Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 59

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
February 19, 2021 4 Mins Read
7 Comments

” މޫސަބެގެ ހަދިޔާދޯ؟ މޫސަބެއަށް ހިއެއްނުވެ މޫސަބެ ދޭ ހަދިޔާ ދުވަހަކުވެސް ފާއިދު ހިތުން ފިލާނެހެން.”

ފާއިދުގެ އަތުގާ ހިފައިގެން މޫސަ ކުރިޔަށް ހިނގައިގަތެވެ. ފާއިދުގެ އިތުރުން ތުޤާއާ އެހެން މީހުންވެސް ވަނީ މޫސަގެ ޚަރަކާތްތަކާއި ބަސްމަގު ހުރިގޮތުން ޚައިރާން ވެފައެވެ.

ފާއިދު ގެންގޮސް މޫސަ ބެހެއްޓީ އެންމެންގެ ކުރިމަތީގައެވެ. ހުދުކުލައިގެ ރީތި ގަމީހަކާ ކަޅު ކުލައިގެ ފަޓުލޫނެއް ލައިގެން ހުރިއިރު ފާއިދުގެ ކަރުން ވައްޓާލާފައިވާ ނޫކުލައިގެ ދިގު ޓައީއިން ފާއިދުގެ ރީތިކަން ހާމަކޮށްދެއެވެ.

މޫސަގެ އިޝާރާތަށް ބަލިމީހާ އެތަނަށް ގެނެސްދިން ފިރިހެންމީހާއާ އެތާހުރި ފެޝަން އަންހެން ކުއްޖާ ސޯފާކައިރިއަށް ޖެހިލިއެވެ.

މާލިކްއާ މަހޫގެ އިތުރުން ސަމީރުވެސް ގެންދިޔައީ ވާނުވާ ރަނގަޅަށް ބަލަމުންނެވެ. މޫސަގެ ބޭނުމަކީ ކޮބާބާއޭ ހިތަށް އަރައަރާ ހުރި ފަހުދުގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. އެ މީހުންނެކޭ އެއްފަދައިން ޝައްކުގެ ނަޒަރުން އެތައް ކަންތައްތަކަކަށް ފަހުދުގެ ވިސްނުމާއި ފިކުރު ޤަރަގު ކުރަމުން ދިޔައެވެ. ޔަޤީން ކުރަން ބޭނުންވާ އެތައް ކަމެއް އަމިއްލަ ހިތުގާ ފަހުދު ފޮރުވަމުން ދިޔައީ އޭނާގެ ހިތުގަ ޖަހާ ކޮންމެ ވިންދަކަށްވެސް ސިއްރުންނެވެ.

“ފާއިދު! ދަރިފުޅާ.. ތި ކައިވެންޏަށް މަރުޙަބާ.. ވަރަށް ބޮޑަށް މަރުޙަބާ! އެކަމަކު ދެން ދަރިފުޅު އަހަންނާ ސީމައްތަ ދޫކޮށްލާފަވެސް ގޮސްދާނެ.. އެހެންވީމަ އަހަރެން ފުރަތަމަވެސް ބޭނުންވަނީ ދަރިފުޅު ގައިގަ ވަރަށް ބާރަށް ބައްދާލަން.

“އަހަރެންގެ އަމިއްލަ ދަރިޔަކު ފަދައިން ފާއިދު މިގެންގުޅުނީ މަގުމައްޗަށް އެއްލާލާފަ އިންދަ ހޮވައިގެން.”

މޫސަގެ ލޮލުން އޮހޮރިގެން ދިޔައީ ތަފާތު ކަރުނައެކެވެ. އެޔާ އެކު މޫސަ ވަރަށް ބާރަށް ފާއިދުގެ ގައިގާ ބައްދާލިއެވެ. ކައިވެނީގެ ސަބަބުން ވީ އުފަލުން ކަމެއް ނޫނީ ފާއިދު ގެއްލިދާނެތީ ވީ ދެރައިން ކަމެއް ބުނެދޭން އެނގޭނެ އެއްވެސް ލިޔުންތެރިޔަކުވެސް ހުރިހެން ހިއެއް ނުވެއެވެ.

