Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (13)

Bulletproof Girls Level 110 Stories100 Login
January 7, 2021 11 Mins Read
0 Comments

*’އާނ އެކޭ.. މީނަ ދެން ހޭލާނީ ތިން ގަޑި ބައި ވެ ބޮޑު ވާފަހުން..’ތުގާ ނިޒްކާގެ މޫނަށް ބަލާލިއެވެ. އޭނާއަށް ނިޒްކާ ލޯ ހުޅުވައިގެން އޮތް ތަން ފެނުނެވެ. ‘ޔާހް.. ޒަކުވާން އާދޭ އިނގޭ އެގާރަ ޖަހާއިރު.. އޭރުން އަހަރެމެން ދެމީހުންނަށް ދެވޭނެ މޫދަށް އެރެން.. ނިޒް ބާއްވާފަ ދާނީ..’*

ކުއްލިއަކަށް ނިޒްކާ އެނދުން ފުންމައިގެން ތެދުވެ ތުގާގެ ފޯނު އަތުލިއެވެ. ‘އުހުންންންން.. ނިޒް ގޮވާގެން ދާނީ.. އުންން ނޫން.. ޒަކުވާން ޕްލީޒްޒް..’ އޭނާ ފޯނު ކަންފަތަށް ޖަހާގެން ހުރެ ވާހަކަ ދެއްކިއެވެ. ނަމަވެސް ތުގާ އޭނާގެ ފޯނު އަތުލާކަށް ނޫޅުނެވެ. އޭނާ ނުހަނު ހަމަ ޖެހިލައިގެން ހުރެ ނިޒްކާ އާއި ދިމާލަށް ބަލަން ހުއްޓެވެ. ނިޒްކާ އަނެއްކާވެސް ޒަކުވާންއަށް ގޮވާލިއެވެ. ނަމަވެސް އޭނާއަށް އެކޮޅުން ޖަވާޞެއް ނުލިބުމުން އޭނާ އެފޯނަށް ބަލާލިއެވެ. އެވަގުތު ތުގާ ބާރަށް ހީނގަންނަމުން ނިޒްކާގެ އަތުން ފޯނު ނެގިއެވެ. އޭރުވެސް ނިޒްކާ ހުރީ ވާނުވާގައެވެ. ތުގާ ގެ ބާރު ހުނުމުގެ އަޑަށް ޖެހިގެން ހުރި ކޮޓަރީގައި ތިބި ލަވްޒާ އާއި ޒައިނީ އެކޮޓަރިއަށް ދެމިގަތެވެ.

‘އޯހް މައި..’ ޒައިނީ ތުގާ އަށް ބަލަމުން ވައި އަޑުން ބުނެލިއެވެ. ‘ތުގާ ގެ ސިކުނޑި އުދުހިގެން ދިޔައީ ކަންނޭގެ..’ ލަވްޒާ ނިތްކުރީގައި ޖަހާލަމުން ތުގާގެ އެނދުގައި އިށީނެވެ. ޒައިނީ ގޮސް ވާނުވާގައި ހުރި ނިޒްކާގެ އަތުގައި ހިފާލިއެވެ.

‘ހަހަހަ.. އަހަރެން ނިޒްކާ.. ހަހަހަ.. ހޭލައްވަން ވެގެން.. ޒަކުވާންއާއި އކީ މޫދަސް ދާން އުޅޭ ކަމަށް ހެދިގެން.. ހަހަހަ.. ހުސް ފޯނަކާ ވާހަކަދެއްކީ.. ހަހަހަ.. އެކަމް ދެން މީނަ.. ފުންމައިގަނެގެން އައިސް ފޯނު އަތުލާފަ.. އުހުންންން.. އަހަރެން ވެސް ދާނަމޯ.. އަހަހަ.. އެހެންނާ..’ ތުގާ ހެމުން ހެމުން ވީގޮތް ކިޔާދިނުމާށް މަސައްކަތް ކުރަމުން ދިޔައެވެ. ޒައިނީ އާއި ލަވްޒާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ހީނގަތެވެ. ނިޒްކާއަސް ވީގޮތް އޮޅުން ފިލުމުން ދުރުގައި އޮތް ބާލީސް ނަގާ ތުގާގެ މޫނަށް އެއްލިއެވެ.

‘ވަޓް..؟’ ނަވްރީން އާއި ޔޫލީން އެކޮޓަރިއަށް ވަން ވަގުތު ނިޒްކާ ތުގާ އާއި ދިމާލަށް ބާލިސް އެއްލާތަން ފެނުމުން ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އޭރުވެސް ތުގާ އާއި ޒައިނީ އަދި ލަވްޒާ ދިޔައީ ހެމުންނެވެ. ‘ދިސް އިޒް ގޮނަ ބީ އަ ލޯންގް ޑޭ..’ ޔޫލީން ބޯހޫރައިލަމުން ހެމުން ދިޔަ ތިން މީހުން ހުއްޓުވޭތޯ އެދިމާލަށް ދިޔައެވެ. ނަވްރީންވެސް ނިޒްކާގެ ރުޅި ހަމަ އަކަށް އެޅުވޭތޯ ބެލިއެވެ.

**ތިރީސް މިނެޓު ފަސް**

ބަންގްޓަން ގަރލްސްގެ ނައިލީ ފިޔަވައި ހުރިހާ ކުދިން ތިބީ ކެންޓީނުގެ މޭޒު ކައިރީގައި އެންމެން އެކުގައި ސައި ބޯށެވެ. އެކަކު އަނެކަކަށް މިހާތަނަށް ވަމުން އަންނަ ގޮތް ދެމުން ދިޔައިރު އެއްބައި ފަހަރު ފަސް ކޯށްފައި އޮތް ހިޔާލުތައް ވެސް ކިޔާދެމުން ދިޔައެވެ. ‘ސެންޓްރަލް އަށް.. އަހްހް ޒައި ވަރަށް އެކްސައިޓެޑް ވެފައި މިހުރީ..’ ‘ހެހެ މީ ޓޫ..’

