Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 15

Shyyyms
Shyyyms Level 510 Stories100 Login
December 31, 2020 6 Mins Read
1 Comment

“ކޮބާ ތި ދެމީހުން ތައްޔާރު ވާން ފަށައިފިންތަ؟” ސަމާ އަހާލިއެވެ. ތާރާ އަށް ބަލައިލެވުނީ ކިޔާން އަށެވެ. ނަމަވެސް ކިޔާން އޭނައާ ދިމާއަށް ބަލާލުމުން ވަގުތުން ސަމާ އާއި ދިމާއަށް އެނބުރުނެވެ. “ނޫން. އަދި ނުވަން.” ތާރާ ޖަވާބު ދިނެވެ.

“ބަލަ މިހާރު އެ މީޓިންގެ ފަހުން ހަފްތާއެއް ވަނިއްޔޭ.” އީކަން ބުނެލިއެވެ.

“އަދި ނުވެފައެއް ނެތެއްނު.” ތާރާ ދުރަށް ބަލާލަމުން ބުނެލިއެވެ. “ވެފައެއް ވެސް ނެތެއްނު.” ޔުކްތާ ރައްދުގައި ބުނެލިއެވެ.

“އަހަރެމެން މިހާރު 2 ލަވައަށް ބޮޑުބެރު ފަރިތަކޮށް ނިންމާފިން. ތިމީހުން އަދި ތި ތިބީ ތިބި ވަރުގަ. ނުވެސް ފަށަ. މަންމަ އަށް އެނގިއްޖިއްޔާ ބަޑި އަޅާނެ ތި ދެމީހުން ބޮލަށް.” ޖައިލަމް ވަރަށް މަޑުމަޑުން ފަހުބައި ބުނެލިއެވެ.

“ވައި އަރ ޔޫ ވިސްޕަރިންގ؟” ތާރާ އަހާލިއެވެ. “މަންމަ އަށް އަޑު އިވިދާނެތީ. ވަރަށް ކަންފަތް ތޫނު ވާނެ.” ޖައިލަމް މަޑުމަޑުން އަނެއްކާވެސް ބުނެލިއެވެ.

 

“މަށަށް ކޮން ވާހަކައެއް އަޑު އިވިދާނެ ތިއްޔޭ؟” އިވުނީ ނަޖުލާގެ އަޑެވެ. ސިހިފައި އެންމެން ސިޑިއާއި ދިމާއަށް ބަލާލި އިރު ނަޖުލާ ހުއްޓެވެ. “ސިއްރު ސިއްރު މަށޭ ކިޔައިގެން ކޮން ވާހަކައެއްތަ މިތިބަ އެންމެން މި ދައްކަނީ؟”

“މި.. މި ދައްކަނީ.. އެ… އަމް..” ޖައިލަމް އަނގަ އޮޅުނެވެ.

“އަނހަ. ތާރާ ވެސް އެބަހުރި ދޯ؟” ނަޖުލާ އަށް ތާރާ ފެނުނެވެ. “ލައްބަ ނަޖުއްތާ.” ތާރާ ހިނިތުންވެލިއެވެ. ނަމަވެސް ދެން ނަޖުލާ ކޮށްލި ސުވާލަކުން ކުޑަކޮށް ހާސްވިއެވެ.

 

“ކޮބާ ކިޔާން އާ ތާރާ އާ ދެކުދިން ކިހާ ވަރަކަށް ތައްޔާރު ވަމުން ތި ދަނީ؟” އެއްވެސް މީހަކު ޖަވާބު ނުދިނުމުން ނަޖުލާ އަނެއްކައިވެސް ސުވާލު ކުރިއެވެ.

“ޑޯންޓް ޓެލް މީ އަދި ނުފަށަމޭ. އިފް ޔޫ ހެވެންޓް ސްޓަރޓެޑް އައި ވިލް ޕާސަނަލީ މޭކް ޔޫ ބޮތު ޕްރެކްޓިސް ދި ސޯންގްސް.” ނަޖުލާ ލޯ އަޅާލިއެވެ.

