Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންމަޒުމޫނު

ުއަގުބޮޑު ޖަވާހިރއް

Ibaa Level 1
February 16, 2021 One Min Read
1 Comment

އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމައުގައި އެންމެ ކާމިޔާބުއެއް ބަޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އަންހެނުންނެވެ. މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތުން ބެލިޔަސް އަންހެނުންގެ އަދަދު މާ ގިނައެވެ. މިކަމާމެދު އަޅުގަނޑު ވަރަށް ބޮޑަށް ފަހުރުވެރިވަމެވެ. ހަމަމިފަދައިން އިސްލާމްދީނުގައިވެސް އަންހެނުންގެ ދަރަޖަ ފިރިހެނުންނަށްވުރެ އެތައް ގުނައެއް މަތިވެރިވެގެންވެއެވެ. ކުރު އިބާރާތާކުން އަންހެނުން ސިފަ ކުރާނަމަ ސިފަ ކުރެވޭނީ އަގުބޮޑު ޖަވާހިރެއްގެ ގޮތުގައެވެ.

އަންހެނުންނަކީ މިހާ ގަދަރު ވެރި ބަޔަކަށް ވެފައިވާއިރު އެ މީހުންނަށް ލިބެންޖެހޭ ފުރުސަތުތައް އެންމެ ފުރިހަމަ ގޮތުގައި ލިބެންޖެހެއެވެ. ނަމަވެސް ޖާހިލިއްޔަ ޒަމާނުގައި އޮތް ބޯދާ ވިސްނުމެއްގެ ސަބަބުން އަންހެނުން ވަނީ އެތައް ފުރުސަތުތަކެއް ލިބުމުން މަހްރޫމް ވެފައެވެ. އެގޮތުން ކުރީ ޒަމާނުގައި ކިޔެވުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ފިރިހެން ކުދިންނަށް ، ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. ނަމަވެސް މިއަދު ﷲ ގެ ރަހްމަތްފުޅުން އަންހެންކުދިންވަނީ މިކަންކަމަށް ގޮންޖަހާލާ ފިރިހެންކުދިންނަށްވުރެ މޮޅު ހިތްވަރުގަދަ ބައެއް ކަން ސާބިތުކޮށްދީފައެވެ. މިކަންކަމާ ހުރެ އަންހެނުންނަކީ ބަތަލުންތަކެކޭވެސް ބުނެވިދާނެއެވެ.

ހަމަމިފަދައިން ކަންތައްތައް ވަމުންދާއިރު މުޖުތަމައުގައި ދެކެވެމުންދާ އެއް ވާހަކައަކީ އަންހެނުންނަށް ލިބެންޖެހޭ މިނިވަންކަން ނުލިބޭކަމުގެ ވާހަކައެވެ. އަންހެނުންނަށް ގެވެހި ދިރިއުޅުމެއް އުޅުމުގެ މިނިވަންކަން ލިބެންޖެހެއެވެ. މިގޮތުން އަންހެނުންނަށް ލިބިދެންޖެހޭ ހައްގުތަކެއްވެއެވެ. އެގޮތުން ބަލާއިރު ދިރިހުރުމުގެ ހައްގަކީ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ކޮންމެހެން ލިބުން ލާޒިމް ހައްގެކެވެ. ހަމަ އެއާއެކު އިންސާނީ ހައްގުތައް އެންމެ ފުރިހަމައަށް ލިބިދެންޖެހޭނެއެވެ.

އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު އެކައްޗަކީ ރައްކާތެރިކަން ލިބުމެވެ. މި ހައްގުތައް ކޮންމެ އަންހެނަކަށް ލިބެންޖެހޭނެއެވެ. ބޭއިންސާފުން ކަމެއް މެދުވެރިވެއްޖެނަމަ ވަކާލާތު ކުރަން ޖެހޭނެއެވެ. ޖަވާހިރު ޖަވާހިރަކަށް ވާނީ ޖަވާހިރަކަށް ވުމަށް ޓަކައި ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ވުމުންނެވެ. ޖާވާހިރެއްގެ އަގު ވަޒަން ކުރެވޭނީ ހަމަ ޖަވާހިރަކަށެވެ.

Share Article

Follow Me Written By

Ibaa

Level 1

Other Articles

Previous

ރީމާ – 2

Next

މަންޒިލް 31

Next
February 17, 2021

މަންޒިލް 31

Previews
February 16, 2021

ރީމާ – 2

One Comment

  1. Ibaa says:
    February 17, 2021 at 2:51 pm

    Assalamu Alaikum Everyone
    This is the first i’ve uploded a writing on a website.So there may be some mistakes.If you notice any mistakes please let me know.So I can correct it.Provide your feedback here in the comments.I’d really appreciate all your feedbacks.Hope you all will like this writing.
    Thank you for reading.

Comments are closed.



All Right Reserved!