‘އޭތް.. އެނގޭތަ ރޭގަ ޔޫލީން އާއި ކައިލާންމެން ދެމީހުން ހޮޓެލް ކުރިމަތީގައި ތިބީ ކީއްކުރަންކަން..؟’ ކުއްލިއަކަށް ނަވްރީން ބުނެލި ޖުމުލައަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ‘ކާކު..؟ ބީޓީއެސް ކައިލާންތަ..؟ ޓެއިހުއާންގް ތަ..؟’ ނިޒްކާ އަނގައިގައި ފުރާ ކާއެއްޗެހި ބަހައްޓާފައި ވާހަކަ ދެއްކިއެވެ. ނަވްރީން ބޯޖަހާލަމުން ޔޫލީންގެ ރަތް ވެފައި ހުރި މޫނަށް ބަލާލިއެވެ. ‘ހިހިހިހި.. ގެސް ގެސް..’ ނަވްރީން އޭނާގެ ގޮނޑި މައްޗަށް އަރަމުން އަތް ޖަހަން ފެށިއެވެ. އެއާއެކު އެންމެން އަނގައިގައި އަތް އަޅާގެްނ ހުރެ ޔޫލީން އާއި ދިމާލަށް ބަލަން ފެށިއެވެ. ‘އޯހް މައި..’ ‘ޔޫލީންންން..’ ‘އައިޝް މައި ލިލް ބޭބީ އިޒް ޝައި..’ ‘ވާވް ޔޫ ޓޫ އެކްޗުއަލީ..؟’ އެންމެން އެއްފަހަރާ ވާހަކަ ދައްކަން ފެށުމުްނ ޔޫލީން މޫނު ނިވައި ކޮށްގެން ހުރެ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

‘އޫޕސް..’ ނަވްރީން ދުލުގައި ދަތް އަޅާލިއެވެ. އެއާއެކު އީނާލް ނަވްރީންގެ ފޯނު ނަގާ އޭގެއިން ރޭގައި ނަވްރީން އާއި ނައުފަލް ދެއްކި ވާހަކަ ތައް ކިޔަން ފެށިއެވެ. ނަވްރީން ލޯބޮޑު ކޮށްލަމުން ގޮނޑިގައި އިށީނދެ މޭޒުގައި ބޯ އަޅާލިއެވެ. ނަވްރީންގެ މި އަމަލުން އަނެއްކާވެސް އންމެން އެއްފަހަރާ ވާހަކަ ދައްކަން ފެށިއެވެ.

‘އޯހް..’ ‘ހަހަހަހަ ނަވް ދަ ސްނީކީ ސްނޭކް..’ ‘ނަވް އާއި ނައުފަލް މެން ދެމީހުން ވެގެން ދޯ ސެންޓްރަލް ޕާކް ޓްރިޕްޕްލޭން ކުޜީ..’

މިފަހަރު ނަވްރީން އިންތަނުން ތެދުވެ ތުން އޫކޮށްގެން ހުރެ އޭނާގެ ކޮޓަރީއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން ޔޫލީން ކޮތަރި ތަޅުލައިފައި ވުމުން ނަވްރީން ގޮސް ވަނީ އީނާލް އަދި ނައިލީ ތިބޭ ކޮޓާރިއަށެވެ. ކެންޓީނުގައި ކާންތިބި އެންމެން އެކަކު އަނެކަކަށް ބަލާލަމުން އެކުދިން އެއްފަހަރާ ހޭންފެށިއެވެ.

**************************************

‘އަހަރެން ނިދިޔަ ދީފާނަންތަ ކައިލާނޫ..’ ޔޫމިން އޭނާގެ ބާލީހުން މޫނު ފޮރުވައިލަމުން އޭނާގެ އެނދުކައިރީގައި ހުއްޓިގެން ހުރި ކައިލާނާއި ދިމާލަށް ބުނެލިއެވެ. ކައިލާން ލޯ އަޅާލުމަށްފަހު ޔޫމިންގެ ކޮޓަރީ ދޮރުމަތީގައި ހުއްޓިގެން ހުރި ޖިމްޔާންއަށް އިށާރަތެއް ކޮށްލުމާއިއެކު ޖިމްޔާން ކޮޓަރި އަށް ވަދެ ފުންމާއިގެން ޔޫމިންގެ ގައިމައްޗަށް އެރިއެވެ. އޭރު ޖިމްޔާންއާއެކު ކޮޓަރިއަށް ވަން ނައުފަލް އެކޮޓަރީގެ މޭޒުމަތީގައި ބަހައްޓާފައި ހުރި ގަޑިއަކާއި ކުޅެނީއެވެ.

‘ޖިމްޔާން!!’ ޔޫމިން އޭނާގެ މޫނު މަތީގައި އޮތް ބާލީސް ދުރަށް ހޫރައިލަމުން އެނދުމަތީގައި އިށީންދެލިއެވެ. އެވެސް ޖިމްޔާން އެނދުން ކޮށްޕާލައިފައެވެ. ޖިމްޔާން ބިންމައްޗައް ވެއްޓުމާއެކު އޭނާގެ އަނގައިން މަޑު އާހެއް ނުކުތެވެ.

ޔޫމިން އެނދުން ފޭބުމަށްފަހު އެ ކޮޓަރީގައި ތިބި ތިން މީހުންނަށް ވަކި ވަކިން ބަލާލިއެވެ. ‘ހޫން.. ކީއްވީ..’ ކައިލާން އޭނާގެ ދެ އަތް މޮޑެމުން ޒާއިކް އާއި ޖިޔާން ދެއްކި ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ކިޔާދިނެވެ. އޭނާ ހީކުރި ގޮތަށް ޔޫމިންގެ ކިބައިން ހައިރާޏކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ޔޫމީން ލޯ އަޅާލުމަށްފަހު އަނެއްކާވެސް އޭނާގެ އެނދުގައި އޮށޯތެވެ. ‘މއަހަރެންގެ ނިދި ކޮލު ދުއްވާމިލީ ބޭކާރު ކަމަކުނުން..’ ޔޫމިން އޭނާގެ މޫނު މަތީގައި ބެޑްޝީޓު އަޅާލަމުން ކުދިކިޔާގަތެވެ. ‘އެމީހުން ކުރާނެ ކަމެއް ކުރަން ބައިންދަބަ.. އަހަންނަށް ކީއް..’