 

“ނަ.. ނަޖުލައްތާ. އަހަރެންނާ ތާރާއާ ފަށައިފީމޭ. މިހާރު ކޮންމެވެސް ވަރަކަށް ތައްޔާރު ވެސް ވެވިއްޖޭ.” ކިޔާން ހިންދިރުވާލަމުން ބުނެލިއެވެ. “އެހެންތަ ކޮން ލަވައެއް ކިޔަން ތި ވިސްނަނީ؟” ނަޖުލާ އަހާލިއެވެ.

 

“ވާނަމޭ އުމުރަށް. ލޯތްބަށް ޓަކައި.”.. “ކުރު ވާހަކަ. އިހުސާސްތަކޭ މީ.”

ހާސްވެފައި ހުރި ވަރުން ކިޔާނަށާއި ތާރާ އަށް ބުނެވުނީ އެއް ފަހަރާއެވެ.

 

“ކީއްވެ ދެމީހުން ތަފާތު 4 ލަވަ ތިބުނީ؟ 2 ލަވަ އޭ ޓޯޓަލް އަކީ.” ނަޖުލާ ވާނުވާ ނޭނގިފައި ބުންޏެވެ.

“އެހް؟” ބުނާނެ އެއްޗެއް ނުވިސްނުމުން ކިޔާން ބޯ ކަހާލިއެވެ. ތާރާ ކިޔާނާއި ދިމާއަށް ލޯ އަޅާލިއެވެ. އޭރު ގްރޫޕްގަ ދެން ތިބި މީހުން ތިބީ ހިނިގަނޑު ހިފަހައްޓައިގެންނެވެ.

 

“އޮހް. ހަހަ. އެއީ އަނެއް… އަމް… އަހަރެން. މިބުނީ ކިޔާނާ ތާއާ ކިޔާ ސޯނަގްސް އަދި އެއްކޮށް ފައިނަލް ނުވާތީ. އެންމެ ރީއްޗަށް ކިޔޭ 2 ލަވަ އެއް ނަގާނީ އެ 4 ސޯންގްސް ތެރެއިން.” ތެޅި ތެޅި އޮތް ހިތަކާއި އެކު ތާރާ ބުނެލިއެވެ. “އޯހް. އެހެން ދޯ؟ ރަނގަޅަށް ޕްރެކްޓިސް ކުރާތި އިނގޭ. ނަޖުލައްތަ ދެން ދަނީ އިނގޭ. ބަދިގޭގައި ހުންނާނެ ސައިބޯ އެއްޗެހި.” އެހެން ބުނުމަށް ފަހު ނަޖުލާ ބޭރަށް ދިޔައެވެ.

 

އެއާއެކު އީކަންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ތާރާ އާއި ކިޔާން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެމީހުންގެ ހަތަރުކަޅި އެވަގުތު ހަމަވިއެވެ. އެހެންކަމުން ދެމީހުން ވެސް އެކަކު އަނެކަކަށް ގެއްލިފައި ތިބެވުނީއެވެ.

 

ކިޔާން އޭނާ ދެކެ ލޯބިވާ ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ އެކަމު ލޯތްބަކީ އެކަހަލަ އެއްޗެއް ނޫން ވިއްޔާއެވެ. ލޯތްބަކީ އޭގެ މައްޗަށް އެއްވެސް ބާރެއް އޮތް އެއްޗެއް ނޫނެވެ. ލޯތްބަކީ ވާ އެއްޗެއް ވެސް ނޫނެވެ. ވެވޭ އެއްޗެކެވެ.

ތާރާ އަށް ލޯބީގެ މައްޗަށް ބާރު ފޯރުވޭނެ ނަމަ ފޯރުވީހެވެ. ކިޔާން ދެކެ ލޯބި ނުވީހެވެ. އެހެން ވާނަމަ ކިޔާން އަށް ޓަކައި އެ ހިތުގައި އޮތް ލޯބި ކަފުން ކުރިތާ ކިތަންމެ ދުވަހެކެވެ.

