Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 17

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
January 26, 2021 6 Mins Read
1 Comment

ކިޔާން ބުނި ހެންމެ އޭނާ ތާރާއަށް އޭނާ ބަދަލު ވެއްޖެ ކަމުގެ ހެކި ދައްކައި ދެމުން ދިޔައެވެ. އާއެކެވެ. ކޮންމެ ދުވަހަކުހެން އާ ކުއްޖަކާ ރައްޓެހިވާ ކިޔާން 2 މަސް ވީއިރު އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވެއެވެ. އަބަދުހެން ރުޅި އައިސް ހުރުމުގެ ބަދަލުގައި މިހާރު ހުންނާނީ ހަމަ ޖެހިގެންނެވެ.

އެ ދެކުދިން އެކުވެރިންގެ ގޮތުގައި ތިބި އިރުވެސް އެކަކު އަނެކަކާ ވާހަކަ ދައްކާވަރު މަދެއް ނުވާނެއެވެ. ރޭގަނޑު ގިނަފަހަރަށް ދެމީހުންނަށް ވެސް ނިދޭނީ އެކަކު އަނެކަކާއި ވާހަކަ ދައްކަން ހުރެއެވެ. ކޮންމެއަކަސް އެދެމެދުގައި ވާ ގުޅުން ވަނީ މާ ބޮޑަށް ވެސް ރަނގަޅު ވެފައެވެ. ކުރިންހެން އެކަކު އަނެކަކާ ދިމާކޮށް ސަކަރާތް ޖަހަމުން ދާއިރު ހީވަނީ ވެސް އަމިއްލަ ދުނިޔެއެއްގައި ތިބޭ ހެނެވެ.

މިހާރު ގިނަ ފަހަރަށް ސްކޫލަށް ދާއިރު ތާރާ ބަލާވެސް އަންނަނީ ކިޔާނެވެ. ދެމީހުން އެއްކޮށް ހިނގާލަންދާ ފަހަރުތައް ވެސް ވަކި މަދެއް ނުވާނެއެވެ. އެކުގައި ވަގުތުތައް ހޭދަކުރާ ވަރަކަށް ދެ ހިތަށް ވެސް ދިޔައީ އެނގުން ވަމުންނެވެ. ދެ ހިތުގެ ލޯބި ދިޔައީ ފުން ވަމުންނެވެ. އެކަކު އަނެކަކަށް ޓަކައި އިތުބާރު ދިޔައީ އުފެދި ބޮޑުވަމުންނެވެ.

އެދެމެދުގައި ވާ ގުޅުން މިހާރު އެދެއާއިލާގެ  މީހުންނަށް ވެސް އެނގެއެވެ. ދެ އާއިލާ ވެސް އެ ދެމީހުންގެ ގުޅުމަށް ގަބޫލެވެ.

 

“ހިނގާބަ އެންމެން އެއްކޮށް ކެއުންގަނޑެއް ހަނދާލަން.” ޔުކްތާ ބުނެލިއެވެ. “އާނ. ހިނގާ ދޯ. ޔާން ވެސް ދާނެ ވަރަށް އަވަހަށް. ދިއުމުގެ ކުރިން ވާނެ ދޯ ތި ކަހަލަ ކަމެއް ކޮށްލަން.” އީކަން ވެސް އެއްބައި ވެލިއެވެ.

“ހިނގާ މިރޭ. ލަސް ކުރާނެ ކަމެއް ނެތެއްނު.” ތާރާ ކިޔާން ކައިރީ އިން ޖޯލީގައި އިށީނދެ ލަމުން ބުނެލިއެވެ. “އާނ ދޯ. މިހާރު މިއޮތީ މޫންލައިޓްގެއަށް ވެސް އާދެވިފައެއްނު.” ޖައިލަމް ބުންޏެވެ. އޭރު ކިޔާން އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

 

“ކިޔާން!” ތާރާ ކިޔާންގެ ކޮނޑުގައި ވިކައިގަތެވެ. ސިހިފައި ކިޔާން އަތް ފާޅުވާ ލަމުން ތާރާ އާއި ދިމާއަށް ލޯ އަޅާލިއެވެ. “ވަޓް ވޯޒް ދެޓް ފޯރ؟”

“ޑޮންކީ ހިޔާލަށް ގެއްލިފަ އިނީމަ.”

