Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 58

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
February 15, 2021 3 Mins Read
6 Comments

“ނޭނގެ. މިއަދު އިރު އެރީއްސުރެ މާގިނަ ފޯނު ކޯލްތަކެއް ވެސް އައި. ވެގެން އުޅޭ ގޮތެއް އެއްގޮތަކަށްވެސް ހަމަ ނޭނގެ.” ސީމާ ހާސްވެފައިވާ ވަރުން މޫނުމަތި ވަނީ ދާ ހިއްލާފައެވެ.

“ބުނެނުލާތަ ވެގެން އުޅޭ ގޮތެއްވެސް؟ ދެން އެކަމަކު ގަޑި ކީމަ އަންނަން ވާނެއްނު އަޅެ. މޫސަބެ ނެތިއްޔާ އަހަރެން މި ކައިވެންޏެއް ނުކުރާނަން.” ފާއިދު ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އަންނަން އުޅޭނެ ކަންނޭނގެ ދޯ މިހާރު!” ފާއިދާ ސީމާ ކައިރިއަށް ހުއްޓިލަމުން ތުޤާ ބުނެލިއެވެ.

“ކޮންތާކުން ތުޤާ ތިއައީ؟ ދޮންބެމެން އައި އިރުވެސް މިތާ ތުޤާއެއް ނެތް.” ފާއިދު ޝަކުވާ ކޮށްލިއެވެ.

“ޤަވައިދާ ޚިލާފު ކަމެއް އަހަރެން ނުކުރަމޭ ދޮންބޭ. ހެހެހެ..” މާ ނޫން ގޮތަކަށް ހީނލަމުން ތުޤާ ބުނެލިއެވެ.

“ސީމައްތާ އަހަރެން ދެން ދާންވީތަ؟ ކައިވެނި ކޮށްދޭ މީހުން އެތިބީ ލަސްވެފަ ކަންނޭނގެ.”

ސީމާގެ ހުއްދަ ހޯދާލަމުން ފާއިދާއި ލަހުފާ ހިނގައިގަތެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މޭޒު ކައިރިން ގޮނޑި ދަމާލަމުން ދެމީހުންވެސް އިށީނެވެ. ފާއިދުގެ ކުރިމަތިން ކަހަލަ ގޮތަކަށް ކައިވެނީގެ ދެ ހެކިވެރިން ތިއްބެވެ. ފަހުދުގެ އިތުރުން ސަމީރަކީވެސް މި ކައިވެނީގެ އިސް ހެކިވެރިއެކެވެ.

ތަންކޮޅެއް ދުރުގައި އަތުރާފައިވާ ގޮނޑިތަކުގައި ލަހުފާގެ އަައިލާގެ މީހުންގެ އިތުރުން ސީމާއާ އެކު ތުޤާވެސް އިނެވެ. ކޮންމެ މީހަކަށްވެސް އިރުކޮޅަކާ ބަލާލެވެނީ މޫސަ ވަދެގެން އާދޭތޯއެވެ.

ގަޑީގައިވާ ކަށިތައް އޭގެ ވާޖިބު އަދާކުރަމުންގޮސް ކައިވެނީގެ ސުންގަޑި ހަމަވާން ހަތަރު މިނެޓަށް ވީއެވެ.
ކުއްލިޔަކަށް ސިޓިންގ ރޫމްގެ ދޮރު ހުޅުވާލިއަޑަށް އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓި މުޅިތަން ހަމަހިމޭން ވިއެވެ.

އެތަނަށް ވަދެގެން އައީ ނުވެސް ދަންނަ ޒުވާން ފިރިހެނެކެވެ. އޭނާގެ އަތްދަނޑިމަތީ ބާއްވާލާފައިވާ އަންހެންމީހާގެ މޫނު ވަނީ އެފިރިހެން މީހާގެ މޭގެ ތެރޭގައި ފޮރުވިފައެވެ. މަޖިލީހަށް ހާޒިރުވެ ތިބި ކޮންމެ މީހަކުވެސް ހައިރާން ކަމާއެކު ބަލަމުން ދިޔައީ އެފިރެހެން މީހާއަށެވެ. އެމީހާ ގޮސް އެ އަންހެން މީހާ ބާއްވާލީ ހުސްކޮށް ހުރި ސޯފާއެއްގައެވެ.

