ވިލިމާލޭ ފެރީން ފޭބި 3 ޒުވާނުންނަށް ލޯތައް އަމާޒުވަމުން ދިޔައެވެ. އެއްބަޔަކު އެ 3 ކުދިންގެ ރީތިކަމަށް ހިތާ ހިތުން ތަޢުރީފު ކުރަމުން ދިޔައިރު އަނެއްބަޔަކު އެކުދިންގެ ފުރިހަމަ ކަމަށް ހަސަދަ ލަމުން ދިޔައެވެ.
2 ފިރިހެން ކުދިންގެ މެދުގައި ހުރި އަންހެންކުއްޖާ ގައިމު ވެސް ހުރީ އެ ލޯތަކުން ސަލާމަތް ވުމަށް ކެތްމަދު ވެފައި ކަން ކަށަވަރެވެ.
އާއެކެވެ. ތާރާ، އީކަން އަދި ޖައިލަމެވެ.
“ތިބުނާ ރެސްޓޯރެންޓަކަށް ދާން އެނގޭތަ؟” ތާރާ އީކަންގެ އަތުގައި ހިފާ ލަމުން އެއްސެވެ. “އަނ. މާދުރެއް ނުވާނެ. އާދޭ.” ޖައިލަމް އެހެން ބުނެ ހިނގައިގަތުމުން ތާރާ އާއި، އީކަން ވެސް ހިނގައިގަތެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އެކުދިންނަށް ޒީޒީއެހެންކަމުން ޒީޒީ ރެސްޓޯރެންޓަށް ދެވުނެވެ. އަދި އެތާ އެތެރޭގައި ހުރި ޔުކްތާ އާއި ސަމާ ފެނުމުން އެކުދިންނާއި އެކު މޭޒެއް ދޮށުގައި އިށީނެވެ.
“ކީއްވެޔޯ ޑައިނަމޯއަށް ދިޔުމުގެ ބަދަލުގައި ވިލިނގިއްޔަށް އަންނަން ބުނީ؟” ތާރާ ޔުކްތާ ގާތު އެއްސެވެ. “އަނ އެއީ ރާޔާ މިރަށުގަ އުޅޭތީ. އެހެންނޫނަސް އަހަރެން މިރަށަށް އަންނަ ހިތުން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.” ޔުކްތާ ޖަވާބު ދިނެވެ.
“މާޒް އެން މިލޫ އެބަ އާދޭ. މިހާރު ފެރީގަޔޯ ތިބީ. ކޮބާ ދެންތިބި މީހުން؟” ތާރާ އަހާލިއެވެ. “ރާޔާ އަންނާނެ އިރުކޮޅެއް ފަހުން. ޔޫނާ ބުނީ ފެރީއަށް އެރީމޭ ބުނިތާ އިރުކޮޅެއް ވެއްޖެ.” ޔުކްތާ ބުންޏެވެ. “ނިސްރީން ވެސް އެބަ އާދޭ.” ސަމާ ވެސް ބުނެލިއެވެ.
“ވެލް އަހަރެމެންގެ ފްރެންޑްސް ވެސް-” އީކަންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އިވުނީ މީހަކު ގޮވާލި އަޑެވެ.
“ޖައި. އީކް.”
އޭރު އެތާ އެތެރެއަށް 3 ޒުވާނުން ވަދެގެން އައެވެ. “ވާން، ޒެކް. ޒާން! އާދޭ އާދޭ.” ޖައިލަމް ގޮވާލުމުން އެ ތިން ޒުވާނުން އައިސް ޖައިލަމްމެން ގާތު އިށީނެވެ. ހަމަ އެވަގުތުހެން އެތަނަށް ކިޔާން އާއި އެކު އަންހެން ކުއްޖަކު ވަދެގެން އައެވެ. އެމީހުންގެ ފަހަތުން ޔޫނާ، މާޒިން، މިލްނާ އަދި އިތުރު އަންހެން ކުއްޖަކު ވެސް ވަދެގެން އައެވެ.
