ގޮނދުދޮށުގެ ދޮންވެލިގަނޑުމަތީގައި އިށީދެލައިގެން އިން ޔޫހާ އިނީ ވަށައިގެންވާ މާހައުލުގައިވާ އެއްވެސް ކަމެއް ނޭންގޭފަދަ ފުން ހިޔާލަކަށް ގެއްލިފައެވެ. އެއްއަތުން މަޑުމަޑުން ވެލިގަނޑާއި ކުޅެމުންދިޔައިރު އަނެއް އަތްވަނީ އޭނާގެ ކަރުގައި އޮތް ފަށުފުލުގައި ހިފަހައްޓާލެވިފައެވެ. އެއީ އޭނާގެ އެކުވެރިންގެ އެންމެ ފަހު ހަދާނެވެ. ދެލޯ މަރާލެވުނީ އެކުވެރިންގެ ހަދާންތައް އާވާން ފެށުމުނެވެ. މެރިގެންދިޔަ ދެލޮލުތެރެއިން ޔޫހާއަށް އޭނާގެ މާޒީގެ ކޮންމެ މަންޒަރެއް ވަކިވަކިން ސިފަވާން ފެށިއެވެ. ******************************************************************* އެއީ މީގެ ތިންއަހަރު ކުރިއެވެ. އަވިދޭ ރީތި ހިތްގައިމު […]