Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ލޯބި 5

Princess Level 210 Stories100 Comments
April 20, 2021 2 Mins Read
0 Comments

ލޯބިވެރިޔާގެ މަންމަ އަހަރެން ކައިރިއަށް ޖެހުނެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. އަދި ވަރަށް ބޮޑަށް ދާ ހިއްލަން ފެށިއެވެ. އެކަމަކު ކަންތައް ވީ އަހަރެން ހީކުރި ގޮތާ ޚިލާފަށެވެ. ލޯބިވެރިޔާގެ މަންމަ އަހަރެންނާާ ދިމާލަށް ކިޔުނު އެއްޗިއްސަށާއި ލެވުނު ހަޅޭކަށް މަޢާފަށް އެދެމޭ ވަރަށް ދެރަވެ ހުރެ ބުންޏެވެ. އެވަގުތު އަހަރެންގެ ހިތަށް ހިތްހަމަޖެހިފައި ހުރެ އެއީ އެވަރު ކަމެއް ނޫން ކަމަށް ބުނެ ވަރަށް ބާރަށް މަންމަ ގައިގައި ބައްދާލިމެވެ. ލޯބިވެރިޔާ އާއި ލޯބިވެރިޔާގެ ބައްޕަ ވެސް ތިބީ ވަރަށް އުފަލުންނެވެ. މަންމަ އަށް ވިސްނުނީތީއެވެ.

ޖެހިގެން އައި ދުވަހު އަހަރެންގެ އާއިލާ އާއި ލޯބިވެރިޔާގެ އާއިލާ އާއި އަަހަރުމެން ދެމިހުންގެ ކައިވެންޏާ ބެހޭ ގޮތުން ބައްދަލުވުމެއް ބޭއްވުނެވެ. ދެ ފަރާތު އާއިލާ އިންވެސް އަހަރުމެން ދެމީހުންގެ ކައިވެންޏަށް ވަރަށް ޤަބޫލެވެ. އެކަމާ އަހަރެން ހެޔޮ ހިތުން މާތް ﷲ އަށް ޝުކުރު ކުރީމެވެ. އަދި އާއިލާ އަށްވެސް ފަށްފަށުން ޝުކުރު އަދާކުރީމެވެ. އަހަރެމެންގެ ކައިވެނި ކުރުމަށް އާއިލާ މީހުން ނިންމީ ލޯބިވެރިޔާގެ އުފަން ދުވަހު އެވެ. އެއީ އެއް ހަފްތާ ފަހެވެ. އަހަރެންނާއި އަހަރެންގެ ލޯބިވެރިޔާ އިންތިޒާރު ކުރަމުން ދިޔައީ އެ ދުވަހަށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެމެން ކައިވެނި ކުރާ ދުވަސް ޖެހިއްޖެ އެވެ. މިއަދަކީ އެ ދުވަހެވެ. އަހަރެން ވަރަށް ހިތްހަމަ ޖެހި ވަރަށް އުފާ ވެސް ވެފައެވެ. ލޯބިވެރިޔާގެ ޙާލަކީވެސް އެއީ އެވެ. އަހަރެމެންގެ ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ޓަކައި އާއިލާ މީހުން ގޭތެރޭގައި ޙަރަކާތްތެރިވަމުން ދިޔައެވެ. އަހަރެން އެތަން ފެނުމުން ބޭއިޙްތިޔާރުގައި ހިނިތުން ވެވުނެވެ. އަހަރެން ވެސް ގޮސް އެމީހުންނާ ބައިވެރިވީމެވެ ލޯބިވެރިޔާ ވެސް ބައިވެރި ވިއެވެ.

ކައިވެނީގެ ކަންކަން ނިމުނު އިރު ގަޑިން މެންދުރު ވެއްޖެއެވެ. އަހަރެން ފެންވަރާލައިގެން ނިކުމެ ކޮޓަރީގައި ޖައްސާލީ ކައިވެނި ކުރުމުގެ ކުރިން ނިދާލެވޭތޯއެވެ. އަހަރެންނަށް ވަރަށް ފަސޭހައިން ނިދުނެވެ. އަހަރެންނަށް ހޭލެވުނީ ގަޑިން ހަވީރު ފަހެއް ޖަހަނިކޮށެވެ. އަހަރެން އަވަހަށް ތެދުވެ ވުޟޫ ކޮށްލައިގެން އައިސް ނަމާދު ކޮށްލީ އަދި އަޞުރު  ނަމާދު ނުކުރެވޭކަން ހަނދާންވުމުންނެވެ. ނަމާދުކޮށް ނިމިގެން އަހަރެން ކޮޓަރިން ނުކުން އިރު ގޭ އެންމެން ސިޓިންރޫމްގައި ތިއްބެވެ.

