
މިހިތައް ހައްޤުލޯބި ދޭށޭ…. ޓްރެއިލާރ

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭ މިހާރުވަނީ ތުނިކޮއްލާފައެވެ. ހަނދުވަރުގެ އަލިކަމެއް ނެތުމުން މުޅި ރަށައްވަނީ ކަނުއަނދިރިކަން ވެރިވެފައެވެ. ބެލްކަނީގެ ދޮރުލުހުވާފައި ވުމުން ބާރަށް ޖެހެމުންދާ ވައިރޯޅިތައް އައިސް ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ. ކިންގް ސައިޒް ބެޑުގައި އަރާމު ނިންޖަކުން ނިދިފައިއޮށް ޖޫލީއަށް ހޭލެވުނީ ހީކިރުވާލެއް ބޮޑުކަމުންނެވެ. އޭރު ޖޫލީގެ މުޅިހަށިގަނޑުން ރޫރޫ އަޅައެވެ. މަޑުމަޑުން ތެދުވެ ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ނިދާބޮކީގެއަލި ފަނޑުކަމުން ކޮޓަރިތެރެ ރަނގަޅަށް ފެންނަގޮތެއް ނުވެއެވެ. ދެލޯ ކުޑަކުރަމުން ގޮސް އަވަހަށް ބެލްކަނީގެ ދޮރުޖަހާލުމަށްފަހު އެތެރެއިން ތަޅުއަޅުވާލިއެވެ. ހަށިގަނޑަށް ވެރިވެފައިވާ ފިނިކަމުން ގައިގައި ދެއަތްވަށާލަމުން ގޮސް އެނދާދިމާލުން މަތީގައި ހަރުކޮއްފައި އިން ލެޑްލައިޓް ދިއްލާލުމާއެކު ޖޫލީގެ ދެލޯ ބޮޑުވިއެވެ. “މާތްކަލާކޯ..”
Comments (1)
Comments are closed.
Very interesting ??? waiting for the story ???