Skip to content
އެސްފިޔަ

ހިރާސް (ޓްރައިލަރ)

ޒީވާ އަކީ އާދަޔާއި ހިލާފް ރީތި ސިފަ ތަކެއް ލިބިފައިވާ ކިޔަމަންތެރި ރަނގަޅު ސާލިހު ކުއްޖެކެވެ. ނަމަވެސް ޒީވާގެ ބައްޕަ ޒުހޫރު ފިޔަވައި، މުޅި އާއިލާއިންވަނީ  ސަބަބެއް ނެތި ޒީވާ ބާކީ ކޮށްލާފައެވެ. ހަމައެކަނި ބައްޕަ ޒުހޫރު ގެ އަޅާލުމާއި ލޯބި ލިބި މަންމަ ކުލްސޫމާ އަދި މުޅި އާއިލާގެ ނަފްރަތުގެ އަމާޒް ފަތްގަނޑަކަށް ޒީވާ ވަނީ ވެފައެވެ. ބޮޑެތި އަނިޔާތައް ނިކަމެތި ޒީވާ އަށް ކޮންމެ ދުވަހަކު ވެސް ލިބެއެވެ.

ނަމަވެސް މިހުރިހާ ކަމެއް  ޒީވާ މުޅި ދުނިޔެ އަށާއި އޭނާގެ ބައްޕައަށް  ސިއްރުކުރެއެވެ. މިކަންތައްތަކަށް ކެތްނުވެގެން ޒީވާ އޭނާގެ އާއިލާ އަށް ފިލައިގެން އެންމެ ގާތް ރަހުމަތްތެރިޔާ ޔޫމީންގެ ގާތަށް ދެއެވެ. ޔޫމީންގެ އާއިލާ އެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ޒީވާއަށް އިޒާން އާއި ދިމާވެއެވެ. ޒީވާ އާއި އިޒާންގެ އެކުވެރިކަން ލޯއްބަށް ބަދަލުވެ، ލޯބީގެ ބަގީޗާގައި މާފޮޅުވަމުން ދަނިކޮށް ހީވެސް ނުކުރާ ފަދަ ބޮޑު ކޮޅިގަނޑެއް ޒީވާ ހަޔާތަށް އާދެއެވެ. ޒީވާ އަށް ޒީވާގެ އަސްލު އިނގިގެންދެއެވެ. އަދި އިޒާންގެ ހަގީގަތް އިނގި އޮޅުންބޮޅުން ގަނޑެއް ތެރެއަށް ޒީވާ ދެއެވެ.

ޒީވާ އާއި އިޒާން ގެ ލޯބީގައި ސިއްކަ ޖެހޭނީ ހެއްޔެވެ؟ ޒީވާ އަށް އެނގިގެން ދިޔައީ ކޮން ހަގީގަތެއް ހެއްޔެ؟ އިޒާން އަކީ ކާކު ހެއްޔެ؟ ޒީވާގެ އާއިލާއިން ޒީވާ ބާކީ ކޮށްލެވިފައި ވަނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި ހިރާސް ސިލްސިލާގެ ހުރިހާ ބައިތަކެއް ވެސް ޝައުގުވެރިކަމާ އެކު ކިޔާނެ ކަމަށް އަޅުގަނޑު އުއްމިދުކުރަމެވެ.

 

އައްސަލާމް އަލައިކުމް..

މިވާހަކައަކީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އަސްލުނޫން ވަރަށް ގިނަކަންކަން މިވާހަކައިން ފެނިގެންދާނެއެވެ. މިވާހަކަ އިން ފެނިގެން ދާނީ މުޅިން ތަފާތު “ފިކްޝަނަލް ލަވް ސްޓޯރީ” އެކެވެ.

ކިޔުންތެރިންގެ ފަރާތުން އެންމެ ފުރިހަމަ ސަޕޯޓް މި ވާހަކަ އަށް ލިބޭނެ ކަމަށް  އަޅުގަނޑު އުއްމީދު ކުރަމެވެ. މި ވާހަކައިގެ ފުރަތަމަ އެޕިސޯޑް އިންޝާﷲ 19 ޑިސެމްބަރ ގައި ކިޔުންތެރިނަށް ކިޔާލަން ލިބޭނެއެވެ. މިއީ  ފިކްޟަނަލް އަދި ލޯބީގެ ވާހަކަ އެއްކަން އަޅުގަނޑު ކިޔުންތެރިންނަށް އަދިވެސް އެއްފަހަރު ހަނދުމަ ކޮށްދެމެވެ.

ޝުކުރިއްޔާ..

Comments (2)

  1. RrYn

    Varah reethi vaane hen hyvany!! varah reethu
    i trailer ves!! ?

    1. Annora
      RrYn

      Awnn thank yew dear RrYn ❤️? it means a lot? v happy vehjje trailer kamudhiya eema ❤️?? insha allah mirey 1st part fenigendhaane .❤️

Comments are closed.