Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތުގެ ޝަކުވާ… ފުރަތަމަ ބައި

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories
April 1, 2021 4 Mins Read
15 Comments

ވާރޭގެ ތެތްފިނިކަން ފަޒާގެ ތެރޭގައި ހިފާލާފައި ހުރި ފިނި ވަގުތެވެ. ގަސްގަހުގައި ހުރި ފަތްތަކުގެ މަތީގައި ވާރޭ ތިކިތައް ވިދާ ބަބުޅަމުން ދިޔައީ މުތީތަކެއް ފަދައިންނެވެ. ދޫނިސޫފާފީ ގޮވެލިތަކުން އެ މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނުވައިދެއެވެ. މަގުތަކުގައި ފެންބޮޑުވެފައި އޮތްވަރުން ރޭގައި ނިކަން ބޯކޮށް ވާރޭ ވެހިފައިވާކަން އެ މަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ފަތިހުގެ އެ އަރާމު ވަގުތު ތުނިތުނިކޮށް ވާރޭ ކަނިކަނި ޖަހަމުން ދާއިރު، ރަޖާގަނޑުގެ ދަށުގައި، އަރާމުގައި އޮންނަން ކޮންމެ މީހަކުވެސް ބޭނުންވާނެކަން ޔަޤީނެވެ.

ބޮޑު ކޮޓަރިއެކެވެ. ސާފުތާހިރުކަން ފެންނަމުން ދިޔަ އެ ކޮޓަރީގެ ފާރުތައް އަޅިކުލައާ ހުދުކުލައިން ފަރުމާކުރެވިފައި ވީއިރު، ކޮޓަރީގެ ފަރުނީޗަރުތައްވެސް ހުރީ އަޅިކުލައިގައެވެ. ކޮޓަރީގެ ވައަތްފަރާތުގައި ހުރި ރީތިވާ މޭޒުވެސް ހުރީ އަޅިކުލައިގައެވެ. އޭގެ ކައިރީގައި ހުރި އަޅިކުލައިގެ ބޮޑު އަލަމާރި އެ ބިތުގައި ބެހެއްޓެނީ ކިރިޔާއެވެ. އެނދު ކައިރީގައި ހުރި ސްޓަޑީ ޓޭބަލްގެ މަތީގައި ތަރުތީބުން ފޮތްތައް ބަހައްޓާފައި ހުއްޓެވެ.

