Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 5

❤️ lailac ❤️ Level 210 Stories100 Comments100 Login
March 19, 2021 5 Mins Read
5 Comments

ފިރިމީހާގެ މޫނަށް ބަލައލި އަލީޒާގެ ކަންފަތުގައި ގުގުމަމުން ދިޔައީ މަންމަ ގެ ނަސޭހަތެވެ. ރައުލް ގެލޮލާއި ލޯ ސީދާ ކޮށްލުމަށްފަހު އަލީޒާ ހިނިތުން ވެލިއެވެ.އަލީޒާގެ ލޮލަށް ބަލަހައްޓައިގެން ހުރި ރައުލްގެ ލޮލަށް ލާނެތްކަން ވެރިވިއެވެ. އެކަން އިހުސާސްކުރެވުނު އަލީޒާ ރައުލް އަށް އަތުނުވާން ްދުއްވައިގަތެވެ. ފާލަންމަތިން ަފައިބައިގެން ގޮސް އަލީޒާ އަށް ދޮންވެލިގަނޑުގައި ކިރިޔާ ފައި އަޅާލެވުނު ކަމެވެ. އޭނާގެ ހަށިގަނޑު ރައުލް ގެ ބާރުގަދަ ދެއަތުގެ ތެރޭގައި ހައްޔަރުވެގެން ދިޔައެވެ. ލުއި ފަތެއް ފަދައިން ރައުލް އަލީޒާ އުފުއްލައިލިއެވެ. އަދި ވަށައިގެން އެނބުރިލިއެވެ. އިތުރު އިންސާނެއްގެ ހިލަމެއްނުވާ ހަމަހިމޭންމާހައުލު ގުގުމަމައިގެން ދިޔައީ އަލީޒާ ގެ ތޫލި ހަޅޭކުގެ އަޑުންނެވެ. ރައުލްގެ އަތުތެރެއިން ސަލާމތްވާނ ްއަލީޒާ ގަދަހަދަމުން ދިޔައެވެ.

 

އަލީޒާ އުރައިލައިގެން ހުރި ރައުލް އަލީޒާ އަށް ކުދި ލޯބީގެ ގޯނާތަށް ކުރަމުނ ްދިޔައެވެ. އަލީޒާ ގެ ހުނުމާއި ހަޅޭކުގެ އެކުވިއަޑުތަށް މުޅި މާހައުލު ހިސޯރުކުރަމުން ދިޔައެވެ.

 

އެނބުރި މާލެ އާދެވުމާ އެކު ކޮންމެ މީހަކުވެސް އެމީހެއްފެ އާދައިގެ ދިރި އުޅުމަށް ރުޖޫޢަ ވެއްޖެއެވެ. އީމާން ލުޔޫނާ މައުޒިލް މާހިލް ޝާން އަދި ޝަޔާލް އޮފީހަށް ދާން ފަށައިފިއެވެ. އައްފާން ބޭނުންވީ އީމާން ގެ ޚިޔާލުތަކާއި ދުރުވުމަށް އެހެން އޮފީގެއްގައި މަސައްކަތް ކުރާށެވެ. އީމާން ގެ ކުރިމަތީގައި އަބަދު މަސައްކަތް ކުރަން ޖެހޭނަމަ އެ ޚިޔާލު ތައް އޭނާ އަށް ސިކުނޑިން ނެރެ އެއްލައެއް ނުލެވޭނެއެވެ.

 

“އަހަރެމެން މިއުޅެނީ ބިސްނަސް މީޓިން އަކަށް ލަންޑަން އަށް ދާން”

 

އޭރު މައުޒިލް އާއި މާހިލް ތިބީ ގޭގެ ކުރިމަތީގައިވާ ބަގީޗާ ގައި ހުރި ބެންޗެއްގައެވެ. ފިނިފެންމަލާއި ލައިލަކް މަލުގެ މީރުވަހުން ހިތްފުރޭހާވެއެވެ. ބަގީޗާގެ އެއްފަރާތުގައި ހެދިފައިވާ ބޯގަންވިލާ ގަހުގެ ހިޔާ އެމީހުން އިރުގެ ދޯދިތަކުން ރައްކާތެރި ކޮށްދެމުން ދިޔައެވެ.

