Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 7

amyra Level 110 Stories
April 22, 2021 3 Mins Read
0 Comments

ދިހައެއް ޖެހި އިރުވެސް ތިން މީހުން ތިބީ އެކި ވާހަކަ ދައްކާށެވެ. ތިންމީހުންނަށް ވެސް ހުއްޓުން އެރީ ގެސްޓް ރޫމް އިން ނުކުމެގެން އައިސް އައިސް ހުރި ޖައިލަމް އާއި ލިއުޝާ ފެނުމުންނެވެ. ޖައިލަމް ހުރީ ލިއުޝާގެ އުނަގަނޑުގައި އަތް އަޅުވާލައިގެންނެވެ. ފައިހާގެ ލޮލުން ކަރުނަ ހިލުނެވެ. އަޒާން އަށާއި މާޝާ އަށް ބޭ އިޚްތިޔާރުގައި އެދިމާލައް ހިނގައި ގަނެވުނެވެ. ޖައިލަމް އަށާއި ލިއުޝާއަށް ތެޅި ގަނެފައި ދުރުވެވުނެވެ. ޖައިލަމް ހުރީ ހަތަރު އުދަރެސް ފެނެޖެހިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓައި ފައިހާ އައިސް ޖައިލަމްގެ ކޯތާފަތް މައްޗައް ހޫނު އެދިފަހަރެއް އަރުވާލިއެވެ. އެންމެން ތިބީ ހުއްޓުން އަރާފައެވެ. ވަމުން މިދަނީ ކީއްކަން ނޭނގިފައެވެ.

********************

“އައްސަލާމް ޢަލައިކުމް” އެންމެންނަށް ސިހި ބަލާލެވުނީ ގޭ ދޮރާފިމާލަށެވެ. “ވައަލައިކުމް ސަލާމް” މާޝާ ސަލާމް ބަލައިގަތެވެ. ‘މިގޭގައި ކުއްޔައް ކޮޓަރި ދޫކުރާ ވާހަކަ އަޑު އިވިފަ އޮތީމަ” އެ ފިރިހެންމީހާ ވާހަކަ ދެއްކިއެވެ. ކަޅު ޓީޝާޓަކާއި ކަޅު ސޯޓު ކޮޅުގައި ހުރި އިރު އެ ޒުވާނާ ވަރަށް ރީއްޗެވެ. އިސްތަށިގަނޑު ރީތި ގޮތަކައް އެއްފަރައި ކޮއްލާފައި އޮތްއިރު ވަރަށްވެސް ޗާލެވެ. އެ ފިރިހެން ވަންތަ އަޑު ޖެހުމުން މާޝާ އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އެ ޒުވާނާ ކަރު ކެހިލި އަޑަށް މާޝާ ސިހުނެވެ.

“ވަދެ އިޒީނދޭ އަހަރެން އަންނާނަން މަންމަ އަށް ގޮވާލާފަ” އެ ޒުވާނާ ވަންނަން ތަން ދައްކަމުން މާޝާ ވާހަކަ ދެއްކިއެވެ. މާޝާ އެތެރެއަށް ދިޔަ ވަގުތު ޖައިލަމް ދަބަސް ކޮނޑު އަޅުވާލައިގެން ނުކުމެގެން ދިޔައެވެ. ފަހަތުން ލިއުޝާވެސް ނިކުތެވެ. އަޒާން ދުވެފައި ނުކުމެ ލިއުޝާގެ އަތުގައި ހިފިއެވެ. ” މީގެ ފަހުން އަހަރެން ފެންނަ ހިސާބަށް ވެސް ނާންނާތި ތިހުރީ ވަރިކޮށްފަ” އަޒާން ވާހަކަ ދެއްކީ ސީދާ ލިއުޝާގެ މޫނައް ބަލަން ހުރެއެވެ. ލިއުޝާ އަނގައިން ވެސް ނުބުނެ ޖައިލަމްގެ އަތުގައި ހިފައިގެން ނުކުމެގެން ދިޔައެވެ.

