Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ފަތްގަނޑު ފުރޭތަ 11

Aashii
Aashii Level 310 Stories100 Login
January 8, 2021 5 Mins Read
0 Comments

 

ފެންތަށި ބޮއެލާ، ވާހަކަ ދެއްކެވޭ ވަރަށް ވަރުޖެހުމުން އަލަމް ވާހަކަ ފެށިއެވެ. ހަމްދީބޭ ޝައުގު ވެރިކަމާއިއެކު އަޑުއަހަން ހުއްޓެވެ.

” ވީގޮތަކީ ކުޅެގެން އައިސް ވަރުބަލިވެފަ ހުރީމަ އަހަރެން ނިދަން ބޭނުންވި .. އެކަމަކު ހިތަށް އެރީ ފުރޭތަ ކަމެއް ކޮށްފިއްޔާ އެކަކަށްވެސް ނޭނގޭނެއޭ! .. އެހެންވެ ފޮތް ނަގައިގެން ކިޔަން އިނިން .. އެކަމަކު ނިދިއްޖެ އިނގޭ.!. ދެން މީ އެންމެ މަޖާ ބައި.. ! އަޑުއަހައްޗޭ .. އަހަންނަށް ނިދުނުތަނާ މީހަކު ކަންފަތް ކައިރީ އެއްޗެކޯ ބުނެފި .. މިހެން އިނގޭ ބުނީ.. ‘ އަހަރެންގެ ސޫރަ ޖެހިގެން ތިމަންނަ ދާނަމޯ ސާމި ކައިރިއަށް! ..’ ނޭނގޭ ކާކު ކަމެއް ބުނީ .. އެކަމަކު ވަރަށް ސާފުކޮށް އަޑުއިވުނު ބުނި އެތި! .. މިއީ ހަމަ އޭތި ބުނި އެއްޗަކީ؟ ..”

އަލަމް ވަރަށް ފޯރީގައި އިދެ ކިޔައިދެމުން ދިޔައެވެ.

” ދެން ތެދުވެވިއްޖެ އިނގޭ .. ވަރަށް ހޫނުވެފަ ހުރީ އޭރު .. ފަންކާ ޖަހައިގެން ނިދީ .. އެކަމަކު ތެދުވިއިރު ނިއްވާލާފަ ހުރީ .. ހެއްވާ ދޯ ވަރަށް ..”

” އަދި ތެދުވިއިރު ޓޯޓަލީވި ހުރިހާ ކަމެއް ނޫން އިނގޭ މިއީ!! ކުޑަދޮރު ލައްޕާލާފަ ހުރިއިރު ނިދާފިން އެކަމަކު ތެދުވިއިރު ހުޅުވާލާފާ .. އެކަކުވެސް ގޭގަ ނޫޅޭ!.. ހުރިނަމަތާ އެމީހެއްގެ ބޮލަށްވެސް ވަރާލާނީ!.. ދެން އަވަހަށް ކުޑަދޮރު ކައިރިއަށް ދިޔައިރު ނިޔަފައްޗެއްގެ ތޫނު ނިޝާން؟..”*

ފެށިއިރު ކިތަންމެ މަޖަލަކަސް އަލަމް ނިންމާލީ ބިރުވެރި ހަބަރަކާއިގެންނެވެ. ހަމްދީބޭގެ މޫނުމަތީގައި ހުރި ހިނިތުންވުން ގެއްލުނެވެ. މިހާދުގެ މޫނުމަތީގައި ވެސް މެއެވެ.

ހަމްދީބޭ އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު، އަލަމާއި މިހާދަށް ފުންކޮށް ނަޒަރު ހިންގާލިއެވެ. މިއީ އެދެ ޖިންނިތޯ ބަލާލަން އޭނަ ވެއްޖެއެވެ. ހަމްދީބޭ އިން ގޮޑިން ތެދުވިއެވެ. ފެންފުޅިއެއް ހިފައިގެން އެއްޗެއް ކިޔަވަމުން އޭނަ އައެވެ. އަނެއްކާވެސް ގޮޑީގައި އިށީދެ، އެ ފެންތައް މިހާދާއި  އަލަމްގެ ގަޔަށް ޖެއްސެވެ.

