Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިޙްސާސް

lizzy Level 1
June 24, 2015 2 Mins Read
11 Comments

ހަވީރުގެ ހިތްގައިމު ވަގުތުގައި މޫދަށްއެރި މަޖާކުރަމުން ދިޔަ، އަހަރެންގެ އުމުރުފުރާގެ ކުދިންތަކަށް ބަލަން އަހަރެން އިނީމެވެ. އަހަރެން އިނީ، އެމަޖަލުގައި ބައިވެރިވާހިތުންނެވެ. އެގޮތަށް ސާމާސާކޮށް އުޅުމަށް ދާހިތުންނެވެ. ދުރުދުރުން އަތުގުޅާލައިގެން ހިނގަމުންދާ ޖޯޑު ތަކަށް އަހަރެން ބަލާލީމެވެ. ލޯތްބާއެކު އެކަކު އަނެކަކުގެ މޫނަށް ބަލަމުން ދެމީހުން ގޮސް އެއިށީންދެލަނީ މިވަގުތުގެ އުފާވެރިކަން ހިއްސާ ކުރަމުންނެވެ.އަހަރެންވެސްމީ އެއްދުވަސްވަރެއްގައި އެގޮތަށް އުޅުނު ފުރާވަރުގެ މީހަކީމެވެ. އެފަދަ އުފާވެރި ކަމެއްގައި އަހަރެން އުޅުމަށް މިއަދު ދުނިޔެ ހުރަސްއަޅަނީ ކީއްވެ ހެއްޔެވެެ؟ ދުނިޔެ އަހަރެންނާ ކުޅެމުން މިގެންދަނީ މުޅިން އެހެން ކުޅިވަރެކެވެ. މިކުޅިވަރު ކުޅެން ޖެހިފައި މިވަނީއަހަރެން އެކަނި މާއެކަންޏެވެ. ޝަކުވާ ކުރަން ބޭނުމެވެ.ނަމަަވެސް ކާކު ގާތުގަހެއްޔެވެ؟

ދުނިޔޭގައި އުޅެމުންމިދަނީ މަރުނުވާތީ އުޅެން ޖެހިފައިވާ މީހަކު ފަދައިންނެވެ. މިއިމްތިހާނަށް ކެތްކޮށްގެ ހުރެވޭނީ ކިހާ ދުވަހަކު ބާވައޭ ހިތަށް އަރައެވެ. އަހަރެންވެސް އަހަރެންގެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ޒަވާޖީ ހަޔާތެއް ފަށަން ބޭނުމެވެ. އަޅާލާނެ ހީވަގި އޯގާތެރި އަންބަކު ބޭނުމެވެ.ނަމަވެސް އަހަރެން ބަލާލިޔަސް އަންހެންކުދިން ފޫހިވަންޏާ ދެންއަހަރެން ކުރަންވީ ކީއްހެއްޔެވެ؟

އަހަންނަށްވެސް ލޯތްބޭމިކިޔާ އެއްޗެއް އިހުސާސް ކުރެވުނެވެ. އަހަންނަށް ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު ކަމުދިޔައީއެވެ. އެއީ ޖެހިގެން ހުރިގޭ ސަމާހާއެވެ.ހަމުގައި ދޮންކުލައެއްނެތަސް އެއީވަރަށް ރީތި ކުއްޖެކެވެ. ހަން އޮމާނެވެ. ބޮޑުކަޅުކުލަ ގަދަ ދެލޮލެވެ.އެއީ އަހަރެންގެ ހިތުގެމަލިކާއެވެ. އަހަރެންގެ ހުރިހާ އުފާތަކެއް އެކުއްޖަކަށްޓަކައި ގުރުބާން ކޮށްލީމެވެ. ނަމަވެސް އަހަރެން ހާލުގައި ޖެހުނު ދުވަހު އަހަރެން މީ ދަންނަމީހަކަށްވެސްނުހެދިއެވެ. މިހާރު ސަމާހާ ފެނުމުންއަހަންނަށް ބުނެވެއެވެ. އޭރު ވީލޯބިކޮބާއެއްޔެވެ؟ އަހަރެން ހާލުގަައި ޖެހުނީމައި ދޫކޮށްލީދޯއެވެ؟ ބަލައަހަންނަށް މިހާލެއް  ޖެހުނީ ތިޔަ ކަމަނާއަށް ގެއްލުމެއްވިޔަ ނުދޭން ކުރިހާ މަސައްކަތުންކަން ހަމަ ނޭނގެނީހެއްޔެވެ؟ ބައެއް ދުވަސް ދުވަހު ސަމާހާފަހަތުންވެސް އަހަރެން ދަމެވެ. ނަމަވެސް ލަދުން ބޯހަލާއްކޭކިޔާ ކޮއްޕާލާ މަގުމައްޗަށް ވައްޓާނުލާދުވަހެއް މަދުވާނެއެވެ.