“އެކަމު ދެން ވިކާކަށް ނުވާނެއްނު، މަންކީ.” ކިޔާންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އަދި ތާރާގެ އަރިކަށީގައި އަތް ހިންގާލިއެވެ. ހީލި އެރުމުން ދެ ލޯ ބޮޑު ކޮށްލާފައި ތާރާ ޖޯލިން ތެދުވަން އުޅުން ގޮތުން ނުވެއްޓުނީ ވެސް ކިރިޔާއެވެ. ނަމަވެސް ދެންވެސް ތެދުވެފައި ދުއްވައިގަތެވެ. ފަހަތުން ކިޔާން ވެސް ދުއްވައިގަތެވެ. އޭރު ދެން ތިބި އެންމެން ހެނީއެވެ.

ދުވަމުން ދުވަމުން ތާރާ ގޮސް ވަނީ މޫންލައިޓް ގޭތެރެއަށެވެ. މުޅި ގޭތެރޭގައި ގުގުމާލީ ކިޔާނާއި ތާރާގެ ހުނުމުގެ އަޑެވެ. ސިޓިންރޫމަށް ދެވުނު ތަނާހެން ކިޔާން ފަހަތުން އައިސް އޭނާގެ އުނަގަނޑުގައި ބެއްދިއެވެ.

“ކިޔާން! ނޯ!” ކިޔާން ތާރާގެ އަރިކަށީގައި ހީލިއަރުވަން ފެށުމުން ތާރާ ހޭންފެށިއެވެ. އަދި ކިޔާންގެ އަތު ތެރެއިން ސަލާމަތްވެވޭތޯ ގަދަ ހަދަން ފެށިއެވެ. “ދެންންންން! ހީލި ނާރުވާބަ! ހަހަހަހަ!” ތާރާ ހެމުން އާދޭސްކުރަމުން ދިޔައެވެ. ނަމަވެސް ކިޔާން ގޮތް ދޫނުކޮށް ހީލި އަރުވަމުން ދިޔައެވެ.

 

ތާރާއަށް ހިޔާލެއް އައުމުން އަވަސް އަވަހަށް ކޮރާލިއެވެ. އަދި ކިޔާންގެ ކޮލަށް ބޮސް ދިނެވެ. ވަގުތުން ކިޔާންގެ ހަރަކާތްތަކަށް ހިއްޓުމެއް އައެވެ. ދެލޯ ބޮޑުކޮށް ލާފައި ތާރާ އާއި ދިމާއަށް ބަލާލެވުނެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި ތާރާ އޭނާގެ އަތު ތެރެއިން ދެމި ގަތުމުން ވީ ނުވީ އެނގުނެވެ.

ތާރާ ހެމުން ހެމުން ދުއްވައިގަތީ އެންމެ ކައިރީގައި ހުރި ކޮޓަރިއަށެވެ. އަދި ދަމުން ކިޔާންއާ ދިމާއަށް “ދެން މެއްސެއް އަނގަޔަށް ނުވަންނަނީސް އަނގަ ލައްޕަބަލަ!” ކިޔާ ގޮވާލިއެވެ. އަދި އަދި އަވަސްއަވަހަށް ދޮރު ލެއްޕިއެވެ.

 

ދޮރުގައި ލައްގަނެލައިގެން ހުރިއިރު ތާރާގެ ތުންފަތްމަތީގައި ދުވެލަ ދުވެލާ ވީ ލަދު ރަކި ހިނިތުންވުމެކެވެ. ނަމަވެސް އެ ހިނިތުންވުން ފިލައިގެން ދާކަށް މާގިނައިރެއް ނުނެގިއެވެ. އޭނާއަށް މި ވަދެވުނީ ކޮން ކޮޓަރިއަކަށް ކަން އޭނާއަށް ވިސްނުނީއެވެ. އޭނާގެ މޭގައި އަތް އަޅާލަމުން ކުރިއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު އެ ރީތި ދެލޯ ކަރުނައިން ފެންކަޅި ވެއްޖެއެވެ.

