Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޫކޮށްނުލާނަމޭ ކަލާ – 17

Flame Gurl Level 210 Stories
December 24, 2020 3 Mins Read
1 Comment

“މިހާރު ކަލޭގެ އިނާމަކީ މަރު! ދެގޮތުން އެއްގޮތެއް ނަގާ! އަމިއްލައަށް މަރުވާނީތަ ނޫނީ ގަދަކަމުން މަރައިލަންވީތަ؟” ވަޝްނާ ދެގޮތެއް ދިނެވެ.

“ނޫން! ނޫން!” ޔަލީނާއަށް ހަޅޭލަވައިގަނެވުނެވެ.

ލައާލީ ވަޅިއެއް ހިފައިގެން ޔަލީނާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ޔަލީނާ އިނީ ގޮނޑިއެއްގައި އައްސާފައިކަމުން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ލައާލީ ޔަލީނާ އާއި ދިމާއަށް ވަޅި މަޅައިލި ވަގުތު ޔަލީނާގެ ބާރު ހަޅޭކެއްގެ އަޑުން މުޅި އެތަން ގުގުމައިލިއެވެ.

“ލައާލީ!” ޔަލީނާގެ ހަޅޭކުގެ އަޑަށްފަހު ދެން އިވުނީ އަޒްލާންގެ ރުޅިވެރި އަޑެވެ.

ލައާލީ ސިހިފައި ބަލައިލިއިރު އަޒްލާން ދޮރު ކުރިމަތީގައި ހުއްޓެވެ. ލައާލީ އިތުރަށް ހާސްވީ އަޒްލާންގެ ފަހަތުން ވަތް އީހަންއާއި އަކްމަލްގެ އިތުރުން ދިހަ ވަރަކަށް ފުލުހުން އައިސްވަނުމުންނެވެ. ލައާލީގެ އަތުން ވަޅި ދޫވެގެން ވެއްޓުނެވެ. ވަޝްނާއާއި ޒަރޫންގެ އިތުރުން ޔަޝްއަލްވެސް ހުރީ ހާސްވެ ކަންބޮޑުވެފައެވެ. ފުލުހުން އައިސް އެހަތަރު މީހުން ގެންދިއުމުން އަޒްލާން ބަލައިލީ ޔަލީނާއަށެވެ. ލައާލީ ޔަލީނާގެ ގަޔަށް ވަޅިހެރުމުގެ ކުރިން އަޒްލާން އައިސްނުވަތް ނަމަ ދެން ޔަޤީނުންވެސް އަޒްލާންއަށް ފެންނާނީ ޔަލީނާގެ ފުރާނަނެތް މަސްގަނޑެވެ. އެހެން ހިތަށް އެރުމުން އަޒްލާންގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ނަމަވެސް ކަރުނަތައް ހިންދައިލައިފައި ޔަލީނާ ކައިރިއަށް ގޮސް އައްސައިފައިވާ ހުރިހާ އެއްޗެއް މުހައިލިއެވެ.

“އަޒްލާން!!!” ޔަލީނާ ރޮމުން ދިޔަގޮތަށްގޮސް އަޒްލާންގެ ގައިގައި އޮޅުލައިގަތެވެ.

ހަމަ އެއާއިއެކު ޔަލީނާ އަޒްލާންގެ އަތްދަނޑި މައްޗަށް ދެމުނެވެ. ޔަލީނާގެ ދެލޯ ހުޅުވައިލިއިރު އެންމެ ފުރަތަމަވެސް ފެނުނީ ހުދުކުލައިގެ ސީލިންގްއެވެ. އެހެންކަމުން އޭނާއަށް އެއޮވެވެނީ ހަސްފަތާލުގައިކަން ވަގުތުން ދެނެގަނެވުނެވެ. ޔަލީނާގެ އަތުގައި މީހަކު އަތްލިކަމުގެ އިހުސާސެއްވުމާއިއެކު އަތާއި ދިމާއަށް ބަލައިލެވުނެވެ. ޔަލީނާގެ އަތުގައި ހިފައިލައިގެން އެނދުގައި ބޯ ޖައްސައިލައިގެން އަޒްލާންއަށް އޮތީ ނިދިފައެވެ. ޔަލީނާ ހިނިތުންވެލުމަށްފަހު އަޒްލާންގެ ފަން އިސްތަށިކޮޅާއި ކުޅެލަނިކޮށް އޭނާއަށް ނިދުނެވެ.

“ލީނާ! އަޒޭ! ތެދުވެބަަލަ ދެން..” ޔަލީނާއަށް ހޭލެވުނީ އީހަން އަޒްލާންއަށާއި ޔަލީނާއަށް ގޮވައިލި އަޑަށެވެ.

