Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ދެވަނަ ބައި)

Flame Gurl Level 210 Stories
April 23, 2021 4 Mins Read
4 Comments

11 އަހަރު ފަސް…

“މަންޖެ ބޭނުން ނުވިއަސް ޖެހޭނެ މިކައިވެނިކުރަން. އެއްގޮތަކީ ކައިވެނިކުރުން އަދި އަނެއް ގޮތަކީވެސް ކައިވެނިކުރުން.” ޒާހިޔާ ޒަޖާ އާއި ދިމާއަށް އިނގިލި ދިގުކޮށްލުމަށްފަހު ބުންޏެވެ.

“އެކަމަކު މަންމާ…” “މަންމާއެކޭ ؛ކިޔާނެކަމެއް ނެތް މިކައިވެނި ކުރެވޭނެ ގަދަކަމުންވެސް. އެއީ ހަމައެކަނި އޮތް ގޮތަކީ. މިރޭ އަށެއް ޖަހާއިރު ތައްޔާރުވެގެން ހުންނާތި އެގެއަށް ދާން!” ޒަޖާ ވާހަކަ ދައްކަ ދައްކަ ހުއްޓާ ޒާހިޔާ މިހެން ބުނުމަށްފަހު ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ.

ޒަޖާ ތުންފިއްތައިލަމުން ބިމުގައި ފައިން ތަޅައިލުމަށްފަހު ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. ކޮޓަރިއަށްވަދެ ދޮރުޖަހައި އެނދު މައްޗަށް އޭނާ ވެއްޓިގަތީ ރޮއެ ގަންނަމުންނެވެ.

°°°
“ބައްޕާ! އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް.” ޖީޒާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“ޖީޒާން! ދަރިފުޅަށްވެސް އިނގޭނެ ބައްޕަމެން މިހުރިހާ ކަމެއް ކުރަނީމި ހަމަ ދަރިފުޅަށް ރަނގަޅަކަށްކަން. މިހާރު ދަރިފުޅަށް ފަންސަވީސް އަހަރުވެއްޖެ. މީހަކާއި އިންނާށޭ ކިޔަކިޔަ މީހަކާ ނީނީމަ ކުރިންވެސް ބުނެފަ އޮންނާނީ ބައްޕަމެންނޭ ދެން ދަރިފުޅަށް ކުއްޖަކު ހޯދާނީ. އެހެންވީމާ މިރޭ އަންނާނެ އެކުއްޖާ އާ އެކުއްޖާގެ މަންމައާ. ތައްޔާރުވެގެން ހުންނާތި!” ސުލައިމާން މިހެން ބުނުމަށްފަހު ޖުމްނާގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ނިކުތެވެ.

“ދޮންބޭ….” ޖީޒާންގެ ޙަރަކާތްތަކަށް ބަލަންހުރި އޭނާގެ ކޮއްކޮ ޖަޝަމްއަށް އެއްޗެކޭ ބުނެވުމުގެކުރިން ޖީޒާން ދެއަތް މުއްކަވައިލުމަށްފަހު ސިޑިން މައްޗަށްއަރައި އޭނާގެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

