މެންދަމުގެ ހަމަހިމޭން ވަގުތެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭ މިހާރުވަނީ ތުނިކޮއްލާފައެވެ. ހަނދުވަރުގެ އަލިކަމެއް ނެތުމުން މުޅި ރަށައްވަނީ ކަނުއަނދިރިކަން ވެރިވެފައެވެ. ބެލްކަނީގެ ދޮރުލުހުވާފައި ވުމުން ބާރަށް ޖެހެމުންދާ ވައިރޯޅިތައް އައިސް ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ. ކިންގް ސައިޒް ބެޑުގައި އަރާމު ނިންޖަކުން ނިދިފައިއޮށް ޖޫލީއަށް ހޭލެވުނީ ހީކިރުވާލެއް ބޮޑުކަމުންނެވެ. އޭރު ޖޫލީގެ މުޅިހަށިގަނޑުން ރޫރޫ އަޅައެވެ. މަޑުމަޑުން ތެދުވެ ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ނިދާބޮކީގެއަލި ފަނޑުކަމުން ކޮޓަރިތެރެ ރަނގަޅަށް ފެންނަގޮތެއް ނުވެއެވެ. ދެލޯ ކުޑަކުރަމުން ގޮސް އަވަހަށް […]