“މާހީ، ދަރިފުޅު ހޯދާތާ ކިހާއިރެއް މިހާރު، ނުބުނެ ކޮންތާކަށް ދިއައީ ތި.. ބައްޕަ މިއައީ ގެއަށް ވެސް ގޮސް، ކިހިނެއްވީ؟ ލިމްޔާ ބުނި ލަމްހާ އާއި ދެކުދިން ވާހަކަދައްކަން ތިބެފަ މާހީ ދިއަތަނެއް ނޭނގޭ، އަނެއްކާ ލަމްހާ ދައްތަ ދަރިފުޅު ހިތްހަމަ ނުޖެހޭ އެއްޗެއް ބުނީތަ؟”މަރުކަޒުގެ ދޮރުން އަހަރެންވަންތައ ްފެނި ބައްޕަގެ ސުވާލުއަމާޒުވިއެވެ. އެހެނަސް އަހަރެންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް އިވުނި އަޑަކުންސިހިފައި ހިތް ތެޅިގަތީ ދުވަހަކު ނުތެޅޭހާ ވަރަށެވެ.
މަރުކަޒުގެ ދޮރުމަތިން އަހަރެމެންނާއި އަރާހަމަކުރަމުން ޔޫނުސް ޒައިދުގެ އޮޕްރޭޝަން ނިމި ނެރުނު ކަމަށް ބުނުމުން އަހަރެންނަށް ހީވީ މަރުވެފައިވީ ހިތަށް ދިރުމެއް ލިބުނުހެންނެވެ. ހުރެވުނުތަންވެސް ނޭގި ދުއްވައިގަނެވުނީ ވާޑާއި ދިމާއަށެވެ. އެތާނގެ އެތެރެއަށް ވަދެވުމުން މަޑުޖެހިލަން މަޖްބޫރުވީ ޑޮކްޓަރުން ތިބުމުން ނެވެ. “އެންމެ މުހިއްމީ ޒައިދު ހޭއަރާނެ ވަގުތެއް ، އަވަހަށް ހޭއަރައިފިނަމަ ކޯމާއަކަށް ދިއުމުގެ ޗާންސް ކުޑަވާނެ، ސިކުނޑިއަށް ލިބިފަ ހުރި ގެއްލުމެއް ވެސް ބުނެދެވޭނީ ހޭއެރުމުން. ” އަހަރެންގެ ފަހަތުން ވަން ޔޫނުސްބެއާ ދިމާއަށް ބަލާލަމުން އެތާގައި ހުރި ދިވެހި ޑޮކްޓަރަކު އެހެންބުނެލަމުން ދާން ނުކުމިއެވެ. ހަމައެވަގުތު ނަރުސް ކުއްޖާ އިސާރަތް ކޮށްލީ އެއްބަޔަކު ބޭރުގައި މަޑުކުރުމަށެވެ. އެހެނަސް ދާން ނިކުންނަށް އެއްވެސް މީހަކު ނޫޅުނެވެ. ލަމްހާ ޒައިދާ އެއްމެގާތުގައި ހުރި އިރު ލިމްޔާ ދައްތަ އާއި ބައްޕަ ލަމްހާ ކައިރީ ބޭރަށް ދާން އެދުމުންވެސް ދާންނޫޅެ އިނެވެ. ބައްޕައަށް އެއްޗެއް ވިސްނިގެން އައިސް ޔޫނުސްބެ ކައިރީ އެދުނީ ސައިބޯން ބޭރަށް ނުކުމެލުމަށެވެ. ޔޫނުސްބެ ދާންހިގައިގަތުމުން ލިމްޔާ ދައްތައަށް އިސާރަތް ކޮށްލަމުން ބައްޕަ ހިގައިގަތެވެ.
އަހަރެންނައި ލަމްހާ އެތާނގައި އެކަނި ވިއެވެ. އަހަރެން ގޮސް ޒައިދު ކައިރީ ހުއްޓިލަމުން ޒައިދުގެ އަތުގައި ފިރުމާލެވުނީ ބޭއިހްތިޔާރުގައެވެ. ޒައިދު އަހަންނަށް ގޮވާލާނެ ވަގުތަކަށް އަހަރެންގެ ހިތް އިންތިޒާރު ކުރަމުން ދިއައެވެ.