°°°

ޒަޖާ ލޯގަނޑު ކުރިމަތީގައި ހުރެގެން ތައްޔާރުވަމުން ދިޔައީ އޭނާ ކައިވެނިކުރާ ކުއްޖާގެ ގެއަށް ދިއުމަށެވެ. އޭނާ ހެދުމާއި ހަރުވާޅަކާއި ލައި އެންމެ ފަހުކަމަކަށް ކަކުލަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް އަރާ ދިގު ރާޅުބާނީ މަޑު މުށި އިސްތަށިގަނޑު ހުޅިއަކަށް ޖަހައިލިއެވެ. އޭނާއަކީ ހިމަތޮޅި ދޮން ރީތި އަންހެން ކުއްޖެކެވެ. މީހެއްގެ ހިތް ހުއްޓުވާފަދަ ދިގު އެސްފިޔަތަކެއްގެ ދަށުގައިވާ ބޮޑު މަޑު މުށިކުލައިގެ ދެލޮލާއި އޭނާގެ ރަތްކުލަ އަރާ އެތުންފަތުން ހިނިތުންވެލާއިރު ދެކޮލަށް އަރާ އަޑިކޮޅެކެވެ. ޒަޖާ ތައްޔާރުވވެގެން ކޮޓަރިން ބޭރަށް ނިކުތްއިރު ޒާހިޔާ ރީތިވެގެން ސޯފާގައި އިށީނދެއިނެވެ. ޒާހިޔާހުރި ގޮތް ފެނިފައި ޒަޖާއަށް ހިނިގަނޑު މަތަކުރެވުނީ ކިރިޔާއެވެ. ޒާހިޔާ ލައިގެންހުރީ ގަޔަށް ބާރު ގަދަ ނޫކުލައިގެ އަތްދިގު ޓޮޕަކާއި އައިސް ބްލޫ ޖީންސްއެކެވެ. ކިރިޔާ މޭމަތި ފޮރުވޭވަރަށް އަރައިފައިއޮތް ގަދަ ނޫކުލައިގެ ޝޯލްއާއި މޫނު މަތީގައި ކޮށްފަހިހުރި ގަދަ މޭކަޕުން އޭނާގެ އަސްލު ސިފަވަނީ ގެއްލިފައެވެ. ޒަޖާ ނިކުތަތަން ފެނުމާއިއެކު ޒާހިޔާ ގެއިން ނިކުންނަން ހިނގައިގަތެވެ. ޒާހިޔާގެ ފަހަތުން ޒަޖާވެސް ދިޔައެވެ. ދިހަ މިނެޓު ތެރޭގައި އެދާން އުޅޭ ގެއާއި ހިސާބަށް ދެވުނެވެ. ޒާހިޔާ ލަސްނުކޮށް ޒަޖާ ގޮވައިގެން އެތެރެއަށްވަނެވެ. އެއިރު ސުލައިމާން އާއި ޖުމްނާ އާއި ޖީޒާންގެ އިތުރުން ޖަޝަމްވެސް ސޯފާގައި އިށީނދެ ތިއްބެވެ. ޒާހިޔާ އާއި ޒަޖާ ވަތްތަން ފެނުމާއިއެކު އެމީހުން އިށީނދެ ތިބި ސޯފާގެ ކުރިމަތީގައިހުރި ސޯފާގައި އިށީނުމަށް ޖުމްނާ ޢިޝާރާތްކުރިއެވެ.

“ޒާހީ! ޙާލު ކިހިނެއްތަ؟” ޖުމްނާ އެންމެ ފުރަތަމަވެސް ޙާލު އަހައިލިއެވެ.

“މަގޭ ޙާލު ރަނގަޅު. ޖުމްގެ ޙާލު ކިހިނެތް؟” ޒާހިޔާ ޖުމްނާ އާއި ވާހަކަދެއްކި ގޮތުން ހީވީ އެއީ ކުރިންވެސް ފެނިފައިވާ މީހެއް ހެންނެވެ.

“މަގޭ ޙާލުވެސް ހަމަ ރަނގަޅު. މިއީދޯ ޒާހީގެ ދަރިފުޅު؟” އިސްޖަހައިގެންއިން ޒަޖާއަށް ޢިޝާރާތްކޮށްލަމުން އެއްސެވެ.

“އާނ މިއީ!” ޒާހިޔާ ޒަޖާގެ އަތުގައި މަޑު މަޑުން ހިފައިލަމުން ބުންޏެވެ.

“ޖީޒާން! މިއީ ޒަޖާ. ޒަޖާ! މިއީ ޖީޒާން.” ސުލައިމާން ދެން ބުނި އެއްޗަކުން އިސްޖަހައިގެން ތިބި ޒަޖާ އާއި ޖީޒާންއަށް އެއްފަހަރާ ކަހަލަ ގޮތަކަށް އިސްހިއްލައިލިއިރު ދެމޫނުންވެސް ފެންނަމުން ދިޔައީ ސިހުމުގެ ކުލަވަރެވެ. ދެވަނަ ސިކުންތުގައި ދެމީހުން އަނެއްކާވެސް އިސްޖަހައިލީއެވެ.