ކޮންމެ ދުވަހަކުވެސް ސަމާހާ އޮފީހަށްދާ ގަޑިއަށް އަހަރެން ހުންނަނީ ނިކުމެ ފުޅަށް ފާރުކައިރީގައެވެ.މިއަދުވެސް އޭނާގެ އިންތިޒާރުގްއި އެތާ އިނީމެވެ. އިންނަތާ ގަޑިއެއްހާއިރު ވީއިރުވެސް އޭނާ ނައެވެ. އަވިއެރުމުން ދެން އިތުރަށް ނުހުންނަން ގޭތެރެއަށް ވަނީމެވެ. ފަހުން ޚަބަރު ލިބުނު ގޮތުގައި އޭނާ މީހަކާ އިންނަށް މާލެއަށް ފުރީއެވެ. އެއީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އުޅެނީ މާލޭގައި ކަމުގައި ވާތީއެވެ. އެޜޭ އަހަރެން އެކަނި އިނދެ ރުއީމެވެ.އޭނާގެ ކައިވެނީގެރޭ އަހަރެން ދުނިޔެއާ ޝަކުވާކުރީމެވެ.އަހަރެންގެ ކުށަކީ ކޮބައިތޯ އެހީމެވެ. އޭނާ ސަލާމަތް ކުރުންތޯ އެހީމެވެ.

ހަމަސްފަހެވެ. އިއްޔެ ސަމާހާ ރަށަށް އައި ޚަބަރު ލިބުނެވެ. އެކަމަކު އަދި އަހަރެންނަކަށް އޭނާ ނުފެނެއެވެ. ހެނދުނާ ހަވީރުވެސް އޭނާ ފެނޭތޯ ނިކުތީމެވެ. މަސައްކަތްވީ ނާކާމިޔާބެވެ. އަހަރެންގެ އުނދަގޫ ޖެހިދާނެތީ ފިލައިގެން އުޅެނީތާއެވެ.

އާދުވަހަކަށް އިރު އަރައިފިއެވެ. ހެނދުނު ހެނދުނާ ގޭފުޅަށްފާރު ދޮށަށް ނިކުމެލީ ހިތްހަމަޖައްސާލުމުގެ ނިޔަތުގައެވެ. މަގުގެ ދެކޮޅު ހޯދާބަލައިލީމެވެ. އެއާއެކު ފެނުނު މަންޒަރުން އަހަރެންގެ ދެލޯ އިތުރަށް ހުޅުވުނެވެ.ދެފަހަރަކު އެސްފިޔާޖަހާލައި ރަނގަޅަށް ފެންނަން ހުރި މަންޒަރަށް ބަލާލީމެވެ. ޖެހިގެން ހުރިގޭ ފުޅަށް ފާރު ކައިރީގައި ފުރޮޅުލީ ގޮނޑިއެއްގައި އިށީންދެގެން ސަމާހާއިނެވެ. އިސްޖަހާލައިގެން ދެއަތްދެއަތާ ކުޅެލަކުޅެލައެވެ. ލޮލުން ފައިބައިފައިވާ ކަރުނަތައް ކޯތާފަތުގައި ހަރުލާފައި ހުއްޓެވެ. އަހަރެން އިށީންދެ އިން ގޮޑީގެ ފުރޮޅު އަނބުރަމުން ގޮސް ސަމާހާއިން ގޮޑި ކައިރިއަށް ދިޔައީމެވެ.

“ސަމާކިހިނެއްވީ؟” އިޝާރާތުގެ ބަހުން އަހަރެން އެހީމެވެ.ސަމާހާއަށް އެބަސް އެގޭކަން އަހަންނަށް ކަށަވަރެވެ.އެހެނީ އަހަރުމެން ކުރިން ވާހަކަ ދައްކައި އުޅުނީ އެބަހުންނެވެ. ސަމާހާއަށް ވާހަކަދައްކައި އުޅެވުނަސް އަހަންނަކީ މަންމަނަކީމެވެ.

