Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 3

❤️ lailac ❤️ Level 310 Stories100 Comments100 Login
March 4, 2021 4 Mins Read
6 Comments

ކޮޓަރިޔަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއެކު ރައުލް އަށް ވަށައިގެން ބަލައިލެވުނެވެ. ފައިދަށުގައި ރަތް ފިނިފެންމަލުގެ މަޑު ދޫލައެއް ފަތުރާލެވިފައި ވާއިރު އެނދުމަތީގައި އަޅާފައިވާ ހުދުކުލައިގެ ބެޑްޝީޓް ވެސް ފޮރުވިފައިވަނީ ރަތްފިނިފެންމަލުގެ ފިޔަތަކުންނެވެ. ލެމަންގްރާސް އުއްބަތިތަކުގެ ލުއި މީރުވަސް ހިފައިލައިފައިވާ ކޮޓަރި ވަނީ އާކައިވެނީގެ ރެޔަށް ނުހަނު ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ކޮޓަރީގެ އެކި ދިމަދިމާލުގައި ބެހެއްޓިފައިވާ އުއްބައްތިތަކުގެ ހުޅުކޮޅުތަށް ނަށަ ނަށާ ހުއްޓެވެ. ސޯޅައަށް ލައިފައި ހުރި އޭސީގެ ފިނިކަން މާހައުލު އިތުރަށް އިޝްގީ ކޮށްދެމުން ދިޔައެވެ. މާހައުލުގައި ގުގުމަމުން ދިޔަ ނާދޭ މިރޭ ނިންޖެއް އިނގޭ ގެ ބަސްތަށް ރައުލްގެ ހިއްސުތަކަށް ގޯނާކުރަން ފެށިއެވެ.
ކަނާތް ފަރާތަށް އެނބުރިލި ރައުލް އަލީޒާ ގެ ތުންފަތުގައި ފުންކޮށް ބޮސްދިނެވެ. ހަނަފަސް ސަހަރާއެއްގައި ބޯނެފެންކޮޅެއް ނުލިބިފައިވާ މީހަކަށް ފެން ލިބުމުން ކުރެވޭ އުފާވެރި އިހުސާސް ރައުލްއަށް ކުރެވިގެން ދިޔައެވެ. އެޖާދޫވީ ވަގުތުކޮޅު އަލީޒާ ގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފާވެރިކަމެވެ. އޭނާގެ ދޮންކޯތާފަތަށް ލޭގެ އަސަރު ފާއްދާލިއެވެ. ނޭވާ ކޮޅަށް ދިޔުމުން ދުރަށް ޖެހިލި ނަމަވެސް އަލީޒާ ގެ ލޮލުގައި ވަނީ ރައުލްއަށް ބޭނުންވެފައިވާ ކަމެވެ.
“ހަނީ. “އަލީޒާ ރައުލް އަށް ގޮވައިލީ ރައުލް ދުރަށް ދާން އުޅޭހެން ހީވުމުންނެވެ.
“ޔެސް ބޭބީ . ފްރެޝްވެލަން ފަރސްޓް ބޭނުމީ. ރައުލް އަލީޒާގެ ކޯތާފަތުގައި ބޮސްދެމުން ބުނެލިއެވެ.”
ރައުލް ހީވީ އަލީޒާގެ ހިތުގައި ސުވާލު އެނގިގެން ދިން ޖަވާބެއް ހެންނެވެ. ރައުލް އަލަމާރިން ތުވާލި ނަގައިގެން ގޮސް ފާހަނާއަށް ވަނެވެ.
މީގެ ކުޑައިރުކޮޅެއްކުރިން ހިނގައިދިޔަ ޖާދުވީ ވަގުތުކޮޅު އަލީޒާ އަށް ސިފަވިއެވެ. އެޕޭޝަނޭޓް ކިސް ހަނދާންވުމާއެކު އަލީޒާ ލަދުން މޫނުގައި އަތްއަޅައިލިއެވެ. މިރޭ ރައުލްގެ ފަރާތުން އެފަދަ އެތަށް ހަދިޔާއެއް ލިބޭނެޔޭ ހިތަށް އެރުމުން އަލީޒާގެ ބަނޑުގައި ލުއި ހީލިކެރުވުމެއް އުފެދުނެވެ. ރައުލްގެ އަތުތެރޭގައި މިރޭގެ ބާކީ ވަގުތުތަށް ހޭދަކޮށްލުމުގެ ފޮނި އުންމީދުގައި އަލީޒާ ވަގުތުތަށް ގުނަން ފެށިއެވެ.