ކިޔާންގެ ލޮލުގައި ތާރާ އަޅައުގަތުމާއެކު ކުޑަކޮށް ދެލޯ ބޮޑުކޮށްލެވުނެވެ. ތާރާ ލައިގެން ހުރީ ތަނބިކަށްޓަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް ހުންނަ ވަޅުފެހި ކުލައިގެ ވައްތިރި ހެދުމެކެވެ. އެ ހެދުމުގެ ދިގު އަތް ލޭސް ފޮތިން ފަހާފައި ހުރިއިރު އުނަގަނޑުން ތިރިއަށް ހުރި ފޮތިގަނޑުގައި ވެސް ލޭސް ލާފައި ހުއްޓެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް އެއްފަޅިއަށް ފުނާއަޅާފައި ވުމުން ވައިގެ ތެރޭގައި ވިހުރެމުން ދިޔައެވެ. ރީތިކަމުގެ މިސާލެކެވެ. ހީވަނީ ހަމަ ފަތްމިންޏެއް ހެނެވެ.
ނަމަވެސް ތާރާ ކިޔާނަށް ބަލާވެސް ނުލިއެވެ.
އެންމެން އިށީނދެ ހަމަޖެހުންތާ 10 ވަރަކަށް މިނެޓް ފަހުން ރާޔާ ވެސް އައެވެ.
“އެންމެން އިންޓްރޮޑިއުސް ވެލަން ވީނު.” ވެއިޓަރު އައިސް އޯޑަރުކުރި ޕިއްޒާތައް މޭޒުމަތީގައި ބަހައްޓާފައި ދިޔުމުން ޖައިލަމް ބުނެލިއެވެ. “ޒާން ފަށާ.”
“ހާއި. އައިމް ޒެކްވިން. މިހިރަ 3 މޮޔައިންގެ ޗައިލްޑްހުޑް ފްރެންޑެއް.” 22 ވަރަކަށް އަހަރުގެ ޒެކްވިން ޖައިލަމް، ކިޔާން އަދި އީކަންއަށް ދިމާކޮށްލަމުން ބުނެލިއެވެ. ވަގުތުން ކިޔާން އާއި ޖައިލަމް ޝިޒާންގެ ބޮލުގައި ތަޅައިގަތެވެ.
“ޝިޒާން.” އީކަން ގާތު އިށީނދެގެން އިން 20 ވަރަކަށް އަހަރުގެ ޒުވާނާ ބުނެލިއެވެ. “މައި ކަޒިން.” ޖައިލަމް ބުނެލިއެވެ.
“ޒިވާން.” ޒެކްވިން އާއި ކުޑަކޮށް ވައްތަރުކޮށް ހުރި މީހާ ބުނެލިއެވެ. އޭނާ ބަލާބެލުމަށް ވާނީ ގާތްގަނޑަކަށް 24 އަހަރެވެ.
އެގޮތަށް ފަހަރަކު ކުއްޖަކު އިންޓްރޮޑިއުސް ވަމުން ދިޔައެވެ. އެންމެފަހުން ޖެހޭނީ ތާރާއަށް ކަން އެނގުމުން އޭނާ ފޯނާއި ކުޅެލަ ކުޅެލާ އިނެވެ.
“ވަރުދާ.” ކިޔާންގެ ގާތުގައި އިން ކުއްޖާ އެހެން ބުނެލުމުން ތާރާ ފުރަތަމަ ފަހަރަށް އެކުއްޖާއަށް ބަލާލިއެވެ. ބަލާބެލުމަށް ރީތި އަންހެން ކުއްޖެކެވެ. ލާފައި ހުރި ހެދުމުންނާއި އަޅާފއި ހުރި އަގުބޮޑު ގަހަނާތަކުގެ ސަބަބުން އެއީ ވަރަށް ވެސް މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ ކުއްޖެއްކަން އެނގުނެވެ.
“ތާ. ޔުއަރ ޓާން.” ސަމާ ބުނުމުން ތާރާ އޭނާގެ ނަޒަރު ވަރުދާ އާއި ވަކިކޮށްލިއެވެ.
“ތާރާ.” ތާރާ ހިނިތުންވެލިއެވެ. “އެން އެހިސާބުން އަދި ނިމުނީކީ ނޫނޭ. ތާ އެއީ ވަރަށް ސްޕެޝަލް ކުއްޖެއް.” ޖައިލަމް އިތުރު ކޮށްލިއެވެ.
“ކައެގެ ގަރލްތަ؟” ޝިޒާން އަހާލިއެވެ. ވަގުތުން ސަމާ، ޔުކްތާ، އީކަން އަދި އީކަން ހޭން ފެށިއެވެ.
“އީހް! ޖައިލަމް؟ ތާގެ ބޯއި ފްރެންޑް؟ ނެވަރ އެވަރ.” ތާރާ ދެލޯ ބޮޑުކޮށްލާފައި ބުނެލިއެވެ.
