Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (12)

Bulletproof Girls Level 110 Stories100 Login
January 1, 2021 10 Mins Read
1 Comment

*’އައި ލަވް ޔޫ ޓޫ..’ ޔޫލީން ވައި އަޑުން ބުނެލުމަށްފަހު އޭނާގެ އަތުތެރޭގައި އޮތް ކައިލާންގެ އަތާ ކުޅެން ފެށިއެވެ. ކައިލާން ޔޫލީންގެ ދަތް ދޮޅީގައި ހިފަހައްޓާލުމަށްފަހު މަޑުމަޑުން ޔޫލީންގެ މޫނާއި ދިމާޅަށް ގުދު ވެލިއެވެ. ޔޫލީން އަވަސް އަވަހަށް ދެލޯ މަރާލިއެވެ.*

ކައިލާން ލަސލަހުން ޔޫލީންގެ މޫނާއި ދިމާލަށް ގުދުވަމުން ދިޔައެވެ. ޔޫލީންވެސް ލޯ މަރާގެން ގަނޑު ވެފައި ހުރި އައިސް ގަނޑެއް ފަދައިން ހުއްޓެވެ. ނަމަވެސް…

ކުއްލިއަކަށް ހޮޓެލް ގެ ބޭރު ދޮރު ހުޅުވުނު އަޑަށް ޔޫލީން އަށާއި ކައިލާން އަށް ފުންމައިގެން ދުރަށް ޖެހެވެވުނެވެ. ދޮރުމަތީގައި ހުރި ނަވްރީން ފެނި ޔޫލީން އަށް އަނގައިގައި އަތް އަޅާލެވުނެވެ. ކައިލާން ވެސް ގޮތަކަށް ފަޔާ ދިމާލަށް ބަލަން ހުއްޓެވެ.

**ނަވްރީންގެ ނަޒަރުން**

އަހަރެން އެނދުން ތެދުވީ ކަރު ހިއްކައިގެންފައިވިލެއް ބޮޑު ކަމުންނެވެ. އޭރު ގަޑިން އެގާރަ ގަޑި ބައި ވަނީ އެވެ. އަހަރެން ކޮޓަރިން ނުކުތުމުގެ ކުރިން އަހަރެންގެ އިސްޓާކީނަށް އެރީމެވެ. އަހަރެން ނައިލީ އަދި އީނާލްގެ ކޮޓަރީ ކުރިމަތީގައި ހުރި ފެން ޖަގުް ފެން ފޮދެއް ބޯލުމަށްފަހު ބޭރަށް ނުކުމެލުމުގެ ބޭނުމުގައި އަހަރެން ހޮޓެލްގެ މައިދޮރު ހުޅުވައިލީމެވެ. އޭރު އަހަރެން އަތުގައި އަހަރެންގެ އިންހޭލާރ ވެސް އޮތެވެ. އަހަރެންގެ އަތް ދިގު ނިދާ ހެދުމާއެކު ލައިގެން ހުރި ދިގު ހަރުވާޅުވެސް ހަމަ ‘ޕްލެއިން’ ކަޅެއެވެ. ބޮލުގައި އަހަރެންގެ ކެޓް އިއަރ ބޭންޑް އޮތެވެ. އަހަރެން ހޮޓެލްގެ މައިދޮރު ހުޅުވާލުމަށްފަހު ބޭރަށްނުކުމެލީމެވެ.

ނަމަވެސް އަހަރެން ފިޔަވަޅެއް ކުރިޔަށް އަޅާލުމާއެކު ކުރިމަތިން ފެނުނު މަންޒަރުން ހުރިތަނަށް ހުއްޓުނެވެ. ބަލާބެލުމަށް އެދެމީހުން އެ ތިބީ ކުއްލި ގޮތަކަށް ދުރަށް ޖެހިފައި ކަން އަހަރެންނަށް އެނގުނެވެ. ޔޫލީން އަހަރެންނާއި ދިމާލަށް އަނގައިގައި އަތް އަޅާގެން ހުރެ ބަލަން ހުއްޓެވެ. އޭނަ ކައިރީގައި ހުއްޓިގެން ހުރި ކައިލާން ހުރީ ތުންފަތް މަތީ ދަތް އަޅާގެން ހުރެ އެހެން ދިމާޅަކަށް ބަލާށެވެ. ވެގެން އުޅޭ ގޮތް އަހަރެންނަށް ސާފު ވުމާއެކު އަހަރެން ކައިރި އަށް އައި ހިނިގަނޑޫ މަތަ ކޮށްލަން މަސައްކަތް ކުރީމެވެ. ޔޫލީން އަހަރެންނާއި ދިމާލަށް ބަލަން ހުރުމަށްފަހު ދޫ ކޮށްލި ދޫންޏެއް ފަދައިން ދުވެފައި ގޮސް ހޮޓެލް ތެރެއަށް ވަދުނެވެ.

އަހަރެން ކައިލާން އަށް ބަލާލީމެވެ. އޭނާ ހުރީ ޔޫލީން ދިޔަ ދިމާލަށް ހިނިއައިސް ހުރެ ބަލާށެވެ. އަހަރެންވެސް އޭނާއާއި ހަތަރު ކަޅި ހަމަ ކޮށްލުމަށް ފަހު ހީނލީމެވެ. ކައިލާން އަތް ހޫރައިލުމަށް ފަހު އޭނާ މަގު ހުރަސްކޮށް އަހަރެންގެ ލޮލު ކޮޅުން ގެއްލުނެވެ.

އަހަރެންނަށް ކޮޓަރިއަށް ދެވުނު އިރު ޔޫލީން އިނީ ދޮރު މަތީ ގައި ކަކޫ ޖަހާގެން އަހަރެންނާއި ދިމާލަށް ބަލާށެވެ. އޭނާގެ ތުންފަތް މަތީގައި ކުޑަ ހިނި ތުން ވުމެއް ކުޅެލައިފައި ވެއެވެ. އަހަރެން ޔޫލީންގެ އަތުގައު ބާރަށް ހިފައި ލުމަށްފަހު ކޮޅަށް ނެގީ މެވެ. އޭނާ އަވަސް އަވަހަށް ތުވާލި ނަގާ ނިދަން ލާހެދުން ނެގުމަށްފަހު ފާހަނަ އަށް ވަދުނެވެ. އަހަރެން އެނދުގެ ފަޑިގައި ލެނގިލީމެވެ. އަދި ޔޫލީން ނުކުންނާނޭ އިރަކަށް މަޑު ކުރީމެވެ.

