Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ފަތްގަނޑު ފުރޭތަ 10

Aashii
Aashii Level 310 Stories100 Login
January 3, 2021 5 Mins Read
0 Comments

” މަންމާ ކިހިނެތްވީ ؟ .. ބުނީމެއްނު ބައްދަލައުމަށް ދާ ވާހަކަ ؟؟ ..” މިހާދު އަތުގައި އޮތް ހަތިމް މުށުތެރެއަށް ލަމުން މިދުހާ އާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު މިދުހާ ބިރެއް ފެނުނު ފަދަޔަކުން ދުރަށް ޖެހިލިއެވެ. ” އަން މި ފެންތަށި ބޮއެލާ! .. ބައްދަލައުމަށް ދާން މިއުޅެނީ !! ..”

މިދުހާ އަތުގައި އޮތް ފެންތަށި ދިއްކޮށްލިއެވެ. މިހާދު ހައިރާންވި ވަރުން އަނގަ ހުޅުވުނެވެ. މިދުހާ އަކީ ދުވަހަކުވެސް އެގޮތަށް ރަނގަޅަށް އޭނައާއި މެދު ކަންތައް ކުރި މީހެއް ނޫނެވެ. ނަމަވެސް އޭނަގެ ހިތަށް އުފާވެރިކަންވެސް ވަނެވެ. ފަސްޖެހުމެއްނެތި ފެންތަށި ބޮއެލި މިހާދަށް މިދުހާގެ މޫނުމަތީގައި ހުރި ކިބުރުވެރި ހިނިތުންވުމެއް ނުފެނުނު ކަމީ އޭނާގެ ނަސީބު ދެރަކަމެވެ.*

” އާހް ..” މިހާދުގެ ބަޑަށް ޒީލަގަދަ ތޫނުތަދެއް ވެރިވިއެވެ. ލޯމަރައިލައި އެނދުގައި އިށީދެލައި އިރުކޮޅަކަށް މަޑުކޮށްލުމަށް ބޭނުނ ވިއެވެ. ” މަންމާ!!! … މީގައި ކޯއްޗެއް ހުރީ؟؟؟ ..”

މިހާދަށް އޮޅިގެން ނަމަވެސް ސުވާލު ކުރެވުނީ ކުރިމަތީގައި ހުރި ނުފެންނަ ހިޔާލީ މަންމައާއިއެވެ. މީގެ ސިކުންތުކޮޅެއް ކުރިން މިހާދުގެ ކުރިމަތީގައި ހުރި މިދުހާ، ޖެހި ތާނގައި ލަކުނު ވެސް ނެތެވެ.

މިދުހާގެ އަޑެއް ބަޑެއް ނުއިވުމުން މިހާދަށް ލޯހުޅުވާލަން މަޖުބޫރުވިއެވެ. ގާތުގައި މަންމަ ނެތުމުން މިހާދުގެ ހަވަނަ ހިއްސު މަސައްކަތްކުރަން ފެށިއެވެ. އޭނަގެ މަންމަ ދުވެ ފިލައި ރައްކާވީ ކޮންތާކަށްބާއޭ ހިތަށް އަރާ މިހާދަށް ކޮޓަރިން ނިކުމެވުނީ އަތުގައި އޮތް ހަތިމް ހިފައިގެންނެވެ.

ބޭރުގައި އެކަކުވެސް ނެތުމުން މިހާދަށް ޝައްކުވިއެވެ. ކޮޓަރި ބަލައިލިއިރު ކޮއްކޮ  ފިލާވަޅުތައް ހަދަން އިނެވެ. މިހާދު ފެނުމާއި އެކު ހިނިތުންވެލިއެވެ.

