އިންތިޒާރު 36
“ޔާނާވެސް މިއަދު އަންނާނެ….ދޮންބެ ޔަގީންތަ ޕްލޭން ވޯރކްކުރާނެކަން…އިފް މިހުރިހާކަމެއް ފްލޮޕްވެއްޖިއްޔާ…” ޒަޔާންކައިރިއަށް އައިސް ނޫރާ އިތުރުކޮށްލިއެވެ.
“ޑޯންޓް ޓޯކްއެބައުޓްއިޓް، އެވްރީތިންގ ވިލްބީފައިން، ހުރިހާ ކަމެއް ރަނގަޅު ކުރާކަންނު މިއުޅެނީ،…ޕްލޭން ވޯރކްވެސް ކުރާނެ، އެން އައިތިންކް ޔޫގޮޓް މޯތިންގްސް ޓް ތިންކް….” ޒަޔާން ނޫރާއާއި ދިމާކޮށްލިއެވެ. އިތުރަށް އެވާހަކަތަށް ދައްކަންބޭނުން ނުވުމާއިއެކު ވާހަކަ ބަދަލުކޮށްލުމަށެވެ. އަދި ނޫރާ އެންމެ ފަސޭހައިން އެތަނުން ދާނީވެސް އޭރުންކަން އެނގޭތީއެވެ.
ޒާޔާމެންނަށް އާދެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށެވެ. ބޯޓުންފައިބައިގެން ގެއާހަމައަށް ދެވެންދެންވެސް ޒާޔާ އެންމެބަހެއްވެސް ނުބުނެއެވެ. ހެނދުނުގަޑީގައިވެސް ގޭގެއެންމެންހެން ހޭލާތިބިވާހަކަ ޔާސިރުބުނުމުން ހިތުގެ ތެޅުން ކުރިއަށްވުރެ ބާރުވިއެވެ. ރާއިން ހުންނާނެބާއޭ ހިތަށްއަރާފައި ގައިވެސް ފިނިވާންފެށިއެވެ. ގޭގެބެލްޖަހާލުމާއި އެކުހެން ދޮރުހުޅުވާލިއިރު ހީވީ އެތަށް އިރަކަށް އެއަޑަށް އިންތިޒާރުގައި ތިބިހެނެވެ. ނޫރާ ޒާޔާގައިގައި ބައްދާލުމަށްފަހު މަރުހަބާކިޔިއެވެ. ނަމަވެސް ޒާޔާގެ މޫނުމަތިންފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. ނޫރާއަށް އެކަންއެނގިގެން ހަމްދަރުދީވެވުނެވެ. ނޫރާކައިރީގައި ހުރެގެން ސިއްރުން ޒާޔާ އެންމެންނަށް ބަލާލިއެވެ. ރާއިން ފެންނަންނެތުމުން ހިތްހަމަޖެހުމުގެ ބަދަލުގައި އެހިތުގައި ރިއްސާލިއެވެ. އިސްޖަހާލައިގެން ހުއްޓާ ޒަޔާންވެސް އައިސް ވާހަކަދައްކަން ފެއްޓުމުން މޫޑުބަދަކޮށްލަން މަޖުބޫރުވިއެވެ.
އެންމެންނާއި ވާހަކަދައްކާލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނޫރާ ޒާޔާގޮވައިގެން ކޮޓަރިއަށްވަނެވެ. ޒަޔާންވެސް އެމީހުންފަހަތުން ޒާޔާގެ ފޮށިހިފައިގެން އައެވެ.
“އަހަރެން ހީކުރީ ޒާޔާ މިކޮޅަށްއައީމަ ހުންނާނީ ހެޕީވެފަކަމަށް….” ކޮޓަރިއަށް ވަދެ ނޫރާ ބުނެލިއެވެ.