ތާރާ މާލެ އައުމުގެ ކުރިން ކަންތައް ވާނީ މިހެން ކަން އެނގުންނަމަ މާލެ އައިއްސުރެ އުޅުނީހީ ކިޔާނާއި ދުރު ދުރުންނެވެ. ނަމަވެސް މިއަދު ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެތާ އެވެ.

މި ކުރެވެނީ ކީއްކަން އެނގުމާއި އެކު ތާރާ ވަގުތުން ދުރަށް ބަލާލިއެވެ. އެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އެސްފިޔަތައް ތަޅުވާލަމުން އެ ކަރުނަތައް ހިންދާލިއެވެ. ކިޔާން އަށް ޓަކައި ކަރުނަ އެޅުމަކީ ކުރުމަށް ވުރެ ނުކުރުން ބުއްދިވެރި ކަމެކެވެ. ތިމާ އާއި މެދު ނުވިސްނާ މީހަކަށް ޓަކައި ކަރުނަ އެޅުމަކީ ބޭކާރު ކަމެކެވެ.

 

…………………………

 

ތާރާ އާއި ކިޔާންއަށް ލަވަ ޕްރެކްޓިސް ކުރަން މަޖުބޫރުވީ ޖައިލަމާއި ހެދިއެވެ. އެމީހުން ލަވަ ޕްރެކްޓިސް ނުކޮށްފިނަމަ ނަޖުލާ ގާތު ބުނާނެ ކަމަށް ބުނެ އެތައް އިންޒާރެއް ދީގެންނެވެ.

އެވަރުން ވެސް ޕްރެކްޓިސް ކުރަން ކިޔާން މެން ގެއަށް ގޮސް އެމީހުން ވާހަކަ ނުދައްކާ އިންނަނީއެވެ. ލަވަ ވެސް ޕްރެކްޓިސް ނުކޮށެވެ.

ތާރާ ކިޔާންގެ ކޮޓަރީ ހުރި ސޯފާ ގައި އިށީނދެ ލައިގެން އިނެވެ. އޭނާގެ އުނގުމަތީގައި އޭނާގެ ގިޓާ ބާއްވާފައި އޮތެވެ. އޭރު ކިޔާން އިނީ އެނދުމަތީގައި އިށީނދެގެންނެވެ. އެކަކު ވެސް އެ ހަމަހިމޭންކަން ފިލުވާލާކަށް ނޫޅެއެވެ. އެތަނަށް ވަދެފި މީހަކަށް އެތާގައި ވިީ ‘ޓެންޝަން’ އިހުސާސް ނުވެ ނުދާނެކަން ގައިމެވެ.

އެންމެފަހުން އެ ހަމަ ހިމޭންކަން ފޫ އަޅުވާލީ ތާރާ މަޑު މަޑުން އޭނާގެ ގިޓަޔާއި ކުޅެލުމުންނެވެ. ވަގުތުން ކިޔާން އިސް އުފުލާ ބަލާލިއެވެ.

 

“ހިނގާ ފަށަމާ. އަވަސް ވާނީ އޭރުން.” ތާރާ މަޑުމަޑުން ބުނެލި އަޑު އިވުނެވެ. “އަ.. އަނ. ހިނގާ ފަށަން.” ކިޔާން ވެސް ބޮލުގައި އަތް ހިންގާލަމުން އެއްބަސް ވެލިއެވެ.

“ކޮން ލަވައެއް ރަނގަޅު ވާނީ؟” ކިޔާން އެއްސެވެ. “މްމްމްމް… އިހަށް ހިނގާ 6 ވަރަކަށް ލަވަ ސެލެކްޓް ކޮށްލަން. އޭނގެން އެންމެ ކަމުދާ 2 އެއް ނަގާނީ. ތާރާ ބުނެލިއެވެ. ދެމީހުން ވެސް އެކަމަށް އެއްބަސް ވެލިއެވެ.