ފެންވަރައިލައިގެން ރައުލް ނިކުތި ހަމަ އެކަނި ތުވާލި އޮޅައިލައިގެންނެވެ. ހާމައަށް އޮތް އެތަނަވަސް މޭމަތީގައި ބޮސްދެމުންދިޔަ ފެންތިކިތަކާއި ދޭތެރޭ އަލީޒާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އެއީ އެ ފެންތިކިތަކުގެ މަގާމެއްނޫނެވެ. އެދޮން މޭގައި ބޮސްފިނުމުގެ ޝަރަފު ލިބެން ޖެހޭނީ ހަމައެކަނި އޭނާ އަށެވެ.
“ބޭބީ ހާދަވަރަކަށް ސްޓެއަރ ކުރަނީ. މިރޭ ބޭނުންވަރަކަށް ބަލަން ލިބޭނެއޭ.އެކަމަކު އިހަށް ދޭބަލަ ފްރެޝްވެލަންް.”
ރައުލް ވަގުހިފިކަން އެނގުމުން އަލީޒާ ލަދުންގޮސް ކުރާނެކަމެއް ނެތެވެ. ރަތްކަމުން އެދޮންމޫނު ހީވަނީ ޗެރީ އެއްހެންނެވެ.
އަލީޒާ އަލަމާރީގެ ދޮރުފަތް ހުޅުވާލިއިރު ކޮނޑެއްގައި އަޅުވައިފައި ހުރި ލޭސް ނައިޓީފެނުނެވެ. ނައިޓީ ހިފައިގެން ފާހަނާއަށް ވަން އަލީޒާގެ ޚިޔާލުގައިވީ މިރޭގެ އުފާވެރިކަމެވެ. ފިރިމީހާގެ އަތުތެރެއަށް އުއްކޮޅެއްފަދައިން ވިރިގެންދާން ބޭނުންވެފައި ހުރެ އަލީޒާ ފެންވަރައި ނިންމާލިއެވެ. ނައިޓީ ލުމުން އަލީޒާ އަށް އިހުސާސްކުރެވުނީ ހަށިގަނޑުގެ ނިވާކަން ގެލުނުފަދައިންނެވެ.
މިގޮތަށް ހުރެ ރައުލްގެ ކުރިމައްޗަށް ދާން ކެރޭނެބާއޭ އެވަގުތު އަލީޒާ އަށް އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. ނަމަވެސް މިރެޔަކީ ޚާއްސަ ރެޔެއްކަމާއި މިރޭ އަނބިމީހާ ފިރިމީހާގެ ކިބައިން ކަންތައްތަކަކަށް އުއްމީދުކުރާ ފަދައިން ފިރިމީހާ ވެސް އަނބިމީހާގެ ފަރާތުން ކަނތައްތަކަކަށް އުއްމީދުކުރާނެކަން އަލީޒާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
މިއޮތް ހުރިހާ ދުވަހު ދެކުނު ހުވަފެން ތަކުގައި ކުލަޖެހި އެންމެ އިންތިޒާރު ކުރަމުންދިޔަ ވަގުތު އައިސް ޖެހުމުން އޭނާ މިއަދު މިވަނީ ނުތަނަވަސްވެ ފާޑަކަށް ހިތްބިރުގަންފައެވެ. އެހެން ކުދިންވެސް އާކައިވެނީގެރޭ މިހުރިހާ އެއްޗެެއް ހިތަށް އަރާބާއޭ އަލީާ އަށް ހިތާ ހިތާ ކިޔައިލވުނެވެ.މިފަދަ އެތައްޚިޔާލުތަކެއް އަލީޒާގެ ސިކުޑީގައިވަދއުރު ވަމުން ދިޔައެވެ.ފިރިމީހާ އިންތިޒާރުގައި ގިނައިރު ބަހައްޓަން ބެނުންނުވަތީ އަލީޒާ އަވަސް ކޮށްލިއެވެ.
