Skip to content
އެސްފިޔަ

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 6

މިނަމާދުއޭ ކުރުމަށްފަހުން މެހިނގައިގަތީ ފިނިކޮށްލުމަށް

ހިނިހޮރުތަކުން ހިނި އަންނަހެން މީހުންފެނޭ ދާތަން މެއޭ

އެކުގައި އައޭ ދޮންދައްތަ ވެސް ނާލައިފައޭ ސިކުނޑިންމެ ވިސް

ތަށިތަށް އަތުން ހިފެހެއްޓި އިސް، ހިނިތުންވުމެއް މޫނުގަ ވިއޭ

ދެވުމާއެކީ ތުނޑިއަށް މަށަށް ބޮސްދޭންފެށީ ފިނި ރޯޅިތަށް

ހެވުނީ މަށަށް މިޔުޒަކު އަޑަށް ގަސްތަށް ކުޅެލި ހިތްގައިމު އޭ

ލުއި ރޯޅިތަށް އިސްތަށި ގަނޑާ ކުޅެމުންދިޔައި ލާނެތްވެފާ

ކުދިކޯނިތަށް އޯކިޑުމަލާ މޫނުގަ މަގޭ ބީހިއްޖެއޭ

މާހައުލުގައި އަދަދެއްނުވާ މީހުންފެނޭ އުޅެމުން މިދާ

މާރިވެތިވީ ތިޒުވާނުނާ ހަރުމީހުނާ އެކުގާވިއޭ

ހުދު ކިރު ކޮޅެއްފަދަ ތުނޑިމަތީ އަހަރެން މި ގޮސް އިއްތައި މެލީ

އުދުހެން ފެށީ ސިހުމާއެކީ ފިޔަވެސް ޖަހާ ބިރުގެންފައޭ

ނޫ ސާފު އުޑު ގައި ނެތް ވިލާ ރޮއްޖެއްގެ ވެސް އަސަރެއް މެވާ

އޭ ސާހިބާ ދެން އައްސަވާ ކުޅަދާނަކަން ގުދުރަތުގެއޭ

ކުޅެލަން ހިނގާ ފަސްއޮށް މިތާ ރާޔާ މަށަށް ބުންޏޭ އަހާ

މޮޅުވުން މިއީ ހިތުގާ މިވާ އަޒުމޭ މަގޭ ފޮރުވިފަ މެއޭ

ފެށިއޭ ކުޅެން ފޯރީގައޭ މޮޅުވުން އަދައި އުންމީދުގައި

ކަށި ހިތްވަރުން ވާދައިގައޭ ޖޯޝާއި އަޒުމާ އެކުމެއޭ

ފިނި ރޯޅިތަށް ޖޯޝާއެކީ ހިތްވަރު ދިނީ ހުއްޓައި ނުލާ

ފިނި ހިތްކުރަން ތެރެޕީ އެކޭ އެއްފަދަވި ވައިރޯޅިއޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. redlailacrose

    Hope you like this episode too ??? stay safe ?? stay home ??

  2. Wonder

    Heyy dearr! This is awesome.. I absolutely dnt know at all how to write Lhen.. and i know u need to be really talented to write a series of it..keep it up!! Looking forward to next parts. . B safe?❤️

Comments are closed.