Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 16

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
January 28, 2021 5 Mins Read
2 Comments

އެރޭ މޫންލައިޓް ގެއަށް އެންމެން ދިޔައިރު ވެސް ކިޔާން އަދި ތާރާއެއް ނުދެއެވެ. އެހެންކަމުން އެންމެން ވެސް އަނބުރާ ގެއަށް ދިޔައީއެވެ.

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔަ ނަމަވެސް ކިޔާނަށާއި ތާރާ އަށް އެވީ ގަރުނު ތަކަކަށެވެ. އެކަނިވާ ކޮންމެ ފަހަރަކު ކިޔާން ތާރާ އާއި ވާހަކަދައްކަން މަސައްކަތް ކުރެއެވެ. މިހާރު މާފަށް އެދެވުނު ވަރު ވެސް ނޭނގެއެވެ. ނަމަވެސް ތާރާގެ ޖަވާބަކަށް ބަދަލެއް ނާދެއެވެ. ގިނަފަހަރަށް ކިޔާން ވާހަކަ ދައްކަން އުޅޭހެން ހީވަންޏާމު ދުރަށް ދެއެވެ.

ތާރާއަށް މިއައި ބަދަލުން ކިޔާންގެ ހިތަށް ހެރެމުން ދިޔައީ އިތުރު ކަށިތަކެކެވެ. ނަމަވެސް އެވަރަކުން ވެސް ހިތްވަރު އެލުވައެއް ނުލައެވެ. އޭނާ އޭނާގެ ތާރާ ހާސިލު ކުރާނެއެވެ. އެކަން ނުކޮށެއް އޭނައެއް ނުހުއްޓާނެއެވެ. ތާރާގެ ހިތުގައި އޭނާ އަށް ޓަކައި އަދިވެސް ތެދުވެރި ސާފު ލޯބި ވާކަން އޭނާ އަށް ޔަގީނެވެ.

 

ތާރާ ކިޔާން ގާތު އަދިވެސް ލޯބިވާކަން ބުނަން ބޭނުންވެއެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭނާގެ ޅަ ހިތް ހަލާކު ކޮށްލަފާނެ ކަމުގެ ބިރު އޮންނާތީ ފަސް ޖެހެވެއެވެ. ކިޔާން އަށް އެހާ ބޮޑު ބަދަލެއް އައުމުން އޭނާ ހައިރާން ވިއެވެ. ނަމަވެސް ދެންވެސް އެއީ އޭނާގެ ހިތް ކުދިކުދި ކޮށްލުމަށް ޓަކައި ޕްލޭންއެއް ކަމަށް ތާރާ ނިންމިއެވެ.

ހީވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އެ މައުސޫމް އަންހެން ކުއްޖާގެ ހިތަށް އެހާ ވަރު ކޮށްފި ވިއްޔާއެވެ.

 

“ތާރާ އަދި ކިޔާން.”

ދެކުދިންގެ ނަން އިވުމާއެކު ޕްރެކްޓިސް ކުރުން ހުއްޓާލާފައި ދެކުދިން އަވަސް ވެ ގަތީ ސްޓޭޖަށް އެރުމަށެވެ. ސްޓޭޖަށް އެރުމަށް ފަހު އެކުދިންނަށް ހަމަ ޖެހިފައިވާ ގޮނޑިތަކުގައި ގިޓާ ހިފައިގެން އިށީނދެލިއެވެ.

 

ތާރާ ކިޔާން އާއި ދިމާއަށް ބަލާލިއެވެ. އަދި ދެމީހުން ބޯ ޖަހާލަމުން ގިޓާއިން ރީތި ރާގެއް އަޅުވާލިއެވެ.

 

“ދެއްވާތޯ ތި ލޯތްބާ ވަފާ

ޙަޟްރަތުގައި އަޅާ ދަންނަން

ލެއްވުން އެދި މަ ކުރަމޭ ދުޢާ

ޖަންނަތުގައި ދެހިތް އެކު އެތާ” ތާރާ ލަވަ ކިޔަން ފެށިއެވެ. އެއާއެކު މުޅި ތަން ހިމޭން ވެގެން ދިޔައެވެ.