އިރުކޮޅެއް ނުވެ ޔޫލީން ހެދުން ބަދަލު ކޮށްލުމަށް ފަހު އަހަރެން ކައިރީ ގައި އެނދުމަތީ އިށީންދެލިއެވެ. އަހަރެން ހިނިއައިސްހުރެ ޔޫލީން އާއި ދިމާލަށް ބަލާލީމެވެ. ‘ޓެލް މީ އެވްރީތިންގ ސްވީޓީ..’ އަހަރެން މަންމަ އެއް ފަދައިން ޔޫލީންގެ ބޮލުގައި ފިރުމަން އިނީމެވެ. އޭޏާ އެވަގުތު ވީ ހުރިހައި ކަމެއް އަލިފުން ޔާ އަށް ކިޔާ ދިނެވެ. އަހަރެން ކަނުލާ އަޑު އެހީމެވެ.

‘ދެން އަހަރެންނަށް އެނގިއްޖެ އެ ބުނާ އެއްޗެއް.. ސޯ.. އައި ސެއިޑް..’ ޔޫލީން އަހަރެންގެ ނަޒަރުން ސަލާމަތް ވެލިއެވެ. އޭނާ ގެ މޫނު މަތި ވަނީ ރަތް ކުލަ އަރާފައެވެ. ‘ޔޫ ސެއިޑް ޔެސް..؟’ އަހަރެން ހިނި އައިސް ހުރެ ބުނެލީމެވެ. ޔޫލީން ރަކި ވެފައި ހުރެ އަހަރެންގެ އަތުގައި ޖަހާލިއެވެ. އެގޮތަށް އަހަރެމެން ވާހަކަ ދައްކަން އިނުމަށްފަހު އެނދު މަތީގައި އޮށޯވެލީމެވެ.

***********************************

‘ހަހަހަހަހަހަ…’ ނައުފަލްގެ ބާރު ހިނި ގަނޑުގެ އަޑު އެ ކޮޓަރި ތެރެއިން އިވެމުން ދިޔައެވެ. ކައިލާން އޭނާގެ އެނދުގައި ލޯމަރާލައިގެން ނައުފަލްގެ ޖެއްސުމުގެ އަޑު އަހަން އޮތެވެ. އެހެންނަމަވެސް އޭނާ ގެ އެއް ކަންފަތުން އަޑު އިވުމަށްފަހު އަނެއް ކަންފަތުން ނުކުންނަ ފަދައެވެ. ނައުފަލް އަދިވެސް ދިޔައީ ހެމުންނެވެ.

‘އާރ ޔޫ ސީރިއަސް..؟ ދަންވަރު ކުޅެން ދިޔަ ގޮތަށް ޔޫ ކޭމް ބެކް ވިތް-‘ ނައުފަލް ގެ ޖުމުލަ މެދު ކަނޑާލަން މަޖުބޫރު ވީ ކައިލާން އޭނާ އާއި ދިމާލަށް ބާލީސް އުކުމުންނެވެ. އޭރު ކައިލާންގެ ލޮލުގައި ލަދުވެތި އަސަރު ފެންނަން ހުއްޓެވެ. ނައުފަލް ލޯ އަޅާލުމަށްފަހު އޭނާގެ ބާލީސް ނަގާ ކައިލާންގެ މޫނަށް އެއްލިއެވެ. އެގޮތަށް އިރުކޮޅަކު ދެމީހުން ބާލީސް އެއްލުމުގެ މުބާރާތެއް ކުރިޔަށް ގެންދިޔައެވެ.

ކުއްލިއަކަށް ނައުފަލްގެ ފޯނު ރިންގު ވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަމްބަރެއް ނަމަވެސް އޭނާ އެ ފޯނަށް ޖަވާބު ދިނެވެ. ‘އަމް.. ހެލޯ..؟’ ނަމަވެސް ނައުފަލްއަށް ދެން ހުރެވުނީ ދެ ލޯބޮޑުކޮށްގެން އާގަމަ ދެމިފައެވެ.

************************************

ޔޫލީން ނިދިހައި ތަނުން ނަވްރީން އެނދުގައި އިށީނދެލުމަށްފަހު އޭނާގެ ލެޕްޓޮޕް ނެގިއެވެ. އޭރު ގަޑިން މެންދަންވެ، އެއް ގަޑި ބައި ވަނީ އެވެ. އޭނާގެ ލޮލަށް ނިދި ފިޔައެއް ވެސް ނާންނަ ފަދައެވެ. ނަވްރީން ގޫގުލް ހުޅުވައިލުމަށްފަހު ކޮންމެވެސް މީހެއްގެ ނަން ސާރޗް ކޮށްލިއެވެ. ނައުފަލްގެ ފޮޓޯ ތައް އޭނާގެ ސްކްރީން ފުރެން ދެކަށް އަރާ ހުއްޓެވެ. ނަވްރީން ހުވަފެނީ ގޮތަކަށް ހިނިތުންވެލުމަށްފަހު އޭނާ ގެންގުޅޭ ހެކިން އެޕް އެއް ހުޅުވައިލިއެވެ. އޭނާ އަށް މިހާރު ވަނީ ނައުފަލްގެ އީމެއިލް އެޑްރެސް ހޯދައިފައެވެ. ކުރިޔަށް ދެން އޮތް ހެކިންގ ގެ ކަންތަށް ނަވްރީން ފެށިއެވެ.

ތިރީހަކަށް މިނެޓުފަހުން ނަވްރީންއަށް ނައުފަލްގެ މެއިލް ޕާސްވަރޑް އަދި ފޯނު ނަމްބަރު ހޯދުނެވެ. އުފަލުގެ ކޮޅެއް ވެސް ނެތެވެ. ނަވްރީން އިންތަނުން ތެދުވެ، ބީޓީއެސް ގެ އެންމެ ފަހުން ނުކުތް ލަވަ، ލައިފް ގޯޒް އޮން ކިޔަން ފެށިއެވެ. އަދި ގޮތަކަށް ނަށާލިއެވެ.

ނަވްރީން އޭނާގެ ފޯނު ނަގާ އެ ނަމްބަރަށް ގުޅާލިއެވެ. އެކޮޅުން ނަގާނެ ކަމަށް އުންމީދު ކޮށްގެނެއް ނޫނެވެ. ގިނައިރެއް ނުވެ އެކޮޅުްނ ފޯނު ނެގިއެވެ. ‘އަމް.. ހެލޯ..؟’ ނައުފަލްގެ އަޑު ނަވްރީންގެ ފޯނުން އިވުމާއެކު ނަވްރީން ތޫލި އަޑަކުން އަޑެއް ލައްވާލެވުނެވެ. ނަމަވެސް ދެން އިވެމުން ދިޔައީ ނަވްރީންގެ ފަންކާގެ އަޑާއި ނައުފަލްމެންގެ ކޮޓަރީގައި ކައިލާން ސަކަރާތް ޖަހާ އަޑެވެ. ދައްކާނެ ވާޙަކަ އެއް ނޭނގި ހުރެ ނަވްރީން ފޯނު ކަނޑާލުމަށްފަހު ނައުފަލްގެ ނަމްބަރަށް މެސެޖެއް ކޮށްލިއެވެ.