 

“އެކޮޅުނ ްވަރަށް މުހިންމު ކްލައިންޓުން ކޮޅަކާއި މީޓް ކުރަން ޖެހިގެން”

 

ވާހަކަ ދައްކަމުން ދިޔަ މައުޒިލްގެ ނަޒަރު ހުއްޓިފައިހުރީ އޭނާގެ ކޮއްކޮގެ މޫނަށެވެ.

 

ދެބެންގެ ވާހަކަ ތައް މެދު ކެނޑުނީ އެތަނަށް އީމާން އައުމުންނެވެ.

 

“ޒިލް އާދެބަލަ.”

 

އީމާން ގެ އަޑުގައި ވަނީ ހާސް ކަމެވެ. އެ ދޮން މޫނުގައި ވިދާ ބަބުޅަމުން ދިޔައީ ދާތިކިތަކެވެ.

 

” ކިހިނެއްވީ ؟”

 

ފުންމައިގެން ތެދުވި މައުޒިލް އީމާން ނަގައި އޭނާގެ އަތުތެރޭގައި ބޮޑި ކޮށްލިއެވެ. ހާސްވެ ކަންބޮޑުވެފައި ހުރި މާހިލްގެ ނަޒަރު ވެސް ހުއްޓިފައި ހުރީ އީމާން އަށެވެ. މައުޒިލްގެ މޭތެރޭގައި އީމާން އިތުރަށް ބޮނޑިވެލިއެވެ.

 

“މަ…މަން…މަންމަ….”

 

ވާހަކަ ދައްކަން މަސައްކަތް ކުރި އީމާންގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. މައުޒިލްގެ ޓީޝާރޓަށް އިތުރަށް ވާން ކުރަމުން ދިޔައެވެ.

 

“ބޭބީ އިހަށް ހަމަޖެހިލަބަލަ ”

 

އީމާންހަމައަކަށް އަޅުވަން މައުޒިލް މަސައްކަތް ކުރިއެވެ. އޭނާ މަޑުމަޑުން އީމާންގެ ބުރަކަށީގައި ފިރުމަަމުން ދިޔައެވެ.

 

“މަންމަ އަނބުރައިގަނެފައި… ކޮޓަރީގަ އޮއްވާ ފެނުނީ”

 

ފުންނޭވާ އެއް ދޫކޮށްލުމަށްފަހު އީމާން ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އެވަރުން ވެސް އޭނާގެ އަޑުގައި ތުރިތުރު އެޅުމެއްވިއެވެ. ދޭން ޖެހުނު ޚަބަރުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

 

އީމާންގެ ދެ ތުންފަތް ފޫ އަޅުވައިލުމަށް ފަހު ބޭރުވެ ކޮންމެ ލަފްޒެއް ހަންޖަރެއް ފަދައިން އޭނާގެ ހިތަށް ހެރެމުން ދިޔައެވެ. އަނގައިން ބޭރުވި ވޭނީ އާހާ އެކު އޭނާ އީމާން ގެނެސް އިތުރަށް ގަޔާއި ކައިރި ކޮށްލިއެވެ.

 

އީމާން ގެ އަނގައިން ބޭރުވި ލަފްޒުތައްް އަޑު އިވުނު މާހިލް އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ހިނދުކޮޅަކު ހުއްޓުން އަރައިފައި ހުރުމަށްފހު ދެބެން ވެސް ދުއްވައިގަތީ މަންމަގެ ކޮޓަރިޔަށް ދިޔުމަށެވެ ދުވެފައި ގޮސް އެކޮޓަރިއަށް ވަން އިރު ފެނުނު މަންޒަރުން މާހިލް އަށް އަނގަމަތީ އަތް އަޅައިލެވުނެވެ. އެނދު ކައިރިޔަށް އުއްޑުން ވެއްޓިފައި އޮތް ސާދުނާ ފެނުމުންނެވެ.ދޮރު ކުރިމައްޗަށް އައިސް ހުއްޓިލި މައުޒިލްގެ ހަރަކާތްތައް ވެސް ހިނދުކޮޅަކަށް މަޑު ޖެހިލިއެވެ. ދިރުމެއް ނެތް ދެބުދު ފަދައިން ހިނދުކޮޅެއް ވަންދެން ދެބެ ހުއްޓުން އަރައިފައި ތިއްބެވެ.