ފާހަނާގެ ދޮރު ހުޅުވައިލައިފައި ބޭރަށް ނިކުތް އަލީޒާ ފެނުމާއެކު އެނދުގައި އޮތް ރައުލް އަށް މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ކަންނެތް ހިނގުމެއްގައި އައިސް އަލީޒާގެ ގައިގައި ބައްދާލިއެވެ. ރައުލްގެ ހިމާޔަތުގެ ދަށަށް އޭނާގެ ހަށިގަނޑު ދިޔުމާ އެކީ އަލީޒާގެ ހިތުގައިވާ ނުތަންވަސްކަމާއި ބިރުވެރިކަން ވައިގެތެރެއަށް ފޭދިގެން ހިނގައްޖެއެވެ.
މަޑު ފިނިފެންމާ ފިޔަތަކުން ޖަރީވެފައިވާ ވެލްވެޓް އެނދުގައި ދެމަފިރިން ލޯބީގެ އުފާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރަމުންދިޔައެވެ. ކައިވެނީގެ އެންމެ ފުރިހަމަ ލައްޒަތް ހާސިލްވީ ހިނދު އަލީޒާ އަށް ހީވީ އާސްމާނުގައި އުދުހި ލެވުނުހެންނެވެ. މުޅި ރޭގަނޑުވެސް ނިމިގެން ދިޔައީ ހިތްހަމަޖެހުމާއި މަޖަލުގައެވެ.
އަލީޒާ އަށް ހެނދުނުހޭލެވުނީ އިރުގެ ރަންދޯދިތަށް އޭނާގެ ދޮންމޫނުގައި ބޮސްދޭންފެށުމެވެ. ފުންނިފީގައި އޮތް ރައުލްގެ މޫނަށް ބަލައިލި އަލީޒާގެ ހިތްއެދުނީ އެ ފިރެހެންވަންތަ މޫނުގައި ބޮސްދިނުމަށެވެ. ރޭގައި ކިތަންމެ ގާތްވިޔަސް ރޯމާދުވަލު އޭނާއަށް އިސްނަގާކަށް ނުކެރުނެވެ. ދުވާލުވުމުން އަލުން ލަދުގެ ފަރުދާ ދަމާލެވިފައިވާ ފަދައެވެ. ހިތްވަރުކޮށްލާފައި އަލީޒާ ރައުލް ގެ ކޮލުގައި ބޮސްދިނެވެ.
ރައުލް ނުހޭލަނީސް އަލީޒާ ބޭނުންވީ ފެންވަރާލުމަށެވެ. ފާހަނާއަށް ވަދެ ފަންވަރަން ހުރި އަލީޒާ އަށް ރޭގެ ހަނދާންތައް އާވުމާއެކު ލަދުން މޫނުގައި އަތް އެޅުނެވެ. ރޭގެ މަންޒަރުތަށް ލަސްކުރެވިފައި ވީ ފިލްމެއްގެ މަންޒަރު ފަދައިން އޭނާގެ ލޮލުކުރިމަތިގައި ދައުރު ވަމުންދިޔައެވެ.
އަލީޒާ ގެޚިޔަލުތަށް ހަވޔާވީ ރައުލް އައިސް އަލީޒާގެ ގައިގައި ބައްދާލުމުންނެވެ. އަދިވެސް އެބާރުގަދަ ދެއަތުގެ ފިރުމުންތަކަށް ބޭގަރާރު ވެފައި ހުރި އަލީޒާ ރައުލް ގައިގައި ލެނގިލިއެވެ. ފިރިމީހާއަށް ހިތާއި ހަށިގަނޑު ހަވާލު ކުރަމުންނެވެ.
ރައުލް އަލީޒާ އަށް ލޯބީގެ ކުދި ގޯނާ ތަކާއި މާނަ ފުން ސަމާސާތައް ކުރަމުން ދިޔައެވެ. ދެމަފިރިން އެކުގައި ފެންވަރައިލައިގެން ނުކުމެ ތައްޔާރުވީ ސައިބޯން ދިޔުމަށެވެ.
އަލީޒާ އަދި ރައުލް އަށް ރެސްޓޯރެންޓަށް ދެވުނު އިރު އެންމެން ތިބީ ސައިބޯން އައިހެވެ. އަލީޒާ އަދި ރައުލްއާއި ދިމާކުރާހިތުން ތިބި ކުދިންތައް ވެސް ސައިބޯން ތިބިއިރު މަޑުން ތިބީ ބޮޑެތި މީހުން ތިބުމުން އެމީހުންނަށް އިހުތިރާމް ކުރަންވެގެންނެވެ.