ނަވްރީން: އަމް ހައި.

ނައުފަލް: ހެއި.. އިޒް ދިސް އަމް.. ނަވްރީން ފްރޮމް ބަންގްޓަން ގަރލްސް..؟

ނަވްރީން: ޔެސް.. ޔޫ މަސްޓ ބީ ނައުފަލް.

ނައުފަލް: ކިހިނެތް އަހަރެންގެ ނަމްބަރު ހޯދީ..؟

ނަވްރީން: ހޯދި ގޮތް ނާހާ.. ހޯދިފަ މިއޮތީ..

********************************

ނައުފަލް އަށް އަދިވެސް ގަބޫލު ނުކުރެވޭ ފަދައެވެ. މިއޮށް ހުރިހާ ދުވަހު އެންމެ ވާހަކަ ދައްކާލަން އަދި އެކުވެރިވާން ބޭނުންވި ކުއްޖަކާ ވާހަކަ ދެއްކޭ ކަމެވެ. އަދި ނުވީތާކަށް ނަވްރީންދެކެ ލޯބިވެވިފައިވާ ކަމެވެ. ނައުފަލް ދިޔައީ ނަވްރީން އަށް ވާހަކަ ދައްކަމުންނެވެ. ކައިލާން އިނީ ނައުފަލްއަށް ނޭނގި އެދެމީހުން ކުރަމުންދާ މެސެޖު ތައް ކިޔާށެވެ.

އެގޮތަށް ތިން ގަޑީ ބައި ވަންދެން ނައުފަލް އަށް ހުރެވުނީ ނަވްރީން އާއި ވާހަކަ ދައްކާށެވެ. އޭރު ކައިލާންވެސް ނިދައިފިއެވެ. އިރުކޮޅެއްނުވެ ނަވްރީންވެސް ނިދަން ކަމަށް ބުނެ ފޯނު ބޭއްވިއެވެ. ނައުފަލް ފޯނު ބޭއްވުމަށްފަހު މާދަމާ ހަވީރު ވާނެ ގޮތަކާއި މެދު ވިސްނަން އޮތެވެ.

**ނަވްރީންގެ ނަޒަރުން**

އަހަރެން ފޯނުގެ ވައިފައި ކަނޑާލުމަށްފަހު ދެންމެ އަކު ނައުފަލްއާއި އެކު ދެއްކި ވާހަކަ ތައް ކިޔަން ފެށީމެވެ. އަހަރެންގެ މޫނު މަތީގައި އޭރުވެސް ނުފިލާ ހިނި ތުން ވުމެއް ހުއްޓެވެ. ނައުފަލް ވަނީ މާދަމާ ހަވީރު އަހަރެންނާއި އެހެން އަންހެން ކުދިން ގޮވައިގެން ސެންޓްރަލް ޕާކަށް އައުމަށް ދައުވަތު ދީފައެވެ. ވެގެން އުޅޭ ގޮތެއް ނޭނގުނަސް އަހަރެން އާބަސް ބުނީމެވެ. އެރޭ ފަތިސް ވާން ކައިރި ވި އިރުވެސް އަހަރެމެންނަށް ހުރެވުނީ ވާހަކަ ދައްކާށެވެ. އެންމެ ފަހުން އަހަރެން ނައުފަލް އަށް ނިދާލުމުގެ ފުރުސަތު ދިނުމުގެގޮތުން އަވަހަށް ފޯނު ބޭއްވީމެވެ. އަހަރެންނަށް އޭރު ނޭނގުނު ކަމަކީ ނައުފަލް ހުރީ އަހަރެންދެކެ ލޯބި ވެވިފައި ކަމެވެ. އަދި އެ ގްރޫޕުގެ އެހެން މީހަކުވެސް އުޅެނީ އެހާލުގައި ކަމެވެ.

އަހަރެން ފޯނު މޭޒު މަތީ ބޭއްވިހައި ތަނުން ފަތިސް ނަމާދަށް ބަނގި ގޮވަން ފެށިއެވެ. ނިދާލަން ކިތަންމެ ބޭނުންވީ ނަމަވެސް ދެން ނިދުމުގެ ބޭނުމެއް ނެތްކަން އަހަރެންނަށް ވިސްނުމުން އަހަރެން އަވަސްވީގޮތަކުން އެނދުން ތެދުވެ ވޫޟޫ ކޮށްލުމަށްފަހު ނަމާދު ކޮށްލީމެވެ. އަދި ޔޫލީން އަށް ގޮވާ ނެގުމަށްފަހު އަހަރެން އީނާލްމެންގެ ކޮޓަރިއަށް ވަނީމެވެ.

**ގަޑިން 5:30**

އެއަރޕޯޓު ތެރޭގައި މީހުން އެހާމެ ގިނައެވެ. ޒައުޝާން އޭނާގެ ފޮށި ހިފައިގެން އެއަރޕޯޓުގެ އެރައިވަލްސް ބައިން ނުކުތެވެ. ހަމަ އެއާއެކު އަންހެން ކުދިންގެ ހަޅޭކުގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ. އެންސީޓީ ޑްރީމްގެ ޖައެމިން، ނުވަތަ ރާއްޖޭގެ ނަމުންނަމަ ޒައުޝާން ދެކިލުމަށް ކެތް މަދު ވެފައިތިބި އެންމެހާ ‘ފޭން’ ސުންނަށް ކުއްލި ގޮތަކަށް އޭނާ ފެނުމުން އެހެން ވާނެއްނޫން ހެއްޔެވެ. ޒައުޝާން އެ ހުރިހާ އެންމެނަށް އަތް ހޫރައިލުމަށްފަހު އެއަރޕޯޓޫން ނުކުތެވެ. އަދި އޭނާ އަންނަން ދެކަށް މަޑޫ ކޮށްލައިގެން އޮތް ކާރަށް އެރުމަށްފަހު ހުޅުމާލެއަށް ދިޔުމަސް ނައްޓާލިއެވެ.

ޒައުޝާން ކާރުގެ ލޯގަނޑުން ބޭރު ބަލަން ހުރީ އޭނާގެ ބޭންޑްގެ މެމްބަރސް ދެން ފެންނާނެ ދުވަހަކަށް ވިސްނަމުންނެވެ. އޭނާ ރާއްޖެ އައި މައި ސަބަބަށެވެ. ޒައުޝާން ހީންލިއެވެ. އޭނާ މަޑު ކުރަން ހަމަޖެހިފައިވަނީ ބީޓީއެސް ގެ މެމްބަރސް އާއި އެކުގައެވެ. އުމުރުން އެންމެ ވިހި އަހަރުވީ އިރުވެސް އޭނާ އެންމެ ކުރާ ހިތް ވާކަމަކީ މީހުންގައިގައި ބާލީހުން ޖެހުމެވެ. އެހެންކަމުން މިފަހަރު ވާނެ ގޮތަކާމެދު ހުވަފެން ބަލަން އޮވެވުނު ހިނދު ޒައުޝާންއަށް އިރުކޮޅެއްނުވެ ނިދުނެވެ.