މާ ދުރުން ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑު ކޮޓަރީގެ ކަނާތްފަރާތުގައި ހުރި ކިންގް ސައިޒްގެ އެނދުގައި މޫނާ އެއްކޮށް ރަޖާގަނޑު އަޅައިގެން އަރާމުކޮށް ނިދާފައި އޮތް ރައިޝާގެ ކަންފަތަށް އިވުމާއެކު، އޭނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި މަޑުމަޑުން ތެދުވެ މޯޅިއަކަށް ދެމިލިއިރު ފިނި ކަމުން، އޭނާ ތުރުތުރު އަޅައިގަތެވެ. ރޭގައި ބޯކޮށް ވެހުނު ވާރޭގެ ތެތްފިނިކަން އަދިވެސް މާހައުލުގައި ހިފާފައި ހުރިކަން އޭނާ ހަނދާންވީ އަދި ކިރިޔާއެވެ. އޭސީއަށް ބަލާލެވުނު އިރު އޭސީ ސޯޅައިގައި ހުރި ތަން ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ސައިޑް ޓޭބަލްގެ މަތީގައި އޮތް އޭސީ ރިމޯޓު ނަގައި އޭސީ ނިވާލިއެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އެނދުން ތެދުވެ މަޑުމަޑުން ފާޚާނާއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ދަތް އުނގުޅާ މޫނު ދޮވެ، ފާޚާނާއިން ނިކުތް ރައިޝާގެ ކަންފަތުގައި އޭނާގެ މަންމަ ނުހާ ދޮރުގައި ޓަކިތަޅާ އަޑު އިވުނެވެ. “މަންމާ… އަޅުގަނޑު ހޭލައިފީމޭ..” މަންމަ އެ ގޮވަނީ ނަމާދަށް ހޭލާށޭ ބުނަން ކަން އެނގުމާއެކު ނުހާއަށް އަޑު އިވޭ ވަރަށް ރައިޝާ ގޮވާލިއެވެ. އެ އަޑު އިވުމާއެކު ނުހާވެސް ނަމާދު ކުރުމަށް ދިޔައެވެ. ނުހާ ދިޔުމާއެކު ރައިޝާވެސް އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ކުޑައިރުއްސުރެ މަންމައާއި ބައްޕަ ދީނީ ކަންކަމަށް އަހުލުވެރި ކުރުވާފައިވާތީ، އެކަންކަމަށް ރައިޝާ ހިތްޖެހިފައިވަނީ ނުހަނު ބޮޑަށެވެ. ފަތިސް ނަމާދުން އަވަދިވެގެން، ނަމާދު ދޮޅިއާ އިސްޓާކީނު ބާލާފައި، މުސައްލަ ތެރެއަށް ލާފައި މުސައްލަ އަލަމާލިތެރެއަށް ލިއެވެ. އެއަށްފަހު ޚަތިމް ނަގައިގެން ޤުރުއާން ކިޔަވަން ފެށީ ކުޑަ ތަންކޮޅެއް ނަމަވެސް ހިތުދަސްވޭތޯއެވެ. އާދަކޮށް ކޮންމެ ދުވަހަކުވެސް ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔަވާތީ، ރައިޝާ އަށް ޤުރުއާން ހިތުދަސްވަނީ ނުހަނު އަވަހަށެވެ. އޭނާއަށް ލިބުނު މި ނިޢުމަތާމެދު، ބޮޑާވެ ކިބުރުވެރި ނުވިޔަސް، އަބަދުވެސް އެ ނިޢުމަތަށް ﷲ އަށް ޙަމްދު ކުރެއެވެ. އަދި އެ ނިޢުމަތް އެހެން ކުދިންނަށްވެސް ދެއްވުމަށް އެދި ދުޢާ ކުރެއެވެ.

ކިޔަވާ ނިމުމަށްފަހު ރައިޝާ ސްޓަޑީ ޓޭބަލް ދޮށުގައި އިށީނީ މިއަދު ސްކޫލަށް ދާންވާއިރަށް ކުޑަކޮށް ފިލާވަޅުތައް މުޠާލިޢާ ކުރުމުގެ ނިޔަތުގައެވެ. ގްރޭޑު 12 ގައި އުޅޭތީ، ހުރިހާ ސަމާލުކަމެއް ކިޔެވުމަށް ދެވޭތޯ ރައިޝާ އަބަދުވެސް ބަލައެވެ. ކުޑަކޮށް ފޮތްތައް ކިޔާލުމަށްފަހު، ނުނިމި އޮތް ފިލާވަޅެއް ނެތްކަން ޔަޤީން ވުމުން، ބޭރަށް ނުކުތީ މަންމައަށް އެހީ ވުމުގެ ގޮތުންނެވެ. ސްކޫލަށް ދާން ޖެހެނީ، 8 ޖަހާއިރު ކަމަށް ވުމުން، އޭގެ ކުރިން މަންމައަށް އެހީވުމަށް ކުޑަ މަސައްކަތެއް ނަމަވެސް ކޮށްދެވޭތޯ ރައިޝާ ބަލައެވެ.

އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ބަދިގެއަށް ވަތް ރައިޝާއަށް ބަލާލާފައި، ނުހާ ލޯބި ހިނިތުންވުމެއް ރައިޝާއަށް ރައްދު ކޮށްލިއެވެ. ބަދަލުގައި ރައިޝާވެސް ހިނިތުންވެލަމުން، ނުހާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. “ދަރިފުޅު ނަމާދު ކޮށްގެން ޤުރުއާން ކިޔަވައިފިންތަ؟” ނުހާ އަހާލީ މަންމައެއްގެ ޙައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުންނެވެ. “ލައްބަ މަންމާ. ފޮތްތައްވެސް ކިޔާފައޭ މި އައީ.. ކޮބާތަ ބައްޕައާ ދޮންބެއާ؟” ރައިޝާ އަހާލީ ކަބަޑުން ޖޯޑުތަކެއް ނަގަމުންނެވެ. “ނަމާދަށް ގޮސް ވީ.. މިހާރު އުޅޭނީ އަންނަން” އުނދުން ރޯކޮށްލަމުން ނުހާ ފެއްޓީ ރޮށި ދަމާށެވެ.

ދެމައިން އެކިކަހަލަ ވާހަކަތައް ދައްކަމުން މަސައްކަތް ކުރަން ތިއްބާ، ރައިޝާގެ ބައްޕަ ރިޔާޒްއާއި، ދޮންބެ ރިއާޝް އައިސް ބަދިގެއަށް ވަނެވެ. ” ޕިސް ޕިސް ޕިސް… އަންހެނުންކީ ހާދަ އަނގަ ގަދަ ބައެކޭ ދޯ! ހުވާ މި ބުނީ.. މިހިރަ ފެންނަ ރާރާ ދައިތަގަނޑު އަދި ވަކިން އަނގަ ގަދަ ވާނެ..” ރިއާޝް އެހެން ބުނެލި އިރު، ނުހާއާއި ރިޔާޒް ތިބީ ހިނިގަނޑު މަތަކޮށްލައިގެންވެެ. ދެބެންގެ ޒުވާބު ފެށުނީކަން ރޭކާލީތާއެވެ. ” އާނ.. އެހެން ބުނާ މީހާ.. އަންހެެނަކަށް ވުރެ ކަންތައް ފަލަވާނެ… އަދި ފާހާނާގަ އެހާ ތަތް ވާނެ… ފާހާނާ އަށް ވަނަސް ތަށިމަތީގައި އިންނާނެ ބޮނޑިބަތަށް ހަކުރު އަޅައިގެން ޚިޔާލީ ފޮލާ ކައްކަން. ދެން ކިތައް ފަހަރު ބުނާނީ ރާރާ ނުކިޔާށޭ.. ފޯރ ޔުއަރ ކައިންޑް އިންފޮރމޭޝަން، މައި ނޭމް އިޒް ފާޠިމަތް ރައިޝާ އަހުމަދު ރިޔާޒް.. ނޮޓް ރާރާ ދައިތަގަނޑު، މިސްޓަރ ޔޫސުފް ރިއާޝް އަހުމަދު ރިޔާޒް ދަ ފާޚަނާ ތަށި ބޮޑު ބެއްޔާގަނޑު…” ރައިޝާގެ ލޯ ހަނިވިއެވެ. އޭރު ރިއާޝްއާއި، ނުހާއާއި، ރިޔާޒްވެސް ތިބީ ހީހީ ބަލިވެފައެވެ. ރައިޝާ ރުޅިއަރުވާލުމަކީ ރިއާޝްއަށް ނުހަނު މަޖާ ކަމެކެވެ. “ސާބަހޭ ދައިތަގަނޑާ.. ހާދަ ރުޅިގަދައޭ ދޯ… ހަމަ އެއްޗެކޭ ބުނާއިރަށް ހީވާނީ މި ގޭގަ ފަޓާހެއް ގޮއްވާހެން.. ޕޮއް ޕޮއް… ރުޅިގަދަ މީހުން އަވަހަށް މުސްކުޅިވާނެ.. މިހާރުވެސް ބަލާ… އެހުރީ ބޮލުގަ ނުރަ ފަޅާފަ…” ރިއާޝް އެހެން ބުނެލީ ރައިޝާ އިތުރަށް ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. “ދޭންންންން…… މަންމާ ބަލާބަލަ ދޮންބެ… އަބަދު ރައި ރުޅިއެރުވުން ނޫން ކަމެއް ނުކުރާނެ..” ރައިޝާ ކުޑަކުއްޖެއްހެން ތުންކޮޅު ދަމާލިއެވެ.