” މާލޭގައިވީ ކާރު އެކްސިޑެންޓެއްގައި ދެފައި ހާލާއަކުވީ. ޕެރެލައިޒްވީ. އޭނާ އަހަރެން ވަރިކޮއްފި. އަހަރެންމީ އޭނާއަށް މުސީބާތަކަށް ވެއްޖެ.”ރޮމުން އިޝާރާތުގެ ބަހުން ސަމާހާ ބުންޏެވެ.

” ސަމާ. އެއްވެސްމީހަކަށް ދެރައެއްދީފައި އަނެކާއަށްް އުފަލަކުގަ ނޫޅެވޭނޭބުނެއެއްނު. ސަމާ ހަނދާންވޭތަ އަހަރުމެން ލޯބިން އުޅުނު ޒަމާން. ސަމާ ހަނދާންވޭތަ އެހާދިސާ ހިނގިރޭ. މުޅިހަރުގޭގަ ކުއްލިއަކަށް ރޯވީ. ބަޔަކުރޯކޮއްލީ. ކީއްވެކަމެއް ނޭންގެ.އަހަރުމެން ބައްދަލުކުރަންގޮސް ހުރީ އެތާތެރޭ. ހަނދާންވޭތަ ހުރި ހަނި ދޭތެރެއިން އަހަރެން ސަމާ ކޮއްޕައިލީބޭރައް. އަހަރެން ގެ ފަޔައް އަލިފާން ހިފާފައިވާ ފިލައެއް ވެއްޓުނީ. ސަމާ ސަލާމަތްކުރެވުމުން ލިބުނު ހިތްހަމަޖެހުމުގާ އަހަރެން ގަބޫލުކުރިން އަހަރެންގެ ފަޔަށް ރަނގަޅުނުވިއަސް ސަމާ އާއެކީ އުޅެވޭނެ ކަމަށް. އެކަމަކުވެސް….ސަމާއަށް އަަހަރެންގެ އިހުސާސްތައް ދެނެގަނެވޭކަމަކަށްނުވި. އަހަންނަށް ލިބުނު ނިކަމެތިކަމުގެ އިތުރަށް ނިކަމެތި ކޮށްލީ.އަހަރެން ނުކުޅެދޭމީހެއްކަންވެސް ރޭކާލީމާފަހުންނެއްނު.” އަހަރެން ހުރިހާ ވާހަކައެއް ދައްކާ ނިންމާލާފަ ދާންއެބުރުނީމެވެ. އަހަރެން ސަމާހާ ދެރަކޮއްލީކީނޫނެވެ. އަހަންނަށް ކުރެވުނު އިހްސާސްތައް އޭނާވެސް ދެނެގަންނަން ބޭނުންވީއެވެ

Share Article

Follow Me Written By

lizzy

Level 1

Other Articles

Previous

ހަވާތިފް… ދެވަނަ ބައި

Next

ހިތް ވިންދާނުލައި.. (2)

Next
June 25, 2015

ހިތް ވިންދާނުލައި.. (2)

Previews
June 24, 2015

ހަވާތިފް… ދެވަނަ ބައި

11 Comments!

  1. Sheryn says:
    June 24, 2015 at 9:14 pm

    Yay im the 1st…its pretty cool story…. n gud luck to the writer..but is this a short sory ?? It luks lyk its finished…

  2. Hoody says:
    June 24, 2015 at 9:30 pm

    varah reethi asaru gadha vaahakaeh… keep it up writer… 😉

  3. suza says:
    June 24, 2015 at 10:02 pm

    Hoody vaahaka nimunee tha mi vrae kiyaala hithun indhaa vaahakayae veegothae nay gunu

  4. suza says:
    June 24, 2015 at 10:08 pm

    sorry Hoody gae noon dho lizze gae avaes aruvaaligaen mibunae vunee Hoodey yaey lizzey vaahakae mi nimuneetha

  5. butterfly says:
    June 24, 2015 at 10:23 pm

    Nice story I love it keep it up

  6. Lizzy says:
    June 25, 2015 at 12:08 am

    Yup nimuni. Sorry nimuni nujehi othyma

  7. Crazi says:
    June 25, 2015 at 3:12 am

    Vrh shalhi vahakarh..hama ragalha ves rovijeh…keep it up…

  8. Zaahee says:
    June 25, 2015 at 4:49 pm

    why did you cry crazy…. Zaa hoody buni echah support….

  9. ifa says:
    June 26, 2015 at 11:27 am

    …i love this storyy…woww…..vr salhi

  10. uney says:
    July 28, 2015 at 9:24 pm

    wow.. wd a lovly story

  11. Amikko says:
    January 27, 2019 at 8:59 pm

    I love the story plx keep it up.God bless you ?

Comments are closed.



All Right Reserved!