*************************

ނައުފަލް އެނދުން ފޭބި ގޮތަށް ދުވެފައި ގޮސް އޭނާ ވަނީ ފާހަނަ އަށެވެ. އޯކާ ދެމެމުންނެވެ. އޭނާ ފާހަނައިގެ ދޮރު ލެއްޕި ގޮތަށް އޭނާ ހޮޑުލަމުްނ ދިޔައެވެ. ކައިލާން ކަންބޮޑުވެފައި ހުރެ ބޭސް ކޮޅަކާއި ފެންތައްޓެއް ގެނެސް މޭޒު މަތީ ބަހައްޓާލިއެވެ. ނައުފަލް ފާހަނައިން ނުކތީ ބޮލުގައި އަތް އަޅާއިގެން ހުރެ ދެކޮޅަށް ކިރެމުންނެވެ. ކައިލާން އަވަސް އަވަހަށް ނައުފަލް

ެ އަތުގައި ހިފަހައްޓާލުމަށްފަހު އެމީހުންގެ އެނދުގައި ނައުފަލް ބާއްވާޅިއެވެ.

‘ޑޫޑް ޔޫ އޯކޭ..؟’ ކައިލާން ބޭސް ކޮޅެއް ނައުފަލްގެ އަތުތެރެއަށް ލަމުން ބުންޏެވެ. ނައުފަލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ކައިލާން ފެންތަށި ގެނެސް ނައުފަލްގެ އަނެއް އަތަށް ލިއެވެ. އެއަށްފަހު އޭނާ އާފުރިލުމަށްފަހު އެނދުގައި އިށީނދެލިއެވެ.

‘ސޯ.. އެހެންމަ މިއަދު ބަންގްޓަން ގަރލްސް ކައިރިއަށް ނެތް ދޯ ދެވޭކަށް..’ ކައިލާން ދަތް ދޮޅީގައި އަތް އަޅާލިއެވެ. ނައުފަލް ބޯ ހޫރައިލުމަށްފަހު ބޭސް ކޮޅު އަނގަޔަށް ލިއެވެ. ‘ނޯޕް.. އަހަރެން މިއަދު ދާނަން..’ އޭނާ ފެންތަށިން އެތިކޮޅެއް ބޯލިއެވެ. ‘އެހެންނޫނަސް މިއަދު މީ އެކުދިން ސެޖީންގެ ބެލުމުގެ ދަށައް އަންނަ ދުވަހެއްނު..’ ކައިލާޏް ބޯ ޖަހާލިއެވެ.

ޖިމްޔާން ކުއްލިއަކަށް އެ ދެމީހުން ތިބި ކޮޓަރިއަށް ވަދެފައި ކައިލާންގެ އިސްތަށީގައި ހިފައިލިއެވެ. ‘އަހަރެންގެ ހޫޑީ ކޮބާ..؟’ އޭރު އޭނާގެ ދެބުމަ ވަނީ ގޮށް ޖެހިފައެވެ.

‘އަހަރެންނަށް ހީވަނީ އޭތި ވީ ފާހަނަތަށި ތެރޭގައިހެން..’ ކައިލާން ކޮނޑު އަރުވާލަމުން އެއް މިޔަކަނުން ހީންލިއެވެ. ޖިމްޔާން ދެލޯ ބޮޑު ކޮށްލިއެވެ. ‘އޭން..؟؟’ ޖިމްޔާން ކައިލާންއާއި ދިމާލަށް ބަލަން ހުރި ގޮތުން ނައުފަލް އަށް ހިނިގަނޑެއް ޖަހާލެވުނެވެ. ކައިލާޏްވެސް ގޮތަކަށް ބުމަ އަރުވާލައިގެން ހުރެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

‘ހިޒް ސާރކައިސަމް.. ބޯ ހަލާކު..’ ޖިމްޔާން ބޯ ހޫރައިލުމަށްފަހު އޭނާ އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ނައުފަލް އަށް ހިނިގަނޑެއް ޖަހާލުން ނޫން އެހެން ކަމެއް ނުކުރެވުނެވެ. އެއަށްފަހު ކައިލާން ދިން ފެންތަށި ހުސްކޮށްލުމަށްފަހު އެ ތަށި ޖިޔާންގެ ކޮޓަރި އަށް ލާން ހިނގައިގަތެވެ.

ނައުފަލް ޖިޔާންގެ ކޮޓަރިތެރެއަށް ދެމިގަތުމަށްފަހު އޭނާ އެކޮޓަރީ އެނދުގައި ކަންނެތް ކަމާއެކު އޮށޯވެލިއެވެ. އޭރު ޒާއިކް ވެސް އެ ކޮޓަރީގައި ހުރި ކަބަޑު ހާވަނީއެވެ. ޖިމްޔާންވެސް އޭނާގެ އެއްކަލަ ހޫޑީ ހޯދުމުގައި އެ ކޮޓަރީގެ އެއް ކަނުން އަނެއް ކަނަށް ފުމެނީއެވެ. ކުއްލިއަކަށް އެ ކޮޓަރި ތެރޭގައި ފޯނެއް ރިންގުވާ އަޑު ގުގުމައިލިއެވެ. ޒާއިކް އަވަސް ވީ ގޮތަކަށް މޭޒު މަތީގައި އޮތް އޭނާގެ ފޯނު ނެގި އެވެ. ‘ހާއި ސްވީޓްހަރޓް..’ ޒާއިކް ބުނެލި ފުރަތަމަ ޖުމުލައިން ނައުފަލް އަށާއި ޖިމްޔާން އަށް އެކަކު އަނެކަކާއި ދިމާލަށް ބަލަން ހުރެވުނެވެ. އޭރު ޖިޔާންވެސް އޭނާގެ ކޮޓަރި އަށް ވަން ގޮތަށް ޒާއިކް އާއި ދިމާލަށް ބަލަނީއެވެ.

‘ޔެޕް.. އަހަރެމެން މިއަދު ހަވީރު ޕާކް އަށް ދަން.. ސޯ ވީ ވިލް މީޓް އެތަނުގައި..؟’ ޒާއިކް ކުރިއަށް ގެންދިޔައެވެ. ޖިމްޔާން ދެތިން ފަހަރަކު އެސްފިޔަ ތަޅުވާލުމަށްފަހު ނައުފަލްގެ އަތުގައި ހިފާ ނެގި އެވެ. އަދި އެ ދެމީހުންވެގެން އެކޮޓަރިން ނުކުތެވެ. ޖިޔާން އޭނާގެ އެނދުގައި އިށީނދެ އިނދެ ޒާއިކް އާއި ދިމާލަށް އެހުރިގޮތަށް ބަލަން ހުއްޓެވެ. އިރުކޮޅެއްނުވެ ފޯނު ބޭއްވުމަށްފަހު ޒާއިކް އަނެއްކާވެސް ޖިޔާންގެ ކަބަޑު ހާވަން ފެށިއެވެ.