“އާދޭ ދެމައިން ކާން!” ސުލައިމާން މިހެން ބުނަމުން ކާގެށްވަނެވެ.

ހުރިހާ އެންމެން ކާގެއަށް ވަދެފައި ގޮނޑީގައި އިށީނެވެ. ޒަޖާ އާއި ޖީޒާން ފިޔަވައި އެހެން ހުރިހާ އެންމެން ވާހަކަ ދައްކަމުން ކަމުން ގެންދިޔައެވެ. ހުރިހާ އެންމެން ކައިނިމުމާއިއެކު ސޮޓިން ރޫމަށް ދިޔައެވެ.

“ދަރިފުޅާ ޖީޒާން ދާންވީނު ޒަޖާ އާއި ވާހަކަ ދައްކަން ބެލްކަނީއަށް؟” ސުލައިމާން ބުންޏެވެ.

ޖީޒާން ބޯޖަހައިލުމަށްފަހު ޒަޖާއަށް ބަލައިވެސްނުލައި އަންނާށޭ ބުނެ ސިޑިންއަރައި ބެލްކަންޏަށްވަނެވެ. ޒަޖާ ވެސް ޖީޒާން ފަހަތުން ދިޔައެވެ. ޖީޒާން ބެލްކަންޏަށް ވަދެ ރެއިލިންގްގައި ދެއަތުން ހިފަހައްޓައިލިއެވެ. ޒަޖާވެސް ޖީޒާން އާއި ތިންވަރަކަށް ފޫޓު ދުރުގައިހުރެ ރެއިލިންގައި އަތް އަޅުވައިލިެވެ. ޒަޖާ ޖީޒާންއަށް ބަލައިލިއެވެ. ދޮން ކަށްރަދީ ހަށިގަނޑެކެވެ. ގަދަ މުށިކުލައިގެ ފަންފަން އިސްތަށިކޮޅާއި ބޯ ދެބުމައިގެ ދަށުގައިވާ ތޫނު ނުރައްކާތެރިކަން އެކުލެވިފައިވާ ކަޅުކަންގަދަ ތޫނު ދެލޮލެވެ. ދެބުމަގޮއް ޖަހައިލައިގެން މާލޭގެ ހަލަބޮލި މާހައުލަށް ބަލަހައްޓައިގެންހުރި ނުރައްކާތެރި ބެލުމުން ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުވެފައިވާހެން ހީވެއެވެ.

11 އަހަރު ފަސް…

“މަންޖެ ބޭނުން ނުވިއަސް ޖެހޭނެ މިކައިވެނިކުރަން. އެއްގޮތަކީ ކައިވެނިކުރުން އަދި އަނެއް ގޮތަކީވެސް ކައިވެނިކުރުން.” ޒާހިޔާ ޒަޖާ އާއި ދިމާއަށް އިނގިލި ދިގުކޮށްލުމަށްފަހު ބުންޏެވެ.

“އެކަމަކު މަންމާ…” “މަންމާއެކޭ ކިޔާނެކަމެއް ނެތް މިކައިވެނި ކުރެވޭނެ ގަދަކަމުންވެސް. އެއީ ހަމައެކަނި އޮތް ގޮތަކީ. މިރޭ އަށެއް ޖަހާއިރު ތައްޔާރުވެގެން ހުންނާތި އެގެއަށް ދާން!” ޒަޖާ ވާހަކަ ދައްކަ ދައްކަ ހުއްޓާ ޒާހިޔާ މިހެން ބުނުމަށްފަހު ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ.

ޒަޖާ ތުންފިއްތައިލަމުން ބިމުގައި ފައިން ތަޅައިލުމަށްފަހު ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. ކޮޓަރިއަށްވަދެ ދޮރުޖަހައި އެނދު މައްޗަށް އޭނާ ވެއްޓިގަތީ ރޮއެ ގަންނަމުންނެވެ.