“ލީނާ!” ޔަލީނާއަށް އެތާތިބި މީހުން ރަނގަޅަށް ނުފެނި އުޅެނިކޮށް ރައާ އައިސް ޔަލީނާގެ ގައިގައި ބައްދައިލިއެވެ.

“ރައާ!” ޔަލީނާއަށް ރޮވުނެވެ.

“އަޅެ ލީނާ ދެން ނޮރޮއިބަލަ. ބުނެބަލަ! ކީތްވެތަ މަގޭ ކައިރީގަ ނުބުނެ ބޭރަށް ނިކުތީ؟” ރައާ ދުރަށް ޖެހިލުމުން ދަހްލާ އައިސް ޔަލީނާގެ ބޮލުގައި ފިރުމައިލަމުން ލޯތްބާއިއެކު އެއްސެވެ.

ޔަލީނާ ބަލައިލީ ހޭލިގޮތަަށް ގޮނޑީގައި ލެގިލައިގެން އިން އަޒްލާންއަށެވެ. އަޒްލާންހުރީ ދެލޯ ބޮޑުކޮށް ލައިގެންނެވެ.

“އެއީ ފިހާރައަށް އެއްޗެއް ގަންނަން ދާންވެގެން..” ޔަލީނާ އިސްޖަހައިލަމުން ބުންޏެވެ.

އަޒްލާން ބޯކަހައިލިތަން ފެނިފައި އީހަންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ނަގައިގަނެވުނެވެ. އީހަން ރައާގެ ކޮނޑަށް އަތް ވައްޓައިލައި ދަހްލާ އާއި އަކްމަލްގެ ކައިރީގައި ދާން ހިނގާށޭ ބުންޏެވެ. އެމީހުން ދިއުމުން އަޒްލާން ބަލައިލީ އިސް ޖަހައިގެން އިން ޔަލީނާއަށެވެ.

“ޔަލޫ! އައި އޭމް ސޮރީ! މަ އެހެން ނެހެދިނަމަ…” އަޒްލާންގެ ބަސްހުއްޓުނެެވެ. އަދި ކަރު އެލުވައިލިއެވެ. ޔަލީނާއަށް މިތަން ފެނުމުން އަޒްލާން ޔަލީނާއާއި ދޭތެރޭގައި ކަންބޮޑުވާވަރު ދެނގަނެވުނެވެ.

“އަޒްލާން! އައި އޭމް ސޯ ސޯ ސޮރީ.. އާނ! މަ އަޒްލާންދެކެ ލޯބިވަން. އެކަމަކު އެ ލޯތަބަށް މަ ފުރަގަސްދިނީ. މަށަކަށް ދެން އަޒްލާންއާއި ނުަލައެއް ނޫޅެވޭނެ.. މަ އެހެން ހެދީ ޔަޝްއަލްއަކީ ކިހާވަރެއްގެ ނުބައި ނުލަފާ މީހެއްކަން ނޭނގިހުރެ. ހަމަ ޔަޝްއަލްއަށްޓަކައި. މަމި ހުރިހާ އުފާތަކެއް ދޫކޮށްފައި މި ޤުރުބާންވަނީ ހަމަ އެފަދަ ކެހިވެރިއަކަށްތަ؟ އަޒްލާން އެއްނޫން މަޢާފަށް އެދެން ޖެހޭނީ. މަ އަޒްލާންއަށް ޖެހޭނީ މަޢާފުކުރަން.އަޒްލާން ހެޔޮ ނުވާނެ މަށަށް މައާ….” ޔަލީނާ ކިޔަމުން ދިޔަ އެއްޗެހި ހުއްޓައިލަން ޖެހުނީ އަޒްލާން ކަަރުނަވީ ދެލޮލާއިއެކު ޔަލީނާއަށް ބަލައިލުމުންނެވެ.

“އޯކޭ އަޒްލާން މަށަށް މަޢާފުނުކުރިއަސް.. މަށަށް އަޒްލާންގެ ހިތަށް އެވަރަށް ތަދުކުރެވިއްޖެ.. މަށަށް މައާފު ހައްޤެއް ނޫން..” އެހެން ބުނުމަށްފަހު ރޮމުން ޔަލީނާގެ މޫނު މަތީގައި އަތް އެޅިއެވެ.

އަޒްލާންއަށް ކެތްނުވެގެން ޔަލީނާގެނަސް މެއާއިލައި ބޮނޑިކޮށްލިއެވެ. ޔަލީނާ އަޒްލާންގެ ގައިގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ.