‘އަހަރެންގެ ކަބަޑު ތެރޭގައި ޖަވާހިރެއް އޮތީތަ ތިހާވަރަށް އެއްޗެހި ތިހޯދަނީ..؟’ ޖިޔާން އަޑަށް ބާރުލާފަ ޒާއިކު އާއި ކުރިމަތި ލިއެވެ. އޭނާގެ އަޑުގައި އެއްވެސް ހިތްހަމަނުޖެހުމެއް ރުޅިވެރިކަމެއް ނެތް ނަމަވެސް ޖިޔާންއަށް ލޯއަޅައިލެވުނެވެ. ޒާއިކް ސިހިފައި ޖިޔާންއާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ. ‘ޖިޔާން.. ކޮންއިރަކު..؟’ ‘އަހަރެން މިތަނަށް އައީ  ކޮންއިރަކުތޯ ނާހާ ދެންމެ ގުޅީ ކާކުތޯ ހަމަ މިހާރު ބުނޭ..’ ޖިޔާން ތެދުވެ ޒާއިކްގެ ފޯނާއި ދިމާލަށް ހިނގައިގަތެވެ. އަދި ފަރިތަކަމާއެކު ޕާސްވޯރޑް ޖަހާލުމަށްފަހު ކޯލް ލޮގަށް ވަދެލިއެވެ. އެއިރުކޮޅުގައި ޒާއިކުއަށްހުރެވުނީ އަތުގެ އިނގިލިތަކާއި ކުޅެލަކުޅެލައެވެ. ޖިޔާން އެތަނުގައި ހުރި އެންމެ ފަހުން ކުރި ކޯލަރ އައިޑި ކިޔާލިއެވެ.

‘ތުގާ..’

*ނުނިމޭ*

*’ތުގާ..’*

**ޒާއިކްގެ ނަޒަރުން**

‘ޖިޔާން..’ އަހަރެންނަށް މޫނުގައި އަތް އަޅާލެވުނެވެ. މިކަން ފަޅާއަރަން އެހާ އަވަސް ވާނެކަމަށް އަހަރެން ހިތަށް ވެސް ނާރުވަމެވެ. ޖިޔާން އަހަރެންނާއި ދިމާލަށް ބަލަހައްޓާއިގެން ހުރި ގޮތުން ބިން ފަޅާފައި އަޑިޔަށް ދެވޭނެ ނަމައޭ ހިތަށް އެރީމެވެ. އޭނާ އެއް މިޔަކަނުން ހީނލައިގެން ހުރެ ހޫމް އަޅުވާލިއެވެ. އަހަރެން އެންމެ ފަހުން ލޯ އަޅާލުމަށްފަހު ކިޔާދޭން ފެށީމެވެ.

**ފްލޭޝްބެކް: މެންދުރު 1 ގަޑި ބައި..**

އަހަރެން މެންދުރު ނަމާދު ކޮށްލައިގެން މިސްކިތުން ފޭބި ގޮތަށް އަހަރެންނާއި ޒަކުވާން ދިޔައީ އަހަރެމެން އެންމެ ބޭނުންވާ އެއްޗެހި ގަންނާށެވެ. މަގުތައް ވަށާ ތިން ހަތަރު ބުރު ޖެހި ނަމަވެސް އަހަރެމެންނަށް ކަމުދާ ފިހާރައެއް އަދިވެސް ނުފެނެއެވެ. ޒަކުވާންވެސް އިރުއިރުކޮޅާ މަގުގެ އެއްފަރާތުގައި ފަނަރަ ސިކުންތު ވަންދެން ވިޔަސް އިށީންދެލައެވެ. އަހަރެންނަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ރަށްތައް އަހަރެމެން އުޅެބޮޑުވި ރަށްތަކަށްވުރެން އެތަށް ވަރެއް ކުޑައެވެ. ނަމަވެސް ހާލަކުން ފަހަރަކު ދުއްވާއެއްޗެއް ދުއްވާލާ ހުޅުމާލޭގެ މި މަގުތަކުގައި ހިނގާއިރު ރަޝިއާގެ މަގުތަކުގައި ހިނގައިފަދައެވެ. އަހަރެންނަށް ހިތަށް އެރި އެއްޗަކުން ހިނިއާދެވުނެވެ.

‘ޕްސްޓް.. ޒާއިކޫ ބަލާބަ..’ ޒަކުވާން އަހަރެންގެ ހެދުމުގެ ގިރުވާނުގައި ހިފައިލަމުން މަގުގެ އަނެއް ފަރާތުގައި ހުރި ފިހާރައަކާއި ދިމާލަށް އަނބުރާލިއެވެ. ‘އާހް.. ކީކޭ ޒަކުވާނޫ..’ އަހަރެން އަކުރު ތަކަށް ދަމާލަމުން ކަރުގެ ފަހަތުގައި ފިރުމާލީމެވެ. އެވަގުތު އެ މަގުގައި ހުރި ބަސް ހުއްޓި އަށް ހުއްޓާފައި ހުރި ބަހުން ފޭބި ދެ އަންހެންކުދިން އަހަރެންގެ ލޮލުގައި އަޅާގަތެވެ. އެތަނުން އެއްކުއްޖަކު ހުރީ ނޫކުލައިގެ ކަކުލަށް ދާ ވަރުގެ އަބާޔާ އަކާއި އެއާއި ގުޅޭ ޝޯލެއް އަޅާއިގެންނެވެ. އޭނާއާއި ޖެހިގެން ހުރި ކުއްޖާ ހުރީ ދަނބުކުލައިގެ ކަކުލާއި ހަމަ އަށް ދާ ހެދުމަކާއި އެކު ކަޅު ކުލައިގެ ޝޯލެއް އަޅާގެންނެވެ. އަހަރެންނަށް އެ ދެކުދިން ކޮންމެސް ތަނަކުން ފެނުނު ކަމުގެ އިހުސާސް ކުރެވުނެވެ. އެހެން ވިސްނަން ހުއްޓާ އެދެކުދިން އެތަނުގައި ހުރި ހެދުން ވިއްކާ ފިހާރައަކަށް ވަދުނެވެ.

