Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާން އެދެމޭ ގާތުގާ (6)

🌹YEOJA🌹 Level 610 Stories100 Login100 Comments
March 11, 2021 4 Mins Read
8 Comments

މަޑު ހިނގުމެތްގައި ހިނގަމުން ގޮސް ރައިހާ އައިލީން އާއި ޔާނިޔު ކައިރި އިނށީންދެލިއެވެ. ” ރައީ ކިހިނެތް ވީ ، ހާދަލަސްވީ ، އަވަހަށް ދެން ކާން ފަށާ މިހާރު އިންޓަވަލް ގަނޑި ނިމެނީ ،” ރައިހާ ގެ ކޮނޑުގައި އަތްބާއްވާލަމުން އައިލީން ބުނެލިއެވެ. ރައިހާ ގެ މޫނުމަތީގައި ވާ ކުލަވަރުން ކަމެތް ވެއްޖެކަން އައިލީން އަށް ނަގާގަނެވުނެވެ. ނަމަވެސް އެހަށް ސުވާލުނުކޮށް އައިލީން ހުރީ ޔާނިޔު އިނުމުންނެވެ. ޔާނިޔު އިނީމައި ރައިހާ އަށް ބުނަން އުނދަގޫވާނެކަން އައިލީން އަށް އިނގެއެވެ. ރައިހާ އަކީ އަމިއްލަ ހަޔާތުގެ ވާހަކަ އައިލީން ފިޔަވާ އިތުރުމީހެތްކައިރި ދައްކަން ފަސްޖެހޭ ކުއްޖެކެވެ.

ގަނޑިތަށް ނިމެމުން ގޮސް ގެއަށް ދާ ގަނޑިޖެހުމުން އައިލީން ރައިހާ ގޮވާގެން ނިކުންނަން ހިނގައިގަތެވެ. ” ރައީ މިއަދު ބްރޭކް ގަނޑީގައި ކަމެތް ވީތަ ، ” ވަރަށް ސީރިއަސް ވެލާފައި އައިލީން ސުވާލުކުރިއެވެ.

ކިތަންމެ ބުނަން ބޭނުން ނުވިޔަސް އޭނާ ނުބުނަނީސް އައިލީން ނުހުއްޓާނެކަން އިނގޭތީ ރައިހާ އެންމެ ފަހުން ވީގޮތް  އައިލީން އަށް ކިޔާދިނެވެ. ” ވަޓް ، ކަލޭނޭ ސުމާ ވެސް ދޯ އެކަމަކު މި ލިޔާން ވެސް ހަމަ މޮޔައީ އޭ އަހަންނަން ބުނެވޭނީ ” ދެ އުކުޅުގައި އަތް ވިއްދާގެން ހުރެ އައިލީން މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

” ނޭނގެ ދޯ އަހަންނަކަށް ދެނެށް ” ރައިހާ މާޔޫސްވެފައި ބުނެލިއެވެ. ރައިހާ މެންގެ އާއި ހިސާބަށް އާދެވުމުން އައިލީން ރައިހާ ގެއަތް ވަންނަން ހިނގާގަތުމުން ރައިހާ ގައިގައި ބައްދާލިއެވެ. ” ރައީ މާބޮޑަށް އެކަންކަމާ ވިސްނާ ފިކުރުކޮށްނުހަދާތި އެން ޑޯންޓް ކްރައި ލިޔާން އަށް އަދި ވިސްނޭނެ . ” އައިލީން ރައިހާ ގައިގައި ބައްދާލައިގެން ހުރެ ބުނެލިއެވެ. އެވަގުތު ރައިހާ ގެ ލޮލަށް ތާޒާ ކަރުނަ ޖަމާވިއެވެ. ނަމަވެސް އައިލީން އަށް ނޭނގޭނެ ހެން ކަރުނަތައް ފޮހެލީ އޭނާ އާއި ހަދައިގެން އައިލީން ފިކުރުބޮޑުކުރަން ނޭދޭތީއެވެ.