 

“ދެއްވާތޯ ތި ލޯތްބާ ވަފާ

ޙަޟްރަތުގައި އަޅާ ދަންނަން

ލެއްވުން އެދި މަ ކުރަމޭ ދުޢާ

ޖަންނަތުގައި ދެހިތް އެކު އެތާ

 

ދުރުވާކަށް ތިލޯތްބަށް މަ ނޭދެން

ދުރުގައި ވާން ހިތެއް އަދު މަ ނޭދެން

ހުރުމަށް އަރިހުގައި ލޯބިވާ އަދު

ބޭނުންވޭ ވުމަށް ގާތުގައި” ތާރާއަށް ބޭ އިޙްތިޔާރު ގައި ބަލައިލެވުނީ ކިޔާނަނަށެވެ. އޭރު ކިޔާން އިނީ ތާރާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

 

“އާދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި

ލިބިދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިހާ އުފާ

 

އާދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި

ލިބިދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިހާ އުފާ”

 

ތާރާގެ އެފުން ލޮލަށް ގެއްލިގެން އިނދެ ކިޔާން އޭނާގެ ބައި ކިޔަން ފެށިއެވެ.

“ހުރެ މިތަ ހުރެ މަށަށް

ކުރި ސުރެ ވެވި ގަޔާ

ފެނިތިބާ ނިޔަނެތި

ވެއްޖޭ ހިތަށް ކައިރިން ތިމާ

ލޯބިން ނަޔާ ހުރެފަ

ލޯބިން މަލާ ބުނެފަހެ

އެދި ވުމެ ތިޔައީ

ދުރުނުވެ ހުރެދީ”

ބަލަން ތިބި މީހުންގެ ފޯރިގަނޑު އަރަން ފެށީ އެހިސާބުންނެވެ. ނަމަވެސް ލަވަ ކިޔަމުން ދިޔަ ދެ ޒުވާނުންނަށް އެކަން ވެސް އިހުސާސް ނުވާ ފަދައެވެ. އެދެމީހުން ވީ އެމީހުންގެ އަމިއްލަ ދުނިޔެއްގައި ކަހަލައެވެ.

“ކައިރިން މަގޭ ގާތުގަ

ބޭނުންވޭ މިހާލުގަ

ރޫހޭ ހިތާ ކުޅެނީ

ވިންދޭ އަވަސް ވެދަނީ

ވާށޭ ބޭނުން މިވަނީ

ހުވައޭ ދެން މި ކުރަނީ

އާދޭ ލޯބިން ވާނަން

ހުރެލަން ލޯބިން ގާތުގައި”

 

ކުއްލިއަކަށް ކިޔާންގެ ދެ ލޯ ބޮޑުވީ ދެން ކިޔަން ޖެހޭ ތަންކޮޅު ހަނދާން ނެތުމުންނެވެ. އެހެންކަމުން ތާރާ އޭނާއާއި ދިމާއަށް ލޯ އަޅާލަމުން ކިޔާންގެ ބައި ކިޔަން ފެށިއެވެ.

“އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި ،

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި،

 

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި،

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި…”

 

ތާރާ ކިޔާން އާއި ދިމާއަށް ބަލާލީ ދެން އިން ބައި ހަނދާން ހުރިތޯ އަހާލާ ކަހަލަ ގޮތަކަށެވެ. އެހެންކަމުން ކިޔާން އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

“ހުރެލަން ބޭނުމޭ އަރިހުގައި

ދުރުކޮށްލަން އުދާސް ހިތުގަ ވާ

ނިމިދާނީ އެކީ އުޅެ މިތާ

ލެވިދާ ފަހު މި ނޭވާ މިތާ”

 

ކިޔާން ތާރާ އަށް ބަލަލީ މާނަ ފުން ނަޒަރަކުންނެވެ. ލަދު ގަތް ނަމަވެސް އެކަން ފޮރުވަލަމުން ތާރާ ލަވައިގެ ދެން އިން ކަޑި ކިޔަން ފެށިއެވެ.