‘ޒާއިކޫ.. ނިޒް އެންޑް ތުގާ އެދިޔައީ އެ ފިހާރައަށް. ހިނގާބަ އެމީހުން ފަހަތު އަޅުވާލަން..’ ޒަކުވާން އަނެއްކާވެސް އަހަރެންގެ ގިރުވާނުގައި ހިފަމުން ބުނެލިއެވެ. އަހަރެން އޭނާގެ އަތް ނައްޓުވަމުން އޭނާ އާއި އެކު އެ ފިހާރަ ކައިރިއަށް ހިނގައިގަތީމެވެ. ‘އެއީ ބަންގްޓަން ގަރލްސްގެ ނިޒްކާ އާ ތުގާ ތަ..؟’ އަހަރެން ފިހާރައިގެ ދޮރުމަތީގައި ހުއްޓިލަމުން ޒަކުވާން ކައިރީ އެހީމެވެ. ޒަކުވާން ހަމައެކަނި ބޯ ޖަހާލުމަށް ފަހު ފިހާރައަށް ވަންނަން ދޮރުގައި އަތް އަޅުވާލިއެވެ. އެވަގުތު އަހަރެންނަށް އެ ފިހާރައިގައި ފިރިހެން ކުދިންނަށް ހާއްސަ އެކައްޗެއްވެސް ނުފެނުމުން ޒަކުވާން ފިހާރައިގެ ތެރެއަށް ވަނުމުގެ ކުރިން އަހަރެން އޭނާގެ އަތުގައި ހިފާ ޖެހިގެން ހުރި ގެއެއްގެ އަސްކަނި ދަށައް ވަނީމެވެ.

‘ކީއްވީ..؟’ އަހަރެން ހީކުރި ގޮތަށް ޒަކުވާން ތުން އޫ ކޮށްގެން ހުރެ ބުނެލިއެވެ. ‘އެފިހާރައިގަ ހުރީ އަންހެން ކުދިންނަށް ބޭނުންވާ ސާމާނު.. ޑޯންޓް ބޮދަރ އިޓް..’ އަހަރެން އިސްތަށިގަނޑުގެ ތެރެއަށް އަތް ލައްވާލަމުން ބުނީމެވެ. ‘ވަޓް ދަ..’ ޒަކުވާން އެތެރެއަށް ނޭވާ ދަމާލުމަށްފަހު ނިޒްކާ އާއި ތުގާ އެފިހާރައިން ނުކުންނަން ދެން އެ ފިހާރައިގެ ދޮރުކައިރީގައި ލެނގިލިއެވެ. އަހަރެން ނިތް ކުރީގައި ޖަހާލުމަށްފަހު ޖީބުން ކަޅު ކުލައިގެ ދެ މާސްކު ނެގުމަށްފަހު އެކަތި ޒަކުވާންގެ އަތަށް ލީމެވެ. އޭނާ ވަގުތުން އެ މާސްކު އެޅިއެވެ.

އަހަރެމެން އެ މާސްކު އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ މަގުމަތިން ދާ ބައެއް މީހުންގެ ތެރެއން ފޭންސް އިންނަށް އަހަރެމެން ފެނުނަސް އެކަމުގެ ހިލަމެއް ނުވުމުގެ ނިޔަތުގައެވެ. (ސޮރީ އައި ވަޒް ސްލީޕީ އައި ތިންކް އިޓް ޑަޒް ނޮޓް މޭކް އެނީ ސެންސް)

އިރުކޮޅަކު އަހަރެމެން އެތަނުގައި ތިއްބައި އެ ފިހާރައިން ތުގާ ނުކުތެވެ. އޭރު އޭނާ ހުރީ ފޯނެއްގައި ނަމަވެސް އަހަރެން އޭނާގެ ފަހަތުގައި ހުއްޓިލީމެވެ. އޭނާ ފޯނުން ދައްކަމުން ދިޔަ ވާހަކަ އަޑު އެހުމުގެ ބޭނުމުގައެވެ.

‘އެހެހެހެ.. އެކަމް ނަވް.. އަހަރެން އެބަ ބަލަން ނައުފަލް ފެނޭތޯ.. ބަޓް އަހަރެން ޒާއިކްގެ މޫނު ދެކިލާހިތުން އެންމެ ބޮޑަށް މިހުރީ..’ ތުގާ ތުއި އަޑަކުން ވާހަކަ ދެއްކިއެވެ. އަހަރެންނަށް އަހަރެންގެ ނަން އިވުމުން ހައިރާންވެފައި ހުރެ ޒަކުވާން އަށް ބަލާލީމެވެ. އޭނާވެސް ހުރީ އަހަރެންނާއި ދިމާލަށް ދެލޯ ބޮޑުކޮށްގެން ހުރެ ބަލާށެވެ. އަހަރެން އޭނާ އާއި ދިމާލަށް ބަލާލުމުން އިށާރާތުން އަޑު އެހުމަށް ޒަކުވާން ބުނެލިއެވެ.

‘ހަހް.. ނަވްރީނޫ ގުޅަ ބަޖިޔާ އެންޑް ފަރާޓާ.. އެނގޭ ދޯ ނަވް އަށް ހެކް ކުރަން.. އެހެންމަ ޔޫ ކޭން ޑޫ އިޓް..’ ތުގާ އަނެއްކާވެސް ވާހަކަ ދެއްކީ ތުއި އަޑަކުންނެވެ. އޭނާ ވާހަކަ ދައްކަމުން އެދަނީ ނަވްރީންއަށް ކަން އަހަރެންނަށް އެނގުނެވެ.

އަހަރެން އަދިވެސް ހުރީ ތުގާ ފޯނުން ދައްކާ ވާހަކަ އަޑު އަހާށެވެ. އޭނާ މިހާރު ދައްކަމުން ދިޔައީ އަހަރެން ތަންކޮޅެއް ކުރިން ނެރުނު ‘ހޯޕް ވަރލްޑް’ ގެ ލަވަ ތަކުގެ ވާޙަކަ އެވެ. އަހަރެން ހިނިގަނޑު ހިފަހައްޓާލައިގެން ހުރީމެވެ. ނަމަވެސް ކުއްލިއަކަށް ތުގާ ފަހަތަށް ފަހަތަށް ފިޔަވަޅެއް އަޅާލިވަގުތު އަހަރެން ގައިގައި އޭނާ ޖެހުމުން އަހަރެންނަށް ހިން ދިރުވާލެވުނެވެ.

ތުގާ އަހަރެންގެ ގައިގައި ޖެހިގަތެވުމާއެކު އޭނާ އަހަރެންނާއި ދިމާލަށް އެނބުރުނެވެ. އަހަރެން ލޮލުގެ ކޮޅުން ޒަކުވާން އާއި ދިމާލަށް ބަލާލީމެވެ. އޭނާ އާއި އެއްފަދައިން އޭނާ ކައިރީގައި ދެންމެ އަކު ފިހާރައިން ނުކުތް ނިޒްކާވެސް ހުރީ އަހަރެމެން ދެމީހުނަށް ބަލާށެވެ. އަހަރެން އަނެއްކާވެސް ތުގާ ހުރި ކޮޅަށް ބަލާލީމެވެ. އޭރު އޭނާހުރީ އަތާއި އަތަށް ކުޅެލަ ކުޅެލައެވެ. އޭނާގެ ފޯނު އޭރު އޮތީ ބިންމަތީގައި ގޮތަކަށް ތެޅިފައެވެ. އަހަރެން ބިންމަތީގައި އެ ފޯނު ނެގުމަށްފަހު ތުގާގެ އަތަށް ދިނީމެވެ. އޭރު އަހަރެންގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. ތުގާ އޭނާގެ ފޯނަށް ބަލާލުމަށްފަހު ދެވަނަ ސިކުންތުގައި އެ ފޯނު އަހަރެންގެ މޫނަށް އެއްލިއެވެ.

