Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެން

ސްޓަޑީ ކޭމްޕް

luvza Level 310 Stories100 Login
January 28, 2021 2 Mins Read
0 Comments

އަހަންނަކީ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. އަހަންނަކީ ކުޅިވަރަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. އަދި ވަކިން ހާއްސަކޮށް ކޭމްޕް ފަދަ ކަންތައްތަކަށެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި ދިމާވި ކަމަކާ ގުޅިގެން އެކަންތައްތައް ދެކެ އަހަރެން ފޫހިވިއެވެ. އެހެން ނަމަވެސް ހިތުގައި އޮތް ޝައުގެއެގެ ބޮޑުކަމުން އަހަންނަށް އެކަންތަށް ތަކަ ދުރުވާން އުނދަގޫ ވިއެވެ. އަހަރެން ބެލީ އެކަންތަކާ ވީހާވެސް ދުރުން އުޅެވޭތޯ އެވެ. އެހެންނަމަވެސް ހަޔާތުގަ ކުރިއަށް ކަންހިނގާނެ ގޮތް އެނގެނީ ފަހެ ކާކަށް ހެއްޔެވެ.

*****

އަހަރެންގެ އުމުރުން އޭރު އެންމެ 12 އަހަރެވެ. ސްކޫލް ޓީޗަރުން ގުރެޑް ފަހަކުން މަތީގެ ކުދިންނަށް ސްޓަޑީ ކޭމްޕެއް ބޭއްވިއެވެ. މި ވާހަކަ އަޑު އިވުމުން އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. ޖެހިގެން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމްޖެހިފައިވާ އެ ކޭމްޕަށް އަހަރެން ވަރަށް އިންތިޒާރު ކުރީމެވެ. ފަތިހު ފަހަކުން ފެށިގެން ރޭގަނޑު 10 އަކަ ހަމައަށް އޮތް ކަމުގައި ވިޔަސް އަހަރެން ކެއްތެރިވީމެއެވެ.

އަހަރެން ކޭމްޕަށް ދާން ހުރިހާއެއްޗެއް ތައްޔާރު ކޮށް ނިދަން އޮށޯވެވުނުއިރު ގަޑިން ދަންވަރު ބާރަ ޖަހާފާނެ އެވެ.އެކަމަކުވެސް ނިދިނާންނާތީ އަހަންނެއް ނުނިދަމެވެ. އަހަރެން އެކްސައިޓް ވެފައި ހުރިލެއް ބޮޑުކަމުން ނިދުނީ ވެސް ވަރަށް ލަހުންނެވެ.

ފަތިސަނަމާދުގެ ބަންގީގެ އަޑަށް ހަތަރެސްފައި ކޮޅަށްޖަހައިގެން ދުވެފައި އަހަރެން ގޮސް ވަނީ ފާހާނާ އަށެވެ. މޫނު ދޮވެ ދަތް އުނގުޅަގެން ވުޟޫ ކޮށްގެން ނުކުމެ އަވަހަށް ނަމާދުކޮށްގެން ސްކޫލަށް ދާން އަހަރެން ތައްޔާރު ވެލީމެވެ. އަތްދިގު އާދައިގެ ހެދުމަކާއި ތިރިން ކަޅުކުލައިގެ ޓައިޓެއް ލައިގެން ކަށި ބުރުގަލެއް އަޅައިގެން ފެންފުޅިހިފައިގެން ގެއިން ނުކުތް ގޮތަށް އަހަރެން މިސްރާބުޖެހީ ސްކޫލަށެވެ.

“ހުވޮށް” އެ އަޑަށް އަހަރެން ފަހަތް ބަލައިލީމެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.

“ހައެ،ހައެ، ޝަންނޫ…” އަހަރެން ދުވެފައި ދިޔައީ ޝަނާޔާ ކައިރިއަށްވެ. އަހަންނާ ޝަނާޔާ އަކީ ކުޑައިރުން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. އަހަރުމެން ސްކޫލް އެންމެން ދެކެނީ އަހަރުމެންނަކީ އެކުވެރިކަމުގެ ލާމަސީލު މިސާލަކަށެވެ. ކިތަންމެ ވަރަކަށް ޒުވާބު ކުރިއެއްކަމަކު އެންމެ ދުވަހެއްވެސް އެރުޅީގައި އަހަރުމެން ދެމީހުން ވާހަކަ ނުދައްކައެއް ނުދާނެއެވެ.