އެހެން ތިބެލާފައި ރައިހާ އެތެރެއަށް ވަންނަން ހިނގާގަތެވެ. ރައިހާ ވަންނަން ދިޔަ ދިމާލަށް ބަލާލައިފައި އައިލީން ވެސް ގެއަށް ދާން ހިނގާގަތެވެ. އޭނާ ގެ ސިކުނޑިގައި ވަނީ ރައިހާ އެވެ. ހުދު އޭނާ ގެ ވެސް ކަރުތެރޭގައި ވަނީ ލޯބީގެ ހިތިކަން ލާފައެވެ. އެއީ ކިހާ ވޭން ހުރި އެއްޗެއްކަން އޭނާ އަށް ވެސް އިނގެއެވެ. ލޯބި މި ލަފްޒަ އޭނާ ގެ ދިރިއުޅުން ހަލާކުކޮށްލާފިއެވެ. މިކަހަލަ ފިކުރުތަކެށް ގައި ހުރެގެން ހިނގަމުން ދިޔަ އައިލީން ސިހުނީ ދާދިކައިރިން މީހަކު އޭނާ ގެ ނަމުން ގޮވާލުމުންނެވެ. ” ޔާނިޔޫ އަޅެ އަހަރެން ސިއްސާގެންނޭ ދިޔައީ ” މޭގައި އަތް އަޅާގެން ހުރެ އައިލީން އޭނާގެ ފަހަތުގައި ހުރި ޔާނިޔުއަށް ބުނެލިއެވެ. ” މިހާރު އަހަރެން ގޮވާގޮވާ އަނގަޔަށް ތަދުވެގެން ތަންކޮޅެށް ބާރަށް މިގޮވާލީ ، ކޮން ހިޔާލުތަކެއް ގާތަ ، ނައު ޑޯންޓް ޓެލްމީ އިވާން ގެ މަތިން ހަނދާން ކުރަނީ އޭ ” ދެލޯކުޑަކޮށްލަމުން ޔާނިޔު ބުނެލިއެވެ. ” ސާބަސް އިވާން މަތިން މަނޫޅެން ހަނދާން ކުރާކަށް ، ދެން ޔާނިޔު ބުނެބަލަ ކީއްކުރަން އަހަރެންނަށް ގޮވީ ، ” މަޢުލޫ ބަދަލުކޮށްލުމުގެ ގޮތުން އައިލީން ބުނެލިއެވެ. ” އަނެތްކާ މޮޅޭ މަޢުލޫ ވެސް ބަދަލުކުރަން ހީކުރީ ދޯ އަހަންނަށް ނޭނގޭނެ އޭ ، އަހަރެން ގޮވީ މިއަދު ލިޔާން އަތެއް ނުވާނޭ ބުނަން ވެގެން ، އެހެރަ ސުމާ އަކާ ހަދައިގެން ލިޔާން އަށް ތަނަކަށް ނުދެވޭ އަހަރެން ގޮސް ލިޔާން ކައިރި ބައްދަލުކޮށްލަން ބޭނުން ވާހަކަ ބުނިތަނުން ޖަހާ އަހަންނާ ދިމާލަށް ހެދިހެދި ގަތީ ، މިހާރު އެކުވެރިޔާ އާއި ބައްދަލުކުރަން ވެސް މިޖެހެނީ އެޕޮއިންޓްމެންޓް ނަގަން ، ކީއްކުރާނީ ” ފަތިވަރަކަށް ޔާނިޔު ވީ ގޮތް ބުނެލިއެވެ. ޔާނިޔު ގެ ވާހަކަ ހުރި ގޮތުން އައިލީން އަކަށް އޭނާ ގެ ހިނިގަނޑު މަތައެތް ނުކުރެވުނެވެ. ބާރުބާރަށް ހޭންފެށުނެވެ. އައިލީން ހޭންހުރިތަނަށް ކަޅިނުޖަހާލާ ޔާނިޔު ދިޔައީ ބަލަމުންނެވެ. ދުވަސްގަނޑަކަށް ފަހު އައިލީން ހޭތަން ފެނުމުން އޭނާ ގެ ހިތައް ހަމަޖެހުމެތް ލިބުނެވެ. ހޭން ހުރި އައިލީން އަށް ޔާނިޔު ބަލަމުން ދިޔަ ގޮތް ފެނި ލަދުން ހުއްޓަލިއެވެ. ޔާނިޔު އެހެން ބަލަން ހުރުމުން އޭނާ ގެ ހިތުގެ ހިނގުން އަވަސްވިއެވެ، ނަމަވެސް ނުލާހިކު އަވަހަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކޮށްލިއެވެ.

