Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރީމާ – 1

Aishath Hudha Level 1
February 16, 2021 2 Mins Read
0 Comments

އިރު އޭގެ ވާޖިބު އަދާ ކުރުމައްފަހު އުދަރެހާ ނިވާވަނީއެވެ. ދުނިޔެއަށް ކަޅު އަދިރިކަން ފެތުރިއްޖެއެވެ. ރަށުތެރެއަށް ވަނީ ކަޅު އަދިރިކަމާ ނާމާން ކަމާ ބިރުވެރިކަން ފެތުރިފައެވެ. ހުރިހާ ގެ އެއްގެ ދޮރުފަތްތައް ވަނީ ލެއްޕިފައެވެ. ހީވަނީ ދިރޭ ފުރާނައެއްވެސް ނުވާހެނެވެ.
ކުއްލިއަކަށް ރީމާއަށް ހޭލެވުނީ ސިއްސައިގެން ގޮއްސައެވެ. އޭރު މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ކަނު އަދިރިކޮށް އޮތް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނީ ހިތުގާ އަށަގެންފާވާ ބިރުވެރިކަމެއްގެ ސަބަބުންނެވެ. މަޑުމަޑުން އެދުން ތެދުވީ އަދިރިކޮންއޮތް ކޮޓަރިތެރެއަށް ލޯ ހާނަން މަސައްކަތް ކުރަމުންނެވެ. އެދުން ފައިބައި ކުރިއަށް ހިނގަމުން ދިޔައީ ތަނެއްގާ ޖެހިދާނެތީ ދެ އަތް ހޫރުވަމުންނެވެ. ދާން ބޭނުންވާ ހިސާބަށް ދެވުނުކަން ޔަގީންވީ ހޫރުވަމުންދިޔަ އަތުގާ ކޮޓަރީގެ ދޮރުގައިވާ ތަޅު ޖެހުމުންނެވެ.
މަޑުމަޑުން ފާރުގާ އަތް ކާތާލީ ބޮކިޖައްސާން ސްވިޗެއްގައި އަތް ޖެހޭތޯއެވެ. ބިރުގެންފާހުރި ވަރުން ރީމާގެ ހިތުގެ ވިންދުވަނީ އިންތިހާއަށް އަވަސްވެފައެވެ. ސްވިޗް ޖައްސާލުމާއެކީ މުޅި ކޮޓަރިތެރެއަށް ވެރިވީ އޮރެންޖު ކުލައިގެ ފަޑު އަލިކަމެކެވެ. ރީމާ އިންތިހާއަށް އަވަސްވެފައިވާ ހިތަށް ހިންހަމަޖެހުމެއް ވެރިވެގެންދިޔައެވެ. އިންތިހާއަށް ފެންބޮވައިގެންފައި ވާތީ އަވަސް ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތީ އެނދުކައިރީ ހުރި ސައިޑު ޓޭބަލްގެ މަތީ ބަހައްޓާފާވާ ފެން ޖަގުން ފެންފޮދެއް ބޯލަންށެވެ. ކަރުހިއްކުން ފިލާވަރުވީ ދެތިން ތަށި ފެން ބޯލުމުންނެވެ. ގިނައިން ފެންބުއިމުގެ ސަބަބުން ލޮޑުވެފާވާ ރީމާ ބޭނުންވީ އެނދުގާ އޮށޯންނާށެވެ.
އެދުގާ އޮށޯވެ ހަމަޖެހިލަމުން ބާލީސް ދަށަށް އަތް ކޮއްޕާލީ ފޯނު އަތުގާޖެހޭތޯއެވެ. ފޯނުނަގާ ޑިސްޕްލޭއަށް ބަލާލީ ގަޑިން ވީވަރެއް ބަލާލުމުގެ ބޭނުމުގައެވެ. ގަޑިން އެއްގަޑި ބައި ވަނީއެވެ. ޗޮކެއް ކަނޑާލަމުން ބާލީސްދަށަށް ފޯނުކޮއްޕާލީ ވީ ފޫއްސަކުންނެވެ. އަރާމު ނިންޖަކުން ނިދާފައޮއްވާ ހޭލެވުމުންނެވެ. ދެ ލޯ މަރާލީ ރީމާގެ ލޮލަށް ސަވާރުވަމުންދިޔަ ނިންޖަށް ކެތްނުވުމުންނެވެ.
ގަދަ ނިންޖަކުން ނިދާފާއޮތް ރީމާއަށް އަނެއްކާވެސް ހޭލެވުނެވެ. މަޑުމަޑުން ރީމާ އެދުން ތެދުވިއެވެ. އޭރު ރީމާގެ ދެ ލޯ ބޮޑުކަމުން ހީވަނީ ދެ ކާށިކިބަހެންނެވެ. ކުއްލިޔަކަށް ތެދުވެ ހިނގައިގަތްއިރު ހީވަނީ މީހަކު އޭނަގެ އަތުގާހިފާ ދަމާ ކުރިޔަށް ގެންދަނީ ހެންނެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. ހީވީ މީހަކު އައިސް ދޮރު ހުޅުވާލިހެންނެވެ. މަޑު ހިނގުމެއްގާ ކުދި ފިޔަވަޅުތަކެއް އަޅަމުން ރީމާ ހިނގަމުންދިޔައީ ރަށުގެ ފުއްޓަރު ފަރާތާ ދިމާއަށެވެ. ވަށައިގެންވާ މާހައުލުން ރީމާއަށް އެއްވެސް މަންޒަރެއް ނުފެންނަ ކަހަލައެވެ.
ރީމާގެ ހިނގުމައް ހުއްޓުމެއްއައީ ފުއްޓަރު ފަރާތުގާ ހެދިފާވާ ބޮޑު ބިޔަ ނިކަގަހާ އަރާ ހަމަވުމުންނެވެ. ބިޔަކޮން ހެދހިފާވާ އެ ނިކަގަސް ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ބިރުވެރިކަން ވަންނާނެ ކަމާދޭތެރޭ އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ރީމާގެ ހިތަށް ވެރިނުވާ ކަހަލައެވެ. ގަހުގާ އެކި ދިމަދިމާލުން އެލިފާވާ ބޮޑެތި މޫތައް ވައިގެ އިޝާރާތަށް ނަށަމުންދިޔައިރު އެ މަންޒަރު އިތުރަށް ބިރުވެރިކަމަށް ދައްކައެވެ.

—- ނުނިމޭ—

——————————-
މީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. ކިޔުންތެރިންގެ ސަޕޯޓު ލިބޭނެ ކަމަށް އުންމީދުކުރަން. އަދި ވާހަކަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishath Hudha

Level 1

Other Articles

Previous

އެކުއްޖާ 2 – 20

Next

ހިރާސް 13

Next
February 16, 2021

ހިރާސް 13

Previews
February 15, 2021

އެކުއްޖާ 2 – 20



All Right Reserved!