“ޔަލޫ ތިވަރަށް ދެން އަމިއްލަ ނަފްސު ކުށްވެރި ނުކޮށްބަލަ. ޔަލޫގެ ފަރާތުން މަ އެންމެ ބޭނުންވި ބަސް ލިބިއްޖެ. ތިދުލުން މަދެކެ ލޯބިވާވަރު ބުނެފި. ދެން އިތުރަށް އަމިއްލަ ނަފްސު ކުށްވެރި ކޮށްފިއްޔާ ދުވަހަކުވެސް ވާހަކަ ނުދެއްކޭ ގޮތަށް ހަދައިލާނީ… ދެން ހީލަބަލަ.” އަޒްލާން ޔަލީނާ ދުރުކޮށްލުމަށްފަހު ބުނެލަމުން ހިނިތުންވެލިއެވެ.

އަޒްލާން ހިނިތުންވެލާއިރު ކޮލަށް އެއަރާ އަޑިކޮޅު ޔަލީނާއަށް ފެނުނީ އަދި ކިރިޔާއެވެ. ޔަލީނާވެސް ހީލިއެވެ.

“އައި ލަވް ޔޫ ޔަލޫ!” އަޒްލާން އެހެން ބުނެލުމަށްފަހު ޔަލީނާގެ ނިތުގައި ތުންފަތް ޖައްސައިލިއެވެ.

“އައި ލަވް ޔޫ ޓޫ ލާން!” ޔަލީނާ އަޒްލާންގެ މޭގައި ބޯ އަޅައިލަމުން ބުންޏެވެ.

“ކާކުކައިރިން ނިކްނޭމް ހަދަން ދަސްކުރީ؟” އަޒްލާން ޔަލީނާގެ ބޮލުގައި ފިރުމައިލަމުން އެއްސެވެ.

“ލާން ކައިރިން ނިކްނޭމް ހަދަން ދަސްކުރީ. ލާންވެސް މަށަށް ނިކްނޭމްއެއް ކިޔައިފިނުން؟ ހަހަހަ..” ޔަލީނާ އެހެން ބުނެލުމަށްފަހު ހީލިއެވެ.

“ކޮބާ އާ ލަވްބާރޑްސް ލިސްޓަށް އިތުރުވީނުން؟ އަކްމަލް ވާހަކަދެއްކި އަޑަށް ޔަލީނާ ސިހިފައި އަޒްލާންގެ މޭގައި އަތްއަޅައި ދުރަށް ކޮއްޕައިލިއެވެ.

އަޒްލާން ގޮނޑިން އިދިފުށަށް ވެއްޓުނެވެ. މިތަން ފެނިފައި އީހަންއާއި އަކްމަލްއާއި ރައާގެ އިތުރުން ދަހްލާވެސް ހޭން ފެށިއެވެ.

“ޔަލޫ!” އަޒްލާން ޔަލީނާއަށް ލޯ އަޅައިލިއެވެ. “ހުނ!” ޔަލީނާ އަނގައަށް ވައްތަރެއް ޖައްސައިލިއެެވެ.

“ކީތްވެ މަ ވައްޓައިލީ؟” އަޒްލާން ތެދުވަމުން އެއްސެވެ.

“ކީތްކުރަން މަ ކައިރިކުރީ؟” ޔަލީނާވެސް ހަރަމް ބަންނަމުން ކޮށްލީ ސުވާލަކެވެ.

“ޔަލޫ އަމިއްލައަށް އައީނުން؟” އަޒްލާން އެއްބުމަ ހިއްލައިލަމުން ބުންޏެވެ.

“ޕިސް ޕިސް ޕިސް… ޒުވާބު ޒުވާބު ޒުވާބު.. ހެޔޮ ކޮންމެތަަނަކަސް މިދެމީހުން އަނގައިން ބަހެއް ހުހެއްނުވާނެ.. ކުރިން ހަފްތާވެސް އަޒްލާންގެ ގައިގައި ޖެހިފަ ލީނާ ގަޔަށް ސައިވެރުނީމަ މިދެމީހުން ރެސްޓޯރެންޓުގަ ޒުވާބުކުރީ.. މިމީހުންނަށް ޒުވާބު މުބާރާތެއް ބާއްވަންވީ ކަންނޭނގެ.” ރައާ ބޯހޫރުވައިލަމުން ބުންޏެވެ.

ރައާ މިހެން ބުނުމާއިއެކު އެންމެން ހޭން ފެށިއެވެ. ޔަލީނާ ވަށްކަޅިން އަޒްލާންއާއި ދިމާއަށް ބަލައިލިއިރު އަޒްލާންހުރީ ސީދާ ޔަލީނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ޔަލީނާ ރަކި ހިނިތުންވުމަކާއިއެކު އިސްޖަހައިލިއެވެ.