“ކާކުތަބުނީ އަހަރެން ހެޕީއެއްނޫނޭ، ވަރަށް ހެޕީވެފަމިހުރީ ނޫރާގެ ވެޑިންގްގައި ބައިވެރިވެވޭތީ، އެން ވަރަށް ވަރަށް ހެޕީ ނޫރާ ދިރިއުޅުމެއް ފަށަން އުޅޭތީ..” ނޫރާގެ ދެއަތުގައި ހިފާލަމުން ޒާޔާބުނެލިއެވެ.
“ޒާ އެމްސޯސޮރީ ޒާއަށް ވީގޮތުން، ޔޫ ރިއެލީ ޑިޒާވް ބެޓަރ، ޔޫ ޑިޒަވް ޓްބީ ލަވްޑް މޯ… ރެން…”
“ނޫރާ މަންމަ އެބަގޮވާ…” ނޫރާގެ ވާހަކަ ހުއްޓާލީ ޒަޔާން އެހެންބުނެލުމުންނެވެ. އޭރު އެމޫނުމަތިން ހިތްހަމަނުޖެހުނުކަން ހާމާވާން ހުއްޓެވެ. އަވަސްއަވަހަށް ޒާޔާގެ އަތުން ދޫކޮށްލަމުން ޒަޔާންއާއެކު ކޮޓަރިން ނުކުތެވެ. ޒަޔާންގޮސް ހުއްޓުނީ ދެވަނަބައިގައި ބެލްކަނީކައިރީގައި ހުރި ލިވިންގްރޫމުގައެވެ.
“ވަޓްއާރޔޫ ޑުއިންގ، ނޫރާއަށް ހުރިހާކަމެއް އެނގޭކަން އަންގަންވެގެންތަ ތިއުޅެނީ، ޔޫނޯ އޭނަ ދެރަވާނެވަރު އެވާހަކަ ދެއްކީމަ…” ނޫރާގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ޒަޔާން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ނޫރާ މަޢާފަށް އެދުނެވެ. ޒާޔާ ދެރަވެފައި ހުރިތަން ފެނުމުން އޭނައަށް ނުބުނެ ނުހުރެވުނީކަން އަންގައިދިނެވެ. ނޫރާ އެތަށް ފަހަރަކު މަޢާފަށް އެދުމުން ޒަޔާން އެންމެފަހުން ރުޅިމަޑުކޮށް ދެން އެވާހަކަ ޒާޔާގާތުގައި ނުދެއްކުމަށް އެދުނެވެ. އަދި ކޮންމެވެސް ގޮތަކުން ކުރިން ދެއްކިވާހަކަ އޮޅުވާލުމަށް ބުނެފައި އޭނަގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
ކޮޓަރީގައިއިން ޒާޔާގެ ވިސްނުމުގައިވީ ރާއިންގެ ހިޔާލުތަކެވެ. އެއާއެއްވަރަށް ނޫރާދައްކަން އުޅުނުވާހަކައަށްވެސް އޭނައަށް ވިސްނެމުންދިޔައެވެ. ނޫރާ ކޮޓަރިއަށް އައުމުން ދެވަނަފަހަރަށް އެވާހަކަ ދައްކަން އުޅެނިކޮށް އޭނަގެ ވެޑިންގގެ ވާހަކަ ދައްކަން ފެށުމުން އެކަމާ މާބޮޑަށް އަޅާނުލީއެވެ. ނޫރާއަށް އިތުރަށް ޝަކުވާކުރާނެފުރުސަތު ނުދިނުމުގެ ގޮތުންނާއިވެސް އެކުއެވެ. އެކިއެކި ކަންތައްތައް ރޭވިފައިވާ ގޮތްތައް ނޫރާ ޒާޔާއަށް ކިޔައިދެމުން ދިޔައެވެ.
“ރާއިން އަދިވެސް ނާންނަނީތަ،” ފާހަނައިން ނުކުމެގެން އައިސް އެނދުގައި އިށިއިނދެލަމުން ސަލްމާގާތުގައި ޔާސިރު އަހާލިއެވެ.