 

ލޮލުން ފޭދިގެން ދިޔަ ކަރުނަތިއްކާ އެކު އީމާންގެ އަގައިން މަޑު ގިސްލުމެއްގެ އަޑު ބޭރު ވެގެން ދިޔައެވެ.އީމާންގެ ވޭނީ ގިސްލުން އަޑު އިވުނު މައުޒިލް އާއި މާހިލް ގެ ހަށިގަނޑުގައި ހީވީ އަލުން ފުރާނަ އެޅުނު ހެންނެވެ.

 

ދެބެން ދުވެފައި ގޮސް ސާދުނާ ނަގައި އނދުގައި ބާއްވާލިއެވެ. މާހިލް ފޯނު ނަގައި އެމްބިޔުލާންސް އަށް ގުޅިއެވެ. މައްޒިލް އީމާން އޭނަގް އަތުތެރޭގަްި ގްއިދު ކޮށްލިއެވެ. އީމާން ގެ ހިތާމަތައް ލިއި ކޮށް ދިނުމަށެވެ.މާހިލް ފަހަރަކު މީހަކަށް ގުޅަން ފެށިއެވެ. ފަހަރަކު މީހަކު އަންނަމުން ގޮސް އެންމެން އަިސް ކޮޓަރި ތެރޭގައި ހަމަވެއްޖެއެވެ.

 

ފެނުނު މަންޒަރު ކޮންމެ މީހެއްގެ ހިތަށްވެސް ލޮޅުމެއް ގެނުވާނެ ކަން ގައިމެވެ.

 

އެމްބިޔުލާންސް ގެ ސައިރެންގެ އަޑު އިވުމާ އެކު މާހިލް އާއި އައްފާން ސާދުނާ ގެންގޮސް އެމްބިޔުލާންސް އަށް އެރުވިއެވެ.އެހެންމީހުނ ްވެސް ކަެާއި ސައިކަލް ތަކުގައި ފަހަތުން އައެވެ.

 

ސާދުނާ ހޮސްޕިޓަލަށް ގެންދެވުމާއެކު ވަގުތުން ފަރުވާދޭން ފެށުނެވެ. ގޮނޑި ތަކުގައި އިސް ޖަހައިލައިގެން އާއިލަގެ މެމްބަރުން ތައް ތިއްބެވެ.

 

މައްޒިލްގެ ކޮނޑުގައި ބޯއަޅައިލައިގެން އީމާން އޮތެވެ. އޭނާގެ ލޯ ފުރި ބަންޑުން ވަމުން ދިޔައީ ކަރުނައިގެ މުތީ ތަކުން ނެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތިކި ތައް އޭނާގެ ކޮތާފތުގައި ބޮސް ދިނުމަށް ފަހު މައުޒިލްގެ ޓީޝާރޓް ތެރެއަށް ހިނދެމުން ދިޔައެވެ. އީމާންގެ ކަރުނަ ތިކިތަކުން މައްޒިލްގެ ޓިޝާރޓް ގެ ކޮނޑު ތެއްމަމުން ދިޔައެވެ.

 

މޫނުގައި އަތް އަޅައިގެން ހުރެ ރޮމުން ދިޔަ ސުދާ ގެ އަނގައިން ބޭރުވަމުން ދިޔަ ނިސްވާނީ ރުއިމުގެ އަޑުން މާހިލް ގެހިތަށް ފުން އަސަރު ތަކެއް ކުރުވިއެވެ. ހިތާމައިގެ ކަނޑެއްގައި ފަތަމުން ދިޔަ އަނބިމީހާ އަށް އެހީތެރި ވާނެ ގޮތެއް ނޭގި ގޮތް ހުސްވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ްތުރުތުރު އަޅަމުން ދިޔަ ސުދާ ގެ ބުރަކަށީގައި މާހިލް މަޑުމަޑުން ފިރުމަން ފެށިއެވެ. އެކަމުން ސުދާގެ ހިތަށް ހަމަޖެހުމެއް ލިބިދާނެއޭ ހީވެގެންނެވެ. މިފަދަ ހިތާމައިގެ ވަގުތުގައި އަނބިމީހާ އަށް އަޅާލާ އޯގާތެރި ވާން މާހިލްގެ ހިތް އިންތިހާ އަށް އެދެމުން ދިޔައެވެ.