” ދޮންބޭ ..” މަހާ ގޮވައިލިއެވެ. އެއަޑަށް އިޖާބަދެމުން މިހާދު އެނދުގައި އިށީނެވެ. “ދައްތި ކޮބާ މަންމަ .. ކޮންތާކު ހުރީ؟ ..” މިހާދު އެއްސެވެ. މަހާގެ ހަގަށް ކުއްޖަކު ހުރުމުން އެކުއްޖާ ލައްވާ މަހާއަށް ދައްތަ ކިޔުއްވަން ކުރާހާ މަސައްކަތެވެ. ” މަންމަ ކޮންއިރެއް ޝިޔާމައްތަގެ ގޭގަ ހުރިތާ!! .. މިހާރު ތިން ގަޑިއިރު ވެދާނެ ކަންނޭގެ !! ..”

މަހާގެ ޖަވާބުން މިހާދުގެ ހިތަށް ވަދެގަތީ އަމަށަކު ބިރެއް ނޫނެވެ. ދުވެފައި ކޮޓަރިން ނިކުމެވުނީވެސް މަހާ ގޮވަ ގޮވާ އޮތްވައެވެ.

ހަލުވި ފިޔަވަޅުތަކުގައި ދުވަމުން ދިޔަ މިހާދުގެ ފިޔަވަޅުތައް ހުރީ ހަމްދީބޭގެ ގެއަށެވެ. އަވަސްކުރަން ހަދައިގެން ހަތިމް ހިފައިގެން ނާދެވުނުކަމީ ނަސީބެކޭ މިހާދުގެ ހިތަށް އެރިއެވެ.

ހަމަ އެވަގުތެވެ. އެހެން މީހަކު ދުވަމުން ދިޔަކަހަލަ އިހްސާސެއްވެގެން މިހާދު އެނބުރި ބަލައިލިއެވެ. އޭނައަށް ފެނުނީ ތެޅެމުން ފޮޅެމުން ދުވަމުން އައި އަލަމެވެ. އަލަމް މި ދުވަނީ ކީއްވެ ބާއޭ ހިތަށް އަރާހާލު މިހާދު ދުވުން މަޑުކޮށްލިއެވެ.

” އޭތް އަލަމް! .. އޭތް!.. ތިދުވަނީ ކީއްވެ .. އަލަމް! .. ހުއްޓޭ!!! ..” އަލަމްގެ ކަންފަތަށް އަޑުނީވޭނެ ކަން އެނގުނު ހިނދު މިހާދު ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. މިއަޑަށް އަލަމް މަޑުކޮށްލާ މިހާދު ކަން އެނގުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލައި އޭނައަށް ދިމާވި ކަންތައްތައް ކިޔައިދިނެވެ. މިހާދުވެސް އޭނަގެ ހާދިސާ ކިޔައިދީ ދެ އެކުވެރިންގެ ހިޔާލު ހޯދީ، ހަމްދިބޭއަށް މިކަންތައް ކިޔައި ދިނުމަށެވެ.

** ** ** ** **

ރޭނގަޑު ކާން އިނދެގެންވެސް ހަމްދީބެއަށް ވިސްނެމުން ދިޔައީ ފުރޭތައާއި މެދުއެވެ. ރަށުތެރޭގައި ހިނގަމުން ދިޔަ ކަންތައްތައް އޭނައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ އެފުރޭތައިގެ ކަމެއްކަންވެސް ޚުދު ހަމްދީބޭ ނޫން އެހެން މީހަކަށް ރަނގަޅަކަށް އެނގިފައެއް ނުވެއެވެ.

އަވަސް އަވަހަށް ކެއުން ނިންމާލީ ކަމެއް ކޮށްލަން ވެގެންނެވެ. ތަށިތައް ދޮވެ ނިންމައިލައިފައި ހަމްދީބޭ ކުރާނެ ރަނގަޅު ކަމަކަށް ތައްޔާރުވީ ރަށު ރައްޔިތުންގެ ސަލާމަތަށެވެ. އުއްބައްތިއެއް ރޯކޮށް އޭގެ އަލީގައި ފަޑު ނޫކުލައިގެ ދެއްޔެއް އޮތް ތުނޑު ހިމަ ވަޅިއަކުން އެއްޗިހިތަކެއް ލިޔަމުން އޭނަ ގެންދިޔައެވެ. ކެޔޮ ގަހަކުން ދެތިން ފަތެއް ކަނޑައިގެން އިތުރު ދެ އުއްބައްތިން އޭގައި ލިޔަން ފަށައިފިއެވެ. އަނެއްކާވެސް ފަތެއްގައި އެއްޗެއް ކުރަހައިގެން އުއްބައްތިން އެ ވިރުވާލިއެވެ.