“ރޭގަވެސް ގުޅިން، ބުނި ރަންކިޔާދުވަހަށް އާދެވޭތޯ ބަލާނަމޭ، އެދުވަހަށް ނާދެވުނަސް ކައިވެނި ކުރާދުވަސް ޖެހުމުގެ ކުރިން އަންނާނެމޭ ބުނި، މިހާރު ޔާނާވެސް އެއައީ، ދެން ރާއިން އެހެން އުޅެންޏާ ޔާނާގެ ބައްޕަވެސް ކީކޭ ހިތަށްއަރާނީ، ކީއްވެގެންތަ ރާއިން މިހާރު އެހާބަދަލުވެގެން އެއުޅެނީ، އެއްގޮތަކަށްވެސް ނުވިސްނޭ އެހެން އުޅެންވީ ސަބަބެއް، ކައިވެނީގެ ވާހަކަ ދައްކާތީއޭ އެހެންއެއުޅެނީ ހިތަށްއަރާފަ މިހާރު އެވާހަކަވެސް އެއްވެސް ގޮތަކަށް ނުދައްކަނީ” ޔާސިރުކައިރީގައި ސަލްމާވެސް އިށިއިނދެލިއެވެ.
“އަހަންނަކަށް ނުވިސްނޭ ރާއިން އެހެން އުޅެންވީ ސަބަބެއް، ރާއިންގާތުގައި ކިތަންމެ ފަހަރަކު ބުނެފިން އެހާ ބުރަކޮށް މަސައްކަތުގަ ނޫޅުނަސްވެދާނެއޭ، އޮފީހުގެ ހުރިހާމަސައްކަތެއް އޭނަ އެކަނި ކުރާނަމޭ ހިތާ އެއުޅެނީ، މިހާރު ބައްޕަވެސް އެވާހާކަ ދައްކައިފި އަހަރެންގެ ގާތުގަ، ރާއިންގާތުގައި އާއިލާއާއިއެކު ވަގުތުހޭދަކުރާށޭ ބުނާށޭވެސް ބުނި، އޮފީހުގައި މަސައްކަތެއް ނުކުރާ ދުވަސްދުވަހުވެސް ގޭގައިމަޑުނުވަންޏާ އެމީހުންވެސް އެވާހަކަ ދައްކާނެ، ސަލްމާވެސް ވާހަކަ ދައްކާލަންވީނު މިފަހަރު އައީމަ..” ޔާސިރު ހިޔާލެއް ހުށަހެޅިއެވެ. ލަންކާގައި އޮތް ބިޒްނަސް ސަމިޓެއްގައި ބައިވެރިވުމަށް 3 ހަފްތާކުރިން ދިޔަ ރާއިން އެސަމިޓް ނިމުނުތާ ހަފްތާއެއްވީއިރުވެސް އަންނަން ނޫޅުމުން ޔާސިރު ހުރީ އެކަމާ ހިތްހަމަނުޖެހިފައެވެ. ގުޅާފައި އަންނަންބުނާ ކޮންމެފަހަރަކުވެސް މާއެދެވޭ ޖަވާބެއް ރާއިންގެ ފަރާތުން ނުލިބެއެވެ. ރާއިންގެ ބަދަލުވަމުން އަންނަ މިޒާޖާހެދި މިހާރު އޭނަ ކަންބޮޑުވާވަރުވެއްޖެއެވެ.