 

ޔާޝާ އަދި ދިފްލާ ޖެހިޖެހިގެން ހުރި ދެ ގޮނޑީގައި އިށިންދެލައިގެން ތިއްބެވެ. ޔާޝާގެ މޫނަށް ވަނީ ހިތާމައިގެ ހިޔަނި އެޅިފައެވެ. އެ ދޮން މޫނުމަތީގައި އަބަދު ފަރިވެފައި ހުންނަ ހިނިތުންވުން ވަނީ ފިލާފައެވެ. އެ ބޮޑު ދެލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ.

 

އެންމެ ހިނދު ކޮޅަކަށް ވެސް އަނގަމަޑުން ލައިގެން ނުހުރެވޭ ދިފްލާގެ އަނގައިން ބަސްހުސް ވެފައި ވާފަދައެވެ. އާއިލާގެ އެންމެން މި ހިތާމައިގެ ކަނޑުން ސަލާމތްކުރަން ހިތްވަރު ދިނުމުގެ ބަހެއް ބުނަން އޭނާގެ ހިތް އެދުނެވެ. ނަމަވެސް ނުފެންނަ އަތަކުން އޭނާގެ ދުލުގައި ހިފަހައްޓާފައި ވާފަދައެވެ.

 

އެންމެން ހެއްވާލްން ޖޯކެއް ކިޔަން ބޭނުންވި ނަމަވެސް އޭނާގެ ސިކުނޑި ތަޅުލެވިފައި ވާފަދައެވެ.

 

ދެތިން ގަޑި އިރު ފަސް

 

ވެއިޓިން ރޫމްގައި ތިބި އެންމެން ކުރަމުން ދިޔަ ދިގު އިންތިޒާރުގެ ނިމުން ގެނުވަމުން ޑޮކްޓަރު އެމަރޖެންސީ ރޫމް ގެ ދޮރު ހުޅުވައިލުމަށް ފަހު ނިކުތެވެ. ޑޮކްޓަރުގެ މޫނު މަތީގައި ވަނީ އުފާވެރި ކަމެވެ. އެދެލޮލުގައި ބަބުޅަމުން ދިޔައީ ޝުކުރުގެ ކަރުނައެވެ.

 

“އަނެއްހެން މާ ބޮޑު މައްސަލަ އެއް ނެތް. ޕޭޝަންޓް ޑީހައްޑްރޭޓް ވީ ކަމަށް ލަފާ ކުރެވެނީ ”

 

ޑޮކްޓަރުގެ ދުލުން ބޭރުވި ކޮންމެ ޖުމްލައެއް ގައި ވަނީ އެތައް މިލިއަން ޑޮލަރުން ނުގަނެވޭހާ އުފާ ވެރިކަމެވެ. މޫނުތަކުގައިވި ހިތާމަވެރި ހިނިތުންވުން އުފާވެރި ހިނިތުން ވުމަކަށް ބަދަލު ވެއްްޖެއެވެ. މިހާރު ލޯތަކުން ފޫދެމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ދޫތަކުން އޮހެމުން ދިޔައީ ޝުކުރާއި ތައުރީފެވެ.

 

“މިހާރު ވަރަށް ލަސްވެއްޖެ. ދެން ޢިހަށް އެއްބަޔަކު ގެތަށް ދާންވީނު”

 

ލުޔޫނާ ބުނެލިއެވެ. ނަމަވެސް އެއް ވެސް މީހަކު މަންމަ ދޫ ކޮށްލައިފައި ދާކަށް ބޭނުމެއް ނުވިއެވެ.

