Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންމަޖާލޯބި

ޖެނީ (6)

Ainn Level 110 Stories
March 14, 2021 4 Mins Read
0 Comments

*ޒިވިން އެއް މިޔަކަނުން ހީންލިއެވެ. ‘އަޅޭ ސްވީޓީ.. އަހަރެމެން ޖެނީ މަރާލަން ބޭނުންވި ނަމަ.. މިހާރު ޖެނީ ހުންނާނީ މަރުވެފަ ނުން..’ ޒިވިން އަހަރެންނާއި ދިމާލަށް ލޯ އަޅާއިލިއެވެ. އަހަރެންނަށް ފަޔާއި ދިމާލަށް ބަލާލެވުނެވެ. ‘ޒިވިން.. އޭނާއަށް ބިރުނުދައްކާ.. ވަރަށް ފޭކު..’ ޔޫކީން ނިތްކުރީގައި ޖަހާލިއެވެ.*

**6**

‘އަހަރެން ކީއްވެ މި ކުނި ވަސް ދުވާ، ދާ ވެފައި އޮތް އެއްޗެއް ލާންވީ..؟’

‘ދެން ވާހަކަ މަދުކޮށްފަ ތި ހޫޑީ ލާންވީނު..’ ޒިވިން އަހަރެން އަތުްނ މީގެ އިރުކޮޅެއް ކުރިން ދިން އަޅި ކުލައިގެ ހޫޑީ އަތުލުމަށްފަހު އެ މަތިކޮޅު އަހަރެންގެ ބޮލުތެރެއަށް މަހާލިއެވެ. ‘ޔޫ އާރ ރުއިނިންގ މައި ހެއަރ..’ އަހަރެން ގަދަ ހަދާލީމެވެ. ޒިވިން ދުރަ ކޮށްޕާލުމަށްފަހު އަހަރެންގެ ގައިގައި އޮޅިފައި އޮތް އެ ހޫޑީ ރަނގަޅު ކުރެވޭތޯ ބެލީމެވެ.

‘ޖެނީ ކީއްވެ އަންހެން ކުއްޖެއްހެން ތި އުޅެނީ..’ ޒިވިން ލޯ އަޅާލުމަށްފަހު ފަހަތަށް ތިން ފިޔަވަޅު އަޅާލިއެވެ. އަހަރެން އެ ހޫޑީގެ އަތް ލައްވާބައި ހޯދަމުން ދިޔައީމެވެ. ‘އެއީ އަހަރެން މީ އަންހެން ކުއްޖަކަށްވީމަނުން..’ އަހަރެން މޫނުހަދާލީމެވެ. އޭރު އަހަރެންނަށް އެ މަތިކޮޅުގެ އަތްކޮޅު ފެނި އޭގެއަށް އަތް ވައްދަނީއެވެ. ‘އެއްވެސް މައްސަލައެއް އެބޮތްތޯ.. މަނިކުފާނު..’

‘ތި ހޫޑީގެ ބޭނުމަކީ ެހެން ޖިންނީންނަށް ޖެނީގެ ވަސް ދުވާ.. ޑަޒްބުރެޒްގައި އިންސާނެއް ހުރީ ކީއްވެތޯ ނުބެލުމަށް.. ދެން ތި ހޫޑީލައިބަ މިހާރު މާ ލަސްވަނީ..’ ޒިވިން އަހަރެންނާއި ދިމާޅަށް އައުމަށްފަހު ހޫޑީ ރަނގަޅު ކުރުމަށް އަތް ދިއްކޮށްލިއެވެ. އަހަރެން އެއް ފަރާތަކަށް ޖެހިލީމެވެ. ‘އަހަރެން އިންސާނަކަށް ވީތީ އެއީ ގޯސް ކަމެއްތަ..؟’ އަހަރެން ޒިވިންގެ އަތް ފޮޅާލަމުން ބުނީމެވެ.

‘އަދިވެސް އިންސާނާއަށް ނޭނގެނީ ކަމުގައި ވަނީނަމަ.. ޖެނީ ތިހުރީ ޖިންނީންގެ ދުނިޔޭގަ..’ ޔޫކިން ކޮޓަރީގެ އަނެއްފަރާތުގައި ހުރި ސޯފާގައި އިނދެ ގޮވާލިއެވެ. އޭނާކައިރީގައި ކައިޒަން ފޯނާއި ކުޅެން އިނެވެ. ‘އިންސި އަކަށް ދިރި އުޅެން ރަނގަޅު ތަނެއްނޫން..’