އެތަކެއް ދުވަސްތަކެއް ފަހުން އަނެއްކާވެސް އޭނާ އޭނާގެ ދައްތަގެ ކޮޓަރިއަށް ވަދެވުމުން އެ ނިކަމެތި ހިތަށް އަސަރު ކުރިއެވެ. އޭނާ ގޮސް ކޮޓަރީގެ މެދުގައި ހުއްޓުން ތަނާ ފަހަތުން ދޮރު ހުޅުވުނެވެ. އެހެންނަމަވެސް އެކަމެއް އޭނާ އަކަށް ނޭނގެއެވެ. އޭނާ ހުރީ ހިޔާލަކަށް ގެއްލިފައެވެ. އޭރު ހުއްޓުމެއްނެތި އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

 

ތާރާގެ ފަހަތުން ކޮޓަރިއަށް ވަތް ކިޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެ ބޮޑު ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. ޑިޒްނީ ކާޓޫންތަކުގައި ހުންނަ ކަހަލަ ޝާހީ ކަމެއް އެ ކޮޓަރީގައި ވުމުން އޭނާ ހައިރާންވިއެވެ. އެ ފިޔާތޮށި ކުލައިގެ ކޮޓަރީގައި ހުރި އަލިފާނުގެ ހާދިސާގެ ނިޝާންތައް ފެނިފައި އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ.

މަޑުމަޑުން ހިނގާފައި ގޮސް އޭނާ ހުއްޓުނީ އެނދު ކައިރީގައެވެ. އެވަގުތު ފާރުގައި ދަނބުކުލައިގެ ކްރެޔޯން އިން އިނގިރޭސި އަކުރުން ކުޑަކުދިން ލިޔާ ކަހަލަ ލިޔުމަކުން ‘ދޮންތި އެން ކޮކީ’ ޖަހާފައި އިނެވެ.

އެނދުގެ ފަޑީގައި އިން ފޮޓޯ އަލްބަމެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ނަގަން އަތް ދިއްކޮށްލި ކިޔާން ހުއްޓުން އެރީ މަޑު ގިސްލުމެއްގެ އަޑު އިވުމުންނެވެ. ސިހިފައި ތާރާ އާއި ދިމާއަށް އެނބުރުން ވަގުތު އެ ފޮޓޯ އަލްބަމް ގައި އަތް ޖެހިފައި ބިންމައްޗަށް ވެއްޓުނެވެ. ނަމަވެސް އެއަށް ބެލުމެއްނެތި އޭނާ އަވަސްވެގަތީ ތާރާ ކައިރިއަށެވެ.

 

ހިޔަލުގައި ހުރެ ރޮމުން ދިޔަ ތާރާ ސާރާ އޭ ކިޔާ މަޑު މަޑުން ގޮވަން ފެށިއެވެ. ތާރާ އަށް ވަމުން ދިޔަ ގޮތް ތަކުން ކިޔާން އަށް އުނދަގޫވަމުން ދިޔައެވެ. ލޯބިވާ ކުއްޖާ ރޯތަން ބަލަން ކެތްވާނީ ވަކި ކާކަށް ހެއްޔެވެ؟

ކިޔާން ގޮސް ތާރާގެ ގައިގައި ބައްދާލިއެވެ. އަދި މަޑުމަޑުން ނުރޮއުމަށް ބުނަމުން ދިޔައެވެ.

 

“ސާރާ!” ތާރާ ރޮމުން ދިޔައެވެ. “ނޯ! ސާރާ! ޑެޑީ! ނޯ!”

ކިޔާން ތާރާގެ މޫނުގައި ހިފެހެއްޓުމަށް ފަހު ކިޔާންގެ މޫނާއި ދިމާ ކުރުވިއެވެ. “ތާރާ. ލުކް އެޓް މީ. ތާރާ.” ކިޔާން ބުނަމުން ދިޔައެވެ. ނަމަވެސް ތާރާ އެ އަޑަކަށް ކިޔަމަނެއް ނުވިއެވެ. އޭނާގެ ސިކުނޑި ތެރޭގައި ސިފަވަމުން ދިޔައީ އެ ހިތާމަވެރި ހާދިސާއެވެ. އެ އަނިޔާވެރި މީހުން ތަކެވެ. އޭނާގެ އެއްމާބަނޑު ދައްތަ ސާރާ އާއި ބައްޕަ އަލިފާނުގައި އަނދަމުން ދިޔަ މަންޒަރެވެ. އެމީހުންގެ ވޭނީ ހަޅޭކެވެ.

“ދޮންތީ! ޕްލީޒް!” ލޯ މަރައިގެން ހުރެ ތާރާ ގޮވަމުން ދިޔައީ ސާރާ އަށެވެ.

 

އެންމެ ފަހުން ހަނދާނެގޮތެއް ނުވިސްނުމުން ކިޔާން ތާރާގެ ތުންފަތަށް ބޮސްދިނެވެ.