 

“އެހެންވިއްޔާ ދެން ޔާޝާ އާއި ދިފޫ ޝާލް އާއި ޝާން އިހަށް ގެޔަށް ދާން ވީނު.”

 

ވިސްނާލުމަށް ފަހު މާހިލް ނިންމިއެވެ.

 

ހަތަރު ކުދިން ގެޔަށް ދިޔައީ އެކިވާހަކަތަކުގައި މަޝްޣޫލް ވެ ތިބެއެވެ.

 

ވަށަައިގެން ވި މާހައުލުގައި ހިނގަމުން ދިޔަ އެންމެހާ ކަންތައްތައް އެކުދިންގެ ސިކުނޑިން އެއްކިބާ ވެފައިވާ ފަދައެވެ.

 

“ވަރަށް ނިދި އައިސްފި”

 

އާފުރިލަމުން ދިފްލާ ދެން ތިބި ކުދިންނަށް ބަލައިލިއެވެ.

 

“މަ ވެސް ވަރަށް ޓަަޔަރޑް”

 

ދިފްލާ ގެ ޖުމްލަ ނިމުމާއެކު ޝާން ގެ އަނގައިން ބޭރުވިއެވެ. އިތުރު ބަހެއް ބުނުމެއްނެތި ޝާން އަދި ދިފްލާ ސިޑިން އަރައިގެން ދިޔައީ އެވެ.

 

“މަ މި އުޅެނީ ކޮފީ އެއް ބޯލަން. ޝަޔާލް ބޭނުން ތަ؟”

 

ޔާޝާގެ ނަޒަރު ޝަޔާލް ގެ މޫނަށް ހިނދުކޮޅަކަށް އަމާޒު ވެލިއެވެ. ބޯ ޖަހައިލައިފައި ދެކުދިން ގޮސް އިށިންދެލީ ސޯފާ ގައެވެ.އެކި ވާހަހަކަ ތައް ދައްކަމުން ދެކުދިން ކޮފީ ބޮއި ނިންމާލިއެވެ.

 

“މަ މި ދަނީ ނިދަން . މިހާރު ވަރަށް ލަސްވެއްޖެ”

 

“އޯކޭ ބާއި. ”

 

ޝަޔާލް އަށް ހަނާ އަޅާލުމަށް ފަހު ފަސް އެނބުރިލި ޔާޝާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ސޯފާގައި އޮތް ޝަޔާލް ގެ ފޯނެވެ. ޔާޝާ ނިންމީ ޝަޔަލް އަށް ފޯނު ރައްދު ކޮށްދޭން ދިޔުމަށެވެ. ޔާޝާ ފޯނު ހިފައިގެން ގޮސް ޝަޔާލްގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

 

ޔާޝާގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ ކޮޓަރީގައި ޖަހައިފައި ހުރި ހެވީ މެޓަލް ލަވައިގެ އަޑެވެ. ކޮޓަރި ތެރެއަށް ވަދެ ޔާޝާ ވަށައިގެން ބަލައިލީ އެކަކުވެސް ފެންނަން ނެތުމުންނެވެ. ކުއްލިއަކަށް ފާހަނައިގެ ދޮރު ހުޅުވިއްޖެވެ. ހަމައެކަނި ތުވާލި އޮޅާލައިގެން ހުރި ޝަޔާލް ފެނުމުން ޔާޝާ ލާން އުޅުނު ނޭވާ ހީވީ ކަރުތެރޭގައި ތާށިވީ ހެންނެވެ. މުށި ބުދެއް ފަދައިން ޔާޝާ ހުއްޓުން އަރައިފައި ހުރީ އެވެ.

 

ކޮޓަރި ތެރެއިން ޔާޝާ ފެނުމުން ހައިރާންވެ ސިހިފައި ހުރި ޝަޔާލް ގެ ހިތް ވަސްވާހުން ފޯކޮށްލަން ޝައިޠާނާ މަސައްކަތް ކުރަމުން ދިޔައެވެ. ނޭގޭ ދަމާ ބާރަކުން ޔާޝާ އާއި ދިމާލަށް ޝަޔާލް ގެންދަން ފެށިއެވެ. ޔާޝާގެ މޫނުގައި ބޮސްދިން ޝަޔާލްގެ ހިތުގައި އޭރު ބިންވަޅު ނެގިފައި ވީ އެންމެ އެދުމެކެވެ. ކޮންމެ ގޮތަކުން ނަމަވެސް ހަށިގަނޑުގައި އަނދަމުން ދާ އަލިފާން ނިއްވާލުމަށެވެ.

