Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 8

amyra Level 110 Stories
April 25, 2021 3 Mins Read
0 Comments

15 ހިނގުމަށް ފަހު ކޮލެޖްއަށް ދެވުނެވެ. މާޝާ އަވަހައް ގޮސް ފައިހާ ފެނޭތޯ ބެލިއެވެ. ނަމަވެސް ފައިހާ މިއަދު ކޮލެޖަކަށް ނާދެއެވެ. އަޒާން ގާތު ރޭގަ ފައިހާ ފަހުން ދެކުނިންތޯ ސުވާލުކުރީމެވެ. “ހޫމް. އޭނަ ވަރަށް ހުން ގަދަ ރޭގަ. އަހަރެން ބުނީ މިއަދު ގޭގަ ރެސްޓު ކުރާށޭ. ވަރަށް ރޯންވެސް ރުއި އަހަރެން ގައިގަ ބައްދައިގެން ހުރެ. ” އަޒާން ވާހަކަ ދެއްކީ ދުރުބަލަން ހުރެއެވެ. މާޝާ ދެރަވެފައިހުރެ ގޮޑީގައި އިށީނީމެވެ. ކުލާހައް ވަދެގެން އައި ލެކްޗަރާ ފެނި މާޝާ ހައިރާންވިއެވެ. އަތް ފައި ފިނި ވާ ގޮތް ވިއެވެ.

*******************************

ފައިހާ އަށް ނިދިން ހޭލެވުނީ ދާހިއްލާ ފޯވުމުންނެވެ. އޭރުވެސް ބިމުގެ އަސަދު ހުއްޓެވެ. ފޯނު ނަގައި ގަޑި ބަލާލި އިރު ގަޑިން ދިހައެއް ޖަހަނީއެވެ. އަވަސް ވީ ގޮތަކައް މާޝާއަށް މެސެޖެއް ކޮއްލިއެވެ. “މާޝް އަހަރެންވެ ގައިގަ ވަރެއް ނެތް ހީވަނީ ދެންމެ ދެންމެ އަހަރެން ނިދުނިޔެ ދޫކޮއް ދާން ޖެހިދާނެހެން.” ފައިހާ މެސެޖް ފޮނުވާލި ވަގުތު ލޮލުން ތާޒާ ކަރުނަ ފާއްދާލިއެވެ.

ފެންނަމުން މިދަނީ ހަމަ ހަގީގަތައް ބާއޭ މާޝާގެ ގޮތައް އެރިއެވެ. ކުރިމަތީގައި ހުރި މިޝަލް ފެނި އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިޝަލް އަކީ ކޮލެޖް ލެކްޗަރަރ ކަން އެނގުނީ އަދި ކިރިޔާއެވެ. މާޝާ ސިހި ފޯނައް އައި މެސެޖް ކިޔާލިއެވެ. އިހްތިޔާރަކާ ނުލާ މާޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ކުރެވޭނެ މާ ބޮޑު ކަމެއްވެސް ނެތެވެ. އެތައް އިރަކު ވިސްނާލުމަށްފަހު ފޯނުނަގައި މިޝަލް ގެ ނަންބަރަށް މެސެޖެއް ކޮއްލިއެވެ. ” ސާރ! އަޅުގަނޑު ބޭނުން މިއަދު ގެއަށް ގޮސް ކަން ވަރަށް ބޮޑު ކަމެއް ދިމާވެގެން.” މިޝަލް ފިލާވަޅު ހަވާލު ކޮއްފައި ގޮސް ލެކްޗަރަރ އަށް ހާއްސަ މޭޒު ދޮށުގައި އިށީނެވެ. އެވަގުތު ފޯނަށް އައި މެސެޖް ކިޔާލާ ފައި މާޝާ އާއި ދިމާއަށް ބަލާލިއެވެ. ކަރުނުން ފުރިފައިވާ މާޝާގެ ދެލޯ ފެނި މިޝަލް ގެ ހިތައް ތަދުވިއެވެ. ޖަވާބެއްގެ ގޮތުން މިގަޑި ނިމުމުން މިއަދު އިތުރު ގަޑިއެއް ނޯންނާނެ ކަމުގައި ބުންޔެވެ.

ފައިހާ ތެދުވެގެން ގޮސް ފާހާނަ އަށް ވަނީ ހުމުގެ އަސަރު އަދިވެސް ކުޑަ ނުވާތީއެވެ. ފާހާނަ އަށް ވަދެ ފެންވަރާލައިގެން ނުކުމެ ހުއްޓާ މީހަކު އައިސް ދޮރުގައި ޓަކި ދިނެވެ. އިސްތަށިގަނޑު ގައި އަތް ފުނާ އަޅާލަމުން ގޮސް ފައިހާ ދޮރު ހުޅުވާލިއެވެ. ދޮރު މަތީގައި ހުރި އަޒާން ފެނި ފައިހާ ހައިރާން ވިއެވެ. “މިގަޑީ ކީއްކުރާނީ މިތާ. އަހަރެން ހީކުރީ މާ…” ފައިހާގެ ވާހަކަ މެދުކެނޑުނީ އަޒާން ފައިހާގެ ގައިގާ ބައްދާލުމުންނެވެ. “އަހަރެން ހުރީ ވަރަށް ހާސްވެފަ. ފައިއަށް ކަމެއް ވެދާނެތިން. ހިނގާ ޢޮކް އަށް ދައްކަން ދާން” އަޒާން ގެ ބަޔާއި ފައިހާ ދުރުކޮއްލަމުން އަޒާން ވާހަކަ ދެއްކިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ފައިހާ ބޯ ޖަހާލިއެވެ. ރީތިވެލައިގެން މި އަންނަނީ ކަމުގައި ބުނެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