‘ކަލޭ ތީ ކާކުތަ.. އަހަރެންގެ ފަހަތުގައި ކަންފަތް ޖަހާގެން ހުރެ ބަހައްޓާފަ އަހަރެން ސިއްސުވާފަ.. އަދި ނުވީތާކަށް ފޯނު ތަޅާލާފަ އަނެއްކާ އެ ފޯނު އަހަރެންގެ އަތަށް ދޭން..’ ތުގާ ހަޅޭއްލަވައިގަތެވެ. އަހަރެން މާސްކު އަޅާއިގެން ނެތް ނަމަ އޭނާ އަހަރެންނާއި ދިމާލަށް ހަޅޭއްނުލަވާނެކަން އަހަރެންނަށް ގައިމެވެ. އޭނާ އަހަރެންނާއި ދިމާލަށް އެގޮތަށް ހަޅޭއްލަވަމުން ދިޔުމުން އަހަރެންގެ ހިތައް ވަރަށް އަސަރުކުރިއެވެ. އެހެނަސް އަހަރެން ކުރި ކުށެއްގެ ސަޒާ ލިބެންވާނެ ނޫންހެއްޔެވެ.

‘ލަދެއްވެސް ނުގަނޭތަ..؟ އެހެންނާ މަގުމަތީގައި އުޅެބޮޑުވާ މީހުނަށް އެކައްޗެއްވެސް ނޭނގޭނެ ވިއްޔާ..’ ތުގާ އެންމެ ފަހުން ބުނެލި ޖުމްލަ އިވިފައި އަހަރެންގެ ލޭ ކެކިގަތެވެ. އަހަރެންގެ ފަހަތުގައި ހުރ ޒަކުވާން އާއި ނިޒްކާގެ އަނގައިން ކުޑަކުޑަ އަޑެއް ނުކުތެވެ. ތުގާ ގެ ރުޅިގަދަ ކަން ފެނިފައި ކަންނޭގެ އެވެ.

އަހަރެން ތުގާ އަތުގައި ހިފާ ބާރު ކޮށްލީމެވެ. އޭނާއަށް ލިބުނު ސިހުމުގައި ބާރަށް ހަޅޭއްލަވައިގަތެވެ. އަހަރެން ތުގާގެ އަނގައިގައި އަތް އެޅުމަށްފަހު އެއްކަލަ ފިހާރަތެރެއަށް ވަދުމަށްފަހު ޗޭންޖިންގ ރޫމް ތެރެއަށް ވަދެ ތަޅުލީމެވެ. އޭރުވެސް ތުގާ ދިޔައީ ގަދަ ހަދަމުންނެވެ. ޗޭންޖިންގ ރޫމް ތެރޭގައި އަަރެމެންނަށް ހަމަޖެހެވުމާއެކު އަހަރެންގެ މާސްކު ތިރި ކޮށް ތުގާ އާއި ދިމާލަށް ބަލާލީމެވެ. ތުގާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ‘ޒާއިކް.؟ ޔޫ..؟’

އަހަރެން ބޯ ޖަހާލީމެވެ. ދެންމެ އަހަރެންނަށް ވެރިވި ގަތް ރުޅި ވެރިކަން ދިޔަ ތަނެއްވެސް ނޭނގެ އެވެ. އަހަރެން ތުގާގެ އަތުގައި ހިފާލީމެވެ. އޭރު އޭނާ އަހަރެންނާއި ދިމާލަށް ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށް ބަލަމުން ދިޔައެވެ. އަހަރެންނަށް ހިނިގަނޑެއް ޖަހާލެވުނެވެ. އަދި ޖީބުން ލާރި ކޮޅެއް ނެގުމަށްފަހު ތުގާގެ އަތަށް ލީމެވެ. ‘އަން.. މީގެއިން އާ ފޯނެއް ގަނޭ.. އެންޑް ސޮރީ.. ބައި ދަ ވޭ..’ އަހަރެން ޖީބަށް އަތް ޖަހާގެން ހުރެ ބުނީމެވެ. ‘އަމް.. އެ އޯކޭ ވާނެ..’ ތުގާ އަތުގައި ހުރި ލާރިކޮޅަސް ބަލާލިއެވެ. ‘އަހަރެން ދެއްކި ހުރިހާ ވާހަކައެއް އިވުނުތަ..’ އޭނާ ފާރުގައި ލެނގިލަމުން ބުންޏެވެ. އަހަރެން ހީނލަމުން ބޯޖަހާލުމާއެކު ތުގާ އޭނާގެ މޫނު ފޮރުވާލިއެވެ. ‘އުހުން.. ދެން އެއީކަމެއް ނޫން.. އައި އޯލްސޯ ލައިކް ޔޫ..’ އަހަރެން ފާޑަކަށް ތުގާގެ މޫނަށް ބަލާލިއެވެ. ތުގާ ތިރީ ތުންފަތުގައި ދަތް އަޅާލަމުން އަނެއް ފަރާތަށް އެނބުރުނެވެ. އަހަރެން ފަހަތުން ތުގާގެ ގައިގައި ބައްދާލީމެވެ. ތުގާގެ ހިތް ވެސް އޮތީ އަހަރެންނަށްކަން އެނގުމުންނެވެ.

އަހަރެމެން ދެމީހުން ފިހާރައިން ނުކުތީ އެކަކު އަކެކަކުގެ ފޯނު ނަމްބަރު ހަދިޔާކޮށްފައެވެ. އަހަރެމެން ނުކުތް އިރު ނިޒްކާ އާއި ޒަކުވާން އަހަރެމެންގެ އިންތިޒާރުގައި މަޑު ކޮށްގެން ހުއްޓެވެ. އެ ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ދައްކާފައެއް ނެތެވެ. އަހަރެން ބުމަ އަރުވާލަމުްނ ތުގާއަށް ބަލާލީމެވެ. އޭނާ ބޯ ޖަހާލުމުން ޒަކުވާން އާއި ނިޒްކާގެ ދެމެދަށް ވެރިވެފައި އޮތް ހަމަހިމޭން ކަމުގެ އަސްލު އަހަރެންނަށް ޔަގީން ކުރެވުނެވެ. ކުކީ.. ޔޫ ވެއިތް އަންޓިލް ވީ ގެޓް ހޯމް.. އަހަރެން ހިތާ ހިތުން ބުނެލީމެވެ.