އެއްކަމެއްވެސް ނުވިއެވެ. މިހާދާއި އަލަމް ހުރީ އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް، އެއްކޮށް ތެމިފައެވެ. ފެންމާއްޔެކޭ ތަފާތެއް ނެތެވެ. ހައިރާންވެފައިވާ ނަޒަރު ސީދާވެފައިވަނީ ހަމްދީބޭގެ މޫނަށެވެ. އޭރު ހަމްދީބޭވެސް ކުރެވުނު ކަންތައްތަކާއިމެދު ލަދުން ވިރެނީއެވެ.

ހިމޭންވެފައިވާ ފެންޑާގެ ހިމޭންކަން ކަޑުވާލީ މިހާދުގެ ހުނުމުގެ އަޑުންނެވެ. ހިނދުކޮޅެއް ހިނދުކޮޅަކަށް އެ ހޭއަޑު ބާރުވަމުން ދިޔައެވެ. ފެންމާލި، ހޭ މާއްޔަކަށް ބަދަލުވީ ތޯއްޗެކެވެ.

އިސާހިތަކު މިހާދުގެ ހޭއަޑު ހުއްޓުނީ އަލަމްގެ ތޫލި ހަޅޭކުގެ އަޑުންނެވެ. ހައިރާންވެފައިވާ ދެ ނަޒަރު އަނެއްކާވެސް އަލަމަށް ސީދާވިއެވެ. “ބްރަދަރ.. ކިހިނެތްވަނީތަ އަޅެ؟..ކަންފަތް ބަށްވެއްޖެއޭ!! ތިހޭއަޑު ހުއްޓާކަށް ނުވޭތަ؟”

އަލަމްގެ ހިތުގައި ބިރުވެރިކަން އުފެދުނީ ފުރޭތައިގެ ހަނދާން އާވެފައެވެ. އަނެއްކާ މިހާދު ފުރޭތައަކަށް ބަދަލުވީ ބާއެވެ؟؟

” މިހާރު ހުއްޓުނީ ހަޅޭއްލަވުމާއި ލަވަކިޔުން .. ގޭމް އޯވަރ!! ”

މިހާދަށް ބުނެވުނެވެ. އޭރު ހަމްދީބޭ އޭނައަށް ބަލައިގެން ހުއްޓެވެ. ފާޑަކަށެވެ. މިހާދަށް ބުނެވުނު އެތި ރޭކާލީ ދެނެވެ. ހަމްދީބެއަކީ އިނގިރޭސި ދަންނަ މީހެއް ނޫނެވެ. އެހެންކަމުން ނޭނގިގެން އެގޮތަށް  އެ ބަލަނީ އެހެންވެ ކަން ޔަގީންވިއެވެ.

“މިކިޔަނީ މި ކުޅިވަރު ނިމުނީއޯ!! ..” މިހާދަށް އެއްޗެކޭ ނުބުނެވުނަސް އަލަމަށް ވިސްނުނީ ރަނގަޅަށް ކަމުން އެއަށްވުރެ ކުރިން ހަމްދީބޭގެ އޮޅުން ބޮޅުން ވެފައިވާ ހިތް އަލުންބަލުން އަލަމް ރަނގަޅު ކޮށްދިނެވެ.

“ވަރިހަމައޭ!! ބޭބެ ކީއްވެ އަހަރެމެން ތެއްމާލީ؟؟ ފަންޑިތަ ހެދީތަ؟؟ ފުރޭތަ ކަމަށް ދޯ ބޭބެ ހީކުރީ..” އެތައް ސުވާލެއް ކޮށްފައިވެސް މިހާދު ހީނގަތުމުން އަލަމަށް ވެސް ނުހުރެވިގެން ބާރު ބާރަށް ހުނެވެ.