“ހޫމް ހޫމް… ދެން އޯކޭއޭ.. މިއަދުގެ ޑްރާމާއަށް ފުދެޔޭ.. ކޯޗެއްތަ ސައިބޯން ހުރީ؟” އެދެމީހުންގެ ކޯޅުންގަނޑު ހިންދާލުމަށް ރިޔާޒް މަޢުޟޫ ބަދަލުކޮށްލިއެވެ. “މަސްހުންޏާ ރޮށްޓާ.. ހިނގާބަ ސައިބޯން.. ރައި ވަރަށް ބަނޑުފައޭ..” ރައިޝާ އަވަހަށް ކާން އިށީނެވެ. “ތިވަރަށް ކާކަށް ނުވާނެ ރާރާ ދައިތަގަނޑާ.. ހިރިނުލެވޭ ވަރަށް މަސް ޖަހާފާނެ… ދެން އިންނާނެ މީހަކުވެސް ނުވާނެ..” ރިއާޝް އަނގަފުރާ ރޮށި އަޅައިގެން އިނދެގެން ވާހަކަ ދެއްކިއެވެ. “ހުއް.. ހުވެސް އުޅެން މީހަކާ އިންނާކަށް.. ހާދަ ފޫހިވާ ކަމެކޭ އެއީ… މި ދޮންބެގަނޑުވެސް އަބަދު މަލާމާތް ކުރުން ނޫން ކަމެއް ނުކުރާނެ… ވަރަށް ފޫހިވޭ… ފުރަތަމަ ދޮންބެ އިންނާނެ މީހަކު ހޯދަބަލަ…  މިހާރު 19 އަހަރު ވަނީ…  މުސްކުޅިވާއިރުވެސް މަށަށް ޔަގީން އިންނާނެ މީހަކު ނުލިބޭނެކަން..” ރައިޝާވެސް ދެރަނުވާންވެގެން ބުނެލިއެވެ. ދެބެންގެ ކޯޅުންގަނޑު ސައިބޮއެ ނިމެންދެންވެސް ދިޔައީ ކުރިޔަށެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. މި އުފާވެރި ކުޑަކުޑަ އާއިލާ ރައްކާ ކުރަމުންދާ އުފާވެރި ހަނދާންތަކެވެ.

ސައިބޮއެ ނިމިގެން ރައިޝާ ކޮޓަރިއަށް ދިޔައީ، ތަށިތައް ނެގުމަށް މަންމަ އަށް އެހީވެދީފައެވެ. ކޮޓަރިއަށް ވަދެ، ސްކޫލް ޔުނީފޯރމް ނެގުމަށްފަހު، ފާޚާނާ އަށް ވަނީ ސްކޫލަށް ދާން ތައްޔާރު ވުމުގެ ގޮތުންނެވެ. ފެންވަރައިގެން ނިކުމެ، ޔުނީފޯރމް ލުމަށްފަހު، ރައިޝާ ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ އޭނާގެ ދިގު، ރާޅު އިސްތަށިގަނޑުން ފެން ހިއްކަން ފެށިއެވެ. އެއަށްފަހު ފުނާ އަޅާ ރީތިވެ، އެ ރީތި އިސްތަށިގަނޑު ނިވާކޮށްލީ، ގަދަ ނޫކުލައިގެ ސްކޫލް ބުރުގާއިންނެވެ. އެންމެ ރީތި ހޫރުޕަރީއެއްގެ ނަން ނުދެވުނަސް، ރައިޝާ އަކީ ހުތުރު ކުއްޖެއް ނޫނެވެ. އެ ގަދަ މުށިކުލައިގެ ރީތި، ބޮޑު ދެލޮލަށް ހިޔާ އަޅާފައިވާ އެސްފިޔަތަކާއި، ލޯބިލޯބި ކޮލާއި، ކުޑަކުޑަ ނޭފަތާއި، މަޑު ފިޔާތޮށި ކުލައިގެ ތުންފަތުން އެކަނިވެސް، ފިރިހެން ކުދިންގެ ހިތްތައް ކަތިލެވިގެން ދާން ނަގާނީ މަދު ސިކުންތުކޮޅެކެވެ. ހަމުގެ ކުލަ އެންމެ އަލި ނޫނަސް، މާ އަނދިރިއެއްވެސް ނޫނެވެ. ދިގު އިސްކޮޅަކާ ހެޔޮވަރުގެ ރޫފައެއް ޤުދުރަތުން ރައިޝާއަށް ލިބިފައި ވެއެވެ.