މަޣްރިބު ނަމާދު ބަންގި ދިނުމުން ނަމާދު ކޮށްލައިގެން އަހަރެން ދިޔައީ ލޯބިވެރިޔާގެ ގެއަށެވެ. އޭރު އަހެންވެރިން ކެއްކުމުގެ ކަންތައް ނިންމުމުގައި އުޅެއެވެ. އަހަރެންގެ ދެލޯ އެންމެ ފުރަތަމަވެސް ހޯދާލީ އަހަރެން ވާން އުޅޭ އަނބި މީހާ އެވެ. އަހަރެންނަކަށް އަހަރެންގެ ލޯބިވެރިޔާ އެއް ނޯޅޭނެއެވެ. ލޯބިވެރިޔާ ހުރީ ކައްކާ ނިންމުމަށްފަހު ޒިންކް ތަށިތަކާ ތެލި ތަކާ އެއްޗެހި  ދޮއުމަށް ކާ ގޭގައެވެ. އޭރު ކާ ގޭގައި އެއްވެސް މީހަކު ނެތުމުން އަހަރެން އަވަހަށް ވަގުތުގެ ބޭނުން ހިފައި ލޯބިވެރިޔާގެ ފަހަތުން ގޮސް ލޯބިވެރިޔާގެ ހަށިގަނޑު ގައި ބައްދާލިމެވެ. ލޯބިވެރިޔާ ދިޔައީ ސިއްސައިގެން ގޮސް ހަޅޭއް ލަވައިގަންނަން އުޅުމުން އަހަރެން ލޯބިވެރިޔާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި މީ އަހަރެންނޭ ބުނުމުން ލޯބިވެރިޔާ ވެސް އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އަހަރުމެން ދެ މީހުންނަށް ހިލަމެއް ވި ލޯބިވެރިޔާގެ މަންމަ ކަރުކެހެލުމުމެނެވެ. އަހެރުމެން ސިއްސައިގެން ގޮސް އަވަހަށް ދުރުވީމެވެ. އެވަގުތު ލޯބިވެރިޔާގެ މޫނަށް ވެރިވި ޖަންބު ނުލާހިކު ރީއްޗަށް އަހެރެން ދުށީމެވެ. އޭނާގެ އެ ސިފަ އަހަރެންނަށް ވަރަށް ކަމުދެއެވެ. ލޯބިވެރިޔާގެ މަންމަ އަހަރުމެންނާ ދިމާ ކޮށްލާފައި ހިނގައްޖެއެވެ. ލޯބިވެރިޔާގެ މަންމަ ދިޔުމުން އަނެއްކާވެސް އަހަރުމެން ބައްދާލިމެވެ.

އަހަރުމެން ކައިވެނި ކުރަން ހަމަޖެހިފައިވަނީ އާއިލާ މީހުން އަހަރުމެންގެ ކައިވެންޏަށް ފަހު އަހަރުމެންނާ އާއިލާ މީހުން ދިރިއުޅުމަށް ގަނެފައި ހުރި ބޮޑު ގެއެއްގައެވެ. އެއީ ވަރަށް ރީތި ގެއެކެވެ. އެ ގޭގައި ދިހަ ކޮޓަރި ހުރެއެވެ. ކޮޓަރި ތަކާ ފާޚަނާ ތައްވެސް ފުދޭ ވަރަކަށް ބޮޑެވެ. ކާގެވެސް ފަހުގެ ޒަމާނާ އެއްގޮތަށް ބަދިގެ ފަޅިއާއި ކެއުމަށް ބޭނުންކުރާ ބައި ވަކި ކޮށްފައިވެ. ގޭގެ ހުރިހާ ތަނެއްވެސް ހުރީ ޒަމާނާ އެއް ފެންވަރަކަށެވެ.

ނުނިމޭ……

ލިޔުންތެރިޔާގެ ބަސް: މި ބައިވެސް ރީތިވާނެކަމަށް އުއްމީދުކުރަން. ވަރަށް އަވަހަށް މީގެ އަނެއް ބައި ގެނެސްދެވޭތޯ ބަލާނަން. އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ…….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 6

Next

ކޮމެޑީ ލޭންޑް 3

Next
April 20, 2021

ކޮމެޑީ ލޭންޑް 3

Previews
April 20, 2021

ނަފްރަތުން ވެވުނު ލޯބި 6



All Right Reserved!