‘ތިހެން ވީރު އަހަރެމެން މިދަނީ ޕާކަށް.. ޔޫމިން ނުލާ ދާނީ..’ ނައުފަލް ދޮރާއި ދިމާލަށް ހިނގައިގަންނަމުން ޔޫމިން އަށް ގޮވާލިއެވެ. އޭނާގެ އަތުގައި އެއްކަލަ ގަޑި ހަލާކުވެފައި އޮތެވެ. ޔޫމިން ހޫމް އަޅުވާލުމުން ޖިމްޔާން ހޭން ފެށިއެވެ.ކައިލާންވެސް ބަނޑުގައި އަތް އަޅާގެން ހުރެ ޖިމްޔާންގެ ބުރަކަށީގައި ޖަހަމުން ދިޔައެވެ. ނައުފަލް ވެސް އެދެމީހުންނާއެކު އެކުގައި ހެމުން ދިޔައެވެ. ‘އޯކޭ.. ޔޫ އާރ ގޮނާ މިސް ދަ ޗާންސް ޓޫ މީޓް ނައިލީ..’ ކައިލާން ހިނިގަނޑު މަތަ ކުރަން މަސައްކަތަށް ދެތިން ފަހަރަކު އެތެރެއަށް ނޭވާ ދަމާލިއެވެ. ޖިމްޔާންވެސް އިން ތަނުން ތެދުވެ ނައުފަލް ކައިރިއަށް ދިޔައެވެ. ކައިލާންގެ އަނގައިން ނައިލީގެ ނަން ނުކުތުމާއެކު ޔޫމިން އޮތް ތަނުން ފުންމައިގެން ތެދުވެ ބިންމަތީގައި ފައި ހަމަ ކުރަން މަސައްކަތް ކުރިއެވެ. ‘ވަޓް..؟؟’ ޔޫމިން އަށް ވީގޮތުން އަނެއްކާވެސް އެ ތިން މީހުން ހޭން ފެށިއެވެ. ‘އަހަރެން ދާނަން.. ކޮން އިރަކު އޮތީ ދިޔުން..؟؟’ ޔޫމިން ބޯ ކަހާލަމުން ނައުފަލް އާއި ޖިމްޔާން އަށް ބަލާލިއެވެ. ކައިލާން ބޯ ހޫރައިލިއެވެ.

*********************************************

‘އަސްލުވެސްތަ.؟؟’ ނަވްރީންއާއި ޔޫލީން އަށް އަދި ނައިލީ އަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ. ދެންމެއަކު ނަވްރީން ވަނީ ޔޫލިން އާއެކު ވަގުތު ތަކެއް ހޭދަކޮށްފައެވެ. އޭގެ އިރުކޮޅެއްފަހުން ބާކީ ތިބި އަންހެން ކުދިން އެކި ވާހަކައިގައި ހުރެ އެދެކުދިން ތިބި ކޮޓަރިއަށް ވަނެވެ. އެގޮތަށް ވަގުތުތައް ހޭދަ ކުރަމުން ދަނިކޮށް ޔޫނުސް އެކޮޓަރިއަށް ވަދެ ދިން ހަބަރަކުން އެ ކުދިން މިހާރު އެތިބީ އާގަމަ ދެމިފައިއެވެ. ނިޒްކާއާއި އީނާލް ދެލޯ ބޮޑު ކޮށްލައިގެން ތިބި އިރު ޒައިނީ އާއި ތުގާ އަދި ލަވްޒާ އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ހުރެ ފުމެނީ އެވެ. ‘އަސލުގަވެސް ބީޓީއެސް އާއެކު ތިބެނީތަ..؟’ އިރުކޮޅެއް ފަހުން ނައިލީ ވާހަކަ ދެއްކިއެވެ. ޔޫނުސް ބޯ ޖަހާލުމުން އަނެއްކާވެސް އެކުދިން އުފާފާލުކުރަން ފެށިއެވެ. ‘އަދި އެއް ވާހަކަ..’ ޔޫނުސް ދެ އަތް މައްޗަށް ނެގުމަށްފަހު ބުނެލިއެވެ. އެއާއެކު އެކޮޓަރި އެއްކޮށްހެން އަޑުމަޑުވިއެވެ. ‘މި މަސް ނިމޭކޮޅުގައި ގްރޫޕްއަށް ދެ ކުއްޖަކު ޖޮއިން ވާނެ.. އެހެން ވީމަ ޔޫ ގަރލްސް ޝުޑް ބީ ރެޑީ..’ އެއަށްފަހު ޔޫނުސް އެކޮޓަރިން ނުކުތީ އޭނާގެ ފޯނު ރިންގު ވާން ފެށުމުންނެވެ.

‘ސޯ.. ލިޒީ އާއި ޔޫނުސްގެ ގުޅުން އެހާ ރަނގަޅެއް ނޫން.. ކީއްވެ ބާ..؟’ ނަވްރީން ދަތް ދޮޅީގައި އިނގިލި ޖައްސާލމުން ވައި އަޑުން ބުންޏެވެ. ލަވްޒާ ކޮނޑުއަރުވާލިއެވެ. ‘ނަރުގަނޑޫ ދެން އުފާ ވެފަ ހުރި ހެނެއް ހިޔެއް ނުވޭ..’ އީނާލް އޭނާގެ އަތް ޒައިނީގެ ކޮނޑުގައި އަޅާލަމުން ނަވްރީންއާއި ކުރިމަތިލިއެވެ. ނަވްރީން ލޯ ކުޑަކޮށްލުމުން އީނާލްއަށް ހެވުނެވެ. ‘ދެން އުފާ ވާނެއްނު.. ނިޒް ވެސް މިހުރީ ހަމަ ޝޮކުގަ..’ ނިޒްކާ ތެދުވެ ލޯގަނޑޫ ކައިރިއަށް ޖެހިލަމުން ބުންޏެވެ. ނަވްރީން ނިޒްކާ އަށް ދޯ ދިނުމަށްފަހު އީނާލް އާއި ދިމާލަށް ދޫ ދިއްކޮށްލިއެވެ. އެއާއެކު ނަވްރީންގެ މޫނާއި ދިމާލަށް ބާލިހެއް އައެވެ. ‘އީނާ- އުހުން އެލެފަންޓޫ..’ ނަވްރީން އަކުރުތަކަށް ދަމާލަމުން ތުން އޫ ކޮށްލިއެވެ. މިފަހަރު ދޫ ދިއްކުރީ އީނާލްއެވެ. ނައިލީ އާއި ޒައިނީ އެކަކު އަނެކަކަށް ބަލާލަމުން ބޯ ހޫރައިލިއެވެ. ލަވްޒާ ނިއްކުރީގައި ޖަހާލިތަނުގައި ތުގާ ލޯ އަޅާލިއެވެ. ޔޫލީން އިން ތަނުން ތެދުވެ އޭނާގެ އެނދަށް އަރާ ދެފައި ދަމާލިއެވެ.