“އަނހަ ތިއީ ދޯ މިޝަލް އަކީ” ހަސީނާއައް މިޝަލް ފެނުމުން އަހާލެވުނެވެ. “ލައްބަ” މިޝަލްގެ ޖަވާބު ވަރަށް ކުރެވެ. “ދަރިފުޅާ އަވަސް ކޮއްލަބަލަ” ހަސީނާ ގޮވާލި އަޑު އިވުމުން މާޝާ ނިމުނީކަމަށް ބުނެ ބަދިގެ ފަރާތައް ވަނެވެ. އެއަށް ވުރެ އަވަހަށް ބަދިގެ އިން ނުކުތެވެ. “ރޫމް އެހުރީ ރެޑީގަ” މާޝާ ވާހަކަ ދެއްކީ މިޝަލްގެ އަތައް ތަޅުދަނޑި ދިއްކޮށްލަމުންނެވެ. މިޝަލް ހިނިތުންވެލާފައި ތެދުވެ ހިނގައިގަތެވެ. “ދަރިފުޅާ މިޝަލް މާޝާގެ ނަންބަރު ހޯދައިގެން ދޭ ވިނަ ވަގުތު އަހަރެން ގޭގަ ނޫޅޭނެ.” ހަސީނާ ވާހަކަ ދެއްކީ ގޯތިތެރެ ފޮޅަން ހުރެއެވެ.

“މި އަހަރެންގެ ނަންބަރު” މާޝާ ފޯނުގައި ނަންބަރު ޖަހާލައިފާ މިޝަލް އަށް ދައްކާލިއެވެ. މިޝަލް ވަގުތުން ނަންބަރު ސޭވް ކޮއްލާފައި މާޝާގެ ނަންބަރަށް ޑަޔަލް ކޮއްލިއެވެ. މިޝަލް ވާހަކަ ދައްކަން ފެށީ މާޝާގެ ފޯނަށް އިޝާރާތް ކޮއްލަމުންނެވެ. “ތިއީ އަޅުގަނޑުގެ ނަންބަރު” އެހެން ބުނެފައި މިޝަލް އެނބުރި ކޮޓަރިއަށް ދާން ހިނގައިގަތެވެ. މާޝާ ދުވެފައިގޮސް ހަސީނާގެ ގައިގާ އޮޅުލައިގަތެވެ. ކީއްވެ ކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. މާޝާ ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ވިސްނެމުން ދިޔައީ މިޝަލް އާއި ދޭތެރޭ އެވެ. އެ ފިރިހެންވަންތަ ހަށިގަނޑެވެ. އެރީތި ހިނިތުންވުމެވެ. “އަހަރެންނަށް މިވަނީ އަނެއްކާ ކިއްބާ” މޭމަތީ އަތް އަޅާލަމުން މާޝާއަށް ބުނެވުނެވެ. މުޅި ރޭ ހޭދަވެގެން ދިޔައީ މާޝާ މިޝަލް ގެ ފިކުރު ތަކުގައި އޮއްވައެވެ. ފައިހާ މަތިން ވެސް އޭނަ ހަނދާނެއް ނެތެވެ. އަޒާން މެން ދިޔަ ކަމެއް ނުދާ ކަމެއް ވެސް މާޝާއަށް ނޭނގެއެވެ. މިޝަލް ފެނުމުން މާޝާ އަށް މިވީ ދުވަހަކު ވެސް ފިރިހެންކުއްޖަކު ފެނިގެން ވީ ކަމެއް ނޫނެވެ.