ތުގާ ނިޒްކާގެ އަތުގައި ހިފުމަށްފަހު ދުރުގައި ހުރި ބަސް ސްޓޮޕާއި ދިމާލަސް ހިނގައިގަތެވެ. އަހަރެންވެސް ޒަކުވާންއާއި އެކީ ޓެކްސީ އެއް ނެގުމަށްފަހު ހޮތެލާއި ދިމާލަށް ދިޔައީމެވެ.

**ފްލޭޝްބެކް އެންޑް..**

‘އޭން.. ނަވްރީން ލައިކްސް ނައުފަލް..؟؟’

ޖިޔާން މޫނުގައި އަތް އަޅާގެން ހުރެ ބުންޔެވެ. އަހަރެން ލަސްލަހުން ބޯޖަހާލުމާއެކު ޖިޔާން އޭނާގެ ބާލީހުގެ ތެރެއަށް މޫނު ފޮރުވާލުމަށްފަހު ހަޅޭއްލަވައިގަތެވެ. އެވަގުތު އަހަރެންނަށް ޖިޔާންގެ ހިތުގެ ހާލަތު ސާފުވިއެވެ. ‘ވެލް.. ޖިޔާން މަސައްކަތް ކުރޭ.. އޭރުން ފަހަރަކު ކާމިޔާބެއް ވެދާނެ..’ އަހަރެން ޖިޔާން ހިތް ހަމަ ޖައްސާލުމަށް ބުޏިމެވެ. ‘އެކަމް..’ ޖިޔާން ވާހަކަ ދައްކަން ފެށުމާއެކު އަހަރެން ޖިޔާންގެ ބޮލުގައި ފިރުމާލީމެވެ. އޭނާ އެންމެފަހު އެތެރެއަށް ނޭވާ ދަމާލަމުން ބޯޖަހާލިއެވެ. ‘ގުޑް ބޯއި..’ އަހަރެންނަށް އޭރު ނޭނގުނު ކަމަކީ ކޮޓަރީގެ ބޭރުގައި ތިން މީހަކު އަހަރެމެން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ހުރިކަމެވެ.

(ލިޔުންތެރިޔާގެ ނަޒަރުން)

ހެނދުނު ހޭލުމާއެކު ތުގާ އޭނާގެ ފޯނު ނެގިއެވެ. އިއްޔެ އޭނާގެ ފޯނު ހަލާކުވުމަށްފަހު އޭނާ ގެއަށް ދިޔައީ ޒާއިކް ދިން ލާރިން އާ ފޯނެއް ގަނެގެންނެވެ. ތުގާ އޭނާގެ އައިފޯން އެކްސްގެ ކަވަރުގައި އިނގިލި ހާކާލަމުން ހިނިތުން ވެލިއެވެ. އަދި ފޯނުގައި ފަރިތަ ކަމާއެކު ނަމްބަރަކަށް ފިތާލުމަށްފަހު ‘ކޯލް’ އަށް ފިތާލިއެވެ. ‘ހާއި ސްވީޓްހާރޓް..’ ޒާއިކް އެކޮޅުން ފޯނު ނެގުމާއެކު ތުގާ ހީނލިއެވެ.

އިރުކޮޅަކު ދެމީހުން ފޯނުން ވާހަކަ ދައްކަން އޮތުމަށްފަހު ތުގާ އޭނާގެ އެނދުން ތެދުވެ ނިދާފައި އޮތް ނިޒްކާ އަށް ބަލާލިއެވެ. އަދި އޭނާ އެއް މިޔަކަނުން ހީންލަމުްނ ބޮލުގައި ރޭވުމެއް ރާވައިލިއެވެ. އެއަށްފަހު އޭނާ ފާހަނަ އަށް ވަދެ ދަތް އުނގުޅުމަށް ފަހު ނިޒްކާގެ އެނދު ކައިރީގައި ހުއްޓިލިއެވެ. ތުގާ އަނެއްކާވެސް އެއް މިޔަކަނުން ހީލުމަށްފަހު އޭނާގެ ފޯނު ކަންފަތުގައި ޖައްސާލަމުން ކަރު ކެހެލިއެވެ.

‘އާން.. މި ނިޒްކާ އަދި ނުހޭލާ..’ ތުގާ އޭނާގެ އަޑު ބާރުކުރަމުން ފޯނަށް ވާހަކަ ދެއްކިއެވެ. ނިޒްކާ އެއްލޯހުޅުވައިލިއެވެ. ‘އާނ އެކޭ.. މީނަ ދެން ހޭލާނީ ތިން ގަޑި ބައި ވެ ބޮޑު ވާފަހުން..’ތުގާ ނިޒްކާގެ މޫނަށް ބަލާލިއެވެ. އޭނާއަށް ނިޒްކާ ލޯ ހުޅުވައިގެން އޮތް ތަން ފެނުނެވެ. ‘ޔާހް.. ޒަކުވާން އާދޭ އިނގޭ އެގާރަ ޖަހާއިރު.. އޭރުން އަހަރެމެން ދެމީހުންނަށް ދެވޭނެ މޫދަށް އެރެން.. ނިޒް ބާއްވާފަ ދާނީ..’

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bulletproof Girls

Level 110 Stories100 Login

We are a bunch of teens who luv to work together and write different stories. We are writers who write to amaze ourselves and you guys.. Hope u luv our stories and give us full support.. We like bieng unique and as by the name, we are ARMYS and we soooo luv BTS..There are 9 of us.. we are.. Author Ainn, Author Yoon, Author Blossom, Author Daisy Queen, Author Sparkles, Author Nixx, Author Dheen, Author Xaxa , Author Cutie AAI...Enjoy..

Other Articles

Previous

އެކުއްޖާ 2 – 13

Next

އިމްތިޙާން 45

Next
January 1, 2021

އިމްތިޙާން 45

Previews
December 31, 2020

އެކުއްޖާ 2 – 13

One Comment

  1. ?Ril? says:
    January 1, 2021 at 3:18 pm

    Heiii hurihaa sis’s
    Long time akah fahu dhw cmnt eh nukohlevuny mi stry ah heheh but kiyan ingeyy
    Vrh Sali mi parts
    Masha Allah
    Faharaku meehaku gulemun gos guleny dhw e gen vrh fahkaa Hama awwwwnnn
    Ommyyy cover pic vxxx varah Sali my lwbs
    Hehehehhe
    Vrh majaa ingeyyy mi part Hama heeehee bindihje
    Waiting for the next part
    Love uuuu hurihaa sis s
    Stay safe

Comments are closed.

Next Episodeބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (13)←


All Right Reserved!