ހެނދުނު ސައިގަޑީގައި އެންމެން ބައިވެރިވިއިރު ޒާޔާ އިނީ ކޮޓަރީގައެވެ. އައިގޮތަށް ކޮފީ ބުއިމުން ބަނޑުހައި ނުވާކަމަށްބުނެ ކޮޓަރީގައި އިނީ ރާއިންއާއި ކުރިމަތިލާން ޖެހިދާނެތީއެވެ. އަދި ޒަޔާންއާއި އޭނައާ ގުޅުވައިގެން އެއްވެސް މީހަކު އެއްޗެކޭ ބުނެފާނެތީއެވެ. ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނީ އަބަދު އެގޮތުގައި ނޫޅެވޭނެކަން ހިތަށް ވިސްނަދެމުންނެވެ. ޒާޔާގެ އެގޮތަށް ކަންތައް ކުރީ ކީއްވެގެންކަން ޒަޔާންއަށް ވިސްނުނެވެ. ނޫރާގާތުގައި ބުނެގެން ސޭންޑްވިޗަކާއި ޖޫސްތައްޓެއް ޒާޔާއަށް ގެނައުމަށް އޭނަ އެދުނެވެ. އެގޮތަށް ކަންތައް ކުރުމުން ޒާޔާ ހުރީ ހިތްހަމަނުޖެހިފައެވެ.
“އޯކޭ ޕްރޮމިސް ދެން މިހެން ކަންތަކެއް ނުކުރާނަން، އެކަމް ކޮންމެވެސް އެއްޗެއް ކައިބަ، ޕްލީޒް، ތިހާހިކުނީމަ އެއްގޮތަކަށްވެސް ޒާއަކާ ނުގުޅޭ” އާދޭހުގެ ރާގެއްގައި ޒަޔާންބުނެލިއެވެ. ޒަޔާން އެދުމުން ޒާޔާ އެންމެފަހުން ސޭންޑްވިޗެއް ނަގާ ކާންފެށިއެވެ. މެންދުރުކާން އެންމެންނާއިއެކު ނުކުންނަންވާނެއޭ ޒަޔާން ބުނުމުން ޒާޔާ އަނެއްކާ ހިމޭންވިއެވެ.
“ހީ އިޒް ނޮޓް ހިއަރ، އަދި ދެދުވަސް ފަހުން އަންނާނީ….” އެއްވެސް އެއްޗެކޭ ނުބުނެ ޒާޔާ މަޑުން އިނުމުން އެންމެފަހުން ޒަޔާން ބުނެލިއެވެ. ޒަޔާން ބުނިޖުމްލައިން ޒާޔާ އިސްއުފުލާފައި ބަލާއިއެވެ. އެދެލޮލަށް ކަރުނަ ޖަމާވެގަތްހިނދު ޒަޔާން ޝަހާދަތް އިނގިލި އަމިއްލަ ތުންފަތްކައިރީގައި ޖައްސާލިއެވެ. ނުރޯށޭ ބުނާފަދަގޮތަކަށެވެ. އަދި މޭޒުމަތީގައި ހިރި ފެންތަށިދިއްކޮށްލިއެވެ. ފެންތަށިން އެތިފޮދެއް ބުއިމަށްފަހު ޒާޔާ އިސްޖަހާލީ ބުނާނެ އެއްޗެއް ނޭނގިގެނެވެ. ޒަޔާން އެނބުރި އައުމުގެ ކުރިން އޭނަ ވަނީ ޒާޔާއަށް ރާއިންގެ ހުރިހާ ވާހަކައެއް ކިޔާދީފައެވެ. ސިއްރުކޮށްފައި ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫންކަން އޭނައަށް ވިސްނޭތީއެވެ. އަދި ރާއިން އޭނަދެކެ ލޯބިވާކަން އެނގުމަކީ ޒާޔާގެ ހައްގެއްކަން އޭނަ ގަބޫލުކުރާތީއެވެ. ޒާޔާގެ ހިތުގައި އެހެންމީހަކަށް އެއްވެސް ވިންދެއް ނުޖަހާނެކަން އެދުވަހު ޒަޔާން އަށް ޔަގީންވިއެވެ. ރާއިންގެ ދޮންމަންމަގެ ހައްގުގައި ރާއިންގެ ލޯބި ގުރުބާން ކުރާއިރު އެކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ޒާޔާ ނުކުރާނެކަމަށް ބުނުމުން ޒަޔާން ހައިރާންވިއެވެ. ރާއިންގެ ކުރިމަތިންވެސް ދުރަށްދާން އޭނަ ނިންމީ ރާއިންއަށް އޭނަގެ އެމަގުސަދުގައި ދެމިހުރުމަށް ހިތްވަރެއްގެ ގޮތުންނެވެ. މާލެދޫކޮށް ރާއްޖެތެރެއިން ވަޒީފާ ހަމަޖެއްސީވެސް އެހެންވެއެވެ.
