އެއީ ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އިފްޝާއަށް ހޭލެވުނީ ފޯނުރިންގުވާ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށްފަހު ލޯނުވެސްހުޅުވާ ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެކޮޅުން އިވެމުން ދިޔައީ އަންހެން ކުއްޖަކު ރޯއަޑެވެ. ފުންމައިގެން ތެދުވެ، އެނދުގައި އިށީނދެ ފޯނުން އިވެމުން ދިޔަ ރުއިމުގެ އަޑާމެދު ސަމާލު ވެލިއެވެ. އެއީ ވޭނީ، ހިތްދަތިއަޑެކެވެ.
“ކީއްވެ ތިރޮނީ؟ކޮންކުއްޖެއްތީ؟ކިހިނެއްވީތަ؟” އިފްޝާ ހާސްވާން ފެށިއެވެ. އެނދުގެ އަނެއްފަޅިއަށް ބަލާލިއެވެ. ކޮޓަރީގައި ހުރެވުނީ އެކަނިކަން އެނގުމުން ބިރުގަންނަންފެށިއެވެ. ފޯނުން އިވެމުން ދިޔައަޑެއް ނުކެނޑެއެވެ. ހާސްވެހުރެ ކޮޓަރީގެ އެކި ދިމަދިމާއަށް ބެލެންފެށުނެވެ. މިހާރު ހީވަނީ އެވޭނީ ރުއިމުގެ އަޑު އިވެނީ ކޮޓަރިތެރެއިން ހެންނެވެ. ކުއްލިއަކަށް އިވުނު އަޑާއެކު އިފްޝާ ހަޅޭއްލަވައިގަތެވެ.
“ސާބަސް އިފޫ! މަށޭ!” ފާހާނާއިން ނިކުންނަމުން ހުޒާމް ބުންޏެވެ.
އެނދުމައްޗަށް ފޯނު ދޫކޮށްލާފައި އިފްޝާ ދުވެފައި ގޮސް ހުޒާމްގައިގައި އޮޅުލައިގަތެވެ.
“ކިހިނެއްވީ؟”ހުޒާމް އިފްޝާގެ ބުރަކަށީގައި ފިރުމާލިއެވެ.
“ރޮނީ…ކުއްޖަކު ރޮނީ.”
އިފްޝާ ގޮވައިގެން އެނދާދިމާއަށް ހުޒާމް ހިނގައިގަތެވެ. އިފްޝާ ފޯނު މަތިން ހަނދާންވިއެވެ. އަވަހަށް ފޯނުނަގާ ސްކްރީނަށް ބަލާލިއެވެ. ގުޅިމީހަކުމިހާރު އޮތީ ފޯނު ކަނޑާލާފައެވެ.
“ކިހިނެއްވީ؟” އެނދުގައި އިށީންނަމުން ހުޒާމް އެހިއެވެ.
“ދެންމެ ގުޅި މީހަކު. ރޮނީ.” އިފްޝާއަށް އަދިވެސް ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ.
“ހުވަފެނުގަތަ؟ ކާކު ދެން މިގަޑީގައި ރޮއިރޮއިފަގުޅާނީ؟ ފިރިހެނެއްތަ އަނެއްކަ؟”ޖެއްސުމުގެ ރާގެއްގައި ހުޒާމް އަހާލިއެވެ.
“ނޫނެކޭ!މީއްޗަކުވެސްދެން!”ހިތްހަމަނުޖެހިގެން އިފްޝާ ހުޒާމްގެ ފައިގައި ޖަހާލިއެވެ.
“އަންހެން ކުއްޖަކު.ވަރަށް ވޭނީ ގޮތަކަށް ރޮނީ.” މޫނުމަތިން ސީރިއަސް ގޮތް ދައްކަމުން އިފްޝާ ބުންޏެވެ.
“ރަނގަޅޭ!ޖިންނިއެކޭ އެއީ!ބިރުކަކުނިންނަށްނު އުނދަގޫކުރާނީ! އެވެސް އަހަރެން ނެތް ވަގުތު ބަލާފަ!” ހުޒާމް އިފްޝާގެ ކަނދުރާގައި ކޮއްޓާލިއެވެ.