ސިހިފައި ތާރާއަށް ދެ ލޯ ހުޅުވައި ލެވުނެވެ. ވަގުތުން ކިޔާން ތާރާ އާއި ދުރުވެލިއެވެ. ތާރާގެ ލޮލުން އަނެއްކާވެސް ކަރުނަގަނޑު ހިލުނެވެ. އަދި ކިޔާންގއ ގައިގައި އޮޅުލައިގަނެވުނެވެ. “ކިޔާން! ސަ.. ސާރާ… ޝް.. ޝީ އިޒް ގޯން! ޝާ…”

“ހޭ ހޭ! ބްރީތު. ބްރީތު، ބޭބީ ޑޯލް. ބްރީތު. އެއަށްފަހު ޓެލް މީ. ކާމް ޑައުން ފަސްޓް އިނގޭ.” ކިޔާން ތާރާގެ ރުއިން ހުއްޓޭތޯ މަސައްކަތް ކުރިއެވެ.

“ޝީ އޒް ގޯން، ކިޔާން. މައި ސިސްޓަރ އިޒް ގޯން.”

 

“ޔޫ ހޭވް އެ ސިސްޓަރ؟” ހައިރާންވެފައި ކިޔާން އަހާލިއެވެ. “ޔް..ޔެސް. ސް..ސާރާ އިޒް މައި ޓްވިން.” ތާރާ ކިޔާނަށް ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. އެ ހާދިސާއެވެ. އެ ހާދިސާގަ އޭނާގެ ހަނދާންތައް ދިޔަ ގޮތަށް ނާންނަ ވާހަކައެވެ.  އެ ނުބައި މީޖުއޭނާގެ ބައްޕަ އާއި ދައްތަ މަރާލި ގޮތެވެ. އޭގެ ފަހުން ތާރާއަށް އައި ބަދަލު ތަކުގެ ވާހަކައެވެ. އޭނާ ހެދި ތެރެޕީ ތަކުގެ ވާހަކައެވެ.

 

ހުރިހާ ވާހަކައެއް ނިމުން އިރު އެ މައުސޫމް ކުއްޖާއަށް ގިސްލެވެއެވެ. “އި.. އިޓް ޝުޑް ހޭވް.. ބީން މީ. ސް.. ސާރާ އެއް ނޫން. އަހަރެން މަ.. މަރު..”

ތާރާގެ އެބަސްތަކުން ކިޔާންގެ ހިތް ތޮރުފާލިއެވެ. އެހެންކަމުން ކެތްނުކުރެވިގެން އެންމެފަހުން ކިޔާން ތާރާ ގެނެސް އޭނާގެ މޭގައި ލައްކޮށްލިއެވެ.” ތާރާ. ތިހެން ނުބުނެ. ކޮންމެ ކަމެއްވެސް ވަނީ އޭގެ ފަހަތުގައި ޙިކުމަތެއް ވާތީ. ތި ހާދިސާގެ ފަހަތުގައި ވެސް ވާނެ. ބިސައިޑްސް ވަޓް ވުޑް ހޭވް ޔުއަރ ޑޭޑް އެން ސާރާ ސެއިޑް އިފް ދޭ ހާޑް ޔޫ ސޭ ދެޓް. ސޯ ޑޯންޓް ސޭ ދެޓް އެދުވަހު އެނޫން ގޮތަކަށް ކަންތައް ވިނަމަ އަހަރެމެން ދެމީހުން މީޓް ވެސް ނުވީސް ކަންނެ. އަހަރެން ބަދަލުވެސް ނުވާނެ ކަންނެ. ތާރާ އެގޮތެއް ބޭނުމެއް ނޫނެއްނު. ސޯ ޑޯންޓް ސޭ އިޓް.” ކިޔާން ތާރާއަށް ވިސްނާ ދެވޭތޯ މަސައްކަތް ކުރިއެވެ. އެންމެ ފަހުން ތާރާއަށް ވިސްނުމުން ދެމީހުން އެތާ ތިބީއެވެ.

 

“ކިޔާން. އެއްވެސް މީހަކު ކައިރީ ނުބުނައްޗޭ ތާއަށް އެ ހާދިސާ ހަނދާންވާ ވާހަކަ. އައި ޑޯންޓް ވޯންޓް އެ ތެރެޕީތަކަށް އަލުން ދާން.” ތާރާ މަޑުމަޑުން ކިޔާންގެ ގާތު ބުނެލިއެވެ.