އިރުކޮޅަކު އެހެން ތިބެފައި ދެމީހުން ވެސް ގެއާއި ހިސާބަށް ދާން މިސްރާބުޖެހިއެވެ.

ދެދުވަސް ފާއިތުވެގެން ދިޔައިރު ވެސް އައިލީން މެންނަކަށް ލިޔާން އަތެއް ނުވިއެވެ. ދެމީހުން ވެސް ކަރު އެލުވާލައިގެން ތިއްބާ ލިޔާން އާއި ބައްދަލުޥާނެ ފުރުސަތު ލިބުނީ އޭގެ އަނެތްދުވަހެވެ. އެދުވަހު ސުމާ ސުކޫލަށް ނާންނާތީ ލިޔާން އެކަނިކޮށް ހުރުމުން އައިލީން އާއި ޔާނިޔު ގަސްތުކުރީ ސުކޫލް ނިންމާގޮތަށް ލިޔާން އާއި ވާހަކަ ދެއްކުމަށެވެ.

ގަނޑިއަކަށް ފަހު ގަނޑިއެތް ފާއިތުވަމުން ގޮސް ގެއަށް ދާ ބެލްޖެހުމާއެކު ކޮންމެ ކުއްޖެއް ވެސް ނިކުމެގެން ދިޔައެވެ. އައިލީން ވެސް ރައިޙާ ގެ އަތުގައި ހިފައިގެން ބާރުބާރަށް ނިކުންނަށް ދިޔައެވެ.

” އައިލި ތަންކޮޅެއް މަޑުން ދިޔަޔަސް ނިކުމެވޭނޭ ” ރައިހާ ބުނެލިއެވެ. ބަދަލުގައި އައިލީން އެއްޗެކޭ ނުބުނުމުން ރައިހާ ވެސް އަޅާނުލިއެވެ. ގޭޓޫން ނިކުން އައިލީން އަށް ތަންކޮޅެށް ދުރުގާ ހުރި ޔާނިޔު ފެނުމުން ރައިހާ ކައިރި މަޑުކުރުމަތް ބުނުމަށްފަހު އައިލީން ޔާނިޔު އާއި ދިމާލަށް ހިނގާގަތެވެ. ” ކޮބާ ލިޔާން ؟” ދިޔަގޮތަށް ގޮސް އައިލީން އަހާލިއެވެ. ” އެބަ އާދޭ އައިލީ ތިގޭކައިރިން ދިމާކޮށްލާ އެހަށް ދޭ ރައިހާ ލާފައި އަންނަން އަހަރުން މިދަނީ ތިގޭ ދޮށައް ” ޔާނިޔު ބުނެލިއެވެ. އައިލީން ވެސް ބޯޖަހާލައިފައި ރައިހާ އާއި ދިމާލަށް ދިޔައެވެ. ” އައިލީ ޔާނިޔު އާއި ކަމެތްތަ އަނެއްކާ ، އަންގާލަން ވާނެ އެންނު ” ނިކަން ފޯރީގައި ހުރެ ރައިހާ އަހާލިއެވެ.