“ދެން! ހަމަ އަހަރެން އެކަނި ބަހައްޓާފަ ދާންޖެހޭތަ؟”
” ފާހާނާއަށްވެސް ދާންވީ ގޮވައިގެންތަ؟”
“ނޫޅެން!” އިފްޝާ އަނެއްފަރާތަށް އެނބުރުނެވެ. ހުޒާމް އިފްޝާގެ ގައިގައި ލޯބިން ބައްދާލިއެވެ. އެއާއެކުހެން އިފްޝާ ހަމައަކަށް އެޅުނު ކަހަލައެވެ.
“ހިނގާބަލަ ގުޅިނަމްބަރަށް އަލުންގުޅަން.” އިފްޝާ ފޯނު ހިއްލާލިއެވެ.
“ދެން ތިއެހާބޮޑު ކަމަކަށް ނުހަދަބަލަ!” ހުޒާމް އިފްޝާއަތުން ފޯނު އަތުލިއެވެ.
“ހުޒާމަށް އެއީކަމަކަށް ނުވިއަސް އެއީ އަހަންނަށް ކަމެކޭ!” އިފްޝާ ތެދުވިއެވެ.
“ކޮބާ؟ އެނިވުނީ!ދެންބަހައްޓާ! ބެޓެރި ހުސްވީ ތޯއްޗެ!” ހުޒާމް ފޯނު އެނދުގެ ހެޑްބޯޑު މަތީ ބެހެއްޓިއެވެ.
“ދެން ނިދާލަބަލަ އަވަހަށް!”ހުޒާމްއަނެއްކާވެސް އިފްޝާގައިގައި ބައްދާލިއެވެ.މިފަހަރު އިފްޝާ މަޑު މަޑުން އޮތެވެ. ނަމަވެސް ފަތިސްނަމާދު ބަންގި ގޮވި އިރުވެސް އިފްޝާގެ ލޮލަކަށް ނިންޖެއްނާދެއެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ. ފަތިހުގެ ފިނިރޯޅި އައިސް އިފްޝާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފައްދަމުންދެއެވެ. ގެވަޅުތެރޭގައި ހުރި ޖޯލިފަތީގައި އިފްޝާއިނީ ބަނބުކެޔޮ ކޮށާށެވެ. ކައިރީގައި މަންމަވެސް ފަންގި ވިންނަން އިނެވެ. އިފްޝާގެ ކޮއްކޮ އަމާނީ ވަޅިއެއް ހިފައިގެން އައިސް ބަނބުކެޔޮ ކޮށުމުގައި އިފްޝާއަށް އެހީވެދޭން ފެށިއެވެ.
“ކޮއްކޯ!” އިފްޝާ ގޮވާލިއަޑަށް ސިއްސައިގެންގޮސް އަމާނީގެ އަތުން ވަޅިދޫނުވީ ކިރިޔާއެވެ.
“އަތަށް ކިހިނެއްވެފަ ތިހުރީ؟” އިފްޝާއަށް އެހުނީ އަހަން އުޅުނު ވަރަށްވުރެވެސް ބާރަށެވެ. އެއަޑަށް އިފްޝާގެ މަންމަވެސް ތެދުވެ އަމާނީގެ އަތަށް ބަލައިލިއެވެ.
“ދަރިފުޅާ!” ނަސީމާއަށް އަނގަމަތީ އަތް އެޅުނެވެ.
“މި ދޯ!މިއީ ….ވީގޮތަކީ…މޮހޮރެއްގަ…”
“ކޮންތާކު ހުރި ކޮން މޮހޮރެއްގަ؟”އިފްޝާ ކުޑަކޮށް ރުޅިއައެވެ.
“ދޮންތާ…” އަމާނީ ފެންކަޅިވިއެވެ.
“މިހާރުގެ ކުދިން އުޅޭގޮތް ދަސްކުރަން ފެށިދޯ؟ މަށަށްޔަގީނޭ މި އުޅޭ މިލްހާމެން ކައިރިން ދަސްކޮށްގެންކަންއެއުޅެނީ. އިނގޭތަ ކިހާ ނުބައި ކަމެއްކަން ތިއީ؟” އަމާނީގެ ޖަވާބު ލަސްވާން ފެށުމުން އިފްޝާ ރުޅިއައެވެ.