“ހިއްސާ ކޮށްލަމޭ ލޯބިވާވަރު

ނުމެދާނަން އެކަނިކޮށް ތިމާ އަދު

ހުވައޭ މީ ހިތަށް މިއަދު ވާވަރު

ދޫކޮށް ދެން ނުދާނަން ހިތާ އަދު”

 

ތާރާ އާއި ނަޒަރު ވަކި ކޮށްލުމެއް ނެތި ކިޔާން އޭނަގެ ބައި ކިޔަން ފެށިއެވެ.

“މިޔެ މަގެ ތަގްބީރު

ގުޅިފަވެ ތަގްބީރު

ކުރުވިޔެ އަސަރުގަ

ފޮނި ރަހަ މަލުގެ

ތި ފުރިހަމަ ތޫނު

ކަޅި ނަޒަރުގަ ޖެހި މަގެ

ހިތުގަވެ ކުރެހުނު

ސޫރަވާ އެ ޗާލުކަން

 

ޝާހީ ލޮލުން ކަރުނައިން

ކުރުވަން ފެށި އަސަރުން

ދުރުކޮށް ދާހެން ހީވޭ

ދުރަކަށް ދާކަށް ނޭދެން

އުޅުމަށް މަށަކަށް ހައްލެއް

އެދިމަވެ ހުރެވުނު

ދިޔަކަސް ލޯބިން އެދެވުނު”

 

ތާރާ އަށް އިސްޖަހާލަން މަޖުބޫރުވީ ކިޔާންގެ އެ ތޫނު ބެލުމުން އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރުންނެވެ. ނަމަވެސް ހިތަވަރު ކޮށްލަމުން ކިޔާން އާއި ދިމާއަށް ބަލާލިއެވެ.

“ދެއްވާތޯ ތި ލޯތްބާ ވަފާ

ޙަޟްރަތުގައި އަޅާ ދަންނަން

ލެއްވުން އެދި މަ ކުރަމޭ ދުޢާ

ޖަންނަތުގައި ދެހިތް އެކު އެތާ

 

ދެއްވާތޯ ތި ލޯތްބާ ވަފާ

ޙަޟްރަތުގައި އަޅާ ދަންނަން

ލެއްވުން އެދި މަ ކުރަމޭ ދުޢާ

ޖަންނަތުގައި ދެހިތް އެކު އެތާ”

ލަވައިގެ ކޮންމެ ކަޑި އަކާއި އެކު ދެމީހުން ދިޔައީ އެކަކު އަނެކަކުގެ ލޮލަށް ގެއްލެމުންނެވެ. ވަށައިގެންވާ މާހައުލުގެ ފޯރި އެދެމީހުންނަށް ހީވެސް ނުވާ ކަހަލައެވެ. ދެމީހުންގެ ލޮލުން ވެސް ފެންނަމުން ދިޔައީ އެކަކު އަނެކަކަށް ޓަކައި ވާ ސާފު ލޯތްބެވެ. ކުރަން ބޭނުންވާ އާދޭސް ތަކެވެ. ދައްކަން ބޭނުންވާ ވާހަކަ ތަކެވެ. ކުރަން ބޭނުންވާ ޝަކުވާ ތަކެވެ.

 

“ދުރުވާކަށް ތިލޯތްބަށް މަ ނޭދެން

ދުރުގައި ވާން ހިތެއް އަދު މަ ނޭދެން

ހުރުމަށް އަރިހުގައި ލޯބިވާ އަދު

ބޭނުންވޭ ވުމަށް ގާތުގައި

 

އާދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި

ލިބިދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިހާ އުފާ

 

އާދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި

ލިބިދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިހާ އުފާ”

 

 

ކިޔާން ލަވައިގެ ފަހުބައި ކިޔަން ފެށިއެވެ.

“އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި

 

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި”

 

ލަވަ ނިމުމާއި އެކު އަޑުއެހުންތެރީންގެ ހޫނު އަތްތިލަ ބަޑީގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. ދެ މީހުންނަށް ވެސް ހޭވެރިކަން ވީ ދެނެވެ. އަވަސް އަވަހަށް އިސްޖަހާލަމުން ތާރާ ބެކް ސްޓޭޖަށް ދިޔައެވެ. އޭނާގެ ފަހަތުން ކިޔާން ވެސް މަޑު ހިނގުމެއްގައި ދިޔައެވެ. ތާރާ އޭނާގެ ގިޓާ އޭގެ ކަވަރަށް ލިއެވެ.

 

“ތާރާ.” ކިޔާން އައިސް ހުއްޓުނީ ތާރާގެ ފުރަގަހުގައެވެ. އޭރު ތާރާގެ މޫނު މައްޗަށް ޖަންބުކުލަ ވެރިވެފައި ވީއިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެއަކުހެން މޭގަނޑު ފަޅާފައި ނިކުމެފާނެހެނެވެ.

“ތާރާ. ޕްލީޒް. އަހަންނަށް ޗާންސެއް ދީބަލަ. ޖަސްޓް ވަން ޗާންސް. ލެޓް މީ ޕްރޫވް ޔޫ ދެޓް އައި ހޭވް ޗޭންޖްޑް. ލެޓް މީ ޕްރޫވް ޔޫ ދެޓް އައި ލަވް ޔޫ. ދެޓް އައިމް ނޮޓް ލައިން.” ކިޔާން ތާރާގެ ކޮނޑުގައި އަތް އަޅާލަމުން އޭނާއާއި ވީ ފަޅިއަށް އަނބުރާލިއެވެ.

“ވައި ކާންޓް ޔޫ އަންޑަސްޓޭންޑް،ކިޔާން؟ ވައި؟” ތާރާ އިސްޖަހައިގެން ހުރެ ބުނެލިއެވެ. “އައި ކާންޓް. އައި ކާންޓް ޓްރަސްޓް މައި ހާޓް އިން ޔުއަރ ހޭންޑްސް. އައި ވޯންޓް ނޯ ވެން ޔޫ ޑްސައިޑް ތާގެ ހާޓް ކްރަޝް ކޮށްލަން.” ތާރާ ކިޔާންގެ ލޮލަށް ބަލައިލީ އެ އަޅި ދެލޯ ކަރުނައިން ފުރިގެން ބަންޑުންވާ ހާލުއެވެ.

“ޔޫ ހަރޓް މީ. އަހަރެންނަކަށް ހަމަ ކިޔާން ބުނެލާއިރަކަށް ނުދެވޭނެ ދޯ ހިތެއް. އެކަމް އަހަރެން ދޮގެއް ނުހާދާނަން މި ކަމަކަށް. އައި ސްޓިލް ލަވް ޔޫ.” ތާރާ އަނެއް ފަރާތަށް އެނބުރެން އުޅުނެވެ. ނަމަވެސް ކިޔާން ތާރާގެ މޫނުގައި ދެފަރާތުން ހިފަހައްޓައިލުމަށްފަހު ތާރާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. ބޭއިޚްތިޔާރުގައި ތާރާގެ ދެލޯ މެރުނެވެ.