” ނޯވޭ ނޫން ، އަހަރުން ދެމީހުން ވެސް ދައްކަން ޖެހިދާނެ ވާހަކަ ހުރެދާނެ އެތް ނު ، އެހެންނޫނަސް ނައު އައިހޭޓް ލަވް، އިވާން އަށް ފަހު ދެން އަހަރެން އެހެން ފިރިހެން ކުއްޖެއް ދެކެ ލޯބި ވެވިދާނެ ކަމާމެދު ޝައްކު ، އަދިވެސް އަހަރެން އަސްލު އިވާން ދެކެ ލޯބިވޭ” ވަރަށް އަސަރާއެކު އައިލީން ބުނެލިއެވެ.

” އިންޝާ ﷲ އައިލީ އަދި ކުއްޖެއް ދެކެ ލޯބިވާނެ އަދި  ކިޔާވާ ނުނިމެ އެތް ނު މިދުވަސް ކޮޅުއެހެން ނޫނަސް ފިރިހެން ކުއްޖެއް ގެ ކަންތަކާ ނޫޅޭ ތި އިނގޭ ކިޔަވާ ދުވަސްވަރުވީމާ ، ދެން މިހެން ބުނީމާ ކުއްޖެއް ދެކެ ލައިކް ވީއާ އަހަރެން ކައިރި ނުބުނެ ނުހުންނާތި އިނގޭ ” އައިލީން އާއި ދިމާލަށް ބަލާލަމުން ރައިހާ ބުނެލިއެވެ. ”ސާބަސް ކޮޔާ އަހަރެން ފުރަތަމަ ވެސް ބުނާނީ ރައީ ކައިރި އޭ ، ” ރައިހާ އާއި ދިމާލަށް ބަލައިލަމުން އައިލީން ބުނެލިއެވެ.

ރައިހާ ގެއަށް ލުމަށް ފަހު އައިލީން އޭނާ ގެ ގޭދޮށަށް ދިޔައިރު ތަންކޮޅެށް ދުރުގާ ލިޔާން އަދި ޔާނިޔު ހުއްޓެވެ.

” ކަލޭނޭ ކަލޭމެން ދެމީހުން މާ ހާޑްކޮށް އަހަރެން ކައިރި ކޮންވާހަކަ އެތް ދައްކަންތަ ތިއޮޅެނީ ،” ފަރުވާކުޑަ ރާގަކަށް ލިޔާން ބުނެލިއެވެ. ލިޔާން އަށް އައިސްފާ ހުރި ބަދަލު ފެނި ޔާނިޔު އަދި އައިލީން ވެސް ހުރީ ބަސްހުއްޓިފައެވެ. ހިތާހިތުން ދެމީހުން ވެސް ދިޔައީ ސުމާ އަށް ކުދިކިޔަމުންނެވެ. ” ސީރިއަސްލީ ލިޔާން ތީ އަހަރުމެން ދަންނަ ލިޔާން ތަ ؟” އައިލީން ސުވާލުކޮށްލިއެވެ. ލިޔާން ގެ ފަރާތުން ޖަވާބެއް ނައުމުން އައިލީން ގެ ރުޅިގަނޑު ކެކިގަތެވެ. ” ތި ސުމާ އެތް ލިޔާން ހާދަ ބަދަލުކޮށްލާފިއެވެ. ކީއްކުރަން ލިޔާން ސުމާ އާއި ރައްޓެހިވީ ލިޔާން އަށް ވެސް އިނގޭނެ ސުމާ ގެ ގޮތް ، ” އައިލީން ބުނެލިއެވެ. ” އަހަރެން ސުމާ އާއި ރައްޓެހިވީ ސުމާ އާއި އެކު އުޅޭން ބޭނުންވާތީ” ދުރުބަލަން ހުރެފައި ލިޔާން ބުނެލިއެވެ. ” ލިޔާން އަށް ރައިހާ ދެރަކޮށްގެން ކޮންފައިދާ އެތް ވަނީ އެ ، ތިދެމީހުން ރައްޓެހިވެގެން އުޅުނެތް ކަމަކު ރައިހާ ގެ ކުރިމަތީގައި މާ ގައިގޯޅިވެގެން އުޅެން ނަހަދަބަ ޕްލީޒް ، ލިޔާން ދެކެ ރައީ ހާދަ ލޯބިވެއޭ، ލިޔާން އުފަލުގައި ހުންނާނެކަމަށް ބުނެ އަމިއްލަ ލޯބި ޤުރުބާން ކުރަން ވިއްދާފާ އޭނާ އެ ހުރީ ، ރައިހާ އެއުޅެނީ ކުށެއް ކޮށްގެންނެތް ނޫން ދޯ ، އަހަރެންނަށް އިނގޭނީ އޭނާ ހިތާމަކުރާވަރު ، އަހަރެން މި ބުނަނީ ލިޔާން ރައިހާ އާއި ގުޅޭށެކޭ އެތް ނޫން ، މި ބުނަނީ ޑޯންޓް ހާޓް ހާ ޕްލީސް ،އެން ރައިހާ ދެކެ ލިޔާން އަށް ލޯބިނުވެވުން އެއީ ލިޔާން ގެ ކުށެއް ނޫން އެހެން ވިޔަސް ، ރައީ ދެރަކޮށް ނަހަދަބަ ޕްލީސް ” އާދޭހާއެކު އައިލީން ބުނެލިއެވެ.