މާޙީ ވަރަށް ލޯބިވޭތަ ޒައިދު ދެކެ، ” ކުއްލިއަކަށް ލަމްހާ ކުރި ސުވާލުން އަހަރެންނަށް ސިހިފައި އެމޫނަށް ބަލާލެވުނެވެ. އެ ސުވާލުގެ ޖަވާބު ދޭން ގަސްތު ނުކޮށް އަހަރެން އިސްޖަހާލީ ލަމްހާގެ ގޮތް ރަގަޅައް އިނގޭތީ އެވެ. ” ޒައިދުއެއް ނުލިބޭނެ ތި މާހީ ގަނޑަކަށް، ކަލޭގެ ފެންވަރު އޮޅުނީތަ، ޒައިދު ފަހަތުން ނޫޅެ ރަށުތެރޭން ޕާރޓޭއެއް ހޯދަންވީނުން އޭރުން ކަލެއާ މާ ގުޅޭނެ” އަޑުއަހަން ބޭނުންނުވި ވިހަގަދަބަސްތައް ތަނެއް ދޮރެއް ބެލުމެއްނެތި ލަމްހާ އިއްވާލިއެވެ.
ހަމައެވަގުތު ޒައިދުގެ މޫނައް ހުއްޓފައިވި އަހަރެންގެ ނަޒަރުގެ ސަމާލުކަމަށް އައީ ޒައިދުގެ އެސްފިޔަތައް ތަޅުވާލި މަންޒަރެވެ. އެ އުފާވެރި މަންޒަރު ފެނި ހިތް އުފަލުން ނަށާގަތެވެ. އިތުރަށް ކެތްނުވެގެން ޒައިދާ ދިމާއަށް ހަރަކާތްކުރަން ފެށި އަތް މަޑުން ނޯވެ ޒައިދުގެ އަތުގައި ހިފައި ގަތުމާއެކު އެސްފިޔަތައް ހުޅުވާލަމުން ޒައިދުގެ އެ ރީތި ދެލޮލުން މިދުނިޔެއަށް އަލުން ބަލާލިކަހަލައެވެ. އަހަރެންނަށް ނޭވާ ހިފަހައްޓާ ލެވުނު އިރު ލަމްހާ އައިގޮތަށް އައިސް ޒައިދުގެ ގައިގާ ހިފައިގަތްތަން ފެނި ލޭ ކެކިގަތެވެ. މުއްކެވިގެން ދިއަ އަތާއެކު އަހަރެން ލަމްހާ ގެ ގައިގާ އަތްޖައްސާލަމުން ޒައިދު އުދަނގޫވާނެ ކަމަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ. ޒައިދު ހައިރާންކުރަނިވި ނަޒަރަކުން އަހަންނާ ދިމާއަށް ބަލާލަމުން ލޯ މަރާލިއިރު އެ ދެލޮލުގެ އަރިމަތިން ފޭދިގެން ދިއަ ކަރުނަތިކި ފެނި ހިތަށް ހޫނުފެންއެއްޗެއް އަޅާލިކަހަލައެވެ. ހަމަހިމޭން އެވަގުތުކޮޅު ނިމުމަކަށް އައީ ނަރުސް ކުއްޖާ އާއި އެކު ވަން ޑޮކްޓަރުގެ އުފާވެރި އަޑުންނެވެ. ” އަލްހަމްދްލިއްލާހި، ވަރަށް އުފާވެރި ވަގުތުކޮޅެއް، ޕޭޝިއަންޓް އިޒް ފައިނަލީ ސޭފް، ކިހިނެތް ޒައިދު؟” ޒައިދަށް އިސާރަތް ކޮށްލަމުން ޑޮކްޓަރުގެ އުފާވެރިކަން ބަޔާންކޮށް ދެމުން ހާލު އަހާލުމުން ޒައިދު ހިލާފައި ލޯ މަރާލިއެވެ. އެވަރުން ފުއްދާލަމުން ޑޮކްޓަރު އެދުނީ ޒައިދު އަރާމް ކުރުމަށް ވަގުތު ދިނުމަށެވެ. އަހަރެން ނާއި ލަމްހާ ބޭރަށް ނުކުމެންނަށް ހިގައިގަތް ވަގުތު ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް ވަން ޔޫނުސްބެ ފެނުމުން ހުއްޓެވުނެވެ. އޭރު އެ ބައްޕަގެ ލޮލުން ފައިބަމުން ދިއަ އުފާވެރި ކަރުނަތައް ފެނި ކޮންމެ ހިތަކަށް ވެސް އަސަރު ކުރާނެއެވެ.