“ދަރިފުޅާ! ދެން ތިހާބާރަށް އެއްޗެހިނުކިޔަބަލަ!”މަންމަ އިފްޝާގެ އަތުގައި ހިފާއްޓާލިއެވެ.
“މަންމަވެސް ހަދާ ގޮތަކުންނޭ އެއީ! އެ އުމުރުގަ މިމީހުންނަކަށް ނޭންގޭނެ އުޅެވޭ ނޫޅޭވޭގޮތެއް! ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްގެން ނުވާނެ!”
“މީދޮންތަ ތިހީކުރާކަހަލަ ކަމެއްނޫނޭ!”އަމާނީ އޭނާގެ އަތްފޮރުވިއެވެ.
“ދެންކޮންކަހަލަކަމެއް؟” އިފްޝާކޮށަން އިން ބަނބުކެޔޮފަޅި ތެލިތެރޭގައި ބެހެއްޓިއެވެ. އެވަގުތު ހުޒާމް އައިސް ޖޯލިފަތީގައި އިށީނެވެ. އަމާނީ ނުރުހިހުރެ ގެނައި ވަޅި ބަހައްޓާފައި ގޭތެރެއަށް ވަނެވެ.
“ކަމަނާދިޔެ އެެދިޔައީ ކޮންކަމަކާރުޅި ދުރުވެގެން؟”
“ނޭންގެ އަހަންނަކަށް!” އިފްޝާ އަނެއްކާވެސް ބަނބުކެޔޮކޮށަން ފެށިއެވެ.
ހިތްހަމަ ނުޖެހި ހުރެ އިފްޝާއަށް ބަލާލުމަށް ފަހު މަންމަވެސް އެތަނުން ދިޔައެވެ.
މެންދުރު ކެއުމަށްފަހު އިފްޝާ ބޭނުންވީ މާލެއިން އިހައްދުވަހުގެނައި ވާހަކަފޮތް ކިޔާލާށެވެ. ކޮޓަރިއަށްވަދެ ހުރިހާތަނެއް ހޯދި އިރުވެސް ވާޙަކަފޮތެއްނުފެނުނެވެ. އަމާނީ ކިޔަންބޭނުންވެގެން އާދޭސްކުރާވަރުން އެފޮތްދިން ހަނދާންވީ ނުފެނިގެން ފޫހިވެގެން އައިސް އެނދުގައިށީން ވަގުތެވެ. ކޮއްކޮއާ ޒުވާބު ކުރެވުމުން ފޮތްބަލައިދާން ބޭނުން ނުވިއަސް ވާހަކަ ކިޔާހިތް އޮތްލެއް ބޮޑުކަމުން އަމާނީގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އިފްޝާ ހީކުރީ ކޮޓަރި ހުންނާނީ ތަޅުލައިފައި ކަމަށެވެ. ނަމަވެސް ނަސީބަކުން ކޮޓަރި ހުރީ ހުޅުވައިފައެވެ. މަޑުމަޑުން ދޮރު ހުޅުވާލައި އެތެރެ ބަލާލިއެވެ. އަމާނީއެއް ފެންނާކަށްނެތެވެ.
“ހާ!”މޭޒުމަތީ ހުޅުވާފައި އޮތް ފޮތްފެނުމުން އުފަލުން އިފްޝާއަށް ބުނެވުނެވެ. ދުރުދުރުގައި ފައިއަޅަމުން ސިއްރު ސިއްރުން އައިސް މޭޒުމަތީ އޮތް ފޮތް ދަމައިގަނެ، ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެގެން ދިޔައެވެ. އަމިއްލަ ކޮޓަރިއަށްވަދެ އެނދުގައި އިށީންދެ ހަމަޖެހިލުމަށްފަހު ފޮތް ހުލުވާލިއެވެ.
“މި ކޯންޗެއް؟” ގެނެވުނީ ވާހަކަފޮތެއްނޫންކަން އިފްޝާއަށް އެނގުނީ އެފޮތުގެ ޞަފްޙާ ތަކުގައި ގަލަމުން ލިޔެފައި އޮތީމައެވެ. އެނދުން ތެދުވަން އުޅެފައި ޚިޔާލުބަދަލުވެގެން އަނެއްކާވެސް އިށީނެވެ. ފޮތް ހުޅުވާލައިކިޔަން ފެށިއެވެ.
