Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ބީވެގެންދިޔަ އެކުވެރިން

Poppy Level 1
March 29, 2021 2 Mins Read
4 Comments

ގޮނދުދޮށުގެ ދޮންވެލިގަނޑުމަތީގައި އިށީދެލައިގެން އިން ޔޫހާ އިނީ ވަށައިގެންވާ މާހައުލުގައިވާ އެއްވެސް ކަމެއް ނޭންގޭފަދަ ފުން ހިޔާލަކަށް ގެއްލިފައެވެ. އެއްއަތުން މަޑުމަޑުން ވެލިގަނޑާއި ކުޅެމުންދިޔައިރު އަނެއް އަތްވަނީ އޭނާގެ ކަރުގައި އޮތް ފަށުފުލުގައި ހިފަހައްޓާލެވިފައެވެ. އެއީ އޭނާގެ އެކުވެރިންގެ އެންމެ ފަހު ހަދާނެވެ. ދެލޯ މަރާލެވުނީ އެކުވެރިންގެ ހަދާންތައް އާވާން ފެށުމުނެވެ. މެރިގެންދިޔަ ދެލޮލުތެރެއިން ޔޫހާއަށް އޭނާގެ މާޒީގެ ކޮންމެ މަންޒަރެއް ވަކިވަކިން ސިފަވާން ފެށިއެވެ.

*******************************************************************

އެއީ މީގެ ތިންއަހަރު ކުރިއެވެ. އަވިދޭ ރީތި ހިތްގައިމު ދުވަހެކެވެ. ޔޫހާ އާއި އޭނާގެ 3 އެކުވެރިން ކަމުގައިވާ ކައިރާ ، މަލަކާ އަދި ރޫނާ ދަތުރު ދިޔުމަށްޓަކައި ލޯންޗުގެ އިންތިޒާރުގައި ތިއްބެވެ. އިރުކޮޅެއްފަހުން ލޯންޗު ލެފިއެވެ. ލޯންޗު ބަދަރައް ކައިރިކުރުމާއިއެކު 4 މީހުން ލޯންޗަށް އަރައި މިސްރާބު ޖެހީ އެތާ އެންމެ ކައިރީ އޮތް ފަޅުރަށަށެވެ. ކަނޑުމަޑުކަމުން ހީވަނީ ތަރަފާލު އަޅައިފައި ހެންނެވެ. ވައިރޯޅިއެއް ނުވާތާ އުޑުމަތީގައި ވިލާ ރޮއްޖެއްވެސް ނެތެވެ. ފަޅުރަށަށް ލެފުނީ ގާތްގަނޑަކަށް 9 ޖަހަންވެފައިހުއްޓައެވެ. ރަށަށް ލެފުމާއިއެކު 4 މީހުން ވެސް ލޯންޗުން ފޭބިއެވެ. އެމީހުން ފޭބުމާއިއެކު ލޯންޗު ދުއްވަން އިން މީހާ ރަށަށް ދާންވުމުން ގުޅާލުމަށް ބުނެ ފުރައިގެން ދިޔައެވެ. 4 މީހުން އެންމެ ފުރަތަމަ އެމީހުން ގެނައި ސާމާނުތަށް ބަހައްޓާނެ ތަނެއް ހޯދުމަށް ރަށުތެރެއަށް ދިޔައެވެ. އެތަނާމާދުރު ނޫން ހިސާބެއްގައި ހުރި ބޮޑު ނިކަގަހެއް ފެނުނެވެ. އެގަސްދޮށުގައި ގެނައި ސާމާނުތައް ބަހައްޓާފައި ދެން ދިޔައީ ރަށްބަލާލުމަށެވެ. އެކިކަހަަލަ ފޮޓޯތަށް ނެގުމަށްފަހު އެމީހުން ގެނައި ސާމާނުތަކާ ދިމާލަށް މިސްރާބު ޖެހިއެވެ. ވަރުބަލިކަމާއިއެކު 4 އެކުވެރިން ގޮސް ގަސްކައިރީ އިށީދެލިއެވެ. “މެންދުރަށް ކައްކަން އުޅެމާ” ރޫނާ ފެންފޮދެއްބޯލަމުން ބުންޏެވެ. “އާން ހިނގާދޯ ކައްކަން އުޅެން” މަލަކާ ބުންޏެވެ. އަދި 4 މީހުން ނޫޑުލިސް ކައްކަން އެއްޗެހި ތައްޔާރު ކޮއްގެން އުނދުން ރޯކޮށްގެން ނޫޑުލިސް ކެއްކިއެވެ. ކައްކައިނިމިގެން ކައިގެން 4 މީހުން ދިޔައީ މޫދަށް އެރޭށެވެ. މޫދަށް އެރި ބޯޅައަތުގައި ނުޖައްސައި ކުޅުނެވެ. ކުޅިނިންމައިގެން އެއްގަމަށް އަރައި އެމީހުން ގެނައި ސާމާނުތަށް ޕެކްކުރަން ފެށިއެވެ. “ޕެކްކޮށް ނިމުނީއެއްނު. ލޯންޗްއަށް ގުޅާބަލަ” ކައިރާ އަޑުގެކޮޅަށް ގޮވައިލިއެވެ. ރޫނާ ފޯނުނަގައި ލޯންޗަށް ގުޅިއެވެ. ގާއިގަޑަކަށް އޭގެ 30 ވަރަކަށް މިނެޓުފަހުން ލޯންޗް އައިސް ރަށުގެ ފަޅަށް ވަނެވެ. 4 އެކުވެރިން ލޯންޗަށް އެރިއެވެ. އެމީހުން ލޯންޗަށް އެރި ތަނާ ލޯންޗު ފުރިއެވެ. ލޯންޗު ވަކި ހިސާބަކަށް ދިޔަތަނާ ވަރަށް ކަނޑު ގަދަވެ އުޑުމަތި ބަނަވެ ބޯކޮށް ވާރޭ ވެހެން ފެށިއެވެ. އެންމެންވެސް ތިބީ ބިރުން ފިއްކަޑައިގެން ދާވަރުވެފައެވެ. ކުއްލި އަކަށް ޖެހި ބޮޑު ރާޅަކާއި އެކުލޯންޗު ބަންޑުން ޖަހާލިއެވެ. އެތާ ކައިރީ މަސް ބާނަން އައިސް އޮތް ދޯންޏަކަށް މި މަންޒަރު ފެނިގެން އެމް.އެން.ޑީ.އެފް  އައް އެންގުމަފަހު ބަންޑުންޖަހާލާފާއި އޮތް ލޯންޗާއި ދިމާލަށް މިސްރާބުޖެހިއެވެ. އަދި ލޯންޗު ދަށުވެފައި ތިބި މީހުން ނެގޭތޯ މަސައްކަތް ކުރިއެވެ. އިރުކޮޅެއްފަހުން އެތަނަށް އެމް.އެން.ޑީ.އެފް މީހުން އައެވެ. އަދި ލޯންޗުދަށުވެއި ތިބި މީހުން ދޯނީގެ ފަޅުވެރިންގެ އެހީގައި މޫދުންނެގުމަށްފަހު އެންމެން ގޮވައިގެން ރަށަށް ދާން ދިޔައެވެ. ރަށަށް ލެފޭއިރަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި 4 މީހުންނަށް  އަވަސް ފަރުވާ ދޭންފެށުނެވެ. އޭރު އަވަސް ފަރުވާދޭ ކޮޓަރީގެ ބޭރުގާ އެމީހުންގެ އާއިލާ މީހުން ތިއްބެވެ. އެންމެންވެސް ދިޔައީ ރޮމުންނެވެ. އިރުކޮޅެއްފަހުން ޑަކުޓަރު ނިކުތެވެ. އަދި ޔޫހާ ރަނގަޅުކަމަށް ބުންޔެވެ. އަދި ދެންތިބި 3 މީހުންގެ ހާލު ދަނީ ފަހަރަކައް ވުރެ ފަހަރެއް ގޯސް ވަމުން ކަމަށެވެ. އިރުކޮޅެއްފަހުން ޔޫހާ ވާރޑަށް ބަދަލު ކުރެވުނެވެ. 5 ވަރަކަށް މިނެޓު ފަހުން ޑަކުޓަރުން ނުކުމެ ބުނި އެއްޗަކުން ޔޫހާއަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގަތްހެންނެވެ. އަދިވެސް ޔޫހާގެ ކަންފަތްބުޑުގައި އެބަސްތައްދަނީ ގުގުމަމުންނެވެ.  “އައިއޭމް ސޮރީ ބަޓް ވީ ކުޑުންޓް ސޭވް ދެމް.”