ކަރުނަތަށް އިތުރަށް ނުހިފެހެއްޓޭނެހެން ހީވުމުން އެންމެފަހުން ދެއަތުގެ ތެރޭގައި ޒާޔާ މޫނުފޮރުވާލިއެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު މީހާހަމަޖެހިލައި މޫނު ފޮހެލިއެވެ. ޒަޔާން އޭނަގާތުގައި އިށިއިނދެގެން އިންއިރުވެސް ބުނާނެ އެއްޗެއް އޭނައަކަށް ނުވިސްނުނެވެ. އިތުރު އެއްޗެއް ބުނެގެން ޒާޔާ ދެރަކުރަން އޭނަ ބޭނުންނުވީއެވެ. ނޫރާއާއި ޔާނާވެސް އެކޮޓަރިއަށް އައީ އެވަގުތުއެވެ. ޒާޔާ ދެރަވެފައި އިންތަން ފެނުމުން ސުވާލުގެ ނަޒަރަކުން ޒަޔާންއާއި ދިމާ ނޫރާ ބަލާލިއެވެ. ޒަޔާން ދެފަރާތަށް ބޯހޫރާލީ ސުވާލު ނުކުރާށޭ ބުނާފަދަ ގޮތަކުންނެވެ. ނޫރާއަށްވެސް ޒަޔާން ބުނަން އުޅުނު އެއްޗެއް ވިސްނުނީކަންނޭނގެއެވެ. އައިގޮތަށް ޒާޔާގާތުގައި ޝޮފިންގ އަކަށްދާން ތައްޔާރުވުމަށް ބުންޏެވެ. ނޫރާ ކުރުނުކުރާނެކަން އެނގުމުން ޒާޔާ ތައްޔާރުވަނީކަމުގައި ބުނެލިއެވެ.
“ކީއްކުރާ ޝޮޕިންގ އެއްތަ، ބްރައިޑްގެ ޝޮޕިން ނުނިމޭނެ ވެޑިންގް ނައިޓްޖެހޭއިރުވެސް…” ޝޮޕިންގް މޯލްއަށް ވަންނަމުން ޒާޔާ ނޫރާއާއި ސުވާލުކޮށްލިއެވެ.
“އެއީ އަހަންނަކަށް ނޫނޭ، ޒާޔާއަށް، މާދަމާރޭ ރަންކިޔާދުވަސް، ވެޑިން ނައިޓްގަ ލާނެ ހެދުންވާނެ ފަހާފަ، އެކަމް މާދަމާރޭ ލާނެ ހެދުމެއްވެސް ޖެހޭނެއްނު ގަންނަން، ދޯޔާނާ” ޖަވާބުދެމުން ނޫރާ ޔާނާއަށް ދޯދިނެވެ. ހީލަމުން ޔާނާއާއެކޭ ބުނެލިއެވެ. ޒާޔާވެސް ގަދަކަމުން ހީލީ މަތިއޮމާންކޮށްލުމަށެވެ. ޔާނާއާ ވާހަކަ ދެއްކުންވީ ޒާޔާއަށް އުނދަގޫކަމަކަށެވެ. ދުވަސްކޮޅަކުން ޔާނާވާނީ ރާއިންގެ އަންބެއްކަން ހަނދާންވެފައެވެ. މިހާރު ނުވިޔަސް ކޮންމެވެސް ދުވަހަކުން އެގުޅުމުގައި ކައިވެނީގެ ގޮށްޖެހޭނެކަން އެނގޭތީއެވެ. ކަރުނަތައް ދިރުވައިލައިގެން ހުރެ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްގެން ޒާޔާ ހުއްޓެވެ.