އަމާނީ ފާހާނާއިން ނިކުމެ ބޮކިނިއްވާލަމުން މޭޒަށް ބަލާލިއެވެ. އަމާނީގެ މޭގަނޑު އަނގަޔަށް ނައީކިރިޔާއެވެ. އޭނާގެ ނޯޓުފޮތެއް މޭޒުމައްޗަކުނެތެވެ. ދުވެފައިގޮސް މޭޒުމަތި ރަނގަޅަށް ބަލާލިއެވެ. އަދި ތިރިއަށް ފޮތް ވެއްޓިފައި އޮތްތޯބަލާލިއެވެ. ހާސްވެފައި ހުރެ ދެން ފެށީ އަލަމާރި ތެރެހަވާށެވެ. ކަބަޑުތަކާ ވަތްގަނޑުތައް ހާވަންފެށިއެވެ. ފޮތް ހާމައަށް ބާއްވާފައި ފާހާނާއަށް ވަދެވުނު މޮޔާހީވާން ފެށިއެވެ. އެއްލިކަޅިއަކުން ފެނުނީ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރި ތަނެވެ. ބަދިގެއާދިމާއަށް އަމާނީ ދުއްވައިގަތެވެ.
“މަންމާ!އަހަރެންގެ..ކޮޓާރިއަށް ވަނިންތަ؟” ސިއްސައިގެން ދިޔަ ނަސީމާ ގާތު އަމާނީ އެހިއެވެ. ނަސީމާ ބޯހޫރާލުމުން އަމާނީ އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ. ބޭރަށް ނިކުންނަން ދިޔަ މަގުމަތީގައި ދެވުނީ އިފްޝާގެ ކޮޓަރި ހުރަސްކޮށްފައެވެ. އެއްޗެއްހަނދާންވީ ކަހަލަ ގޮތަކަށް އެނބުރި އައިސް ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭރު އަމާނީއަށް މައިނޭވާލެވެއެވެ.
އެނދުމަތީ ފޮތްކިޔަންއިން އިފްޝާ މަޑުމަޑުން ކޮޓަރިދޮރުމައްޗަށް ބަލާލިއެވެ. އޭރު އެދެލޯވަނީ ކަރުނުންފުރިފައެވެ. އަމާނީއަށް ހުރިތަނަށް އިށީންދެވުނެވެ. އެވަގުތު ހުޒާމްއައިސް ކޮޓަރި ދޮރުމަށްޗަށް ހުއްޓުނެވެ. ދެމީހުން ރޮނީ ކީއްވެގެންކަން ނޭންގިހުރެ ހުޒާމަށް ކޮޓަރި ދޮރުމަތީ ހުއްޓެވުނެވެ. ހުޒާމްފެނުމުން އިފްޝާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވީ އޭގެ އިންތިހާއަށެވެ. ބާރު ހިނގުމެއްގައި އައިސް ހުޒާމްގެމޫނުމަތީ ބާރުއެތިފަހަރެއް ޖަހާފަ އަމާނީ ދަމަމުން ކަހަލަގޮތަކަށްނިކުމެގެން ދިޔައެވެ.
“ދަރިފުޅާހުޒާމް.ކާންއާދޭ!” މަންމަގޮވާލުމުން މޫނުމަތީ އަތްއަޅައިގެންހުރެ ހުޒާމްގޮސް ކާކޮޓާރިއަށް ވަނެވެ.
“ކޮއްކޮ ކީއްވެ ނުބުނީ؟ކިއްވެނުބުނީ؟” އިފްޝާއާއި އަމާނީ ހުރީ އަމާނީގެ ކޮޓަރީގައެވެ.