އެޔަށްފަހު އެމީހާ ފުރަތަމަވެސް ބަލައިލީ އެކިދިމާލުގައި ތިބި އެކި މީހުންނަށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހާގެ ނަޒަރު ފާއިދާ ދިމާލަށް ހުއްޓިއްޖެއެވެ. އެނޫން އެހެން އެއްވެސް މީހަކަށް މިވަގުތު އެމީހާ ބަލަން ބޭނުން ނުވާފަދައެވެ. އެސްފިޔަތަކަށް ޢިޝާރާތެއްވެސް ކޮށްނުލާ އެމީހާ
ފާއިދަށް ބަލަމުން ދިޔައީ ޖެހިލުންވެ ހުރެއެވެ.

އެމީހާގެ އެ ބެލުމުގެ ސަބަބުން ފާއިދަށް ކޮންމެސް ވަރަކަށް އުނދަގޫވާން ފެށިއެވެ. އެޔާއެކު ޚައިރާން ވެފައިވާ ފާއިދު އިސްދަށަށް ޖަހާލީ ނުތަނަވަސް ކަމެއް ހިތަށް ވެރިވުމުންނެވެ.

އެ ފިރިހެން މީހާ ފެނި ތުޤާ އިންތަނުން ތެދުވީ، އެ އަންހެން މީހާ ލާފައިވާ އަންނައުނަކީ ތުގާ ދެކެފަރިތަ އެއްޗަކަށް ވީމައެވެ. އެހެންނަމަވެސް އެ ޒުވާން ފިރެހެން މީހާއަކީ ކާކުކަމެއް ތުޤާއަކަށް ނޭނގެއެވެ.

ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުން ތުޤާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ވާނުވާ ނޭނގިހުރެ ތުޤާ އެމީހާއާ ދިމާލަށް ކުރިޔަށް ހިނގައިގަންނަން ދެތިން ފިޔަވަޅު ކުރިޔަށް އަޅާލިއެވެ.

“އަޅުގަނޑު މެނަށް ހަމަޖައްސާފައިވާ ވަގުތު މި ޖެހުނީ.. އެހެންވީމަ އަޅުގަނޑުމެން ކައިވެނި އަޤުދު ކޮށްދިނުން ކުރިޔަށް ގެންދާނަން. ހުރިހާ ބޭފުޅުންވެސް ތަނުގެ ހަމަ ހިމޭންކަމާ މަސްލަޙަތަށް ސަމާލުވުމަށް ދަންނަވަން.”

ޤާޒީގެ އިސް އެހީތެރިޔާ ބުނެލި ޖުމްލައިން ތުޤާއަށް މަޑު ޖެހިލަން މަޖުބޫރު ވީއެވެ. އެހެން މީހުންވެސް ހަމަ އެފަދައިން ހަމަހިމޭން ވެލިއެވެ.

ކައިވެނި ކުރަން ހަމަ ޖެހިފައިވާ ގަޑިއަކީ މި އުފާވެރި ރޭގެ އަށެއް ޖަހާއިރެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑިން ހަމަ އަށެއް ޖެހިކަން ޢިއުލާން ކުރުމާއެކު އަނެއްކާވެސް ސިޓިން ރޫމްގެ ދޮރު ހުޅުވިއްޖެއެވެ. އެ ދޮރުން އެތެރެއަށް ވަދެގެން އައީ އެންމެންވެސް އިންތިޒާރު ކުރަމުން ދިޔަ މޫސައެވެ.

މޫސަ ވަރަށް އަވަސް ހިނގުމުގައި ގޮސް މަޖިލީހުގައި އޭނާއަށް ހާއްސަ ކޮށްފައިވާ ގޮނޑީގައި އިށީންދެލިއެވެ. އެޔާއެކު ކައިވެނި ކުރުން އަވަހަށް ކުރިޔަށް ގެންދިޔުމަށް އެދުނެވެ.

މޫސަގެ ފަހަތުން ދެން އެތަނަށް ވަދެގެން އައީ ވަރަށް ފެޝަން އަންހެނެކެވެ. ފެންނަ ފެނުމަށް އޭނާ ހީވަނީ ޢުމުރަށްވުރެ ޅަކުއްޖެއް ހެނެވެ. ކޮންމެ މީހެއްގެ ނަޒަރުވެސް އޭނައާ ދިމާލަށް ހުއްޓުނު ކަމުގައިވިޔަސް އެތަނުގައި ތިބި ގިނަ މީހުންނަށް އެއީ ކާކު ކަމެއް ނޭނގެއެވެ.

“ސުބްޚާނަ ﷲ . މީ އަނެއްކާ އޭނަބާ؟”

ފަހުދު ހިތާ ހިތުން ކިޔާލިއެވެ. ފަހުދަށް އެ އަންހެން ކުއްޖާ ފެނި ކޮންމެސް ކަމެއް ޝައްކުވިއެވެ. އެހެން ނަމަވެސް އެ އަންހެން ކުއްޖާ ކޮންމެހެން ފަހުދަށް އަޅާވެސް ނުލައެވެ.