ޖެހިގެންއައި ދުވަހު އެންމެންވެސް އުޅުނީ އެރޭއޮންނަ ރަންކިޔުމުގެ ހަފްލާއަށް ތައްޔާރުވުމުގައެވެ. ރަންކިޔުމާ ގުޅިގެން ކުޑަހަފްލާއެއްބާއްވަން ދެފަރާތުގެ އާއިލާއިންވެސް ބޭނުންވުމުންނެވެ. އެދުވަހުގެ މެންދުރު ވަގުތެއްގައި ރާއިންވެސް އައިސްފިއެވެ. ނަމަވެސް ނޫރާފަހަތުން އުޅުމުން ޒާޔާއަށް އޮތީ އެކަން ނޭނގިފައެވެ. ޒަޔާންވެސް ޒާޔާ ބޭރަށް ނުކުމެ ނޫޅެފާނެތީ އެކަން އެހަށް ސިއްރުކޮށްފައި ބޭއްވީއެވެ. ރަންކިޔުން އޮތީ 8 ޖަހާއިރުކަމުން ފިރިހެން ކުއްޖާގެ އާއިލާމީހުން އެހާއިރުވާންވާއިރު އެގެއަށް އައިސްފިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.


Yey… me 1st… just vow… waiting…
When is the next part?
Wow…. dhn kn iraku tha next part… waiting waiting…. my favourite story…. plx avahah up kohdheeba..
Wow. Vvv rythi.
V v v nice. Whn is nxt prt
Wow… varah nice…
Wow… varah reethi ingey..
Inthizaarah nimun aasi… bt heekuri kahala kameh mi part akun nuvi… hope next part ll be more interestin &little long…
Heyyy whn is next part???????
mi vaahaka vvvvvv rythi……
Next part kon reakun tha othy
dhen mee vaahaka eh tha emme dhethin folhuvaiy liyefa bunaane vahaka ekey dhen mikahthan nukureveyya huttaalah veeny dhw
Koh dhuvahak next part genes dheyni
Varah varsh rythi
Vaahaka vara reethi.but vaahaka up kohlaale maalahee.
V v v reethi waiting for the next part dark angle.
Alhey avahah next part genesdhee… varah reethi mi part ves.. zaa and raain gulhuvaathi ingey… keep it up… :p
V reethi..but maa lasvany up kureveyleh…thts thr problem…. 🙁
vvv nice..when is next part..
This part is nice..ekamaku kuru n lasvaney up vaalen 🙁
Vvvv reethi
Alhey hadha lahey dhw…. Dhn plx plx thankolheh avas khdhybala… Bt anywayxxx vvvvvvvv salhi..
V v v nice
nice but up kuraalel las vane n maa kure thankolheh dhigukoh up kohla dheebala.. waiting for the next part avahah up kohdheyne kamah ummeedhu kuran!!!!!!!
v v v v v v v NICE
v.reethi..but up vaaleh maalahee…
Wow v nice story
When next part?
Varah reethi waahaka. Awahah up koh dhybrrr 😉
koba haadha dhuvahey veyjeyey up nukuraathaa mi vaahaka vara reethi ekamaku up kuraaley maalahee plz plz plz avaha up kolla dheebala
When is the next episode??
mi vaahaka lahun upload vaathy vaa goiyy handhaan ves nuhurey.. thankolheh avahah upload kohdheebala dho.
Inthizaaru kurevenee … Kon irakun dhen upload vaanee:(