މިރޭގެ މަސައްކަތް ނިމުނެއް ކަމަކު އެކަކުވެސް އޭނަގެ އެހީއަށް ނައުމުން ހަމްދީބޭ މާޔޫސްވިއެވެ. ބިރުން ގެއިން ނުކުންނަން ވެސް އެކަކަށް ނުކެރުނީ ތޯއްޗެކެވެ. ސާމިއުއާއި އަލަމްގެ މަތިން ހަނދާންވީވެސް އެވަގުތު، އެހާ ފަހުންނެވެ.

ދޮރުގައި ޓަކިޖަހާ އަޑު އިވެންފެށީ ހަމްދީބޭ ދެފިކުރެއްގެ މަތީގައި ވަނިކޮށެވެ. އަވަހަށް ދޮރު ހުޅުވަން ހަމްދީބޭ ހިނގައިގަތީ އާންމު ރައްޔިތެއް ކަމަށް ހީކޮށް ސާފު ހިތަކާއިގެންނެވެ.

” އަހަނ .. އަލަމް؟ މިހިރީ މިހާދުތަ! .. އަވަހަށް ވަދޭ ކޮއެފުޅާ! ..” ހަމްދިބޭ ރަނގަޅަށް ދޮރު ހުޅުވައިފާ އެތެރެއަށް ވަނުމަށް ހުއްދަ ދިނެވެ. ހީކުރިގޮތާއި ހިލާފަށް މިދެކުދިންނަށް ވުމުން ހަމްދީބޭ ދެރަވި އެއްކަމަކު އެކަން ކަޝްފު ކޮށްލީ ނުލާހިކު އަވަހަށެވެ.

އަލަމާއި މިހާދުގެ ނޭވާ އޭރުވެސް ހީވަނީ އުފުރިގެން ހިނގައިދާނެހެންނެވެ. ވަރަކަށް އެމީހުން ވެސް ދުވެފިތާއެވެ. ހަމްދީބޭ ބޯހޫރައިލިއެވެ. ” ކީއްވެތަ ދުވީ އަލަމް؟ .. ފުރޭތައިގެ ހަބަރެއްލިބުނީމަތަ؟ .. މިހާދުވެސް އެހެންވެ ދޯ ދުވީ؟ ..”.

މިހާދާއި އަލަމް، ވާހަކަ ދައްކަން ބޭނުން ނުވުމުން ބޯ ޖަހާލުން ފިޔަވާ އިތުރުކަމެއް ނުކުރިއެވެ. ހަމްދީބޭ އަވަހަށް ބަދިގެ ފަރާތަށް ދުވެފައި ދިޔައީ ފެންތައްޓެއްގެ ހިސާބުވެސް އެކުދިންނަށް ނުދީ ފޮނުވާލަން ނުކެރިގެންނެވެ. އޭރު އެދެކުދިން ސަރަންފީގައި ހަމަޖެހިލަނީއެވެ.

ފެންތަށި ބޮއެލާ، ވާހަކަ ދެއްކެވޭ ވަރަށް ވަރުޖެހުމުން އަލަމް ވާހަކަ ފެށިއެވެ. ހަމްދީބޭ ޝައުގު ވެރިކަމާއިއެކު އަޑުއަހަން ހުރީ ކެތްމަދު ވެފައެވެ.