“ޒެލް އާދެބަލަ.” ސައިބުއިމަށްފަހު އެކުވެރިންނާއެކު އަތިރިމައްޗަށް ދާނ ްއުޅުނު އަލީޒާ އަށް އީމާން ގޮވައިލިއެވެ. މަންމައަށް ބަލައިލި އަލީޒާގެ ލޮލުގައި ވަނީ ހައިރާން ކަމެވެ. މަންމަ އޭނާ އަށް ގޮވީ ކީއްކުރަންތޯ އޮޅުން ފިލުވަން ބޭނުން ވެފައިވާ މިންވަރެވެ.
އީމާން އަލީޒާ ގެ އަތުގައި ހިފައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އެނދުމަތީގައި އަލީޒާ ބެންދުމަށް ފަހު އީމާން އަލީޒާ ގާތުގައި އިށިންދެލިއެވެ.
” ދަރިފުޅާ މަންމމަ މިދޭ ނަސޭހައްތައް ކަނުލާ އަޑު އަހާތި. ދަރިފުޅުވެސް މިހާރު ތިވަނީ ޒަވާޖީ ހަޔާތެއް ފަށައިފަ. މަންަމ މިދޭ ހެޔޮ ނަސޭހަތުގައި ހިފަހައްޓައިގެން އުޅެފި ނަމަ އިންޝާ ﷲ ދިރިއުޅުން ކާމިޔާބުވާނެ. އަބަދުވެސް ފިރިމީހާ އަށް ކިޔަމަން ވާތި. ރައުލް ބުނާގޮތަށް އުޅޭތި. ބަސްއަހާތި. ފިރިމީހާ މަސައްކަތުން އެނބުރި އަންނަ ހިދު އޭނާ އާއި ބައްދަލުކުރަން ވާނީ އުފާވެރި މޫނަކާއެކު. ފިރިމީހާ އާއި ޒުވާބު ނުކުރާތި. ޒުވާބުކޮށްގެން ތިމާގެ ކޮޅު މޮޅުވިޔަސް ވާނެ ފައިދާ އެއް ނޯންނާނެ. ދެމަފިރިން އެކުގައި ކުރާ ހަޔާތުގެ މި ދަތުރުގައި މޮޅުވިޔަސް ދަށްވިޔަސް ވާނީ ދެމަފިރިން އެކުގައި. އަޑިގުޑަން ތަކުން ފުރިގެންވާ މި ދިރިއުޅުމުގައި އެތައް މައްސަލަ ތަކަކާއި ކުރިމަތިވާނެ. މައްސަލަ އެއް ޖެހިއްޖެ ނަމަ އެ މައްސަލަ އެއް ހައްލު ކުރަން ވާހަކަ ދައްކާތި. މިގޮތަށް ވާހަކަ ދައްކާއިރު ކުރިން ވެ ނިމިފަ އޮތް ކަމެއްގެ ވާހަކަ ދައްކައިގެން މައްސަލަ އިތުރަށް ބޮޑުކުރަން މަސައްކަތް ނުކުރާތި. ރުޅި ހަދައިގެން ވާހަކަ ނުދައްކާ ނުހުންނާތި. ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތައް އިތުރު މީހަކަށް ކިޔައިނުދޭތި. އެމައްސަލައެއް ހައްލު ކުރާނީ އަބަދުވެސް ދެމަފިރިން ވާހަކަ ދައްކައިގެން. ފިރިމީހާ ނިންމާ ނިންމުން ތައް ގަބޫލު ކުރާތި. ފިރިމީހާ އާއި ޖަދަލު ކޮށް އޭނާގެ ނިންމުން ތަށް ބަދަލުކުރަން ނޫޅޭތި. އެނިންމުން ކަމުނުދަންޏާ މަޑުމައިތިރި ކަމާއެކު ވާހަަކަ ދައްކާނީ. ޒެލް ކަމެއް ބޭނުން ވެއްޖެ ނަމަ އެންމެ ފުރަތަމަވެސް ބުނަން ޖެހޭނީ ފިރިމީހާ ކައިރީ. އެހެން މީހުން ކައިރިޔަކު ނޫން. ތިމާގެ ބޭނުންތަކުގައި މާގިނައިން ފިރިމީހާ ގާތު ކިޔުމަކީ ރީތި ގޮތެއްނޫން. އަދި ތިމާ ބޭނުންވާ ކަންތައް ހާމަކުރާއިރު ފިރިމީހާގެ މޫޑަށް ބަލައިފައި ވާހަކ ދެއްކުމަކީ ވަރށް މުހިއްމު ކަމެއް. ރައުލް އަށް ނޭނގި ޒެލް އެކަނި ތަންތަނަށް ދާކަށްނުވާން. ތަނަކަށް ދާނަމަ ކޮންމެވެސް ގޮތަކުން ފިރިމީހާ ކައިރީ ބުނަން ވާނެ. ގުޅައިގެން ނޫނީ މެސެޖަކުން ނަމަވެސް އަންގަން ވާނެ. ފިރިމީހާއަށް ޝަައްކު ނުކުރާތި.އަބަދުވެސް އެހެން މީހުން ބުނާވާހަކަ އަކަށް ވުރެ ޒެލް ގަބޫލު ކުރަން ވާނީ ރައުލް ބުނާ ވާހަކައެއް. މިޒަމާނުގައި ފާޑުފާޑުގެ މީހުން އުޅޭ އިރު ދޭތެރެ ޖައްސަން ބޭނުންވާ މީހުންވެސް އުޅޭނެ. ދަރިފުޅަށް އުނދަގޫ ނުވަތަ ދެރަވާ ކަމެއް މެދުވެރި ވެއްޖެނަމަ އަބަދުވެސް ހަނދާން ކުރާތި މަންމަ ދަރިފުޅުގެ ގާތުގައި އެބަހުރިކަން. މަންމައަށް ދަރިފުޅު ބޭނުންވާ ކަންކަން ހިއްސާކުރެވޭނެ. މަންމަ އަބަދުވެސް އެދެނީ ޒެލް އަށް ރަނގަޅުގޮތް ވުން. މަންމަގެ ޒެލް އަށް އުފާވެރި ޒަވާޖީ ހަޔާތެއް ލިބުން. މަންމަ މިދެއްކި ވާހަކަތައްޒެލް ގަބޫލު ކުރާނެ ކަމށް އުއްމީދުކުރަން”
ވާހަކަ ދައްކަމުން ދިޔައިރުވެސް އިމާން ގެ ނަޒަރު ހުއްޓިފައިވީ އަލީޒާ އަށެވެ. ކިޔަމަންތެރިކަމާއެކު މަންމަ ދެއްކިވާހަކަތައް އަޑު އަހަން ހުރި އަލީޒާގެ މޫނުގައިވީ ލުއި ހިނިތުންވުމެކެވެ.
މަންމަ އެދުނުގޮތަށް އުޅެވޭތޯ މަސައްކަތް ކުރާނަން.”
އީމާން ގެ މޫނަށް ބަލައިލި އަލީޒާގެ ބޮޑު ދެލޮލުގައި ވަނީ މަޑުމައިތިރިކަމެވެ.
“ފުރަން ދާގަޑިވެސް ޖެހެނީ” އީމާން ބުނެލިއެވެ.