މާ ގިނަ ވަގުތު ރީތިވާން ނުހުރެ، ރައިޝާ އަވަސްއަވަހަށް ދަބަހަށް ފޮތްތައް އަޅާ ނިންމާލީ ގަޑިޖެހެން ކައިރިވާތީއެވެ. ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު، ގަޔަށް ސެންޓުކޮޅެއް ބުރުވާލިއެވެ. ކޮޓަރިން ނުކުންނަނިކޮށް ފޯނަށް މެސެޖެއް އައުމުން ފޯނު ބަލާލި ރައިޝާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އަވަސްއަވަހަށް ކޮޓަރިން ނުކުމެ، ސިޓިންރޫމުގައި ތިބި މަންމައާއި، ބައްޕަ ގާތު ދަނީއޭ ބުނެލުމަށްފަހު ރައިޝާ ގެއިން ނުކުތެވެ. ގޭގެ ދޮރާށިން ބޭރަށް ނުކުތް ރައިޝާ އަށް ކުރިމަތީގައި ހުރި ސޫރަ ފެނުމާއެކު ހިނިގަނޑު ފަޅައިގެން ދިޔައީ އިޚްތިޔާރަކާ ނުލައެވެ.

ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ކައު ސާހިބާ

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (19)

Next
April 1, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (19)

Previews
April 1, 2021

ކައު ސާހިބާ

15 Comments!

  1. Lailac Baby says:
    April 1, 2021 at 11:29 am

    Stry Vrh reethi ???? nayaa???kaakubaa fenunee??? curious to know ??? stay safe ??? stay home ?? tc dear

  2. ?Ril? says:
    April 1, 2021 at 4:28 pm

    Hellooo naayooo ❤️❤️❤️
    Masha Allah❤️❤️❤️❤️
    Vrh Sali stry ge first part vxxx❤️❤️❤️❤️
    Raishaa ge mi character vrh majaa hahahah Hama heveny mi debein ge fight thankoo koo kiyaafaa ahhahahaha❤️❤️❤️???
    Btw dhn in part ah waiting ingeyy❤️❤️❤️
    Love u soo much ❤️❤️❤️
    Stay safe and tvgc❤️❤️❤️

  3. sahoo says:
    April 1, 2021 at 4:29 pm

    Wow very nice waiting for the next part of the story keep it up and be safe .

  4. ReeshA CoronA Nonnie says:
    April 1, 2021 at 7:44 pm

    Omyyyy Aash brw thr mi ulhenii???Nayaa dhoonigandaaaa… Nonni iš sooo happy and proud of you tooooo????mi Riaash aa raishaage dialogs hahah???Haadha majaley… Nonni hithah araa Nonni ge brw vx ehn vaane namą eyy????ey vvv habbu ingey sifa kurun thakaa ibaaraai kurun thah vx… Dhn bunedheeba Kon baeh thr mi ulhenii mi stry ga… Comedy land ge kudhin thrr… Kaaku baa rai ah e fenunii… E. Manje hini gandu vx falhaigen dhiyae???