ހަމްދީބޭ މަޑުން ހުރެފައި ވެސް އައޫޒުގެ ދެކަލިމަ ބާރަށް ކިޔާލީ މި ދެމީހުންގެ ހިނިގަނޑަކީ ޝައިތާނީ ހިނިގަނޑަކަށް ވާނެކަމަށް ޔަގީން ކޮށްފައެވެ. ބާރުވަމުން ދިޔަ ނަމަވެސް ނުހޭން މަސައްކަތްކުރަމުން ދިޔަ އަލަމާއި މިހާދުގެ އަނގަ މަޑުވީ އެވަގުތުއެވެ. ދެ ކުދިންނަށް ބަލައިލަމުން ހަމްދީބޭ ކާމިޔާބީގެ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

” މިފަހަރު ބޭބެ މި މޮޅުވީ … ތި ކުދިން ކުރިން މޮޅުވިއަސް، ބޭބެގެ ވަގުތެއްވެސް އައިސްފި !!!” ހަމްދީބޭ ދެއަތް ދެއަތާއި ޖަހާލިއެވެ. މިހާދާއި އަލަމްވެސް ތަންފުކެއް ދޫ ނުކުރިއެވެ.

” ބޭބެ އަހަރެމެން ދެމީހުން ތެއްމާލީމަ ބޭބެ ބިރުގެންނެވީއޭ މި!!” އަލަމް ބުނެލިއެވެ.

” ބޭބެއަށް އެނގުނު ގޮތުގައި ފުރޭތަ މީހުންނަށް ޖާސޫސް ކުރާނެ .. ފާރަލާނެ .. އެހެންވެ އަލަމަކީ އަލަމްތޯ ނުވަތަ މިހާދަކީ ފުރޭތަ ބާއޭ ހިތަށް އެރީމަ ބަލާލީ މި …”ހަމްދީބޭ އަތުގައި އޮތް ފެންތަށި ގަސްދޮށަށް ޖަހައިލިއެވެ.

” އޯކޭ ތިއީ އަލަމަށް ވީގޮތް .. އެހެންވީމަ ބޭބެގެ ހިތް ބުނަނީ އެއީ ފުރޭތަގެ ވަކިތަކެކޭ ..އެކަމަކު ފުރޭތަ އަލަމް ގާތަށް އަަންނަން ޖެހޭ ސަބަބެއް އެއްވެސް ގޮތަކަށް ބޭބެއަކަށް ނޭނގޭ!!!”

މާޔޫސީ ރާގެއްގައި ބުނެލަމުން ހަމްދީބޭ މިހާދަށް ބަލައިލިއެވެ. ” ކޮއްކޮ މިތަނަށް އަންނަން ދުވައި ނެގީ ކީއްކުރަން؟؟؟ ..” ހަމްދީބޭ އެއްސެވެ.

މިހާދު ފުންނޭވާއެއްލިއެވެ. އޭނައަށް ދިމާވި ހާދިސާ ކިޔައިދޭން އޭނަ ތައްޔާރުވެއްޖެއެވެ. ” އޯކޭ!! އަހަރެން އިނިން ޤުރުއާން ކިޔަވަން .. އަބަދުވެސް ރޭނގަޑު ނިދާއިރު ކުރާކަމަކީ އެއީ!! ދެން މިރޭ ..” މިހާދަށް ބިރުވެރިކަން އިހުސާސްވިއެވެ. ވާހަކަ ދައްކަން އުނދަގޫވީ އެހެންވެއެވެ.

” ހުމްމް !! .. މިރޭ؟؟ ބާބަކިޔު ހެދީތަ؟ މޫދަށް ދިޔައީ ދޯ .. މަސްފިހަންވެސް މީނަ ކުޅަދާނެއޭ ..” އަލަމްއަކަށް މަޑުން ނުހުރެވިގެން މިހާދުގެ ބޮލުގައި ފުއްޓައްކެއް ޖެއްސެވެ.

މިހާދު ރުޅި އަންނާނެކަން އެނގި ހުރެއެވެ. ނަމަވެސް އެގޮތަކަށް ނުވިއެވެ.

” ނޫނޭ … ކީއްކުރަން މަސްފިހަންވީ؟؟ އެއީ އަލޫ އަބަދުވެސް ކުރާ ކަމެއްނު ؟؟؟ ..”މިހާދު ހިތްހަމަނުޖެހި ނުތަނަވަސްވެފައިވި ވަގުތެއްގައި ވެސް  ހެދީ ތެދެވެ. އޭނައާއި ޚިލާފަށް ސާމިއު އާއި އަލަމް އަކީ އަބަދު އަބަދު މަޖާ ކަންތައްތައް ކުރަން އާދަވެފައިވި ބައެކެވެ. މީހަކަށް މަޑުން އެއްޗެއް ނުބުނެ ހުރެވޭނީވެސް ކެތްތެރިކަން ކޮޅުންލައި ދިޔައީމައެވެ.