‘އަހަރެން ބޭނުމީ ގެއަށް ދާން..’ އަހަރެން ތުއްތ ކުއްޖެއް ފަދައިން ތުން އޫ ކޮށްގެން ހުރެ ބުނެލީމެވެ. ނަމަވެސް ވައި އަޑުްނ އެހެން ބުނި ނަމަވެސް ޖިންނީންގެ އަޑު އިވުމުގެ ބާރުގަދަ ކަމުން އެތަނުގައި ތިބި ތިން މީހުނަށްވެސް އަހަރެން ބުނި އެތި ވަރަށް ސާފުކޮށް އިވުނެވެ.

ޒިވިން އޭނާގެ ބޮލުތެރެއަށް އަތް މަހާލިއެވެ. އެގަގުތު އޭނާ އެގޮތަށް ވަރަށް ގިނައިން ހަދާކަން އަހަރެންނަށް ޔަގީންވިއެވެ. ޒިވިން ފުން ނޭވާއެއް ދޫކޮށްލިއެވެ. ‘އަދި އަހަރެމެންވެސް ބޭނުމީ ޖެނީ މިތަނުން ފޮނުވާލަން..’ އޭނާ ފޫހި ރާގަކަށް ބުނެލިއެވެ. ‘އެކަމް އަހަރެމެންނަށް ކަމަނާ ގެއަށް ފޮނުވާލާ މަގު ހަލާކު ކޮށްލެވުނީމަ، ގޮތެއް ހޯދެވެންދެން ޖެނީ ހުންނާންޖެހޭނީ ޑަޒްބުރެޒްގައި އަހަރެމެންނާއި އެކީ ތާށިވެފައި.. އެންޑް ޔޫ ހޭވް ޓޫ ލިސެން ޓު އަސް.. ހާއްސކޮށް އހަރެންނަށް..’

ހުން.. ރަނގަޅަށް ނުވިސްނޭ ޖިންނީންތަކެއް ފާޑެއްގެ ޓެލެގައިރޯ އަކުން ގޮތް ނޭނގޭ ފުރޭތައެަކަށް ގޮވާ ގެނައި ބަޔަކަށް އަހަރެން އަޑުއަހަންވީ.. އަހަރެން ހިތާ ހިތުން ޒިވިންއާ މަލާމަތް ކުރީމެވެ.

‘ދެން ތި ހޫޑީގެ ހުޑް ބޮލުގައި އަޅާފަ ކީޕް ޔުއަރ މައުތް ޝުޝް ރަނގަޅު ގޮތެއް ވަންދެން..’ ޒިވިން އަހަރެންނާއި ދިމާޅަށް ބުމަ އަރުވާލަމުން ވާހަކަ ދެއްކިއެވެ. އަދި އޭނާ އަހަރެންގެ ބުރަކަށި މައްޗަށް އެލިފައި އޮތް ހުޑް އަހަރެންގެ ބޯ މައްތީގައި އަޅާލިއެވެ. އެ ފޮތިގަނޑު އަހަރެންގެ ނިއްކުރި މައްޗާއި ލޯ އެއްކޮށް ފޮރުވާލައެވެ.

‘އަހަރެން ކީއްކުރަން ތި މީހަކާ އެކީ ފިހާޜައަށް ދާން ޖެހެންވީ.. އެއްޗެހި ގަންނާށެ ކިޔާފަ.. އހަަރެން މަރުވާކަށް ބޭނުމެއް ނޫން..’ އަހަރެން ހަށަން ބަނދެލުމަށްފަހު ތުން އޫ ކޮށްލީމެވެ. ‘ޖެނީ މަރެއްނުވާނޭ ސާބަސް..’ ޒިވިން އަހަރެންގެ ބޯމަތީ އަތް ބާއްވާލިއެވެ. ‘އެހެންނޫނަސް ސަތޭކައަކުން އެންމެ ޖިންނި އެއް އިންސާނެއްގެ ވަސް ޖެހިގެން އެ އިންސާނެއް މަރާލާނީ..’

‘އެކަމް މީ ރޭގަނޑު ގަޑިޔޭ..’ އަހަރެން މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ބުނީމެވެ. ނަމަވެސް އޭނާ ދެބުމަށް ގޮށްޖަހަމުން ދެން ކީއްވީހެއްޔޭ ބުނާގޮތަށް މޫނު ހަދާލިއެވެ. ‘ފިހާރަތައް ހުންނާނީ ބަންދު ކޮށްފައެއްނޫންތަ..’ އަހަރެން އަދިވެސް ހުރި ގޮތް ދޫކުރާ ހާލެއްގަ އެއް ނޫނެވެ. ‘އުހުން ކީއްވީ..؟ ޑަޒްބުރެޒްގެ ޖިންނީންނަކީ ނައިޓް-ޓައިމް ބައެއް..’