“ހުޒާމްބިރުދެއްކީ. ބުނެފިއްޔާ މަރާލާނަމޭކިޔާ. އޭރު ދައްތައަށް ފެނުނީ އޭނާވަޅިއެޅިތަނެއް. އަހަރެން އަމިއްލައަށްއަހަރެންގެ ހަށިގަނޑަށް ގެއްލުމެއްދޭނެތަ؟”
“ވަޅިއެޅި….ތަނެކޭ؟އެހެންވީމަކުރިންވެސް…..” އަމާނީ ބޯޖަހާލިއެވެ. އަދި ހެދުންބާލާ ބުރަކަށި ދައްކާލިއެވެ. އަމާނީގެ ބުރަކަށީގެ އެކިތަންތަނުގަޔާއި ފައިގެ އެކިތަންތަނުގައި ވަނީ ވަޅިއަޅާފައެވެ. ބައެއްތަންތަނުގައި އަމާނީ ހުރީ ބޭސްއަޅާފައެވެ. އަނެއްބައި ތަންތަނުގައި ލޭހިކިފައިނޫނީ ފާރުގަނޑު ހެދިފައި ހުއްޓެވެ. އެންމެ ތަންކޮޅެއްވެސް ދެއިންޗި ދިގުމިނަށް ވުރެ ކުޑައެއްނޫނެވެ. ހުޒާމްގެ ރަހުމްކުޑަކަން ފެނި އިފްޝާގެ ލޭފިނިވާގޮތްވިއެވެ.
“ރޭގަގުޅީ….ކޮއްކޮދޯ؟”
“އާން. ވަރަށްހިތްވަރު ކޮށްފަގުޅީ ދައްތަގާތު ބުނެވޭތޯ. ނަމަވެސް އަހަންނަކަށް ވާހަކަ ނުދެއްކުނު.” އަމާނީއަށް ރޮވުނެވެ. ފަހުން އެނަމްބަރު ހޯދަން ފޯނުބެލިއިރު ނުފެނުނުކަން އިފްޝާ ހަނދާންވިއެވެ. އެއީ ހުޒާމުގެ ކަމެއްކަން މިހާރު އެނގިއްޖެއެވެ.
“އަހަރެން ހުޒާމްއާ ރައްޓެހިވީ މީގެ ދެއަހަރެއްހާ ދުވަސްކުރިން. އޭރު އަހަރެން ކިޔަވަމުން ދިޔައީ ގުރޭޑު ދިހައެއްގަ. ދައްތަވީ މާލޭގައި. އަހަރެންގެ މޮޔަކާމާއި ހެދި މިހެން މިދިމާވީ. ހުޒާމްމިރަށަށް އައީ ޗުއްޓީއަކަށް . އަހަރެންފެނިގެން މޮޔަގެރިއަވަލީހެން އުޅުނު. އަހަރެން ބުނީތީ ސިނގިރޭޓު ބުއިން ހުއްޓާލި. ހެދުންއެޅުމަށް ބަދަލުގެނައި. ނަމަވެސް އަހަރެން އޭރު އޭނައާ ރައްޓެހިވެގެން އުޅުނީ ބުނިހާ އެއްޗެއް ހޯދާދޭތީ. އަހަރެން އުޅުނީ ހުމައިދުއާ ރައްޓެހިވެގެންކަން ހުޒާމަށް ފަޅާއެރުމުން ވަރަށް އަނިޔާކުރި. އަދި ފުރަމުން ބުނި ބަދަލުހިފާނަމޭ. ދައްތާ! އަހަރެންގެ މޮޔަކަމުން އަހަރެންމިހަލާއްކުވީ. ހުޒާމް އަހަރެންދެކެ ކިހާލޯބިވި؟” ނޯޓުފޮތުގައިވާ ވާހަކަތައް ޚުލާސާކޮށްދެމުން އަމާނީ ދިޔައިރު އިފްޝާއަށް ރޮވެނީއެވެ.
“ދައްތައާ އިނުމުގެ ބޭނުމަކީ އަހަރެންގެ ދިރިއުޅުން ހަލާއްކުކޮށްލުން. އެކަމަކުވެސް މިހާވަރު ކުރާނެކަމަކަށް އަހަރެން ހިޔެއް ނުކުރަން.”
