އާން އާން.. ކީއްވެ ނުކުރަންވީ.. އަހަރެމެނަށް ރަނގަލު ކަމެއްވިއްޔާ ނުކުރާނެ ކަމެއް ނެތެއްނު..” ނާޒިޔާވެސް ހީލަމުން ބުނެލިއެވެ.

“އަދި މަޑުކޮށްބަލަ…” ނާޒިޔާ ހިނގައި ގަންނަން އުޅެނިކޮށް ވަލީދު އަނެއްކާވެސް ބުނެލިއެވެ. ނާޒިޔާ މަޑުކުރުމުން ވަލީދު ގޮސް ހުއްޓުނީ ގޭތެރޭ ފާރުގައި ހަރުކޮއްފައި ހުރި ކަލަންޑަރު ކައިރީގައެވެ.

“ހިޖުރީ ގޮތުން ސޯޅަ ވިލޭރޭ.. އަހަރެން މިކަން ކުރަން ބޭނުމީ މިމަހު ސޯޅަ ވިލޭރޭ.. އެރޭ އިޝާ ނަމާދުން ފައިބައިގެން އައިސް އަހަރެން ބުނާގަޑިއަކުން ފެށިގެން އެކަކުވެސް ބޭރަށް ނުކުމެގެން ނުވާނެ.. ހަމައެކަނި ނާޒިޔާމެންނެއް ނޫން.. މިގޭގަ ކުއްޔަ އެއުޅޭ ކުދިން ކައިރީވެސް ބުނާތި އެރޭ ބޭރަށް ނުނިކުންނާށޭ.” ވަލީދު އެހެން ބުނުމުން ނާޒިޔާގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ސުވާލެއް ކުރަން ބޭނުން ނުވީ އެއީ ފަންޑިތަ ހަދާ މީހުން އަބަދުވެސް ކަންކުރާ ގޮތް ކަމުންނެވެ. އެހެން ނޫނަސް އެ ކީއްވެ ކަމެއް ވަލީދު ކިޔައި ދިނަސް ނާޒިޔާއަކަށް ވިސްނޭނީކީވެސް ނޫނެވެ.

ހަވީރުގެ ވަގުތެވެ. އަފާގެ އެތަށް އާދޭހާއެކު ޔީޝާ އޭނާއާ އެކު ބޭރަށް ދާން ތައްޔާރުވިއެވެ. ފަހަކަށް އައިސް ޔިޝާ އަބަދުވެސް ކަމަކާ ވިސްނާހެން އަފާއަށް ހީވިއެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހި ރުޅި މޫނު ހަދައިގެނެވެ. ވެގެން އުޅޭ ގޮތެއް އެހުމުންވެސް ޔީޝާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ. ކޮންމެވެސް އެހެން ވާހަކައެއް ދައްކާ މައުޟޫ އޮޅުވާލާނެއެވެ. ނަމަވެސް އަފާ ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ޔީޝާއާއެކު ހިނގާލަން ދާހިތްވާ ކަމަށް ބުނެ އަފާ ބަހަނާއެއް ދައްކާލީ ޔީޝާ ކައިރިން ހުރިހާ ކަމެއް އޮޅުން ފިލުވަން ބޭނުންވާތީއެވެ. ފަހަރެއްގައި ދެމީހުން އެކަނިވެ ތަންކޮޅެއް ރަނގަޅު މާހައުލެއްގައި ޔީޝާގެ ސިކުނޑީގައިވާ އެއްޗެއް ހިއްސާކުރަން ފަސޭހަ ވެދާނެއެވެ.

ހިތް ގައިމު އެހަވީރު ފިނީގައި ދެއެކުވެރިން މިސްރާބު ހުރީ އެރަށުގެ ބޮޑު ފެން ކުޅިއާ ދިމާއަށެވެ. ބޯގަސްތަކު ތެރޭގައި ކަނޑާފައި ހުރި ހަނި މަގުން ލާފައި ދެމީހުން ކުޅިއާ ދިމާއަށް ނުކުތެވެ. ވަށައިގެންވި ފެހި ގަސްތަކާ ގަސްތަކުގެ މެދުގައި އޮތް ސާފު ބޮޑު ފެންގަނޑުން ޔީޝާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ސިކުނޑި ތޮރުފަމުން ދިޔަހިޔާލުތަކުން އޭނާއަށް ދުރުވެވުނެވެ. ޖީބުގައި އޮތް ފޯނު ނަގާ ދެތިން ފޮޓޯވެސް ނަގާލެވުނެވެ. އެތަނުގެ ރީތި ކަމަށް ހިތާހިތުން ތައުރީފު ކުރަމުން ޔީޝާ އައިސް ވިނަގަނޑުމަތީ އިށީނެވެ. އަފާވެސް އައިސް އޭނާ ކައިރީ އިށީނެވެ.

“ޔީޝް.. ތެދު ތެދަށް އަހަރެން ކުރާ ސުވާލަކަށް ޖަވާބު ދީފާނަންތަ؟” އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ އަފާއެވެ.

“ކޮން ސުވާލެއް؟ އަހާބަލަ” ޔީޝާ ނިތް އަރުވާލަމުން ބުނެލިއެވެ.