°°°
“ބައްޕާ! އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް.” ޖީޒާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“ޖީޒާން! ދަރިފުޅަށްވެސް އިނގޭނެ ބައްޕަމެން މިހުރިހާ ކަމެއް ކުރަނީމި ހަމަ ދަރިފުޅަށް ރަނގަޅަކަށްކަން. މިހާރު ދަރިފުޅަށް ފަންސަވީސް އަހަރުވެއްޖެ. މީހަކާއި އިންނާށޭ ކިޔަކިޔަ މީހަކާ ނީނީމަ ކުރިންވެސް ބުނެފަ އޮންނާނީ ބައްޕަމެންނޭ ދެން ދަރިފުޅަށް ކުއްޖަކު ހޯދާނީ. އެހެންވީމާ މިރޭ އަންނާނެ އެކުއްޖާ އާ އެކުއްޖާގެ މަންމައާ. ތައްޔާރުވެގެން ހުންނާތި!” ސުލައިމާން މިހެން ބުނުމަށްފަހު ޖުމްނާގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ނިކުތެވެ.

“ދޮންބޭ….” ޖީޒާންގެ ޙަރަކާތްތަކަށް ބަލަންހުރި އޭނާގެ ކޮއްކޮ ޖަޝަމްއަށް އެއްޗެކޭ ބުނެވުމުގެކުރިން ޖީޒާން ދެއަތް މުއްކަވައިލުމަށްފަހު ސިޑިން މައްޗަށްއަރައި އޭނާގެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

°°°

ޒަޖާ ލޯގަނޑު ކުރިމަތީގައި ހުރެގެން ތައްޔާރުވަމުން ދިޔައީ އޭނާ ކައިވެނިކުރާ ކުއްޖާގެ ގެއަށް ދިއުމަށެވެ. އޭނާ ހެދުމާއި ހަރުވާޅަކާއި ލައި އެންމެ ފަހުކަމަކަށް ކަކުލަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް އަރާ ދިގު ރާޅުބާނީ މަޑު މުށި އިސްތަށިގަނޑު ހުޅިއަކަށް ޖަހައިލިއެވެ. އޭނާއަކީ ހިމަތޮޅި ދޮން ރީތި އަންހެން ކުއްޖެކެވެ. މީހެއްގެ ހިތް ހުއްޓުވާފަދަ ދިގު އެސްފިޔަތަކެއްގެ ދަށުގައިވާ ބޮޑު މަޑު މުށިކުލައިގެ ދެލޮލާއި އޭނާގެ ރަތްކުލަ އަރާ އެތުންފަތުން ހިނިތުންވެލާއިރު ދެކޮލަށް އަރާ އަޑިކޮޅެކެވެ. ޒަޖާ ތައްޔާރުވވެގެން ކޮޓަރިން ބޭރަށް ނިކުތްއިރު ޒާހިޔާ ރީތިވެގެން ސޯފާގައި އިށީނދެއިނެވެ. ޒާހިޔާހުރި ގޮތް ފެނިފައި ޒަޖާއަށް ހިނިގަނޑު މަތަކުރެވުނީ ކިރިޔާއެވެ. ޒާހިޔާ ލައިގެންހުރީ ގަޔަށް ބާރު ގަދަ ނޫކުލައިގެ އަތްދިގު ޓޮޕަކާއި އައިސް ބްލޫ ޖީންސްއެކެވެ. ކިރިޔާ މޭމަތި ފޮރުވޭވަރަށް އަރައިފައިއޮތް ގަދަ ނޫކުލައިގެ ޝޯލްއާއި މޫނު މަތީގައި ކޮށްފަހިހުރި ގަދަ މޭކަޕުން އޭނާގެ އަސްލު ސިފަވަނީ ގެއްލިފައެވެ. ޒަޖާ ނިކުތަތަން ފެނުމާއިއެކު ޒާހިޔާ ގެއިން ނިކުންނަން ހިނގައިގަތެވެ. ޒާހިޔާގެ ފަހަތުން ޒަޖާވެސް ދިޔައެވެ. ދިހަ މިނެޓު ތެރޭގައި އެދާން އުޅޭ ގެއާއި ހިސާބަށް ދެވުނެވެ. ޒާހިޔާ ލަސްނުކޮށް ޒަޖާ ގޮވައިގެން އެތެރެއަށްވަނެވެ. އެއިރު ސުލައިމާން އާއި ޖުމްނާ އާއި ޖީޒާންގެ އިތުރުން ޖަޝަމްވެސް ސޯފާގައި އިށީނދެ ތިއްބެވެ. ޒާހިޔާ އާއި ޒަޖާ ވަތްތަން ފެނުމާއިއެކު އެމީހުން އިށީނދެ ތިބި ސޯފާގެ ކުރިމަތީގައިހުރި ސޯފާގައި އިށީނުމަށް ޖުމްނާ ޢިޝާރާތްކުރިއެވެ.