ޝިޒާން ވާނުވާ ނޭނގިފައި ބަލަހައްޓައިގެން އިނެވެ. “ދެން ކީއްވެ އޭނަ ޖައިލަމަށް އެހާ ސްޕެޝަލް ވާން ވީ؟”
“މޮޔަޔާ! ކައިލާން ހަނދާން އެބަހުރިތަ؟ މީ އޭނަ ކޮއްކޮއޭ! ޝީ އިޒް ލައިކް ސިސްޓަރ ޓު އަސް!” ޖައިލަމް އާއި އީކަން ބުނެލިއެވެ.
“ކައިލާންގެ ކޮއްކޮއޭ؟!”ގަބޫލު ނުކުރެވިފައި ޒިވާން އެއްސެވެ. “ޔާ. ކައިލާން އިޒް މައި ބްރަދާ.” ތާރާ އެއްބަސްވެލިއެވެ.
“އެހެންވެ ދޯ އޭނަ ކަހަލަ އަޅިފެހި ކަޅި އާ، މުށިކުލައިގެ އިސްތަށިގަނޑެއް އޮތީ. މިތަނަށް ވަނިއްސުރެ ހައިރާންވެފައި މިބަލަނީ ކައިއާ ވައްތަރު ކަމުންނޭ.” ޒެކްވިން ބުނެލިއެވެ. ތާރާ ހީލިއެވެ.
ކައި ނިމިގެން އެންމެން އެކުގައި ދިޔައީ ރަށް ވަށާ ހިނގާލާށެވެ. ސަކަރާތާއި މަޖަލުގައި ވަގުތުތައް ހޭދަކުރަމުން ގޮސް މަޣުރިބު ނަމާދަށް ބަންގި ގޮވުމުން ފިރިހެން ކުދިން ގެރީ ޓަރމިނަލް ކައިރީ ހުރި އާ މިސްކިތަށް ނަމާދަށް އެރިއެވެ. އަދި އަންހެން ކުދިން ދިޔައީ ރާޔާ މެން ގެއަށެވެ.
………………………
“ހާދަ މަޖަލޭ ދޯ.” ތާރާ ފެރީން ފައިބަމުން ބުނެލިއެވެ. “ޔާ. ވަރަށް މަޖާ. އުމުރުގަވެސް ފުރަތަމަ ފަހަރަށް ތޮށްޓަށް މި އެރީ.” ޔުކްތާ އުފާވެފައި ބުނެލިއެވެ. “މިލޫއާ މާޒް ވަރަށް ގިނައިން ތޮށްޓަށް އެރެން ރަށުގަ އުޅޭއިރު.” މިލްނާ ހީލަމުން ބުންޏެވެ. “އަދި އެއް ދުވަހު ވާނެ ދާން.” ނިސްރީން އާއި ޔޫނާ ވެސް އެއްބަސްވެލިއެވެ.
“ތޮށްޓަށް އެރުން މަޖާ؟ ނޯވޭ! ދުވަހަކުވެސް ނޭރޭނަން ދެނެއް. މީހުން ކުރާ ކަހަލަ ކަންތައްތަ އެއީ؟ އަހަރެންގެ ހައި ހީލްސް ވެސް ލޮނުން ފޯވެފަ މިއޮތީ މިހާރު!” ވަރުދާ ޗުސްތަޅަން ފެށިއެވެ. ސަމާ ބޯ ހަލުވާލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ.
“އަހަރެން މި ދަނީ ވަރޫ ލާން.” ކިޔާން އެހެން ބުނެފައި ވަރުދާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. އަދި ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ވަރުދާ ގޮވައިގެން ގޮސް ސައިކަލަށް އަރައި ދުއްވާލިއެވެ. ތާރާ ދެރަވިއެވެ. އޭނާގެ ލޮލުކޮޅަށް ކިޔާން އާއި ވަރުދާ ގެއްލެންދެން ބަލަހައްޓައިގެން ހުއްޓެވެ. އެއީ އަބަދުވެސް ކަންތައް ވާ ގޮތެވެ.
ކޮންމެ ދުވަހަކު އޭނާގެ ހިތަށް އެތައް ކަށްޓެއް ހެރެއެވެ. ނަމަވެސް ތާރާ މިހާރު އެވޭނަށް ހޭނިއްޖެެއެވެ. ހިތުގައި ކިތަންމެ ބައިވަރު ލަކުނެއް ލިޔަސް، ކިތަންމެ ބޮޑު ފާރުގަނޑެއް ލިޔަސް އޭނާ ކިޔާން ގާތަށް ސަލާން ޖަހާކަށް ނުދާނެއެވެ. ހިތް ކިތަންމެ ބޮޑަކަށް ޒަޚަމް ވިޔަހެވެ.