“ދަރިފުޅާ މި ސޯފާ މާލިކްމެން މިތަނުގަ ބަހައްޓާ ދިނީ އަހަރެން ބުނެގެން. އެއީ ދަރިފުޅުގެ ކައިވެނީގަ ދަރިފުޅުގެ ހަގީގީ މަންމަ ބައިވެރި ކުރުމަށްޓަކާ.. އާނ! މި ސޯފާގަ މިއޮތީ ދަރިފުޅުގެ މަ.. މަންމަ..”

މޫސަ އެހެން ބުނެލުމާއެކު ފާއިދު ހީވީ ހުރި ތަނަށް ގަނޑިވި ހެނެވެ. އަދި ވިސްނާލަން ހުރުމަށްފަހު ދަގައްފާނަށް ދަގަނޑު ދަމާހެން ވަގުތުން ލަހުމާ ކައިރިއަށް ތިރިވެ ކުޑަ ކަކޫ ޖަހާލިއެވެ.

“ލަތީފް..” އެ ފެޝަން އަންހެން މީހާ ވަރަށް ބާރަށް މޫސައާ ދިމާލަށް ބުނެލިއެވެ. އެއަޑަށް އެންމެންވެސް ހަމަހިމޭން ވިއެވެ. މޫސައާ ދިމާލަށް ލަތީފްއޭ ކިޔާ ގޮވަން ޖެހުނު ސަބަބެއް އެއްވެސް މީހަކަށް ނޭނގެއެވެ.

“ޝްޝްޝް!” މޫސަ އޭނާގެ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން އަޑުލައްވާލީ އެކުއްޖާއަށް އިންޒާރެއް ދޭ ފަދައިންނެވެ. އެ އަޑަށް އެކުއްޖާ ހަމަ ހިމޭންވެލީ ބާރެއް ނެތް މީހެއް ފަދައިންނެވެ. އޭރު ފާއިދު އޭނާގެ މަންމައަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު ތެދުވިއެވެ. މޫސަބެއާ އެމީހާއާ ދެމެދު އުފެދިގެން އުޅޭ ކޮޅިގަނޑުގެ ބާރުމިނެއް ފާއިދުއަށް ކީއްކުރަންހެއްޔެވެ. އެތާ ތިބި އެއްވެސް މީހަކަށް ރޭކާވެސް ނުލައެވެ.

“ބުނަން… ކަލެޔާ، ފާއިދުގެ މަންމަ ރަނގަޅަށް އަޑުއަހާ.. އަހަންނަކީ ލަޠީފެއް ނޫން.. އެކަމަކު މޫސާ ލަޠީފް.. އަހަރެންގެ އަންހެނުން ފާއިދު މިގެއަށް ގެނައީ އޭނަ މަންމަގެ އަމިއްލަ އަތުން އޭނަ ނެރެލީމަ. ކުޑަކުޑަ ފާއިދު މުޅި މާލެތެރެއަށް ދޫކޮށްލަން ތައްޔާރުވި ވަގުތު އަހަރެން އަންހެނުންގެ އަތުގަ ހިފި ނަސީބެއް ފާއިދަކީ.. އަހަރެމެންގެ ޢުމުރު މި ހުސްވަނީ އަމިއްލަ ދަރިޔަކު ނުލިބި.. އަހަރެމެން އެސޮރު އެތައް ގޮތަކުން، ވަރަށް ބުރަ މަސައްކަތުން މީހަކަށް ހަދާފަ އެހެރީ..”