އަހަރެންނަށް ރޮވޭގޮތްވުމުން އެތާނގައި ނުހުނަށްވެގެން ނުކުންވަގުތުވީ ފުލުހުން ވެސް އައިސް މަރުކަޒަށް ވަން ވަގުތަށެވެ. ޒައިދު އާއި ބަދަލްކުރަން ބޭނުންވެފައިވުމުން އެފުރުސަތު ފަހިވޭތޯ ބަލަން އައިއިރު އެކަން މާނަވެގެން ދިއައީ ޑޮކްޓަރު އެ ވަގުތު އެފުރުސަތު ނުދިނުމުންނެވެ. އެތަނަށް އައިސް ތިބި ތިންފުލުހުން ބައްޕަ އާއި ބައްދަލު ކޮށް ބުނި ވާހަކައަށް އަހަރެންގެ ކަންފަތް ހުޅުވިގެން ދިއައެވެ. “ޒައިދުއަށް ހަމަލާދިންކަމަށް ބެލެވޭ ހިސާބުން ރިހި އަގޮޓިއެއް ފެނިފަވޭ، އޭ އަކުރެއެް ޖަހާފައިން އަގޮޓިއެއް، މީ އެއަގޮޓި” އެތަނު އެކަކު ބައްޕަ ކައިރިއަށް ޖެހިފައި ހުދުރަބަރު ޕެކެޓެއްގެ ތެޜޭ އޮތް އެ އަނގޮޓި ބައްޕައަށް ދައްކާލިއެވެ. “ސަރ ، އަޅުގަނޑަށް ފެނޭ މިތާނގައި މިވަގުތު ތިބި މީހުންނަށް މިދައްކާލަން ފަހަރެއްގަ މި އަގޮޓި ފެނިފަ ހުރި މީހަކު ވެސް ހުރެދާނެދޯ، ” އިތުރު ފުލުހަކު އެހެން ބުނުމުން ބައްޕަ އެއްޗެކޭ ބުނެލިއެވެ. ދެން ފެނުނީ އެތާނގައި ތިބި ފުލުހުންގެ ނަޒަރު އަހަންނާއި ދިމާއަށް ހުއްޓުނު ތަނެވެ.
ހާސްކަމާއި އެކު އަހަންނަށް އަނެއް ފަރާތަށް މޫނު އަނބުރާލެވުނެވެ. ހީކުރިގޮތާއި ހިލާފަށް އަހަރެން ކައިރިއަށް އައިސް މަޑުކުރީ ބައްޕައެވެ. ” ދަރިފުޅު ބިރުނުގަނޭ، ހަމަ އެކަނި އެ އަގޮޓި ދައްކާލަން ބޭނުންވަނީ އާދެބަލަ ބައްޕަ އާއި އެކު” ބައްޕަ މިހެން ބުނެ އަހަރެންގެ އަތުގައި ހިފައިގެން ހިގައިގަތެވެ. ބައްޕަ އެމީހުން އަތުން އެ ޕެކެޓް ނަގަ އަހަންނަށް ދައްކާލިއެވެ. އެއަގޮޓި ފެނިފައި އަހަންނަށް ކުރި ފެނުނު އެއްޗެކޭ ބުނާކަން ނޭގުނެވެ.އެކަމަކު ހިތަށް ފުސް މަންޒަރު ތަކެއްހެން މީހެއްގެ އަތްތިލައެއް ސިފަވިއެވެ. އެ އަތުގައި ވި އަގޮޓީ އާއި ކުރިމަތި ފެންނަ އޮތް އެއްޗަކީ އެކައްޗެވެ، އެހެނަސް ކަކުގެ ކަމެއް ހިތަށް ނައުމުން ނޭގޭ ވާހަކަ ބުނެ އަހަރެން އެކަމާ ދުރުވެލީ، އެކަމުގެ ހަގީގަތް ހުދު އަމިއްލަ ހޯދުމަށް ބޭނުންވުމުންނެވެ. “ޒައިދު އެއީ މާޙީގެ ލޯބިވެރިޔާތަ؟'” ހަމައެވަގުތު އެތަނުން މީޙަކު ކުރި ސުވާލުއިވިފައި ނޭވާހުއްޓުން ކަހަލައެވެ.އަހަރެންގެ ބަދަލުގައި ޖަވާނު ދިނީ ބައްޕައެވެ.އަހަރެންގެ ވަރަށް ގާތް އެކުވެރިޔެކޭ ބުނެ އެމީހުންގެ ސުވާލުތައް ހުއްޓވާލުމުން ދެން އެމީހުން މިސްރާބު ޖެހީ ތަންކޮޅެއް ދުރުގައި އިށީދެތިބި ޔޫނުސްބެއާއި، ލަމްހާއާއި ލިމްޔާ ދައްތައާއި ދިމާއަށެވެ. އަހަރެންގެ ސިކުނޑި އެވަގުތު ގައިދުކުރަމުން ދިއައީ އެ ފެނުނު އަގޮޓީގެ މަންޒަރުންނެވެ.ހަމަ ގައިމުވެސް އެއީ ކޮންމެވެސް ހަނދާނެއް އާކޮއްދިން އެއްޗެކެވެ. ޒައިދުގެ އަނިޔާވެރިޔާ ހުރީ އަހަރެމެންނާއި ދާދިގާތުގަކަން އިހްސާސްވި ހިނދު އަހަރެންނަށް ހިތްނުތަނަވަސް ކަން ލިބެންފެށިއެވެ. ސިކުނޑިއަށް ބާރުބޮޑުވާން ފެށުމުން އަހަރެން މިސްރާބު ޖެހީ މަރުކަޒުގެ ފަހަތުން އޮންނަ ވަލު ފަރާތާއި ދިމާއަށެވެ.