އޭނާ ފުރަތަމަ ލޯބިވެރިޔާ އޭނާއަށް ލިބުމުގެ ވެސް ކުރިން ބީވީއެވެ. އޭނާގެ ހިތުގައި ކިޔާންގެ އެ ފިރިހެންވަންތަ ސޫރަ ކިތަންމެ ފުނަކަށް ކަނޑާނެގިފައި ވީނަމަވެސް އެ ލޯބި ލިބޭކަށް ނެތެވެ.
ލޯބިވާ މީހާ އެހެން މީހަކާއި އެކު އުޅޭ މަންޒަރު ބަލަން ވަކި ކެތްވާނީ ކާކަށް ހެއްޔެވެ؟
…………………
ދުވަސްތައް ހަފްތާތަކަށްވެ، ހަފްތާތަށް މަސްތަކަކަށް ވެގެން ދިޔައިރުވެސް ކިޔާންގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ތާރާ އާއި ދެމީހުންގެ ހިތަށް ވެސް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރަށް އަނިޔާ ވަމުންނެވެ.
ލިބެމުން ދިޔަ ހިތާމަ ތަކާއި ދުރުވުމަށް ތާރާ ކުރާ ކަމަކީ އީކަންމެނާ އެކު ގިނަ ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި މާޒިން މެނާ އެއްކޮށް ވަގުތު ހޭދަކުރުމެވެ. ކިޔާން އާއި ވީހާވެސް ދުރުގައި ހުރުމަށެވެ. ކިޔާން ފެނުމުން ވެސް އެ ޅަ ހިތަށް އަސަރު ކުރާތީއެވެ.
އޭގެ ބަދަލުގައި ކިޔާން ހިތާމަ ތަކަށް ފަރުވާލެއް ނެތެވެ. އަދިވެސް އޭނާ މަސައްކަތް ކުރަމުން އެ ދަނީ އޭނާގެ ހިތުގައި ތާރާއަށް ޓަކައި އޮތް ލޯބި ފުހެލެވޭތޯއެވެ. އެކަމަށް އަދިވެސް ކުރިމަގެއް ނުފެނެއެވެ. އެތަކެއް ފަހަރު އޭނާ ހިތްވަރު ދޫކޮށްލިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ތާރާ މާޒިންމެނާ ވާހަކަ ދައްކާ ތަން ފެނުމުން އޭނާގެ ހިތު ތެރޭގައިވާ އަލިފާންގަނޑު ބޮޑުވެއެވެ. އޭނާގެ ހިތަށް ތަދުވެއެވެ. އެހެންކަމުން ކޮންމެ ފަހަރަކު އަނބުރާ އޭނާގެ އަޒުމް އާ ކުރަނީއެވެ. ތާރާގެ ސަބަބުން އޭނާއަށް އަސަރު ނުކުރާ ކަމަށް ދައްކާށެވެ.
މިހާރު އޭނާއަށް ތާރާ ދެކެ އޮތް ލޯބި ފުހެލުމަށް ވުރެ މުހިންމީ ތާރާ އޭނާއަށް އެދޭ ވޭނުގެ ބަދަލު ދިނުމެވެ.
ސްކޫލް އަހަރީ ދުވަސް ކައިރި ވެފައި ވާތީ 11 އަދި 12 ގެ ހުރިހާ ކުދިން މުދައްރިސުންގެ އެދުމަށް މީޓިން ހޯލަށް ދިޔައެވެ.
އާދައިގެ މަތިން މިއަދު ވެސް ތާރާ އިނީ މާޒިން، މިލްނާ، ސަމާ، ރާޔާ، ޔޫނާ އަދި ނިސްރީން އާ އެއްކޮށެވެ. ޔުކްތާ، އީކަން، ޖައިލަމް އަދި ކިޔާން އާއި ކިޔާން މިހާރު ރައްޓެހިވެގެން އުޅޭ ލޫޝާ އިނީ ތަންކޮޅެއް ދުރުގައި ހުރި ގޮނޑި ބަރިއެއްގައެވެ.
އިރުކޮޅެއް ފަހުން ލީޑިން ޓީޗަރު ރިޔާސާ ވަދެގެން އައެވެ. އެއާއެކު މުޅި ހޯލު ތެރެ ހަމަހިމޭން ވެގެން ދިޔައެވެ.
“އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް.” ރިޔާސާ ސަލާމް ގޮވާލިއެވެ. ވަގުތުން ހުރިހާ ކުދިން އެއް އަޑުން ސަލާމް ބަލައިގަތެވެ. “ވަޢަލައިކުމުއް ސަލާމް ވަރަޙްމަތުﷲ ވަބަރަކާތުހް.”
“ތިޔަ ކުދިންނަށް ވެސް އެނގޭނޭ ފަދައިން މަރޗް 8 އަކީ ސްކޫލް އަހަރީ ދުވަސް. އެހެންކަމުން މިފަހަރު މިސް މެންގެ ޕްލޭނަކީ ތިކުދިންނާ ތިކުދިންގެ ކްލާސް ޓީޗަރސް އާ އަމިއްލައަށް އިވެންޓްސް ތައްޔާރު ކުރުން.” ރިޔާސާ ކިޔާދޭން ފެށިއެވެ.
30 މިނެޓްގެ އެ މީޓިން ނިމުމާއި އެކު އެކުދިން ދިޔައީ އެކުދިންގެ ކްލާސް ތަކަށެވެ. ނަމަވެސް ތާރާމެން ކްލާސް ޓީޗަރު ޔުމްނާގެ އެދުމަށް އެކުދިން މިއުޒިކް ހޯލަށް ގެންދެވުނެވެ. އޭރު އެތާގައި 12B ގެ ކުދިންގެ އިތުރުން އެކުލާސް ޓީޗަރު ފަރުޒާނާ ވެސް ހުއްޓެވެ.
“ތިކުދިން މިތަނަށް މި ގެނެސްލީ އަހަރީ ދުވަހުގެ އިވެންޓްސަށް ކުޑަކޮށް ތައްޔާރު ވެލަން.” ފަރުޒާނާ ބުންޏެވެ.
“ސޯ މިސް މެންގެ ޕްލޭނަކީ ލަވަކިޔުން، ޑާންސް، ޑްރާމާ، ބޮޑުބެތު އެކަހަލަ އެއްޗެހި ކުރިޔަށް ގެންދިޔުން. އެހެންވީމާ ތިކުދިންނަށް މިހާރު މި ހަވާލު ކޮށްލާ ފޯމް ފުރާލާ.” ޔުމްނާ ފޯމްތައް ކުއްޖެއްގެ އަތަށް ދެމުން ބުނެލިއެވެ.
“ފޯމްގަ ނުހުންނާނެ މާބޮޑު އެއްޗެއް. ހަމައެކަނި ތިކުދިންގެ ނޭމް، ކްލާސް، އިންޑެކްސް ކަހަލަ އެއްޗެހި. ދެން ފޯމްގެ ތިރީގަ އިންނާނެ ތިކުދިން ބައިވެރިވާ އިވެންޓްގަ ޓިކްލާން. ޔޫ ކޭން ޗޫޒް އެނީ 2. ބަޓް ހޮވޭނީ އެންމެ އެއްޗަކަށް. އޮޕްޝަންސް ދީފަ ހުންނާނީ.” ފަރުޒާނާ ކިޔައިދިނެވެ.
ތާރާއަށް ފޯމް ލިބުމާއެކު ވަގުތުން ފުރާލިއެވެ. އަދި ލަވަކިޔުމުގަ އާއި ޑްރާމާގައި ފާހަގަ ލިޔެވެ.
ފޯމްތައް އަނބުރާ މިސް މެނާ ހަވާލު ކުރުމުން، ދެން ކުރިޔަށް ދިޔައީ ގުރުލުމެވެ. ގުރުލައިގެން ސަމާ އަށާއި ޔުކްތާއަށާއި އަށް ލިބުނީ ޑްރާމާއެވެ. އީކަން އާއި ، ޖައިލަމް ހޮވުނީ ބޮޑުބެރު ޓީމަށެވެ. ރާޔާ ހޮވުނީ ނެށުމަށެވެ. ތާރާ ހޮވުނީ ލަވަ ކިޔާ ޓީމަށެވެ.
“އައިމިނަތު ޔޫނާ. ޑާންސް ޓީމް.” ފަރުޒާނާ ކުދިންނަށް ގުރުއަތުން ލިބުނު ޓީމު ކިޔަމުން ދިޔައެވެ.
“މޫސާ މާޒިން. ލަވަ ކިޔާ ޓީމް.”
“ޢާއިޝަތު ރީމާ އަޙްމަދު އަބޫބަކުރު. ޑާންސް ޓީމް.”