‘އަހްހް..’ އަހަރެން ދެއަތުގެ ވާގި ދޫކޮށްލީމެވެ.

‘ކައިޒަން.. ކައެ އަށް އެންމެ ރަނގަޅު، އެންމެ ބާރުގަދަ ނޭވާ ލުމުގެ ބާރު އޮތީ.. އެކުއްޖާގެ ވަސް ބަލާލަން ވީނުން..’ ޔޫކިން އޭނާގެ އަތް ތުންފަތް މަތީ ކާއްތާލަމުން ކައިޒަން ކައިރީ ބުނެލިއެވެ. ‘އޭތް..’ އަހަރެން ދެ އަތް މައްޗަށް ނެގުމަށްފަހު ފަހަތަށް އެއް ފިޔަވަޅު އަޅާލިމެވެ. އޭރު ކައިޒަން، ޔޫކިން ބުނިފަދައިން އަހަރެންގެ ވަސް ބަލަނީއެވެ. ‘އަހަރެން މީ މަލެއްނޫން.. ބޭނުން ހާއިރަކު ވަސް ބަލަން..’

‘މާ ރަނގަޅެއްނު..’ ކައިޒަން އަނަގޔަށް ގޮތެއްހަދާލަމުން އަހަރެންނާއި ދުރަށް ޖެހުނެވެ. ‘މާ ވަހުގެ އިދިކޮޅު ވަސް ދުވަނީ.. އަހަރެންނަށް ހީވަނީ އަހަރެންގެ ނޭފަތް ތެރެ އެއްކޮށް މިލާ މޯޅި ވެއްޖެހެން..’ އޭނާ އެއަށްފަހު އޭނާގެ އަތަރުން އެތިކޮޅެއް އަތަށް އަޅާލުމަށްފަހު އޭގެ ވަސް ބަލަން ފެށިއެވެ. ‘ގްރޭޓް..’ ޒިވިން ބޯ ޖަހާލިއެވެ. ‘ދެން ވަރަށް އުނދަގު ވާނެ އެހެން ޖިންނީންނަށް ޖެނީގެ ވަސް ބަލަން..’

‘ކައިޒަންގެ ނޭފަތްތެރެ އެކަންޔެއް ނޫނޭ މިލާ މޯޅި ވީކީ..’ އަހަރެން ކޯ ފުއްޕާލަމުން ކައިޒަން އާއި ދިމާލަށް ހިންހަމަ ނުޖެހިފައިހުރެ ބުނީމެވެ. ‘ޒިވިންގެ “ބޭބީ ސިޓިންގް” ގޯސް ކަމުން އަހަރެން މިހާރު ހިތަށް އަރާ ބޯވާއެއްވެސް މިއަށްވުރެން މާރަނގަޅަށް އަހަރެން ބަލަހައްޓާނެއޭ..’

‘އުހޫން.. ބަލަ.. ކަމަނާފާނު އަމިއްލަ އަކަށްނު ބުނީ ތޔައީ ބޯވާ އެކޭ.. އެހެންތަ ބުނީ..؟’ ޒިވިން މޭމަތީ އަތް ހުރަސް ކޮށްލަމުން އަހަރެންނާއި ދިމާޅަށް ލޯ ކުޑަކޮށްލިއެވެ. ‘އެހެންވީމާ ކާން ބޭނުންތަ ނޫނީ ނުބޭނުންތަ..؟’

އހަަރެން ނޭވާއެއް ދޫކޮށްލަމުްނ ޒިވިން ފަހަތުން އެގެއިން ނުކުންނަން ހިނގައިގަތީމެވެ. އަހަރެމެންނަށް ނުކުމެވުނީ އަނދިރި މަގަކަށެވެ. އަހަރެން ހީކުރި ގޮތާއި ހިލާފަށް ޑަޒްބުރެޒްގެ ވައި ދުނިޔެ އަށްވުރެން ނުލާހިކު ސާފުހެން ހީވެއެވެ. ދުވަނީ ކޮންމެވެސް ވައްތަރެއްގެ ކޭކެއްގެ ވަހެވެ. ‘ޗޮކޮލެޓް އެންޑް ކެރެމަލް..’ އަހަރެން ވަސް ބަލާލަމުން ހުވަފެނީގޮތަކަށް ބުނެލީމެވެ. އުޑުމަތި، އެހެންނަމަވެސް އެންމެ ތަރިއެއްވެސް ނެތެވެ. އޭގެ ބަދަލުގައި އުޑުމަތީގައި އުކާލެވިފައިވަނީ ގަދަ ދަނބު ކުލައާއި ކަޅު ކުލައިގެ ދުން ގަނޑެއް ފަދަ އެއްޗެހިސްތަކެވެ.