އެވަގުތު ނަވްރީންގެ ފޯނަށް މެސެޖެއް އައެވެ. އޭނާ އެމެސެޖު ކިޔުމަށްފަހު ތުގާ އާއި ދިމާޅަށް ހިނި އައިސްފައި ހުރެ ބަލަން ފެށިއެވެ. އީނާލް އަށް މިމަންޒަރު ފެނުމާއެކު ނަވްރީންގެ އަތުން ފޯނު އަތުލުމަށްފަހު ނައުފަލް ފޮނުވި މެސެޖު ކިޔަން ފެށިއެވެ. އޭނާގެ ކައިރީގައި ޒައިނީވެސް ނަވްރީންގެ ފޯނާއި ދިމާޅަށް ގުދުވެގެން އިނެވެ. ހަމައެއާކު އެދެމީހުންވެސް ދަތްޕިލާ ސޭލް އަޅުވާލައިގެން ހުރެ ތުގާ އާއި ދިމާލަށް ބަލަހައްޓާއިގެން އިނެވެ. ޒައިނީ ލަވްޒާ އާއި ޔޫލީންގެ ކަނފަތް ދޮށުގައި އެއްޗެކޭ ބުނެލިއެވެ. އެގޮތަށް ނިޒްކާ ފިޔަވާ ހުރިހާ ކުދިން ތުގާ އާއި ދިމާލަށް ހިނިއައިސް ހުރެ ބަލަމުން ދިޔައެވެ.

‘ޓެޑީބެއަރްރްރް.. ޔޫ އޯވް އޭން އެކްސްޕްލެނޭޝަން..’ ލަވްޒާ ބުމަ އަރުވާލަމުން ބުންޏެވެ. ތުގާ އަށް ވާނުވާ އެނގުމުން އޭނާއަށް ތިރީ ތުން ފަތުގައި ދަތް އަޅާލެވުނެވެ. އަދި ނިޒްކާ އާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް ނިޒްކާ އޭރުވެސް ހުރީ ލޯގަނޑުކައިރީގައި ކަމުން ތުގާ ތުން އޫ ކޮށްލުމަށްފަހު އޭނާގެ ފައިގެ އިނގިލިތަކާއި ކުޅެން ފެށިއެވެ.

**ޓައިމް ސްކިޕް: 15:00**

‘ނައިލީ އަވަސް ކުރޭ..’ އީނާލް އޭނާގެ ރަތް ކުލައިގެ ސައިޑްބޭގް ކޮނޑުގައި އަޅާލަމުން ލޯގަނޑު ކުރިމަތީގައި ބުރުގާ ރީތި ކުރަން ހުއްޓިގެން ހުރި ނައިލީ އަށް ގޮވާލިއެވެ. ނައިލީ ދެ ދަތް ދޭތެރެއަށް ހީރަސް ދައްޗެއް ލަމުން ހޫމް އަޅުވާލިއެވެ. އީނާލް ދެތުންފަތް ފިތާލަމުން ނަވްރީންމެންގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި އަށް ވަދުނެވެ. އޭރު ލަވްޒާ ގަޔަށް ސެންޓު ޖަހަމުން ދިޔަ އިރު ޒައިނީ އިނީ އެނދުކައިރީގައި އޭނާގެ ފޯނާއި ކުޅޭށެވެ.

‘ހެއި އީންސް..’ ޒައިނީ އަށް އީނާލް ފެނުމުން އިން ތަނުން ތެދުވެ އޭނާ ގައިގައި ބައްދާލިއެވެ. ‘ޔޫ ލކް ގޯޖަސް..’ އީނާލް ލައިގެން ހުރި ކަކުލާއި ހަމަ އަށް ދާ ހެދުމާއި ތިރިން ލައިގެން ހުރި ކަޅު ރިޕް ޖީންސް އަށް ބަލާލަމުން ޒައިނީ ބޯ ޖަހާލިއެވެ. އީނާލް ރަކިވެފައި ހުރެ އެވަރު ކަމެއް ނޫނޭ ބުނެލިއެވެ. ‘އީން ކީއްކުރަނީ މިކޮޓަރީގަ..؟’ ލަވްޒާ ލޯގަނޑން އޭނާގެ ސިފައަށް ބަލާލިއެވެ. އޭނާ އަޅާއިގެން ހުރި މަޑު ފިޔާ ތޮށި ކލައިގެ ޝޯލްއަކާއި ރަތް ކުލައިގެ މާޖެހި ޓޮޕް ކޮޅާއެކު ލައިގެން ހުރި އައިސް ބްލޫ ޖީންސްގައި އޭނާފެންނަނީ ނުހަނު ރީތި ކޮންނެވެ. ނުވީ ތާކަށް އަރާގެން ހުރި ރަތް ކުލައިގެ ލުއި ވިޓޯން ވެޖް ވެސް ހަމަ އެހާމެ އަޅައި ގަނެއެވެ.

‘ދެން އެނގޭނުން ނެސްޓާމްގެ ގޮތް..’ އީނާލް އޭނާގެ ދަބަހަށް ޒައިނީގެ ފޯނު ލަމުން ލޯއަޅާލިއެވެ. ‘އަނެއްކާވެސް ޝޯލް ފިއޭސްކޯ ގައިތަ..’ ޒައިނީ އެކޮޓަރިން ނުކުންނަން ހިނގައިގަންނަމުން އަހާލިއެވެ. އީނާލް ބޯޖަހާލަމުން ޒައިނީ ފަހަތުން ދިޔައެވެ. ލަވްޒާވެސް އެކޮޓަރީގެ ފަންކާ ނިއްވާލުމަށްފަހު އެކޮޓަރިން ނުކުތެވެ. އޭރު އީނާލްގެ ކޮޓަރީ ދޮރުމަތީގައި ނައިލީ ދެ ފައި ތަޅުވަން ހުއްޓިގެން ހުއްޓެވެ. ‘އާދެވިއްޖެދޯ އެލިފެންޓަށް..’ ނައިލީ އެކުދިން ކައިރިއަށް އަންނަމުން ބުންޏެވެ. ‘ނެސްޓަމަށް ޝޯލު އެޅިއްޖެ ދޯ..’ އީނާލް މޫނަށް ގޮތެއް ހަދާލިއެވެ. ‘ޗީޑި.. ނެސްޓަމް.. ހާދަ ފަކުރޭ..’ ނައިލީ އޯކާ ދެމޭކަމަށް ހަދާލިއެވެ.