” ކޮއްކޮ އޭނާއަށް ބޭވަފާތެރި ވިއޭ ކިޔާފަ ހައިވާނެއްހެން ކޮއްކޮނޮޅާކަށް ނުޖެހޭނެ. ކޮއްކޮގެ ސިކުނޑިއޭރު ޅަވާނެ. ދައްތަ ޤަބޫލުކުރަން ތިކަހަލަ ކަމެއްވެދާނެކަމަށް. އެކަމަކު ދެންވެސް ވިސްނައިގެން އުޅޭތި. ތީ ކުޑަކުއްޖެއްނޫން. ދައްތަ މިކަމަށްނިންމުނެއް ގެންނާނަން.”އިފްޝާތެދުވިއެވެ. ފޯނުހިފައިިގެން ކުޑަދޮރު ކައިރިއަށް ދިޔައެވެ.
“އައްސަލާމް ޢަލައިކުމް!”ހުޒާމް ކައިގެން ނިކުތް ވަގުތު މީހަކު ސަލާމްގޮވާލި އަޑު އިވުނެވެ.
“ވަޢަލައިކުމް ސަލާމް.ކިހިނެއްތޯވީ؟” ކުރިމަތީ ހުރި ދެފުލުހުންގާތު ހުޒާމް އަހާލިއެވެ.
“ކޮބައިތޯ ހުޒާމަކީ؟”
“ކުރިމަތީ ތިހުރީ ހުޒާމަކީ.” ކޮޓަރިން ނިކުތް އިފްޝާ ބުންޏެވެ. އިފްޝާގެ ފަހަތުން އަމާނީ ނިކުތެވެ. ނަސީމާ ހައިރާން ކަމާއެކު ފަހަރަކު މީހަކަށް ބަލަން ހުއްޓެވެ. ފުލުސްމީހާ އައިސް ހުޒާމްގެ އަތުގައި ބިޑިއަޅުވައިގެން ނިކުންނަން ހިންގައިގަތެވެ. ދެންހުރި ފުލުސްމީހާ އަމާނީއާއި އިފްޝާއަށް ފަހަތުން އައުމަށް އިޝާރާތްކުރިއެވެ.
ހަވާގެއިން ތިންމީހުން ގެންގޮސް ފުލުހުންގެ އުޅަނދަށް އަރުވާތަން ބަލަން ހިސާބުގަނޑު އެންމެން އެގޭދޮށަށް އެއްވެހުއްޓެވެ. ބިޑިއަޅުވައިގެން ގެންދިޔަ ހުޒާމްއާއި، އޭގެ ފަހަތުން އެރުވި، ރޮވިފައި ހުރި އަމާނީއާއި އަމާނީއާއެކު ނޯޓުފޮތެއް ހިފައިގެން އެރި އިފްޝާ އެންމެންވެސް ދުއްޓެވެ.
(ނިމުނީ)
20 Comments!
Comments are closed.

Vaa eh nuvaa eh neyge ehfaharu huzam anehfaharu nizam..thi dhen boduvaru..
bayyeh huwa neygey kanthahnukohba dhen,
Koncheh tha mee???
Thedheh thibuny Nash…. Vaa nuvaa eh neynge… Ehfaharu huzam anehfaharu nizam…
Mi knkahala stry eh thr….
sorry all. now editkohfa ohnaani
hey guys… calm dawn…. ahannah egea meegen vee nuvee echehi….. mistake hedheyne…. ekamaku thivaru vaakah nuvaane…. rulhi isnukurey… Zaa ah ves publish vaahaka liyaa iru mistake hedhey….. is that a problm?
Bahyehnu vaahaka liyan neangenyaa nuliyebala baykaaru vagutheh mi dhuwaalevunee mi liyun gandu kiumah
Vaahaka hama varah vex furihama…. Ibaaraay kurun reethi… haadhisaavex fakkaa… kiyaalan vex faseyha … Keep it up lizzy…..
Nice story
Nice…. Understand vaan try kuryma vaane. Anyways kiyun therin ves ebunany thedheh!! But I am sure you can do better. Keep it up lizzy
Vaahaka ok.. Vaa nuvaa goi neyngigen ulhey vareh noon dhen
?what is this
Vrh foohi.
Nice story
vara sallhi assu thikahala liyun therie beynn vany
V rh reethi storyeh .thanks writter
Varah salhi vaahakaeh!
Ekamaku maa avahah ninmaalee.
Keep it up!!
Nimun aie goi kada eyna mom ah vaa nuvaa neygi ninmaafa othee…….
V rythi….nice story