” އޯހް ސޮރީ!! ދެރަވީތަ؟ ..” އަލަމް ދެރަވާކަމަށް ހަދާލައިފައިވެސް މަލާމާތް ކޮށްލިއެވެ. ސީރިއަހެއް ނެތް ކުއްޖެކޭ، މިވަގުތު މިހާދާއި އެކު ކުޅި ބަލަން ހުރި ހަމްދީބޭގެ ހިތަށް އެވަގުތު އެރިއެވެ. ” އަލަމް؟؟ މާ ކަންތައް ބޮޑުވަންޏާ އެއްވެސް ގޮތަކަށް ވާހަކައެއް ނުދައްކާނަން ..” މިހާދު އެންމެ ފުރަތަމަ ފަހަރަށް އެކުވެރިއަކާއި ވާހަކަދެއްކި އިރު ރުޅިވެރިކަން އިސްކުރެވުނީވެސް ލައްކަ ދުވަސް ފަހުންނެވެ.

” ތެދެއް .. މިހާދަށް ވާހަކަ ދައްކަން ފުރުސަތު ދީ؟؟ “ހަމްދީބޭ ނުރުހުނެވެ.  ” ހޫނނ!! ތިކިޔާ އެއްޗެއް ކިޔާ .. އަހަރެންވާ ސަލާމް ..” އަލަމް ގޮޑިން ތެދުވެ ބޭރަށް ނުކުންނަން ހިނގައިގަތެވެ. ސަމާސާ ކޮށްލިއަކަސް މާ ކަންތައް ފަލައީއެވެ.

” އަލަމް!! ދެން އެއީ އެހެން ބުނި އެއްޗެއް ނޫން!!.. އަލަމްގެ އެހީ މިވަގުތު އަހަރެމެންނަށް ބޭނުންވޭ!! .. ރައްޔިތުންނާއި މިރަށަށްޓަކައި؟؟؟ “. ހަމްދީބޭ މިހާދު ދިފާއު ކުރިއެވެ. މިހާދުވެސް އިނީ ރުޅިން ބުނެވުނު ކަމާއިމެދު މޮޔަހީވެފައެވެ.

” އޯކޭ .. އަންނާނަން ސާމިއު ވީތަނެއް ބަލާލާފަ !! .. އެސޮރު ވަނީ ކޮން ވަލަކަށް ކަމެއްވެސް ނޭނގެ .” އަލަމް އެންމެފަހުން ރުޅިވެރިކަން ދޫކޮށްލިއެވެ. ” އެ ސޮރުވީ އެސޮރުގެ ގޭގައޭ ..” މިހާދުގެ ގޮވުމަށް ބީރު ކަންފަތެއް ދެމުން ހަމްދީބޭގެ ގެއިން ނުކުތް އަލަމްގެ މިސްރާބުހުރީ ވަލާއިވީފަޅީގައި އަޅާފައި ހުރި ދެ ބުރީގެ އިމާރާތަށެވެ. ނޫނެކެވެ. މުޅިއަކުން އެހެނެއް ނޫނެވެ. އެ އިމާރާތުގެ ބިއްދޮށުގައި ހުރި ސާމިއުގެ (ޖިފުޓިގަޑާއި) ދިމާލަށެވެ.

” ޕިސްޕިސްޕިސް .. އަލަމް .. ދެން އެހެނެކޭ ކިޔާފަ އޭނަ ދާންޖެހޭތަ؟؟ ..”

މިހާދު ރުޅިއައިސްހުރެ ބުނެލިއެވެ. ” ހަމްދީބޭ ގާތުގަ ކޮއްކޮ ދެން ބުނެބަ ކޮއްކޮއަށް ދިމާވި ގޮތް!! ..” ހަމްދީބޭ ގޮޑިން އަނެއްކާވެސް ތެދުވިއެވެ.

މިހާދު ހަމްދީބޭ ދަނީ ކޮންތަނަކަށްތޯ ބަލާލިއެވެ. ހަމްދީބޭ އޭރު ކޮޓަރިއަށް ވަންނަނީއެވެ. މިހާދުވެސް ހަމްދީބޭ އާއި އެކު އެކޮޓަރިއަށް ވަންނަން ބޭނުންވީތީ އިތުރު ވިސްނުމަކާއި ނުލައި އަވަހަށް ހިނގައިގަތެވެ.