އެވަގުތު ނިޒްކާ އާއި ތުގާ އެމީހުންގެ ކޮޓަރިން ނުކުމެ ނަވްރީން އަދި ޔޫލީންގެ ކޮޓަރި ކައިރިއަށް ދިޔައެވެ. ތުގާ ފަހަތަށް އެނބުރި ބަލާލިއިރު ހަތަރު އަންހެން ކުދިން ވާހަކަ ދައްކަން ހުރި ތަން ފެނުމުން ޔޫލީންމެންގެ ދޮރުގައި ތަޅާގަތެވެ.

‘އޭތް.. ދެ މީހުން ތިތާ ކީއްތިކުރަނީ..؟ ފާރު ތަކުގައި ހޭކެމުންތަ ކަމެއްވެސް ކުރެވެނީ..؟’ ތުގާގެ ބާރު އަޑު މުޅި ހޮޓެލުގައި ގުގުމާލިއެވެ. ނިޒްކާ ދެކޮޅަށް ބަލާލަމުން ތުގާގެ ބޮލުގައި އޭނާގެ ރަތް ކުލައިގެ ‘ޑޯރކް ޑައިރީޒް މެކެންޒީ ހޮލިސްޓަރ ސްޓައިލްގެ’ ދަބަހުން ޖަހާލިއެވެ. ‘އާހް..’ ‘ކޮން އާސްއެއް ކިޔާކަށް.. މިހާރުވެސް އެންމެން އެޔޮށް ބަލަނީ..’ ނިޒްކާ ވައި އަޑުން އެހެނަސް ހިތް ހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. ތުގާ އަށް ރިސެޕްޝަންގެ މޭޒު ކައިރީގައި އިން އަންހެން މީހާ އަށް ބަލާލެވުނެވެ. އޭރު އެމީހަކު ހުރީ އޭނާ އާއި ދިމާލަށް ގޮތަކަށް ބަލާށެވެ. ތުގާ ދެލޯ ބޮޑު ކޮށްލުމަށްފަހު ނައިލީމެން ތިބި ތަނަށް ދުވެފައި ދިޔައެވެ. ނިޒްކާ އެސްފިޔަ ތަޅުވާލަމުން ދޮރުގައި ޓަކި ތަޅަން އަތް ހިތްލައިލިތަނާހެން ޔޫލީން ބަން ލާފައި ދޮރު ހުޅުވުމަށްފަހު ދުވެފައި ކަހަލަގޮތަކަށް ހޮޓެލުން ނުކުންނަން ދިޔައެވެ. ނަވްރީން އޭނާގެ ބޮލުގައި އަޅާގެން ހުރި ނިއޯން ފިޔާތޮށި ކުލައިގެ ބޭސްބޯލް ކެޕް ރީތި ކޮށްލަމުން ޔޫލީން ފަހަތުން ދުވެފައި ދިޔައެވެ. އީނާލްގެ ގަޔަށް އެރި ނޭނގޭ ބާރަކާއި އެކު އެދެކުދިންގެ ފަހަތުން އޭނާވެސް ދުވަން ފެށިއެވެ. އޭރު އެ ތިން ކުދިންނަށް މަގުމައްޗަށް ނުކުމެވުނު ކަމެއްވެސް ނޭނގެ އެވެ. ނައިލީ އާއި ޒައިނީ އެކަކު އަނެކަކަށް ބަލާލުމަށްފަހު ބޭރުގައި ޕާކު ކޮށްފައި ހުރި ޔޫނުސްގެ އެއްކަލަ މަރސީޑްސް އަށް އަރަން ދިޔައެވެ. ފަހަތުން ބާކީ ތިބި ކުދިންވެސް ދިޔައެވެ. ކުރިން ދުވަމުން ނުކުތް ތިން ކުދިން އޭރު އެކާރަށް އަޜާ ހަމަ ޖެހިލައިފިއެވެ.

އިރުކޮޅެއްނުވެ ހުޅުމާލޭގެ މަގުތަކުގައި އެ ކާރު ބާރު ދުވެލީގައި ދުއްވަމުންދިޔައެވެ. ކާރުތެރޭގައި ލަވްޒާ އާއި ތުގާ ފޯނާ ކުޅެމުން ދިޔައިރު ބާކީ ތިބި ކުދިން އެކި ވާހަކަތަކުގައި އިނެވެ. ޔޫނުސް ވެސް އެކުދިންނާއި ދޭތެރެއަކުން ވާހަކަ ދައްކާލާހެދިއެވެ. ކާރު ދުއްވާތާ ދިހަ ވަރަކަށް މިނެޓު ފަހުން އެކާރު ސެންޓްރަލް ޕާކު ކުރިމަތީ މަޑު ކޮށްލިއެވެ.

*************************

‘އެޔޮށް އައީ..’ ނައުފަލް އޭނާގެ އަތުގައި އޮތް މާބޮނޑި މެޔާއި ކައިރި ކޮށްލަމުން ކައރީގައި ހުރި ޒަކުވާން ކައިރީ ބުނެލިއެވެ. އޭރު ޒަކުވާން އަތުގައި ކުޑަ ކޮތަޅެއް އޮތެވެ. ޒަކުވާން އޭނާލައިގެން ހުރި މުށި ކުލައިގެ ގަމީހުގައި އަތް ކާއްތާލަމުން ބޯ ޖަހާލިއެވެ. ‘ކޮފީ ސްޕިލަރ..!!’ އެވަގުތު އެތަނަށް ކައިރި ކޮށްފައި ހުރި މަރސީޑްސް އާއި ދިމާލަށް ހަޅޭއްލަވަމުން ޖިމްޔާން ދުއްވައިގަތެވެ. ބިންމަތީގައި ގުޅައަކަށް ޖެހިފައި ކައިލާން އޮތް ތަން ފެނުމުން ޖިމްޔާން އެދިޔައީ އޭނާ ކޮށްޕާލއިފައި ކަން ނައުފަލް އަށް ދެނެގަނެވުނެވެ. އަވަސް އަވަހަށް ކައިލާންގެ އަތުގައި ހިފާލަމުން އޭނާ އިންތަނުން ކޮޅަށް ނެގިއެވެ. ކައިލާން އަތުގެ ޝަހާދު އިނގިލި ތުންފަތް ކައިރިއަށް ގެންނަމުން ޖިމްޔާން ފަހަތުން މަރސީޑްސް ކައިރިއަށް ދިޔައެވެ. އޭރު ޔޫލީން، ނަވްރީން އަދި އީނާލް ކާރުން ފޭބި ގޮތަށް މުޅި ތަނުގައި ކުޑަކުދިން ފަދައިން އެކަކު އަނެކަކު އަތުގައި ޖެހޭތޯ ދުވަމުން ދިޔައެވެ. ވެލް ދޭ އާރ ސްޓިލް އަންޑަރ އަށާރަ.. ނައުފަލް ހިތާ ހިތުން ބުނެލިއެވެ. އެވަގުތު ކައިލާން ޔޫލީން ފަހަތުން ދުވަން ފެށޫމާއެކު ނަވްރީން އާއި އީނާލްއަށް އެކަކު އަނެކަކަށް ބަލާލުމަށްފަހު އަނގައިގައި އަތް އަޅާގެން ހުރެ ހޭނެ ފެށިއެވެ. ނައުފަލް ވަގުތު ބެލުމަށްފަހު ނަވްރީން ގާތަށް ގޮސް އޭނާގެ ލޯމަތީގައި އަތް އަޅާލިއެވެ.