މަޑުފިޔަވަޅުތަކެއް ގައި ހިގާފައި އަހަރެން ދަނިކޮށް ކުރިމަތިން އައި މީހަކު ގަސްތުގައި އަހަރެން ގައިގާ ޖެހިގަތީނުން ވީ ތަދުން ތޫލި އަޑެއް ލައްވާލަމުން ބަލާލިއިރު ކުރިމަތީ ހުރި އާޒިރު ފެނި މޫނުގައި އެތިފަހަރެއް ޖެހިކަހަލައެވެ.” ވާއު ގޯރޖިއަސް” އާޒިރު ގުދުވެ އަހަރެންގެ މޫނާއި މޫނު ކައިރި ކޮށްލަމުން ފުމެލާފައި ބުނެލި ޖުމްލައިން އަހަރެން ގާތަށް ރުޅި އައިނަމަވެސް ކެތްކޮށލައިގެން ހުރީ މެވެ.”ރާނީ، ވަރަށް ބޮޑަށް ސޮރީ،ނުބަލާ އާދެވުނީ،އޯހްހހ…. އޮޅުމަކަށް ނުވަންޏާ ތީ މާޙީ ރަނިކަމަނާދޯ” އަހަރެންނާއި ދިމާއަށް ހައިރާންކުރަނިވި ނަޒަރަކުން ބަލާލަމުން އާޒިރު އަހަރެން ކައިރީ އެހެން އެހުމުން، އެއްބަސްވުމުގެ ގޮތުން ބޯޖަހާލީމެވެ.” އަހަރެން އެގޭތަ؟ ނޭގެ މިހާރު ހަނދާން ހުންނާނެ ކަމެއްވެސް، މީގެ އެތަށް އަހަރެން ކުރިން އަހަރެން މާހީ ވަރަށް ގާތުން ދުށީން، އަދި ވަރަށް ގާތުގަ އުޅުނި” އަހަންނަށް އާޒިރު ނޭގޭ ކަމަށްހީކޮށް ބުނެދޭން ފެށި އެއްޗިހިން ހިނިއަންނަގޮތްވިއެވެ.” ތީ އާޒިރު އޭނުން، ކޮންބޭނުމަކު މިރަށައް މިތަނަޢް އައިސް ތިއުޅެނީ؟” އަހަރެންގެ ޖުމްލައިން އާޒިރު ސިހުނު ވަރު ރަގަޅަށްވެސް އަހަންނަށް ފެނުނެވެ.ހިތްނުތަނަވަސް ވުމުގެ އިތުރަށް ބިރުން ހިތް ނުހުއްޓުނީ ދެން އާޒިރު ކުރި ކަމެއްގެ ސަބަބުންނެވެ.،،، ނުނިމޭ
14 Comments!
Comments are closed.


Haadha kurey dhww but vvvvvvvv salhi….
v salhi but maa kure
Maakureee…
when u vi update nxt prt plx update soon I-Ram
when r u going to bring the nxt part???
kon irakun next part genesdhey ny….
Whn is next part??? Haadha lahey..:(
Haada lahey plx avaskohba mihaaru inthixaaru kohkoh varubali vehje
Haadha lahey next Part
Next part haadha lahey… waiting
Thihaa las van yaamu I-ram jeheyne dhigukoh genasdhen ngey varah rythi story eh my so write it sooooooooooooooooooon signal libeytha 😉 ♡ avas plx plx plx story superb ☆
Mi vaahaka nimenee kob dhuvahakuntha?? Aharuvany up nukuraathaaves..boduvaru miee. Vaahaka v kiaahithun feshi vaahakaeh miee. Mi sitah hihjehi mi situn furathama kian feshi vahaka akeeves miee. Bt nimumeh nai.. inthixaaru kurevijje varah. Maash preg iru kian feshivaahaka eh miee. nw baby ah miee 8months. V lasdhw ehenveema up nukoh miv.
varakoba anebbai?? mivaahaka adhi nunimeyehnu. keevvetha nunimma hunnany vaahaka ekkoh liye nimmaafa up kuran fashaaba please.
Dhen vaahaka up vumeh neiy baa???? Thi hen vaahaka nuliyunas rangalhu vaane. 4,5 years vaa iru vx vaahaka up koh nudheyy?