ކުރެވުނު މޮޔަ ކަމަކުން އަމިއްލަ ބޮލުގައި ފައިހާ އަށް އަތުން ޖަހާލެވުނެވެ. ބުރުގާ ނާޅާ ނުކުމެވުނީތީ ކުޑަކުއްޖެއްހެން ބޮޑާ ބަލަމުން ރީތި ވެގެން ނުކުތެވެ. އަޒާން އަށް ފައިހާ ފެނުމުން ސޯފާެއިން ތެދުވެގެން ގޮސް ފައިހާގެ އަތުގައި ހިފާ ލެވުނެވެ. ފެހިކުލައިގެ ހެނދުމުގައި ފައިހާ ވަރަށް ރީއްޗެވެ. ރަތް ކުލައިގެ އެ ހިމަ ތުން ފަތް ފައިހާއާއި ވަރަށް ގުޅެއެވެ. އަޒާން ފައިހާގެ ކަންފަތް ދޮށުގައި “ކަލާ ހާދަ ޗާލޭ” ބުންޔެވެ. ރަކި ހިނިތުން ވުމެއް އެ ތުންފަތުގައި ހުރި އިރު ހުރީ އިސް ޖަހާލައިގެންނެވެ. އަޒާން ގެ ފަހަތުން މަޑު ހިނގުމެއްގައި ގޮސް އަޒާންގެ ސައިކަލު ފަހަތައް އެރިއެވެ.

ގަޑި ނިމުމާއި އެކު ދަބަހަށް ފޮތް ތައް އަޅައިގެން މާޝާ ނުކުންނަން ހިނގައިގަތެވެ. އެމަންޒަރު ބަލަން ހުރި މިޝަލް މާޝާއަށް ގުޅާލިއެވެ. ” މާ އަވަސް އަރުވާފަ ކޮންތާކަށް” މިޝަލް ވާހަކަ ދެއްކީ މަޑުންނެވެ. ” ފައިހާ ހުން އައިސްގެން މޮޔަ ވަނީ އަހަރެން ބޭނުން ފައިހާ ސަލާމަތުން ހުންނަން” ރޮވިފައިވާ އަޑަކުން މާޝާ ވާހަކަ ދެއްކިއެވެ. “މަޑުކުރޭ އަހަރެންވެސް މާޝާ އެކީ ދާނަން” ފޯނު ޖީބައް ލަމުން ގޮސް މާޝާ އާއި އަރާ ހަމަކުރިއެވެ. މާޝާގެ ލޮލުން އޭރުވެސް ތާޒާ ކަރުނަ ފައިބަ ފައިބާ ހުއްޓެވެ. މިޝަލް މާޝާގެ އަތުގައި ހިފައިގެން ގޮސް ކޮލެޖްގެ ލައިބްރަރީއަށް ވަނެވެ. އޭރު ލައިބްރަރީގައި އެކަކުވެސް ނެތެވެ. މިޝަލް މާޝާ ގެނެސް މިޝަލް ގެ ތަނަވަސް މެޔާ ލައި ބޮނޑި ކޮއްލިއެވެ. މާޝާ މިޝަލް ގެ މޭ ތެރޭގައި އިހުނައް ވުރެ ބޮޑަށް މޫނު ފޮރުވާލާ ހިތް ފުރޭ ވަރަށް ރޯލިއެވެ.

އަޒާން އެމެޖެންސީ ރޫމުގެ ދެކޮޅައް ހިނގާލަ ހިނގާލައި ހުރި އިރު އެމޫނުމަތިން ފެންނަމުން ދިޔައީ ހާސް ކަމެވެ. ހޮސްޕިޓަލައް ވަދެ ވަދެ ހުއްޓާ ފައިހާ އަނބުރައި ގަނެގެން ވެއްޓުމުން އަޒާންގެ އަތްދަނޑި މައްޗައްލައިގެން ވަދެގެން ދިޔައީ އެވެ. އެމަޖެންސީ ރޫމުން ނުކުމެގެން އައީ ޑޮކްޓަރު ފެނުމުން އަޒާން ގޮސް ޑޮކްޓަރާއި ސުވާލުކުރިއެވެ. “ފައިހާ ކިހިނެއް” އަޒާން ޖެހިތާ ބުދެއްހެން ހުރީ ޑޮކްޓަރު ބުނި އެއްޗެއް ގަބޫލު ނުކުރެވުމުންނެވެ.

މާޝާ ފޯނަށް މެސެޖެއް އައުމުން އަވަހަށް މިޝަލް ގެ އަތުތެރެއިން ނުކުމެގެން މެސެޖް ކިޔާލިއެވެ. މާޝާ ހުއްޓުން އަރާފައި ހުރުމުން މާޝާގެ އަތުން ފޯނުނަގައި މިޝަލް އެ މެސެޖް ކިޔާލިއެވެ. އަޒާން ވެސް ހުރީ ގުޑާލަން ނޭނގިފައެވެ. މާޝާ ހުރިތަނަށް ތިރިވިއެވެ. މާޝާއަށް ކުރިއަށް ވުރެ ބާރަށް ރޮވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

amyra

Level 110 Stories

Other Articles

Previous

ނޭދެން ވަކިވާކަށް 1

Next

އަންނަންދެން ހުންނާނަން ލޯބިން 34

Next
April 25, 2021

އަންނަންދެން ހުންނާނަން ލޯބިން 34

Previews
April 24, 2021

ނޭދެން ވަކިވާކަށް 1



All Right Reserved!