ކައިވެނި ކުރެވެމުން ދިޔަ މަޖިލިސްގެ ތެރެއިން މޫސަ ފެނުމާއިއެކު އެ އަންހެން ކުއްޖާ ޝައްކުގެ ނަޒަރެއް ވެރިކުރުވަމުން އެއްފަހަރާ އެތައް ރުލެއް ނިތްކުރިޔަށް އަރުވާލިއެވެ. އަދި ދެލޯ ހަނިކޮށްލަމުން ބޮޑާކަންމަތީ ހުރެ ފާއިދަށް ބަލައިލިއެވެ. އެއްފަހަރު ފާއިދަށް ބަލައިލުމަށް ފަހު އަނެއް ފަހަރު ސަމީރަށް ބަލައިލައެވެ.

ފަހުދާއި ސަމީރުގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކޮންމެ ކުލައެއް ގުނާލަ ގުނާލާ މަޑުމަޑުން އިނީ މޫސައެވެ. ކައިވެނީގެ އެންމެ މުހިއްމު މި ވަގުތުގާ މޫސަގެ މުޅި ސިކުނޑިި ހުއްޓިފައިވަނީ މާޚައުލުގެ ތެރޭ ހިނގަމުންދާ ޖާދުވީ ކަންތައް ތަކަށެވެ.

މަޑުމަޑުން ގޮސް އެއަންހެން ކުއްޖާ ފުރަތަމަވެސް ޖެހިލީ
ބާލީހެއް ފަދައިން ސޯފާގައި ބާއްވާފައިވާ އަންހެން މީހާ ކައިރިއަށެވެ. ސޯފާގައިވާ އަންހެން މީހާގެ މޫނު ވަނީ އެއްވެސް މީހަކަށް ނުފެންނާނޭހެން އަނބުރާލާފައެވެ.

ކައިވެނި ކުރެވެމުންދާ ދިމާލަށް ބަލައިލުމަށްފަހު އެ ފެޝަން އަންހެން ކުއްޖާ ބަލައިލީ ބަލިމީހާ ކައިރި އިން ޒުވާން ފިރެހެން މީހާގެ މޫނަށެވެ. އެ ޒުވާން ފިރިހެން މީހާއަކީ ކާކުކަން އޭނާއަށް އެނގެއެވެ.

އުފާވެރި ކައިވެންޏެއް އަޤުދު ކުރެވި ނިމުނީއެވެ. ފާއިދާއި ލަހުފާ އުފަލުން ތިބެ ގޮނޑިން ތެދުވީ ކައިވެނި ކޮށްދޭން އައި ޤާޒީއާއި އޭނާގެ އެހީތެރިން އެތަނުން ދިޔުމުންނެވެ.

ލަހުފާގެ މޫނުމަތިން ފެންނަ އުފާވެރި ކަމަކީ ކައިވެނީގެ ފުރަތަމަ ރޭ ކޮންމެ އަންހެން ކުއްޖެއްގެ ފަރާތުންވެސް ފެންނާނެ ފަދަ އުފާވެރިކަމެކެވެ. ހިތްހަމަ ޖެހިފައި ވީނަމަވެސް ފާއިދުގެ އިޙްސާސްތައް އެތައް ގުނައެއް ތަފާތެވެ. ކައިވެނީގެ ޙަފްލާގެ ތެރެއިން ވާނުވާ ނޭނގޭ އެތައް ކަމެއް ލޯ ކުރިމަތީގައި ހުވަފެނެއް ފަދައިން ފެންނަމުން ދިޔައިތީއެވެ.

“މޫސަބެ އަޅެ ނޭވާ ކޮޅަށް ވިއްޔަ ތިއައީ.. ނަސީބެއްނު އާދެވުނުކަންވެސް. އަހަރެން ހުރީ މި ކައިވެނި ނުކުރާންވެގެން މޫސަބެ ނައިނަމަ.. އެކަމަކު ވަރަށް ހާސްވި ތިގޮތަށް ކަންތައް ކުރީމަ.. މިރޭ ތިހެން ވިޔަސް ތުގާ ކޮއްކޮގެ ބޮޑު ރޭ ތިހެން ނަހަދައްޗެ. ހެހެ.. ދޯ ބޭބޭ!” ފާއިދުގެ ސަމާސަ ވާހަކައަށް ފަހުދު ބައިވެރި ކުރިމުގެ ނިޔަތުގާ ބުނެލިއެވެ.