“ނިސްރީން ހުމައިދު. ލަވަ ކިޔާ ޓީމް.”
“ލޫޝާ މިހާދު. ލަވަ ކިޔާ ޓީމް.”
ތާރާ އިނީ ފޯނަށް ގެއްލިފައެވެ. ނަމަވެސް ދެން ލަވަ ކިޔާ ޓީމަށް ހޮވުނު މީހާގެ ނަން އިވުމުން އޭނާ ދެލޯ ބޮޑުކޮށްލާފައި އިސް އުފުލާލިއެވެ.
“އަބްދުﷲ ކިޔާން ޣަފޫރު. ލަވަ ކިޔާ ޓީމް.”
ތާރާ ކިޔާނާ ދިމާއަށް ބަލާލެވުނެވެ. ކިޔާން ލަވަ ކިޔާ ކަމެއް އޭނާ އަކަށް މީގެ ކުރިއަކުން ނޭނގެއެވެ.
ހުރިހާ ކުދިން ހޮވާ ނިމުމުން ޓީމުތައް ވަކި ވެލިއެވެ. ތާރާ އިށީނީ މާޒިން އާއި ނިސްރީން ގާތުއެވެ. އޭރު ކިޔާން ލޫޝާ ގާތު އިނެވެ.
“ޑާންސް ޓީމް ކުދިން ފަރުޒާނާ މިސް އާ އެއްކޮށް ދޭބަ.” ޔުމްނާ ބުންޏެވެ. އެވަގުތު އެތަނަށް އައި ފިރާގު ސަރ ބޮޑުބެރު ގުރޫޕް ގޮވައިގެން ދިޔައެވެ. އަދި ޑްރާމާ ޓީމާއި ހަވާލުވީ ޔުމްނާއެވެ.
“އައްސަލާމު ޢަލައިކުމް.” ލަވަ ކިޔުމާއި ހަވާލުވާ ޓީޗަރު ވަދެގެން އައެވެ. ތާރާ ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީ އެއީ ޖައިލަމްގެ މަންމަ، ނަޖުލާ ވީމައެވެ. ޖައިލަމް މަންމަ އަކީ މި ސްކޫލް ޓީޗަރެއް ކަމެއް އޭނާ އަށް މި އެނގުނީ އަދި ކިރިޔާއެވެ.
ނަޖުލާއަށް ތާރާ އާއި ކިޔާން ފެނުމުން ހީލިއެވެ.
“ނަޖޫ މިސް އަށް ހަވާލު ވެފަ އޮތީ ލަވަ ކިޔާ ކުދިން. ލަވަ ކިޔާ ކުދިން އެކަނި ދޯ މިތާ މިތިބީ؟” ނަޖުލާ އަހާލިއެވެ. ކުއްޖަކު ޖަވާބުގައި ‘ޔެސް މިސް’ އޭ ބުނެލިއެވެ.
“އޯކޭ. ލަވަ ކިޔާ ކުދިންގެ ކަންތައްތައް ކުޑަކޮށް ތަފާތުވާނެ. ޔޫ ވިލް ބީ ވޯކިން ސެޕެރޭޓްލީ. އައި މީން އިންޑިވިޖުއަލް ކޮށެއްނޫން. 2 ކުދިން 2 ކުދިންގެ ގްރޫޕްސްގަ. ކޮންމެ ގްރޫޕް އެއްގަ ވެސް ބޯއި އަކާ ގަރލް އެއް ހުންނާނެ.”
ވަގުތުން ލޫޝާ ކިޔާން އާއި ކައިރިވެލިއެވެ.
“ގްރޫޕްސް ޗޫޒް ކުރާ-” ނަޖުލާ އެހިސާބަށް ބުނި ތަނާ ފެނުނީ ޖައިލަމް ވަދެގެން އައި ތަނެވެ.
އޭނާ ދިޔަ ގޮތަށް ގޮސް ނަޖުލާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލިއެވެ. އެއާއެކު ނަޖުލާ ހައިރާން ވެފައި ވާ ނަޒަރުކުން ޖައިލަމަށް ބަލާލިއެވެ. ދެން ފެނުނީ ޖައިލަމް ނަޖުލާ އަށް ކޮންމެވެސް އެއްޗެއް ކިޔާ ދިނުމުން ނަޖުލާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި މަންޒަރެވެ. އަދި ޖައިލަމް ނިކުމެގެން ދިޔައިރު އޭނާގެ ތުންފަތްމަތީ ލާނެތް ހިނިތުންވުމެއް ވިދާލަ ވިދާލާ ވިއެވެ.