 

“އައި ލަވް ޔޫ ޓޫ. ޔޫ ހޭވް ނޯ އައިޑިއާ ހައު ހެޕީ އައި އޭމް ނައު ތާރާ އަހަރެން ދެކެ އަދިވެސް ލޯބިވާ ވާހަކަ ބުނީމަ. ޔެސް އައި ވޯޒް އަ ޖަރކް ބެކް ދެން. ބަޓް ނައު އައިމް ވިލިން ޓު ފައިޓް ފޯ ޔޫ. އައި ވޯންޓް ގިވް އަޕް ތާރާ. އައި ވިލް ވިން ޔޫ ބެކް. އައި ޕްރޮމިސް. ޔޫ އަރ ދި ފަސްޓް އެން އޮންލީ ޕާސަން ހޫ ވޯޒް އޭބަލް ޓު ކެޕްޗަރ މައި ހާޓް. މައި ހާޓް ބިލޯންގްސް ޓު ޔޫ. އައި ވިލް ވެއިޓް ފޯރ ޔޫ ތާރާ. އައި ވިލް ވެއިޓް.” ކިޔާން ތާރާއަށް ބުނެލިއެވެ. އަދި މަޑު މަޑުން ދުރުވެލިއެވެ. ތާރާ ވެސް ލޯ ހުޅުވާލާފައި ތާރާ އާއި ދިމާއަށް ބަލައިލިއެވެ.

“އައިމް ލީވިން ސޫން. ބޭރަށް ކިޔަވަން ބަދަލުވާން މިއުޅެނީ. 2 މަސް ފަހުން ފުރަން.” ކިޔާން ތާރާ އާއި ދުރަށް ޖެހިލަމުން ބުންޏެވެ. ތާރާ ކިޔާނާއި ދިމާއަށް ބަލާލެވުނެވެ. “ބަޓް މައި ހާޓް ވިލް ބީ ހިޔާ. އިން މޯލްޑިވްސް. ތާރާގެ އަތު މުށުގަ.” ކިޔާން ތާރާ އަށް ލުއި ހިނިތުންވުމެއް ދިނެވެ.

 

“ކޭން ވީ އެޓް ލީސްޓް ބީ ފްރެންޑްސް؟” ކިޔާން އަހާލިއެވެ. ތާރާ ވިސްނާލުމަށް ފަހު ބޯ ޖަހާލިއެވެ.

“ތޭންކްސް. އައި ވިލް ޕްރޫވް މައި ސެލްފް ޓު ޔޫ. އައި ވިލް ވިން ޔޫ ބިފޯ އައި ލީވް. އައި ވިލް އާން ޔުއަރ ޓްރަސްޓް. ދެޓް އައި ވޯންޓް ހާޓް ޔޫ އެގެއިން.” ކިޔާން މަޑުމަޑުން ބުނެލިއެވެ.

 

“އެންމެ ރަނގަޅު. 2 މަންތުސް ތެރޭގައި ޕްރޫވް ކުރޭ. ބަޓް ޓިލް ދެން ވީ އާ ޖަސްޓް ފްރެންޑްސް. ގޮޓް އިޓް އިޑިއަޓް؟” ތާރާ ކިޔާން އާއި ދިމާއަށް ބުންޏެވެ.

“ގޮޓް އިޓް މޭމް.” ކިޔާން ހިނިތުންވެލުމަށްފަހު ތާރަ އާއި ދިމާއަށް އެއްލޯ މަރާލިއެވެ. ވަގުތުން ތާރާގެ މޫނު މައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ.

 

“މައި ލިޓްލް ތާރާ.”

“ޝަޓް އަޕް!”

“ކުރު ކުރު ތާރާ.”

“ދެންންންން. މަ ކުރީކީ ނޫނޭ. ކިޔާން މާ ދިގިއްޔޭ!” އަނެއްކާވެސް ކުރިއެކޭ އެއްފަދައިން ދެމީހުންގެ ޒުވާބު ގަނޑު ފެށުނެވެ.

_______

 

އުންމީދު ކުރަން ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް.

?✨ޝައިމާ✨?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ކޮކާ

Next

ޤާތިލް-5

Next
January 28, 2021

ޤާތިލް-5

Previews
January 28, 2021

ކޮކާ

2 Comments!

  1. sahoo says:
    January 29, 2021 at 12:05 pm

    Woww

  2. StoryyQuyyn says:
    January 29, 2021 at 9:12 pm

    shaii mi par vx hama great ingey..maasha allah..waiting for next part curiously

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 18←


All Right Reserved!