“އޭތް.. ބޭބޭ.. ޕިސް ޕިސް. ބޭބެއާވެސް އަހަރެން ވާހަކަ ދައްކަމޭއެބަ.. ކާކަށްތަ ތި ބަލަނީ؟ ހާދަ މޫޑް އޮފްވެފަ..” ފަހުދުގެ ޚަބަރެއް ނުވެ ގިނައިރު ވުމުން ފާއިދު ގޮވާލިއެވެ.

“ހެހެހެ.. ފަހުދު މިވަގުތު އެހެރީ ހުންނަންވީ ހިސާބުގަ.. އެއީ އޭނަ އަސްލު ހުންނަންވީ ޒަމާނަކީ.. އަހަންނަށް އެނގޭ ވަރަށް ދުރަށް މިވަގުތު އޭނަ އެބަ ވިސްނާކަން.. މާޒީގެ ތެރެއަށް ރަނގަޅަށް ފީނާލާތި. ހެހެ..”

ފަހުދުގެ ކޮނޑުގައި ޖަހާލަމުން މޫސަ ބުނެލި ވާހަކައިން ފަހުދެކޭ އެއްގޮތަށް އެތާތިބި ގިނަ މީހުން ހަމަހިމޭން ވެލިއެވެ.

“އަހަރެންގެ ހަދިޔާ ރަނގަޅުތަ؟ މިބުނީ މޫސަބެއަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާ ކަންނޭނގެ ފާއިދަށް ތި ފެންނަނީ..” ފާއިދަށް ބަލާލަމުން މޫސަ އަހާލިއެވެ.

“ކޮބާތަ؟ މޫސަބެ އަހަންނަށް ހަދިޔާއެއް ދީފިތަ.؟” ފާއިދު ހައިރާންވިއެވެ.

“މަޑުކުރޭ. ފުރަތަމަ ދީ ސީމާގެ ހަދިޔާ؟” މޫސަ އެހެން ބުނުމާއެކު ސީމާ ސިޓީ އުރައެއް ދިއްކޮށްލިއެވެ.

“ދަރިފުޅާ.. މިގަޑީގަ ނު ކެނޑިޔަސް ތީ މި ގޭގެ ދެބައިކުޅަ އެއްބައި ދަރިފުޅަށް ރެޖިސްޓަރ ކޮށް ހިބައިން ދީފަ އޮތް ކަމުގެ ލިޔުން.”

ސީމާ ހިނިތުންވި ކަމުގައި ވިޔަސް ފާއިދު އެ ހަދިޔާ ލިބުމުން ހައިރާން ވިއެވެ.

” މޫސަބެގެ ހަދިޔާ ދޯ؟ މޫސަބެއަށް ހިއެއްނުވެ މޫސަބެ ދޭ ހަދިޔާ ދުވަހަކުވެސް ފާއިދު ހިތުން ފިލާނެހެން.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (15)

Next

ކޯވިޑް 19

Next
February 15, 2021

ކޯވިޑް 19

Previews
February 15, 2021

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (15)

6 Comments!

  1. redlailacrose says:
    February 15, 2021 at 6:30 am

    Nice.stry. i love to comment on this stry as the author answers really kindly.shaleen could u please comment on my poems .it means a lot dear . anyways stay Safe ❤️❤️❤️ bye

    1. Shaleen says:
      February 15, 2021 at 8:35 am

      Hi my dear ?
      Comment kolleema v ufaavejje alhugandah adhi story ah ingey..?
      Hey
      Shaleen innaane last poem ah comments kollaafa ingey. ???
      Approved vefatho chk kollaa.. nooni pending gatho comment ineeves chk kollahche.

  2. Shaleen says:
    February 15, 2021 at 8:37 am

    Hi my dear ?
    Comment kolleema v ufaavejje alhugandah adhi story ah ingey..?
    Hey
    Shaleen innaane last poem ah comments kollaafa ingey. ???
    Approved vefatho chk kollaa.. nooni pending gatho comment ineeves chk kollahche.

  3. Shaleen says:
    February 16, 2021 at 9:37 am

    Hey. Iyye innaane thi comment ah reply kollaafa poemge comment section ah.
    I think ekam comment innaanee pending ga kannenge. Adhi publish nuve.
    You just chk it login vefa and follow bunefa in gothah ingey ?

    1. redlailacrose says:
      February 16, 2021 at 7:29 pm

      Ok . Thanks a lot dear for your help

  4. redlailacrose says:
    February 16, 2021 at 8:03 pm

    Hey shaleen.e comment adi post nuve huree.and the comment section is closed.so u can comment it in this try

Comments are closed.

Next Episodeއިމްތިޙާން 59←


All Right Reserved!