ބުނާނެ އެއްޗެށް ނޭނގިފާ ލިޔާން ހުއްޓެވެ. ހަޤީޤަތުގައި އޭނާ ހިތުގައި ރައިހާ އަށްޓަކައި ޙާއްސަ މަޤާމެތް ދެވިފާ އޮންނަތާ ކޮންދުވަހެކެވެ. އެކަން އޭނާ ޤަބޫލުކުރަން ބޭނުންނުވަނީއެވެ. އޭނާ ސުމާ އާއި ވެސް ރައްޓެހިވީ ކޮންމެހެން ބޭނުން ވެގެންނެތް ނޫނެވެ. ރައިހާ ގެ ހަނދާންތަށް ހިތުން ފުހެލުމަށެވެ. ނަމަވެސް އަދި އަދައްވެސް އެކަން ކާމިޔާބު ވާގޮތެށް ނުވިއެވެ.  ލިޔާން އެހެން ހުއްޓާ އައިލީން އެތަނުން ދިޔައެވެ. ” ބްރޯ އައިލިން އެދެއްކި ވާހަކަ ތަކާ މެދު ވިސްނާލާއްޗޭ އެން ސުމާ އާއި ދޭތެރޭ ވެސް ،” ޔާނިޔު ބުނެލިއެވެ. ލިޔާން ބޯޖަހާލައިފައި އެތަނުން ދާން ދިޔައެވެ.

އޭގެ އަނެތް ދުވަހެވެ. ލިޔާން ވިސްނުމަށް ފަހު ނިންމީ ސުމާ އާއި ރުޅިވުމަށެވެ. އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ނިންމާ ލިޔާން ސުމާ އާއި ވާހަކަ ދައްކަންނިންމައިގެން އެދުވަހު ސުކޫލަށް ދިޔައެވެ.