“ޒާހީ! ޙާލު ކިހިނެއްތަ؟” ޖުމްނާ އެންމެ ފުރަތަމަވެސް ޙާލު އަހައިލިއެވެ.

“މަގޭ ޙާލު ރަނގަޅު. ޖުމްގެ ޙާލު ކިހިނެތް؟” ޒާހިޔާ ޖުމްނާ އާއި ވާހަކަދެއްކި ގޮތުން ހީވީ އެއީ ކުރިންވެސް ފެނިފައިވާ މީހެއް ހެންނެވެ.

“މަގޭ ޙާލުވެސް ހަމަ ރަނގަޅު. މިއީދޯ ޒާހީގެ ދަރިފުޅު؟” އިސްޖަހައިގެންއިން ޒަޖާއަށް ޢިޝާރާތްކޮށްލަމުން އެއްސެވެ.

“އާނ މިއީ!” ޒާހިޔާ ޒަޖާގެ އަތުގައި މަޑު މަޑުން ހިފައިލަމުން ބުންޏެވެ.

“ޖީޒާން! މިއީ ޒަޖާ. ޒަޖާ! މިއީ ޖީޒާން.” ސުލައިމާން ދެން ބުނި އެއްޗަކުން އިސްޖަހައިގެން ތިބި ޒަޖާ އާއި ޖީޒާންއަށް އެއްފަހަރާ ކަހަލަ ގޮތަކަށް އިސްހިއްލައިލިއިރު ދެމޫނުންވެސް ފެންނަމުން ދިޔައީ ސިހުމުގެ ކުލަވަރެވެ. ދެވަނަ ސިކުންތުގައި ދެމީހުން އަނެއްކާވެސް އިސްޖަހައިލީއެވެ.

“އާދޭ ދެމައިން ކާން!” ސުލައިމާން މިހެން ބުނަމުން ކާގެށްވަނެވެ.

ހުރިހާ އެންމެން ކާގެއަށް ވަދެފައި ގޮނޑީގައި އިށީނެވެ. ޒަޖާ އާއި ޖީޒާން ފިޔަވައި އެހެން ހުރިހާ އެންމެން ވާހަކަ ދައްކަމުން ކަމުން ގެންދިޔައެވެ. ހުރިހާ އެންމެން ކައިނިމުމާއިއެކު ސޮޓިން ރޫމަށް ދިޔައެވެ.

“ދަރިފުޅާ ޖީޒާން ދާންވީނު ޒަޖާ އާއި ވާހަކަ ދައްކަން ބެލްކަނީއަށް؟” ސުލައިމާން ބުންޏެވެ.

ޖީޒާން ބޯޖަހައިލުމަށްފަހު ޒަޖާއަށް ބަލައިވެސްނުލައި އަންނާށޭ ބުނެ ސިޑިންއަރައި ބެލްކަންޏަށްވަނެވެ. ޒަޖާ ވެސް ޖީޒާން ފަހަތުން ދިޔައެވެ. ޖީޒާން ބެލްކަންޏަށް ވަދެ ރެއިލިންގްގައި ދެއަތުން ހިފަހައްޓައިލިއެވެ. ޒަޖާވެސް ޖީޒާން އާއި ތިންވަރަކަށް ފޫޓު ދުރުގައިހުރެ ރެއިލިންގައި އަތް އަޅުވައިލިެވެ. ޒަޖާ ޖީޒާންއަށް ބަލައިލިއެވެ. ދޮން ކަށްރަދީ ހަށިގަނޑެކެވެ. ގަދަ މުށިކުލައިގެ ފަންފަން އިސްތަށިކޮޅާއި ބޯ ދެބުމައިގެ ދަށުގައިވާ ތޫނު ނުރައްކާތެރިކަން އެކުލެވިފައިވާ ކަޅުކަންގަދަ ތޫނު ދެލޮލެވެ. ދެބުމަގޮއް ޖަހައިލައިގެން މާލޭގެ ހަލަބޮލި މާހައުލަށް ބަލަހައްޓައިގެންހުރި ނުރައްކާތެރި ބެލުމުން ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުވެފައިވާހެން ހީވެއެވެ.