‘އެހެންވީރު.. ޑަޒްބުރެޒް.. މީ ޖިންނީންގެ ދުނިޔެ ވިއްޔާމު.. ދެން ކޮބާ އެހެން މޮންސްޓާޒް ގެ ދުނިޔެ؟’ އަހަރެން ފަހަތަށް އެނބުރި ޔޫކިން އާއި ކައިޒަން ކޮބާތޯ ބެލުމަށްފަހު ޒިވިން ގާތުގައި އެހީމެވެ. ހަމަ އެއާއެކު އޭނާ ނިއްކުރީގައި ޖަހާލިއެވެ. ‘ޕިސް ޕިސް.. އެއީ ދެން ފެންޓަސީ.. އަސްލުކޮށް ނޫޅޭނެ ކަންނޭގެ..’ އޭނާ ދެންމެޔަކު އަހަރެމެން ކައިރިން ލައިފައި ދިޔަ ޖިންނި އަކާއި ދިމާލަށް ލޯ ކުޑަ ކޮށްލިއެވެ. ‘އުޅެފިއްޔާވެސް އުޅޭނީ ވާހަކަ ފޮތް ތަކުގައި..’

އަހަރެން ބޯ ޖަހައިލުމަށްފަހު އަނެއްކާވެސް ހިނގައިގަތީމެވެ. ޖިންނީންގެ މި އާދަޔާ ޚިލާފު ދުނިޔޭގައި ހުރި އާދަޔާޚިލާފު ކަންކަމަށް ބަލަމުންނެވެ. ކަޅު ކުލައިގެ ގަލަކުން ހަދައިފައި ހުރި އުސް އިމާރަތް ތަކެވެ. އަހަރެމެންގެ ދުނިޔޭގައި ކާރުބާރު ބޮޑެތި މަގުތައް އޮތް އިރު ޑަޒްބުރެޒްގެ މަގުތަކުގައި ސައިކަލެއް ނުވަތަ ކާރެއްވެސް ދުއްވާލަނީ ހާލަކުން ފަހަރު އެވެ. ދުއްވާ އުޅަނދުފަހަރު ވެސް ހީވަނީ ސައި ފައި ފިލްމް އަކުން ގެނެސްފައި ހުރި ހެންނެވެ. އަހަރެންނަށް އެވަގުތު ހަނދާންވީ މީގެ މަހެއްހާ ދުވަސް ކުރިން އަހަރެންގެ ގެއަށް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، ފައިހާ އައިސް އަހަރެންނާއި އެކު ބެލި މޫވީ އެއްގެ ހަނދާނެވެ. ސްޓާރ ވޯރޒް އެއް ތޯއްޗެކެވެ.

އަހަރެން ބާރު ސްޕީޑުގައި ދިޔަ ކަޅު ކުލައިގެ ފެރާރީ ސްޓައިލްގެ ކާރަކަށް ބަލާލީމެވެ. ފެރާރީ އެކޭ ބުނިނަމަވެސް އެ ކާރު ހީވަނީ މަތިންދާ ބޯޓެއް ހެނެވެ. ޒިވިން އާއި ސުވާލު ކުރަން ހިތައް އެރި ނަމަވެސް އަހަރެން ވާހަކަ ފަސް ކޮށްލީ އެވަގުތު ޒިވިންގެ މޫޑް ސަކަރާތް ވެފައި ހުރި ހެން ހީވުމުންނެވެ.

‘އާދެވިއްޖެ..’ މަގުގެ އަނދިރި ފަރާތެއްގައި ހަދާފައިހުރި ބޮޑު އިމާރާތެއްގެ ކުރިމަތީގައި ހުއްޓެމުން ޒިވިން ބުނެލިއެވެ. އަހަރެން އިސް އުފުލާ އެ ކަޅު އިމާރާތަށް ބަލާލީމެވެ. ‘ވޯހް..’ އަހަރެންނަށް ބުނެވެވުނެވެ. ‘މިއީ ފިހާރައަކީ؟؟’

‘އާނަ މީ ފިހާރައަކީ.. ދެންވެސް ވާހަކަ ނުދައްކާ ދޭބަ އެތެރެއަށް.. އަހަރެން ހީކަރުވާން ފަށައިފި..’ ޒިވީން އަހަރެންގެ ބުރަކަށީގައި ޖަހާލި އެތިފަހަރަކުން އަހަރެންނަށް ކުރިޔަށް ދެ ތިން ފިޔަވަޅު އެޅުނެވެ. އަހަރެންނަށް އެ ބޮޑު ފިހާރައަށް ވަދެވިއްޖެއެވެ. ޒިވިން އަހަރެންގެ ފަހަތުން އެތެރެއަށް ވަނެވެ.