“މިހާރަކަށް އައިސް ޔިޝް ހާދަ ކަޓާފަ ތިހުންނަނީ ކީއްވެ؟ އަނެއްކާ ދާނިޝްއާ ދެމީހުން މައްސަލަ ޖެހުނީތަ؟” އަފާ އަހާލިއެވެ. އަފާ ދައްކަން ފެށި ވާހަކައަކުން ޔީޝާ ކުޑަކޮށް ހުއްޓުން އެރިއެވެ. ހަގީގަތުގައި ޔީޝާ އަފާއަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ ހުރި ހަމައެކަނި އެކުވެރިޔަކީ ވެސް އެއީއެވެ. އަފާ އޭނާއަށް ވާ ހުރިހާ ކަމެއް ހިއްސާ ކުރާއިރު މިވަރު ބޮޑުކަމެއް ޔީޝާ އަފާއަށް ސިއްރު ކުރުމަކީ ގޯހެއްކަންވެސް އޭނާ ދަނެއެވެ. ނަމަވެސް ދާނިޝްއާ އޭނާއާ ދެމެދު ހިނގާފައިވާ ހުރިހާ ކަމެއް ކިޔައިދޭން ޖެހިލުންވަނީއެވެ. ހަގީގަތުގައި ޔީޝާއަށްވެސް ކަންކުރެވިފައި އޮތީ ރަނގަޅަކަށް ނޫންކަން ޔީޝާ ދަނެއެވެ. ދަންވަރު ގަޑީ ދާނިޝް އޭނާއާ ބައްދަލު ކުރަން އައިރޭ ޔީޝާއަށް ގޯސް ނެހެދުނު ނަމަ މިއަދު މިޖެހޭ ހުރިހާ މައްސަލަތަކެއް ނުޖެހުނީހެވެ. ދާނިޝްއަކަށް މިފަދަ ބަދަލެއްވެސް ނައީހެވެ.

“ކަމެއް ނުވޭ؟” ޔިޝާ ނޫންކަމަށް ހެދެމުން ބުނެލިއެވެ.

“ނުވާނެ.. ކޮންމެވެސް ކަމެއް ވެއްޖެ.. އަހަންނަށް ޔީޝް ހުރިހާ ވާހަކައެއް ހިއްސާއެއް ނުކުރާނަންތަ.. އަމިއްލަ ހިތުގަ ކަންކަން ބާއްވައިގެން ބޯގޮއްވިއަސް ކަމެއް ހައްލެއް ނުވާނެ..” އަފާ ބުނެލިއެވެ.

“އެހެން މީހަކު ކައިރީ މިވާހަކަ ދައްކާ ރުއިމަކުން ވާނެ ކަމެއްވެސް ނޯންނާނެ.. ދެން ކީއްކުރަން ބޭކާރު ވާހަކަ ތަކެއް ދައްކަންވީ” ޔީޝާ ކުޑަކޮށް ހީލަމުން ބުނެލިއެވެ.

“ޔީޝް.. ޔީޝްގެ ތި ހިތަށާ ސިކުނޑިއަށް ކޮންމެވެސް ލުޔެއް ލިބޭނެ ދޯ.. ޔިޝް އަހަރެން ކައިރީ މިވާހަކަ ދައްކަން ބޭނުން ނުވަންޏާ ދާނިޝް ކައިރީ ދައްކަބަލަ.. މައްސަލަ އެއް ޖެހުނީމަ ވާހަކަ ނުދައްކަ ރުޅި ހަދާލައިގެން ތިއްބަކަސް ކަމެއް ހައްލެއް ނުވާނެ” އަފާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.

“އަފާ.. މިއީ ދައްކަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނޭ. އަހަންނަށް ހީވަނީ ދެން އެންމެ ރަނގަޅު ވާނީ އަހަރެން ރަށަށް ދިޔައްޔާހެން. މިހާރު ކިޔެވުންވެސް މިއަހަރަށް ނިމުނީނުން.. ” ޔީޝާ ކޮޅަށް ތެދުވެ ޖިންސުގައި ހުރި ކުނިތަށް ފޮޅާލިއެވެ.

“ދެން ދާނިޝް އޯ” އަފާ އަހާލިއެވެ.

“އަހަރެން ބޭނުންވަނީ ބުރޭކަޕް ވާން.. އައި ނީޑް އަ ބުރޭކް” ޔިޝާ އެހެން ބުނީރު އޭނާގެ ދެލޯ ފެންކަޅިވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

loabi viyas
Previous

ލޯބި ވިޔަސް… 5 ވަނަ ބައި

Next

ހިތުގެ ޝަކުވާ… އިއުލާން

Next
April 23, 2021

ހިތުގެ ޝަކުވާ… އިއުލާން

Previews
April 23, 2021

ލޯބި ވިޔަސް… 5 ވަނަ ބައި

loabi viyas

2 Comments!

  1. Rainberry says:
    April 23, 2021 at 9:22 pm

    Oh no. Don’t break them up plss. Love this story ❤️❤️❤️❤️

  2. Shaila says:
    April 24, 2021 at 7:15 am

    Reethii….. 🙂 aneh part ah inthizaaru kuran

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (24)←


All Right Reserved!