” ވީގޮތަކީ ކުޅެގެން އައިސް ވަރުބަލިވެފަ ހުރީމަ އަހަރެން ނިދަން ބޭނުންވި .. އެކަމަކު ހިތަށް އެރީ ފުރޭތަ ކަމެއް ކޮށްފިއްޔާ އެކަކަށްވެސް ނޭނގޭނެއޭ! .. އެހެންވެ ފޮތް ނަގައިގެން ކިޔަން އިނިން .. އެކަމަކު ނިދިއްޖެ އިނގޭ.!. ދެން މީ އެންމެ މަޖާ ބައި.. ! އަޑުއަހައްޗޭ .. އަހަންނަށް ނިދުނުތަނާ މީހަކު ކަންފަތް ކައިރީ އެއްޗެކޯ ބުނެފި .. މިހެން އިނގޭ ބުނީ.. ‘ އަހަރެންގެ ސޫރަ ޖެހިގެން ތިމަންނަ ދާނަމޯ ސާމި ކައިރިއަށް! ..’ ނޭނގޭ ކާކު ކަމެއް ބުނީ .. އެކަމަކު ވަރަށް ސާފުކޮށް އަޑުއިވުނު ބުނި އެތި! .. މިއީ ހަމަ އޭތި ބުނި އެއްޗަކީ؟ ..”

އަލަމް ވަރަށް ފޯރީގައި އިދެ ކިޔައިދެމުން ދިޔައެވެ.

” ދެން ތެދުވެވިއްޖެ އިނގޭ .. ވަރަށް ހޫނުވެފަ ހުރީ އޭރު .. ފަންކާ ޖަހައިގެން ނިދީ .. އެކަމަކު ތެދުވިއިރު ނިއްވާލާފަ ހުރީ .. ހެއްވާ ދޯ ވަރަށް ..” އަލަމް ހީލިއެވެ. ހަމްދިބޭއާއި މިހާދަށް ވެސް ނުހީ ނުހުރެވުނެވެ.

” އަދި ތެދުވިއިރު ޓޯޓަލީވި ހުރިހާ ކަމެއް ނޫން އިނގޭ މިއީ!! ކުޑަދޮރު ލައްޕާލާފަ ހުރިއިރު ނިދާފިން އެކަމަކު ތެދުވިއިރު ހުޅުވާލާފާ .. އެކަކުވެސް ގޭގަ ނޫޅޭ!.. ހުރިނަމަތާ އެމީހެއްގެ ބޮލަށްވެސް ވައްޓާލާނީ!.. ދެން އަވަހަށް ކުޑަދޮރު ކައިރިއަށް ދިޔައިރު ނިޔަފައްޗެއްގެ ތޫނު ނިޝާން؟..”

ފެށިއިރު ކިތަންމެ މަޖަލަކަސް އަލަމް ނިންމާލީ ބިރުވެރި ހަބަރަކާއިގެންނެވެ. ހަމްދީބޭގެ މޫނުމަތީގައި ހުރި ހިނިތުންވުން ގެއްލުނެވެ. މިހާދުގެ މޫނުމަތީގައި ވެސް މެއެވެ.

ހަމްދީބޭ އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު، އަލަމާއި މިހާދަށް ފުންކޮށް ނަޒަރު ހިންގާލިއެވެ. މިއީ އެދެ ޖިންނިތޯ ބަލާލަން އޭނަ ވެއްޖެއެވެ. ހަމްދީބޭ އިން ގޮޑިން ތެދުވިއެވެ. ފެންފުޅިއެއް ހިފައިގެން އެއްޗެއް ކިޔަވަމުން އޭނަ އައެވެ. އަނެއްކާވެސް ގޮޑީގައި އިށީދެ، އެ ފެންތައް މިހާދާއި  އަލަމްގެ ގަޔަށް ޖެއްސެވެ.