ނަޖުލާ ހިނިތުންވުން ފޮރުވާލަމުން ކުދިންގެ މޫނަށް ބަލާލިއެވެ. “އޭޒް އައި ވޯޒް ސޭޔިން ގްރޫޕްސްތައް ޗޫޒް ކުރާނީ މިސް.”
“ކޮންމެ ގްރޫޕްއަކުން ވެސް 2 ލަވަ ކިޔަން ވާނެ. އެ ގްރޫޕަކުން ބޭނުން ލަވައެއް. ދިސް އިޒް އެ ކޮމްޕެޓިޝަން. 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވާނެ. އެ ދުވަހަކުން ލާނެ ކޮސްޓިއުމް ވެސް ތިކުދިން ޑިސައިޑް ކުރާނީ.” ނަޖުލާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ހިނގާ ގްރޫޕްތައް ބަހާލަން. ނަން ކީމަ ކޮންމެ ކުއްޖަކު ވެސް އެކުއްޖާގެ ޕާޓްނަރ އާ އެއްކޮށް މިސް ބުނާ ދިމާއަކަށް ދާނީ.” ނަޖުލާ އެހެން ބުނުމަށް ފަހު ގްރޫޕްތައް ހޮވަން ފެށިއެވެ.
“ރަޒްނާ. ޔޫސުފް. ފުރަތަމަ ސީޓް ބަރީގެ ރައިޓް ސައިޑް.”
“ޖިނާން. ރިފާއު. ފަހަތު ފާރުގެ ލެފްޓް ކޯނާ އަށް.”
“ރައިޝާ….”
ތާރާ އުންމީދު ކޮށްގެން ހުރީ އޭނާ ހޮވޭނީ މާޒިން އާއި އެއް ޓީމަކަށް ކަމަށެވެ. ނަމަވެސް އޭނާގެ އުންމީދު ފުނޑުފުނޑު ވެގެން ދިޔައީ އޭނާގެ ނަން ކީ ހިސާބުންނެވެ.
“ތާރާ. ކިޔާން. ގިޓާތައް އެހެރަ ކޯނާއަށް.”
ސިހިފައި ތާރާ އަށް ބަލާލެވުނީ ނަޖުލާ އަށެވެ. ނަމަވެސް ނަޖުލާ ނަންތައް ކިޔަމުން ކުރިއަށް ދިޔައެވެ. ތާރާ އަށް ދެން ބަލާލެވުނީ ކިޔާނާއި ދިމާއަށެވެ. އޭރު ކިޔާން އިނީ ދެލޯ ބޮޑުކޮށް ލައިގެން ތާރާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
އެއީ ފަޅުރަށުގައި ހިނގާ ދިޔަ އެރެއަށްފަހު ފާޅުގައި އެކަކު އަނެކަކާ ދިމާއަށް ބަލާލި ފުރަތަމަ ފަހަރެވެ.
“ތާރާ. ކިޔާން! ވަޓް ޑިޑް އައި ސޭ؟ ތިތާ އެކަކު އަނެކަކަށް ބަލަން ނީނދެ ގިޓާތައް ކައިރިއަށް ދޭ ބަލަ.” ނަޖުލާ ގޮވާލިއެވެ.
ސިހިފައި ތާރާ އާއި ކިޔާން ނަޖުލާއަށް ބަލާލުމަށް ފަހު ތެދުވިއެވެ. އަދި ދެމީހުން ވެސް މަޑު ހިނގުމެއްގައި ގޮސް ގިޓާތައް ހުރި ދިމާގައި އިށީނެވެ. ދެމީހުން އިށީނީ ގިޓާ ތަކުގެ ދެފަރާތުގައެވެ. ތާރާ ކަނާތް ފަރާތުގައެވެ. ކިޔާން ވާތް ފަރާތުގައެވެ. އެހެންކަމުން ދެމީހުން ވެސް އިނީ އެކަކު އަނެކަކާ ފުދޭވަރަކަށް ދުރުގައެވެ.
ތާރާ އިސްޖަހާލައިގެން ފޯނާއި ކުޅެން އިނީއެވެ. ކިޔާން ވެސް ތާރާ އެކޭ އެއްފަދައިން ފޯނާއި ކުޅެލަ ކުޅެލާ އިނީއެވެ.
ހުރިހާ ގްރޫޕްތައް ހޮވާ ނިމުމުން ނަޖުލާ އެކުދިން ގާތު ދެން ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުންޏެވެ. އަދި އެކުދިން ލަވަތަކަށް ތައްޔާރު ވާން ވާނީ އަމިއްލައަށް ކަމުގައި ވެސް ބުންޏެވެ.