“ހަހަހަ… ޔަޤީން މިމީހުން ކައިވެނިކޮށްގެން އުޅޭއިރުވެސް ހަމަ ޒުވާބުކުރުމެއް ހުއްޓައެއް ނުލާނެ!” އަކްމަލް ސަމާސާގެ ތެރެއިން އެހެން ބުނުމުން ޔަލީނާގެ ކޮލަށް ރަތްކުުލަ ފާއްދައިލިއެވެ. ހީވަނީ ރަތްކުލައިގެ ފިނިފެން މަލެއް ފޮޅިފައި އިން ހެންނެވެ.

“ލަދުގަތީތަ؟” އަޒްލާން ޔަލީނާގެ ކޮލުގައި ހިފަހައްޓައިލަމުން އެއްސެވެ. އެއާއިއެކު އެއެންމެން އެދެމީހުންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލިއެވެ.

“ލާން! އެމީހުން ބަލަނިއްޔޭ!” ޔަލީނާ ވައިއަޑުން އެހެން ބުނިއިރު އެކޮލުގައި ރަތްކުލަ ގަދަވިއެވެ.

“ޕިސް ޕިސް ޕިސް.. ބޮޑު ސިއްރެއްތަ؟މަމެން ކައިރީގަ ބުނެލިނަމަ ނުން؟ އޭރުން މަށެއް ނުބަލާނަން ދޯ ރައާ؟” އީހަން އެހެން ބުނުމަށްފަހު އަނެއްކާވެސް ރައާގެ ކޮނޑަށް އަތް ވައްޓައިލިއެވެ. ރައާ ޕިސް ޕިސް ލައްވައިލިއެވެ.

“ކިހިނެތްވީ؟” އީހަން އެއްބުމަ އަރުވައިލަމުން އެއްސެވެ.

“މަމީ އަތް ރެސްޓުކުރާ އެއްޗެއްތަ؟” ރައާ އީހަންގެ އަތް ތިރިކޮށްލަމުން ބުނެލިއެވެ.

“ހަހަހަ… ވެދާންނުން؟ މަށާ މެރީކޮށްފިއްޔާ ޔަޤީނުންވެސް އެހެން މީހަކު ރައާގެ ކޮނޑު ކީތްކުަރަން ރައާގެ ގައިގަވެސް އަތްލާކަށް ނުކެރޭނެ.” އީހަން ވަރަށް ހަރުކަށިކޮށް ބުންޏެވެ.

“ވާއު ރައާ! ޔޫ ވޮން ޔުއަރ ސެލްފް އޭން އޯވަރ ޕްރޮޓެކްޓިކް ފިއުޗަރ ހަޒްބެންޑް.. ޔަޤީން ރައާ ބޭރަށްދިޔަކަވެސް ނުދޭނެކަން.” ޔަލީނާ އެނދުގައި އޮށޯވެލަމުން ބުންޏެވެ.

އެއާއިއެކު އެންމެންގެ ހުނުމުގެ އަޑުން އެކޮޓަރި ގުގުމައިގެން ދިޔައެވެ. ރައާ ހީވަނީ ލަދުންގޮސް ވިރިދާނެހެންނެވެ. އީހަން އަނެއްކާވެސް ރައާގެ ކޮނޑަށް އަތް ވައްޓައިލުަމަށްފަހު ކުޑަކޮށް ކައިިރިކޮށްލިއެވެ. އެންމެންގެ ހުނުމުގެ އަޑު ކެނޑުނީ އެ ޕްރައިވެޓް ރޫމް ތެރެއަށް ވަދެގެން އައި ދެމީހުން ފެނިފައެވެ. ޔަލީނާ ކުއްލިއަކަށް އެނދުން ތެދުވެގެންގޮސް އަޒްލާންގެ ފުރަގަހަށް ވަދެ ފިއްޔެެވެ. އަޒްލާން އާއި އީހަންއާއި އަކްމަލްގެ ދެބުމަވަނީ ގޮށްޖެހިފައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

ފަތްގަނޑު ފުރޭތަ 3

Next

ފަތްގަނޑު ފުރޭތަ 4

Next
December 24, 2020

ފަތްގަނޑު ފުރޭތަ 4

Previews
December 24, 2020

ފަތްގަނޑު ފުރޭތަ 3

One Comment

  1. shark_shaya says:
    December 25, 2020 at 2:42 am

    Wow this part is very nice But why did yaleena hide ???? So curious How did enter the room Can’t wait to see how entered the room
    When would you Post the next part
    Can’t wait to read the next part
    ????

Comments are closed.

Next Episodeދޫކޮށްނުލާނަމޭ ކަލާ – 18←


All Right Reserved!