“ފާއިދުގެ މަންމަ އެކުއްޖާގެ ޞިއްޙީ މައްސަލަތައް ޑޮކްޓަރަށް ނުދައްކާހުރެހުރެ އެކުއްޖާއަށް އޭރު ހުރީ ވަރަށް ބޮޑަށް ގެއްލުންވެފަ. އެހެންވެ އަހަރެމެން ހުންނާނީ ފާއިދުއަށް ދިހަ އަހަރުގަ އޮޕްރޭޝަނެއްވެސް ކޮށްފަ.. އެރޭ ފާއިދު އަހަންނަށް ވަރަށް ގިނަ ވާހަކަތައް ކިޔައިދިން. އޭނަގެ މަންމަ އޭނައަށް ކަންތައް ކުރަމުން ދިޔަގޮތާ އޭނަ އެންމެ ލޯބިވާ މާމައަށް ކަންތައްތައް ކުރަމުން އައިގޮތް.. އަހަންނަށް އެވާހަކަތައް އަޑު އިވިފަ ހަމަ ނިދި ނުލިބުން……..”

“އަހަރެން ވަރަށް ވަރަށް ވިސްނާފަ އެއްރޭ ސީމާ ކައިރި ބުނިން އަހަރެން ގޮތެއް ނިންމައިފީމޭ.. އަހަންނަށް އިނގޭ އަހަރެން ކަންތައް ކުރަމުން ދިޔަގޮތުން ސީމާ ވަރަށް ހާސްވިކަން.. ތުގާއާ ފާއިދާ އެކުވެސް ޝަކުވާއެއް ނެތި އެކަނިވެރި ދުވަސްތަކެއް ސީމާ ވޭތު ކުރިކަން. އެކަމަކު މިއަދާ ހަމައަށްވެސް އަހަރެން ސީމާއަށްވެސް މިވާހަކަތައް ކިޔައެއް ނުދެން. އަހަރެން އެދުހު އެ ނިންމީ ކޮން ގޮތެއްކަން ބުނެވެސް ނުދެން..”

އެންމެންވެސް ވަނީ ޚައިރާން ވެފައެވެ. ބަސް ހުއްޓި އާޝޯޚްވެފައެވެ. ސީމާއަށް ލިބުނު ހައިރާންކަން އެއީ ގަލަމުގެ ތުނޑަށް ވެސް ބަޔާންކޮށްދޭން ފަސޭހަ ކަމަކަށް ނުވާނެއެވެ.

ވާނީވެސް އެހެން ނޫން ހެއްޔެވެ.؟ މޫސަގެ ކެތްތެރިކަމާ ޒަމާން ތަކަކަށް ސިއްރު ހިފެހެއްޓުމުގެ ކުޅަދާނަކަން މިއީ މީގެ ކުރިން ސީމާއަށް ދަސްވެފައިވާ ސިފައެއް ނޫނެވެ. އެކަމަކު މޫސައަށް އެކަން ދަސްކޮށްދިނީ ފާއިދު ނޫން ކޮން އިންސާނެއް ހެއްޔެވެ؟

“ސީމާވެސް މިރޭ އަޑުއަހާ!.. އެރޭ އަހަރެން ވަރަށް ވިސްނާފަ ނިންމީން ފާއިދުގެ ގެ ހޯދައިގެން އެގެއަށްދާން. އެހެންވެ އަހަރެން އެރޭ ނުނިދިގެން ދަންވަރު ތެދުވެފަ ފާއިދުގެ އުފަންދުވަހުގެ ސެޓްފިކެޓް ބެލީން. އޭނަ ދިރިއުޅެމުން އައި އެޑްރެސް ބަލާފަ ދެތިން ދުވަހަކު އެގެ ކައިރިއަށް ދިޔައިން. އެތަނުން ދިމާވި މީހެއް ތާނިޔާމެން ދަންނަ ޠާރިޤަކީ.. އެމީހާ އަހަންނަށް ބަލައިިދިނީ ހަމަ ސީދާ ފާއިދު އުޅުނު ގެއިން ކޮޓަރިއެއް ލިބޭތޯ.. އެގެއިން އެމީހުން ކޮޓަރިއެއް ހަމަޖެއްސީ..”