****************************************************************

ޔޫހާއަށް ހޭވެރިކަންވީ ބޯކޮށް ވާރޭ ވެހެން ފެށުމުންނެވެ. ވަރަށް ބާރަށް ދުވެފައި ގެއަށް ދާން ދިޔައެވެ.

އެ ހާދިސާ ހިނގައިދިޔަތާ 3 އަހަރުވީނަމަވެސް ޔޫހާގެ ހަންދާނުން އެ ހާދިސާއެއް ނުފިލައެވެ. ފިލާނީވެސް ކިހިނެއް ހެއްޔެވެ. އޭނާގެ އެންމެ ގާތް 3 އެކުވެރިން މިދުނިޔެދޫކޮށް ދިޔައީ އޭނާގެ ލޯ ކުރިމައީގައޭ ބުންޔަސް ދޮގަކަށްނުވާނެއެވެ. ވެހެމުންދިޔަ ވާރޭ ދުނިޔެމައްޗަށް ވެރިކުރުވައިވައިވާ އަނދިރިކަން ފަދައިން ޔޫހާގެ ހަޔާތައްވެސްވަނީ އަނދިރިކަންވެރިވެފައެވެ.

**************************** ނިމުނީ *******************************          ނޯޓު: މިއީ އަޅުގަނޑު މި ސައިޓަށް އަޕްލޯޑުކުރާ އެންމެ ފުރަތަމަ ވާހަކަ. ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމައް އުންމީދު ކުރަން.

Share Article

Follow Me Written By

Poppy

Level 1

Other Articles

Previous

ހިތުގެ ޝަކުވާ… ޓްރެއިލާރ

Next

ނޭދެމޭ ވަކިވުމެއް-52

Next
March 30, 2021

ނޭދެމޭ ވަކިވުމެއް-52

Previews
March 29, 2021

ހިތުގެ ޝަކުވާ… ޓްރެއިލާރ

4 Comments!

  1. Zahuu says:
    March 30, 2021 at 12:11 pm

    Varah reethi stry eh masha allah??

    1. Poppy says:
      March 30, 2021 at 2:45 pm

      thanks zahuu

  2. zahuu says:
    March 30, 2021 at 2:52 pm

    Btw when is gonna write a new stry

  3. crazy idiot says:
    March 30, 2021 at 7:29 pm

    this story is so beautiful….waiting for the next story…..keep it up…stay safe..tc

Comments are closed.



All Right Reserved!