 

………………………….

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ކިޔާން އާއި ތާރާގެ ގުޅުން އަނެއްކާ ވެސް ރަނގަޅު ވަމުން ދިޔައެވެ. ކުރިއާ ހިލާފަށް އެދެމެދުގައި ވި ރުޅިވެރިކަމެއް މިހާރަކު ނެތެވެ. ނަމަވެސް އަދިވެސް އެންމެ ކުރީގެ ގޮތަކަށް ރުޖޫއައެއް ނުވެއެވެ.

ދެމީހުންގެ ވެސް ހިތުގައި ލޯބި އިތުރުވަމުން ދިޔައިރު ވެސް އެކަން ފާޅެއް ނުކުރެއެވެ.

 

ނަމަވެސް މިފަހަރު ތަފާތަކީ ކިޔާން މިހާރު ތާރާ ބޭނުން ވާ ކަމެވެ. ކިޔާން އަމިއްލަ ކުށް ގަބޫލު ކޮށްފިއެވެ. އޭނާ ކަންތައް ކުރި ގޮތުން ތާރާ އަށް ވަރަށް ވޭން ދެވިއްޖެކަން ވިސްނުމުން އޭނާގެ ހިތު ތެރޭގައި މަޑު ރިހުމެއް ވިއެވެ.

ތާރާ އާއި ދުރުވާން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ނުވާނެ ކަން އޭނާ އަށް މިހާރު އެނގެއެވެ. އޭނާއަށް ލޯބި ވެވިފައި ވަރަށް ފުންކޮށެވެ. ތާރާ އާއި މެދު ވާ ލޯބި ފުހެލުމަކީ އޭނާގެ ހިތް ހަށިގަނޑާއި ވަކި ކުރުން ކަހަލަ ކަމެކެވެ.

ކޮންމެއަކަސް ނުވާނެ ކަމެއް ކިތަންމެ ވަރަކަށް ކުރިޔަސް ވާނެ ކަމެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި އޭނާގެ ހިތް އެދޭ ގޮތަށް މިހާރު ކަންތައް ކުރަން ވީއެވެ.

 

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް ތާރާ ކިޔާން މެން ގެއަށް ގިޓާ ހިފައިގެން ދިޔައެވެ. ލަވަކިޔަމުން ތައްޔާރު ވަމުން ދިޔައިރު ތާރާއަށް ކަމެއް ފާހަގަ ވިއެވެ.

ލިބޭ ކޮންމެ ބްރޭކެއްގަ ކިޔާން ގިޓާއިން ރާގެއް އަޅުވާލައެވެ. ހީވާގޮތުން ނަމަ ލަވައެއް ފަރިތަ ކުރަނީއެވެ. ނަމަވެސް ކޮން ލަވައެއް ކޮންކަމަކަށް ކަމެއް ތާރާ އަކަށް ނުވިސްނުނެވެ.

 

“ދަނީ ދެން. ސީ ޔޫ އެޓް މޫންލައިޓް ހައުސް.” ތާރާ ތެދުވަމުން ބުނެލިއެވެ. އެދުވަހަކީ އެ ގްރޫޕް އެންމެން މޫންލައިޓް ހައުސް ގައި ސަކަރާތް ޖަހާލަން ދާ ދުވަހެކެވެ.

“އައި ކޭން ޓޭކް ޔޫ ދެޔަ. 8 ވަނީނު މިހަރު އެއޮށް.” ކިޔާން ބުނެލިއެވެ.

 

ތާރާ ކިޔާން އަށް ބަލާލިއެވެ. “ނޯ، އިޓްސް ފައިން.” ތާރާ ކިޔާނަށް ހިނިތުންވުމެއް ދެމުން އެ ކޮޓަރިން ނިކުންނަން ހިނގައި ގަތެވެ.