ކޮއެފުޅާ ބަލައިގެން!! ..” ހަމްދީބޭ ބުނެލިއެވެ. މިހާދު ބަލައިލި ތަނުން ހަމްދީބޭ އިޝާރާތް ކުރީ ތަޅުންގަޑަށެވެ. ތެދެކެވެ. މުޅި ތަނުގައި ފެނުގެ ކޯރެވެ.

މިހާދުގެ ފައި އެތަނުގައި ޖެހުމުގެ ކުރިން ނަގައިފިއެވެ. “ބޭބޭ ކޮބާ މޮޕުގަނޑު؟؟ …” މިހާދު އެއްސެވެ. ވަގުތުން ހަމްދީބޭ މިހާދަށް ބަލައިލިއެވެ. “ކޮޓަރީގެ އެއްފަރާތުގައި އެހުރީ … މިއަންނަނީ ހިފައިގެން ..” ހަމްދީބޭ ހިނގައިގަތީ އެދިމާލަށެވެ.

ހަމްދީބޭ އެމޮޕު ގެނައުމުން އިތުރު ސުވާލެއް ނުކޮށް މިހާދު ވަގުތުން ފެން ފޮތިލައި ނިންމައިލިއެވެ.

” ކޮއްކޮ ހާދަ މޮޅޭ!!! ކޮއްކޮ އަމިއްލައަށްދޯ ގޭގެ ހުރިހާ މަސައްކަތްތައް ކުރަނީ ..” ހަމްދީބޭ އެއްސެވެ. މިހާދަށް ޖަވާބުދޭން ފަސްޖެހެވުނީ އޭނަގެ މަންމަ ކަންތައް ކުރާގޮތް ހިތަށް އައުމުންނެވެ. ވަގުތުން އިސްޖަހާލެވުނެވެ. “ބޭބެއަށް ހީކުރެވުނީ ރަނގަޅަށްދޯ؟؟؟.. މިދުހާ އެހާ ރަނގަޅެއް ނޫން!!.. އިނގޭ އެކަން ބޭބެއަށް މާކުރިންވެސް .. އެކަމަކު ބޭބެ ތިކަން ހައްލު ކުރާނަން!!.. މިހާދަށް އަބަދަކު އަނދިރީގަ ނޫޅެވޭނެ!!.. ހަގީގަތް ތިލަވާން މާކަގިނަ ދުވަހެއް ދެނެއް ނޯންނާނެ!!!..”

ހަމްދީބޭގެ ހިތްވަރުގަދަ ބަސްތަކުން މިހާދު  އިސްނަގައި ހިނިތުންވެލިއެވެ. އެއީ އޭނަވެސް ބޭނުންވާ ގޮތެވެ. ކޮންމެ ނަމާދެއް ނިންމާ ކުރާ އެންމެ ފުރަތަމަ ދުޢާއަކީ އެއެވެ.

“އާން!! ބޭބޭ އަހަރެންވެސް ބޭނުންވާ ގޮތަކީ ތިއީ!! އަހަރެން އެކަނި ގޭގެ ހުރިހާ މަސައްކަތެއް ކުރަނީ .. ކިޔަވަން އެހާ ވަގުތެއް ނޯވޭ .. އެކަމަކު އެންމެންގެ ކުރިމަތީގައި ފޭކުހިނިތުންވުމެއް ދައްކައިގެން ހުންނަން ޖެހޭނީ .. އެއީ މަންމަ އަހަންނަށް އަންގައިފާ އޮތް ގޮތަކީ .. މީހަކަށް އެނގޭ ދުވަހަކުން މަންމަ އެދުވަހަކު އަހަރެން ބަދިގޭން ނުނިކުންވާނެ!… އާން!! ބޭބެ ތިބުނީ އެކަމަށް އޮތް ހައްލު ..ބޭބެގެ މަސައްކަތް ރަނގަޅުވާނެ ކަމަށް އުއްމީދުކުރަން!!! ..”