އަހަރުމެން ދެމީހުން އެކި ވާހަކަތަކުގައި ގޮސް ސްކޫލާ އަރާ ހަމަވެއްޖެއެވެ. އޭރު ބައެއްކުދިން ތިބީ ސްކޫލް ގައި ލައިންނަށް އަރައެވެ. ދެމީހުން އެކުގައި ގޮސް ލައިނުގެ އެންމެ ފަހަތުގައި މަޑު ކުރީމެވެ. އެއީ އަހަރުމެން ދެމީހުންގެވެސް އާދައެވެ. އަބަދުވެސް އަރާނީ ލައިނުގެ އެންމެ ފަހަތަށެވެ. އެހެނ ތިބެގެން ބްއެއްފަހަރު ސީކްރެޓްސް ވެސް ޝެއާކޮށްލަމެވެ.

ގުރޭޑް 5، ކުން ހަތެއްގެ ކުދިންނަށް ބޭއްވީ މިނީ ރިލޭ ރޭހެކެވެ. 9 އަދި 10 އެއްގެ ކުދިންގެ ވަނީ ޓަފް ރިލޭރޭހެކެވެ. މި ރިލޭރޭހުގައި ވަނީ މިނީ ރިލޭ ގެ އެކި އެއްޗިސް ލައިގެން އުނދަގޫ ކޮށްފައެވެ.

ފަތިހުގެ އެކްސަސައިޒް ގަޑި ނިންމުމަށް ފަހު އަހަންނާއި ޝަނާޔާ ދިޔައީ އެމީހެއްގެ ގެއަށެވެ.  ސްކޫލަށް ދާނީ ދެމީހުން އެއަކޮށްކަމަށް ގޮވަމުންނެވެ.

ގެއަށް އައިސް ފެންވަރައިގެން އަހަރެން ބެލީ ގަޑި ޖެހުމުގެ ކުރިން އަވަހަށް ސްކޫލަށް ދެވޭތޯ އެވެ. އެތަކެއް ދުވަހުގެ އިންތިޒާރެކެވެ. އަހަރެން ސްކޫލަށް ލާން މަންމަ އަންނަތީ އަހަންނަށް ޝަނާޔާ އަންނަން ދެނެއް މަޑެއް ނުކުރެވުނެވެ. އެކަމާ ޝަނާޔާ ވަރަހ ޝަކުވާކުރިއެވެ.

“އަޅެ މަ ވަރަށް ބަރުކޮށް އައިމައޭ މަޑުނުކުރީ ދެން އެހެނވެ މަންމަ ވެސް އައީ ލައިދޭން. ދެން ވަކި މަ ކުރާނީ ކީތް؟” އަހަރެން ޝަނާޔާ އަށް ވިސަނަދެވޭތޯ ބެލީމެވެ. އެކަމަކު އެކަން ވެސް ދިޔައީ ފެނަށެވެ.

“އޮކޭ ދެން މަށެއް ނޫޅެން މިޒުވާބު މިޔޮއް ބޮޑު ދުވަހު ބޮޑު ކުރާކަށް ސޯ ރިލެކްސް! ދޯ.” “ކޫލް ބަޑީސް!” އަހަންނާ ޝަނާޔާ ދެމީހުން އެކުގައި ދަބަސްތައް އަންހެން ކުދިންގެ ކުލާހަށް ލުމަށް ފަހު ދިޔައީ 5 އެއްގެ ކުލާހަށް ސައިބޯށެވެ.

އަހަރުމެން ސައިބޮއެގެން ދިޔައީ ސްކޫލް ހޯލަށެވެ. އެއީ އަހަރުމެންގެ ފުރަތަމަ ހަރަކާތް ފެއްޓެން އޮތީ އެތަނުން ކަމަށް ވުމުންނެވެ. ހުރިހާ ކުލާހެއްގެ ކުދިން ނާސްތާ ނެގުމަށް ފަހު ދާން އޮތީ ހޯލަށް ވުމުންނެވެ.

 

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

އެ ބިރުވެރި ރޭ ( އިޢުލާން )

Next

އިމްތިޙާން 53

Next
January 28, 2021

އިމްތިޙާން 53

Previews
January 28, 2021

އެ ބިރުވެރި ރޭ ( އިޢުލާން )



All Right Reserved!