………………………
“ޖައި. އައި ނޯ ވަޓް ޔޫ ޑިޑް. ވައި ޔޫ ޑިޑް އިޓް؟” ތާރާ ޖައިލަމާއި ދިމާއަށް ލޯ ހަނިކޮށްލަމުން ބުނެލިއެވެ. “ކޮ-ކޮން ކަމަކާ ބެހޭގޮތުން ތި ވާހަކަ ދައްކަނީ؟” ޖައިލަމް ނޭނގޭ ކަމަށް ހަދާލިއެވެ.
“ޖައިލަމް.” ތާރާ ލޯ އަޅާލިއެވެ. “އޯލް ރައިޓް. އޯލް ރައިޓް. އައިމް ޑުއިން އިޓް ފޯ ޔޫ.” ޖައިލަމް ބުނެލިއެވެ. “ބަޓް ވައި؟ ޔޫ ނޯ ހައު ތިންގްސް އަރ ރައިޓް ނައު. ހީ ވިލް ނެވަރ ލަވް މީ. ލަވް އިޒްންޓް ސަމްތިންގ ދެޓް ކޭން ބީ ފޯސްޑް.” ތާރާ ޖައިލަމަށް ބަލާލިއެވެ. އެ ދެލޮލުގައި ކަރުނަތައް ހިފެހެއްޓިފައި ވިއެވެ.
“ތާ. އައި ނޯ ދެޓް. އައި ޖަސްޓް ނީޑް ޔޫ ޓު ޓްރަސްޓް މީ.” ޖައިލަމް ތާރާގެ އަތުގައި ހިފާލިއެވެ. “އައި ޑޫ ޓްރަސްޓް ޔޫ. ބަޓް އިޓްސް ކިޔާން ހޫ އައި ޑޯންޓް ޓްރަސްޓް.” ތާރާ ބުނެލިއެވެ.
“ޖަސްޓް ޓްރަސްޓް މީ އެން ވަޓް އައިމް ޑުއިން. ދެޓްސް އެވްރީތިން ޔޫ އެން އައި ނީޑް. ޔުއަރ ޓްރަސްޓް.”
“ފައިން. އައި ޓްރަސްޓް ޔޫ އެން ވަޓް ޔޫ އަރ ޑުއިން.” ތާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ގުޑް. ނައު ލެޓްސް ގޯ.” ޖައިލަމް ތާރާގެ ލޮލުން ކަރުނަތައް ފުހެލުމަށް ފަހު ތާރާ އާއި އެއްކޮށް އީކަންމެން ކައިރިއަށް ހިނގައިގަތެވެ.
“ތާ. ޔޫ އަރ ވަން އޮފް ދި ސްޓްރޯންގެސްޓް ޕަރސަން އައި ހޭވް އެވަރ މެޓް. ޖަސްޓް ކީޕް ގޮއިންގ، މައި ލިޓްލް ސިސްޓަރ.” ޖައިލަމް ތާރާއެއް ބަލާލިއެވެ. “އެން ޖައި. ޔޫ އަރ ވަން އޮފް ދި މޮސްޓް ކެއަރިންގ އެން އަންޑަސްޓޭންޑިންގ ޕްރސަން އައި ހޭވް އެވަރ މެޓް. ޔޫ އަރ ލައިކް އެ ބްރަދަރ.” ތާރާ ޖައިލަމް އަށް މަޢުނަވީ ހިނިތުންވުމެއް ދިނެވެ.
“ކީއްވެ ޔޯ ތިހާ ލަހުން ތި އައީ؟” ތާރާމެން ލަސްވުމުން އީކަން އެއްސެވެ. “އެއީ އަހަރެން ތާއްކޮ އާ ކުޑަ ވާހަކައެއް ދައްކާލަން ޖެހިގެން. ހިނގާ ދާން. ޔާން ވެސް މިއަދު އައީ ސައިކަލް ބަހައްޓާފަ ދޯ. އެހެންވީމާ އެންމެން އެއްކޮށް ހިނގާފައި ދާނީ.” ޖައިލަމް ބުނެލިއެވެ.
…………………………
މި ޕަރޓް ވެސް ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް އުންމީދު ކުރަން.
«ޝައިމާ»
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Wow this part is very nice . When would you Post the next part . Waiting to read the next part
varah reethi mi part ves ???masha allah ??