ނަމަވެސް އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ކިޔާން ގިޓާ ކުޅެން ފެށީމައެވެ. އަދި އޭނާ ތާރާއަށް ގޮވާލި އަޑު އެ މިއުޒިކުގެ ތެރެއިން އިވުނެވެ.

 

ދެން އިވިގެން ދިޔައީ ކިޔާންގެ ފިރިހެންވަންތަ އަޑެވެ.

 

“މި ހިތުގައި ވާނެ ސޫރަ އަކީ،

ތިއީ އޭ ލޯބިވާ ޔާރާ،”

 

މަޑުމަޑުން ތާރާ ކިޔާން އާއި ދިމާއަށް އެނބުރެލިއެވެ. ކިޔާން ތާރާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ލަވަ ކުރިއަށް ގެންދިޔައެވެ.

 

“މި ހިތުގައި ވާނެ ސޫރަ އަކީ،

ތިއީ އޭ ލޯބިވާ ޔާރާ،

މި ހިތުގައި ނެތް ނަމެއް ތިޔަ ނޫން،

ތިއީ ޖާނޭ މަގޭ ޔާރާ،

 

ފަލަކުގާ ވާ އެ ހަނދު ފަދައިން،

ހަޔާތް އަލި ކޮށްދެނީ ޔާރާ،

މަލަކު ނެތް ހާ އެ މީރު ވަސް،

ހަޔާތަށް ގެނުވަނީ ޔާރާ،

 

ތަރި ހަނދާ ވެދުމަކަށް،

ފޮނުވަންހެ ވީ ޔާރާ،

 

މި ހިތުގައި ވާނެ ސޫރަ އަކީ،

ތިއީ އޭ ލޯބިވާ ޔާރާ،”

 

ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައި ތާރާ އަށް ހުރެވުނީއެވެ. ކިޔާން ގިޓާ ކުޅެމުން އެނދުމަތިން ތެދުވިއެވެ. އަދި ތާރާގެ ގާތަށް އައިސް ހުއްޓެލިއެވެ.

 

“ލޯ މި ދުށަށް އެދޭ،

ތި މަލިކާ އިނގޭ،

ބިނދެލުމަށް ހިތް އެދޭ،

ތި މަލަކީ އިނގޭ،

 

ލޯބިވާ އޭ،

ލޯބިވާނަން،

މީ ކުރާ ވައުދޭ އިނގޭ،

 

ފަލަކުގާ ވާ އެ ހަނދު ފަދައިން،

ހަޔާތް އަލި ކޮށްދެނީ ޔާރާ،

މަލަކު ނެތް ހާ އެ މީރު ވަސް،

ހަޔާތަށް ގެނުވަނީ ޔާރާ،

 

ތަރި ހަނދާ ވެދުމަކަށް،

ފޮނުވަންހެ ވީ ޔާރާ،

 

މި ހިތުގައި ވާނެ ސޫރަ އަކީ،

ތިއީ އޭ ލޯބިވާ ޔާރާ،”

 

ތާރާގެ ލޯ ފެންކަޅި ވިއެވެ. އަނެއްކާ ކިޔާން އޭނާގެ ހިތް އިތުރަށް ހަލާކު ކުރަން އުޅެނީ ބާވައެވެ.

 

“ޔާރު ހީލީމަ ހިތް،

އުފާވޭ މަގޭ،

އަބަދު އެދެނީ ހިފަން،

ޔާރު އަތުގައި މަގޭ،

 

ޔާރު ބުނަމޭ،

ފިކުރު ކުރަމޭ،

އަބަދު ވޭ ހިތުގާ މަގޭ،

 

ފަލަކުގާ ވާ އެ ހަނދު ފަދައިން،

ހަޔާތް އަލި ކޮށްދެނީ ޔާރާ،

މަލަކު ނެތް ހާ އެ މީރު ވަސް،

ހަޔާތަށް ގެނުވަނީ ޔާރާ،

 