    Auntyyyy….. Missed you Sooooooo much lymm
    TC
    Ss
    Sh

  5. Nayaa Nayaa says:
    April 2, 2021 at 7:56 am

    Salaam dear readers… Here is the first prt of my stry…. Hope y’all would love it… Second prt insha allah tmrw submit kohlaanan… Keep waiting…
    Lyssssssm
    SH
    SS
    TC

  6. Princess says:
    April 2, 2021 at 7:58 am

    V salhi mi baives kon irakuntha aneh Bai genesdhenee? V avahah genesdheyshey can’t wait nayaa?????

  7. Nayaa Nayaa says:
    April 2, 2021 at 8:01 am

    Awwwwwww tyssssssssssmmm nonni lwbikolhuuuu. That rlly meant a lot to me… Hehehe aslu Raisha ge name aa gulhuvaigen name eh liyan ulhe ulhe ves neyngunu liyaane nameh… But, dhen kulliakah handhaan V aash be mathin…. dhen hithah erii aash be ge name use kuraanee eyyy. Story ge main chracters mihaaru e othii cover pic ga fennan… dhen ithuru characters ge name eii suprise eh ;)..hehe… rai ah fenunu kujjaa balaalan hingaa dhw secong part ah wait kohlamaa… 🙂
    mymmmmmmmmm dhooniiiiii
    Lymmmmmmmmmmmmmm lwbigandaaaaaaaa
    SH
    SS
    TC

    1. Nayaa Nayaa says:
      April 2, 2021 at 8:10 am

      This is the reply cmmnt to my most adorable kokki… nonniii ty

  8. Nayaa Nayaa says:
    April 2, 2021 at 8:03 am

    Thanq dear.. Next prt insha allah tmrw.. yes will kep it up…
    SH
    SS
    TC

    1. Nayaa Nayaa says:
      April 2, 2021 at 8:09 am

      this is a rply cmmnt to sahoo

  9. Nayaa Nayaa says:
    April 2, 2021 at 8:04 am

    Hey ril sisoooo… tysssm darl.. heheh mii majaa vx vhk ekey so, majaa vanennu dhww..
    nxt prt insha allah tmrw..
    Lysssmmmmmm
    SH
    SS
    TVGC

    1. Nayaa Nayaa says:
      April 2, 2021 at 8:08 am

      this is a rply cmmnt to ril sis

  10. Nayaa Nayaa says:
    April 2, 2021 at 8:06 am

    Ty dear.. heheh fenunu kujjaa balaalan jeheynii adhi wait kohlan.. insha allah tmrw ga ingeyne fenunii kaaku kan.. lailac baby ge stry vx vrh salhi masha allah
    SH
    SS
    TC

    1. Nayaa Nayaa says:
      April 2, 2021 at 8:07 am

      This is a reply cmmnt to lailac baby

  11. Nayaa Nayaa says:
    April 2, 2021 at 8:40 am

    BTW ril sis nd nonni ah ingeytha iyye net ball match in nayoo men bali V.. nayoo men 5 dhen aneh team 6… 5 point ge therein nayoo men ge team in 4 points score kurii nayoo… nayoo kulhunii GA ah.. ekam vx dhah V.. vrh dhera vi ehenve… but eii adhi furathama match.. dhe oi 2 match in molhu vejjeyaamun nyoo mennah final ah dheveyne… plxxx molhu veythw dhuaa kohdhehche ingey… secong match othii sunday ge hendhunu… Green kulaeige hedhun laigen annahche suppirt kuran.. ingey darls..;)

Comments are closed.

Next Episodeހިތުގެ ޝަކުވާ… ދެވަނަ ބައި←


All Right Reserved!