އެއްކަމެއްވެސް ނުވިއެވެ. މިހާދާއި އަލަމް ހުރީ އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް، އެއްކޮށް ތެމިފައެވެ. ފެންމާއްޔެކޭ ތަފާތެއް ނެތެވެ. ހައިރާންވެފައިވާ ނަޒަރު ސީދާވެފައިވަނީ ހަމްދީބޭގެ މޫނަށެވެ. އޭރު ހަމްދީބޭވެސް ކުރެވުނު ކަންތައްތަކާއިމެދު ލަދުން ވިރެނީއެވެ.

ހިމޭންވެފައިވާ ފެންޑާގެ ހިމޭންކަން ކަޑުވާލީ މިހާދުގެ ހުނުމުގެ އަޑުންނެވެ. ހިނދުކޮޅެއް ހިނދުކޮޅަކަށް އެ ހޭއަޑު ބާރުވަމުން ދިޔައެވެ. ފެންމާލި، ހޭ މާއްޔަކަށް ބަދަލުވީ ތޯއްޗެކެވެ.

އިސާހިތަކު މިހާދުގެ ހޭއަޑު ހުއްޓުނީ އަލަމްގެ ތޫލި ހަޅޭކުގެ އަޑުންނެވެ. ހައިރާންވެފައިވާ ދެ ނަޒަރު އަނެއްކާވެސް އަލަމަށް ސީދާވިއެވެ. “ބްރަދަރ.. ކިހިނެތްވަނީތަ އަޅެ؟..ކަންފަތް ބަށްވެއްޖެއޭ!! ތިހޭއަޑު ހުއްޓާކަށް ނުވޭތަ؟”

އަލަމްގެ ހިތުގައި ބިރުވެރިކަން އުފެދުނީ ފުރޭތައިގެ ހަނދާން އާވެފައެވެ. އަނެއްކާ މިހާދު ފުރޭތައަކަށް ބަދަލުވީ ބާއެވެ؟؟

” މިހާރު ހުއްޓުނީ ހަޅޭއްލަވުމާއި ލަވަކިޔުން .. ގޭމް އޯވަރ!! ”

މިހާދަށް ބުނެވުނެވެ. އޭރު ހަމްދީބޭ އޭނައަށް ބަލައިގެން ހުއްޓެވެ. ފާޑަކަށެވެ. މިހާދަށް ބުނެވުނު އެތި ރޭކާލީ ދެނެވެ. ހަމްދީބެއަކީ އިނގިރޭސި ދަންނަ މީހެއް ނޫނެވެ. އެހެންކަމުން ނޭނގިގެން އެގޮތަށް  އެ ބަލަނީ އެހެންވެ ކަން ޔަގީންވިއެވެ.

“މިކިޔަނީ މި ކުޅިވަރު ނިމުނީއޯ!! ..” މިހާދަށް އެއްޗެކޭ ނުބުނެވުނަސް އަލަމަށް ވިސްނުނީ ރަނގަޅަށް ކަމުން އެއަށްވުރެ ކުރިން ހަމްދީބޭގެ އޮޅުން ބޮޅުން ވެފައިވާ ހިތް އަލުންބަލުން އަލަމް ރަނގަޅު ކޮށްދިނެވެ.

“ވަރިހަމައޭ!! ބޭބެ ކީއްވެ އަހަރެމެން ތެއްމާލީ؟؟ ފަންޑިތަ ހެދީތަ؟؟ ފުރޭތަ ކަމަށް ދޯ ބޭބެ ހީކުރީ..” އެތައް ސުވާލެއް ކޮށްފައިވެސް މިހާދު ހީނގަތުމުން އަލަމަށް ވެސް ނުހުރެވިގެން ބާރު ބާރަށް ހުނެވެ.