‘ހިހިހިހި ބަލާ ހަތަރު ކުއްޖަކު މިހާރުވެސް.. ހަހަހަ’ ޒައިނީ ކާރުން ފޭބި ވަގުތު އޭނާއަށް ފެންނަމުން ދިޔަ މަންޒަރުން އޭނާއަށް ހެވުނެވެ. ފަހަތުން ފޭބި ނައިލީ އާއި ނިޒްކާއަށް ވެސް އަނގަމަތީ އަތް އަޅާއިގެން ހުރެ ހެމުން ދިޔައެވެ. ނަމަވެސް ޒައިނީ އަށް ހުއްޓެވުނީ އޭނާ ކައިރީގައި ދެ އަތް ފުރަގަހަށް ލައިގެން ހުރި ޖިމްޔާން ފެނުމުންނެވެ. ‘މައި ޗިޕްސް ޕެކެޓް.. އާހްހްހް..’ ޒައިނީ ދެ ފައި މައްޗަށް ފުމެމުން ޖިމްޔާން ގައިގައި ބައްދާލިއެވެ. ޖިމްޔާންވެސް ރަކި ވެފައި ހުރެ ޒައިނީގެ ކަރުގައި އަތް ވަށާލިއެވެ. ‘މިހާރު އެހެން ދެ ކުއްޖަކު ޒައިގެ ލިސްޓަށް އިތުރު ކުރަމާ..؟’ ޖިމްޔާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. ޒައިނީގެ ހިނިތުންވުމުގެ އަޑު ޖިމްޔާންގެ ކަންފަތަށް އަޑު އިވުނީ މިއުޒިކެއް ފަދައިންނެވެ. އެއާއެކު ދެމީހުން އަތު ގުޅުވައިލައިގެން ޕާކުގެ ބެންޗަކާއި ދިމާލަށް ދިޔައެވެ.

‘ޔާހް..’ ނަވްރީންއަށް ހަޅޭއަލަވައިގަނެވުނެވެ. އަދި އޭނާގެ މޫނުމަތީގައި އޮތް އަތް ނައްޓުވަން މަސައްކަތް ކުރިވަގުތު އެމީހަކުގެ ހުނުމުގެ އަޑު އޭނާއަށް އިވުނެވެ. ވަގުތުން ނަވްރީން ހިނިއައިސްހުރެ ފަހަތަށް އެނބުރުނެވެ. އޭރު ނައުފަލް އިނީ އެއްފައި މައްޗަށް ތިރިވެ ދެ އަތުން މާބޮނޑި ހިފައިގެންނެވެ. ނަވްރީންއަށް އިސް ޖަހާލެވުނެވެ. ‘ދެން ތި ނަގާބަ..’ އީނާޅް ވައި އަޑުން ނަވްރީންގެ ކަންފަތް ދޮށުގައިބުނެލިއެވެ. ‘ނޫން.. ނުކެރޭނެ..’ ނަވްރީން އޭނާގެ ކޯތާފަތް މަތީގައި އަތް އަޅާލަމުން ކުރިން ދުވަހު ނައިލީ ވެއްޓުނު ފެންގަނޑާއި ދިމާލަށް ދުއްވައިގަތެވެ.

‘ސޮރީ އަބައުޓް ދެތް.. ނަވް އެއުޅެނީ ލަދުން..’ އީނާލް ނައުފަލްގެ މާބޮނޑިން މަލެއް ނެގިއެވެ. ‘ހެހެ.. އެއީ ސޮރީ ބުނާ ވަރުކަމެއްތަ..؟’ ނައުފަލް ތެދުވެ ނަވްރީން ދިޔަ ދިމާލަށް ބަލަމުން ބުނެލިއެވެ. އީނާލް ތުންފަތުގައި ދަތް އަޅާލަމުން ނައިލީ، ތުގާ، ނިޒްކާ އަދި ލަވްޒާ މެން ތިބިދިމާލަށް ދުއްވައިގަތެވެ. ގަރލްސް.. ނައުފަލް ބޯ ހޫރައިލަމުން ނަވްރީން ދިޔަ ދިމާލަށް ދިޔައެވެ.

ޔޫލީންއަށް އަދިވެސް ކައިލާންގެ ހިލަމެއް ނުވެއެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި އޭނާ ދުވަމުންދިޔައީ އޭނާގެ ހިތުން ނަވްރީން އާއި އީނާލް އަތުނުޖެހެވޭތޯއެވެ. ޔޫލީން ދުވެލި ބާރުކޮށްލިއެވެ. ނަމަވެސް އެވަގުތު ކައިލާން އަށް ޔޫލީންގެ އަތުގައި ހިފުމަށްފަހު ތިރިއަށް ވައްޓާލުމާއެކު ޔޫލީންއަށް ހަޅޭއްލަވައިގަނެވުނެވެ. ކައިލާން ގަމީހުގެ އަތް އަރުވާލުމަށްފަހު ޔޫލީން ‘ބްރައިޑަލް ސްޓައިލް’ ކޮށް އުރާލިއެވެ. ޔޫލީންއަށް ކައިލާން ފެނުމާއެކު އޭނާ ދެލޯ މަރާލިއެވެ. ކައިލާން ހެމުން ހެމުން ފަޔަށް ލެވުނުހާ ބާރެއް ލައިފައި ވަކި މިސްރާބެއް ނެތި ދުވަން ފެށިއެވެ.