ފަތިސް ނަމާދު ގެ ބަންގީގެ އަޑަށް މިޝަލް އަށް ހޭލެވުނެވެ. ތެދުވެގެން ފެންވަރާލައިގެން ނުކުތީ މިސްކިތައް ދިއުމަށެވެ. މާޝާއަށް ހޭލެވުނީ ހަސީނާ އައިސް ގަޑި ޖެހެނީއޙ ކިޔާ ހަޅޭ ލަވަން ހުއްޓައެވެ. އެނދުން ފުންމައިގެން ތެދުވެ ފާހާނާ އަށް ވަދެ ފެންވަރާލައިގެން ނުކުމެ ރީތިވެލައިގެން ނިކުތީ ސައިބޮއެގެން ކޮލެޖައް ދާނެހާ ވަގުތު އަދި އޮތުމުންނެވެ. “ދަރިފުޅު ނަމާދު ކުރިންތަ” ހަސީނާ ސައިތަށްޓެއް އަޅަން ހުރެފައި މާޝާ ގާތު އަހާލިއެވެ. “މަންމާ އަޅުގަނޑު މިހުރީ ނަމާދު ކުރެވޭ ހަލާކު ނޫން” އައިސްއަލަމާރިން ފެންފުޅުއެނަގަމުން މާޝާ ބުނެލިއެވެ. ހަސީނާ ހޫމް އަޅުވާލި އަޑު އިވުނެވެ. ފެންފުޅި ހިފައިގެން އެނބުރުނު ގަޑީ މާޝާ ލައިގަތީ ޓީޝާޓް ނުލައި ހުރި މިޝަލް ގެ މޭމަތީގައެވެ. މިޝަލް ޖަހާފަ ހުރި ފޮގް ސެންޓޭގެ ވަހުން މާޝާ މަސްތު ކުރުވި ކަހަލައެވެ. މާޝާ އަށް މިޝަލް ގޮވާލުމުން އަވަހަށް ގޮސް ސައިބޯން އިށީނީމެވެ. އޭރުވެސް މާޝާގެ މޫނު ވަނީ ރަތް ވެފައެވެ.

މިޝަލް ޑިއުޓީ ނިންމާފަ އައިސް ސައިބޯނަންކަމައްބުނެ ގެއިން ނުކުމެގެން ދާންދެން ވެސް މާޝާ އިނީ ކަޅި ޖަހާނުލައި މިޝަލް އަށް ބަލާށެވެ. “ެ އޭ! ތި އެހެންޔާވެސް ފިރިހެން ކުދިންނަށް ބަލާ މީހެއް ނޫން މިޝަލް އާއި ގަޔާވީތަ” ހަސީނާ މާޝާ ރުޅި އަރުވާލުމުގެ ގޮތުން އެހެން ބުނެލިއެވެ. “މަށެއް ނޫޅެން” ދަބަސް ކޮޑުއަޅުވައިގެން ނުކުންނަމުން މާޝާ ބުނެލިއެވެ. މާޝާ ފުން އަނބުރާލިތަން ފެނި ހަސީނާ ގާތައް ހިނިއައެވެ.

15 މިނެޓު ހިނގުމަށް ފަހު ކޮލެޖްއަށް ދެވުނެވެ. މާޝާ އަވަހައް ގޮސް ފައިހާ ފެނޭތޯ ބެލިއެވެ. ނަމަވެސް ފައިހާ މިއަދު ކޮލެޖަކަށް ނާދެއެވެ. އަޒާން ގާތު ރޭގަ ފައިހާ ފަހުން ދެކުނިންތޯ ސުވާލުކުރީމެވެ. “ހޫމް. އޭނަ ވަރަށް ހުން ގަދަ ރޭގަ. އަހަރެން ބުނީ މިއަދު ގޭގަ ރެސްޓު ކުރާށޭ. ވަރަށް ރޯންވެސް ރުއި އަހަރެން ގައިގަ ބައްދައިގެން ހުރެ. ” އަޒާން ވާހަކަ ދެއްކީ ދުރުބަލަން ހުރެއެވެ. މާޝާ ދެރަވެފައިހުރެ ގޮޑީގައި އިށީނީމެވެ. ކުލާހައް ވަދެގެން އައި ލެކްޗަރާ ފެނި މާޝާ ހައިރާންވިއެވެ. އަތް ފައި ފިނި ވާ ގޮތް ވިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

amyra

Level 110 Stories

Other Articles

Previous

ހިތުގެ ޝަކުވާ… ހަތްވަނަ ބައި

Next

ތިޔަ ލޯތްބަށް އެދެމޭ – 22

Next
April 22, 2021

ތިޔަ ލޯތްބަށް އެދެމޭ – 22

Previews
April 22, 2021

ހިތުގެ ޝަކުވާ… ހަތްވަނަ ބައި



All Right Reserved!