މިހާދުގެ ވާހަކަތަކަކީ ބިއްލޫރިކޮޅެއް ފަދަ ސާފު ތެދެކެވެ. ހަމްދީބޭގެ ހިތަށްވެސް އެތަކެއް އަސަރުތަކެއް ކުރިއެވެ. މައެއްގެ ލޯބިން މަހްރޫންވުމަކީ ހާދަހާވާ ނިކަމެތި ކަމެކެވެ.

” އޯކޭ؟؟ ހިނގާ އެދިމާލަށް މި ވާހަކަ ބަހައްޓާފައި އަހަންނަށް ދިމާވި ހާދިސާ ކިޔާލަދޭނަން!! ..” މިހާދު އަވަހަށް ސަރަންފީ ގޮނޑިއާއި ދިމާލަށް ދާން ހިގައިގަތެވެ. ހަމްދީބޭވެސް އިތުރަށް ސުވާލުކުރަން ނަހަދާ މިހާދުގެ ފަހަތުން ގޮސް އެގޮޑީގައި އިށީދެލިއެވެ.

” އޯކޭ!! އަހަރެން އިނީ ގުރުއާން ކިޔަވަން!!! .. މީގެ އެއްގަޑިއިރު ކުރިން އެއީ!! ދެން އެހެން އިންދާ ވަރަށް ހޫނު ވައިރޯޅިއެއް އައީމަ ބޭރު ބަލައިލީ.. އޭރު ކުޑަދޮރުވެސް ހުޅުވާލާފަ ހުރީ .. ފަންކާވެސް ނިއްވާލާފަ!! ދެން ކޮބާ މީގަ ހޫނުވައެއް އަންނާނެ ސަބަބެއް؟؟ .. މިއީ މައްސަލަ.. ދެން ދޮރު ހުޅުވުނު އަޑަށް ބަލައިލިއިރު ހުރީ މަންމަ.. ފާޑެއްގެ ހިންޏެއް އައިސްފައި .. ީގޮތެއް ނޭނގޭތީ އަހަރެން ބުނިން ކިހިނެކޭހޭ ވީ؟؟ ބުނީމަ ބުނީ މި ފެންތަށި ބޯލާށޭ .. އަސްލު ބަދިގޭގެ ކަންތައް އަހަންނާއި ހަވާލުކޮށްފަ އުޅުނޭ ބައްދަލައުމަކަށް ދާންވެގެން .. އޮފީހުން އެނގީޔޯ މި ފުރޭތަ ކަންތަކާއިގެން!! ދެން ހިނގައިދާށޭ ބުނެފަ ހުއްޓާ ފަނަރަ މިނަޓު ނުވަނީސް ފެނުނީމަ ހައިރާންވާނެތާ!! ސުވާލުކުރީމަ ދާންވެގެނޯ މިއުޅެނީ … ދެން އިތުރު ވިސްނުމަކަށް ނުގޮސް އެފެންތަށި ބޯލާފިން!! .. އަސްތާ؟؟ އަދި މިއެނގުނީ މިވީ ކަންތައްތައް ..އޭތި ބުއީމަ ކަރަށް ތަދެއް އަރާލާފަ ހީވީ މުޅިދުނިޔެ ހުއްޓުނުހެން!! މަންމައަށް ގޮވާލާފަ މިއަށް އަޅާފަ މިހުރީ ކޯއްޗެއްހޭ ސުވާލުކޮށްފިން .. ވަރަށް އުފާވެފައޭ އޭރު ހުރީ … މަންމަ އެހާ ރަނގަޅަކަށް ދުވަހަކުވެސް ކަމެއް ނުކުރޭ ވިއްޔާ؟؟؟ ދެން އިރުގަނޑެއް ވެގެން ތަދު ރަނގަޅުވެއްޖެ .. ނޫން އަސްލު އިރުގަނޑެއް ނޫން .. ފަސް މިނެޓު .. ބެލިއިރު މަންމަ ޖެހިތާނގާ ލަކުނުވެސް ނެތް .. ދެން ދުވަމުން ގޮސް ކޮއްކޮ ގާތުގާ ސުވާލުކުރީމަ .. ޓައްޓަޓާސް!! …

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(12)

Next

ޤާތިލް-3

Next
January 8, 2021

ޤާތިލް-3

Previews
January 8, 2021

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(12)



All Right Reserved!