ނައިލީ އާއި އީނާލް ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި އިށީނދެގެން ތިބެ އެކަކު އަނެކަކުގެ ފޮޓޯ ނަގަމުން ދިޔައެވެ. ނަމަވެސް ނައިލީގެ ކޮންމެ ފޮޓޯ އެއްގައިވެސް އޭނާ ހުންނަނީ ގޮތަކަށް މޫނު ހަދައިގެންނެވެ. އެއްބައި ފަހަރު ތުން އޫ ކޮށްގެންނެވެ. އަނެއްބައި ފަހަރު ދޫ ނެރިފައެވެ. ނޫންނަމަ މޫނު ކުނިކޮށްގެންނެވެ. ‘ނެސްޓަމޫ.. މިހާރު މަންކީ އަކަށް ވީތަ..؟’ ނައިލީ އަނގައިގެ ދެކޮޅުގައި ދެއިނގިލިން ހިފައި ޗޭ ކޮށްލުމުން އީނާލްއަށް ޖެއްސުން ކޮށްލެވުނެވެ. ހަމަ އެވަގުތު ނައިލީ އޭނާގެ މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ‘ނެސްޓަމަކަށް ވުމަށްވުރެ މާ ރަނގަޅު ކަންނޭގެ.. ބްލެހް..’

ޔޫމިން އަށް ހުރެވުނީ ޖީބަށް އަތް ޖަހާގެން ނައިލީ އާއި ދިމާލަށް ބަލާށެވެ. އޭނާ ލައިގެން ހުރި އޮރެންޖު ކުލައިގެ ޓޮޕު ކޮޅު މަތިން ރަތް ކުލައިގެ ކަކުލާއި ހަމަ އަށް ދާ ޖެކެޓުކޮޅާއިއެކު ތިރިން ލައިގެން ހުރި ކަޅު ސްކިނީ ގައި އެކުއްޖާ ފެންނަލެއް ވަރަށް ރީއްޗެވެ. އަދި ކަޅު ކުލައިގެ ޝޯލު އާދައިގެ ގޮތަކަށް އަޅާއިފައި ވުމުން ޔޫމިން އަށް ވަރަށް ކަމު ދިޔައެވެ.

‘ބްރޯ.. ދޭބަ އެކުއްޖާ ކައިރިއަށް ތިހެން ނުހުރެ..’ ޖިމްޔާން އައިސް ޔޫމިންގެ ކޮނޑުގައި ޖަހާލުމުން އޭނާއަށް ފަހަތް ބަލާލިއެވެ. ޔޫމިން އަށް ޒައިނީ ބޯ ޖަހާލިތަން ފެނުމުން އޭނާ ބޮލުގެ ފަހަތް ކަހާލަމުން ނައިލީ އާއި ދިމާލަށް އަނެއްކާވެސް ބަލާލިއެވެ. އަދި ދެއަތް ފުރަގަހަށް ލުމަށްފަހު އެދިމާލަށް ހިނގައިގަތެވެ. ‘ދެޓްސް މައި ޝައި ސުގާ..’ ޖމްޔާން ހިނިގަނޑެއް ޖަހާލިއެވެ.

(ހާއި އާރމީސް.. ވެލް އަމް.. އައި ވަޒް ބޭޑް އެތް ޑިސްކްރައިބިންގް އަގެއިން ހިއަރ ޔޫ ގޯ)Shy Suga | Suga, Bts suga, Bts yoongi

(ފޮގެޓް ދަ މައިކް)

‘ނައި.. ނައި..!’ އީނާލް ކުއްލިއަކަށް ނައިލީގެ ކޮނޑުގައި ޖަހަން ފެށުމުން ނައިލީ އޭނާ ދެންމެ އަނގަޔަށް އެޅި ފެންތަށް އީނާލްގެ މޫނަށް ބުރުއްސާލެވުނެވެ. ‘އޯތް.. ކީކޭ..’ ނައިލީ އަނގަމަތީ ފުހެލަމުން ބުންޏެވެ. އޭރު އީނާލް އަނގަ ހުޅުވައިގެން ހުރެ ނައިލީގެ ފަހަތަށް ބަލަމުން ދިޔައެވެ. ނައިލީ ވާނުވާގައި ހުރެ ފަހަތށް އެނުބުރުނެވެ.

‘ހެއި..’ ޔޫމިން އޭނާގެ އަތުގެ އިނގިލި ތަކާއިކުޅެމުން ގވާލިއެވެ. އޭރު ނައިލީ އަށް ހުރެވުނީ ކުއްލިއަކަށް ޔޫމިން ފެނުމުން އެކަމުގެ ސިހުމުގައި އޭނާގެ މޭމަތީގައި އަތް އަޅާގެންނެވެ. އީނާލް އޭނާގެ މޫނު ފުހެލަމުން ޔޫނުސް ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. ޔޫމިން އޭނާގެ ހުދު ދަތްތަށް ދައްކާލަމުން (ހިނިތުންވެލަމުން) ނައިލީ ކައިރީގައި އިށީނދެލިއެވެ. ދުރުގައި ޖިމްޔާން އާއި ޒައިނީ އެދެމީހުންނަށް އަތް ހޫރުވައިތަން އޭނާއަށް ފެނުނެވެ. ނައިލީ އެތެރެއަށް ނޭވާ އެއް ދަމާލަމުން އޭނާގެ ދަބަހުން އެއްޗެއް ނެގުމަށްފަހު އެ ޔޫމިން ގެ އަތުތެރެއަށް ލިއެވެ.