 

ޝަޔާލް ގެ ބޮސްދިނުން އިހުސާސްވި ޔާޝާ ޝަޔާލްގެމޭގައި އަޅާ ދުރަށް ކޮއްޕާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ޝަޔާލް ހިފަހައްޓައިފައި ހުރީ އެއަށް ވުރެ ބާރަށެވެ.

 

★★★★★★★

 

މިހާ ލަހުން މި އެޕިސޯޑް ނެރެވުނީތީ އަދި ކިޔުންތެރިންނަށް ދިގު އިންތިޒާރެއް ކުރަން ޖެއްސުނީތީ އެންމެހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މި ވާހަކަ ލިޔަން ފެށިއިރު އަޅުގަނޑު އުއްމީދު ކުރީ ހަފްތާ އަކު އެއްފަހަރު ވާހަކަ ނެރެވޭނެ ކަމަށެވެ. ނަމަވެސް ސްކޫލުގަައި އަދި ދިރިއުޅުމުގެ ކަންތައްތަކުގައި ބިޒީ ވުމުގެ ސަބަބުންމިވާހަކަ ގަވާއިދުން ނުނެރެވިދާނެއެވެ. ނަމަވެސް އަޅުގަނޑަށް ލިޔެވުނުހާ އަވހަކަށް ކިޔުން ތެރިންނައި ހަމައަށް ވަހަކަ ފޯރުކޮށްދޭނަމެވެ. މިކަން އެންމެހާ ކިޔުންތެތިންގެ ސަމާލު ކަމަށް ފާހަގަ ކޮށްލީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

❤️ lailac ❤️

Level 210 Stories100 Comments100 Login

❤️Im a girl who loves reading and writing ??? I also love to write songs??❤️

Other Articles

Previous

އަބަދުވެސް ވާނަން ގާތުގައި (3)

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (17)

Next
March 19, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (17)

Previews
March 19, 2021

އަބަދުވެސް ވާނަން ގާތުގައި (3)

5 Comments!

  1. Wonder says:
    March 20, 2021 at 12:31 pm

    The story is amazing.. i Almost had a heart attack.. hehe.. thought something happened to their mom. Its okay dear. Totally understand.. up kohla dhevey enme avahakah up kohleema rangalhu vaane? waiting for next episode.. tc❤️

    1. ❤️ lailac ❤️ says:
      March 22, 2021 at 2:04 pm

      Aaw ??? thanks for your lovely comment ??? it means a lot to me???ur comments inspire me thanks a lot wonder??for ur wonderful comment ?? wish u a wonderfully day???

  2. Shaleen says:
    March 20, 2021 at 11:34 pm

    Hey
    V ufaavejje vaahaka kiyaalanves v faseyhavi. Dhen ekam vaahaka thi nimmaaalee dhen in thankolhu kiyaahithun indha.. alhey dhen anekkaa inthizaar kuran mijehunee dho.
    Ekamves dhen mivaahaka kiyaahihvaalei bodukamun masakkatheivves koggenthaa kiyen othee dho dear.
    V v v kiyaahithun meenee.
    Curioussssssssslyyyyy

    1. ❤️ lailac ❤️ says:
      March 22, 2021 at 2:06 pm

      Hi shaleen ??? thanks a lot for commenting ??? lailac stry eh lyunas lhemeh liyunas dhalenn ge surport libeythee im really happy ??? thn shaleen ge stry ge inthizaarugai mulhi week ga hureveyne ???its so beautiful ??? ?? stay safe ??

  3. redlailacrose says:
    March 22, 2021 at 2:07 pm

    Shaleeeen nd wonder kahala telented authors friends ge gothuga libuneema im really happy ???

Comments are closed.

Next Episodeލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 6←


All Right Reserved!