Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިޝްކާ (ފަހުބައި)

InaaSh Level 210 Stories100 Comments
December 29, 2020 4 Mins Read
0 Comments

ނިކަން ހަމަޖެހިލަމުން ދޮރުހުޅުވައިލި ރާއިދުގެ މޫނު ބަނަވެގެން ދިޔައީ ދޮރުމަތީގައި ހުރި ނަވީން ފެނިފައެވެ.
“ކޮބާ މިޝްކޮ……ނިދާފަ ދޯ…..”
ރާއިދުއަށް ކުޑަ ނަޒަރެއް ދެމުން މިޝްކާގެ ކޮޓަރިއަށްވަތް ނަވީން ހުއްޓުންއެރީ މިޝްކާ ނިދަން އޮތް އެނދުފެނިފައެވެ. ނަވީންއަކީ ހިތްވަރުގަދަ ފިރިހެނެއް ނަމަވެސް ބާރަށް ރޮއިގަނެވުނީ ލޯބިވާ ދަރިފުޅު އޮތްހާލު ފެނިފައެވެ. ނަވީންގެ އަޑަށް އެކޮޓަރިއަށް ދުވެފައި އައިސް ވަތް އަލީނާވެސް “މަގޭ ދަރިފުޅާ” އޭ ކިޔާ ރޮއިގަންނަމުން ގޮސް މިޝްކާ ނަގާ އުނގަށްލިޔެވެ. އަދި އެތަނުން ބެޑްޝީޓެއްނަގާ މިޝްކާގެ ގައި އޮޅައިލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ބެޑްޝީޓުވެސް ލެއިން ކަޅިވަމުން ދިޔައެވެ. އޭރު ރާއިދު ހުރިތަނުން ގުޑިލަންވެސް ނޭންގިފައި ހުރީ ދެން ހަދާނެ ގޮތަކާއި މެދުގައި ވިސްނާށެވެ. އިރުކޮޅެއް ފަހުން ހޭވެރިކަންވީ ނަވީން ކުއްލިއަކަށް ރާއިދުއާއި ދިމާއަށް އެބުރިލިއިރުގައި ދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. ނަވީން ބަލާކަށް ނުހުރެ ގޮސް ހިފީ ރާއިދުގެ ކަރުގައެވެ.
“ރާއިދު….. މޮޔަވީތަ؟….”
“ބަލައެއީ…. ކުޑަކުޑަ…. ކުއްޖެކޭ…..”
ނަވީންއަށް ވާހަކަ ދެއްކޭ ގޮތެއްވެސް ނުވިއެވެ. ނުހަނު އިތުބާރުކޮށްފައި ލޯބިވާ ދަރިފުޅު ދޫކޮށްލައިފައި މިދެވުނީ ޖަނަވާރަކަށްވުރެ ނުބައި މީހެއްއަތަށެވެ.
“ނަވީން…..ނަވީން…..އަޅެ މި މަންޖެގެ ހެއެއްވެސް ނެތޭ…..ނަވީން……އަވަސް ކޮށްބަލަ….އާދެބަލަ…..ހޮސްޕިޓަލަށް ދާން ހިނގާބަލަ….މަންމަ ދޫނީ…..މިޝްކާ…”
އަލީނާވެސް ހާސްވެގެން ގޮސް ކިޔޭ ނުކިޔޭއެއްވެސް ނޭންގެއެވެ. އަލީނާގެ އަޑަށް ރާއިދު ދޫކޮށްލިއެވެ. އަދި ދުވެފައި ގޮސް އަވަހަށް މިޝްކާ އުރައިލަމުން ދުއްވައިގަތީ ހޮސްޕިޓަލަށް ދިއުމަށްޓަކައެވެ. އަލީނާވެސް ނަވީންގެ ފަހަތުން ދުއްވައިގަތެވެ. އެވަގުތުގެ ބޭނުން ހިފަމުން ރާއިދު އަވަސް އަވަހަށް އެތަނުން ނިކުމެގެން ދިޔައީއެވެ. ނަވީން ދުވެފައި މަގުމަށްޗަށް ނިކުމެ ދެކޮޅު ހޯދާލީ ޓެކްސީއެއް ލިބޭތޯއެވެ. ނަމަވެސް ދަންވަރުގެ ވަގުތުކަމުން ޓެކްސީއެއް ދާތަންވެސް ނުފެނެއެވެ. ހޮސްޕިޓަލް ހުރީ އެގެއާއި ދުރުގައި ކަމުން ހިނގާފައި ދެވޭނީ ވަރަށްވެސް ލަހުންނެވެ. އެންބިއުލާންސްއަކަށް ގުޅައިލާކަށް އެވަގުތު ނަވީންވެސް އަދި އަލީނާވެސް ހަދާނެއްނުވިއެވެ. ނަވީން ބަލާކަށް ނުހުރެ އަނެއްކާވެސް މިޝްކާ ގޮވައިގެން ދުއްވައިގަތެވެ. ފައިވާނަކަށްވެސް ނާރައި ނަވީންއާއި އަލީނާ ދުވަމުން ދިޔައެވެ. ނަވީން ލޮޑުވެގެން މަޑުކޮށްލި ވަގުތަކީ އެހެން ދިޔަ ޕްރައިވެޓް ކާރެއް އައިސް އެތަނަށް މަޑުކޮށްލި ވަގުތެވެ. ނަވީން އަވަސް އަވަހަށް ގޮސް އެ ކާރު ދުއްވަން އިން ޒުވާނާގާތު އާދޭސް ކުރަންފެށީ ހޮސްޕިޓަލާއި ހަމައަށް ގެންގޮސްދޭތޯއެވެ. އެޒުވާނާ ވެގެން އުޅޭގޮތް އަހައިލަމުން އަވަހަށް އަރަން ބުންޔެވެ. ނަވީންއެ ހިތްހެޔޮ ޒުވާނާއަށް ޝުކުރު އަދާކުރިއެވެ. ބާރު ސްޕީޑުގައި ކާރު ދުއްވައިފައި ގޮސް ހޮސްޕިޓަލުގެ ކުރިމަތީގައި މަޑުކޮށްލުމުން ނަވީންމެން އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ. މިޝްކާއަށް ވަގުތުން އެމަޖެންސީބައިގައި ފަރުވާދޭން ފެށިއެވެ. ނަވީންއާއި އަލީނާ ކެއްތެރިކަން ކުޑަ ގޮތަކަށް ބޭރުގައި ހިނގާލަ ހިނގާލާ ތިބީ ޑޮކްޓަރުއައިސް ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. ޑޮކްޓަރު އައިސް ދިން ހަބަރަކުން އަދި ނަވީންމެންގެ ހިތާމައަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައެވެ. މި ހާދިސާގެ ސަބަބުން މިޝްކާއަށް ވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ބޭރުން ފެންނަން ހުރި ޒަހަމް ތަކުގެ އިތުރުން އެތެރެ ހަަށްޓަށްވެސް ވަނީ ބޮޑެތި ގެއްލުންވެފައެވެ. މިހުރިހާ ކަމަކުން ލިބުނު ޝޮކުގެ ސަބަބުން މިޝްކާވަނީ ކޯމާއަކަށް ގޮސްފައެވެ. މިޝްކާ ހޭ އަރާނެ ވަކި ދުވަހެއް ބުނަން ނޭންގޭކަަމަށާއި މިހާލަތުގައި ކެއްތެރި ވުމަށް ޑޮކްޓަރުވެސް ނަސޭހަތްތެރި ވިއެވެ. މިޝްކާދެކިލަން ވަތް ނަވީން އެބައަންނަަން ކަމަށް ބުނެފައި ދިޔައީ ރާއިދުމަތިން ހަދާންވެގެންނެވެ.
“އަވަހަށް ރާއްޖެއިން ބޭރަށް ދާންވީ. . .މިކަންތައް އެއްކޮށް ހިނދުނީމަ ނޫނީ ދެން މާލެ ނާންނާން. . .މައްސަލަގަޑު ބޮޑު ނުވަނީސް އަވަހަށް ފިލަންވީ. . .”
ދަބަހަކަށް އެއްޗެހި އަޅަންހުރި ރާއިދުގެ ހަރަކާތްތައް އަވަހެވެ. ރާއިދު ނިކަން އަވަސްކޮށްލަމުން ގޮސް ދޮރު ހުޅުވައިލިއިރު ނަވީންހުރީ ދޮރުމަތީގައެވެ.
“ބޭ…. . .ބޭ. . .”
ރާއިދު ކުޑަކޮށް ވިސްނާލުމަށްފަހު ނަވީންގެ ފައިބުޑަށް ވެއްޓި ރޯންފެށިއެވެ.