ތަރި ހަނދާ ވެދުމަކަށް،

ފޮނުވަންހެ ވީ ޔާރާ،

 

މި ހިތުގައި ވާނެ ސޫރަ އަކީ،

ތިއީ އޭ ލޯބިވާ ޔާރާ،

މި ހިތުގައި ނެތް ނަމެއް ތިޔަ ނޫން،

ތިއީ ޖާނޭ މަގޭ ޔާރާ،

 

ފަލަކުގާ ވާ އެ ހަނދު ފަދައިން،

ހަޔާތް އަލި ކޮށްދެނީ ޔާރާ،

މަލަކު ނެތް ހާ އެ މީރު ވަސް،

ހަޔާތަށް ގެނުވަނީ ޔާރާ،

 

ތަރި ހަނދާ ވެދުމަކަށް،

ފޮނުވަންހެ ވީ ޔާރާ،

މި ހިތުގައި ވާނެ ސޫރަ އަކީ،

ތިއީ އޭ ލޯބިވާ ޔާރާ،

މި ހިތުގައި ނެތް ނަމެއް ތިޔަ ނޫން،

ތިއީ ޖާނޭ މަގޭ ޔާރާ.”

 

 

ކިޔާން ލަވަ ނިންމާލަމުން ތާރަ އަށް ބަލާލިއެވެ. “ވިލް ޔޫ ބީ މައި ގަރލްފްރެންޑް؟”

 

ތާރާ ކިޔާނާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.” އިޒް ދިސް އެ ނިއު ވޭ ޓު ބްރޭކް މައި ހާޓް؟” ތާރާ ފެންކަޅި ވެފައި ހުރެ އަހާލިއެވެ.

ކިޔާން ގެ ދެލޯ ބޮޑުވިއެވެ. “އޮފްކޯޒް ނޮޓް. ލުކް ތާރާ. އައި ނޯ އައި މެސްޑް އަޕް. ބަޓް އައި ލަވް ޔޫ. އައި ރިއަލީ ޑޫ. އައި ނޯ ދިސް ވޯންޓް ބީ އީޒީ ޓު ބިލީވް. ބަޓް ތާރާ އައި ލަވްޑް ޔޫ ފްރޮމް ދި ބިގިނިން. ބަޓް އައި ވޯޒް ކަވާޑް. އައި ޑިޑްންޓް ވޯންޓް އެކްސެޕްޓް ދެޓް އައި އެކްޗުއަލީ ފެލް އިން ލަވް. ބިކޯޒް އައި ވޯޒް އެ ޕްލޭ ބޯއި. އެވްރީވަން ނޯސް އިޓް. އައި ޑިޑް އެވްރީތިން އައި ކޭން ޓު ފޯލް އައުޓް އޮފް ލަވް އެން މޭކް ޔޫ ހޭޓް މީ. ބަޓް އިޓް ޑިޑްންޓް ވޯކް. އަިއ ފެލް އިން ލަވް ވިތު ޔޫ އީވެން މޯ.” ކިޔާން ތާރާއަށް އާދޭހުގެ ނަޒަރަކުން ބަލާލިއެވެ.

“ޖަސްޓް ގިވް މީ އެ ޗާންސް. ޖަސްޓް ވަން ޗާންސް އިޒް އޯލް އައި އޭމް އާސްކިން ފޯ. ޔޓު ޕްރޫވް ޔޫ ދެޓް އައި ހޭވް ޗޭންޖްޑް.”