ހަމްދީބޭ މަޑުން ހުރެފައި ވެސް އައޫޒުގެ ދެކަލިމަ ބާރަށް ކިޔާލީ މި ދެމީހުންގެ ހިނިގަނޑަކީ ޝައިތާނީ ހިނިގަނޑަކަށް ވާނެކަމަށް ޔަގީން ކޮށްފައެވެ. ބާރުވަމުން ދިޔަ ނަމަވެސް ނުހޭން މަސައްކަތްކުރަމުން ދިޔަ އަލަމާއި މިހާދުގެ އަނގަ މަޑުވީ އެވަގުތުއެވެ. ދެ ކުދިންނަށް ބަލައިލަމުން ހަމްދީބޭ ކާމިޔާބީގެ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

” މިފަހަރު ބޭބެ މި މޮޅުވީ … ތި ކުދިން ކުރިން މޮޅުވިއަސް، ބޭބެގެ ވަގުތެއްވެސް އައިސްފި !!!” ހަމްދީބޭ ދެއަތް ދެއަތާއި ޖަހާލިއެވެ. މިހާދާއި އަލަމްވެސް ތަންފުކެއް ދޫ ނުކުރިއެވެ.

” ބޭބެ އަހަރެމެން ދެމީހުން ތެއްމާލީމަ ބޭބެ ބިރުގެންނެވީއޭ މި!!” އަލަމް ބުނެލިއެވެ.

” ބޭބެއަށް އެނގުނު ގޮތުގައި ފުރޭތަ މީހުންނަށް ޖާސޫސް ކުރާނެ .. ފާރަލާނެ .. އެހެންވެ އަލަމަކީ އަލަމްތޯ ނުވަތަ މިހާދަކީ ފުރޭތަ ބާއޭ ހިތަށް އެރީމަ ބަލާލީ މި …”ހަމްދީބޭ އަތުގައި އޮތް ފެންތަށި ގަސްދޮށަށް ޖަހައިލިއެވެ.

” އޯކޭ ތިއީ އަލަމަށް ވީގޮތް .. އެހެންވީމަ ބޭބެގެ ހިތް ބުނަނީ އެއީ ފުރޭތަގެ ވަކިތަކެކޭ ..އެކަމަކު ފުރޭތަ އަލަމް ގާތަށް އަަންނަން ޖެހޭ ސަބަބެއް އެއްވެސް ގޮތަކަށް ބޭބެއަކަށް ނޭނގޭ!!!”

މާޔޫސީ ރާގެއްގައި ބުނެލަމުން ހަމްދީބޭ މިހާދަށް ބަލައިލިއެވެ. ” ކޮއްކޮ މިތަނަށް އަންނަން ދުވައި ނެގީ ކީއްކުރަން؟؟؟ ..” ހަމްދީބޭ އެއްސެވެ.

މިހާދު ފުންނޭވާއެއްލިއެވެ. އޭނައަށް ދިމާވި ހާދިސާ ކިޔައިދޭން އޭނަ ތައްޔާރުވެއްޖެއެވެ. ” އޯކޭ!! އަހަރެން އިނިން ޤުރުއާން ކިޔަވަން .. އަބަދުވެސް ރޭނގަޑު ނިދާއިރު ކުރާކަމަކީ އެއީ!! ދެން މިރޭ ..” މިހާދަށް ބިރުވެރިކަން އިހުސާސްވިއެވެ. ވާހަކަ ދައްކަން އުނދަގޫވީ އެހެންވެއެވެ.

” ހުމްމް !! .. މިރޭ؟؟ ބާބަކިޔު ހެދީތަ؟ މޫދަށް ދިޔައީ ދޯ .. މަސްފިހަންވެސް މީނަ ކުޅަދާނެއޭ ..” އަލަމްއަކަށް މަޑުން ނުހުރެވިގެން މިހާދުގެ ބޮލުގައި ފުއްޓައްކެއް ޖެއްސެވެ.

މިހާދު ރުޅި އަންނާނެކަން އެނގި ހުރެއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ލޯބިވާވަރު އަންގަދޭހިތްވޭ 8

Next

ތީއޭ އުފަލަކީ… 6

Next
January 3, 2021

ތީއޭ އުފަލަކީ… 6

Previews
January 2, 2021

ލޯބިވާވަރު އަންގަދޭހިތްވޭ 8



All Right Reserved!