“ބޭބޭ. . .އަހަންނަށް މާފް ކުރޭ. . .ދެން އެކަހަލަގެ ކަމެއް ނުކުރާނަމޭ ބޭބޭ. . .ބޭބޭ ޕްލީސް އަހަންނަށް މާފް ކުރޭ. . .”
ރާއިދު ވަގުތުން ވާހަކައެއް ހަދައިލިއެވެ.
“މާފް ކުރާށޭ؟. . ކިހިނެއް އެހާ ފަސޭހައިން މާފްކުރާނީ. . .ކުޑަ ކުޑަ ކުއްޖެއްގެ ދިރިއުޅުމޭތި ނަގާލީ. . .އެއީ އަދި ކުޑަ ކުޑަ ކުއްޖެކޭ. . .”
ނަވީންގެ ދެލޮލުންވެސް ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ކުއްލިއަކަށް ނަވީންގެ އުފާވެރި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. އެކަން މިކުރީ ވެސް އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
“ބޭބޭ. . .ޕޮލިހަށް އަހަރެން ހަވާލު ނުކުރަށްޗޭ. . .ދެން އެހެނެއް ނޫޅޭނަމޭ ބޭބޭ. . އަހަންނަށް މާފް ކުރޭ. . .”
ރާއިދު ފޭކް ކަރުނައަޅަމުން ޑްރާމާއެއް ކުޅެމުންދިޔައެވެ.
“ރާއިދު ޕޮލިހަށްވެސް ހަވާލު ކުރާނަން.. . . ރާއިދުކުރި ކުށުގެ އަދަބު ރާއިދުއަށް ލިބެން ޖެހޭނެ. . .”
ނަވީންގެ ވާހަކަ އަޑުއިވި ކުށްލިއަކަށް ރާއިދުތެދުވިއެވެ.
“އަހަރެން ޖަލަށް ދާން ޖެހިއްޖެއްޔާ ތި ވަޒީފާގަޑާއި އެއްޗެހިން ކަޑާލާފަ ސީދާ ރަށަށް ފޮނުވާލާނީ. . .ހީކުރީ އަހަރެން ޖަލަށް ދިޔާމަ އަރާމުގަ އުޅެވޭނެ ކަމަށްތަ އޭން. . ”
ރާއިދުގެ ވާހަކައާއި އަމަލުތައް ބަދަލުވި ގޮތުން ނަވީންހުރީ ހައިރާންވި ވަރުން ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ނަވީން އަދި މާ ދެރަވާ ގޮތްވިއެވެ. ވަޒީފާ ގެއްލި ރަށަށް ދާން ޖެހިދާނެތީ އެއްނޫނެވެ. ލޯބިވާ ކޮއްކޮ މިހާ ބަދަލުވެފައި ވާކަން އެނގުނީމައެވެ. މިހާރު ރާއިދުގެ މޫނުމަތިން ފެންނަނީ ނުލަފާ ހިނިތުންވުމެކެވެ.
“އަހަރެން ލަދުގަނޭ ތީ ކޮއްކޮ އަކަށް ވީތީވެސް. . .ވަޒީފާ ގެއްލުނަސް ރާއިދު ޕޮލިހާ ހަވާލު ކުރާނަން. . .އަދި. . .”
ނަވީންގެ ވާހަކަ ދައްކަ ދައްކާ ހުއްޓާ ރާއިދު ފޫހި ގޮތަކަށް ހޫން އަޅުވައިލިއެވެ.
“ހޫން ދެން މާ ވާހަކަ ގިނަ ނުކޮށް ދާން އުޅޭ. . ފަހަރި ކައިރިއަށްދޭ. . .މިޝްކާ ގާތަށް ދޭ. . .އެ މަންޖެ. . .”
ނަވީންއަށް އިތުރަށްް ކެއްކުރެވޭ ވަރެއް ނުވިއެވެ. ރާއިދުގެ މޫނަށް ނަވީންގެ އަތުގެ ދެ ހަމަލާއެއް އަރައިގެން ދިޔައީ އެހެންވެ އެވެ. ރާއިދުވެސް ބަލާކަށް ނުހުރެ ނަވީން ކޮށްޕާ ވައްޓައިލިއެވެ.
“ބޭބެއަކަސް ގަޔަށް އަތްނުލާ ހުރެ އިނގޭ. . .”