ބްރޭކް ގަނޑި ޖެހުމާ އެކު ސުމާ އާއި އެކު ލިޔާން ކެންޓީނަށް ދިޔައެވެ. ދެމީހުން ވެސް ކާއެއްޗެހި ހިފައިގެން އައިސް ތަންކޮޅެށް ދުރުގައި ހުރި މޭޒެއްގައި އިށީންދެލިއެވެ. ” ސުމާ އަހަރެން ބޭނުން ރުޅިވާން އަހަރެން ސުމާ ދެކެ ލޮއިއްބެތް ނުވޭ ، އައިލައިކް ސަމްވަން އެލްސް ” ލިޔާން މިހެން ބުނުމާއެކު ސުމާ ކޮށިއެރިއެވެ. ބޯން އިން ފެންތަށި މޭޒުމަތީ ބެހެއްޓުމަށް ފަހު ރުޅި ވެރިނަޒަރަކުން ލިޔާން އާއި ދިމާލަށް ބަލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ނިކަން ލޯބިން-7

Next

ނޭދެމޭ ވަކިވުމެއް-49

Next
March 11, 2021

ނޭދެމޭ ވަކިވުމެއް-49

Previews
March 11, 2021

ނިކަން ލޯބިން-7

8 Comments!

  1. YEOJA says:
    March 11, 2021 at 11:34 am

    Hii readers♥️♥️?
    Hope u like this part ♥️♥️?
    ISA next part tmrow ♥️♥️
    Don’t forget to Cmnt below about this part♥️ ♥️♥️??
    Stay safe ♥️♥️?

  2. Butterfly Girl says:
    March 11, 2021 at 12:24 pm

    Awwwn bestie vrh reethi ingey mi part vx masha Allah❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Yaaniu is in love with aileen?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Aileen & Raiha is the number one of best friend’s Masha Allah❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    So it means liyaan likes Raiha? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    What is going on with Aileen when she saw Yaaniu?, BTW Yaaniu is so funny❤️❤️❤️
    Keep it up bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love u soooooo so much bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Ceriously waiting for the next part❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. YEOJA says:
      March 12, 2021 at 5:42 pm

      Awwwwnnn thank uuu soo much my bestie❤️❤️❤️❤️❤️❤️❤️
      Vrh happy vehje bestie ah mi part ❤️❤️kamudiyaamaa❤️❤️❤️❤️❤️❤️
      Let’s see dhw yaaniu Aileen deke lwbi veythoo ❤️❤️❤️❤️❤️
      Yhh they are the number one besties dhw❤️❤️❤️❤️❤️
      Yhh liyaan love raihaa dhw ❤️❤️❤️
      Let’s see dhw dhn vaa goi❤️❤️❤️
      Thank uuu again❤️❤️ bestie❤️❤️❤️
      Love u moreee❤️❤️❤️

  3. redlailacrose says:
    March 11, 2021 at 4:04 pm

    Nice ???

    1. YEOJA says:
      March 12, 2021 at 5:43 pm

      Thank u❤️ redlailacrose ❤️❤️
      Stay safe ❤️❤️

  4. luvza says:
    March 11, 2021 at 5:10 pm

    maashaa allah vv reethi ma vaahakaige hurihaa baeh ves keep up the gud work??
    so curious for the next part
    mi vaahaka kiyaafa i remember how my love story went its literally like mine

    1. YEOJA says:
      March 12, 2021 at 5:47 pm

      Awwwwnnn thank u soo much luvza❤️❤️❤️
      Vrh happy vehje luvza ah mi vaahaka kamudaathy ❤️❤️❤️
      Next part mihaaru ebain publish vefaa❤️❤️❤️❤️❤️❤️❤️❤️❤️?? hope u will love that part too ❤️❤️
      Ohhh luvza ge love stry ah dhw liyevifaa miothy .❤️❤️???
      Stay safe ❤️❤️?

  5. YEOJA says:
    March 12, 2021 at 1:39 pm

    Heii readers ❤️❤️❤️
    stry mihaaru vaany submit kohlaafaa❤️ ISA ❤️?❤️vrh avaha stry kiyaalan libeyne kama balamaa ❤️❤️❤️❤️❤️❤️❤️❤️
    Stay safe readers ❤️❤️?

Comments are closed.

Next Episodeވާން އެދެމޭ ގާތުގާ (7)←


All Right Reserved!