“އެހެންވެ އަހަރެން ސީމާ ކައިރި ބުނީ ވަޒީފާގެ ބުރަކަމުން ދަބަހަށް އަންނައުނުތައް އަޅާދޭށޭ. ރައްޓެއްސެއްގެ ގޭގަ ދުވަސްކޮޅަކު މަޑުކޮށްލަން. އެހެންކިޔާފަ އަހަރެން ދިޔައީ ފާއިދުގެ މަންމަމެންގެ ޙަޤީޤަތް ހޯދަން. ފާއިދުގެ މަންމަ ބުނީމަ ފަންސާސް ހާސް ރުފިޔާ ދީގެން އަހަރެން އެގޭގަ ހުރީ ލަޠީފްގެ ނަމުގަ.. ތާނިޔާމެން ކައިރި އަހަންނަކީ ލަޠީފް.. އެކަމަކު އަސްލު ދިރިއުޅުމުގަ އަހަންނަކީ މޫސަ..” މޫސަގެ ވާހަކަ ތަކުން ފާއިދާއި ސީމާގެ އިތުރުން ތުގާ ހައިރާންވެ އަނގަ ހުޅުވިފައި އެތައް އިރަކު ތިއްބެވެ.

“އެއީ އަހަރެންގެ ހަޔާތުގަ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ރަނގަޅު ކަމެއް. މިއަދު އަހަންނަށް މިވަނީ ފާއިދަށް އޭނާގެ މަންމައާ އާއިލާގެ މީހުން ހޯދައިދެވިފަ.. ތާނިޔާއަކީ ފާއިދުގެ ބޮޑުދައިތަ.. ދެން ދެންމެ މިތަނަށް ފާއިދުގެ މަންމަ އުރާލައިން ގެނެސް ވެއްދީ ފާއިދުގެ އެއްބަނޑު ކޮއްކޮ ޝާމް.”

އެހެން ބުނެލުމާއެކު ވަރަށް ބާރަށް އައިސް ފާއިދުގައިގާ އިސްވެ ބައްދާލީ ޝާމެވެ. އެހެންނަމަވެސް ފާއިދުގެ މޫނު މަތިން އަދިވެސް ހައިރާންކަން ފިލާނުދެއެވެ. އުފާވެރިކަމުގެ މައްޗަށް ހައިރާންކަން ގަދަކޮށްފައި ވުމުން އުފަލަކީ ކޮބައިކަން މިވަގުތު ފާއިދަށް ނޭނގޭފަދައެވެ.

“ސީމާ! އަހަރެން ބުނީމެއްނު މަތީ ފްލޯއަށް ބަޔަކު ގެންނަ ވާހަކަ.. އެއީ ހަމައެކަނި ފާއިދުގެ މަންމަ ގެންނަން ބުނި ވާހަކައެއް. ޠާރިޤްގެ އަންހެނުންނަށް ގޮވާލަން ހޮސްޕިޓަލަށް
ދިޔަ ދުވަހު އަހަންނަށް އެނގުނީ ފާއިދުގެ މަންމަ ބަލިއެނދުގަ އަޅާލާނެ މީހަކު ނެތިފައޮތްކަން. އެހެންވެ މަތީ ފްލޯރއަށް ގެނެސްގެން ގެންގުޅުނީ ފާއިދަށްޓަކާ. ފާއިދު ކުރިން ދުވަހެއްގަ އޮތީ ބުނެފަ.. އޭނަ މަންމަ އުޅޭ ހާލު ދެކެލަން ބޭނުމޭ.. މާފްވެސް ކުރާނަމޭ.. ފާއިދުގެ މަންމައަށް ކާންދީ ފެންވަރުވާ ބެލެހެއްޓީ ތުޤާ.. ތުގާއަށް އެއީ ފާއިދުގެ މަންމަ ކަމެއް ނޭނގޭނެ. އަދި އެންމެ ބޮޑު ސިއްރަކީ… ތުގާއަކީ ކާކުގެ ދަރިއެއްކަން ފާއިދުގެ މަންމައަށްވެސް ނޭނގޭތީ.”

މޫސަ ދައްކަމުންދިޔަ ޖާދުވީ ވާހަކަތަކަށް ސީމާއާ ތުގާވަނީ ގެއްލި ނިމިފައެވެ. ފާއިދުގެ މަންމައާ ތުގާގެ މަންމައާ އޮތީ ކޮން ގުޅުމެއްބާއޭ ތުގާ ހިިތަށް އެރިއެވެ.