ރާއިދުއަކީ މިހާ އަހްލާގްދަށް މީހެއް ކަމެއް ނަވީންްއަކަށް ނޭންގެއެވެ. މީ ކުރިން ނަވީން ދަންނަ ރާއިދުއެއް ނޫނެވެ. މާ ބޮޑަށްވެސް ބަދަލު ވެއްޖެއެވެ. ކުރެވުނު ކަންތަކާއި މެދު ދެރަނުވާއިރު މާފަށް އެދެންވެސް ބޭނުން ނުވާނީ ހާދަ ދަށުދަރައިގެ މީހެކެވެ. ނަވީންއާއި ދިމާއަށް ފަރުވާކުޑަ ގޮތަކަށް ބަލައިލަމުން ރާއިދު ދާން ހިނގައިގަތީ ދަބަސް ކޮޑު އަޅުވައިލަމުންނެވެ. ނަމަވެސް ރާއިދުއަށް ދެވުނީ ވަކި ހިސާބަކަށެވެ. އެވަގުތު ޕޮލިހުންވެސް އައިސް އެގެއަށް ވަންނަނީއެވެ. ވަގުތުން ރާއިދު ހަތްޔަރު ކުރެވިގެން ގެންދެވުނެވެ. ތަހްގީގު ކުރިއަށް ދިޔަ ވަރަކަށް އަދި އިތުރު ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ރާއިދުގެ މައްޗަށް ސާބިތު ވެގެން ދިއައެވެ. އެއާއި އެކު މުޅި ސޯސަލް މީޑިއާގަޔާއި ހަބަރު ތަކުގައިވެސް ދެކެވެމުން ދިޔައީ ރާއިދުގެ ވާހަކައެވެ. ރާއިދުއަށް ކުށުގެ އަދަބު ލިބިގެން ދިޔުން ވީ އެތައް ބަޔަކަށް އިންސާފު ލިބިގެން ދިޔަ ކަމަކަށެވެ. މިޝްކާ ކޯމާއިން ހޭއެރީ އެހެން އޮންނަތާ ހަމަސް ދުވަސް ވީފަހުންނެވެ. އޭރު އެލީނާއިނީ އަނެއްކާވެސް ބަލިވެއެވެ. ނަފްސާނީ ޑޮކްޓަރެއްގެ އެހީގައި މިޝްކާ ހަމަ އަކަށް އެޅެމުންއައެވެ. އެހާދިސާއަށް ފަހު މިޝްކާގެ ދިރިއުޅުން މިވަނީ މުޅިން ބަދަލުވެފައެވެ. ރާއިދު ބުނިފަދައިން ނަވީންގެ ވަޒީފާއެއް ނުގެއްލެއެވެ. އެހެންކަމުން ނަވީންމެން އަދިވެސް އުޅެމުން ދިޔައީ ހުޅުމާލޭގައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއި އެކުގައެވެ. ނަވީން ޗުއްޓީއަށް ރަށަށް ދިޔައީ މިޝްކާ ހިތްހަމަ ޖައްސައިލުމަށްޓަކައެވެ. އޮއްސެމުން ދިޔަ އިރަށް ނަޒަރު ހުއްޓައިލައިގެން ހުރި ނަވީންގެ މޫނުމަތީގައި ފަޑު ހިނިތުންވުމެއް ވިއެވެ. އޭރު އަލީނާއާއި މިޝްކާ އަތިރިމަތީގައި އިށިންދެލައިގެން ތިއްބެވެ. އެވަގުތު އަލީނާގެ ހަތްމަހަށްދާ ބަނޑުން ކުޑަ ދަރިފުޅު ތޮޅިލިތަން ފެނުމުން މިޝްކާ ހިނިތުންވެލިއެވެ. އަދި މަޑުމަަަޑުން އަލީނާގެ ބަނޑުގައި އަތް ޖައްސައިލަމުން “ދޮންތިގެ ދޫނީ” އޭ ބުނެލިއެވެ. ނަވީންވެސް އައިސް މިޝްކާގެ ބޮލުގައި ނިކަން ލޯބިން ފިރުމައިލިއެވެ.
“ބައްޕަގެ މިޝްކާ.. . . ”
(ނިމުނީ)

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

އެކުއްޖާ 2 – 12

Next

މި ހިތުން މަޤާމޭ މި ދެނީ 20

Next
December 30, 2020

މި ހިތުން މަޤާމޭ މި ދެނީ 20

Previews
December 29, 2020

އެކުއްޖާ 2 – 12



All Right Reserved!