“ލޯންގް ޓައިމް ނޯ ސީ ޒަޖާ!” ޖީޒާން ޒަޖާއަށް ބަލައިލަމުން ބުނިއިރު އެމޫނުގައިވަނީ ދެނެގަންނަން ނޭނގޭފަދަ އަސަރެކެވެ.

“ކޮން ބޭނުމަކު އަހަރެންނާއި ކައިވެނިކުރަން ތިއުޅެނީ؟” ޖީޒާން އޭނާ ލައިގެންހުރި ކަޅު ޖިންސްގެ ދެޖީބަށް އަތްޖަހައިލަމުން ޒަޖާ އާއި ދިމާއަށް ފިޔަވަޅެއް އަޅައިލުމަށްފަހު އެއްސެވެ.

“ކީތްވެ ތިހެން ތިއަހަނީ؟” ޒަޖާ ފަރުވާކުޑަގޮތަކަށް ސީދާ ޖީޒާންގެ ދެލޮލަށް ބަަލައިލަމުން އެއްސެވެ.

“އަަހަރެން ކޮށްފީމެއްނު ސުވާލެއް…؟” ޖީޒާން ބުންޏެވެ.

“އަހަރެންވެސް ސުވާލެއްކޮށްފީމެއްނު؟” ޒަޖާ ހަަރަމް ބަނެލަމުން ބުނެލިއެވެ.

“ޒަޖާ.. ޖަސްޓް އާންސާރ މައި ކުއެޝްޝަން.” ޖީޒާންގެ ގާތަށް ރުޅިއަންނަގޮތް ވެއްޖެއެވެ.

“ވަޓް އިފް އައި ޑޯންޓް؟” ޒަޖާ ހަމަ ޖީޒާން ބުނި ރާގަށް ބުންޏެވެ.

“ޒަޖާ ޔޫ….” ޖީޒާންގެ ދެއަތްމުއްކަވައިލިއެވެ.

“ހެހެ.. އަނގައިން ބަސްހުސްވީދޯ؟ އަހަރެންވެސް ހަނދާންއެބަހުރި ހަމަ ތިގޮތަށް ކުރިން އަހަރެންވެސް ރުޅިއަރުވާ ހަނދާން.” ޒަޖާގެ ތުންފަތަށް މަލާމާތުގެ ހިިނިތުންވުމެއް ވެރިކުރުވަމުން އެހެން ބުނުމާއިއެކު ޖީޒާން އަދި އިތުރަށް ރުޅިގަދަވިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

ނޭދެން ވަކިވާކަށް- ޓްރެއިލާރ

Next

ލޯބި….. އިއުލާން

Next
April 24, 2021

ލޯބި….. އިއުލާން

Previews
April 23, 2021

ނޭދެން ވަކިވާކަށް- ޓްރެއިލާރ

4 Comments!

  1. crazy idiot says:
    April 23, 2021 at 11:01 pm

    Heyy this story is really beautiful… I really love this story… Keep it up… Tc.. Stay safe

    1. Flame Gurl says:
      April 25, 2021 at 5:56 pm

      Heyy… tysssm dear ? Yh.. u too tc n stay safe.. ❤

  2. Shaila says:
    April 24, 2021 at 6:50 am

    Reethi 🙂

    1. Flame Gurl says:
      April 25, 2021 at 5:57 pm

      Ty Shaila ❤

Comments are closed.

Next Episodeޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ތިންވަނަ ބައި)←


All Right Reserved!