ފާއިދުގެ މަންމަ އެއްވެސް އެއްޗެއް ނުބުނެއެވެ. ދައްކަމުންދާ ކޮންމެ ވާހަކައެއް އަޑު އަހަމުން ދިޔައިރު އޭނާގެ ލޮލުން ދަނީ ކަރުނަ ފައިބަމުންނެވެ. މޫސަގެ ވާހަކަތައް ފެށީއްސުރެ ލަހުމާ އޭނާގެ މޫނު މަތީ އަތް އަޅާލައިގެން އޮތީ އެ އެމެންގެ ތެރޭގައި މިއަދު އޭނާއަކީ ފެއިލް ވެފައިވާ މީހެއްކަން އެނގޭ ތީއެވެ. އެތާ ތިބީ ކޮން ބައެއްތޯ ބަލާލަން ލަހުމާއަށް ނަޒަރު ހިނގާލެވޭ ވަރަށްވުރެ މިއަދު ލަހުމާ ވަނީ ނިކަމެތި ވެފައެވެ. އެހެން މީހަކަށް ކީއްކުރަން ހެއްޔެވެ؟ އަމިއްލަ ދަރި ފާއިދުގެ ސޫރައަށް ބަލާލާންވެސް ލަހުމާ ވަނީ ޖެހިލުންވެފައެވެ. ލަދު ގަނެފައެވެ.

“ކަލެޔަށް އިނގޭތަ މީ ކާކުކަން. ބަލާބަލަ މި ފޮޓޯ؟” މޫސަގެ ޖީބުން އާދައިގެ ފޮޓޮއެއް ނަގާ ދައްކާލުމާއެކު ލަހުމާ މޫނުމަތިން އަތް ދުރު ކޮށްލަމުން އެޔަށް ބަލާލިއެވެ. ފުސްވެފައިވާ ދެލޮލުގެ ތެރެއިން އެ ފޮޓޯގައިވާ އެއްޗެއް ލަހުމާއަކަށް މާރަނގަޅަކަށް ނޭނގުނެވެ. އަނެއްކާވެސް ކަނާއަތުން ލޯ ފޮހެލަމުން އެ ފޮޓޯއަށް ބަލައިލިއެވެ. އެޔާއެކު ލަހުމާގެ ނިތްކުރިޔަށް ރޫތައްއަރުވާލަމުން މޫސައަށް ބަލައިލިއެވެ.

“ލތީފަށް ތި ލިބުނީ ކިހިނެއް؟ ތީ އަހަރެން ގެއްލިގެން އުޅުނު ފޮޓޯ.”

ލަހުމާ ވަރަށް ހައިރާންވިއެވެ. އެހާ ޒަމާންތަކެއް ވަންދެން ގެއްލިގެން އުޅުނު ފޮޓޯއެއް ލަތީފް އަތުގައި އޮތީ ކީއްވެހެއްޔޭ އޭނާގެ ހިތަށް އެރިއެވެ.

“ރަޝީދާ އަހަންނަށް ދިނީ. ކޮންމެހެންވިޔަސް ކަލެޔަށް ނޭނގުނަސް މި ފޮޓޯގަ މިތިބަ ތިން މީހުންނަކީ މިވަގުތު އަހަންނާ ކޮންމެސް ހިސާބަކުން ގުޅުން ހުރި މީހުން. އެހެންވެ މި ފޮޓޯ ފެނުނު ދުވަހުން ފެށިގެން އަހަރެން މިކަންކަން ހޯދަން އިތުރަށް ޝަޢުގުވެރި ވީ.. ބަލާބަލަ މި ފޮޓޯގަ މިހުރީ ކަލޭ ތި ބުނާ ކަލޭ އެންމެ ލޯބިވީ މީހާ. އެހެންވީމަ ފާއިދުގެ ބައްޕައަކީ އެހެރީ..”

ސަމީރާ ފަހުދާ ދެމީހުން ތަންކޮޅެއް ދުރުގައި ތިބިތަން ދައްކާލަމުން މޫސަ ބުނެލިއެވެ.