“އައި ގިވް ޔޫ މައި ވޯޑް، ޕްރިންސެސް. އައި ޕްރޮމިސް.” ކިޔާން ތާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ދެން ހިނގާ ދާން. އެއުޅޭ ބޭޑް މައިންޑެޑް ޕީޕަލް އެބައުޅޭ ބަނޑުހައިވެގެން.” ކިޔާން ފޯނު ބަލައިލަމުން ބުނެލިއެވެ. އެއާއެކު ތާރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ކަންތައް ފަލަ ބައެއް. ސަހާދަތް މިބުނީ.”

 

ދެމީހުން އެއްކޮށް ކޮޓަރިން ނުކުމެގެން ބަދިގެ ފަރާތަށް ދިޔައިރު ޔުކްތާމެން ތިއްބެވެ. “ސާބަހޭ ކަލޭމެން ދެމީހުނަށް! މާފޮޅުވާނެ ވަރަކަށް މާފޮޅުވާ އިރަކު ނޭނގޭތަ ބަނޑުހައިވެގެން ހާންތި އަރާފަ އަނެއްބަޔަކު ތިބިކަން!” އީކަން ގޮވާލިއެވެ.

“ހާހާ ހާ. ވަރަށް މަޖާ. އީކް އާ ޔުކް އާ މާފޮޅުވާއިރު އަހަރުން ހުންނަނީ އެކޮޅުކޮޅުން ޖެހިފަ.” ތާރާ އައިސް ގޮނޑީގައި އިށީނދެލިއެވެ.

“ހާހާ ހާ. ވަރަށް މަޖާ. އަހަރުން މާފޮޅު ވާއިރު ތިހާ އިރެއް ނުނަގައޭ!” ޔުކްތާ ބުނެލިއެވެ.

“ސޭސް ދި ޕީޕަލް އިހަށް ދުވަހު ހަވީރު 4 ޖެހިއިރު ޑޭޓަކަށް ދިޔަ ގޮތަށް ރޭގަނޑު 9 ޖަހާ ބޮޑުވި ފަހުން އައި މީހުން.” ކިޔާން ވެސް ތާރާ ގާތު އިށީނދެ ލަމުން ދިމާކޮށްލިއެވެ. ވަގުތުން ޔުކްތާ އާއި އީކަންގެ މޫނު ރަތް ވިއެވެ.

 

“ސާބަސް ކަލޭމެނަށް! ހިނގާބަލަ ކައްކަން ދެންވެސް! މަ މޮޔަ ވެދާނެ ބަނޑުހައި ވެގެން!” ޖައިލަމް ލޯއަޅާލަމުން ބުނެލިއެވެ. “ތިވަރު ނުވިޔަސް ވާނޭ ޖައީ. ހިނގާބަލަ ފުރަތަމަ ފިހާރައަށް އެއްޗެހި ގަންނަން ދާން.” ކިޔާން ބުނެލިއެވެ.

“ސްލީޕް އޯވާ އަކަށް މި ހެދީ. ހުރިހާ އެންމެންގެ ޕޭރެންޓްސް އަށް މެސެޖް ކޮށްފިން. އޯކޭ އޯ ބުނީ.” ޖައިލަމް ބުންޏެވެ. “ތާ އާ ޔާން އާ ދޭ ފިހާރައަށް. ޔުކް އެން ސަމް ދޭ ކައްކާ އެއްޗެހި ރެޑީ ކުރަން. މީ އެން ޖައި މިދަނީ ސްލީޕް އޯވާ އަށް ބޭނުންވާ އެއްޗެހި ބަލާ.” އީކަން ގޮނޑިން ތެދުވިއެވެ.

“ކީއްވެ ތާ ކައްކާ ގުރޫޕަށް ނުލީ؟” ޖައިލަމް އަހާލިއެވެ.

“ޝީ ޑަޒްންޓް ނޯ ހައު ޓު ކުކް. ވަން ޓައިމް ޝީ ބާރންޓް އޭނަގެ ރަށުގަ ހުންނަ ގޭ.” އީކަން އެއް މިޔަކަނުން ހީލަމުން ބުނެލިއެވެ. ޙަޤީޤަތުގައި ތާރާއަށް ކައްކަން ނޭނގެނީ އަލިފާން ދެކެ ބިރުގަންނާތީއެވެ. ނަމަވެސް އެކަން އެނގެނީ ހަމައެކަނި ޔުކްތާ އަށާއި އުސްރާ އަށާއި އަދި ތާރާގެ މަންމަ އަދި ދޮންބެ ކައިލާނަށެވެ.