 

“އޮރ ވަން ޗާންސް ޓު ބްރޭކް މައި ހާޓް އެގެއިން އެން ހިއުމިލިއޭޓް މީ.” ތާރާ ހިތި ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

“ކިޔާން. އައިމް ނޮޓް ސްޓުޕިޑް. ހެވެންޓް ޔޫ ހަރޑް އޮފް ދި ފްރޭސް ފޫލް މީވަންސް ޝޭމް އޮން ޔޫ، ފޫލް މީ ޓްވައިސް ޝޭމް އޮން މީ؟ އައިމް ނޮޓް ގޮއިން ޓު ލެޓް ދެޓް ހެޕެން ޓު މީ. ދެޓް މީންސް އައިމް ނޮޓް ގޮއިން ޓު ގިވް ޔޫ މައި ހާޓް އެގެއިން. އައި ޑޯންޓް ޓްރަސްޓް ޔޫ ޓު ނޮޓް ބްރޭކް އިޓް އެގެއިން. އައި ހޭވް ހޭޑް އިންފް އޮފް ޔޫ. ޔޫ ހޭޑް ޔުއަރ ޗާންސް، ބަޓް ޔޫ ރުއިންޑް އިޓް.”

“އަހަރެން އަދިވެސް ހަނދާން އެބަހުރި އެރޭ ކިޔާން އަހަންނާ ދިމާއަށް ކީ އެއްޗެހި. ދުވަހަކުވެސް ހަނދާނުން ފިލާ ނުދާނޭ ވަރަށް މި ހިތުގަ އެ ބަސްތައް ބިންވަޅު ނެގިފަ އެބަހުރި އަދިވެސް. އަހަރެން ކަހަލަ ނިކަމެތި ކުއްޖަކު ދެކެ ދުވަހަކުވެސް ލޯބި ނުވާނަމޭނު ބުނީ. ދެން މިހާރު ކީއްވީ؟ އަހަރެން ކުއްލިއަކަށް މާލެ ތެރޭ މުއްސަނދި ޢާއިލާއެއްގެ ދަރިއަކަށް ވީތަ؟” ތާރާ އެހެން ބުނުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. އެއްވެސް މީހަކަށް ބެލުމެއްނެތި ތާރާ އަވަސްއަވަހަށް ޓެކްސީ އަކަށް ގުޅަމުން ނިކުތެވެ.

 

ތާރާގެ ބަސްތަކުން ކިޔާންގެ ހިތް ހީވީ ފަޅައިގެން ދިޔަ ހެންނެވެ. އޭނާގެ ހަށިގަނޑު ތެރެއިން ހިތް ދަމާ ނެރެލި ފަދައެވެ.

ނަމަވެސް އޭނާ އަށް ގަބޫލުކުރެވެއެވެ. ތާރާ އެބުނީ ދޮގު ވާހަކައެއް ނޫނެވެ. އޭނާ އަށް ފުރުސަތު ލިބުނެވެ. އެ ފުރުސަތު ވެއްޔާއި މޮޑެލީ ހަމަ އަމިއްލަ މުށު ތެރޭގައެވެ. އަމިއްލަ މޮޔަކަމުންނެވެ. އެ ރޭ އޭނާ ތާރާއަށް އެހެން ނެހެދުން ނަމައެވެ. އޭރުން މިއަދު މިހެން ވާކަށް ނުޖެހޭނެއެވެ. ތާރާ އެ ވޭނާއި ކުރިމަތިލާ ކަށް ވެސް ނުޖެހުނީހެވެ. އެވޭން ލިބިގަތީ އޭނާ އަމިއްލައަށެވެ.

ކުށް ވެރިޔަކީ އޭނައެވެ. އޭނާ އެއްއިރެއްގައި އެކަން ގަބޫލު ނުކުރިޔަސް މިހާރު ގަބޫލު ކުރެއެވެ.

 

**************

 

މި ޕަރޓް ވެސް ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް އުންމީދު ކުރަން.

•°ޝައިމާ°•

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ތިޙިޔާލުގާ 8

Next

ޕަބްޖީ

Next
December 31, 2020

ޕަބްޖީ

Previews
December 31, 2020

ތިޙިޔާލުގާ 8

One Comment

  1. shark_shaya says:
    January 1, 2021 at 2:30 pm

    Wow this part is very nice. When would you Post the next part. Can’t wait to read the next part.

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 17←


All Right Reserved!