‘އަސްތަޣު ފިރުﷲ.. މިތަނަށް ކާކު މަރުވެފައި އޮތް މަހެއް ވެއްދީ؟’ ފިހާރައިގެ ވަކި ހިސާބަކަށް ދެވުނުތަނާ އަހަރެމެން ތިބި ހަރުގަނޑުގެ ބިއްދޮށުން މީހަކު ގޮވާލިއަޑު އިވުނެވެ. އަހަރެންނަށް ލޯ ބޮޑު ކޮށްލެވުނެވެ. އަދި ޒިވިންގެ ފަހަތަށް ވަދުނީމެވެ. ‘މަށަށް ނޭނގެ.. ހަމަ ގައިމުވެސް އަހަރެންގެ ނޭފަތުގެ ދުވަސް ގޮސްފި..’

އަހަރެން ޒިވިންގެ އަތަށް ދަމާލުމަށްފަހު އެތަނުން ދިޔުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާ އެހުރި ގޮތަށް އެތާ ހުއްޓިގެން ހުރުމުން އަހަރެން ހާސްވާ ގޮތް ވިއެވެ. ‘ޒިވިން..’ އަހަރެން ވައި އަޑުން ގޮވާލީމެވެ. އެހެނަސް ޒިވިންގެ މޫނު ހުރި ގޮތް ފެނިފައި އަހަރެންނަށް ޒިވިންގެ އަތުން ދޫކޮށްލެވުނެވެ.

‘ކިހިނެތްވީ..؟’ އަހަރެން ކުޑަ އަޑަކުްނ ސުވާލުކުރީމެވެ. ޒިވިން އަދިވެސް އެހުރި ގޮތަށް ހުއްޓެވެ. އޭނާގެ މޫނު ވަނީ އައިސްފައިވާ ރުޅިން އެއްކޮށް ރަތްވެފައެވެ. ކުއްލިއަކަށް އަހަރެމެންގެ ކުރިމަތިން ރީނދޫ ކުލައިގެ އައްޔަކާއި ރަން ކުލައިގެ އައްޔެއް އަވަސް ދުވެއްޔެއްގައި ދިޔައެވެ. އަހަރެންނަށް ލިބުނު ސިހުމުގައި ހަޅޭއްލަވައިގަނެވުނެވެ. ޒިވިް އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު ކުރިން މަސް ވާހަކަ ދެއްކި އަޑު އައި ދިމާލަށް ހިނގައިގަތެވެ. އަހަރެން ކުރިޔަށް ފިޔަވަޅެއް އަޅާލީމެވެ.

ކުއްލިއަކަށް ޒިވިން ދިމަ ދިމާލުން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ދެން އިވުނީ މީހަކު މާ ނޭވާ ލާ އަޑެވެ. އަހަރެން ހުރި ތަނަށް ގަނޑުވީމެވެ. ދެން އިވުނީ މީހަކު ވާހަކަ ދެއްކިއަޑެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

‘ކަލޭމެން ކީއްތި ކުރަނީ؟؟’

*ނުނިމޭ*

Share Article

Follow Me Written By

Ainn

Level 110 Stories

I am 14 years old and I live/study in Male.. gonna be 14 in october...wont mention the school and date tho... ^-^.. I really like to write stories.. both english and dhivehi, and since this is the first time writing stories on an online website, I'd really want to see my mistakes and other things.. hope you like my stories.. =).. Saranghae.. *finger heart* (sorry i'm not good at writing bios lol) And im also one in bulletproof girls.. hope u like our stories as well.. ^-^ love u guys.. saranghae.. borahae..

Other Articles

Previous

ވާން އެދެމޭ ގާތުގާ (ފަހުބައި)

Next

ނިކަން ލޯބިން-11

Next
March 15, 2021

ނިކަން ލޯބިން-11

Previews
March 14, 2021

ވާން އެދެމޭ ގާތުގާ (ފަހުބައި)



All Right Reserved!