( ނުނިމެ) –

ވަރަށް ރީތި ވާހަކައެއް ކިޔުންތެރިންނަށް ފޯރުކޮށް ދިނުމުގެ މަޤްސަދުގައި، އަޅުގަނޑުގެ ރީޑަރއެއް ދަނީ މިސައިޓުގައި ސިލްސިލާ ޅެންބައިތަކުން ގަތާލާފައިވާ ވާހަކައެއް ލިޔަމުން.. ޅެން ބައިތަކުން ވާހަކައެއް ލިޔުމަކީ ކޮންމެ ބޭފުޅަކު ކުރިކަމުގައި ވިޔަސް އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ހުނަރެއް.

ޅެމުގެ ނަން:- “ލޯބިވާވަރު ކަލާޔަށް އަންގައިދެމޭ”

އަޅުގަނޑު އުންމީދު ކުރަނީ ތިޔަ ކިޔުންތެރިން އެ ޅެންބައިތުތައް ކިޔާލުމަށްފަހު އެކަށީގެންވާ ކޮމެންޓްތަކެއް ކޮށްލާނެކަމަށް. ކިޔުންތެރިން ދެއްވާ ހިތްވަރަކީ ލިޔުންތެރިންގެ ކުރިއެރުން.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

, ތީއޭ އުފަލަކީ…12

Next

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 3

Next
February 20, 2021

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 3

Previews
February 18, 2021

, ތީއޭ އުފަލަކީ…12

7 Comments!

  1. Shaleen says:
    February 19, 2021 at 12:20 am

    @redlialacrose

    Shaleen innaane mail ves kollaafa. Bt i dnt knw you ge mail chk kolli kamei .
    Anyways
    Here you go..
    Lets start and follow step by step
    1. Register
    2. Log in
    3. Menu
    4. Liyan
    5. Suruhee ( name of story )
    6. Maigandu ( story )
    7. Select category
    8. Cover photo
    9. Click SAVE DRAFT
    10. click SUBMIT FOR REVIEW

    THATS ALL

    Bt vaguthun vaahaka up nuvaane. Dhen you can check it again from the following steps

    1. menu –> vaahakathah.
    Dhen fennaane AWAITTING APPROVAL araafa innathan . Ehen iniyya e ok vee,
    Vaahaka up vaanee e site in vaahaka publish kolleema.
    Comments ves vaguthun libeynee authors ge comment eh viyyaa. Readers ge comments pending ga hunnaanee . Bt e comments libeynee e site in new stories up kuraa dhuvahuga.

    Stay safe / stay home

    1. redlailacrose says:
      February 19, 2021 at 2:04 pm

      Thanks a lot for your help dear ??? stay safe bye ??

  2. Shaleen says:
    February 19, 2021 at 12:21 am

    hope you liked it
    @redlialacrose

  3. Rain lover says:
    February 20, 2021 at 1:16 pm

    Varah Reethi ingey masha allah. 59 th episode aa hisaabah aiiru gavaaidhun mivahakaa kiyan. Varah bodah inthixaru kurevey vaahakaeh miy. com nukurevunas abadhuves kiyaafa like dhen. Waiting for the next part. Stay safe, take care. Luv you dear. ????

    1. Shaleen says:
      February 20, 2021 at 1:53 pm

      Hi my dear
      Thanks Rain lover
      V v v happy hama gavaidhun mi vaahaka kiyamun gendhaatheeve ingey.
      Ehaa inthizaaru kurevey vaahaka akah mivaahaka veyey buneema dhen nengey Hama vee ufalei bunaakahves. ?
      Thanks a lot
      Vahaaka.com gaves innaane Hama reply kollaafa.
      Komme site akun comment kolliyas I wil reply as soon as possible
      In sha Allah
      Lysm
      Stay safe ❤️ stay home ?️ dearesttt

  4. Rain lover says:
    February 20, 2021 at 8:27 pm

    Yes I saw. Thanks so much

    1. Shaleen says:
      February 20, 2021 at 8:31 pm

      Most welcome ?

Comments are closed.

Next Episodeއިމްތިޙާން 60←


All Right Reserved!