‘ފޯރ ޔޫ..’ ނައިލީ ރަކި ވެފައި ހުރެ އަތުގެ ނިޔަފަތި ތަކާއި ކުޅެމުން ބުންޏެވެ. ޔޫމިން އޭނާގެ އަތުގައި އޮތް ރިހި ކުލައިގެ ޕާރުސަލަށް އެއްފަހަރު ބަލާޅުމަށްފަހު ލަދުން ވިރެމުން ދިޔަ ނައިލީ އަށް އަނެއްފަހަރު ބަލާލިއެވެ. އެއަށްފަހު އޭނާ އެ ޕާރުސަލްގެ ބޭރު ގަނޑު ލަސްލަހުން ކަނޑަން ފެށިއެވެ. އަދި އެތެރޭގައި ހުރި ފޮށިގަނޑު ހުޅުވާލުމަށްފަހު އޭގެތެރޭގައި އޮތް އެތި ނެގިއެވެ. ‘ވޯހް.. ތޭންކްސް.. ވަރަށް ސަޅި..’ ޔޫމިން އޭނާ އަތުގައި އޮތް ކެނޮން ކެމެރާއަށްމަތިން ތިރިއަށް ބަލާލަމުން އޭނާގެ ހުސްކޮށް އޮތް އަތުން ނައިލީގެ ކޮނޑުގައި ވަށާލިއެވެ. ނައިލީއަށް ހީންލެވުނެވެ. ފޮޓޯ ނެގުމަކީ ޔޫމިން ވަރަސް ކުރާހިތް ވާ ކަމެއް ކަން އޭނާއަށް ރަނގަޅަސް އެނގޭތީވެއެވެ. ޔޫމިން އަނެއްކާވެސް ފޮށިގަނޑު ތެރޭގައި ހުރި ދަނބު ކުލައިގެ އެޗެއް ނެގުމަށްފަހު އޭނާ ހިނިގަނޑެއް ޖަހާލިއެވެ. ‘އަ ސްލީޕިންގ މާސްކް.. އަހަރެން ހަމަ މިހާރުން މިހާރަށް ނިދަން ވީ ދޯ..’ ނައިލީގެ މޫނުމައްޗަށް ޖަންބު ކުލަ އެރި އެވެ. (ދެޓް މީންސް ބްލަޝިން..ނޮޓް ޖަނބުރޯލު) ޔޫމީން ހިނި އައިސް ފައި ހުރެ ނައިލީގެ ކޮނޑުމަތީގައި ބޯ އަޅާލުމަށްފަހު ލޯ މަރާލިއެވެ. ނައިލީ އަށް ހުރެވުނީ ޔޫމިންގެ އިސްތަށިގަނޑާއި ކުޅެލަ ކުޅެލައެވެ.

‘ނަވްރީންންން..’ ނައުފަލް އަށް ނަވްރީން އިށީންދެގެން އިން ބެންޗު ކައިރިއަށް ދެވުމުން އޭނާއަށް ގޮވާލެވުނެވެ. އަދިވެސް ނަވްރީން އިނީ މޫނުގައި އަތް އަޅާއިގެންނެވެ. ނައުފަލް ދެކޮޅު ބަލާލިއެވެ. ދުރުގައި ޒައިނީ އާއި ޖިމްޔާން ޔޫމިން އާއި ނައިލީ އާއި ދިމާލަސސް އިނގިލި ދިއްކޮށްފައި ހޭތަން ފެނެއެވެ. އަދި ކާރު ކައިރީގައި ހުއްޓިގެން ހުރެ ވާހަކަ ދައްކަމުން ދިޔަ ޒަކުވާން އާއި ނިޒްކާ އަދި އީނާލް ވެސް އޭނާ އަށް ފެނުނެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި ކައިލާން ޔޫލީން އޭނާގެ އަތުތެރޭގަިއ ބާއްވައިގެން ދުވަމުން ދިޔަ މަންޒަރު ފެނިފައި އޭނާއަށް ހެވުނެވެ. ހަމަ އެވަގުތު އޭނާގެ ލޮލުގެ އެއްކަނުން ޖީބަށް އަތް ޖަހާގެން ހުރި ޖިޔާން ފެނުމުން އޭނާ އެދިމާލަށް އެނބުރުނެވެ. އޭރު ޖިޔާން ހުރީ ދެ ތުންފަތް ތަތް ކޮށްލައިގެން ނަވްރީން އާއި ނައުފަލްއަށް ބަލާށެވެ. އޭނާގެ ލޮލުގައި ރުޅިވެރިކަމެއްވެސް ފާހަގަ ވާން ހުއްޓެވެ. ޖިޔާން އަށް ނައުފަލް ބަލަން ހުރި ކަން އެނގުމާއެކު ދަތް ތަކަށް ބާރުކޮށް އޭނާ އަށް ބާރަށް އަތް މުއްކަވާއިގަނެވުނެވެ. އޭނާގެ ދޮން މޫނުވެސް ގޮތަކަށް ރަތް ވިއެވެ. ނައުފަލް ދުލުގައި ދަތް އަޅާލަމުން ނަވްރީން އާއި ދިމާލަށް މޫނު އަނބުރާލިއެވެ. އޭރު އޭނާ ހުރީ ފޯނާއި ކުޅޭށެވެ. އަނެއްކާވެސް ނައުފަލް އަށް ޖިޔާން ހުރި ދިމާލަށް ބަލާލިއެވެ. ނަމަވެސް އެވަގުތު ޖިޔާންގެ ހިލަމެއް ނުވުމުން ނައުފަލް ނަވްރީން ކައިރީގައި އިށީންދެލަމުން ދެންމެ ފެނުނު މަންޒަރާއި މެދު ވިސްނަން ފެށުނެވެ.

*ނުނިމޭ*

*Omg such a long chapter.. great.. but its fine right.. don’t mind us.. hihihihihi.. see you in the next part.. byyeeee our sweet burritos.. im gonna (da one who wrote thiss chaptor..) call u luvlii readers ‘burritos’ from now on.. for fun ofcourse.. and here is a hint.. the drama is storting foinolly..*evil laugh* see ya later my sweet burritos luv uu saranghae borahae*

*Btw thinking about bringing TXT here as well.. is it a good idea or not..?*

*Oh wait.. then it wont be bts and bangtan girls oopsie daisies with caramel macchiato.. but borrowing one wont hurt will it?? Oh well.. de drama has started soo.. a lot is gon happen oh no im spoiling it.. *

*randomly starts to sing dis-ease*

*Ok talking-with-u-guys-time is over now (for now) and if you haven’t listened to Jungkook, “my time” yet.. I recommend you should.. dats the message from us to you guys.. byeee..i- ehem ehem I mean, we are gonna go to sleep now..its 8 44 pm just kidding im gonna go eat byee*

*suppose you are laughing so hard by now? Just guessing*

*byee luv you tc.. borahae saranghae*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bulletproof Girls

Level 110 Stories100 Login

We are a bunch of teens who luv to work together and write different stories. We are writers who write to amaze ourselves and you guys.. Hope u luv our stories and give us full support.. We like bieng unique and as by the name, we are ARMYS and we soooo luv BTS..There are 9 of us.. we are.. Author Ainn, Author Yoon, Author Blossom, Author Daisy Queen, Author Sparkles, Author Nixx, Author Dheen, Author Xaxa , Author Cutie AAI...Enjoy..

Other Articles

Previous

ލޯތަކަށް ކަރުނަ ގެނުވި2020

Next

އެެކުއްޖާ 2 – 16

Next
January 7, 2021

އެެކުއްޖާ 2 – 16

Previews
January 6, 2021

ލޯތަކަށް ކަރުނަ ގެނުވި2020



All Right Reserved!