“ބިސައިޑްސް އޭރުންތާ ބިޓާ އެއްކޮށް ގިނަ ވަގުތު ހޭދަ ކުރެވޭނީ.” އީކަން އިތުރު ކޮށްލިއެވެ.

“ވީއާންޓް ޑޭޓިން.” އީކަން އާއި ދިމާއަށް ލޯ އަޅާލަމުން ތާރާ ގޮނޑިން ތެދުވިއެވެ. އަދި ކިޔާން އާ އެއްކޮށް ފިހާރައަށް ދާން ހިނގައިގަތެވެ.

“ނޮޓް ޔެޓް. ބަޓް ސޫން.” ކިޔާން މަޑުމަޑުން ބުނެލުމާއެކު ތާރާގެ މޫނުމަތި ރަތްވެގެން ދިޔައެވެ.

…………………….

 

“ނޯ ކިޔާން! ތި ފްލޭވަރއެއް ނޫން!” ތާރާ ކިޔާނަށް ބުންޏެވެ.

“މި ފްލޭވަރ ގެންދާނީ! ޗޮކްލެޓްއަށް ވުރެ ސްޓޯބެރީ މާ މީރު ވާނެ.” ކިޔާން ވެސް ދުލެއް ނުދިނެވެ. “ޗޮކްލެޓް.” ތާރާ ކިޔާނާއި ދިމާއަށް ލޯ އަޅާލިއެވެ.

“ސްޓޯބެރީ.” ކިޔާން ވެސް ތާރާ އާއި ދިމާއަށް ލޯ އަޅާލިއެވެ.

“ޗޮކްލެޓް.”

“ސްޓޯބެރީ.”

“ޗޮކްލެޓް.”

“ސްޓޯ-”

“އައި ވިލް ކިލް ޔޫ އިފް ޔޫ ސޭ ސްޓޯބެރީ އެގެއިން.”

“އޮހް ސޯ އައި ކާންޓް ސޭ ބަޓް ޔޫ ކޭން؟”

“އައި ޑިޑްންޓް ސޭ.”

“އޮހް ރިއަލީ. ބަޓް އިފް އައި ރިމެމްބާ ކަރެކްޓްލީ ޔޫ ސެއިޑް ‘އައި ވިލް ކިލް ޔޫ އިފް ޔޫ ސޭ ‘ސްޓޯބެރީ‘ އެގެއިން.”

“ހަހް؟ އޮ.. އޮހް… ހުއް. ވަރަށް ފޫހިވާ މީހާގަނޑެއް.” ތާރާ ތުން އަނބުރާލިއެވެ.

“އަހަރެން މާ ސްމާޓް ވީމަ ޖެލެސްވަނީ ދޯ؟” ކިޔާން ތާރާ އާއި ދިމާކޮށްލިއެވެ.

“ހާހާހާ. ވަރަށް މަޖާ.” ލޯ އަޅާލަމުން ތާރާ ބުނެލިއެވެ.

“ޑޯންޓް ބީ ސާކަސްޓިކް. ޔޫ ނޯ އައިމް މަޗް ހޮޓާ އެން ސްމާޓާ ދޭން ޔޫ.” ކިޔާން އެއް މިޔަކަނުން ހީލިއެވެ.

“ޔޫ ވިޝް.” މޫނު މައްޗަށް ގޮތެއް ހަދާލަމުން ތާރާ ބުންޏެވެ.

??????

އުންމީދު ކުރަން ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް.

?ޝައިމާ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ސައިރެން – 10

Next

މަންޒިލް 28

Next
January 26, 2021

މަންޒިލް 28

Previews
January 26, 2021

ސައިރެން – 10

One Comment

  1. Shyyyms Shyly_Rosa says:
    January 27, 2021 at 3:51 pm

    Hello dear readers. Just letting u guys know that Shai mi story ge 16 n 17 vana bai review ah fonuvi kan. But 16 vana baige kurin 17 vana bai publish vee. I’m really sorry.
    Ekam iraadhakurevviyyaa 16 vana bai v avahah kiyaalan libeyne ❤️❤️

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 16←


All Right Reserved!