“ޒެލް މަތިން ވަރަށް މިސްވާނެ.” ދިފްލާ އަލީޒާ ގެގައިގައި ބައްދާލުމަށްފަހު ބުނެލިއެވެ. އޭރު އެމީހުން ތިބީ ފުރަން އައިސް ފަލން މަތީގައެވެ.އަލީޒާގެ ގައިން ދޫކޮށްލި ދިފްލާގޮސް ލޯންޗަށް އަރައި ހަމަޖެހިލިއެވެ. އެއަށްފަހު ރައުލް އަދި އަލީޒާ އަށް ޓާޓާ ކިޔައިލިއެވެ.ލޯންޗު ގޮސް ލޮލުކޮޅަށް އޮބައިލަން ދެން ދެމަފިރިން ފާލަން މަތީގައި ތިއްބެވެ. ފަސް އެނބުރި ފިރިމީހާގެ މޫނަށް ބަލައިލި އަލީޒާގެ ކަންފަތުގައި ގުގުމަމުން ްދިޔައީ މަންމަގެ ނަސޭހަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

❤️ lailac ❤️

Level 310 Stories100 Comments100 Login

❤️Im a girl who loves reading and writing ??? I also love to write songs??❤️

Other Articles

Previous

ވާން އެދެމޭ ގާތުގާ (1)

Next

ފުހެވިގެން ނުދާނޭ – 01

Next
March 4, 2021

ފުހެވިގެން ނުދާނޭ – 01

Previews
March 4, 2021

ވާން އެދެމޭ ގާތުގާ (1)

6 Comments!

  1. Husaan says:
    March 4, 2021 at 12:42 pm

    wow….?
    nice stry….
    keep it up….

    1. ❤️ lailac ❤️ says:
      March 5, 2021 at 10:51 pm

      Thanks for commenting ?? hope to see more comments from readers??? stay safe ? stay home ??

  2. YEOJA says:
    March 4, 2021 at 1:06 pm

    Hiiii redlailacross♥️♥️
    Masha Allah vrh reethi mi part vxxx ♥️♥️
    Swry regular koh cmnt nukureveythee ingey ♥️♥️but I do read this♥️♥️
    Love this♥️♥️
    Waiting for the next part ♥️♥️
    Lysm♥️♥️
    Stay safe ♥️♥️♥️

    1. ❤️ lailac ❤️ says:
      March 5, 2021 at 10:53 pm

      Oooh thanks for commenting ?? and gavaaidhun stry kiyaa kn inguneema vrh ufaavejje ???but i really hope to see more comments from u?? and im really happy that you liked the stry ??stay safe

  3. Shaleen says:
    March 5, 2021 at 12:13 am

    V v v reethi mi vaahaka.
    V beynuntheri filaavalhuthakei ni part ga angaaladheefa ebahuri. V ufaavi aslu e naseyhay egothah dheefa otheema.
    Dhen plus lailac ge sifakuruntha hama wawa!!!
    v v salhi sifakurunthah..
    V molhu author ehthee .
    Thigothuga hama kuriyah dhiun umeedhakee,
    Lys
    Good nyt
    Bi

    1. ❤️ lailac ❤️ says:
      March 5, 2021 at 10:57 pm

      Oh im really glade that u like the stry.??nd stry in advice eh readers ah foarukoh dhevuneyma.?? Thnks a lot for commenting ?? i was kida demotivated and thought of to stop writing.???but ur inspirational comments has really inspired me.???thanks a millionth time for commenting ???hope to hear more from u shaleen.
      Lysm???
      Stay safe ??
      Stay home ??

Comments are closed.

Next Episodeލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 5←


All Right Reserved!